ދުވަސްތައް ފާއިތުވަމުންދެެވެ.ލީޝާއާއި ކިޔާންގެ ކައިވެންޏަށް ވެސް 3 މަސް ވީއެވެ.ކިޔާންގެ އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން ލީޝާ ހުންނަނީ އުފަލުން ފޮޅިފައެވެ. ކިޔާން އަށް ލީޝާ ފެނުނީ މީގެ އެއް އަހަރު ކުރިންނެވެ. ލީޝާގެ އެކުވެރިއެއްގެ ޕާޓީއެއްގެ ތެރެއިންނެވެ. ކިޔާންއަށް ލީޝާ ފުރަތަމަ ފެނިލުމުންވެސް ކަމުދިޔައެވެ. ހިތުގެ އެންމެ ފުންމިނުގައި ލީޝާގެ ނަން ބިންވަޅުނެގުނެވެ. ކޮންމެ ހާލެއްގައިވެސް ލީޝާ ހާސިލް ކުރުމަށް ކިޔާން ނިންމިއެވެ.
ޕާޓީގެ ދެދުވަސް ފަހުން ލީޝާގެ ފޯނަށް ކޯލެއް އައެވެ. ކިޔާންގެ ކޯލެކެވެ. ލީޝާ ފޯނު ނުނެގީ ނުދަންނަ ނަންބަރަކަށް ވީމައެވެ. ނުދަންނަ ނަންބަރުތަކުން ކޯލުތައް އައުމަކީ އާންމު ކަމަކަށް ވާތީއެވެ. ލީޝާ ފޯނު ނުނެގުމުން މެސެޖަކުން ކިޔާންގެ ހިތުގެ އަޑު އިއްވާދިނެވެ. ލީޝާ އެ މެސެޖުގެ ޖަވާބު ނުފޮނުވިނަމަވެސް އެކަމާމެދު ވިސްނަންފެށުނެވެ. ޕާޓީތެރެއިން ލީޝާ އަށް ކިޔާން ފެނިފައެއް ނެތެވެ. ލީޝާ މި ވާހަކަތައް އެންމެ ފުރަތަމަ ހިއްސާކުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސީމާއާއެވެ.ސީމާގެ ހިޔާލަކަށްވީ ކިޔާންއާއި ބައްދަލުކުރުމެވެ. އޭނާއަކީ ކާކުތޯ ބެލުމެވެ.
ހުކުރުދުވަހުގެ ހަވީރެވެ. ލީޝާ އިނީ ތުނޑިމަތީގައެވެ. ކިޔާންގެ އިންތިޒާރުގައެވެ. ލީޝާއަށް މާގިނައިރަކު އިންތިޒާރުގައި އިންނާކަށް ނުޖެހުނެވެ. ދުރުން ޒުވާނަކު އަންނަތަން ފެނިއްޖެއެވެ. ކަސްރަތީ ހަށިގަނޑެއްގެވެރި ޒުވާނެކެވެ. އެ ޒުވާނާ ލީޝާގެ ކައިރިޔަށް އައިސް ހުއްޓެމުން މިއީ ކިޔާން އޭ ބުނެ ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ. ލީޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ސިފަކުރިވަރަށް ވުރެން ކިޔާން މާ ފުރިހަމައެވެ. ލީޝާއާއި ކިޔާންގެ ގުޅުން ބަދަހިވެ ވަރުގަދަވަމުންްދެއެވެ. ވަކިނުވުމަށް އަހުދުތަކާއި ވަޢުދުތައް ކުރެވެމުންދިޔައެވެ. ތަޤުދީރުގައި ކަން ހިނގާނެގޮތް ނޭނގުނު ނަމަވެސް ފޮނި ތަދުބީރުތަކެއް ކުރެވެމުން ދިޔައެވެ. ކިޔާން އަކީ ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފެކެވެ. އެހެންކަމުން ލީޝާގެ އެގުޅުމަށް ލީޝާގެ އާއިލާއިން މަރުހަބާކިއެވެ. އެއާއިލާއިން ބޭނުންވީ އަވަހަށް ކައިވެނި ކުރުމަށެވެ. ރައްޓެހިވެގެން އެ އުޅޭ އުޅުމަކީ ލީޝާގެ މައިންބަފައިންނަށް ކަމުދާ ކަމަކަށް ނުވާތީއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް މިހާރު ލީޝާމެންގެ ކައިވެންޏަށް އަހަރެއްވަނީއެވެ. އެދެމެފިރިން ދަރިއަކު ހޯދުމަށް ނިންމާފައިވަނީ އަމިއްލައަށް ދިރިއުޅެވޭވަރުވުމުންނެވެ.ލީޝާއާއެކު ވަކިން ގެއެއްގަ މުޅިން އަމިއްލަ ދިރިއުޅުމެއް އުޅުމަކީ ކިޔާން ބޭނުންވާ ގޮތެވެ. ކިޔާންގެ އެއުއްމީދު ފުރިހަމަވާކަށް މާގިނަދުވަހެއް ނުވިއެވެ.ކިޔާންގެ އާއިލާއަކީ ރަށުގައި އެންމެ ފުދުންތެރި އެއް އާއިލާއެވެ. މާލެ ދަތުރުކުރާ ބޯޓަކާއި ރަށުގައި 2 ފިހާރަ ހިންގަމުންދާ ތަނަވަސް އާއިލާއެކެވެ. ކިޔާންގެ ބައްޕަގެ އެހީތެރިކަމާއެކު ރަށުގެ އެންމެ ހިތްގައިމު އެއް ހިސާބުގައި ގެއެއް އަޅައިފިއެވެ. ކިޔާން އެންމެ ބޭނުންވާ ފެންވަރަށް ހަދާފައިވާ ޒަމާނީގެއެކެވެ.
ލީޝާއާއި ކިޔާން ވަކިން ދިރިއުޅުމެއް އުޅެމުން ދިޔައެވެ. ލީޝާއަށް އެގެއިން އުނދަގޫވާނެ އެއްވެސްކަމެއްނެތެވެ. އެހެން ނަމަވެސް ވަކިން ދިރިއުޅެން އާދަވެފައިނުވާ ލީޝާއަށް ފޫހިކަން އިހުސާސްވަމުން ދިޔައެވެ. ކިޔާން އަކީ ދުވަހުގެ ގިނަ ވަގުތު އޮފީހުގައި ހޭދަކުރަމުންދާ މީހެކެވެ. ގޭގައި އުޅޭ ވަގުތުތައް މަދުކަމުން ލީޝާއަށް ހިތާހިތުން ޝަކުވާ ކޮށްލެވެއެވެ.
އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ލީޝާ އިނީ ވާހަކަ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. ކިޔާން އޮތީ ގަދަ ނިދީގައެވެ. ގަޑީގެ ސިކުންތު ކަށި ހިނގާ އަޑުފިޔަވައި އިތުރު އަޑެއް ނީވެއެވެ. ކުއްލިއަކަށް ލީޝާ ސިހިގެން ދިޔައީ ބޭރުން އިވުނު އަޑަކުންނެވެ. ލީޝާ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާ ބަލާލިއެވެ. އަނދިރިކަމުން އެއްވެސް އެއްޗެއް ފެންނަވަރެއް ނުވެއެވެ… އަނެއްކާވެސް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ބަދިގެތެރެއަށް މީދަލެއް ވަދެ އުޅެނީއޭ ހިތާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ކުއްލިއަކަށް އޭނާއަށް ހުއްޓެވުނީ ސިޓިންގރޫމް މެދަކާ ހިސާބުގައި މީހެއް ހުއްޓި ހުރިހެން ހީވެގެންނެވެ ……… ( ނުނިމޭ)
212 Comments
Comments are closed.
SoMeOnE
October 22, 2018 at 3:36 pmNice
Waiting for the next part ?
Kiaraa
October 23, 2018 at 12:53 amWho is this someone… Anyways story is nice… Looking 4ward