Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 9

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 22, 2018 7 Mins Read
18 Comments

ޒަވީން އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ވަގުތު ގުނަމުން ދިޔަ އެވްލީން މާޔޫސްވާން ފަށައިފިއެވެ. އެވްލީން އެހާ ގިނަ މެހެމާނުންގެ ތެރޭގައި ހުރުމުން ހާސްވެ ނޭވާލާން އުނދަގުވާ ގޮތްވިއެވެ. ނަމަވެސް އޭނަ އެހުރިހާ ކަމެއް ތަހައްމަލް ކުރަމުން ދިޔައީ ޒަވީންއަށް ޓަކައެވެ. ޒަވީންގެ ސޫރަ ނުފެންނަނީސް ދެން އެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

” ލިމްނާ… ދޭބަލަ ޒަވީން ވީތަނެއް ބަލާލާފައި އަންނަން.. ” އެންމެ ފަހުން ނުހުރެވިގެން އެވްލީން އޭނަ ކައިރީގައި ހުއްޓިލައިގެން ހުރި ލިމްނާ ކައިރީގައި ބުންޏެވެ.

” އެކަމަކު… ” ” ލިމްނާ … އަހަރެން ރަނގަޅޭ.. ދޭބަލަ… ” އެވްލީން މަޑުން ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ލިމްނާ އަވަސްވެގަތީ ގެސްޓް ރޫމާއި ދިމާއަށް ދިއުމަށެވެ.

* * *

ލިމްނާ ގެސްޓް ރޫމްގެ ދޮރުގައި ދެތިން ފަހަރު ޓަކި ދިނުމާއެކު ޒަވީން އައިސް ދޮރުހުޅުވާލިއެވެ. އެވަގުތު ލިމްނާއަށް އެތެރެއަށް ނޭފަތް ދަމާލެވުނީ ޒަވީން ބޭނުން ކޮށްގެން ހުރި ސެންޓުގެ ވަސް ފަޒާގެ ތެރެއަށް ފެތުރިގެން ދިއުމުންނެވެ. ޒަވީން ހަމައެކަނި ޖީންސެއް ލައިގެން ހުރުމުގެ ސަބަބުން ޒަވީންގެ ރީތިކަން ފެނި ލިމްނާ ހޭނެތިގެން ނުވެއްޓުނީ ހަމަކިރިޔާއެވެ. އެކަސްރަތީ ހަށިގަނޑު ފެނުމުން ލިމްނާ ހުރީ އާޝޯހުވެފަ އެވެ. އެމޭމަތީގައި މޫނުފޮރުވާލަން ބޭނުންވާނެ ކިތަންމެ ގިނަ އަންހެން ކުދިންނެއް ވާނެއެވެ. ޒަވީންގެ ފަން އިސްތަށިގަނޑުން ބައެއް އޭނަގެ މޫނަށް ފައިބައިފައިވުމުން ނުހަނު ރީއްޗެވެ. ލިމްނާ ބަލަހައްޓައިގެން ހުރި ގޮތަކުން ޒަވީން އަވަސް އަވަހަށް ސޯފާ މަތީގައި އޮތް ކަޅު ކުލައިގެ ޓީޝާޓް ނަގައި ބޮލުން ވައްޓާލިއެވެ. ލިމްނާ އެސްފިޔަ ޖަހާނުލައި ބަލައްހައްޓައިގެން ހުރުމުން ޒަވީން ލިމްނާގެ ލޯކުރިމަތިން އަތްހޫރާލިއެވެ.

ލިމްނާއަށް ހުވެފެނީ ދުނިޔެއިން ހަމަ ބިމަށް އާދެވުނީ ޒަވީންގެ އެއަމަލުންނެވެ. ލިމްނާ ދެކޮޅަށް ބޯ ހޫރާލުމާއެކު ޒަވީން އެއް ބުމަ އަރުވާލިއެވެ. ޒަވީންގެ ކޮންމެ ހަރަކާތެއްގައިވެސް ހިތް ދަމައިގަންނަ ގޮތެއް ހުރެއެވެ. ” އެވްލީން މޭމް އެބަހޯދާ… ” ދެން އެންމެ ސިކުންތަކަށްވެސް އެތާ މަޑުކޮށްލައިގެން ހުރެފިނަމަ ހޭނެތިން ވެއްޓިދާނެ ކަމުގެ ބިރު ލިމްނާގެ ހިތުގައި އޮތުމުން ލިމްނާ ދުއްވައިގަތެވެ.

” ކޮބާ ޒަވީން ؟ ” ދުވެފައި އައިސް އެވްލީން ކައިރިއަށް ހުއްޓުނު ލިމްނާ ފެނުމާއެކު އެވްލީންއަށް އަހާލެވުނެވެ. ޖުނެއިނާ ދިން އިންޒާރު ރަނގަ ބީލެއްހެން އެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޒަވީންއަށް ދެރަގޮތެއް ވެދާނެތީ އެވްލީންގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ލިމްނާގެ މޫނަށް ޖަމާވެފައިވާ ދާތިކިތަނުން އެވްލީންއަށް ހީވީ ޒަވީން އަށް ކަމެއްވީ ކަމަށެވެ. ” އެބަ އާދޭ… ” ލިމްނާ ފުންނޭވައެއް ފަޒާގެތެރެއަށް ދޫކޮށްލިއެވެ. ލިމްނާގެ ޖުމްލައިން އެވްލީންގެ ހިތް ވަށާލާފައިވާ ބިރުވެރިކަމުގެ ސާލު ކެހިގެން ދިޔައެވެ. އެމޫނަށް ވެރިވެގެން ދިޔަ ހިނިތުންވުމުން އެވްލީންގެ ހިތަށް ލިބުނު ފިނިކަން ކިތަންމެ ބޮޑަށްވެސް ހާމަކޮށްދިނެވެ. ދުރުގައި އެވްލީންއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ޖުނެއިނާގެ މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. ޖުނެއިނާ އޭނަ ބޯން ހުރި ކޯކް ތަށީގައި ހިފަހައްޓައިގެން ހުރި އިރު އެތަށި އަތަށް ތަޅައިގެން ހިނގައިދާނެހެން ހީވަމުން ދިޔައެވެ.

ހަފްލާއަށް އައިސް ތިބި ޖުނެއިނާގެ ގަތް އެކުވެރިން ފިޔަވައި އެއްވެސް މެހުމާނަކު އޭނަ ލައިގެން ހުރި އައު ޑިޒައިނާރ ހެދުމާއި ރީތި ގަހަނާ ތަކުގެ ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހެއްގެ ދުލުގައިވަނީ އެވްލީންގެ ރީތިކަމުގެ ވާހަކައެވެ. މެހުމާނުންގެ ފަރާތުން އެވްލީންގެ ރީތިކަމަށް އޮހެމުން ދިޔަ ތައުރީފުގެ ބަސްތަށް ވެގެން ދިޔައީ ޖުނެއިނާގެ ހިތުގައި އަނދަމުންދިޔަ ނަފްރަތުގެ ހުޅުގަނޑު ބޮޑުކޮށްލަން އަޅާލެވުނު ދަރުތަކަށެވެ.

” އެވްލީން!… ކަލޭ ތިހުރީ އަހަރެންގެ ހުރިހާ ކަމަކަށް ހުރަސް އަޅަން ހުރި ފާރަކަށް!… އެކަމަކު މިރޭ ކަލޭގެ ވަސްވެސް މިދުނިޔެއިން އަހަރެން ފޮހެލާނަން!… އޭރުން ކަލޭގެ ނޮހޮރޮއްޕާނުން ސަލާމަތްވެ އަހަންނަށް ހަމަޖެހިލުމުގެ ނޭވާއެއް ލެވޭނެ ! ” ޖުނެއިނާ ކޯކް ތަށިން ކޯވަރެއް ބޯލީ އޭގެ ފިނިކަމުން އަރުތެރޭގެ ހޫނުކަމަށް ނިމުމެއް އައިސްދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެވްލީންގެ ސޫރަ ފެންނަ ކޮންމެ ފަހަރަކު ހީވަނީ އޭނަގެ މުޅި ހަށިގަނޑުގައި އަލިފާން ރޯވާހެންނެވެ. .

އެތެރެއަށް ވަދެގެން އައި ޒަވީން ފެނުމާއެކު އެވްލީންގެ ދިގު އިންތިޒާރަށް ނިމުމެއް އައި ކަހަލައެވެ. ހެނދުނު ބައްދަލު ވިގޮތަށް ޒަވީންގެ ޚަބަރެއް ނުވުމުން އެވްލީންއަށް ހީވީ ޒަވީން އަބަދުގެ އަބަދަށް ގެއްލުނީ ހެންނެވެ. އެވްލީންއާއި ދިމާއަށް ހިނގަމުން ދިޔަ ޒަވީންއަށް މިފްޒާލް ގޮވާލުމާއެކު ޒަވީންއަށް މަޖުބޫރުވީ މިފްޒާލް ކައިރިއަށް ދިއުމަށެވެ.

” އެސްކިއުޒްމީ… ޔޫ ލުކް ބިއުޓިފުލް… ” ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު އައިސް އެވްލީން ކުރިމަށްޗަށް ހުއްޓިލިއެވެ. އެވްލީން އެޒުވާނާގެ މޫނަށް ބަލައިލީ ފޫހިގޮތަކަށެވެ. ” އަހަރެން މީ ރީހާން… ޔޫ އާރ އެވްލީން ރައިޓް ؟ ” ރީހާން އަމިއްލައަށް ތަޢާރަފް ވެލަމުން ސަލާމަތް އަތް ދިއްކޮށްލިއެވެ. އެވްލީން ލިމްނާގެ އަތުގައި ހިފަހައްޓާލިއެވެ. ރީހާންގެ ސަބަބުން އެވްލީންގެ ހިތުގައި ބިރުވެރި ކަމުގެ ބާނިތަށް ދައުރު ކުރަން ފެށިއެވެ. ޒަވީން ނޫން ފިރިހެނަކަށް އިތުބާރު ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ.

” ކީކޭ ހިތަށް އަރައިގެން… ” އޭއި.. ނޯކަރުން ތިބޭނީ އެމީހުންގެ ފެންވަރުގަ.. އަހަރެން ކަލެއަކާ ވާހަކައެއް ނުދައްކަން… އަހަރެން ވާހަކަ މިދައްކަނީ އެވްލީންއާ…. ” ލިމްނާގެ ޖުމްލަ މެދުކަނޑައިލަމުން ރީހާން ބުނެލީ ރުޅިވެރި ރާގެއްގައެވެ. ރީހާން ގެ ރާގުން ހީވީ ލިމްނާއަކީ އޭނައާއި ދިމާއަށް ”އުފްފް” ބުނަން ވެސް ކުފޫ ހަމަނުވާ މީހެއް ހެންނެވެ.

މިފްޒާލް އެކުވެރިން ތަކަކަކާއެކު ހުރި ޒަވީންއަށް އެވްލީންއާ ދިމާއަށް ބަލާލެވުނު ވަގުތު އެވްލީންގެ އަތުގައި ހިފާލި ރީހާން ފެނުމާއެކު ގޮތްމުއް ކަވާލެވުނެވެ. ދަތްކުނޑި ވިކާލާ ބާރުކޮށްލެވުނީ ޒަވީންގެ ހިތުގައި އުފެދުނު ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.

” ދޫކުރޭ…. ” އެވްލީން ރުންކުރު ރާގެއްގައި ބުންޏެވެ. ޒަވީން ނޫން ފަރާތެއްގެ ބީހުމަކަށް އޭނަގެ ހިއްސުތައް އިންކާރުކުރިއެވެ.

” އަހަންނާއެކު ޑޭޓަކަށް ދާންް އެއްބަސްވޭ އޭރުން ދޫކޮށްލާނަން… ” ރީހާންގެ ޖުމްލައިން އެވްލީން ރުޅި ގަދަވެ ރުޅިގަނޑު ކޮންޓްރޯލް ނުވާ ހިސާބަށް ދިޔައެވެ.

” ދޫކުރޭ ! ” އެވްލީން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމުން ހަފްލާއަށް އެއްވެފައި ތިބި ހުރިހާ މެހެމާނުންގެ ލޯތައް ރީހާންްއާއި އެވްލީންއަށް އަމާޒުވިއެވެ. ރީހާން އަވަސްއަވަހަށް އެވްލީންގެ އަތުން ދޫކޮށްލިއެވެ.

އެވްލީން އަތުން ގޯހެއް ހެދުމުގެ ކުރިން ޒަވީން ބާރު ފިޔަވަޅުތަކެއްގައި ގޮސް އެވްލީންއާ އަރާ ހަމަކުރިއެވެ. ޒަވީން އޭނަގެ ހިމާޔަތަށް އައުމުން، ބޭއިހްތިޔާރުގައި އެވްލީންއަށް ޒަވީންގެ އަތުގައި ހިފާލެވުނެވެ. ޒަވީން ރީހާންއާއި ދިމާއަށް ބަލައިލިގޮތުންނާއި މެހުމާނުންގެ ނަޒަރުން ސަލާމަތްވުމަށް ރީހާން ހަލުވި ފިޔަވަޅުތަކެއްގައި ހިނގަގަތީ ” ވުޑްލޭންޑް ” އިން ނިކުތުމަށެވެ. އެތަށް ބަޔެއްގެ ނަޒަރު ރީހާންއާ ދިމާއަށް އަމާޒު ވެފައި ވުމުގެ ސަބަބުން އޭނާ ދިޔައީ އިސްދަށަށް ޖަހައިގެންނެވެ.

” އެވްލީން، ކުޑައިރުކޮޅަކަށް ދާންވީނު ލިމްނާއާއެކު ކޮޓަރިއަށް، އަހަރެން ދާނަން އިރުކޮޅަކުން… ” ޒަވީން ބުނެލިއެވެ. އެވްލީން ދާން ބޭނުން ނުވި ކަމުގައި ވީނަމަވެސް މަސްލަހަތަށްޓަކައި ލިމްނާއާއެކު ކޮޓަރިއަށް ދާން ހިނގައިގަތެވެ. ޖުނެއިނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ހަފްލާ މިހާ ހިސާބުން ނިމިއްޖެނަމަ އޭނަގެ ޕްލޭން ފެއިލް ވާނެއެވެ. ޖުނެއިނާ ކޮންމެ ގޮތެއް ހަދާފައިވެސް ހަފްލާ ކުރިއަށް ގެންދަން ބޭނުންވިއެވެ. އޭނަ ހީކުރިގޮތާ ހިލާފަށް ހަފްލާ ކުރިއަށް ގެންދަން އުނދަގުލެއް ނުވިއެވެ.

” އެއީ އެއްވެސް ކަމެއް ނޫނޭ…. އެންޖޯއި ދަ ޕާރޓީ އޯލް… ” ޖުނެއިނާގެ އަޑަށް އަނެއްކާވެސް ގޭތެރެ ހަލަބޮލިވެގެން ދިޔަ އެވެ. ދެންމެ ހިނގާދިޔަ ހާދިސާއަށް ޒަވީން އާއި މިފްޒާލް ފިޔަވާ އެކަކުގެވެސް ސަމާލުކަމެއް ނުލިބުނެވެ. ކޮންމެ މީހަކު އެމީހެއްގެ ދުނިޔެއަށް ގެއްލިފައި ތިބި ކަހަލައެވެ. ހާދަ އަމިއްލަ އެދުން ބޮޑެވެ. އަނެކާގެ ހިތުގައި އަޅާނެ ވޭނަށް އެއްވެސް ފަރުވާލެއްނެތެވެ.

ފޯނަށް މެސެޖެއް އައިއަޑަށް ޖުނެއިނާ ފޯނު ނަގައި މެސެޖް ކިޔާލިއެވެ. ” އަހަރެން މިހުރީ ތިގޭގެ ބަގީޗާ ތެރޭގައި… ” މެސެޖް ކިޔާލުމާއެކު ޖުނެއިނާ އަވަސްވެގަތީ ބަގީޗާއަށް ނިކުތުމަށެވެ.

* * *

” ކޮބާ ހުރިހާ ކަމެއް ރެޑީތަ ؟ ” ބެންޗެއްގައި އިށީނދެލައިގެން އިން ފިޒާޔާ ޖުނެއިނާ ފެނުމާއެކު ތެދުވެލިއެވެ. ފިޒާޔާ މިރޭ ލައިގެން ހުރީ ކަޅުން ފަރުމާކުރެވިފައިވާ ހެދުން ކިރިޔާ ކުކުލުހުޅާހަމައަށް އަންނަކެމެވެ. އެ ފާޅުކަން ބޮޑު ހެދުމުގެ ފުރަގަހުން ބުރަކަށި އޮތީ ހާމައަށެވެ. އަރައިގެން ހުރީ ފުންނާބު އުސް ފައިވާނުން މީހާ އިސްކޮޅުން ދިގު ކަމަށް ވެސް ދައްކައެވެ. ހަމައެއާއެކު އިސްތަށިގަނޑުގައި ގަދަ މުށި ކުލައެއް ޖައްސާފައި ވާއިރު ބޭރު މީހުންގެ ވައްޓަފާޅި ނަކަލުކުރަން އުޅޭ މީހެއްކަން ހާމަކޮށްދެ އެވެ..

” ހުރިހާ ކަމެއް ރެޑީ.. ” ޖުނެއިނާ ބުނެލިއެވެ. ”އެކަމަކު ޒަވީން އޯ ؟ ” ފިޒާޔާގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެންވިއެވެ. ” އޭނައަށް ނިދާ ބޭސް ދިނީމަ އޭނައާ މެދު ވިސްނާކަށް ނުޖެހޭނެ…. ” ޖުނެއިނާ ފިޒާޔާގެ ސުވާލަށް ޖަވާބުދިނެވެ އޭނަ ވަނީ ދުރާލާ ހުރިހާކަމެއް ރާވާލާފަ އެވެ..

” އަހަރެން އެވްލީން ޓެރެސްއަށް ގެންދާނަން…. އެކްސިޑެންޓެއް ގޮތަށް ހުރިހާ ކަމެއް ގެންދާނީ އޭރުން އެއްވެސް މީހަކަށް ޝައްކުކުރުމުގެ ފުރުސަތު ނުލިބޭނެ… ” ޖުނެއިނާ ކަންތައް ކުރަންވީ ގޮތް ބުނެދިނެވެ.

ގެސްޓް ރޫމުގައި ފޯނު ބާއްވާފައި އާދެވުމާއެކު ފޯނު ނަގަންވެގެން ބޭރަށް ނިކުތް ޒަވީންއަށް ޖުނެއިނާއާއި ފިޒާޔާގެ ވާހަކަތައް އަޑުއިވުމުން ހުއްޓުން އެރިއެވެ. މަޔަކު ދަރިއަކަށް އެހާ ބޮޑު އަނިޔާއެއް ދީފާނެކަމަކަށް ޒަވީންއަށް ޤަބޫލެއް ނުކުރެވުނެވެ. އޭނަގެ ނަސީބު ރަނގަޅު ކަމުން ޖުނެއިނާއާއި ފިޒާޔާގެ ޕްލޭން ކާމިޔާބު ނުވަނީސް އޭނައަށް ފަޅާ އަރައިފިއެވެ. ޒަވީން ގަސްތަކުގެ ނިވަލަށްވަނީ ޖުނެއިނާއާއި ފިޒާޔާ އެތެރެއަށް ވަންނަން ދާން ހިނގައި ގަތުމުންނެވެ. ޒަވީން ކުޑަ އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު ހިނގައިގަތީ އޭނަގެ ފޯނު ނެގުމަށެވެ. މިވީ ގޮތުން މިޖެހުނީ އޭނަގެ ހުރިހާ ޕްލޭނެއް ބަދަލު ކޮށްލާށެވެ. ފިޒާޔާއާއި ޖުނެއިނާގެ ސަބަބުން ލިބެން އުޅުނު ރަނުގެ ފުރުސަތު ފެނަށް ދިޔައީއެވެ.

* * *

ޖުނެއިނާ އޭނަގެ މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް ދެ ނިދާ ބޭސްގުޅަ ކޯކް ތަށްޓަކަށް އަޅާލުމަށްފަހު ޒަވީން ކޮބައިތޯ ބަލައިލިއެވެ. ފޯނުން ވާހަކަ ދައްކަން ބޭރުގައި މަޑުކޮށްލައިގެން ހުރި ޒަވީން ޖުނެއިނާއަށް ފެނުނީ ފަސް ވަރަކަށް މިނެޓް ވަންދެން މުޅި ސިޓިންގް ރޫމް ހޯދާލުމަށްފަހު ބޭރަށް ނިކުންނަށް ދަނިކޮށެވެ. ޖުނެއިނާގެ މޫނަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައީ ހިޔާލަށް އައި ކަމެއްގެ ސަބަބުންނެވެ.

” ޒަވީން… ” ޒަވީން ކުރިމައްޗަށް ހުއްޓިލަމުން ޖުނެއިނާ އޭނަގެ އަތުގައި އޮތް ދެ ތަށިން ކުރެ އެއް ތަށި ޒަވީންއަށް ދިއްކޮށްލިއެވެ. .

” ޑްރިންކް… ” ޒަވީން ފޯނު ޖީބަށް ލުމަށްފަހު ކޯކް ތަށި އަތުލަމުން އޭގައި ތުންފަތް ޖައްސާލިއެވެ. ” ހެލޯ… ” ނުދަންނަ ނަންބަރަކުން ޖުނެއިނާގެ ފޯނަށް ގުޅަން ފެށުމުން ޖުނެއިނާ ޒަވީން އާއި ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

ދަނޑިވަޅު ބަލާފައި ޒަވީން ކޯކް ތަށި ވިނަގަނޑު މައްޗަށް އަޅާލިއެވެ. އޭރު ޖުނެއިނާ ހުރީ ދުރު ބަލަހައްޓައިގެން ކަމުން ޒަވީން ކޯކް ތަށި ބިންމައްޗަށް އަޅާލި ތަން ޖުނެއިނާއަކަށް ނުފެނުނެވެ.

” ބޮޑު ކަމެއް… ނޭނގޭ ނަންބަރު ތަކުން ގުޅާތީވެސް…. ” ތިން ފަހަރު ހެލޯ އޭ ބުނުމުންވެސް ޖަވާބެއް ނުލިބުމުން ޖުނެއިނާ ފޯނު ބޭއްވިއެވެ. ޖުނެއިނާ ޒަވީންއާއި ދިމާއަށް ބަލައިލުމާއެކު ޒަވީން އަށް ވަމުން ދިޔަ ގޮތް ފެނުމުން ޖުނެއިނާގެ މޫނަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެވެ.

” ޒަވީން … އާރ ޔޫ އޯކޭ ؟ ” ޖުނެއިނާ އަހާލިއެވެ.

”ކުޑަކޮށް ބޮލަށް އެނބުރުން އަރާތީ މިއުޅެނީ، އައިލް ކަމް ބެކް އިން އެ ވައިލް…” ޒަވީން އަރިއަޅަމުން ކަހަލަ ގޮތަކަށް ދިޔައީ ގެސްޓް ރޫމާއި ދިމާއަށެވެ.

” ހުއް!… ތިމާގެ ފެންވަރު އޮޅުނީމަ ވާނި ތިހެން… ” ޖުނެއިނާގެ ހުނުމުގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔައެވެ.

* * *

އެވްލީންގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް އެވްލީންއާއި ލިމްނާއަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ. ކޮޓަރިއަށް ވަން ޖުނެއިނާ ފެނުމާއެކު އެވްލީންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރު ތަކަށްވެސް ބިރުވެރިކަމުގެ ރާޅުބާނީތަކެއް ދަތުރު ކޮށްލައިފިއެވެ. ޖުނެއިނާ ލޮލުގެ އިޝާރާތުން ލިމްނާ ކައިރީގައި ކޮޓަރިން ނިކުތުމަށް އަމުރު ކުރިއެވެ.

” ލީން… މަންމަ ދެކެ ހާދަ ބިރެކޭ ތިގަންނަނީ… ” ޖުނެއިނާ އެނދުގައި އިށީނުމާއެކު އެވްލީން އެނދުން ތެދުވެއްޖެއެވެ.

” މަންމަ މިއައީ ޒަވީން ބުނެގެން ދަރިފުޅު ބަލާ… ” ޒަވީންގެ ނަން އަޑު އިވުމާއެކު ކިތަންމެ ފޫހި ވިކަމުގައި ވީނަމަވެސް އެވްލީން ޖުނެއިނާއާއި ދިމާއަށް ބަލައިލިއެވެ. ” ޒަވީން ދެންމެ މަންމަ ކައިރީގަ ބުނީ ދަރިފުޅު ގޮވައިގެން އަންނާށޭ…. ލީންއަށް ދޭން ސަޕްރައިޒެއް އެބައޮތޭ… ” ޖުނެއިނާ އެނދުން ތެދުވެގެންގޮސް އެވްލީންގެ ބޮލުގައި ފިރުމާލިއެވެ. ” ކޮންތާކަށް ދާންވީ ؟ ” އެވްލީންގެ ޖުނެއިނާއާއި ސުވާލު ކޮށްލިއެވެ. ” ޓެރެސްއަށް… ” ޖުނެއިނާގެ ޖުމްލައިން އެވްލީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ” ޓެރެސްއަށޭ ؟؟ ” އެވްލީންއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. ” ވަރަށް ބޮޑު ސަޕްރައިޒެކޭ ޒަވީން ބުނި… ” ޖުނެއިނާ ބުނެލިއެވެ.

ހިޔާލެއް ފިކުރެއްނެތި ޖުނެއިނާއާއެކު ހިނގަމުންދިޔަ އެވްލީންގެ ހިތުގައި ޝައުގުވެރިކަން އުފެދިފައިވަނީ ޒަވީން ދޭން އުޅޭ ސަޕްރައިޒާ މެދުގައެވެ. އެވްލީންއަށް ނޭނގި ނަމަވެސް އެދެވެނީ މަރުގެ ދަންމަޅި ކަރަށް މަހާލުމަށެވެ. އޭނައަށް އެތަނުން ލިބެން އޮތް ސަޕްރައިޒަކީ މަރުކަން އެވްލީންއަށް ރޭކާވެސް ނުލިއެވެ. ފިޒާޔާ ޓެރެސްއަށް ނިކުންނަށް ހުންނަ ބިއްލޫރި ދޮރުފަތް ކަހާލުމާއެކު ލުއި ވައިރޯޅިއެއް އައިސް އެވްލީންގެ މޫނުގައި ބޮސްދިނެވެ. އެވްލީން ޓެރެސްއަށް ނަޒަރު ހިންގާލުމާއެކު ހިތުގެ ތެޅުން ކުއްލިޔަކަށް ބާރުވެގެން ދިޔައެވެ. މުޅި ހަށިގަނޑުގައި މަޑުމަޑު ތުރުތުރު ލުމެއް އެކުލެވިގެންވިއެވެ. ޓެރެސްގައި ދިއްލާފައިވާ ފެހިކުލައިގެ ލައިޓްތަކުން ޓެރެސް ފެންނަމުން ދިޔައީ ވަރަށްވެސް ރީތި ގޮތަކަށެވެ.

އެކިކުލަ ކުލައިގެ އޯކިޑް ޕޮޓްތަކުން ވަށާލާފައި ވާއިރު ޓެރެސްގެ މެދެއްހާ ހިސާބުގައި ހިޔާކޮށްފައިވާ ތަނެއް ހުއްޓެވެ. ހުދުކުލައިގެ ފަރުދާތަކުން އެތަން ޒީނަތްތެރި ކުރެވިފައިވާ އިރު ޖެހެމުންދާ މަޑު ވައިރޯޅިތަކާއެކު ފޮތިގަނޑުތައް ނަށަމުން ދިޔައެވެ. އެތަނާއި ޖެހިގެން ކަހަލަ ގޮތަކަށް އުނދޯޔެއް ހުރިއިރު އުނދޯލި ވަށާލާފައިވަނީ ވެޔޮތަކުންނެވެ. އެކިކަހަލަ ޕޮޓްތަކުގައި އިންޑޯރ ގަސްތައް ހައްދާފައިވާއިރު ކުޑަވަރެއްގެ ބަގީޗާއެއްހެން ސިފަކުރެވެމުން ދިޔައެވެ. ފެހިކުލައިގެ ތަށިމުށީގެ ސަބަބުން ޓެރެސްއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

އެވްލީންއަށް ހީވަމުން ދިޔައީ ހަމަ ދެންމެ ދެންމެއަކު މީހަކު އައިސް އޭނަ ކޮށްޕާލަފާނެ ހެންނެވެ. އެވްލީންގެ މޫނުގައި ވިދާބަބުޅަމުން ދިޔަ ދާތިކިތަކުން އެނަ ހާސްވެފައި ހުރިވަރާއި ބިރުގެންފައި ހުރި ވަރު ކިތަންމެ ރީތިކޮށް ހާމަކޮށްދެއެވެ.

” ކޮބާ ޒަވީން ؟ ” ޒަވީން ފެންނަ ހިސާބެއްގައި ނެތުމުން އެވްލީން އަހާލިއެވެ. ޖުނެއިނާ އެވްލީންގެ ސުވާލަށް ޖަވާބެއް ނުދީ ކުރިއަށް ހިނގައިގަތެވެ.

އެވްލީން ހުރީ ކުރިއަށް ފިވަޅެއްވެސް އަޅަން ނުކެރިފައެވެ. ” ޒަވީން… ” އެވްލީން ރޮވިފައި އިންއަޑަކުން ޒަވީންއަށް ގޮވާލިއެވެ. ” ކިތަންމެ ބާރަށް ގޮވިޔަސް މިރޭ ޒަވީންއަކަށް ނާދެވޭނެ… ” ޖުނެއިނާ ބުނެލިއެވެ. ޖުނެއިނާގެ ޖުމްލައިން އެވްލީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ޒަވީންއަށް ކީއްކުރީ ؟ ” އެވްލީން ރޮވިފައި ހުރި އަޑަކުން ވާހަކަ ދައްކަން ފެށިއެވެ.

” އޭނައަށް ނިދާބޭސް ދީފަ ނިންދަވާފަ އޮތީ…. ” ޓެރެސްގެ ބޮކިތަށް ނިވިގެން ދިޔަ ވަގުތު ފިޒާޔާގެ އަޑު އިވިގެން ދިޔައެވެ. އެވްލީންއަށް ހަޅޭއްލަވައި ގަނެވުނީ މުޅިތަނަށް އަނދިރިކަން ފެތުރިގެން ދިއުމާއެކުއެވެ. އެވްލީން ދޮރާއި ދިމާއަށް ދުއްވައި ގަންނަން ބޭނުން ވިއެވެ. ނަމަވެސް އެވްލީންގެ ފައި ހަރަކާތެއް ނުކުރިއެވެ.

” މިރެއަކީ ކަލޭ މިދުނިޔޭގައި ހުންނާނެ އެންމެ ފަހު ރޭ!… ” ފަނޑުއަލިކަމުގެ ތެރެއިންވެސް ފިޒާޔާއާއި ޖުނެއިނާގެ މޫނު އެވްލީންއަށް ފެނުނެވެ. އެވްލީންއަށް ގިސް ލެވެމުން ދިޔައިރު ޒަވީން އޭނަ ސަލާމަތް ކޮށްދޭން އަންނާނެ ކަމުގެ އުންމީދު އެހިތުގައި އާލާވެގެން ދިޔައެވެ. ފިޒާޔާ އެވްލީންއާ އަރާ ހަމަކުރަމުން އެވްލީން ކޮނޑުގައި އަތްއަޅާލާ ފަހަތަށް ކޮށްޕާލިއެވެ. އެވަގުތު ޖުނެއިނާގެ ހުނުމުގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔައެވެ. އެވްލީންއަށް ކަންފަތުގައި އަތް އަޅާލެވުނީ ކުއްލިޔަކަށެވެ. އޭނައަށް ހީވަމުން ދިޔައީ މިއީ ކުރިން އޭނަށް ދިމާވެފައިވާ ކަމެއް ހެންނެވެ. ” ގޮވާބަލަ އެ ޒަވީން ގަނޑަށް އާދެވޭތޯ ބަލަން…. ” ފިޒާޔާ ބުނެލިއެވެ.

” ނޫން ” ފިޒާޔާ އެވްލީން ކޮށްޕަމުން ގޮސް ޓެރެސް ވަށާ ރާނާފައިވާ ތިރި ފާރާއި ކައިރިވިކަން އިހްސާސް ވުމާއެކު އެވްލީންއަށް ކުރިއަށް ވުރެ ބާރަށް ރޮއިގަނެވުނެވެ. ” ރޮނީތަ ؟ ކުރިން އަހަރެން ފެނުމުން ރުޅިގަނޑު ދައްކާލާ ފުރޭތަ ހާދަ ހިމޭން ވެއްޖެޔޭ… އަނެއްކާ ޒަވީން ކަމެއް ކުރީތަ ކަލެއަށް، އޭނަ ވެސް ހޭބަލިވެގެން މޮޔައަކު ފަހަތުން އެއުޅެނީ، ވެދާނެ ކަލޭ މޮޔަވީމަ ކަލޭގެ ހަށިގަނޑުން އުފާހޯދަން އޭނައަށް ފަސޭހަވަނީކަމަށް ވެސް، ކަލޭ ވެސް އޭނަ ފަހަތުން އުޅެނީ އެކަމަށް އެދޭތީތޯ؟… މޮޔައަކަސް ކަލޭ ތިއުޅެނީ އަހަރުމެނަށްވުރެން ކުރީގައި ” މަލާމާތުގެ ހިނިތުންވުމަކާއެކު އެވްލީންއާއި ޒަވީން އަޅުވާކިޔަމުން ފިޒާޔާ ވާހަކަދެއްކިއެވެ. އަދި އެވްލީންގެ އަތުގައި ހިފާ ބާރުކޮށްލަމުން އޭނަގެ އަތުގައި ހުރި ދިގު ނިޔަފަތިތައް އެވްލީންގެ އަތަށް ހަރާލިއެވެ. ” އާހް.. ” އެވްލީންއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ.

ފިޒާޔާ އެވްލީންގެ އަތުން ދޫކޮށްލުމަށްފަހު އޭނަގެ އަތަށް ލެވުނުހާ ބާރަކާއެކު އެވްލީން ކޮށްޕާލުމުން އެވްލީންއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އެވްލީންގެ ބޮލަށް ތޫނު ތަދަކާއެކު އެނބުރުން އަރައިގެން ދިޔަ އެވެ. ވެއްޓެން ދިޔަ އެވްލީން ފެނުމާއެކު ޓެރެސްއަށް ނިކުތް ޒަވީންއަށް ދުއްވައިގަނެވުނީ އެވްލީންއާއި ދިމާއަށެވެ. ޒަވީން ހުށިޔާރު ކަމާއެކު އެވްލީންގެ އަތުގައި ހިފާ ލުއްކިޔެއް ޖެހުމާއެކު އެވްލީން ގޮސް ޖެހުނީ ޒަވީންގެ މޭމަތީގަ އެވެ. ކުއްލިޔަކަށް ޒަވީން ފެނުމާއެކު ޖުނެއިނާއާއި ފިޒާޔާއަށް ލިބުނީ ޝޮކެކެވެ.

އެވްލީން ޚަބަރު ހުސްވެގެން ޒަވީންގެ އަތްދަނޑި މައްޗަށް ދެމުނެވެ.

” ޖުނެއިނާ… !!! ” މިފްޒާލްގެ ބާރު ހަޅޭކުގެ އަޑަށް ޖުނެއިނާ ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އާލިފް

Next

ކީރިތި ޤުރުޢާނުގެ އާޔަތްތައް ބޭނުންފުޅު ކުރައްވައިގެން ވާހަކަފުޅު ދައްކަވާ އަންހެން ބޭކަނބަލެއްގެ ވާހަކަ

Next
October 22, 2018

ކީރިތި ޤުރުޢާނުގެ އާޔަތްތައް ބޭނުންފުޅު ކުރައްވައިގެން ވާހަކަފުޅު ދައްކަވާ އަންހެން ބޭކަނބަލެއްގެ ވާހަކަ

Previews
October 22, 2018

އާލިފް

18 Comments!

  1. Hau says:
    October 22, 2018 at 9:28 pm

    me first tha…mivaahaka kiyaahithun kei madhuvefa…v reethi mi vaahak…thanx ?

  2. Nau says:
    October 22, 2018 at 9:30 pm

    Maves iru irukolhaa bala balaa mi onnany vvv reethi

  3. Rifu says:
    October 22, 2018 at 9:42 pm

    Wow?❤

  4. Reader says:
    October 22, 2018 at 9:46 pm

    Second tha? Varah reethi ?

  5. Shahu says:
    October 22, 2018 at 10:06 pm

    awesome story ?
    total how many parts are there?

  6. Hajja says:
    October 22, 2018 at 10:08 pm

    Eyoh kiyaahithun indhaa e nimunee.. vv reethi mi story… waiting for next part…

  7. Nunnu says:
    October 22, 2018 at 10:29 pm

    Wow… Super hama

  8. Aish says:
    October 22, 2018 at 10:49 pm

    Mee kithah episode ge story eh?

  9. Ibsha says:
    October 22, 2018 at 10:50 pm

    Wow varah reethi

  10. No one says:
    October 22, 2018 at 10:52 pm

    Superb!!??

  11. mar-hath says:
    October 22, 2018 at 10:53 pm

    story v reethi
    waiting for the next part❤️❤️

  12. Almaash says:
    October 22, 2018 at 11:22 pm

    Himmiothee angah aisfa
    Nooney asarugadh mulhin goi hus vefa hutta zaveen thiaee ??

  13. Rose says:
    October 22, 2018 at 11:23 pm

    Masha Allah!!! Nice story!!! Waiting for the next part

  14. Aisha says:
    October 22, 2018 at 11:29 pm

    Wow vvv reethi

  15. Mutha/ S.Hithadhoo says:
    October 22, 2018 at 11:44 pm

    Thank You all for the lovely feedback.

    Actually this story has a total of 50 episodes, But since I am merging a few episodes to make the episodes longer, hopefully 35- 40 episode will be there in total this time.

  16. Queen ? says:
    October 23, 2018 at 12:12 am

    Wow wow wooooowww❤❤❤…. Waiting for next part dear…. Maadhan morning ga up kohla dhehchy…. Plz plZ plz….

  17. Mal says:
    October 23, 2018 at 9:07 am

    Wow Hama speech less..

  18. zavynn says:
    October 23, 2018 at 12:49 pm

    juneinaaaaaaa!
    kaley moyavee tha?/?
    hithah araa e anhenaa maraalan ves…mipart kiyaa nimeni koh lep ga jehunu…e juneinaa n fizaayaa kuri kamakun…avahah up kohlaba..plzzz

Comments are closed.

Next Episodeއެވްލީން… 10←


All Right Reserved!