ހިތް އެދުނަސް… (10)
އެހެންނަމަވެސް މަލަކް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ފޯން ކަނޑާލީއެވެ.
އޭގެ އަނެއްރޭގެ ވަގުތެކެވެ. ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ރަށުގެ ތުނޑީގައި ހުރެލާފައި އަޔާން ގެއަށް ދާން ހިގައިގަތެވެ.
“އޭތް” އަޔާން ސިހުނީ ކުއްލިއަކަށް އޭނާގެ ގަމީހުގައި ހިފާ މީހަކު ދަމާލުމުންނެވެ. އެމީހާ ދަމައިގަތް ލެއް ބާރުކަމުން އަޔާން ގެ ކަރަށް ވެސް ތަދުވިއެވެ. ވާނީވެސް އެހެންތާއެވެ. ޓީޝާޓް ވާންވީ ކަރަށް ވިއްޔާއެވެ. އަޔާން ގަދަކަމުން އެމީހެއްގެ އަތުން ވީއްލިގަތެވެ. އޭނާ ރަނގަޅަށް އެމީހަކަށް ބަލާލުމާއެކު ސިހިއްޖެއެވެ.
“ޝާމިން” އަޔާން އަށް ބުނެވުނެވެ.
“ކަލޭގެ ތި ދުލުން މަގޭ ނަން ވެސް ކިޔައިގެން ނުވާނެ އިނގޭ… ކަލޭ އާ ހެދި މަށަށް އުނދަގޫވޭ… މަގޭ ދޮންތައަށް އުނދަގޫވަނީ… ދޮންތައޭ ދެރަވަނީ… ކަލޭ ކީއްތަވާނީ މަގޭ ދޮންތައާއި ދުރުގަ ހުރިއްޔާ… މަޑުން ހުރީމަ ވީނުން… މައިތިރި ވެގެން ހުރެބަލަ… ދޮންތަ އަށް އެހާ ވަރަށް އަނިޔާ ދީފަ؟” ޝާމިން ހުއްޓާލިއެވެ. އޭނާ ހުރީ ރުޅިއައިސް ރަތް ވެފައެވެ. މީހާ ތުރު ތުރު އަޅަމުން ދިޔައެވެ.
“އަހަރެން މަލަކް އަށް ކީކުރީ…” އަޔާން ބުނެލިއެވެ. “އަހަރެން މަލަކް އަކަށް އެއްވެސް ކަމެއް ނުކުރަން… ވާނުވާ ނޭނގި ހުރެ އަޔާން ބުނެލިއެވެ.
“ކަލޭ ކޮންމެ ރެއަކު ގުޅައިގެން މަގޭ ދޮންތަ ރޮއްވާއިރު މަށެއް ވެސް ނުހުންނާނަން މަޑަކުން… އެނގޭތަ… ކަލޭ އާ ހެދި އެ ފަކީރު ރޯ ވަރު… އުޅޭ ހާލު… ނުނިދާ ކޮންމެ ރެއަކު ރޯން ހޭދަ ކުރާވަރު އެނގޭތަ؟ އަދިވެސް ދެވުނު އަނިޔާ ކުޑައީތަ؟ އޭތް” ޝާމިން ހަޅޭއްލަވައިގަތެވެ. “ކޮން ކަހަލަ ވާހަކަ އެއްތަ ޝާމިން ތި ދައްކަނީ” އަޔާން ގާތަށް ވެސް ރުޅިއަތުވެއްޖެއެވެ.
“މަ ދައްކާ ވާހަކަ އެއް ނޭނގޭތަ… ނޭނގެންޏާ އަޑު އަހާ… ކަލޭ އައީ މަގޭ ދޮންތަ ފަހަތުން… މަގޭ ދޮންތަ އެއް ނުދޭ ކަލޭ ފަހަތުން… ކަލޭ މަގޭ ދޮންތަ ހޯދަން އުޅުނު ވަރުވެސް މަށައް އެނގޭ… އެކަމަކު އޭގެ ފަހުން ކަންތައް ވީ ގޮތްވެސް އެނގޭ… ހަނދާން ކުރައްޗޭ…. ދުވަހަކުވެސް ކަލޭ މަގޭ ދޮންތައާއި ވައިވެސް އެޅިގެން ނުވާނެ…” ޝާމިން އަޔާން އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ހިނގައިގަތެވެ.
ޝާމިން ދިޔަ ދިމާލަށް ބަލަން ހުރި އަޔާން ގެ ހިތުގައި މަލަކް އެ ސިއްރު ކުރަމުން ދާ ކަންތައް ހޯދުމުގެ ޝައުގުވެރިކަން ބޮޑުވެގެން ދިޔައެވެ. ފަހުން ކަންތައް ވީ ގޮތް އެނގުމަށް އޭނާ ގެ ހިތް އަވަސްވިއެވެ. އެހެންނަމަވެސް އެކަން ކުރާނޭ ގޮތެއް އޭނާއަކަށް ނޭނގެއެވެ.
މިކްޔަން ގެ ފަރާތުން އީނާލް އާއި ގަޔާވާކަމުގެ އެތަކެއް އިޝާރާތެއް އީނާލް އަށް ލިބުނުކަމުގައި ވިޔަސް އޭނާ އަޅައެއްނުލައެވެ. އެހެންނޫނީ އަޅައިލަން ބޭނުން ނުވަނީއެވެ. ތަފާތު އެކި ދުވަސްމަތިން އީނާލް ގާތު ކޮފީއަށް ދާން ބުނުމާއި ފޫހިވާ ވަގުތު ތަކުގައި އީނާލް އަށް މެސެޖް ކުރުން އެއީ މިކްޔަން މިހާރަކަށް އައިސް ކުރާ ކަންތަކެވެ. އެކަމުން އީނާލް އަށް އުނދަގޫ ވަމުން ދިޔަ ނަމަވެސް އީނާލް އެއްވެސް އެއްޗެއް އެކަމާ ދޭތެރޭ ނުބުނެއެވެ. މަޑުން ހުރެވޭތޯ އީނާލް ބަލަނީ މަސްލަހަތައް ވިސްނާލާފައެވެ.
ޒައިން އާއި އީނާލް ގެ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދިޔައެވެ. ފަރުދާގެ ފަހަތުގައި ހިނގަމުން ދާ މި ކަމުގެ ހިލަމެތް އެއްވެސް މީހަކަށް ނުވެއެވެ. ޒައިން އާއި އީނާލް އާއި ދެމީހުން ކުރެ އެކަކަށް ވެސް އެމީހުންގެ އާއިލާގެ މީހުން ގާތު ވާހަކަ ދައްކާނޭ ހިތްވަރެއް ނުނެރެވުނެވެ. ގިނަ ދުވަހު ސިއްރުން އުޅެން ބޭނުން ނުވިޔަސް ހާލަތު ނިޔާ ކުރީ އެގޮތަށެވެ. އަނެއްކޮޅުން އަޔާން އާއި މަލަކް އާއި ދެމީހުންގެ ގުޅުން އޮތީ ނާޒުކު ފައްތަރެއްގައެވެ. މަލަކް ގެ ފަރާތުން ހަގީގަތް ހޯދުމަށް ކެނޑިނޭޅި އަޔާން މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އަދިވެސް އެކަން ކާމިޔާބު ވާގޮތް ނުވެފައިވަނީ މަލަކް ގެ ހުޝިއާރު ކަމުންނެވެ.
އަޔާން ގެ ވިސްނުން މުޅިން އެހެން ދިމާލަކަށް ދަތުރު ކުރަން ފަށައިފިއެވެ. އޭނާ މިހާރު ހިތަށް އެ އަރަމުން ދާ ގޮތަކީ މަލަކް ގެ އަނގައިން ހަގީގަތް ނެރެން އެންމެ ފަސޭހަ ވާނޭ ގޮތޭ ހިތަށް އެރިއެވެ. ތަފާތު ޕްލޭން އެއް އަޔާން އޭނާގެ ހިތުތެރޭގައި ރާވާލިއެވެ.
ހަލުވިކަމައެކު ދުވަސްތައް ފާއިތުވަމުން ގޮސް ނާއިލާ ވިހާދުވަސް ވެސް އައިސް ޖެހުނީއެވެ. ނާއިލާ ވިހެއީ ރޭގަނޑެއްގައެވެ. ހޮސްޕިޓަލް ގެ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އައިމަން އަށް ހަމަޖެހުން ލިބުނީ އެތެރޭން ނަރުސްކުއްޖަކު ނުކުމެ ގޮވާލުމުންނެވެ. “ދަރިފުޅުގެ ބައްޕަ؟” ނަރުސް ކުއްޖާ ދެފަރާތަށް ބަލާލުމާއެކު ސުވާލުކޮށްލިއެވެ. އެއާއެކު އައިމަން ކުރިއަށް ޖެހިލިއެވެ. ނަރުސްކުއްޖާ އައިމަން އަތަށް ދަރިފުޅު ދިނުމާއެކު އޭނާ އަށް އެ ދަރިފުޅުގެ ނިތުގަޔާއި ކޮލުގައި ބޮސް ދެވުނެވެ. ފުރަތަމަ ފަހަރަށް އޭނާ އަށް އާދަޔާހިލާފު އިހްސާސް އެއް ކުރެވުނެވެ. ނޭނގޭ ޖަޒްބާތުތަކަކުން އެ ހިތް ފުރިގެން ދިޔައެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ގޮތް ނޭނގޭ އިހްސާސް ތަކެއްގެ ސަބަބުން އައިމަން ގެ ލޯ ފެންކަޅި ވެގެން ދިޔައެވެ.
ބޭރުގައި ތިބި ހުރިހާއެންމެންނަށް ދަރިފުޅު ދައްކާލުމަށްފަހު ނަރުސްކުއްޖާ ތުއްތު ތުއްތުދަރިފުޅު ގޮވައިގެން އަނެއްކާވެސް އެތެރެއަށް ވަނީ ދެމައިންގެ ހާލު ރަނގަޅު ކަމަށް ބުނަމުން ވީހާވެސް އަވަހަކަށް ވޯޑަށް ބަދަލް ކުރާ ވާހަކަވެސް ބުނެލާފައެވެ.
ނާއިލާ ވޯޑަށް ބަދަލް ކުރެވުނު އިރު އޮތީ ނިދިފައެވެ. އެވަގުތު އެތަނުގައި އައިމަން ގެ އާއިލާގެ އިތުރުން ނާއިލާގެ އާއިލާގެ މީހުން ވެސް ތިއްބެވެ. ކޮންމެ މީހެއްގެ މޫނުނަތިންވެސް އުފާވެރިކަން ފެނިގެން ދެއެވެ. ވޯޑަށް ބަދަލް ކުރެވުމާއެކު އާއިލާގެ މީހުންގެ އިތުރުން ދުރުތާ ތިމާގެ މީހުންވެސް ނާއިލާ އަށް ގޮވާލަން ދިޔައެވެ.
ހުރިހާ އެންމެން ގެއަށް ފޮނުވާލުމަށްފަހު އައިމަން މަޑު ކުރީ އެވެ. ހޮސްޕިޓަލުން ދޫ ކޮށްލެވޭނީ އަދި އެއް ދުވަސް ފަހުން ކަމަށް ވުމާއެކު އައިމަން ބޭނުންވީ ވީހާވެސް ގިނަ ވަގުތު ނާއިލާ ގާތުގައި ހޭދަކުރާށެވެ. ތުއްތު ދަރިފުޅު ނިދާފައި އޮތް އިރު ނުހަނު ލޯތްބެވެ. އައިމަން އެނދު ކައިރިއަށް ހުއްޓިލާ ވާހަކަ ދެއްކިއެވެ. އޭރު ނާއިލާ ވެސް އޮތީ ހޭލައެވެ. “ކާކާ ވައްތަރީ… ނާއި އަކާ ނޫން ހމަ ގައިމުވެސް އައިމަން އާ ކަންނޭގެ ވައްތަރީ ދޯ” އައިމަން ދަރިފުލަށް ބަލަން ހުރެލާފައި ނާއިލާ އާއި ދިމާލަށް އެނބުރެމުން ވާހަކަ ދެއްކިއެވެ. “ދެން ކީކޭ ބުނާނީ… ފިރިހެން ކުއްޖެއް ވިއްޔަ މާން އަކާނު ވައްތަރުވާނީ ދޯ” ނާއިލާ ވެސް އައިމަން އަށް ދޫ ނުދޭން ވެގެން ބުނެލިއެވެ.
“އާނދޯ…” އައިމަން އައިސް ނާއިލާ ގާތު ހުރި ގޮނޑީގައި މަޑު ކޮށްލިއެވެ.
ނާއިލާ ގެއަށް ދޫ ކޮށްލެވުމާއެކު ގޭތެރެ ވެސް ހަލަބޮލިވެގެން ދިޔައެވެ. އަވައްޓެރިންގެ އިތުރުން ގާތް ރަހްމަތް ތެރިންނާއި އާއިލާގެ މީހުން އަބަދު އައިސް ގޭތެރެ އޮންނަނީ ފުރާލާފައެވެ. ހަދިޔާ ދީ އެކަކު އަނެކަކާ އޮންނަ ގުޅުން ރަނގަޅު ކުރަން މި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ކޮންމެ މީހަކުވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފޭތޯ ބެލިއެވެ. ނާއިލާ ވިހައިގެން ހަފްތާއެއް ގެ ތެރޭގައި އަންނަ މީހުންވެސް މަދުވެ ގޭތެރެ ހަމައަކަށް އެޅިލިއެވެ. ނާއިލާ އަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން ސާމިރާ އަތުކުރި އޮޅާލާފައި ހުންނަ އިރު އައިމަން ވެސް ނާއިލާ އާއި ކުޑަ ދަރިފުޅު ގާތު ހުންނަން ޗުއްޓީ ނެގިއެވެ.
ހަތް ވަނައަށް ވީ ދުވަހު ދަރިފުޅުގެ ބޯ ބާލާ ދެ ބަކަރި ކަތިލާ ނަންކިޔެވެ. “އަނޫފް ބިން މުހައްމަދު އައިމަން” ގެ ނަމުން ނަން ދިން އިރު ހުރިހާ އެންމެނަން ނަށް ވެސް ކަމުދާ ނަމަކަށް އެ ނަން ވިއެވެ.
އާދުވަހެކެވެ. ނާޖިދު ސައިކަލުގައި ރަށުގެ އަތިރި މައްޗާ ދިމާލަށް ދިޔައީ މަސްދޯންޏަކުން މަސްވިއްކަމުން ދިޔައީތީ މަސްކޮޅެއް ގަންނާށެވެ. އެ ދިޔަ މަގުމަތީގައި އޭނާ އަށް އީނާލް ލޮލުގައި އަޅައިގަތެވެ. ރަށުގެ ހޭޅިފަށާ ދިމާލުގައި އީނާލް ގަސް ދޮށެއްގައި ޒުވާން ފުރައިގެ ފިރިހެން ކުއްޖަކާ އެކު ހުރިތަން ފެނި އޭނާގެ ދެ ބުމަ ގޮށްޖެހުނެވެ.
އެ ދިމާލަށް ކައިރިވީ އެއީ ކާކުކަން ބަލާލުމުގެ ގަސްތުގައެވެ. މާދުރުން ވެސް އެއީ މިކްޔަން ނޫން ކަން އޭނަ އަށް އެނގުނެވެ. އެހެންކަމުން އެ މޫނުމަތިން ނުރުހުމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. އެއްފަރާތުގައި ޖަހާފައިވާ ގަސްތައް ކައިރީގައި މަޑު ކޮށްލުމާއެކު ނާޖިދު އެ ދިމާލަށް ބަލާލިއެވެ. އޭރު އެ ފިރިހެން ކުއްޖާ ހުރީ ފުރަގަސްދީގެން ކަމުން އޭނާ އަށް ރަނގަޅަށް މޫނު ފެންނަ ގޮތެއްނުވިއެވެ. އެހެންނަމަވެސް އީނާލް ގެ މޫނު ރީއްޗަށް ފެނުނެވެ. އީނާލް ގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަވަރުވެސް ރީއްޗަށް ފެނުނެވެ. އެ ލަދުވެތިކަމާ އެ ހަރަކާތް ތަކުން އީނާލް އާއި އެ ޒުވާނާ އާއި އޮތް ގުޅުން އޭނާ އަށް އެނގިގެން ދިޔައެވެ. މަޑުމަޑުން އީނާލް ގެ އަތާ އެ ޒުވާނާގެ އަތާ ގުޅުނުތަންވެސްރީއްޗަށް ފެނުނެވެ. އެވަގުތަކީ އެ ޒުވާނާ ވެސް އެއްފަރާތަކަށް ޖެހިލި ވަގުތު ކަމުން އޭނާ އަށް ރަނގަޅަށް މޫނު ފެނުނެވެ.
ޒުވާނާގެ މޫނު ފެނުމާއެކު ނާޖިދު ގެ ދެބުމަ ގޮށްޖެހި އަތް މުށްކެވިގެން ދިޔައެވެ. މީގެ ކުރިން މީހަކު އޭނާގެ ކަންފަތް ދޮށުގައި ބުނެފައިވާ ޖުމްލަތަކެއް ގުގުމަން ފެށިއެވެ. އެއާއެކު ލަސްނުކޮށް އޭނާ އެތަނުން ސައިކަލުގައި ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
ހުކުރު ދުވަހެކެވެ. ހެނދުނުގެ ނާސްތާގެ ވަގުތުގައި ހުރިހާ އެންމެން ވެސް ބައިވެރިވިއެވެ. ސުފުރާމަތީގައި މަސްހުންޏާއި ރޮށީގެ އިތުރުން ފޮނި އެއްޗަކާ ސަޔާއި ޖޫސް ހުއްޓެވެ.
“ބައްޕަ އެބަ ޖެހޭ ވާހަކަ އެއް ދައްކައިލަން…” ވިސްނަން އިނދެފައި މޭޒު ދޮށުގައި އޮތް ހަމަހިމޭން ކަން ފޫ އަޅުވާލަމުން ނާޖިދު ހުރިހާ އެންމެން ގެ ސަމާލް ކަން ހޯދިއެވެ. އޭނާ ސާމިރާ އަށް ބަލާލިއެވެ. ސާމިރާ ބޯ ޖަހާލުމާއެކު ނާޖިދު ވާހަކަ ދައްކަން ފެށިއެވެ.
“މިއަދު މިގެއަށް އެބަ އާދޭ މެހެމާނެއް… މިއަދު މެން ދުރު ކެއުމަށް ބައްޕަ ވާނީ ދައުވަތު އަރުވާފައި… “އީނާލް އަށް ފުން ނަޒަރެއްދެމުން ނާޖިދު ބުނެލިއެވެ. މޭޒުމަތީގައި ތިބި އެންމެންގެ ތެރޭގައި ސިއްރު ނަޒަރު ބަދަލް ކުރެވެމުން ދިޔައެވެ. މީގެ ކުރިން މި ފަދަ ގޮތަކަށް ކަން ވެފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ އައިމަން އާއި ނާއިލާ ކައިވެނި ކުރަން އުޅުނު އިރެވެ.
“މިއަދު މެންދުރު ހުރިހާ ކަމެއްވެސް އެނގޭނެ” ނާޖިދު ބުނެލިއެވެ.
ނާޖިދު ގެ ނަޒަރު ގިނަ ވަގުތު ހުއްޓިފައި ހުރީ އީނާލް އަށެވެ. ކޮންމެވެގެން ކަމެއް ސިއްރުކުރަން އުޅޭކަން އޭނާގެ ހަރަކާތްތަކުން ހާމަވޭވޭ ހުއްޓެވެ. އައިމަން އަށް ވެސް އެކަން ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އިތުރު އެއްވެސް އެއްޗެއް އޭނާ އެވަގުތު ބުނާކަށް ގަސްތެއް ނުކުރިއެވެ. އަނެއްކޮޅުން އަޔާން ގެ ނަޒަރު ހުރީ އަޅާފައިވާ މަސްހުނި ތައްޓަށް ކަމަކު އޭނާގެ ވިސްނުމުގައި ވީ ހިޔާލް ތަކުން ފަހުން ނާޖިދު އަށް ވެސް ސަމާލް ކަން ނުދެވުނީއެވެ.
އީނާލް ކާކޮޓަރީގައި މަޑު ކޮށްލީ ކައިނިމިގެން އެންމެން ދިޔުމާއެކު ތަށިތައް ނެގުމުގައި މަންމަ އަށް އެހީވާށެވެ. “އީނާލް އަކީވެސް މަސައްކަތެ ތެރި ހީވާގި ކުއްޖަކަށް ވެއްޖެ ދޯ… މަންމަ އެކަމާ އުފާކުރަން… މީހަކާ އިނދެގެން ފިރިމީހާވެސް ވަރަށް އުފާވޭނެ ދޯ” ސާމިރާ ސަމާސާ ގޮތަކަށް ބުނެލިއެވެ.
“ދެން މަންމާ… އަހަރެން ނޫޅެމޭ އެހާ އަވަހަށް މީހަކާ އިންނާކަށް…ހެހެ. ކީކުރަން އެހާ އަވަހަށް މީހަކާ އިންނަނީ މަންމަ ގާތު ހުންނަން ބޭނުމީ… ” އީނާލް ވެސް ސަމާސާ ގޮތަކަށް ބުނެލިއެވެ. ދެމައިންގެ ސަކަރާޓުގެ ވަގުތު އެ އަޑު އަހަން އިތުރު މީހަކު ހުރި ކަމެއް އެ މީހުންނަކަށް ނޭނގުނެވެ.
ކައިގެން ކޮޓަރިއަށް ވަތް އަޔާން ގެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތައް ދެނެގަންނަން އުނދަގުލެވެ.
“އައި ހޭވް ޓް ފައިންޑް އައުޓް” ބޯ ޖަހާލުމާއެކު އަޔާން އަށް ބާރަށް ބުނެވުނެވެ. އޭނާގެ ހިތުގައި އެވަގުތު ހިނގައިގަތް ޝުއޫރު ތަކަކީ މީގެ ކުރިން ދުވަހަކުވެސް ހިނގި ޝުއޫރުތަކެތް ނޫނެވެ.
އަޔާން އޭނާގެ ފޯނުން މަލަކް އަށް ފޯނު ކޮށްލިއެވެ. އެހެންނަމަވެސް ދެތިން ފަހަރު ރިންގް ވީ އިރުވެސް މަލަކް ފޯނެއް ނުނެގިއެވެ. ތިންވަނަފަހަރުވެސް އޭނާ މަލަކް އަށް ގުޅާލިއެވެ. ހަމަ ގުޅުމާއެކު މިފަހަރު އެކޮޅުން ފޯން ނެގިއެވެ. “ހަލޯ” އޭނާ އަށް ވުރެ ކުރިން އެ ކޮޅުން ހަލޯ އޭ ކިޔާލި އަޑު އިވި އޭނާ އަށް ހުޅުވާލި އަނގަ ލައްޕާލެވުނެވެ. އާނިސާ ގެ އަޑު އިވި އޭނާ އަށް ހުރެވުނީއެވެ. އެ އަޑު އޭނާ އަށް އެ އިވުނީ އެތައް ދުވަހެއް ފަހުންނެވެ. ޖަވާބަކަށް ހަލޯ އޭ ބުނެލުމަށް އެހިތް ގޮވަމުން ދިޔަޔަސް މި ވަގުތު އޭނާގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ.
“ކާކުތަ މަންމާ… ފާހާނައިގައޭ މިއުޅުނީ…. ކާކުތަ؟” އެހެން ހުއްޓާ މަލަކް ގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. “ހަލޯ” ދެން އިވުނީ މަލަކް ގެ އަޑެވެ.
އާނިސާ އަތުން ފޯން ނެގި މަލަކް ގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފާޅުވެގެން ދިޔައެވެ. އެނބުރި އާނިސާ އަށް ބަލާލުމަށްފަހު ހިނިތުންވެލާ އޭނާ ހަލޯ އޭ ބުނެލީ އެއްވެސް ކަމެއް މަންމަ އަށް ޝައްކު ވިޔަ ނުދިނުމަށެވެ.
“މަލަކް… އަހަރެން ބުނަން ބޭނުންވާ އަދި ދައްކަން ބޭނުންވާ ބައިވަރު ވާހަކަ ތައް އެބަހުރި… މަލަކް އަހަރެންނަށް ދެރަގޮތެއް ވާން ބޭނުން ނުވަންޏާ އަހަރެންނާ މިރޭ ބައްދަލު ކުރާނެ… އަހަރެން ބުނާ ތާކުން ބުނާ ވަގުތަކު… އަހަރެން ފަހުން ތަން މެސެޖް ކޮށްލާނަން” އަޔާން ބުނެލިއެވެ. އެއާއެކު މަލަކް އަށް ބުނާނެ އެއްޗެއް ނޭނގި ހުރެވުނީއެވެ. އޭނާ އާނިސާއަށް ބަލާލިއެވެ. “ކާކު” އާނިސާ މަލަކް އާއި ސުވާލުކޮށްލިއެވެ.
“ނޭނގެ ނުދަންނަ ނަމްބަރެއް…” އަޔާން އަށް މަލަކް ގެ އަޑު އިވުމާއެކު ދެން އިވުނީ ފޯން ކެނޑިގެން ދިޔަ އަޑެވެ. އެއާއެކު އޭނާ ދެން ނުގުޅަން ނިންމީ މަލަކް އަށް އިތުރު ނުތަނަވަސް ކަމެއް ދޭން ބޭނުން ނުވާތީއެވެ.
އާނިސާ އިންދާ މަލަކް އަށް އޭނާ އާއި ވާހަކަ ދައްކަން ކިހާ އުނދަގޫވާނޭކަން އަޔާން އަށް އެނގެއެވެ.
އަޔާން ފޯން ބޭއްވުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. އާއްމުކޮށް ކޮންމެ ހުކުރު ދުވަހަކީ އަޔާން ހެނދުނުގަޑީގައި މޫދަށް ދާ ދުވަހަކަށް ވިޔަސް މިއަދު އޭނާ ދާ ހިޔާލެއްނުކުރިއެވެ.
އޭނާގެ ހިޔާލުގައި ވަނީ މިރޭ އޭނާ މަލަކް އާ ބައްދަލުކުރަން ގޮސް ދައްކާނޭ ވާހަކަ އެވެ. އޭނާ ކުރިން ކުރި ޕްލޭނާ އެއްގޮތަށް ވާހަކަދައްކައިފިނަމަ މަލަކް އޭނާ ދެކެ ލޯބި ވާނަމަވެސް އެނގޭނެއެވެ. ނުވާނަމަވެސް ވެހެވެ. މަލަކް ގެ މޫނުމައްޗަށް އަންނާނޭ ކުލަވަރު މިހާރުވެސް އޭނާ އަށް އަންދާޒާ ކޮށްލެވެއެވެ.
މެންދުރު ވަމުން އައި ވަގުތު ސާމިރާގެ އިތުރުން އީނާލް ގެ އަތް މަތިވެސް އަވަސް ވެފައި ހަލުވިއެވެ. ސާމިރާ އާއެކު އީނާލް ވެސް އަވަސް އަރުވާލައިގެން އުޅެމުން ދިޔައީ މިއަދު މެންދުރު ކާން އެ އަންނަ ބަޔަކަށް މީރު އެއްޗެހި ތަކެއް ތައްޔާރުކުރުމަށެވެ.
އޭރު ކޮޓަރިތެރެއިން ކުޑަ ދަރިފުޅު ރޯއަޑު އިވެމުން ދިޔައެވެ.
“ހާދަ ވަރަކަށޭ ބޭބީ ރޮނީއެ ނާއި އަށް ރުއިން ނުހުއްޓުވުނީ ކަންނޭގެ… ” ސާމިރާ ޒިންކު ދޮށަށް ގާތްވެފައި އަތް ދޮވެލައިގެން އެ ކޮޓަރި ދޮށަށް މިސްރާބުޖެހިއެވެ.
އީނާލް ބާކީ ހުރި މަސައްކަތް ކުރަން އަވަސްވެގަތެވެ.
މެންދުރު ނަމާދު ބަންގީގެ ބައިގަޑިއިރު ކުރިން ޒައިން މިސްކިތަށް ދިޔުމަށް ޓަކައި މިސްރާބުޖެހީ ނަމާދު ގެ ކުރިން ކަހަފް ސޫރަތް ކިޔަވާލުމުގެ ނިޔަތުގައެވެ.
މިސްކިތަށް އެރިއިރު މިސްކިތުގައި ތިބީ މެދު އުމުރުން މަތީގެ މީހުންނެވެ. ޒުވާން ފުރައިގެ ދެތިން ކުއްޖަކު ތިއްބެއެވެ.
ހުކުރު ނަމާދު ކޮށް ނިމިގެން ޒައިން ނުކުމެ މިސްކިތުގެ ބޭރުގައި ހުރި އޭނާގެ ފައިވާނަށް އަރަން އަވަސް ވެގަތެވެ. ޒައިން އާއި ދާދި ގާތަށް ނިކުތް ނާޖިދު ޒައިން އަށް ބަލާލުމާއެކު ދެ ބުމަ ގޮށްޖަހާލިއެވެ. ޒައިން ބަލާލާ ހިނިތުންވެލުމުން ވެސް އެ ހިންހަމަ ނުޖެހުމުގެ އަސަރު އެ މޫނުމަތިން ފިލާ ގޮތެއް ނުވިއެވެ.
މިސްކިތުން ފައިބައިގެން އަނީސް އާއި މިކްޔަން ގޮވައިގެން އެ ގެއާ ދިމާލަށް މިސްރާބުޖެހި ނާޖިދު ގެ ތުންފަތް މަތިން ހިނިތުންވުން އެންމެ ހިނދު ކޮޅަކަށް ވެސް ނުފިލައެވެ. އަނީސް ގެ ތުންފަތް މައްޗަށް ވެރިވެފައިވާ މާނަ ފުން ހިނިތުންވުމުގެ ސިއްރު އެނގެން މިކްޔަން ވެސް ހުރީ ނުހަނު ބޭނުންވެފައެވެ. އޭނާ އެއްވެސް އެއްޗެއް ބުނުމެއްނެތި ނާޖިދު އާއި އަނީސް ފަހަތުން ދިޔައެވެ.
ނާޖިދު މެން ގެއާ އަރާ ހަމަވެފައި ނާޖިދު އަތުން އިޝާރާތް ކޮށް އެ ގެއަށް ވަނުމަށް އެ ދެމީހުން ގާތު ބުނެލިއެވެ. ނާޖިދު އަށް ހިނިތުންވަމުން އަނީސް އާއި މިކްޔަން އާއި ދެމީހުން އެގޭ ތެރެއަށް ވަނެވެ.
“ސާމީ… ސާމީ” ގޭތެރެއަށް ވަދެ ނާޖިދު ގޮވާލިއެވެ. ބަދިގެ ފަރާތުން ނުކުތް ސާމިރާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވުމާއެކު އޭނާ އަށް މިކްޔަން އަށް ބަލާލެވުނެވެ. މިކްޔަން ފެނިއެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. އޭނާ ނާޖިދު އާ ވާހަކަ ދެއްކިއެވެ. “މޭޒު މަތި ހުރީ ތައްޔާރުވެފަ… އަންނަން ވީނު”
ކާބަޔާ ދިމާލަށް ހިނގައިގަންނަމުން ސާމިރާ ވާހަކަ ދެއްކުމާއެކު ނާޖިދުވެސް މިކްޔަން އާއި އަނީސް ގޮވައިގެން ހިނގައިގަތެވެ. ތަށިތައް ނެގުމުގައި އީނާލް ހަރަކާތް ތެވަމުން ދިޔައެވެ. މިކްޔަންގެ ނަޒަރު އިރު އިރު ކޮޅަކާ އީނާލް އަށް ހުއްޓެމުން ދާކަށް އެ ތާ ތިބި އެންމެނަށް ވެސް ފާހަގަ ކުރެވެމުން ދިޔައެވެ. “ސޮރީ… މަންމާ ކުޑަ ކޮށް ލަސްވީ” އެތެރެއަށް ވަދެގެން އައި އައިމަން ބުނެލިއެވެ. ނާޖިދު ގެ އިޝާރާތާއެކު އައިމަން ވެސް އިށީނެވެ.
“ކޮބާތަ އަޔާން” އަޔާން ނުފެނުމާއެކު ނާޖިދު އަހާލިއެވެ. “ގުޅާލާނަން އިނގޭ” ސާމިރާ ބުނެލިއެވެ. އަދި އޭނާ ފޯނާ ދިމާލަށް ހިނގައިގަތެވެ.
ހުކުރުން ފައިބައިގެން މަލަކް މެން ގޭގެ ދޮރުމަތިން ލާފައި އަޔާން އަންހެން ކުއްޖަކާ އެކު ދިޔަ މަންޒަރު ފެނި މޫޑް ސަކަރާތް ވެފައި އިން މަލަކް އަށް ސިހުން ލިބުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ.
“މި ނުކުންނަނީ” ކަރުނަތަށް ފޮހެމުން މަލަކް އެނދުމަތިން ތެދުވިއެވެ. އެހެންނަމަވެސް އަނެއްކާވެސް ތާޒާ ކަރުނައިން އެ ދެލޯ ފުރެނީއެވެ. އަޔާން ވަކި ހިސާބަކުން އެ ކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާލި މަންޒަރު ލޯ ކުރިމައްޗަށް ސިފަވުމާއެކު އޭނާ އަށް މެއާ ދިމާލުގައި އަތް އަޅާލަމުން ލޯ މަރާލެވުނެވެ. ވާނީވެސް އެހެންތާއެވެ. އެ ހިތުގައި އަދިވެސް ވަނީ އަޔާން ގެ ނަމެވެ.
ގެއަށް އައިސް ވަތް އަޔާން އަށް ފޯނަށް ބަލާލެވުނީ ފޯން ރިންގް ވާން ފެށުމުންނެވެ. ގުޅަނީ މަންމަ އެވެ. ކާބަޔަށް ވަންނަމުން އޭނާ އައީ ކަމުގައި ބުނެލިއެވެ.
“ނާއި އަކަށް ނާދެވޭނެ ދޯ… ބޭބީ ހޭލާ އުލޭތީ” ސާމިރާ އައިމަން އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. އައިމަން ބޯ ޖަހާލިއެވެ.
“އީނާލް ދަރިފުޅާ އާދެބަލަ” އަޔާން ގޮސް އިށީނުމާއެކު ނާޖިދު އީނާލް އާ ދިމާލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. އީނާލް މޭޒާއި ކައިރިއަށް ޖެހިލިއެވެ.
“މި ގޮނޑީގަ އިށީނދެބަލަ. ނާޖިދު އީނާލް ގާތު އޭނާގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނުމަށް ބުނެލިއެވެ. އީނާލް އިށީނެވެ. އޭރު މި ވާން އުޅޭ ގޮތެއް ނޭނގި އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
ބައްޕަ ދައްކަން އެއުޅޭ ވާހަކަ އަކަށް ފުރިހަމައަށް ސަމާލްކަން ދެވޭ ތޯ އީނާލް މަސައްކަތް ކުރަމުން ދިޔައެވެ.
އެހެންނަމަވެސް ގަނެފައިވާ ބިރުގެ ސަބަބުން އެކަން ކާމިޔާބު ވާ ގޮތެއްނުވިއެވެ. “އީނާލް އާއި މިކަޔަން އާ ދެކުދިންވެސް މިވާހަކަ އަށް ފުރިހަމައަށް ސަމާލް ކަންދޭން ވާނެ” ނާޖިދު ބުނެލިއެވެ. އަނީސް ވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލާ ވާހަކަ ދެއްކިއެވެ.
ނާޖިދު މެންގެ ވާހަކަ ހުރި ގޮތުން އީނާލް އަށް އޭނާގެ ސަމާލް ކަން އެ ދިމާލަށް ދޭން މަޖުބޫރުވިއެވެ.
އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ބައްޕަމެން ގަބޫލް ކުރަން ދިރިއުޅުމުގެ ކަންތައްތައް ނިންމުމުގެ އިހްތިޔާރު ދަރިފުޅުމެންނަށް ދޭން ޖެހޭނެކަމަށް… ދިރިއުޅުމުގަ ނަގާ ކޮންމެ ސްޓެޕަކީ ވަރަށް ވިސްނުމަށް ފަހު ނަގަން ޖެހޭ ފިޔަވަޅެއް… ދަރިފުޅުމެންގެ ދިރިއުޅުން ގެންދަން ވާނޭ ގޮތް އެނގޭ ނީ ދަރިފުޅުމެންނަށް… އެކަމަކު އެކަމަށް މަގުފަހިކޮށް މަގު ދައްކައިދޭން ތިބީ ބައްޕަމެން… ކޮންމެ މަންމަ އަކާއި ބައްޕަ އެއްވެސް ބޭނުންވާނެ އެ މީހުންގެ ދަރިން އުފަލުގަ އުޅޭތަން ބަލަން… އަރާމުގަ އުޅޭތަން ބަލަން… އެއްވެސް މައެއް ބަފައެއް ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިއެއް އެއްވެސް ކަމަކާ ހިތާމަ ކުރާކަށް… ބައްޕަ މިއަދު ދަރިފުޅާ މިވާހަކަ ދައްކަން މިޖެހުނީ ސަބަބެއް ނެތިގެންނެއް ނޫން… އެކަމަކު ދަރިފުޅަށް ރަނގަޅަކަށް… ދރިފުޅުގެ ދިރިއުޅުން އުޖާލާ ކުރުމަށް މި ބައްޕަ ވެސް ބޭނުންވާތީ… ބައްޕަ އެދެނީ އަބަދުވެސް ދަރިފުޅަށް ރަނގަޅު ގޮތްވާން… މި ނިންމުން ބައްޕަ އާއި އަނީސް މިނިންމީ ވަރަށް ވިސްނުމަށް ފަހު… ބައްޕަމެން ދެމީހުންވެސް ބޭނުންވަނީ ދަރިފުޅުމެން ދެކުދިންގެ ކައިވެނި ކުރެވެން…”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.








Assalaam alaikum. kobaa hurihaa kudhin ge haal kihinehtha? himi mirey up mi kohli vaahakaige 10 vana ep. mi chapter ves thiya enmehaa lobuvethi kiyuntherinnah kamudhaane kamah unmeedh kuran. suport ah fafashun shukuriyya. jazakallah khairan. 🙂
varah salhi
Thankyou dear. Vvv ufaavehjje. ???
Thanksdear. Means a lot. ???
Vvvvvvv reethi. … ❤❤❤❤????????????
Thanks dear. It means a lot. ???
Vvvvvvv reethi. Cover ga in boy haadha reechey? aee zain dhow
Hehe. Heevani kihineh?. Ehen dw vAni story aa gulhuvanyaa. Thanks dear. V ufaavehjje. ?????
Me first dhw
Kyvve abadhu hurihaa thaaku abadhu kommes meehaku faarayah adu ahan hunnany
Hehe. Ehen dw evani. Hingaa balamaa dhen kuri ah vaa gotheh. V ufaavey thidhey support ah. Much loves. ???
Rixu Naseem
Thanks dears. ???
Alhamdhullillah v rangalhu ???… wht abt u dear?? Himi story is awesome ingey hama ?????????… I love it ?????????… v v v rythi ingey mi partvx ???❤❤❤???… alhey haadha interesting hisaabakunney dhw thi nin maaly… naju ah hyvany eenaal akah nukereyne hen dhekolhu hadhaakah… dhn v foohi dhw… alhey eenaal zain aa gulhuvahchey plx… I hope malakge problems ayaan aa meet kohfa bunaane kamah… dhn v v v interesting kohfa thi ninmaaly himi dear… dhn vaany kihineahbaa ey hithah araafa huhta…. curiously waiting for the next ???????????????????
Hehe. Hingaa de balamaa naju ah heevaa gothah thoa vani. Vv ufaavey thihaa loabi colourful comment eh kuraathy. Himi ah libey enme bodu eh hiyy varaki thikajala readers ge thi fadha comment thah. Vvv ufaavehjje. Thankyou so much dear. Much loves. ?????❤❤❤❤❤
Himi ge mi story ehn story thakah vureh hadikan faahaga kurevey. Ehn vaahaka thakah vureh Shauguverikan dhahvaahen hyvany. Story reethi kollaba plx
Hiyaal ah shukuriyya. Ufaalaa eku balaigannan. V ufaavehjje. Rangalhu kuran jehey kanthah thakeh hurikan ungihjje. Himi masah kai kuraaanan ithurah shaugu veri kuruveythoa. Maybe himi ehem faharu thakugai liyunu stories thakaa thafaathu v ma kamah ves. But i will try mu best In Sha Allah. Evwryday we learn and then we try to correct those mistakes. So thanks dear. It means a lot. ?????????
Wonderful ❤️❤️❤️???????????????… Mi part vx hama v v v reethi ???❤️❤️❤️… Haadha curios kurufaavaey Hi Mi mi part thi ninmaalee ??? … Mihaaru vx mihiree next part kiyaalaahithun ???… Pinky ah story hama v interesting ???❤️❤️❤️… Eenaal ah dhekolhu hadhan kereyne baaey pinky hithah aranee ???… N malak please go and meet ayaan n tell him everything… Malak bunaane baa ???… Malak hurefaane kehkohlaigen vx ???… Eenaal ge dad gabooleh nuvaane eenaal n zain gulheykah ???… Dhn kihineh baa vaanee ???… Keep up the hard work Hi Mi ❤️❤️❤️??????… Ur a great writer ❤️❤️❤️????????????… Make the story more interesting ??????… I appreciate your hard work ???❤️❤️❤️… Ingey mee v bodu kameh kann… Bxy koh ulhemunvx story up kohdhey thy v v v ufaavey ???… Lots of love my favourite Hi Mi ❤️❤️❤️??????????????????…
Alheyh. Loabi loabi loabi pinky dear. Vvv ufaavehjje thi commet fenifa. ?????? himi ah thidhey supporta h fafashun shukuriyya. Bunaane ehchei gina faharu neyge pinky ge comment kiyaafa. Soo happy. Hingaa dw dhen balamaa vaa gotheh. And In Sha Allah. Yes dear. I will try my best to make this story interesting. Much loves from me. ❤❤???❤❤??❤?
Eenal ge bappa.. . Thihen naha’dhavaa pls..
Waiting for the next part. Pls upload soon himi dear ?
In Sha Allah soon dear. Awwwn. I miss yh so much ingey. Thankyou for the support always. ???
Keeve tha enaal ge bappa zain dheke eha rulhi annane?
Hehe. Thanks jenna. Lets wait and see. Adhi ingeyne ingey. V ufaavey shaugaa eki kiyathy. ???
when Next dear?
Next ep tomorw nyt dear.keep waiting. Thanks. ???
Ayaan n Malak guluvaba dhen plx mi story v v reethi
Hehe. Hingaa dhw balamaa airaa dear. V loabi name eh. Ma Sha Allah. Thanks for the support ingey. ???
Koniraku dhn oih part nereny
In Sha Allah. Tomorw nyt. ???
Cheeedi dhen thi tha bappa men ulhen jehey gothaki.. Vv foohi eenaal buney adhi eyna marry kuran beynun muvaa vaahaka… And Malak J vee dhw.. Hehe.. Alhe ayaan ge plan success vaanama. Dhw… I’ll pray for you ?❤️??????????❤️?❤️?❤️?❤️?❤️?❤️?❤️luv this part
Dw maya. Ekam ves hingaa dhen vaane gotheh balamaa. V ufaavey thihaa shaugaa eku vaahaka kiyaathy. Keep reading the story. In Sha Allah. Soon next ep up kohla dheveythoa try kuraanan. Much loves. ??
Himi eba masahkai kuran next ep up kohla dheyn. Ekam laptop in site load nuvaathy las vani. Sorry. Am trying my best.