ހިތްގައިމު މާހައުލެކެވެ. ހުދު ދޮންވެލިގަނޑެވެ. ބިއްލޫރިކޮޅެއްފަދަ ސާފު މޫދެވެ މާދުރުން ފެންނަމުންދާ ގަދަނޫ ކުލައިގެ ކަނޑެވެ. ދުނިޔެމައްޗަށްވެރިކުރުވާފައިވަނީ ރަން ކުލައެވެ. އިރުއޮއްސެމުންދާ ވަގުތުކޮޅަކީ ޒީތަން އަށް އެންމެ ހިތްގައިމު ވަގުތުކޮޅެވެ. ޒީތަން ނޫނަސް ރަށުގެ އެތައްބަޔަކު އެ މަންޒަރު ބަލަން ނުކުމެތިބެއެވެ. އެއީ ރަށުތެރެ އެންމެ ހަލަބޮލިވާ އެއް ވަގުތު ކޮޅެވެ. އިރުއޮއްސި ރޭގަނޑުގެ އަދިރިކަން ފެށިއްޖެއެވެ. ރަށުތެރޭގެ ހަލަބޮލިކަންވެސް މަޑުމަޑުން ފިލަންފަށައިފިއެވެ. ޒީތަން ގެޔަށް ދިޔުމަށް ހިނގައިގަތީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ހިނގަމުންދިޔަ މަގުމަތިން އޭނައާ […]
ހެނދުނުގެ އަރާމު ނިދި ގެއްލުވައިލައިފައި މިއަދުވެސް އޯކިޑުމާގޭ ތެރޭގައި ދެތިން ބިދޭސީން މަސައްކަތް ކުރަމުން ގެންދިޔައެވެ. އަންހެނަކާއި ދެފިރިހެނުންނެވެ. ލަކްޝްމީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަމުން ދިޔައިރު ބިލާލުއާއި ވިޖޭ އުޅުނީ ގޭތެރެ ފޮޅައި ސާފުކުރުމުގައެވެ. އެއީ ޒަމާނީ ފެންވަރަށް ހަދައިފައިވާ ބޮޑު ގަނޑުވަރެއް ފަދަ ގެޔެކެވެ. ގޭގައި ދިރިއުޅެނީ ތިން މީހުން ކަމުގައި ވީނަމަވެސް އެގޭގައި ބޮޑު އަށް ކޮޓަރި ހުރެއެވެ. އޭގެ ތެރެއިން ފަސް ކޮޓަރި ބޭނުން ކުރަނީ ގެސްޓްރޫމްގެ ގޮތުގައިއެވެ. ބޭރުން އަންނަ […]
” ކިހިނެއްވީ ފާޑަކަށް ތިބަލަނީ ؟ ” ނީލާ އެވްލީންއާއި ދިމާއަށް ބަލައިލުމަށްފަހު ރުންކުރު ރާގެއްގައި ބުނެލިއެވެ. އެވަގުތު ފަޒާގެ ތެރެއަށް ފެތުރިގެންދިޔަ ވަހަކުން އެވްލީން ހޮޑުނުލެވުނީ ހަމަކިރިޔާއެވެ. ނޭފަތުގައި އަތްއަޅާލެވުނީ ނަސީބަކަށެވެ. ” އެވްލީންވެސް މީގެ ރަހަ ބަލާލަބަ…. ” ނީލާ އޭނަ ބޮމުންދިޔަ ތަށި އެވްލީންއާއި ދިމާއަށް ދިއްކޮށްލިއެވެ. ” ރާ ބުއިމަކީ ހަރާން ކަމެއްކަން ނޭނގެނީތަ ؟ ނޫނީ އެނގިހުރެ ފާފައަކަށް އަރަނީތަ ؟ ” އެވްލީން ބުމަ ގޮށްޖަހާލުމަށްފަހު ސޯފާއިން ތެދުވެލިއެވެ. […]
ފަތިހުގެ ހަމަހިމޭން ކަމަށް ހަލަބޮލިކަމެއް ގެނެސްދިނީ ދޫނިސޫފާސޫފީގެ ތުމުން ކުޅެލި މިއުޒިކީ ރާގުތަކެވެ. ފަތިހުގެ ތެތްފިނިކަން ވަނީ މުޅި ކޮޓަރިތެރެއަށް ވެރިވެފަ އެވެ. އެފިނި ކަމުގެ ތެރޭގައި ނިދީގެ ފޮނިމީރުކަން ޙާޞިލްކުރަމުން އައި އަހަރެން، ހޭލައްވާލީ ފޯނުގެ އެލާމެވެ. އަހަރެން ދެލޯ ހުޅުވާލުމަށްފަހު، އަވަސްވެގަތީ ފާހާނާއަށް ވަދެ، ފެންވަރާ ވުޟޫކޮށްލައިގެން ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިޔުމަށެވެ. އަލީ ރަމީޒުގެ ހިތްޤައިމު އަޑުން ގޮވަމުން ދިޔަ ބަންގިއަށް ސަމާލުވެ ހުރެ، ހިނގަމުން ދިޔައީމެވެ. ހަލަބޮލި މާލޭގެ […]
“އަހަރެން މިއުޅެނީ މީހަކާ އިންނަން” މާ ގިނަ ވާހަކަ ދިގު ކުރާކަށް އަޔާން ނޫޅުނެވެ. ސީދާ ވާހަކަ އަށް އޭނާ ދިޔައެވެ. އަޔާން ބުނެލި އެއްޗަކުން މަލަކް އަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަޔާން މަލަކް އަށް ފުރަގަސް ދިނެވެ. “އަހަރެންނަށް މަލަކް ގާތު އާދޭސް ކުރާވަރަށް އާދޭސް ކުރެވިއްޖެ ދޯ މިހާރު… ދެން މަލަކް ގެ ފަހަތުން ދުވާކަށް އަހަރެން ނެތިން… މަލަކް ގެ ތި ގޮތް ދޫ ނުކުރުމާ… މަލަކް އަހަރެން ދޫކޮށްލި ސަބަބާ… […]
މި ނިންމުން ބައްޕަ އާއި އަނީސް މިނިންމީ ވަރަށް ވިސްނުމަށް ފަހު… ބައްޕަމެން ދެމީހުންވެސް ބޭނުންވަނީ ދަރިފުޅުމެން ދެކުދިންގެ ކައިވެނި ކުރެވެން…” ވަކިވަކިން އީނާލް އަށާއި މިކްޔަން އަށް އިޝާރާތް ކޮށްލުމާއެކު ނާޖިދު ބުނެލިއެވެ. އީނާލް އަށް ވަގުތުން އިސްއުފުލާލާ ބަލާލެވުނެވެ. އެ ހާމަ ކޮށްލި ވާހަކަ އީނާލް ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ވަގުތުންނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް އެވަގުތު އީނާލް ގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ބަހެއް ބުނާނެ ހާ […]
އިރުގެ ރަން ދަޅަތަށް ދުނިޔެމައްޗަށް ފެތުރުމުގެ މަސަތްކަތް ފެށުނެވެ. ސާދަ ވިލޭރޭގެ ހަނދު ސާފު އުޑުން ފިލައިގެން ގޮސް އެ ތަޙްތުގައި އިރު ރަސްކަންކުރަންފެށިއެވެ. މުޅި ފަޒާ އެ އަލިން އަލިކުރަމުންނެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް އާ ސަފުހާއެއް ހުޅުވިގެން ދިޔައިރު ފޮނި އުންމީދުތަކެއް އެ ސަފްހާ ތަކާމެދު ކޮންމެ މީހަކުވެސް ކުރާނެކަން ގައިމެވެ. ނަމަވެސް އެ އުންމީދުތަށް ފުރިހަމަވުމުގެ ނަސީބު ލިބެނީ މަދުބަޔަކަށެވެ. އެއީ ދުނިޔޭގެ އާދައެވެ. ހިތް ރުހުނަސް ނުރުހުނަސް ތަގްދީރުގައި ލިޔުއްވާފައިވާ ގޮތަށް […]
“އަހަރެންގެ ފަރާތުން ކަލޭ ބޭނުންވެގެން ތިއުޅެނީ ކޮންކަމެއް” ލީޝާ ވަރަށް ހިތްވަރު ކޮށްލާފައި ސުވާލު ކޮށްލިއެވެ. “އަހަރެން ބޭނުންވަނީ ލީޝާ އަހަރެންނަށް އިންސާފު ހޯދައިދިނުން. އަހަރެންނަކީ މަރާލެވިފައިވާ އަންހެން ކުއްޖަކީން. މިއަދާ ހަމައަށްވެސް މީހުންނަށް މިކަންވަނީ ސިއްރުވެފަ. މިއަދު މި ބޮޑު ސިއްރު ހާމަކޮށްދޭން ބޭނުންވަނީ ލީޝާ އަށް.” ލީޝާއަށް އެދައްކާ ވާހަކަތައް އޮޅުމެއްނުފިލިއެވެ އެތަކެއް ސުވާލުތަކެއް ސިކުުނޑިއަށް ޖަމާވަމުންދިޔައެވެ. އެ މަރާ ލީޝާއާ ހުރީ ކޮންގުޅުމެއް ހެއްޔެވެ.؟؟ “ފުރަތަމަ އަހަރެން ދައްކާ ވާހަކަތައް އަޑުއަހާ.. އޭރުން […]
މޫދުގެ ލޮނުގަނޑު ކަފަމުން ލޯންޗް އޭގެ އެންމެ ހަލުވި ސްޕީޑްގައި ދުއްވަމުން ދިޔައެވެ. ޓްރޮޕިކަލް އައިލޭންޑް ރިޒޯޓަށް ދެވެންދެން ނީލާ އުޅުނީ ޒަވީންއާއި ވަރަށް ކައިރިންނެވެ. ނީލާ ޒަވީންއާއި ކައިރިން އުޅުމުން އެވްލީން ހުރީ ރުޅިއަންނަ ގޮތްވެފައެވެ. ބައެއްފަހަރު ނީލާއާއި ދިމާއަށް ހަޅޭއް ލަވައިގަންނަންވެސް އެވްލީން ބޭނުންވިއެވެ. ނަމަވެސް ޒަވީންއާއި ނީލާ އާދެމެދު ގުޅުމެއް ނުވާނަމަ ޒަވީން ނީލާއަށް އޭނައާއި އެހާކައިރިން އުޅުމުގެ ފުރުސަތެއް ނުދޭނެއެވެ. ހަޤީޤަތުގައި ޒަވީން ނީލާ ލޯންޗްގައި ތިބި ހުރިހާ އެންމެންގެ ކުރިމަތީގައި […]