Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (ތޭރަވަނަބައި)

InaaSh Level 210 Stories100 Comments
October 22, 2018 5 Mins Read
107 Comments

ނޫރް ބިރުން ބަނޑުގައި އަތްއަޅައިލަމުން ފަހަތަށް ޖެހިލިއެވެ. ނޫރްގެ ހާސްވެ ހިތްތެޅެމުންދިޔައީ އޮބި ނޯންނަވަރަށެވެ.
“މީ މިހާރު ހުރިހާވެސް ނުބަޔަކީ…..”
މުނާޒް އިނގިލި ދިއްކޮށްލަމުން އިޝާރާތް ކުރީ ނޫރްގެ ބަނޑާއި ދިމާއަށެވެ. އެހެންކަމުން ނޫރްގަތީ އަމަށަކު ބިރެއްނޫނެވެ. ނޫރްއަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ގޭގައި މިވަގުތު އެކަކުވެސް ނެތް ތާންގައި މުނާޒް ފޯނުވެސް ހަލާކު ކޮށްލައިފިއެވެ.
“މުނާޒް ކުރާ ކަމެއް މަށަށް ކުރޭ…..މި ދަރިފުޅުގެ ކޮން ކުށެއްއޮތީ؟…”
ނޫރްއަށް ރޮވެންފެށިއެވެ.
“ބޭކާރު ވާހަކަ ނުދަށްކާ ހުރޭ…..ބަނޑުގައި ތި އޮތްހާ ދުވަހަކު އަހަރުމެނަށް ހަމަ ޖެހިލައިގެން ނޫޅެވޭނެ އެއްނު…..ތީ އޭ ހުރިހާވެސް ނުބަޔަކީ….ތީގެ ދުވަސް ދުއްވާނުލާ ނެތް ވާކަށް…..”
މުނާޒް ހީވަނީ މޮޔައެއް ހެންނެވެ. މުނާޒް ކުށްލިއަކަށް އައިސް ހިފީ ނޫރްގެ ހެދުމުގައެވެ. ނޫރް އުޅުނީ މުނާޒްގެ އަތްނައްޓުވާލަމުން ދުއްވައިގަންނާށެވެ. ނަމަވެސް ނޫރް ގަދަ ހަދަން އުޅުމުން މުނާޒް ނޫރް ކޮއްޕައިއެތަނަށް ވައްޓައިލިއެވެ. ނޫރް ގޮސްޖެހުނީ އެތާގައި ހުރި މޭޒެއްގައެވެ. ނޫރްގެ ބުރަކަށްޓަށް ވީތަދުން ބާރަށް ހަޅޭލަވައިގަނެވުނެވެ. ދުވެފައި ކަހަލަގެ ގޮތަކަށް ދޮރާށިން ވަދެގެންއައި މާހިލްއަށް ނޫރް ހަޅޭލަވައިގަތް އަޑު ވަރަށް ރީތިކޮށް އަޑުއިވުނެވެ. މާހިލް ވިޔަފާރި ދަތުރު ކުރުކޮށްލުމަށްފަހު ނޫރްއަށް ގުޅީވެސް މާލެއަށް އައިސްހުރެއެވެ. ނޫރް މުނާޒްއޭ ބުނުމުން މާހިލްއަށް ހީވީ ހިތުގެތެޅުންވެސް ކުޑަ ވަގުތުކޮޅަކަށް ހުއްޓުނުހެންނެވެ. ނަވީލް ގާތުގައިވެސް ވީގޮތްވެސް ނުބުނެ ގެއަށް މިސްރާބުޖެހީ ދަބަހާއި ފޯނުވެސް ނަވީލްއާއި ހަވާލުކޮށްފައެވެ. ގޭގެ ދޮރުވެސް ހުރީ ހުޅުވައިފައި ކަމުން މާހިލް އަވަސް އަވަހަށް ގޮސް ގޭތެރެއަށްވަނެވެ. މާހިލްއަށް ދުވެދުވެ ލޮޑުވެގެން މާނޭވާލެވެމުން ދިޔައެވެ. މާހިލް ހާސްވެފައިހުރެ ހޯދަމުން ދިޔައީ ނޫރްއެވެ.
“ނޫރް…..ނޫރް…..”
މާހިލް ނިކަންބާރަށް ނޫރްއަށް ގޮވަންފެށީ ހާސްވެފައި ހުރިލެއް ބޮޑުކަމުންނެވެ. މާހިލްގެ އަޑަށް ނޫރްބަލާލީ ސިހިފައެވެ.
“މާހީ…..”
ނޫރް ވެއްޓިފައި އޮތްތަންފެނި މާހިލްއަށް ނޫރްއާއި ދިމާއަށް ދުއްވައިގަނެވުނު ގޮތްވެސް ނޭންގުނެވެ. ނޫރް ނުވަތަ މާތް ﷲ ގެ އިރާދަފުޅުން ލިބެން އުޅޭ ދަރިފުޅަށްވެސް އެއްވެސް ގެއްލުމެއް ވާކަށް މާހިލްއެއް ނޭދެއެވެ. މާހިލް ނޫރްއަށް ގޮވައިލި އަޑުއިވުމުން މުނާޒް ސޯފާއެފަރާތަށް ވަދެ ފިލީ މާހިލްއަށް ފެނިދާނެތީއެވެ. މިކަން ކާމިޔާބު ވެސް ވިއެވެ. ނޫރްއާއި ދިމާއަށް ދުވެފައި ދިޔަ މާހިލްގެ ލޮލުގައި މުނާޒް އަޅައެއްނުގަތެވެ.
“ނޫ….އާ ޔޫ އޯކޭ؟…ކޮބާ މުނާޒް؟….”
މާހިލް އައިސް ނޫރް ކައިރީގައި ކަކޫޖަހަމުން އިށީންއިރު މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.
“މާހީ….މު….މުނާޒް…..”
ނޫރް އިޝާރާތްކުރީ މާހިލްގެ ފަހަތުގައި އައިސް ހުއްޓުނު މުނާޒްއަށެވެ.
“އާހް……”
މާހިލްއަށް ފަސްއެބުރި ބަލާނުލެވެނީސް ބޮލަށްއެރި ހަމަލާއެއްގެ ސަބަބުން ބާރަށް ހަޅާލަވައިގަނެވުނެވެ. މުނާޒް އަތުގައި މުށި ވާސްއެއް އޮތް އިރުގައި ހުރީ ނުލަފާ ގޮތަކަށް ހެވިފައެވެ. އެއީ ނޫރްއަށް ނޭވާ ހިފަހައްޓައިލެވުނު ވަގުތުކޮޅެކެވެ. މާހިލްއަށް ވީތަދުން ބޮލުގައި އަތްއަޅައިލެވުނު އިރުގައި ބޯފެޅި ލެއިތަށް ފައިބަމުންދިޔައެވެ. ނޫރް މާހިލްއޭ ކިޔާފަ ހަޅޭއްލަވައި ގަތްއިރު ރޮވެމުންދިޔައެވެ. މުނާޒް އެއްވެސް ވަގުތުކޮަޅެއް ބޭކާރުކޮށްނުލާ އަނެއްކާވެސް މާހިލްގެ ބޮލުގައި އެވާސްއިން ޖެހިއެވެ. މާހިލްގައި ވަރުދޫވެގެން ތަށިމުށިގަނޑުމަށްޗަށްވެއްޓުނެވެ. ދެން ހިރިލާނެހާ ހިތްވަރެއްވެސް މާހިލްގެނެތެވެ. އެވަރުންވެސް މާހިލްގެ ނަޒަރު ހޯދަމުންދިޔައީ ނޫރްއެވެ. މާހިލް މަޑުމަޑުން ނޫރްއަށް ގޮވާލިނަމަވެސް އެއްވެސް ވަރަކަށް އަޑުބޭރު ވިހެނެއް ހީއެއްނުވެއެވެ. ނޫރް ހިތްވަރު ކޮށްލައިފައި ތެދުވެ މުނާޒް އަތުން ކުށްލިއަކަށް ވާސްއަތުލަމުން ދުރަށް އެއްލައިލި އިރުވެސް އަތް ތުރުތުރު އަޅަމުންދިޔައެވެ. މިކަމާ މުނާޒް ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ނޫރްއާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން މުނާޒް ނޫރްގެ އަނގަމަތީގައި ޖެހިޖެހީނުން އަނގަފަޅާލިއެވެ. އަދި ނޫރް ކޮއްޕާ ވައްޓާލިއެވެ. ނޫރްއަށް ބާރަށް ރޮއިގަނެވުނެވެ. ނަމަވެސް ސަލާމަތަށްއެދި ގޮވާނީވެސް ފަހެކާކަށް ހެއްޔެވެ. ނޫރް މާހިލްއާއި ދިމާއަށް ބަލާލި ހިތްދަތި ނަޒަރަކުންނެވެ. މާހިލް ލައިގެންއޮތް ގަމީސް ލެއިންކަޅި ވަމުން ދިޔައިރުގައި ލަމުންދިޔައީ ފުންނޭވާ ތަކެކެވެ. މުޅި ތަށިމުށިގަނޑު މަށްޗަށްލޭތަށް ފައިބަމުންދިޔައެވެ. މިމަންޒަރު ފެނި ނޫރްގެ ހެއަށްވެސް ގޮތްނުވީ ހަމަކިރިޔާއެވެ. ލޯބިވާ ފިރިމީހާ އެދަނީ މަރާހަގުރާމަ ކުރަމުން ކަން އިނގޭނަމަވެސް ނޫރްއަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ.
“ނޫން….މާހީ….”
ނޫރްގެ ރުއިންހައްތަހާ ބާރުވަމުންދިޔައެވެ. މުނާޒް ނޫރްގެ އަތުގައި ހިފައި ދަމަމުން ކަހަލަގެ ގޮތަކަށް ގޮސްބޭއްވީ މާހިލްއަށް ފެންނާނެހެން ކުރިމަތީގައެވެ. ނޫރް ގަދަހެދި ނަމަވެސް މުނާޒްއަށްވުރެ ގަދައެއް ނުވެވުނެވެ.
“އޭރުވެސް ކީއްވެތަ ލޯބި އަހަރެން ބުނި ގޮތް ނެހެދީ؟….އޭރުވެސް އަހަރެން ބުނިގޮތަށް އޭނަ ކައިރިންވަރި ވެގެން އައިނަމަ މިހެން ނުވީ ހެެއްނު….މީ ނޫރް އަމިއްލައަށް ބޮއި ބޮޑިއެެއް….ނޫރް އަބަދުވެސް ބޭނުންވަނީ ފަސޭހަ ގޮތްގޮތް ހުއްޓަ އުދަނގޫ ގޮތްވީއްޔަ…..”
މުނާޒް ދެއްކިވާހަކަ އަޑުއަހަން އޮތްނޫރް ސަލާމަތައް އެދި މުނާޒް ކައިރިން އާދޭސް ކުރަންފެށިއެވެ. ނަމަވެސް މުނާޒްގެ ހިތަށްއެއްވެސް އެއްޗެއް ނާރާފަދައެވެ.
“މިހާރު މާލަސް ވެއްޖެ…..ދެން އާދޭސް ކުރިއަސް ނެތް ވާނެ އެއްވެސް ގޮތެއް….ސޮރީ ލޯބީ…..މިފަހަރު އެކަކުވެސް ސަލާމަތެއްނުވާނެ …..މާހިލްވެސް….ބަޑުގައި ތިއޮށް އެތީގެ ވަސްވެސް ފުހެލާނަން…..”
މުނާޒްގެ ރުޅިވެރި ނަޒަރު އަނެއްކާވެސް ގޮސްހުއްޓުނީ ނޫރްގެ ބަޑަށެވެ.
“ނޫން….ނޫން…..”
ނޫރް ބިރުންތުރު އަޅަމުންދިޔައެވެ. ކުށްލިއަކަށް މުނާޒް ބަލާކަށް ނުހުރެ ނޫރްގެ ބަނޑުގައި ކޮޅުފައިންޖެހިއެވެ.
“މަންމާ……”
ނޫރްއަށް ވީތަދުން ބާރަށް ހަޅޭލަވައިގަންނަމުން ރޮއިގަނެވުނެވެ. މުނާޒް އަނެއްކާވެސް ބަލާކަށް ނުރެ ދެތިންފަހަރު ނޫރްގެ ބަނޑުގައި ކޮޅުފައިންޖެހީ މާހިލްއަށް ފެންނާނޭހެން މާހިލްގެ ކުރިމަތީގައެވެ. މާހިލްގެ ލޮލުން ކަރުނަ އަންނަމުންދިޔައެވެ. ނަމަވެސް މާހިލްއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އަމިއްލަ އަބިމީހާއާއި މާތް ﷲގެ އިރާދަފުޅުން ލިބެނެއުޅޭ ދަރިފުޅުގެ ހައްގުގައި ވެސް ތެދުވާނެހާ ހިތްވަރެއް މިވަގުތު މާހިލްގެ ނެތެވެ. އެންމެ ކުޑަމިނުން އަނގައިން ބަހެއްވެސް ބޭރު ކޮަށްލާނެހާނެ ހާވަރެއްވެސް ނެތެވެ. ހާދަހާ ބަދުނަސީބެވެ. މާހިލް ހާދަދެރައެއް ވާނެއެވެ. އަމިއްލަ އަބިމީހާ ސަލާމަތަށް އެދި ރޮއި އާދޭސް ކުރަމުން ދާއިރުވެސް މާހިލް މިޖެހުނީ ބަލަން އޮންނާށެވެ.
“މަންމާ……އާހް…..”
ނޫރްއަށް އަނެއްކާވެސް ބާރަށް ހަޅޭލަވައި ގަންނަމުން ރޮއިގަނެވުނީ ބަނޑަށް އެރި ތޫނު ތަދެއްގެ ސަބަބުންނެވެ. ނޫރް ބަނޑުގައި އަތްއަޅައިލައިގެން ދެފައި ކުރުކޮށްގެން އޮވެ ރޮމުންދިޔަގޮތުންވެސް ވަމުންދިޔަ ތަދު ހާމަވަމުން ދިޔައެވެ. ނަަމަވެސް މި މަންޒަރުންވެސް މުނާޒްގެ ހިތަށް އެއްވެސް އެއްޗެއް ނާރާފަދައެވެ. މުނާޒްގެ މޫނުމަތީގައިވީ ފަތަހައިގެ ހިނިތުންވުމެކެވެ.
“މިހާރު އަހަރުމެން ދެމީހުން ދެމެދަށް ވަންނާނެ އެކަކުވެސް ނެތް….ޕްރޮބްލަމް ސޯލްވުޑް…..ދޯ ލޯބީ…..”
މުނާޒްހުރީ ހަމައިން ނެއްޓިފައި ކަންގައިމެވެ. ކުރެވޭ ނުކުރެވޭ ކަމެއްނޭންގޭ ހާލުގައި އަނެއްކާވެސް މުނާޒް މިސްރާބުޖެހީ މާހިލްއާއި ދިމާއަށެވެ.
“އަދިވެސް ކަލޭ މަރުނުވަނީތަ؟…..އޭން؟…..ހަމަ މިހާރު މަރުވޭ…..”
މުނާޒް ބާރަށް ހަޅޭއްލަވާ ގަންނަމުން އުޅުނީ އަނެއްކާވެސް މާހިލްގައި ޖަހާށެވެ. ނަމަވެސް މިކަން ކާމިޔާބު ވާގޮތްނުވީ މީހަކު އައިސް މުނާޒް ދުރަށްކޮށްޕައި ވައްޓާލީމައެވެ. ނަވީލްއަށް ފުރަތަމަވެސް ދުއްވައިގަނެވުނީ މާހިލްއާއި ދިމާއަށެވެ.
“ސުބުހާނަﷲ…..ދޮންބޭ……ދޮންބޭ…..”
ލޯބިވާ ދޮންބެ އޮތްހާލުފެނި ނަވީލް އަބުރާނުގަތީ ހަމަ ކިރިޔާއެވެ. ނަވީލް މާހިލްއަށް ގޮވާގޮވާ ވެސް ހަބަރެއް ނުވެގެން ބެލިއިރުގައި މިހާރު މާހިލްގެ ހެއެއްވެސް ނެތެވެ. ނަމަވެސް މަޑުމަޑުން ނޭވާ ލަމުންދިޔައެވެ. އަނެއްކޮޅުން ނޫރް ބަނޑުގައި އަތްއަޅައިގެން އޮވެ ވޭނުން ފުރިފައިވާ ގޮތެއްގައި ރޮމުންދިޔައިރު، އަޑުއަހާމީހެއްގެ ވެސް ކަރުނަ ހިލޭނެކަން ގައިމެވެ. ނަވީލްގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައީ މާހިލްއާއި ނޫރްގެ ހާލުފެނިފައެވެ.
“ދޮންބެ ދައްތާ…..”
ނަވީލްގޮސް ނޫރްގާތުގައި މަޑުކޮށްލަމުން ނޫރްގެ ކޮޑުގައި މަޑުމަޑުން އަތްޖަހައިލިއެވެ.
“މަންމާ…..”
ނޫރްގެ ރުއިން ހައްތަހާ ބާރުވަމުން ދިޔައެވެ. ނަވީލްހާސްވެގެން ހަދާފަ ނަހަދާނެ ގޮތެއްވެސް ނޭންގުނެވެ. ނަވީލް އަވަސްއަވަހަށް ދުވެފައި ގޮސް ފޮތިގަނޑެއް ހިފައިގެން އައިސް މާހިލްގެ ބޮލުގައި ބާރަށް އޮޅައިލީ ލޭމަނާ ކުރުމުގެ ބޭނުމުގައެވެ. ނަވީލްވެސް މާހިލްގެ ލެއިންތަތް ތެޅޭކަށް މާ ގިނައިރެއްނުނެގިއެވެ.
“މިހާރު ކަލޭތީ ކާކު ތަ މިދޭތެރެއަށް ވަންނަން…..އޭން؟….ކަލޭވެސް މަގޭ އަތުން މަރުވާނެ މިއަދު…..”
މުނާޒް އުދަނގޫ ގޮތަކަށް ތެދުވަމުން މިސްރާބުޖެހީ ނަވީލްއާއި ދިމާއަށެވެ. ފާޑަކަށް ދެފަރާތަށް އެއްލެމުން އެއްލެމުންއައި މުނާޒްފެނި ނަވީލް ބަލާލީ ހިތާމައަދި ރުޅިވެސް އެކުވެފައިވާ ނަޒަރަކުންނެވެ.
“ދޮންބެ ދައްތާ……ދޮންބޭ……”
އެ އިވުނީ ނުއުމާންގެ އަޑެވެ. ނުއުމާން ބަލާކަށް ނުހުރެއައިސް މުނާޒްގައި ދެތިންފަހަރު ޖެހިއިރުގައި ރުޅިއައިސްގެން ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. ނުއުމާން މުނާޒްގައިން ދޫކޮށްލީ މުނާޒަށް އިތުރަށް ނުތެދުވެވޭނެ ހާވަރު ކޮށްލައިފައެވެ.
“މާން……”
ނަވީލްގެ އަޑަށް ނުއުމާން ދުއްވާގަތީ އެދިމާއަށެވެ. އަނިލްއާއި ޝާމާއަށް ވުރެ ކުރިން ނުއުމާން މާލެއައީ އެޕާޓީ ފޫހިކަމުންނެެވެ. ނަމަވެސް ގެއަށް އައިސް ވަތް ނުއުމާންއަށް މިލިބުނީ ކުށްލި ސިހުމެކެވެ. މާހިލްއޮތް ހާލުވެނި ނުއުމާންގެ ލޮލުން ވަގުތުން ކަރުނަ ހިލުނެވެ. ނުއުމާން އިތުރަށް އެންމެ ސިކުންތު ކޮޅެއްވެސް ބޭކާރުކޮށްނުލާ އެންބިއުލާންސްއަށާއި ޕޮލިހަށްގުޅިއެވެ. އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެންބިއުލާންސްއާއި ޕޮލިސްގެ ޖިޕްއައީ ދާދި އެކުއެކީގައެވެ. ގޭތެެެރެއަށް ވަދެގެން އައި ޕޮލިހުންގެ ޓީމުން މީހަކުއައިސް މުނާޒް އަތު ވަގުތުން ބިޑިއެޅުވިއެވެ. ނުއުމާން ނޫރްއަތްދަނޑިމަށްޗަށް އުފުލާލަމުން އަވަސް ހިނގުމެއްގައި ބޭރަށް ހިނގާގަތްއިރު މާހިލްވެސް ގެނައިސް އެންބިއުލާސްއަށް އަރުވަނީއެވެ. ނަވީލްވެސް މާހިލްއާއި އެކީގައި އެންބިއުލާންސްއެރި އިރުގައި މޫނުމަތީގައި ވީހާސްކަން ފިލައިވެންނުދެއެވެ. އިތުރު އެންބިއުލާންސް އަކަށް ގުޅައިގެން މާލަސްވާނެކަން އިނގޭތީވެ ޕޮލިހުންގެ އެދުމުގެ މަތިންއެ ޖިޕަށް ނޫރްލީ އަވަހަށް ހޮސްޕިޓަލަށް ދިއުމުގެ ބޭނުމުގައެވެ. އެންބިއުލާންސް ގެ ފަސްފަހަތުން ސައިރަންއަޅުވަމުން ޕޮލިހުންގެ ޖިޕްވެސް ދިޔައިރުގަައި ނުއުމާން އިނީ ނޫރްގައި ހިފަހައްޓައިލައިގެންނެވެ. ނޫރްއޭރުވެސް އަޅަމުންދިޔަ ވޭނަށް ކެއްނުކުރެވިގެން ބާރަށް ރޮމުންދިޔައެވެ. ނުއުމާންއަށް އެވަގުތު ނޫރްގެ ހެދުން ލެއިންކަޅިވަމުން ދިޔަތަންފެނި ނޭވާވެސް ހިފަހައްޓައިލެވުނެވެ. ކުޑަ އިރުކޮޅެއްގެ ދަތުރަކަށްފަހު އައިޖީއެމްއެޗްއަށް ދެވުނުއިރު ހޮސްޕިޓަލުން ވަނީ އެމަޖެންސީހާލަތަށް ތައްޔާރުވެފައެވެ. މާހިލްއާއި ނޫރްއަށް އަވަސް ފަރުވާދޭ ބަޔަށް ވެއްދިއިރުގައި ނަވީލްއާއި ނުއުމާން ހާސްވެފައި ބޭރުގައި ްތިއްބެވެ. ނުއުމާން މަންމަމެން މަތިން ހަދާންވީ އަދިކިރިޔާއެވެ. އެހެންވެ އަވަސްއަވަހަށް ބައްޕައަށް ގުޅިއިރުގައި ހަމަރަގަނޅަށްވެސް ނުއުމާންއަށް ރޮވިއްޖެއެވެ. ނުއުމާން ވީގޮތް ކިޔާދެމުން ފޯނު ކަޑައިލިއިރު ގިސްލެވެމުންދިޔައެވެ. ނަވީލްއައިސް ނުއުމާންގައި ބައްދާލިއެވެ. ދެބެންނަށްވެސް ރޮވެމުން ދިޔައެވެ. މާހިލްއާއި ނޫރްވެސް އައިސީޔޫއަށް ބަދަލު ކުރެވުނީ ހާލަތު ސީރިއަސް ކަމުންނެވެ. ފަރުވާދެމުންދިޔަތާ ތިރީހަކަށް މިނެޓުވީތަނާއި ހެން އަނިލްއާއި ޝާމާއައިސް އެތާގައި މަޑުކޮށްލަމުން ނުއުމާންމެން ގާތުން ވީގޮތް އޮޅުންފިލުވަން ފެށިއެވެ. އެދެމަފިރިންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ކަންބޮޑުވުމަައި ހާސް ކަމުގެކުލަވަރެވެ. ނަވީލް ވީގޮތް ކުޑަގޮތަކަށް ކިޔާދިނެވެ. އެވަގުތު ނޫރްއަށް ފަރުވާދެމުން ދިޔަ ޑޮކްޓަރ އެކޮޓަރިން ނިކުމެގެން އަންނަތަން ފެނުމުން އެންމެން އަވަސް އަވަހާ ދިޔައީ އެދިމާއަށެވެ.
“ހައު އިޒް ޝީ…..”
ނުއުމާން މިހެންއަހައިލި އިރު ހިތް ތެޅެމުންދިޔައީ އޮބިނޯންނަވަރަށެވެ.
“އަމް ސޯ ސޮރީ……ބޭބީ ސަލާމަތެއް ނުކުރެވުނު…..މަންމަގެ ހާލަތުވެސް ވަރަށް ސީރިއަސް…..މިވަގުތު އަދި އިތުރުއެއްޗެކޭ ބުނެވޭކަށްނެތް…ވަރަށް ބޮޑަށް ބްލަޑް ލޮސްވެފަ ވާތީވެ ވަރަށް އަވަހަށް އޭ ޕޮޒިޓިވް ލޭވެސް ބޭނުންވޭ އެބަ……”
“އަޅުގަނޑު ގައިހުރީ އޭޕޮޒިޓިވް…..”
ނަވީލްއަވަސް އަވަހާ ބުންޔެވެ. ނަވީލް ޓެސްޓްހަދަން ދިއަތާ މާކަ ގިނައިރެއް ނުވަނީސް މާހިލްއަށް ފަރުވާދެމުން ދާ ޑޮކްޓަރ ވެސް އަންނަތަން ފެނުނެވެ.
“ޑޮކްޓަރ ހައުއިޒް ހީ؟…”
އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ކަންބޮޑުވުމެވެ.
“ވަރަށް ސީރިއަަސް……ޕޭޝެންޓްގެ ބޮލަށް ވަނީ ވަރަށް ގެއްލުންވެފަ….ސިކުނޑިއަށްވެސް ލޭއެޅިފަ…. ސަލާމަތް ވާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް….އަމް ސޯ ސޮރީ…..”
ޑޮކްޓަރ އަނިލްގެ ކޮޑުގައި މަޑުމަޑުން ޖަހާލަމުން މިހެންބުނެލި އިރު އަނިލްއަށް ރޮވިއްޖެއެވެ. ޝާމާވެސް ވަގުތުން ހޭނެތެނު އިރުގައި ނުއުމާން އަށް ޝާމާ ތިރިއަށް ވެއްޓުނަނުދީ ހިފަހައްޓައިލެވުނީ ހަމަކިރިޔާއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ޔާރު މިވަނީ ލޯބޭ ހަޤީޤީ 3 ވަނަ ބައި

Next

ދެގަޑި ތިރީސް

Next
October 22, 2018

ދެގަޑި ތިރީސް

Previews
October 22, 2018

ޔާރު މިވަނީ ލޯބޭ ހަޤީޤީ 3 ވަނަ ބައި

107 Comments!

  1. Sheyou says:
    October 22, 2018 at 12:27 pm

    Whaaaaat???
    Alhey rovijje varah bodah
    Faadakah hiy nuthanavas ve haas vany ???

    1. InaaSh says:
      October 22, 2018 at 1:28 pm

      Hehe ?

  2. samm says:
    October 22, 2018 at 12:38 pm

    alheyyyyyy inaash plx maahil n noor salaamaii kurahcheyyy plxxx……i will kill tht munaaz…..plxx inaash save them

    1. InaaSh says:
      October 22, 2018 at 1:27 pm

      Heheh let’s see what happens.. ?

  3. Mixuhan says:
    October 22, 2018 at 1:04 pm

    Alhey noooooon…maahil aa noor aa salaamaiy khdhee …maahil maraalima vhk hadi vaane ..alhe knmes gothakun maahil salaamiy kurahchey. …Story varah interesting…kiyaahithun indha thi nimmaaly. ..Curiously waiting for the next part dear …

    1. InaaSh says:
      October 22, 2018 at 1:27 pm

      Jazakillah khairan… ? lets see what happens.. ?

  4. kookie says:
    October 22, 2018 at 1:23 pm

    oh no. noooooo. noooooo. alhey thihen nahadhaga.. maahil salaamih kurahchey. maahil maraanulaathi igey inaash.. dhn oii part kn irakun up kurany..?? abahah up kurahchey. kiyaahithun nuvx hurevey..:'(

    1. InaaSh says:
      October 22, 2018 at 1:26 pm

      Hehe insha allah wednesdayga.. ?

  5. InaaSh says:
    October 22, 2018 at 1:25 pm

    Ahsalamu alaikum all…i am so sorry mi part wes varah kuru dho… next part insha allah wednesdayga…ebai balaanan dhigu koh genasdheweytho… ?

  6. Reader? says:
    October 22, 2018 at 1:33 pm

    Masha allah v salhi mi part wes… curiously waitin for next part.. ?

    1. InaaSh says:
      October 22, 2018 at 4:07 pm

      Jazakillah khairan ?

  7. Hama rohvaaalee ey says:
    October 22, 2018 at 1:35 pm

    Alhey huvaa varah jazubaath vehjje

    1. InaaSh says:
      October 22, 2018 at 4:07 pm

      ??

  8. Mal says:
    October 22, 2018 at 1:36 pm

    Alhey noo thihen Vuvaane hadhanves… please save noor and maahil… vaahaka kiyamun dhiya iru varah rovunu varah hear touching… vaahaka varah reethi.

    1. InaaSh says:
      October 22, 2018 at 4:08 pm

      Hehe jazakillah khairan mal ?

  9. Hidhaa says:
    October 22, 2018 at 2:13 pm

    Maahil salaamaiy kurahchey pls pls pls ????

    1. InaaSh says:
      October 23, 2018 at 9:38 am

      Lets see ?

  10. munni says:
    October 22, 2018 at 2:17 pm

    maasha allah mi story hama super next part avhah up kohdhehchey plsss

    1. InaaSh says:
      October 22, 2018 at 4:08 pm

      Jazakillah khairan…
      Insha allah next part wednesdayga ?

  11. un known says:
    October 22, 2018 at 2:48 pm

    alhey maahil salaamai kodechey. plx plx plx

    1. InaaSh says:
      October 22, 2018 at 4:09 pm

      ?

  12. Cherry blossom says:
    October 22, 2018 at 2:53 pm

    ?? Awesome
    ?? Naveel ah alhe haadha irakkunneyy dhw geah e vadhevunee,evarah noor halhey lavaa iru adehvess neeveyy?

    1. Munaz says:
      October 22, 2018 at 3:03 pm

      Mahil aee maa kurin ney… naveel aee fahun nehnu ?

    2. InaaSh says:
      October 22, 2018 at 4:09 pm

      Jazakillah khairan ?

  13. Sam says:
    October 22, 2018 at 3:41 pm

    Munaaz ah halaaaku hurii ??????? …. Nooo maaahil marainulaathii stry nuves kiyaaan eyrun

    1. InaaSh says:
      October 22, 2018 at 4:09 pm

      Hehe nun kiyahchey ?

  14. Amin says:
    October 22, 2018 at 3:48 pm

    Alhey kihinehtha mahil ah thihedhy….?? waiting for next part… upload it soon plz

    1. InaaSh says:
      October 22, 2018 at 4:10 pm

      Wednesdayga insha allah ?

  15. Noor says:
    October 22, 2018 at 3:50 pm

    Mahil aharen dhookohlaafa nudhahchey… hospitalun dhookohkyma goss e munaz ah ragalhu ladeh dheynan mifaharu… ?

  16. Jenna says:
    October 22, 2018 at 3:57 pm

    ??maahil gaimuves mareh nuvane
    Munaz ves dhen keeve tha baby maraalan veeky??

    1. InaaSh says:
      October 22, 2018 at 4:10 pm

      I have no idea ?

  17. Gud❤ says:
    October 22, 2018 at 4:09 pm

    Inaash alhe noor aa maahil maraanulahchey .. pls…???.. munaz maraalan v…???.. avahah aneii bai up kohdhehchey.. mi bai vx vrh reethi .. maashallah..

    1. InaaSh says:
      October 22, 2018 at 4:11 pm

      Jazakillah khairan ?

  18. Liem says:
    October 22, 2018 at 4:41 pm

    ?????? Heyo nuvaane inaaash

    1. InaaSh says:
      October 23, 2018 at 9:39 am

      Hehe ?

  19. Źóÿá says:
    October 22, 2018 at 5:30 pm

    Maasha allah vrh reethi mi waahaka.. dhuwahakuves mihaa reethi waahaka eh nukiyan.. ekkam please maahil maraanulahchey..

    1. InaaSh says:
      October 23, 2018 at 9:40 am

      Heheh jazakillah khairan ?

  20. Haiii says:
    October 22, 2018 at 6:03 pm

    Alhey maahil maraaliyyakaa story nukiyaanannn

    1. InaaSh says:
      October 23, 2018 at 9:40 am

      Hehe balama waa gotheh ?

  21. mar-hath says:
    October 22, 2018 at 6:29 pm

    …story v reethi.
    ….gaige enmme hima naarah ves asaru kohffi
    keep up the good work inaash

    1. InaaSh says:
      October 23, 2018 at 9:57 am

      Hehe jazakillah khairan ?

  22. pimpi says:
    October 22, 2018 at 7:29 pm

    Alhe plx maahil maraanulaathi.. Munaax maraalaa.. Varah varah rythi story.. Waiting for next part..

    1. InaaSh says:
      October 23, 2018 at 9:57 am

      Jazakilla khairan ?

  23. Boss says:
    October 22, 2018 at 8:39 pm

    Ey munaz maraalan feney mivaagothun. Maahy ves noor es salaamaiyh viyya salhi. Mi vaahaka varah salhi. Varah thrilling. Varah avahah next part up kolla dhehchey

    1. InaaSh says:
      October 23, 2018 at 9:57 am

      Jazakillah khairan ?
      Lets see what happens.. ?

  24. Sasha says:
    October 22, 2018 at 9:42 pm

    Alhey waiting for the next part???
    Avahah up kohdhehchey please ❤

    1. InaaSh says:
      October 23, 2018 at 9:56 am

      Insha allah tomorrowga ?

  25. Aisha says:
    October 22, 2018 at 10:05 pm

    Vvv heart touching..wow it’s fantastic watining for next part

    1. InaaSh says:
      October 23, 2018 at 9:55 am

      Jazakillah khairan ?

  26. umm says:
    October 22, 2018 at 10:56 pm

    Alheyy vr asaru koffi.. hama rovijje.. inaash dear plx save maaahy n nooor.. dont let them die plx plx

    1. InaaSh says:
      October 23, 2018 at 9:55 am

      Dhan nuroi huhtaala ?

  27. dihtow says:
    October 23, 2018 at 10:08 am

    alheyy…maahil nd noor maraa nulahchey

    1. InaaSh says:
      October 24, 2018 at 10:48 pm

      Lets see ?

  28. kidy kidy says:
    October 23, 2018 at 10:18 am

    alheyyyyyy…..den kihineh hadaaney……so sad

    1. InaaSh says:
      October 24, 2018 at 10:49 pm

      ?? knmewes gotheh hadhaany dhan

  29. Ai$h @foo says:
    October 23, 2018 at 10:25 am

    Alhey…the story is So touching..plx save them both
    Waiting for the next episode..!

    1. InaaSh says:
      October 26, 2018 at 6:39 pm

      Jazakillah khairan ?

  30. Hajja says:
    October 23, 2018 at 12:35 pm

    Maasha Allah v v reethi story… Ki iru hyvany maahy bolu jehi iru hama alhugadu bolu jehi hen. V v v thadhuvi. Bolu jehi irah hama vehtuny. V v v dhera vehje.

    1. InaaSh says:
      October 24, 2018 at 10:48 pm

      Hehe… jazakillah khairan ?

  31. Monty says:
    October 23, 2018 at 4:25 pm

    Munaaaaaaz you are gona die

    1. InaaSh says:
      October 24, 2018 at 10:48 pm

      ??

  32. mai says:
    October 24, 2018 at 8:03 am

    omg… reyga mivaahaka kiyan feshy… rowijje mibai kiyaafa… v v reethi mivaahaka… keep up the good work dear. 🙂

    1. InaaSh says:
      October 24, 2018 at 10:47 pm

      Jazakillah khairan… insha allah tomorrow laanan ?

  33. samm says:
    October 24, 2018 at 1:23 pm

    khba nxt part??????? avahah genesdhy ba… can’t wait now!!!

    1. InaaSh says:
      October 24, 2018 at 10:47 pm

      Insha allah tomorrow ?

  34. shaza says:
    October 24, 2018 at 1:40 pm

    vaahaka vrh reethi next part avaha up kolladhyba. miadhu iru irukolhah mibeleny vaahaka kobaathwwww.

    1. InaaSh says:
      October 24, 2018 at 10:46 pm

      Jazakillah khairan….insha allah madhama laanan ?

  35. super boy says:
    October 24, 2018 at 6:28 pm

    khbaa thr nxt part inaash… mihaaru vrh wait kuran eba nge avahah genesdhyba

    1. InaaSh says:
      October 24, 2018 at 10:46 pm

      So sorry… insha allah madhama laanan.. ?

  36. Roo says:
    October 24, 2018 at 6:50 pm

    kobaa nxt part avahah upkhdhyba can’t wait now

    1. InaaSh says:
      October 24, 2018 at 10:45 pm

      Insha allah tomorrow ?

  37. Sme1 says:
    October 24, 2018 at 8:11 pm

    Kobaa the next part inaash mihaaru kiyaahithun hurevenyy kyy noon

    1. InaaSh says:
      October 24, 2018 at 10:45 pm

      Insha allah madhama laanan… so sorry for the delay ?

  38. Hudher says:
    October 24, 2018 at 8:40 pm

    Kobaa tha next part Inaash????
    Kiyaa hithun keh madhu vefa mihuree……??

    1. InaaSh says:
      October 24, 2018 at 10:44 pm

      Insha allah tomorrow up kohladheynan ?

  39. 1998 says:
    October 24, 2018 at 10:17 pm

    kobaa thr nxt part inaash mihaaru kiyaahithun hurevenyykyy noon

    1. InaaSh says:
      October 24, 2018 at 10:44 pm

      I’m so sorry for the delay…insha allah i will upload it tomorrow ?

  40. InaaSh says:
    October 24, 2018 at 10:42 pm

    I am so sorry readers….varah busy koh ulhunyma nuwefa adhi aee… insha allah madhama laaanan… sorry once again ?

  41. shaza says:
    October 25, 2018 at 11:45 am

    kobaaathrrrrrrrrrr:(

    1. InaaSh says:
      October 25, 2018 at 3:37 pm

      Insha allah miadhuge waguthehga up waane ?

  42. 1998 says:
    October 25, 2018 at 12:46 pm

    kobaa thrr nxt part avhah genesdhyba

    1. InaaSh says:
      October 25, 2018 at 3:37 pm

      Insha allah miadhu?

  43. Reader? says:
    October 25, 2018 at 2:52 pm

    Kobaa tha next part????
    Waiting waiting ?

    1. InaaSh says:
      October 25, 2018 at 3:38 pm

      Sorry for the delay… insha allah miadhu up kohlaanan ?

  44. Amin says:
    October 25, 2018 at 2:53 pm

    Alhe hadhalahey up kuraaleh…awas kohba inaash ?

    1. InaaSh says:
      October 25, 2018 at 3:41 pm

      Insha allah miadhu ?

  45. samm says:
    October 25, 2018 at 3:26 pm

    inaash avahah genesdhyba nxt part cant wait now

    1. InaaSh says:
      October 25, 2018 at 3:41 pm

      Miadhu insha allah up wAne ?

  46. super boy says:
    October 25, 2018 at 5:54 pm

    knirakun up khdheny??

    1. InaaSh says:
      October 25, 2018 at 10:43 pm

      Nange ehen bunaakah….submit kurewifa v… ?

  47. No one says:
    October 25, 2018 at 6:25 pm

    Inaash plx plx plx avas khlaba

    1. InaaSh says:
      October 25, 2018 at 10:43 pm

      Submit kohfa v…. i dont know when it will be uploaded.. ?

  48. Ain says:
    October 25, 2018 at 9:23 pm

    Haadha lahey avas vvv inthixaaru kohfin

  49. aisha says:
    October 25, 2018 at 9:54 pm

    kobaa adhivess up nuvey hadha inthizaareh kurevije mihaar…

    1. InaaSh says:
      October 25, 2018 at 10:42 pm

      Submit kurewifa v… adhi upload nuwe ekm ?

  50. No one says:
    October 25, 2018 at 10:20 pm

    Mi miadhu up vaane ehcheh baa?? Miadhu vx bxy vyy thoacheh

    1. InaaSh says:
      October 25, 2018 at 10:42 pm

      Submit kohfa v mendhuruga… adhi ekm upmoad eh nuwey ?

  51. samm says:
    October 25, 2018 at 10:26 pm

    alheyy inaash khba thr nxt part avahah genesdhyba.. irukolhu kolhaa balaalevey inaash mi stry up kurithoa

    1. InaaSh says:
      October 26, 2018 at 6:21 am

      Alhugadu kuraane kameh neiy mi aku… submit kohfa v… adhi ekm nueh ve upload eh ?

  52. Knmewes meeheh says:
    October 25, 2018 at 11:18 pm

    Adhi kiriya mi part mi kiyaalewuny….v salhi… waitin waitin ?

    1. InaaSh says:
      October 26, 2018 at 6:22 am

      Jazakillah khairan ?

  53. Anonymous says:
    October 26, 2018 at 8:32 am

    Dear alhe alum submit kohlaba.. Eirah faharuga admin ah fenidhaane kanneynge..☺️? mihaaru vedhaane baivaru stories hury a admin ah I’m story gehlifa iny kamah ves.. Ekahala konmes gotheh vefa inyma kanneynge publish nuvanee..?☺️ Btw Vrh Vrh Vrh reethi story eh miee…???

  54. Reader? says:
    October 26, 2018 at 8:55 am

    Mifaharu haadha dhigu inthizaarekey kuran mi jeheny ??

  55. No one says:
    October 26, 2018 at 9:20 am

    Kobaa next part?? adhivxx up nuve

  56. Shy says:
    October 26, 2018 at 10:19 am

    Kobaathrrrr

  57. Aish❤️ says:
    October 26, 2018 at 12:51 pm

    Kobaa Next part?

  58. mai says:
    October 29, 2018 at 11:08 am

    alhey kobaa anehbai… v dhuwas wejje inthizaaru kuraathaa… please ane bai awahah up koh dheeba… keep up the good work dear.

Comments are closed.

Next Episodeނޭދެން ވަކިވާކަށް (ސާދަވަނަބައި)←


All Right Reserved!