ލީޝާމެން ގެއަށް ވަންއިރު ކިޔާން އިނީ ސިޓިންގރޫމްގައި ޓީވީބަލާށެވެ. ސީމާ އެގޭގަ މަޑުނުކޮށް އޭނާގެ ގެއަށް ދިޔައީ ކިޔާން އިނީމައެވެ. އެހެންނޫންނަމަ އޭނާ ލީޝާ އެކަނި ކޮށްފައެއް ނުދާނެއެވެ. އެރެއެވެ.ލީޝާގެ ލޮލަކަށް ނިންޖެއްނައެވެ. ކިޔާން ވިސްނައިދޭން ވަރަށް މަސައްކަތްކުރިއެވެ. ހަވީރު އެދިމާވިކަމަކީ ލީޝާ ބިރުގަނެފައި ހުންނާތީ ވާ ކަމެއްކަމުގައި ބުންޏެވެ. އެހެންނަމަވެސް ލީޝާގެ ހިތުން ބިރު ފިލާގެންނެއްނުދިޔައެވެ. ދަންވަރު 2 ޖަހަނީއެވެ. ކިޔާން އޮތީ ގަދަނިދީގެއެވެ. ކުއްލިއަކަށް ފާހާނާގެ ދޮރުހުޅުވިޖެއެވެ. ލީޝާ އެދިމާއަށް ބަލައިލިއެވެ. ފާހާނާގެ ދޮރުމަތީ […]
“އާނ, ކުޅަދާނަވާނެ, އެކަމް އަދި މިއުޅެނީ އެ ކުޅަދާނަ ކަމުގަ އެންމެ ބޭނުންވާ މީހާ ބަނދެނުލެވިގެން, އަދި ވާނެ, ދެން އެވާހަކަ ބާއްވާފަ މިތަނުން ދޭ” ނަޢުހާ ވާހަކަ ކުރުކޮއްލަމުން ބުނެލިއެވެ. އެވަގުތަކީ ދޮރުގައި މީހަކު ޓަކި ޖެހި ވަގުތެެވެ. ދެމީހުންނަށްވެސް އަކަކު އަނެކަކުގެ މޫނަށް ބަލާލީ ދެން ހަދަންވީ ގޮތް ނޭނގި ހުރެއެެވެ. މަޑުކޮއްލާށޭ ބުނުމަށްފަހު ފަޒީލް ކައިރީ ފާހާނާއަށް ވަނުމަށް ބުނުމަށްފަހު ނަޢުހާ އަވަސް އަވަހަށް އެއްޗެހި ލިޔެވެ. އަދި ދުވެފަ ގޮސް ދޮރު […]
ތަނަވަސް ބޮޑު ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރިއިރު އިމްނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މައިންބަފައިން ގަދަވެ ސަލާމަތުން ދުނިޔޭގައި ތިބި ނަމަވެސް އޭނާ ވަނީ ބިކަވެފައެވެ. ކުރެވުނު އެންމެ ކުށަކާއި ހެދި އޭނާއަށް ލިބެމުންދިޔަ މައިންބަފައިންގެ އިންތިހާއީ ލޯބިން އޭނާ ވަނީ މަޙުރޫމުވެފައެވެ. ކުޑަމިނުން އޭނާގެ އަމިއްލަ ގެއިންވެސް އޭނާއަށް ޖާގައެއް ނުލިބުނެވެ. އޭނާ ޙާލުގައި ޖެހި ރަށުތެރެއަށް ގިނަވި ދުވަހު އޭނާއަށް އެހީތެރިވެދިނީ އޭނާ އެމީހަކަށް އެންމެ ނަފުރަތުކުރި ހޫދުއެވެ. އޭރު […]
ތޫގާ އޭނަގެ މޫނުމަތީ އަތްއަޅާލަމުން ގިސްލާން ފެށިއެވެ. އަވަސްއަވަހަށް އެނދުން ތެދުވެގެން އައި ރުކާން ރީތިވާ މޭޒު ކައިރިއަށް ހުއްޓިލަމުން ކުޑަކަކޫ މައްޗަށް ތިރިވެލިއެވެ. އޭނަ ހުރީ ދުލުން ބުނެވުނު ބަސްތަކުން ތޫގާގެ ނާޒުކު ހިތަށް ތަދު ކޮށްލެވުމުން ދެރަވެފައެވެ. އެތޫނުފިލި ދެލޮލުން އެކަން ކިތަންމެހާ ވެސް ރަގަޅަށް ބަޔާންކޮށްދެއެވެ. ތޫގާ އޭނަގެ އަތްތިލަ މޫނާއި ދުރުކޮށްލަމުން ކަރުނުން ފުރިފައިވާ ދެލޮލުން ރުކާންއަށް ބަލާލިއެވެ. ”ބޭބް… އައެމް ސޮރީ، ފަހަރެއްގައި ވެސް ބޭބް ހިތުގައިޖައްސަން ބުނި އެއްޗެއް […]
ޑޮކްޓަރ ކުވައިޝިންގެ އުއްމީދަކީ ރާއްޖޭގައި ނެތް ފެންވަރުގެ ގާބިލު ނާރުގެ ޑޮކްޓަރަކަށް ވުމެވެ. ހަމަ މިފަދައިން ޑޮކްޓަރ ނަވާން ބޭނުންވަނީ ރާއްޖޭގައި ހިތުގެ ބަލިތައް ޖެހުމުން ދާ އަދަދު މަދުކުރުމާއެކު އެބަލިން ގިނަ ބަޔަކު ސަލާމަތް ކޮށް ދޭށެވެ. ދެމީހުންނަށް ވެސް އެ ފުރުސަތު ލިބެއެވެ. އެކުއެކީގައެވެ. ނަމަވެސް އުފެދިފައިވާ ރުޅިވެރި ކަމާ ހަސަދަ އާއެކު ދެމީހުންގެ އުއްމީދު ހާސިލު ވެދާނެ ބާވައެވެ؟ ދެ މީހުންނަށް ދިމާވާ ބޮޑު ގޮންޖެހުމަކުން ދެމީހުންނަށް އެކުގައި އެކަމުން އަރައިގަނެވިދާނެ ބާވައެވެ […]
އެވްލީން ކުޑަ އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ބޯ ފަރުދާތައް ކަހާލުމަށްފަހު އެވްލީން ބެލްކަންޏަށް ނިކުތެވެ. އެވަގުތު ގެސްޓް ރޫމާއި ދިމާއަށް ފޯނުން ވާހަކަ ދައްކަމުން ހިނގާފައި ދިޔަ ޒަވީން ފެނުމާއެކު އެވްލީންއަށް ހީވީ އޭނަގެ ހިތުގެ ތެޅުން މަޑު ޖެހިލިހެންނެވެ. ހިތަށް ވެރިވެގެން ދިޔަ ޖަޒްބާތުތަކުން އެވްލީންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޒަވީން ފޯނުން ވާހަކަ ދައްކަމުން އެދަނީ ކާކާބާވައެވެ ؟ ޒަވީން ކުއްޖަކާއި ރައްޓެހިވެގެން އުޅެނީ ބާވައެވެ ؟ އަޖައިބެކެވެ. […]
ފިޒާޔާ އެވްލީންގެ އަތުން ދޫކޮށްލުމަށްފަހު އޭނަގެ އަތަށް ލެވުނުހާ ބާރަކާއެކު އެވްލީން ކޮށްޕާލުމުން އެވްލީންއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އެވްލީންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ވެއްޓެން ދިޔަ އެވްލީން ފެނުމާއެކު ޓެރެސްއަށް ނިކުތް ޒަވީންއަށް ދުއްވައިގަނެވުނީ އެވްލީންއާއި ދިމާއަށެވެ. ޒަވީން ހުށިޔާރު ކަމާއެކު އެވްލީންގެ އަތުގައި ހިފާ ލުއްކިޔެއް ޖެހުމާއެކު އެވްލީން ގޮސް ޖެހުނީ ޒަވީންގެ މޭމަތީގަ އެވެ. ޒަވީން ފެނުމާއެކު ޖުނެއިނާއާއި ފިޒާޔާއަށް ލިބުނީ ޝޮކެކެވެ. އެވްލީން ޚަބަރު ހުސްވެގެން ޒަވީންގެ އަތްދަނޑި […]
ދަރިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. އެންމެ ބޮޑު އެއް އަމާނާތެވެ. އެ އަމާނާތަށް ރައްކާތެރިވެއްޖެނަމަ އުފަލުގެ ކޮޅެއް ނެތެވެ. ޚިޔާނާތްތެރި ވެވިއްޖެނަމަ ހިތާމައިގެވެސް ކޮޅެއްނެތެވެ. ދަރިންނަކީ ކިހާ މުހިންމު ބައެއްކަން ޙަޤީޤީ ނަޒަރަކުން ވިސްނަނީ ކިތައް މައިންބަފައިންބާވައެވެ. މައިންބަފައިން ދަރިންދެކެ އިންތިހާއަށް ލޯބިވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މަދު ބަޔަކު ފިޔަވައެވެ. ނަމަވެސް މައިންބަފައިންގެ ސަބަބުން ހަލާކުވެގެން ދަނީ ކިތައް ދަރީންގެ ދިރިއުޅުންބާވައެވެ. މިކަމާއިމެދު ވިސްނަނީ ކިތައް މައިންބަފައިންބާވައެވެ. ފަންސަވީސް […]
އެއްރެެެއެއްގެ ދަންވަރުގެ ވަގުތެވެ. ލީޝާ އިނީ ފޮތެއްގެ ވާހަކަ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. ކިޔާން އޮތީ ގަދަ ނިދީގައެވެ. ގަޑީގެ ސިކުންތު ކަށި ހިނގާ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. ކުއްލިއަކަށް ލީޝާ ސިހިގެން ދިޔައީ ބޭރުން އިވުނު އަޑަކުންނެވެ. ލީޝާ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައި ބަލާލިއެވެ. އަދިރިކަމުން އެއްވެސް އެއްޗެއް ފެންނަވަރެއް ނުވެއެވެ….އަނެއްކާވެސް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ކުއްލިއަކަށް އޭނާއަށް ހުއްޓެވުނީ ސިޓިންގރޫމް މެދަކާ ހިސާބުގައި މީހަކު ހުއްޓިހުރިހެން ހީވެގެންނެވެ. އެމީހަކު […]