Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (12)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
October 24, 2018 6 Mins Read
13 Comments

“އަހަރެން މިއުޅެނީ މީހަކާ އިންނަން” މާ ގިނަ ވާހަކަ ދިގު ކުރާކަށް އަޔާން ނޫޅުނެވެ. ސީދާ ވާހަކަ އަށް އޭނާ ދިޔައެވެ. އަޔާން ބުނެލި އެއްޗަކުން މަލަކް އަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.

އަޔާން މަލަކް އަށް ފުރަގަސް ދިނެވެ. “އަހަރެންނަށް މަލަކް ގާތު އާދޭސް ކުރާވަރަށް އާދޭސް ކުރެވިއްޖެ ދޯ މިހާރު… ދެން މަލަކް ގެ ފަހަތުން ދުވާކަށް އަހަރެން ނެތިން… މަލަކް ގެ ތި ގޮތް ދޫ ނުކުރުމާ… މަލަކް އަހަރެން ދޫކޮށްލި ސަބަބާ… އެއްވެސް ވާހަކަ އެއް އަހަރެން އަޑު އަހާކަށް ބޭނުމެއް ނޫން… މަލަކް އަހަރެން ބޭނުން ނުވިޔަސް އަހަންނަށް ހެޔޮ… މަލަކް ބޭނުން ގޮތަކަށް މަލަކް އުޅޭ… މަލަކް ރޯން ފެށީމަ ކަން ބޮޑު ވެގެން މަލަކް ގާތު ވީ ކީއްތޯ ސުވާލުކުރާކަށް ވެސް އަހަރެން މީގެ ފަހުން ނާންނާނަން… މަލަކް ކިތަންމެ ވަރަކަށް ރުޔަސް ކަރުނަ ފޮހެދޭކަށް ނާންނާނަން… މަލަކް ފަހުން މާފަށް އެދުނަސް… މާފަށް އެދުނަސް… މާފެއް ވެސް… ދުވަހަކުވެސް… މާފެއް ނުކުރާނަން….” ފަހު ޖުމްލަ އަޔާން އަށް ބުނެވުނީ އަޅަ އަޅައިގަންނަމުންނެވެ.

އަޔާން ބުނަމުން ދާ ކޮންމެ ޖުމް ލައަކުން މަލަކް ގެ ހިތް ކަފާ ކުދި ކުދި ކުރަމުން ދިޔަ ފަދައެވެ. އިސާހިތަކު އޭނާ އަށް ބާރަށް ރޮވެން ފެށުނެވެ.

“އަޔާން…” މަލަކް އަށް އަޔާން އަށް ގޮވާލެވުނީ ގިސްލެވޭ ހާލުގައެވެ. “މަލަކް ގެ އެއްވެސް ރުއިމެއް އަޑު އަހާކަށް ބޭނުމެއްނޫން… އަހަރެންގެ އެއްވެސް އާދޭހެއް މަލަކް އަޑެއް ނޭހީމެއްނު… މަލަކް އަހަރެން ދޫކޮށްލީ އަހަރެންނަށް ވުރެ ލޯބިވާ މީހެއް ލިބިގެން ކަމަށް ވަނީނަމަ އަހަރެންވެސް މަލަކްއަށް ޓަކާ އުފާކުރަން… އެކަމަކު މަލަކް ރޯ ތަން ފެންނާތީ ހިތަށް ކެތް ނުވަނީ… ކީއްކުރާނީ… ބަސް ނާހާ ހިތެއް ވިއްޔަ… ހެހެ…” އަޔާން ވާހަކަ މެދު ކަނޑާލިއެވެ. އޭނާ މަލާމާތުގެ ހިނިތުންވުމެއް އަމިއްލަ ނަފްސަށް ހަދިޔާ ކޮށްލިއެވެ.

“މަލަކް ހިތާމަ ކުރާ ކަމެއް ބުނަން އަހަރެންނަށް އާދޭސް ކުރެއްވިއްޖެ ދޯ މިހާރު… ދެން ނުވާނެ… އަހަރެން މަލަކް ބޭނުމެއް….”

“ނޫން އަޔާން” މަލަކް އަށް ބާރަށް ބުނެވުނެވެ.

“މަލަކް… އަހަރެންނަށް ވުރެ ލޯބިވާ މީހަކު މަލަކް އަކަށް ދެނެއް ނުލިބޭނެ” އަޔާން އެންމެ ފަހުން ބުނެލިއެވެ. އޭރުވެސް އޭނާ ހުރީ މަލަކް އަށް ފުރަގަސް ދީގެންނެވެ. “އަޔާން ނޫން ނޫން ނޫން” މަލަކް އަށް ބުނެވުނެވެ. އަޔާންގެ އަނގައިން އޭނާ އާއި ދުރަށް ދާން ބޭނުން ވާކަން ހާމަކުރުމާއެކު މަލަކް އަށް ވީ ގޮތެއްނޭނގުނެވެ. އޭނާ ވަގުތުން ދެފަރާތަށް ބޯ ހޫރަން ފެށުނެވެ. ކުރިން ވީ ހުރިހާ ކަމެއް ހަނދާނުން ފިލާ ދިޔައެވެ. “އަޔާން ނޫން” އަޔާން އެ ހުރި ގޮތަށް ހުއްޓާ އަޔާން އާއި ދިމާލަށް ކުރިއަށް ފިޔަވަޅެއް މަލަކް އެޅިއެވެ.

އަހަރެން މިއުޅެނީ ކުއްޖަކާ ރައްޓެހިވެގެން މަލަކް… މަލަކް އަށް ފެންނާނޭ ކަމެއް ނޭނގެ… އެކަމަކު މިހާރު އަހަރެމެން ދެމީހުންވެސް ކައިވެނި ކުރަން ނިންމައިފިން” އަޔާން ވާހަކަ ދެއްކުމާއެކު މަލަކް ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅު މަތީ ހުއްޓެވުނެވެ. އެ ހިނދު އޭނާގެ ލޮލުގެ ކުރިމަތިން އަޔާން އެ އަންހެން ކުއްޖާ އާއެކު އަތު ގުޅުވައިގެން ދާ މަންޒަރު ސިފަވެގެން ދިޔައެވެ. އެ ހިނދު އޭނާ ގެ ހިތުގައި މީހަކު ވިކައިގަތް ފަދަ އިހްސާސް އެއްކުރެވި މޭ ފިތިގެން ދިޔަހެން ހީވިއެވެ.

އަޔާން އިންތިޒާރުކުރީ މަލަކް ގެ ޖަވާބަކަށެވެ.

ޖީންސް ގެ ޖީބަށް އަތް ޖަހާލައިގެން މޫދުގެ ލޮނު ގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރި އަޔާން ސިހުނީ އޭނާގެ އުނަގަނޑާ ދިމާލުން އަތެއް ވަށާލުމުންނެވެ. “މަލަކް” އަޔާން ހިތުން މަލަކް އަށް ގޮވާލިއެވެ. ދެލޯ މަރާލައިގެން ބާރު ކޮށްލައިގެން ހުއްޓެއްކަމަކު އަޔާން ގެ ހިތުގައި ވެސް ހިނގަމުން ދިޔައީ ވޭނީ އަސަރުތަކެކެވެ. އޭނާ މަލަކް ގެ ކަރުނަތަށް ފޮހެދޭން ބޭނުންވިއެވެ. ލޯބިން ވާހަކަ ދައްކާލާ މަލަކް ހިންހަމަ ޖައްސައިދޭން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާ ހުރި އޭނާގޭ ގޮތުގައިއެވެ. ކެތް ކޮށްލައިގެންނެވެ.

އަޔާން ގެ ފަރާތުން މަލަކް އަށް ކުޑަވެސް އިޝާރާތެއް ނުލިބުނެވެ. އަޔާން ގެ ހިތުގައި ހިނގާ ކަމެއްގެ ކުޑަވެސް ޝުއޫރެއް ނޭނގެއެވެ.

“އަހަރެން ބުނެފީމެއްނު ދެން ބޭނުމެއްނޫނޭ” ހިތުގައި އަތް އަޅާލާފައި އަޔާން ބުނެލިއެވެ. އެއަޑުން އެއްވެސް އަސަރެއް ފާޅުނުކޮށްވޭތޯ އަޔާން މަސައްކަތް ކުރަމުން ދިޔައެވެ.

“އަޔާން… އައި ވިލް ޓެލް ޔޫ އެވްރީތިންގް… ޖަސްޓް ޑޯންޓް ލީވް މީ.. އަޔާން ޕްލީޒް… ޑޯންޓް… ޕްލީޒް… އައި އެމް ސޮރީ ފޯ ހާރޓިން ޔޫ… އައި އެމް ސޮރީ… އަހަންނަށް ވެސް ހާރޓް ވިޔޭ… އަޔާން އަހަންނަށް މާފުކޮށްދީ. އަޔާން ބޭނުންނަމަ މިހާރުވެސް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން… އެކަމަކު އަޔާން… ތިހެން ނުހުރެބަލަ… އަޔާން… އައި އެމް ސޮރީ” މަލަކް އަޔާން ގާތު އާދޭސް ކުރަން ފެށިއެވެ.

” މަލަކް މަލަކް އަށް ހީވަނީތަ އަހަރެން މީ ކުޅޭ ކުޅިވަރެކޭ… މަލަކް ބޭނުންވާ ގޮތަކަށް ނޫންތަ އަހަރެން މި ކަންތައް ކުރަނީ… މަލަކް ބޭނުމެއް ނުވެއެއްނު އަހަރެން މަލަކް އާ ހެދި އުޅޭކަށް… މަލަކް ބޭނުންވަނީ އަހަރެން މުޅި އުމުރަށް މަލަކް އާ ދުރުގަ އުޅޭކައްނު… އެކަން ވާކައްނު މިއުޅެނީ… ދެން ކީއްވެ؟ އަހަރެން އެވަރަށް އާދޭސް ކުރީމަވެސް މަލަކް ގެ ހިތަށް އަސަރެއް ނުކުރިއެއްނު… މަލަކް ގެ ލޮލުން ތި ފައިބަނީ ދެއްކުން ތެރި ކަމުގެ ކަރުނަތަ؟ އަހަރެން ކިހިނެތް ޔަގީން ކުރާނީ؟” އަޔާން މަލަކް އަށް ރައްދު ދިނުމާއެކު މަލަކް ގެ ރުއިން ގަދަވިއެވެ. އެ ތުންފަތަށް ތުރު ތުރެއް ވެރިވުމާއެކު އަނެއްކާވެސް މަލަކް އަށް ވާހަކަ ދެއްކުނެވެ.

“އަޔާން އައި އެމް ސޮރީ” މަލަކް ބުނެލިއެވެ. ފަހަތުން އަޔާން ގެ ބުރަކަށީގައި މޫނު ޖައްސާލައިގެން ހުރެ ރޮމުން ދިޔަ މަލަކް ގެ ކަރުނައިން އަޔާން ގެ ޓީޝާޓް ފޯ ވަމުން ދިޔައެވެ. އަޔާން ގެ ބުރަކައްޓާ ދިމާލަށް ފިނިވަމުން ދިޔުމާއެކު އޭނާ އަށް މަލަކް އަށް ގޮވާލެވެން އުޅުނެވެ. އެހެންނަމަވެސް ހިތުގެ އެދުންވެރިކަމުގެ މައްޗަށް ސިކުނޑީގެ ވިސްނުން ގަދަކުރަން އަޔާން މަސައްކަތް ކުރަމުން ދިޔައެވެ.

މާފަށް އެދުނު ފަހުން ވެސް އަޔާން ގެ އެއްވެސް ހަރަކާތަކަށް ބަދަލް ނައުމާއެކު މަލަކް މަޑު މަޑުން އަޔާން ގެ ގައިން ދޫކޮށްލިއެވެ. ގިސްލެވެމުން ދިޔަ ހާލު ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

އަޔާން ގެ އުނަގަނޑުގައި ވަށާލެވިފައިވާ އަތް ދޫ ވިކަން އިހްސާސް ވުމާއެކު އަޔާން ލޯ ހުޅުވާލިއެވެ. މަލަކް ފަހަތަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ދިޔައެވެ.

މަލަކް ފަހަތަށް ޖެހެމުން ދިޔަ ކަން އަޔާން އަށް އިހްސާސް ވިއެވެ. އެހެންނަމަވެސް އޭނާ ފަހަތަށް ބަލާލަކަށް ގަސްތެއް ނުކުރިއެވެ. ކުއްލިއަކަށް މަލަކް ރޮމުން ދުއްވައިގަތް ކަން އެނގުމާއެކު އަޔާން ފަހަތަށް އެނބުރުނެވެ.

“މަލަކް… އަހަރެން ދެކެ އަދިވެސް ލޯބި ވާކަން އެނގިއްޖެ… ވަރަށް ރަނގަޅަށް” ތުންފަތަށް ހިނިތުންވުމެއް ވެރި ކޮށްލުމާއެކު އަޔާން ބުނެލިއެވެ. އަދި އޭނާ މަލަކް ދިޔަ ދިމާލަށް ބާރު ފިޔަވަޅުތަކުގައި މިސްރާބުޖެހިއެވެ. ވަކި ހިސާބަކުން މަލަކް ފަހަތުން އަޔާން ދުއްވައިގަތެވެ.

ރޮމުން ރޮމުން ކަރުނަ ފޮހެމުން ދުވަމުން ދިޔަ މަލަކް ގެ އަތަށް މީހަކު ދަމާލުމާއެކު މަޑު ހަޅޭކަކާއެކު މަލަކް އަށް ފަހަތަށް ބަލާލެވުނެވެ. އަނދިރިކަމުގެ ތެރެއިން ވެސް އެއީ އަޔާން ކަން އޭނާ އަށް ދެނެގަނެވުނެވެ. އެހެންކަމުން އަޔާން ގެ އަތް ފޮޅުވާލަން މަލަކް އުޅުނެވެ. އެހެނެއްކަމަކު އަޔާން ގެ އެ ބާރުގަދަ އަތުގެ ތެރެއިން އޭނާގެ އަތް މިނިވަން ކުރުން ވީ ދަތި ކަމަކަށެވެ.

“އަޔާން… ތަދު…ތަދު ވެޔޭ….” ރޮވެމުން ދިޔައީތީ މަލަކް އަށް ބުނެވުނީ ވެސް ގިސްލަމުން ހުއްޓަ ހުއްޓައިގެންނެވެ.

މަލަކް ގެ އަޑު އިވުމާއެކު އަޔާން އަށް މަލަކް އާ ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި އެއަށްފަހު މަލަކް އޭނާ އާއި ގާތަށް ދަމާލިއެވެ. އަޔާން ގެ ގައިގައި ތަތްވި މަލަކް އަޔާން އާއި ދުރަށް ދާން މަސައްކަތް ކުރިޔަސް ކާމިޔާބު ވާގޮތްނުވީ އަޔާން ހިފައްޓާފައި ހުރިލެއް ބާރުކަމުންނެވެ.

“އައި ލަވްޔޫ” އަޔާން ގެ އަޑު މަލަކް ގެ ކަންފަތުގައި ޖެހުމާއެކު އޭނާ އަށް ވަގުތުން ހުއްޓެވުނެވެ. ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި ފަދައެވެ. މަލަކް ގެ ހަރަކާތް ތައްމަޑުވިކަން އެނގުމާއެކު އަޔާން ވާހަކަ ދެއްކިއެވެ.

“މަލަކް… އައި އެމް ސޮރީ ދެންމެ ކިޔުނު އެއްޗެއްސަށް… އެއީ އަހަރެން މަލަކް އާ ދިމާލަށް ކިޔަން ގަސްތު ކުރި އެއްވެސް އެއްޗެއްނޫން… އެކަމަކު އެއީ މަލަކް ގެ އަނގައިން ހަގީގަތް އެނގެން އަހަރެންނަށް އޮތް ހަމަ އެކަނި ގޮތް… އައި އެމް ސޮރީ” އަޔާން ވާހަކަ ހުއްޓާލުމާއެކު މަލަކް އަޔާން އާއި ދުރުވެލިއެވެ. އަޔާން މަލަކް ގެ އަތުގައި ހިފާލިއެވެ. އަދި އެއަތަށް ބަލާލިއެވެ. “އަހަރެން މަލަކް ގެ އަތުގައި ހިފަނީ މަލަކް ގެ އަތުން ދޫ ކޮށްލަން ބޭނުންވާތީއެއްނޫން… މުޅި އުމުރު މަލަކް އާއި އެކު ހާދަ ކުރަން ބޭނުންވާތީ…” އަޔާން އެއަތަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

“އަހަރެންނަށް އިތުބާރު ކޮށްފަ މަލަކް އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދޭނަންތަ؟ ބުނެބަލަ… މަލަކް” އަޔާން ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުން މަލަކް އޭނާ އަށް އިތުބާރު ކުރާށޭ ބުނަން ބޭނުވެފައި ވާވަރު ހާމަވޭވޭ ހުއްޓެވެ.

މަލަކް އަޔާން އަށް ބަލަހައްޓައިގެން ހުރި އިރު އަދިވެސް އެ ލޮލުގައި ބޮޑެތި ކަރުނަ ތިކިތައް ވިދަމުން ދިޔައެވެ. އަޔާން އަށް އިތުބާރު ކުރަން ބޭނުވެފައިވާ ވަރު މަލަކް ގެ ދެ ލޮލުން ފާޅުވަމުން ދިޔައެވެ.

“ޓްރަސްޓް މީ” އަޔާން ބޯ ޖަހާލަމުން ބުނެލިއެވެ. “ޔެސް” މަލަކް ބުނެލިއެވެ. އަޔާން ގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“އާރ ޔޫ ރެޑީ… އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދޭން…” އަޔާން މަލަކް ގެ ލޮލާ ލޯ ސީދާކޮށްގެން ހުރެ ސުވާލުކޮށްލިއެވެ. މަލަކް ގެ މޫނުމަތިން އޭނާ އަށް ނުތަނަވަސްކަން ފާހަގަ ކުރެވެމުން ދިޔައެވެ. “ޔެސް” އިސްޖަހާލަމުން މަލަކް ބުނެލިޔަސް އެ އަޑުގައިވި ޖެހިލުންވުމާ ކަން ބޮޑުވުން އަޔާން އަކަށް ސިއްރެއްނުވިއެވެ. އޭނާ މަލަކް ގެ ދަތްދޮޅިދަށަށް އަތް ލައްވާލާފައި މަލަކް ގެ އިސް އުފުލުވާލިއެވެ.

“އިޓްސް އޯކޭ… އައި ވިލް ބިލީވް ޔޫ” އަޔާން ޔަގީން ކަމާއެކު ބުނެލިއެވެ. “ހިނގާ ދާން…. ހަމަ ޖެހިލައިގެން އިށީނދެ ތިބެ ދޯ ވާހަކަ ދައްކާނީ…” އަޔާން މަލަކް ގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ.

“އަހަރެން އެ ވާހަކަ ބުނެފިނަމަ އަޔާން ގަބޫލް ކުރާނެތަ؟ އަޔާން އަށް ގަބޫލު ކުރަން ފަސޭހަވޭނެތަ؟ އަޔާން އަށް އަޑު އަހަން ކެރޭނެތަ؟ އަޔާން އަހަރެންނަށް އިތުބާރު ކުރާނަންތަ؟ އަޔާން ގެ އަމަލް ތައް ހުންނާނީ ކިހިނެތް” އަޔާން އާ އެކު ކުރިއަށް ހިނގަމުން ދިޔަ މަލަކް ގެ ހިތުގެ ހަމަޖެހުން ހިނދެއް ހިނދެކަށް ގެއްލެމުން ދިޔައެވެ. މީހާއަށް ނޭނގޭ ނުތަނަވަސް ކަމެއް ވެރިވެގެން ދިޔައެވެ. އަޔާން އޭނާ ދައްކާ ވާހަކަ ގަބޫލް ނުކޮށްފިނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟ މުޅި އުމުރަށް އަޔާން ގެއްލޭނީ ހެއްޔެވެ؟ ނޫނެކެވެ. އަޔާން އޭނާ އަށް ގެއްލޭކަށް އޭނާ ނޭދެއެވެ. އެހެން ވެގެން ނުވާނެއެވެ. މިކުރެވެން އުޅޭ ކަމާމެދު އަދިވެސް ހިތުގައި ޝައްކު އުފެދިފައި ހުރި މަލަކް ގެ ހިތުގައި ބިރުވެރިކަމެއް ވެސް ވިއެވެ. ކުރެވޭމކަމަކުން ބުނެވޭ އެއްމެ ބަހަކުން މުޅި އެންމެންގެ ތެރޭގައި ހަމަ ނުޖެހުން އުފެދިގެން ދާކަށް އޭނާ އަށް ނޭދެއެވެ.

ގޮނޑު ދޮށަށް ގޮސް ވެލިގަނޑު މަތީގައި ދެމީހުން އިށީނެވެ. އަޔާން މަލަކް އަށް ބަލާލިއެވެ. އޭރު މަލަކް ގެ ނަޒަރު ހުރީ މޫދާ ދިމާލަށް ހުއްޓިފައެވެ. “މަލަކް” މަލަކްގެ އަތުގައި ހިފަހައްޓާފައި އޮތް އަތަށް ބާރު ކޮށްލުމާއެކު އަޔަން ގޮވާލިއެވެ. މަޑު މަޑުން މޫނު އަނބުރާލި މަލަކް އަޔާން އަށް ބަލާލުމަށް ފަހު ބުމަ ހިއްލާލިއެވެ.

“ކިޔައިދީބަލަ…” އަޔާން ބުނެލުމާއެކު މަލަކް ފުންނޭވާއެއް ދޫކޮށްލިއެވެ.

“އަހަރެން ކިޔައދިނިއްޔާ އަޔާން އަހަރެންނަށް އިތުބާރު ކުރާނަންތަ؟” އަޔާންގެ ލޮލުން ނަޒަރު ވަކި ކޮށްލާ ދުރަށް ނަޒަރު ހުއްޓާލުމާއެކު މަލަކް ވާހަކަ ދެއްކިއެވެ.

“އަހަރެން މަލަކް އަށް ފުރިހަމަ އަށް އިތުބާރު ކުރަން… މަލަކް އަށް އަހަރެންނަށް އިތުބާރެއް ނުކުރެވޭތަ؟ ކޮންމެ ގޮތަކަށް މަލަކްވާހަކަ ބުންޏަސް އަހަރެން ގަބޫލް ކުރާނަން” އަޔާން ގެ ހިތްވެސް މިހާރު ބިރުގަންނަން ފަށައިފިއެވެ. އަނެއްކާ މަލަކް މި ދައްކަން އުޅޭ ވާހަކައިގެ ސަބަބުން އޭނާ އަށް ކުށް ހީއެއް ކުރެވިދާނެތީއެވެ.

“އަޔާން” މަލަކް ގޮވާލިއެވެ.

“ހޫމް…”

“އަޔާން… އަހަރެންނަށް އަޔާން އާ ގުޅެވެން ނެތް ސަބަބު ބަރަށް ބޮޑު. އަޔާން އަށް ނޭނގުނު ކަމުގައި ވިނަމަވެސް މި ވީ ދުވަސްތަކުގެ ގެރޭގައި ހަމަ ގައިމުވެސް ބައިވަރު ކަންތައް ބަދަލް ވެއްޖެ. ބައިވަރު ކަންތައް ހިގައިފި. ހުރިހާ ކަމެއް ވެސް ހިނގަމުން ދިޔައީ ފަރުދާގެ ފުރަގަހުގައި ކަމުން އަޔާން އަށް ފާހަގަ ނުވީ… މިއީ އެއް ގޮތަކަށް ވެސް އަހަރެން އަޔާން ގާތު ދައްކަން ބޭނުންވާ ވާހަކަ ތަކެއް ނުން… މިއަދު އަހަރެންގެ ސަބަބުން އަޔާން ގެ އެންމެ ގާތް މީހުންނާ މައްސަލަ ޖެހިއްޖެ ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ވެސް އަހަރެން… އަހަރެން ބިރުގަންނަނީ މި ވާހަކަ ތަކުން އަޔާން އަޔާން އަށް އަހަރެންނަށް އިތުބާރު ނުކުރެވީދާނެތީ… މި ކަމަކީ ހަމަ އެކަނި އަހަރެންގެ ދިރި އުޅުމާ ގުޅީފަ އޮތް ކަމެއް ނުން… ޚުދު އަޔާން ގެ ދިރި އުޅުމާ ވެސް ގުޅިފައިވާ ކަމެއް… ދުވަހަކުވެސް އަހަރެން އަޔާން އަށް އޮޅުވާލާފައެއްވެސް ނޯންނާނެ… އަޔާން އަހަރެންނާ އެކު އުޅެން ފުރަތަމަ ބޭނުންވި ދުވަހުވެސް އަހަރެންނަކީ ކިހާ ފެންވަރެއްގެ ކާކުކަން އަހަރެން ކިޔައިދިނީމު” މަލަކް ވާހަކަ ހުއްޓާލިއެވެ. އަދި އަޔާން އަށް ބަލާލީ އަޔާން ގެ މޫނުމަތިން އެއްޗެއް ދެނެގަނެވޭތޯއެވެ. އެހެންނަމަވެސް އޭނާ އަށް ހާސްވެ ކަން ބޮޑުވުން ފިޔަވާ އެހެން އިހްސާސް އެއް އަޔާން ގެ މޫނުމައްޗަކުން ނުފެނުނެވެ.

މަލަކް ގެ އަޑުގައިވެސް ވަނީ ވޭނެވެ. އަޔާން މަލަކް ގެ އަތަށް އަނެއްކާވެސް ބާރު ކޮށްލުމާއެކު ވާހަކަ ކުރިއަށް ގެންދިޔުމަށް އެދުނެވެ.

މަލަކް ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމާއެކު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަޔާން… އަހަރެން މި ކިޔައިދެނީ އަހަރެން އަޔާން އާ ދުރަށް ދާން ޖެހުނު ސަބަބު… އަޑު އަހައްޗޭ އަޔާން… އެންޑް ޕްލީޒް… އެއްވެސް ފިޔަވަޅެއް ކުއްލިއަކަށް ނުނަގާތި… ވިސްނާފަ އަމަލް ކުރާނީ” މަލަކް ވާހަކަ ދެއްކީ ވިސްނުންތެރިކަމާއެކުގައެވެ. “ސަބަބު ވަރަށް ވެސް ހިތި… އެއްވެސް ހާލެއްގައި ތިބާ ހިތް އެދޭ ގޮތަށް ހުރިހާ ކަމެއް ނުވާނެ އަޔާން… އިނގޭތަ އެ ސަބަބު. އެއީ އަހަރެން ނަކީ އަޔާން މެންހާ ފުދުގެން އުޅޭ ބަޔަކަށް ނުވާތީ” މަލަކް ބުނެލިއެވެ. އަދި އަނެއްކާވެސް ވާހަކަ ހުއްޓާލިއެވެ.

“މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ… ފަހަތުގައި ވަނީ… އަޔާން ގެ… އަޔާން ގެ އާއިލާ…”

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހިތް އެދުނަސް (11)

Next

އަފާ

Next
October 24, 2018

އަފާ

Previews
October 24, 2018

ހިތް އެދުނަސް (11)

13 Comments!

  1. Hi Mi says:
    October 24, 2018 at 10:21 pm

    salaam. so heres the next part. as the 11 th chapter was too short. and yh. this ep and next ep ga ves there will be more of ayan and malaks scenes as they will also play a huge role in the story in the future. so lets wait and see whats hpnd in their past so that we can go ahead with the story. what do u think is the reason? and more of Zain and eenaal will be there after we finished with this past thingy of both of them.
    jazakallah khairan. 🙂

  2. Me says:
    October 24, 2018 at 10:28 pm

    Woww its jst amazing .. n hama balahattaigen indha thi up kohla dhiny.. thanks?? whn nxt prt?? Avas kohladhehchey❤❤

    1. Hi Mi says:
      October 26, 2018 at 12:24 am

      Hehe. Ehentha dear. Lucky dw. THANKS. In Sha Allah next ep maadhan (friday ga) In Sha Allah. Much loves. ???❤❤❤

  3. Mal says:
    October 24, 2018 at 10:36 pm

    Wow…. Very nice

    1. Hi Mi says:
      October 26, 2018 at 12:23 am

      Thnaks dear. Means so much. ❤

  4. Pinky shifoo says:
    October 25, 2018 at 8:20 am

    Wow ???❤️❤️❤️… Mi part vx v v v reethi ❤️❤️❤️??????????????????… Haadha emotional ey ???… Ayaan malak ge vaahaka gaboolu kuraane baa??? ???… Eenaal n zain ah kihineh baa vaanee??? ???… Story haadha interesting ey Hi Mi ???❤️❤️❤️… I just love your stories ❤️❤️❤️?????????… Story kiyaalaairu heevany kurimathin fenna manzaruthakeh henn ??????… Great job Hi Mi ??????❤️❤️❤️… Curiously waiting for the next part ???… Lots of love my favourite writer Hi Mi ❤️❤️❤️??????????????????…

    1. Hi Mi says:
      October 26, 2018 at 12:23 am

      Pinky gw loqbi loabi long commwnt dw again. Hehe. ????????????vvv ufaavehjje. Pinky ge comment thakugw fan eh himi mi ingey hehe. ❤??❤???? hingaa balamaa dw ayaan and malak ah va gotheh. ??? vvv ufavey pinky thidhey support ah. Much loves from himi. ❤❤❤❤❤

  5. Naju says:
    October 25, 2018 at 10:03 am

    Alhey himi mi part thi ninmaaly haadha curious kohlaafa ey ????????????… As usual mi partvx v v v rythi ingey ?????????❤❤❤… Alhey malak bunaany keekeybaa? V v v interesting vehje mihaaruvx ????????????… curiously can’t wait for the next ????????????… much loves ???????❤❤❤????????????????????????

    1. Hi Mi says:
      October 26, 2018 at 12:20 am

      Hehe naju. Dear. So happy to see ur colourful commwnt dear. ???☺☺☺ himi ah thidhey support ah v bidah shukuru adhaakuran beynun. ❤❤❤??❤ himi ehaa molheh ves nun colourful comment hadhaakah hehe. ??? hingaa balamaa dw dhen vaa gotheh. ??? v ufaavey thidhey support ah. Much loves. ❤❤❤

  6. Airah says:
    October 25, 2018 at 10:33 am

    when Next?vvv Reethi mi part ves.waiting for Next Part.

    1. Hi Mi says:
      October 26, 2018 at 12:18 am

      N3xt ep In Sha Allah. Tomorw keep waiting dear. Much loves. ???

  7. unique says:
    October 25, 2018 at 4:09 pm

    himi i just love this story mi partvx varah varah varah varah loabi, just loved it……..waiting for the next part curiously……. missed u n the story

    1. Hi Mi says:
      October 26, 2018 at 12:18 am

      Alheyh. Unique dear. Vvv ufaavey thidhey support ah.unique mathin v miss v ey himi ves. Comment kuraa kudhin kolhu nufennaathy v dhera vefa mi hunnani ves hehe. Lets sew dw dhwn vaa gotheh. Much loves and thanks. ???

Comments are closed.


All Right Reserved!