އެވްލީން… 12
މޫދުގެ ލޮނުގަނޑު ކަފަމުން ލޯންޗް އޭގެ އެންމެ ހަލުވި ސްޕީޑްގައި ދުއްވަމުން ދިޔައެވެ. ޓްރޮޕިކަލް އައިލޭންޑް ރިޒޯޓަށް ދެވެންދެން ނީލާ އުޅުނީ ޒަވީންއާއި ވަރަށް ކައިރިންނެވެ. ނީލާ ޒަވީންއާއި ކައިރިން އުޅުމުން އެވްލީން ހުރީ ރުޅިއަންނަ ގޮތްވެފައެވެ. ބައެއްފަހަރު ނީލާއާއި ދިމާއަށް ހަޅޭއް ލަވައިގަންނަންވެސް އެވްލީން ބޭނުންވިއެވެ. ނަމަވެސް ޒަވީންއާއި ނީލާ އާދެމެދު ގުޅުމެއް ނުވާނަމަ ޒަވީން ނީލާއަށް އޭނައާއި އެހާކައިރިން އުޅުމުގެ ފުރުސަތެއް ނުދޭނެއެވެ. ހަޤީޤަތުގައި ޒަވީން ނީލާ ލޯންޗްގައި ތިބި ހުރިހާ އެންމެންގެ ކުރިމަތީގައި ލަދުގަންނަވާލަން ބޭނުންނުވާތީ ކެތްކޮށްގެން ހުރީއެވެ. ނަމަވެސް އެވްލީންއަށް ހީކުރެވުނީ މުޅިން ނުބައިކޮށެވެ.
ޓްރޮޕިކަލް އައިލޭންޑް ރިޒޯޓަކީ ގިނަ އަދެދެއްގެ ޓޫރިސްޓުން އަންނަ މަޝްހޫރު ރިޒޯޓެކެވެ. ރިޒޯޓްގެ ރީތި ގޮނޑުދޮށޮށަށް އިރުގެ ދަޅަތައް އެޅިފައިވުމާއެކު ހީވަނީ ހުދުސައިލެއް މުޅިތަނަށް ފަތުރާާލާފައި ވާހެންނެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގެ އަޑު މެދު ކެނޑުމެއްނެތި އިވެމުން ދިޔައިރު ފަޒާގައި ގުގުމާލާފައި ވަނީ ރާޅުގެ ލުއި މިޔުޒިކީ އަޑެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން ތަކުން ރިޒޯޓްގެ ސާފު ބިއްލޫރި ކޮޅެއްހެން ފެންނަމުން ދިޔަ މޫދު ފުރާލާފައި ވާއިރު ދުރުދުރަށް ދާންދެން ފެންމުން ދިޔައީ ޤުދުރަތީ ރީތިކަމެވެ. ރިޒޯޓްގައި ހެދިފައިވާ ރުއްތަކާއި އެކިކަހަލަ ގަސްތަކުން ރިޒޯޓަށް ފެހިކަންގަދަ ދިރުމެއް ގެނެސްދީފައިވެއެވެ.
ލޯންޗް ފާލަމަށް ލެފުމާއެކު ޖުނެއިނާމެންގެ އިސްތިޤްބާލުގައި ފާލަންކައިރީގައި ހުއްޓިލައިގެން ތިބި މެނޭޖަރާއި އަދިވެސް މަތީ ފަންތީގެ މީހުންތައް ޖުނެއިނާއަށް ހޫނު މަރުޚަބާއެއް ކިޔެވެ. ރަތް ކުލައިގެ ދޫލައެއް ފާލަން މައްޗަށް ފަތުރާލާފައި ވާއިރު ފާލަންގެ ދެފަރާތުގައި މާވަށިތައް ބެހެއްޓިފައިވެއެވެ. މޫދުގައި ހެދިފައިވާ އެކިކުލަކުލައިގެ މުރަކަތަކުގެ ސަބަބުން މޫދަށް އިތުރު ދިރުމެއް ގެނެސްދީފައިވެއެވެ. ދިޔަވަރު ބޮޑު ވަގުތެއްކަމުން މަސްތައް ހަރާކާތްތެރިވާ މަންޒަރު ސާފުކޮށް ފެންނަމުން ދިޔައެވެ.
” ގުޑް މޯރނިންގް މޭމް… ” އުފާވެރި ހިނިތުންވުމާއެކު މެނޭޖާރ އާކިލް ވާހަކަ ދައްކަން ފެއްޓިއެވެ. ” ގުޑް މޯރނިންގް… އަހަރެން ބުނިގޮތަށްތަ ހުރިހާކަމެއް ނިންމާފަތަ ހުރީ ؟ ” ޖުނެއިނާގެ އާހާލިއެވެ. ” މޭމް ބޭނުންވި ގޮތަށް ވޯޓާރ ބަންގްލޯރތަކުން ކޮޓަރިތައް ހަމަޖައްސާފައި ވާނީ… ” އަދަބު ވެރިކަމާއެކު އާކިލް ޖުނެއިނާގެ ސުވާލަށް ޖަވާބުދިނެވެ.
ޖުނެއިނާ އާކިލްއާއި ކުޑަ އިރުކޮޅެއް ވަންދެން ވާހަކަ ދައްކާލުމަށްފަހު ހިނގައިގަތީ އެމީހުން ތިބުމަށް ހަމަޖެހިފައިވާ ވޯޓާރ ބަންގްލޯރތަކާ ދިމާއަށެވެ. ޖުނެއިނާ އެންމެ ކުރީގައި ހުރެގެން ހިނގަމުން ދިޔައިރު އެވްލީންއަށް ޖެހުނީ ޒަވީންއާއި ނީލާގެ ފަހަތުން އަންނާށެވެ. ނީލާ ބައެއްފަހަރު ޒަވީންގެ އަތުގައި ބީހިލުމަށްފަހު ސޮރީއޭ ބުނުމަށްފަހު ދުރަށް ޖެހިލައެވެ. އެވްލީންއަށް މިމަންޒަރުތައް ފެންނަ ކޮންމެ ފަހަރަކު އޭނަގެ ތެރެހަށީގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑު ފަޅއިގެން ދާހާވެއެވެ. އެވްލީންގެ ހިތަށް އެންމެ ތަދުވީ ޒަވީން ނީލަ ކުރާ ކަންތައް ހުއްޓުވަން ނޫޅުމުންނެވެ.
އެވްލީންގެ މޫޑުއެއްކޮށް ޚަރާބުވެގެން ދިޔައެވެ. އޭނަ ރިޒޯޓަށް އައީ ޒަވީންއާއެކު ވަގުތުކޮޅެއް ހޭދަކުރާށެވެ. ނަމަވެސް ނިލާ ވެގެންދިޔައީ އޭނަގެ ހުރިހާ ކަމަކަށް ހުރަސް އަޅަން ހުރި ފާރަކަށެވެ. ނީލާ ޒަވީންގެ ހިޔަނިހެން ޒަވީންގެ ފަސްފަހަތުން ވިއްދާލައިގެން ހުރުމުން އެވްލީން ބައެއްފަހަރު ލޯމަރާލަނީ ރުޅިގަނޑު އޮއްބައިލުމަށެވެ. އޭނަ ނޫން އަންހެންކުއްޖަކު ޒަވީންގެ ގައިގައި ބީހެން އޭނަ ބޭނުން ނުވާއިރު ނީލާ ޒަވީންއާއި އެހާ ކައިރީގައި ހުރުމުގެ ފުރުސަތު ދޭން އެވްލީންއަށް ކެތްވާނެހެއްޔެވެ ؟ އޭނަގެ ހިތުގައި ޖަހާ ވިންދުތަކުގައި ޒަވީންގެ ނަންވާއިރު ނީލާއަށް ޒަވީންއާއި ކައިރިން އުޅުމުގެ ފުރުސަތު އޭނައަށް ދެވޭނެހެއްޔެވެ ؟ އެވްލީން މޫދަށް ނަޒަރު ހިންގާލީ ލޮލަށް ކަރުނަ ޖަމާވާން ފެށުމުންނެވެ. ކިތަންމެ ނުރޯން ހުރިކަމުގައި ވީނަމަވެސް ނީލާ އުޅޭ ފާޑުގެ ސަބަބުން އޭނަގެ ހިތަށް އިތުރު ޒަހަމްތައް ލިބެނީއެވެ.
ޒަވީން ކިތަންމެ ކެތްކޮށްގެން ހުރިކަމުގައި ވީނަމަވެސް އެންމެފަހުން ނީލާ ޒަވީންގެ މުލައްދަނޑީގައި ހިފާލުމާއެކު ޒަވީންއަށް ހީވި ކަރަންޓުގައި ޖެހުނުހެންނެވެ. އަވަސް އަވަހަށް ނީލާގެ އަތް ފޮޅުވާލުމާއެކު ނީލާއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ. ނީލާއަށް އޭނަގެ ހަށިގަނޑު ބެލެންސް ނުވިނަމަ އޭނަ މޫދަށް ވެއްޓުނީހެވެ. ނީލާގެ ހިތުގެ ތެޅުން އަވަސް ވެގެންދިޔައީ ގަތްބިރެއްގެ ސަބަބުންނެވެ. އޭނަ މޫދަށް ވެއްޓުނުނަމަ ވާނެ ގޮތެއްވެސް ނޭގެއެވެ. އޭނަ މޫދުގައިވާ މަސްތައް ދެކެ އިންތިހާއަށް ބިރުގަންނައިރު މަޑިފަދަ ތަކެތި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ތިބޭނެކަން އޭނައަށް ވަނީ އެނގިފައެވެ. ހުރިހާ އެންމެންގެ ލޯތައް ނީލާއަށް އަމާޒު ވުމާއެކު ނީލާ ލަދުންގޮސް ހަލާކުވާވަރުވިއެވެ. އުމުރު ދުވަހުގައިވެސް އޭނަ މިހާ ލަދެއް ނުގަނެއެވެ. ޖުނެއިނާގެ ސަބަބުން އެންމެފަހުން އޭނަ ބޭޒާރު ނުވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
ޒަވީން ނީލާ ފޮޅުވާލުމުން އެވްލީންއަށް ކުޑަ ޝޮކެއް ލިބުނު ކަމުގައި ވީނަމަވެސް އެހިތަށް ބަޔާން ނުކުރެވޭހާ ބޮޑު ފަސޭހައެއް ލިބުނެވެ. އޭނަގެ ހިތުގައިވާ ޝަކުވާތައް ފިލައިގެންދާން ނެގީ މަދު ސިކުންތު ކޮޅެކެވެ. ޒަވީންގެ އެއަމަލުގެ ސަބަބުން ނީލާއާއި ޒަވީންއާއި ދެމެދުގައި އޮތް ބީރައްޓެހިކަން އެވްލީންއަށް ވަގުތުން ނަގައިގަނެވުނެވެ. ޒަވީން ނީލާދެކެ ކުޑަކޮށްވެސް ގަޔާވާނަމަ އެންމެންގެ ތެރޭގައި ނީލާ ލަދު ނުގަންނަވާލީހެވެ.
ވޯޓާރ ބަންގްލޯރތައް ވަނީ ރިޒޯޓްގެ ދެކުނުގައި ކަމުން ދާން ޖެހުނީ ބަގީގަ އެވެ. ރިޒޯޓް ތެރޭގައި އެކިކަހަލަ ޓޫރިސްޓް ޝޮޕްތައް ވާއިރު ތަފާތު ސާމާނުތައް އެތަންތަނުން ލިބެން ހުއްޓެވެ. ހިނގަން ހަދާފައިވާ ކޮންމެ މަގެއްގެ ދެފަރާތުގައި ގާތައް އަޅާފައިވާއިރު އެސްޓާރ މާގަސްތަކާއި ނޫކުލައިގެ ފިނިފެންމާ ގަސްތައް އިންދާފައި ވެއެވެ. އެމާތަކުގެ ލުއި މީރުވަސް ފަޒާގައި ހަރުލާފައި އޮތެވެ. ރިޒޯޓްގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިކަމުގައި ވީނަމަވެސް ފެނިގެންދާނީ އިންޓީރިއާރ ޑިޒައިނަރުންގެ މޮޅުކަމެވެ..
* * *
ވޯޓާރ ބަންގްލޯރ ތަކަށް ދާން ހަދާފައިވާ ފާލަންގެ މައްޗަށް ފަތުރާލާފައިވަނީ ހުދުކުލައިގެ ދޫލައެކެވެ. ފާލަމުގެ ދެފަރާތުގައި ފެންސް ޖަހާފައި ވާއިރު ފާލަން ހުރީ ފުދޭވަރަކަށް އުސްކޮށެވެ. ކަނޑުގެ ދިރުންތަކަށް ނަޒަރު ހިންގަމުން އެވްލީން ކުރިއަށް ދިޔަ އެވެ. އޭރު ނީލާ އައީ ހުރިހާ އެންމެންނަށްވުރެ ފަހަތުންނެވެ.
ނީލާ ހުރީ އެންމެންގެ ތެރޭގައި ލަދުގަތުމުގެ ސަބަބުން ކުޑަކޮށް ރުޅިވެސް އައިސްފައެވެ. އެވްލީން ޒަވީންއާ އެއް ހަމައެއްގައި ހިނގަމުން ދިޔައިރު ދޭތެރެއަކުން އެވްލީން ޒަވީންގެ މޫނަށް ބަލައިލައެވެ. ޒަވީންގެ އަޅި ކުލައިގެ ލޮލަށް އިރުގެ ދަޅަތައް އެޅިފައި ވުމާއެކު އެލޮލުގެ ވިދުވަރު ކުރިއަށްވުރެ ތޫނުކަމަށް ދައްކައެވެ. ޒަވީންގެ އިސްތަށި ގަނޑުން ބައެއް ވަޔާއެކު އެމޫނަށް ފައިބައިފައި ވާއިރު ހާދަ ރީއްޗެވެ.
” ދިސް އިޒް ޔޯރ ރޫމް މޭމް… ” ކޮޓަރިއެއްގެ ކުރިމައްޗަށް ހުއްޓިލުމަށްފަހު އެވްލީން އަތަށް ކާއިލް ތަޅުދަނޑިއެއް ދިއްކޮށްލިއެވެ. އެވްލީން ހިނިތުންވެލަމުން ތަޅުދަނޑި އަތުލިއެވެ. ” ނީލާވެސް ހުންނާނީ މޭމްގެ ކޮޓަރީގައި… ސޮރީ މޭމް… މިފަހަރު ރިޒޯޓް ފުލްވެފައި އޮތީމަ މިހެން ހަދަން ޖެހުނީ… ” ކާއިލް ކުއްލިޔަކަށް ބުނެލި ޖުމްލައިން އެވްލީންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނަ ނީލާ ދެކެ އިންތިހާއަށް ރުޅި އަންނައިރު ނީލާއާއެކު އުޅެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ނަމަވެސް އޭނައަކަށް އެކަމާ ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ. އެވްލީން ފޫހިގޮތަކަށް ނީލާގެ މޫނަށް ބަލާލިއެވެ.
އެވްލީން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނަމުން ޒަވީންއަށް ބަލައިލިވަގުތު އެވްލީންގެ މެޔަށް ފިނިވެގެން ދިޔައެވެ. ޒަވީންގެ ތޫނު ނަޒަރު ހުއްޓާލެވިފައި ވަނީ ސީދާ އެވްލީންގެ މޫނަށެވެ. އެވްލީން އަވަސް އަވަހަށް ދުރުބަލަން ފެށީ އޭނަ އަނބުރައިގެން ފާނެތީއެވެ.
* * *
އެވްލީން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ބޮޑު ކްރިސްޓަލް ޗާންދަލިއާއެއް ސީލިންގްގައި ހަރުކުރެވިފައި ވާއިރު އެޗާންދަލިޔާ ވިދަމުން ދިޔައިރު ހީވަނީ ޖަވާހިރު ތަކެއް ހެންނެނެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ކިންގް ސައިޒް ބެޑެއް ބަހައްޓާފައި ހުރިއިރު ބެޑްގައިވަނީ ރަތްކުލައިގެ ސިލްކް ބެޑް ޝީޓެއް އަޅާފައެވެ. ސައިޑް ޓޭބަލް މަތީގައި ތާޒާ ލިލަކް މާތަކެއް ޖަހާފައިފައި ހުރި ވާސް ތަކެއްވާއިރު ލިލަކްގެ މީރުވަސްވަނީ ކޮޓަރިތެރެއަށް ފެތުރިފައެވެ. ޑްރެސިން ގްޑޭބަލް ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ކޭންޑްލް ހޯލްޑަރެއް ބަހައްޓާފައި ހުރިއިރު ލެމަން ކޭންޑްލް ތަކެއް އޭގައި ބަހައްޓާފައި ހުއްޓެވެ. އެވްލީން އޭނަ ގެނައި ދަބަސް އެނދުގައި ބާއްވަމުން ގޮސް ރަތްކުލައިގެ ބޯފަރުދާތައް ކަހާލުމަށްފަހު ޑްރެސިންގް ޓޭބަލް ކައިރީގައި ހުރި ކުޑަދޮރު ހުޅުވާލިއެވެ. އެވަގުތު ލުއި ވައިރޯޅިތަކެއް އައިސް އެވްލީންގެ މޫނަށް ބޮސްދިނުމުގެ ޝަރަފް ހޯދިއެވެ.
ދުރުދުރަށް ދާންދެން ފެންނަން އޮތް މޫދުގެ ރީތިކަމުގެ ސަބަބުން އެވްލީންއަށް އެތައް އިރެއް ވަންދެން މޫދަށް ބަލަހައްޓައިގެން ހުރެވުނެވެ. އެކި ހިސާބުތަކުގައި އެދިފައިވާ މާސިންގާ މުރަކަތައް ދެބިއްފެންނަ ބިއްލޫރި ގަނޑެއްހެން އޮތް މޫދުގެ ތެރެއިން ފެންނަމުން ދިޔައިރު ހާދަ ފުރިހަމައެވެ. ބޭރުން ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ތެރޭގައި ޓޫރިސްޓުން ތަކެއް ރާޅާއަޅަމުން ދިޔައިރު ހީވަނީ ކުރެހުންތެރިއެއްގެ މޮޅު ކުރެހުމެއް ހެންނެވެ. އިރުގެ ދަޅަތައް މޫދުގެ ލޮލުގަނޑަށް އެޅިފައިވުމާއެކު ލޮނުގަނދު ވިދަމުން ދިޔައެވެ.
” ހީ އިޒް ޓޫ ހޮޓް… ” ކަންނެތް ގޮތަކަށް ނީލާ ކޮޓަރީގައި ހުރި ރަތްކުލައިގެ ސޯފާއަށް ވެއްޓިގަތެވެ. ނީލާގެ ޖުމްލައިން އެވްލީން ސިހުނެވެ. އެވްލީން ނީލާއާއި ދިމާއަށް ލޯއަޅާލިއެވެ. ” ހޭއި… ކިހިނެއްވެފަތަ ؟ ، ސީރިއަސްލީ ޒޭވް އިޒް ސޯ ހޮޓް… ” އެވްލީންގެ މޫނަށް އަރާފައިބަމުންދިޔަ ކުލަތަކުން ނީލާ އަހާލައިފިއެވެ. ނީލާ ” ޒޭވް ” އޭކިޔުމުން އެވްލީންއަށް ވީގޮތެއް ނޭގުނެވެ. އަތުގައި ހުރި ހުރިހާ ބާރަކާއެކު ކުޑަދޮރު ލައްޕާލުމާއެކު ބިއްލޫރިގަނޑު ތަޅައިގެން ނުދިޔައީ ހަމަކިރިޔާއެވެ. ކޮޓަރިއަށް ފެތުރިންގެންދިޔަ ބާރު އަޑުފަށް ގަނޑުގެ ސަބަބުން ނީލާ ދިޔައީ ސިއްސައިގެންނެވެ. ނީލާ އެވްލީންއާއި ދިމާށް ބަލައިލި ވަގުތު އެވްލީންގެ މުށި ކުލައިގެ ލޮލުގައި ވިދަމުންދިޔަ ރުޅިވެރިކަން ފެނުމާއެކު ނީލާގެ ގަތަށް އައީ ނުލަފާ ހިންޏެކެވެ. ނީލާ ތެދުވެގެންގޮސް އެވްލީން ކުރިމައްޗަށް ހުއްޓިލިއެވެ.
” ޔޫ އޯކޭ ؟ ތެރަޕިސްޓަކު ގެންނަންވީ ދޯ ؟ ” މަލާމާތުގެ ރާގަކަށް ނީލާ ބުނެލިއެވެ. އެވްލީން އެއްވެސް އެއްޗެއް ނުބުނެ ކެތް ކޮށްގެން ހުރީ އޭނަ މިހުރިހާ އިރު ވަންދެން ފިނިކޮށްލައިގެން ހުރި ރުޅިގަނޑު ފަޅައިގެން ހިނގައި ދޭނެތީއެވެ. ” ހާދަ ރުޅިއެކޭ ތިއައީ….. އެވްލީން ކައިރީގަ ޒޭވް ނުބުނޭތަ އަހަރެންނާއި ޒޭވްގެ ރިލޭޝަންޝިޕްގެ ވާހަކަ ؟ ” ނީލާ ބޭނުންވީ މިއަދު ހިނގި ހާދިސާ އެވްލީންގެ ހަދާނުން ފޮހެލާށެވެ. އެހެން ނޫންނަމަ އޭނައާއި ޖުނެއިނާގެ ރޭވުންގަނޑު ކާމިޔާބެއް ނުވާނެއެވެ. ނީލާ މަސައްކަތް ކުރަމުން ދިޔައީ އޭނައާއި ޒަވީންއާއި ދެމެދު ގުޅެމެއް އޮތްނަކަން އެވްލީންއަށް ސާބިތުކޮށްދޭށެވެ.
” ހުސް ދޮގު ތިހަދަނީ…. ” އެވްލީން ރުޅިއައިސްފައި ހުރިވަރުން އަޑުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެންވިއެވެ.
”ޔޫ ލައިކް ހިމް؟…” ނުލަފާ ހިންޏެއް އައިސްފައި ހުރި ނީލާ އެހި އެވެ. ” ސޯ ސޭޑް…. އެވްލީން ޤަބޫލުކުރަން ބޭނުން ނުވިޔަސް ޒޭވް ލޯބިވޭ އަހަރެންދެކެ… ”
ނީލާގެ ވާހަކަތަކުން އެވްލީންގެ ސިކުނޑި ހާސްކުރަން ފެށުމުން އެވްލީން ބޭނުންވީ ވީހާވެސް އަވަހަކަށް ކޮޓަރިން ނިކުންނާށެވެ.
* * *
ކޮޓަރިން ނިކުމެވުމާއެކު އެވްލީންއަށް ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށް ލެވުނެވެ. ފެންނަމުން ދިޔަ ރީތި ޤުދުރަތީ މަންޒަރު ތަކުން އެވްލީންގެ ރުޅިގަނޑު ފިނިވެގެންދިޔަ ކަމުގައި ވީނަމަވެސް އެވްލީންގެ ކަންފަތުގައި ގުގުމަމުން ދިޔައީ ނީލާ ބުނި ޖުމްލަތަކެކެވެ. ކުއްލިޔަކަށް ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވުމުން އެވްލީން ފަސްއެނބުރި ބަލައިލިއިރު ޒަވީން އައިސް އޭނައާއި އަރާހަމަކުރަނީއެވެ.
” ޒަ..ޒަވީން.. ” އެވްލީންއަށް ބުނެލުވުނެވެ. ” އެވްލީން… ކަމެއްވީތަ ތިހާ ސޭޑްވެފަ ތިހުރީ ؟ ” އެވްލީންގެ މޫނުމަތިން ފެންނަމުންދިޔަ ހިތާމަވެރިކަން ޒަވީންއަށް ސިއްރެއް ނުވިއެވެ. ” ކަމެއް ނުވޭ… ” އެވްލީން ތަންކޮޅެއް ދުރުން ފެންނަމުންދިޔަ ދޮންވިލިގަނޑަށް ނަޒަރު ހިންގާލިއެވެ.
” ޔޫ އާރ ލައިންގް… ނީލާ އެއްޗެކޭ ބުނީދޯ ؟ ” އެވްލީންގެ އަތުގައި ހިފައްހައްޓާލަމުން ޒަވީން އެވްލީން އޭނައާ ދިމާއަށް އަނބުރާލިއެވެ. ” އަހަރެން ބުނެފީމެއްނު ކަމެއް ނުވެޔޭ… އައިމް ފައިން ، ދެން ކީއްކުރަން ޒަވީން ތިސުވާލު ތިކުރަނީ…. އެންޑް ޕްލީޒް ލީވް މައި ހޭންޑް ! ” ނީލާގެ ޖުމްލަތައް އެވްލީންގެ ކަންފަތް ތެރޭގައި ރަނގަ ބީލެެއްހެން ގުގުމަމުން ދިޔައެވެ. އެވްލީންގެ އަތުން ޒަވީން ދޫކޮށްލުމާއެކު އެވްލީން ބާރު ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ނީލާ ބޭރަށް ނިކުތްތަން ފެނުމުން ޒަވީން ނީލާގެ މޫނަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ނީލާގެ ސަބަބުން އޭނައާއި އެވްލީންގެ އެކުވެރިކަމުގެ ވާފަށް ކަނޑައިގެން ނުދިޔައިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އޭނަގެ ހިތުގައި އެވްލީންގެ ސޫރަ ތާއަބަދު ބިންވަޅު ނެގިފައިވާއިރު އޭނަގެ ޒަމީރު ތަކިރާރުކޮށް ބުނަމުން ދިޔައީ އެންމެ ބަހެކެވެ. އޭނައަށް އެވްލީންދެކެ ލޯބި ވެވިފައި ވާކަމެވެ. ނަމަވެސް ނީލާގެ ސަބަބުން އޭނައަށް އެވްލީންގެ ކަންފަތާއި ހަމައަށް އެބަސްތައް ފޯރު ކޮށްދެވޭނެ ހެނެއް ހިޔެއްނުވެއެވެ. މިހާރުވެސް އެވްލީން ކައިރީގައި ނީލާ ކިޔައިގެން އެއުޅެނީ ކީކޭ ކަމެއްވެސް ނޭނގެއެވެ.
އެވްލީން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އަވަސް އަވަހަށްގޮސް ފާޚަނާއަށް ވަނެވެ. އޭރު އެރީތި ދެލޯ ފޫދުއްވާލުމަށްފަހު ކަރުނަ ފައިބަމުން ދިޔައެވެ. އެވްލީން ފާޚަނާގައިވާ ލޯގަޑު ކުރިމައްޗަށް ހުއްޓިލަމުން އަމިއްލަ ނަސްފަށް ބަލައިލިއެވެ. މިވީ ކިހިނެއް ބާވައެވެ ؟ އެވްލީންއަށް ޒަވީންއާ އެހާ ހަރުކަށިކޮށް ވާހަކަ ދެއްކުނީތީ އެކަމާ އެވްލީން ދެރަވިއެވެ. ނީލާގެ ބަސްތައް ޤަބޫލު ކުރެވުނީތީވެސް މިހާރު އޭނަގެ މޮޔަކަން ހިތަށް އެބައަރައެވެ. ނީލާ ކަހަލަ ކުދިން ދޮގު ހަދާފާނެއެވެ. ނަމަވެސް އޭނަގެ މޮޔަކަމުން ނީލާއަށް އޭނަގެ ބޮލަށް ވަނުމުގެ ފުރުސަތު ދެވުނީއެވެ. އެވްލީން ކަރުނަތައް ފޮހެލުމަށްފަހު މޫނު ދޮންނަ ތަށިގަނޑުގެ އިސްކުރަށް ދޫކޮށްލުމަށްފަހު ފެންގޮށްޓެއް ބޫނަށް ބުރުއްސާލިއެވެ. ވަރުބަލިވުމުގެ ސަބަބުން އެވްލީން ބޭނުންވީ ފެންވަރާލާށެވެ.
އެވްލީން އެދޮން ހަށިގަނޑު ސައިބޯނި ބޮކިތަކުން ފުރާލާފައިވާ ބިލިގާގެ ތެރޭގައި ފޮރުވާލިއެވެ. އެވްލީން ދެލޯ މަރާލުމާއެކު ފުރަތަމަވެސް ސިފަވެގެން ދިޔައީ ޒަވީންގެ ރީތި ސޫރައެވެ.
* * *
ރިޒޯޓްގެ ރެސްޓޯރެންޓް ކައިރީގައިވާ ކުޑަމަގަކުން ވަދެގެން ދާއިރު އޮތްނަ ބޮޑު ސްވިމިންގް ޕޫލްގެ ސަބަބުން ރިޒޯޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ސްވިމިންގް ޕޫލްގެ މަތިން ހިނގާފައި ދެވޭގޮތަށް ބްރިިޖެއް އަޅާފައިވާއިރު ބްރިޖްގައި ލާފައިވަަނީ މަޑު ނޫކުލައެކެވެ. އިންޑޯރ ގަސްތަކުން މުޅިތަން ފުރާލާފައި ވާއިރު ޖަހާފައިވި ކުޑަތަކުގެ ދަށުގައި އަރާމުކުރަން ގޮނޑިތަކެއް ބަހައްޓާފައިވެއެވެ.
އެވްލީން ސްވިމިންގް ޕޫލް ކައިރީގައި ބަަހައްޓާފައިވާ ގޮނޑިއެއްގައި އިށީންދެލައިގެން އިންއިރު އެވްލީންގެ ނަޒަރު ހުއްޓާލެވިފައިވަނީ ސްވިމިންގް ޕޫލަށެވެ. ” އެވްލީން… ” ޒަވީން އެވްލީން ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން އެވްލީންއަށް ގޮވާލިއެވެ. އެވްލީން ދިޔައީ ޒަވީންގެ އަޑަށްް ސިއްސައިގެންނެވެ. ލަސްލަހުން އެވްލީން ޒަވީންގެ ރީތި މޫނަށް ނަޒަރު ހުއްޓާލިއިރު އެހިތުގެ ތެޅުންވަނީ އަވަސް ވެފައެވެ. ޒަވީން ކައިރިން މާއާފަށް އެދެން މިހާރަނގަޅު ފުރުސަތެއް ނުލިބޭނެއެވެ. ނަމަވެސް އެވްލީންއަށް ބެހެއް ބުނަން އޭނަގެ ދޫހަރާކަތެއް ނުކުރެވުނެވެ.
” އެވްލީން ނީލާ އެއްޗެކޭ ބުނީތަ މިއަދު ؟ ” ޒަވީން އޭނަގެ ނަޒަރު އެވްލީންގެ މޫނަށް ހުއްޓާލިއެވެ. ” ނޫން… ނޫން ނީލާ އެއްޗެކޭ ބުނީކީ ނޫން… ” އެވްލީންއަށް ކުޑަ ހިތްވަރެއް ލިބުމާއެކު އެވްލީން ވާހަކަ ދައްކަން ފެށިއެވެ. ” ދެން ކިނިނެއްތަވީ އެވްލީން އެހާ ރުޅިއައީ ؟ ” ޒަވީން އަވަސް އަވަހަށް އަހާލިއެވެ. ” ބައްޕަ މަތިން ހަނދާންވީ… އިޓް ނަތިންގް ޓޫ ސީރިއަސް… ” އެވްލީން ބޭނުންވީ ނީލާ ދެއްކި ވާހަކަތައް ފޮރުވާލާށެވެ. ” އޯހް… ” ޒަވީންގެ ބުނެލިއެވެ.
” ޕޫލަށް އެރެން އެވްލީން ބޭނުންތަ ؟ ” ޒަވީން އުފާވެރި ހިނިތުން ވުމަކާއެކު ބުނެލިއެވެ. ” ބޭނުން އެކަމަކު އަހަންނަށް ފަތަން ނޭނގޭ…. ” އެވްލީން ދެއަތް ޖޯޑު ކޮށްލަމުން ބުނެލިއެވެ. ” އަހަރެން މިހުރީއެއްނު… ” ޒަވީން ގޮނޑިން ތެދުވެލަމުން އޭނަ ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ގޮނޑި މަތީގައި ބޭއްވިއެވެ. ޒަވީންގެ ކަސްރަތީ ހަށިގަނޑު ހާމަވެގެން ދިއުމާއެކު އެވްލީންގެ މެޔަށް ފިނިވެގެން ދިޔައެވެ. އެބާރު ގަދަ މުލައްދަނޑީގެ ބާރު އިހްސާސް ކޮށްލަން ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުން ވާނެކަން ޔަޤީނެވެ. ” ލެޓްސް ގޯ…. ” ޒަވީން އޭނަގެ އަތް އެވްލީންއަށް ދިއްކޮށްލަމުން ބުނެލިއެވެ. އެވްލީން ތެޅިތެޅި އޮތް ހިތަކާއެކު ޒަވީންގެ އަތުގައި ހިފާލުމާއެކު އެވްލީންގެ މުޅިހަށިގަނޑު ފިނިވެގެން ދިޔައެވެ.
އެވްލީން ޒަވީންއާއެ ގޮސް ޕޫލަށް އެރުމާއެކު އެވްލީންއަށް ބާރަކަށް ޒަވީންގެ ހަށިގަނޑުގައި ހިފަހައްޓާލެވުނެވެ. އޭރު ދެހިތުގެ ތެޅުންވެސް ކުއްލިޔަކަށް އަވަސްވެގެން ދިޔައެވެ. ޒަވީންގެ ހަށިގަނޑުގެ ހޫނު އިހްސާސްވުމާއެކު އެވްލީންގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. އެވްލީން އެވަގުތުކޮޅު ދިގުވުމަށް ހިތާހިތުން ދުޢާކުރަމުން ދިޔައެވެ.
” އެވްލީން… ” ނީލާ އައިސް އެވްލީން ކުރިމައްޗަށް ހުއްޓުނެވެ. ނީލާގެ ސަބަބުން އެވްލީންއަށް ޖެހުނީ ހިތާއި ދެކޮޅަށްވެސް ޒަވީންއާއި ދުރަށް ޖެހިލާށެވެ. ނީލާ ހުރީ ގަޔަށް ބާރު ސްވިމިންގް ސޫޓެއް ލައިގެންނެވެ. ޒަވީންއާއި އެވްލީން ޕޫލަށް އެރުނު ފަހުން ނީލާ އެވްލީންއާއި ޒަވީންއަށް އެކަނިވެލާނެ ފުރުސަތެއް ނުދިނެވެ. ނީލާ ބައެއްފަހަރު ބާރަކަށް ހަޅޭއްލަވައި ގަންނަމުން ޒަވީންގެ ހަށިގަނޑުގައި ހިފަހައްޓާލާ ކޮންމެ ފަހަރު އެވްލީން ރުޅިއައިސް ރަތްވެގެން ދެއެވެ.
* * *
ކަޅުފޮއި ރެއަކަށް ވުމާއެކު މިރޭ އުޑުގައިވަނީ ކަޅު ފަރުދާ ތަކެއް ދަމާލާފައެވެ. އެފަރުދާތަކުގެ ތެރޭން ޖަވާހިރު ތަކެއްހެން ތަރިތައް ވިދާބަބުޅަމުން ދިޔައިރު ތަރިތަކުގެ ފަނޑު އަލި ވަނީ ރިޒޯޓުގެ ގޮނޑުދޮށަށް އެޅިފައެވެ. އެކި ކުލަކުލައިގެ ބޮކިތަކުގެ އަލި މޫދަށް އެޅިފައިވުމާއެކު އެއަލި މޫދުގެ ލޮނުގަނޑުގެ ތެރޭގަައި ނަށަމުން ދިޔައިރު ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ކުދި މަސްތައް އަލިވަރުގެ އަވާގައިޖެހި އަލި ފެތުރުފައި ވާތަނަށް އެއްވަމުން ދިޔައިރު ޓޫރިސްޓުން އެމަންޒަރު ނުހަރު ފޯރިއާއެކު ބަލަމުން ދިޔައެވެ. ދޭތެރެއަކުން ފެނިލާ މަޑިތަކުންގެ ސަބަބުން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެވްލީން ފާލަންގައި ހަރުކުރެވިފައިވާ ފެނެސްގައި އަތް ވިއްދާލައިގެން މޫދަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ވަޔާއެކު އެވްލީންގެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ނީލާވެސް އެވްލީން ކައިރީގައި ހުރެ މަޑިއެއް ފެންނައިރަށް ހަޅޭއްލަވައި ގަންނައިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.
” އާއާއާ… ” ކުއްލިޔަކަށް މައްޗަށް އެރި ބޮޑު މަޑީގެ ސަބަބުން ނީލާއަށް ބާރަކަށް އެވްލީންގެ އަތުގައި ހިފަހައްޓާލެވުނެވެ. އޭރު ނީލާގެ ހިތުގެ ތެޅުން އަވަސްވެފައި ވާއިރު ނީލާގެ މޫނުން ދާތިކިތައް އޮހެރެމުން ދިޔައެވެ. ނީލާއަށް ވަމުންދިޔަ ގޮތް ފެނުމުން އެވްލީންގެ ހިނި އަންނަގޮތް ވިއެވެ.
” ކީއްވެ ތިހެނެނީ… ” ނީލާ އަނގައަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން އެވްލީންއާއި ދިމާއަށް ލޯއަޅާލިއެވެ.
” ނީލާއަށް މަހެއް ފެނުމުން ވާވަރުތީ ދެން އަހަންނަށް ނުހީ ހުރެވޭނެތަ…. ” އެވްލީން ހިނިގަނޑު އޮއްބައިލަމުން ބުނެލިއެވެ.
ނީލާ އެވްލީންއާއި ދިމާއަށް ފާޑަކަށް ބަލައިލުމަށްފަހު ހިނގަގަތީ ކޮޓަރިއާއި ދިމާއަށެވެ. ނީލާގެ މޫނަށް އަރާފައިބަމުންދިޔަ ކުލަވަރު ތަކުން ނީލާ ރުޅިއައިސްފައި ހުރިކަން ހާމަވަމުން ދިޔައެވެ.
” ޕެއިން އިން މައި އޭސް… ” ނީލާ ކޮޓަރިއަށް ވަންނަމުން ދޮރުލައްޕާލި ވަގުތު ހީވީ ބާރު ގުގުރިއެއްގެ އަޑުން ފަޒާގެ ހިމޭންކަން ފޫއަޅުވާލި ހެންނެވެ. ނީލާ ދިއުމުން އެވްލީންއަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނީލާ ހަޅޭއްލަވާވަރުން ދެން އޭނައަށް އުނދަގުލެއް ނުވާނެއެވެ. ހިތްހަމަ ޖެހިލައިގެން ފެންނަމުންދިޔަ ޤުދުރަތީ ރީތި މަންޒަރުން އުފާ ހާސިލް ކޮށްލެވޭނެއެވެ.
” ހޭއި… ” ޒަވީން އެވްލީން ކައިރިއަށް ހުއްޓިލަމުން ފެންސަށް ލެނގިލި ވަގުތު ހީވީ ފޮޓޯއަކަށް ހުއްޓިލިހެެންނެވެ. ޒަވީންގެ އަޑަށް އެވްލީން ދިޔައީ ސިއްސައިގެންނެވެ.
ޒަވީން ފެނުމާއެކު ވަށައިގެން ވާހާ ތަކެތީގެ އަލިކަން ފަނޑުވެގެން ދިޔަފަދަ އިހްސާސެއް އެވްލީންއަށް ކުރެވުނެވެ. ޒަވީން ލައިގެން ހުރި ނޫކުލައިގެ އަތްކުރު ޓީޝާޓް ޒަވީންގެ ގަޔަށް ހިފާފައި ވާއިރު ޓީޝާޓާ ގުޅޭ ކުލައިގެ ޖިންސެއް ލައިގެން ހުރިިއިރު ޒަވީން ހާދަ ފުރިހަމައެވެ. ޒަވީން އެއްބުމަ އަރުވާލައިގެން އެވްލީންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރުމުން އެވްލީން ރަކިވާގޮތްވިއެވެ. ” ނަސީބެއްނު ނީލާ ދިޔަކަން… އަހަރެން އެވްލީން އެކަނި ވާނެ އިރެއްގެ އިންތިޒާރުގައި ހުންނަތާ ކޮންއިރެއް… ” ޒަވީން އެއްއަތް ޖީބަށް ޖަހާލަމުން ބުނެލިއެވެ.
” ހިނގާބަލަ އަހަންނާއެކު….. ” އެވްލީން މަޑުން ހުންނަން ފެށުމުން ޒަވީން އެވްލީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ޒަވީން އެވްލީންގެ އަތުގައި ހިފާލުމާއެކު އެވްލީންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކާ ހަމައަށް ދުވެލީ ކަރަންޓް ރާޅު ބާނީތަކެކެވެ. އެހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅެއް ޖެހިގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އެވްލީންގެ ހަށިގަނޑު ފިނިވެގެންދިޔަ ވަގުތު ޒަވީންގެ އަތުގެ ތެރެއަށް ވިރިގެން ދާން އެވްލީން ބޭނުންވިއެވެ. ” ކޮ..ކޮންތާކަށް… ” އެވްލީންގެ އަޑުގައި ތުރުތުރު ލުމެއް އެކުލެވިފައިވިއެވެ. ” ނީޑް ޓު ޝޯ ޔޫ ސަމްތިންގް… ” ޒަވީން ހިނގައިގަތުމާއެކު އެވްލީންއަށް ޖެހުނީ ޒަވީންގެ ފަހަތުން ދާށެވެ. އޭރު އެހިތުގައި ޝައުޤުވެރިކަން އުފެދިފައި ވަނީ ޒަވީން އެދައްކަން ބޭނުންވާ އެއްޗަކާ މެދުގައެވެ.
* * *
އެވްލީން ޒަވީންގެ ފަހަތުން ގޮނޑުދޮށުން ހިނގަމުން ދިޔައިރު ދޮންވެލިގަނޑު މަޑުކަމުން ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއެކު ދޮންވެލިގަނޑުގެ ތެރެއަށް ފައި ގެނބިގެން ދާފަދަ އިހްސާސެއް ކުރުވަމުން ދިޔައެވެ. ރާޅުތައް ގޮނޑުދޮށަށް ބޮސްދެމުން ދިޔައިރު ރާޅުގެ މިޔުޒިކީ އަޑުން ދެހިތަށްވެސް ފިނިކަން ލިއްބައިދިނެވެ. ޒަވީން ގޮނޑުދޮށުގައި ބަހައްޓާފައިވާ މޭޒަކާއި އަރާހަމަކުރަމުން އެވްލީންގެ އަތުން ދޫކޮށްލައިފިއެވެ.
ހަތަރެސްކަން މޭޒު ހުދުކުލައިގެ ބޯފަރުދާތަކުން ޒީނަތްތެރި ކުރަވިފައި ވާއިރު މޭޒު ހިޔާކޮށްފައިވާ ކުޑަ ވަށާލާފައި ވަނީ ރަތް ފަރުދާ ތަކުންނެވެ. އެފަރުދާތަކުގެ ބޮޑުބައެއް ދޮންވެލިގަނޑު މައްޗަށް ފެތުރިފައިވެއެވެ. މޭޒުމަތީގައި ބަހައްޓާފައިވާ އޮރެނެޖް އަދި އޯރކިޑް އުށްބައްތި ތަކުގެ ހުޅުކޮޅުތައްވެސް ޖެހެމުންދިޔަ ވައިރޯޅިތަކާއެކު ނަށަމުންދިޔައެވެ. މުޅި ހިސާބުގައިވެސް ހަރުލާފައިވަނީ ވަނީ އޯރކިޑް އަދި އޮރެނެޖް އުށްބައްތީގެ ލުއި މީރުވަހެވެ. މޭޒުމަތީގައި ވާސްއެއް ބަހައްޓާފައި ވާއިރު އެވާސްގައި ވަނީ ތާޒާ ވައިލްޑް ލިލީސް ތަކެކެވެ.
” ވާއު… ” އެވްލީން ޙައިރާންކަމާއެކު މޭޒަށް ނަޒަރު ހިންގާލުމަށްފަހު ޒަވީންގެ މޫނަށް ބަލައިލި ވަގުތު އެވްލީންގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ކުއްލިޔަކަށެވެ. ޒަވީންއާއި އެވްލީންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ޒަވީންއަށް އެވްލީންގެ މުށި ކުލައިގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އުށްބައްތީގެ ފަނޑުއަލި އެވްލީންގެ މުށި ކުލައިގެ ލޮލަށް އެޅިފައިވުމާއެކު ހާދަ ރީއްޗެވެ. އަދި ހަމައެއާއެކު އެފަނޑު އަލިކަމުގެ ތެރެއިން އެވްލީން ފެންނަމުން ދިޔައީ ޕަރީއެއް ފަދައިންނެވެ. އެވްލީންގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގެ ކުލަ މިރޭ އެހެން ރޭތަކަށްވުރެ ގަދަކަމަށް ދައްކައެވެ. އެވްލީން އިސްދަށަށް ޖަހާލީ ޒަވީންގެ ފުން ކަނޑެއްފަދަ ދެލޮލަށް އިތުރަށް ބަލަހައްޓައިގެން ނުހުރެވޭނެކަން ޔަޤީން ވުމާއެކުއެވެ.
” އެވްލީންއަށް ކުޑަ ސަޕްރައިޒެއް ދޭންވެގެން މިގެނައީ… ސަޕްރައިޒް ކަމުދޭ ދޯ ؟ މިއަދު އެވްލީން މާ ބޮޑަށް ޑީޕްރެސްވެފަ ހުރީމަ ހިތަށް އެރީ މިކަހަލަ ގޮތަކުން އެވްލީން ޗީއާރ އަޕް ކޮށްލާނީއޭ…. ” ޒަވީން އެވްލީން އިށީންނަން ކަޅާއި ހުދުކުލައިން ވަށާލާފައިވާ ގޮނޑިއެއް ދުރުކޮށްލަދިނެވެ. ޒަވީންގެ ޖުމްލައިން އެވްލީންގެ ހިތުގައި ޖަހަމުންދިޔަ އުންމީދުގެ ވިންދުތަކަށް ނިމުމެއް އައިކަހަލައެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނަ ދެކެމުން އަދި ހުވަފެންތައް ވިއްސި ވިހާލިވެގެން ދިޔައީއެވެ. ޒަވީން އާއެކު ލޯބިން އުޅެން ދެކެމުންއައި ހުވެފެންތައް ހަގީތަކަށް ވުމުގެ ކުރިން ފުނޑުފުނޑުވެގެން ދިޔައީއެވެ. ކީއްކުރާނީ ހެއްޔެވެ ؟ އޭނައަށް އޭނަގެ ހިތުގެ ހާލު ޒަވީންއަށް ބަޔާން ކޮށްދެވޭނެ ނަމަކިހާ ރަނގަޅުހެއްޔެވެ ؟ އޭނަގެ ފިނޑިކަމުން އެންމެފަހުން ޒަވީން ބީވެގެން ހިނގައިދާނެ ބާވައެވެ ؟
އެވްލީން އޭނަގެ ހިތުގައި އަޅަމުންދިޔަ ވޭން އެއް ގޮތަކަށްވެސް އެމޫނު މަތިން ފާޅުވިޔަކަ ނުދިނެވެ. ޒަވީން މިފުރުސަތުގައި އޭނައަށް ލޯބި ހުށަހެޅިނަމަ ކިހާ ރަނގަޅު ހެއްޔެވެ ؟
* * *
” ނީލާ… ” ޖުނެއިނާ ނީލާމެން ތިބޭ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ބާރަކަށް ނީލާގެ ނަމުން ގިވާލިއެވެ. ޖުނެއިނާގެ އަޑަށް ސޯފާގައި އިށީންދެލައިގެން ފޯނުން ފޭސްބުކަށް ވަދެގެން އިން ނީލާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޭސްބުކުން ކްލޯޒްކޮށްލުމަށްފަހު ނީލާ ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ރުޅިއައިސް ރަތްވެފައި ހުރި ޖުނެއިނާ ފެނުމާއެކު ނީލާގެ އަތުން އޭނަގެ ފޯނު ދޫނުވީ ހަމަކިރިޔާއެވެ.
” ކޮބާ ޒަވީންއާއި އެވްލީން ؟ ” ޖުނެއިނާ ކޮޓަރިއަށް ވަންނަމުން ހަޅޭއްލަވައިގަތެވެ.
” ދެންމެ އެވްލީން ހުރި ބޭރުގައި އަހަންނަކަށް ނޭނގޭ ޒަވީން ވީތަނެއް… ” ނީލާގެ އަޑުގައި ހާސްކަން އެކުލެވިގެންވިއެވެ.
” އަހަރެން ފުރަތަމަވެސް ބުނީމެއްނު އެދެމީހުންނަށް އެކަނި ވުމުގެ ފުރުސަތެއް ނުދޭށޭ ! އަނެއްކޮޅުން ނީލާއަކަށް އެދެމީހުންގެ ދެމެދުގައި އެއްވެސް ޝައްކެއް ނުއުފެއްދުނު… ” ޖުނެއިނާގެ ރުޅިގަނޑު ފިނިވާގޮތެއް ނުވިއެވެ. ” ބަލަ އެއީ އަހަރެންގެ މައްސަލައެއްތަ އެދެމީހުންގެ ދެމެދުގައި މައްސަލަ ނުއުފެދުނީމަ… ޖުނެއިނާ ބުނި ގޮތަށް އަހަރެން ކަންތައް ކުރީ… ޒަވީން އަހަރެންދެކެ ރުޅިއަންނައިރު އަހަންނަކަށް ނުކެރޭ އޭނައާ އެހާ ކައިރިވާކަށް އެންޑް މިއަދު ހެނދުނު ހިނގި ހާދިސާ ހަނދާން އެބަހުރިތަ ؟ ކިރިޔާއެއްނު އަހަރެން ސަލާމަތްވީ…. އަހަރެން ކޮންމެ ފަހަރަކު ޒަވީންއާއި ކައިރިވާން އުޅޭއިރު އެހާދިސާ މަތިން ހަނދާން ވުމާއެކު އަހަންނަކަށް ނުކެރޭ ކައިރިވާކަށް…. ” ނީލާ ބުނެލިއެވެ.
” ފައިން… އަހަރެން ބޭނުން މިރޭ ހުރިހާ ކަމެއް ނިންމާލަން… މިފްޒާލް އެބައާދޭ މާދަމާރޭ މާލެއަށް…. މިހާރު އެ ޓްރިޕް ކެންސަލް ވެއްޖެޔޭ މިފްޒާލްގެ އޮފީހަށް ގުޅީމަ ބުނީ…. ސޯ މިރޭ އެކަނި އޮތީ… ” ޖުނެއިނާ ސޯފާގައި އިށީނެވެ. ” މިރޭ ކިހިނެއް ހުރިހާ ކަމެއް ނިންމާނީ ؟ ” ނީލާ އަހާލިއެވެ. ” އަހަރެން އެބައޮތް ތިކަމަށް ހައްލެއް ހޯދާފަ… ” ޖުނެއިނާ ހިނިތުންވެލަމުން ބުނެލިއެވެ. ” ކޮބާ ޕްލޭނަކީ ؟ ” ނީލާވެސް ސޯފާގައި އިށީނެވެ.
” މިރޭ އެބައޮތް ހަފްލާއެއް… ސޯ އެހަފްލާ ތެރެއިން ހުރިހާ ކަމެއް ނިންމާލެވޭނެ… ” ޖުނެއިނާގެ ޖުމްލައިން ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައީ ޖުނެއިނާއާއި ނީލާގެ ހުނުމުގެ އަޑެވެ.
” މަޑުކޮށްބަލަ…. ” ކުއްލިޔަކަށް ފޯނުނަގައި ޒަވީންއަށް ގުޅާލަމުން ނީލާ ކައިރީގައި ހިނިގަނޑު މަތަކުރުމަށް އަތުގެ އިޝާރާތުން ޖުނެއިނާ ބުނެލިއެވެ.
* * *
” ހެލޯ ” މޭޒުމަތީގައި ބާއްވާފައި އޮތް ޒަވީންގެ ފޯނު ރިންގުވާން ފެށުމާއެކު އެވްލީން ޒަވީންއަށް ވުރެ ކުރިން ފޯނުނަގައި ބުނެލިއެވެ. ” އެވްލީން… ! ” ޖުނެއިނާގެ އަޑު އިވުމާއެކު އެވްލީންގެ އަތް ތުރުތުރުއަޅަން ފެށިއެވެ. ޖުނެއިނާއަށް ގޯސްކޮށް ހުރިހާކަމެއް ހީކުރެވިދާނެތީ އެވްލީން ބިރުގަތީއެވެ. ކުރީ ދުވަހަކު އޭނައާއި ޒަވީން ބައްދާލައިގެން ތިބި މަންޒަރުވެސް ޖުނެއިނާއަށް ވަނީ ފެނިފައެވެ.
” މަ..މަ.. މަންމާ.. ” އެވްލީންގެ އަޑުގައި ތުރުތުރުލުމެއް އެކުލެވިފައިވިއެވެ. އެވްލީންގެ ޖުމްލައިން ޒަވީންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
” ދަރިފުޅާ… މިރޭ ރިޒޯޓްގައި އެބައޮތް ހަފްލާއެއް… މަންމަ ބޭނުންވަނީ ދަރިފުޅު ގޮވައިގެން އެހަފްލާއަށް ދާން… ސޯ އިފް ޔޫ އާރ ފްރީ މަންމައާއެކު ހަފްލާއަށް ދެވިދާނެތަ ؟ ” ޖުނެއިނާގެ ޖުމްލަ ނިމުމާއެކު އެވްލީން އަވަސް އަވަހަށް ޖުނެއިނާއާއެކު ދާނެކަމަށް ބުނެ ފޯނު ކަނޑާލިއެވެ.
” ޒަވީން އައި ނީޑް ޓު ގޯ… ” އެވްލީން ގޮނޑިން ތެދުވިއިރު އޭނަ އެތަނުން ދާން ބޭނުން ނުވާކަން ކިތަންމެހާވެސް ބޮޑަށް ހާމަވަމުން ދިޔައެވެ. ނަމަވެސް އޭނައަށް ވަނީ މަޖްބޫރު ވެފައެވެ. އެވްލީން ދާން ހިނގައި ގަތުމާއެކު ޒަވީން އެވްލީންގެ އަތުގައިހިފާ ހުއްޓުވިއެވެ. ” ހާދަ އަވަހަކަށް ދން ތިއުޅެނީ… ” ޒަވީން ބުނެލިއެވެ. ” ހޫމް… މިރޭ ރިޒޯޓްގައި އޮތް ހަފްލާއަކަށް މަންމައާއެކު ދާން އެބަޖެހޭ… ” އެވްލީން ބުނެލިއެވެ. ” ދިއުމުގެ ކުރިން އެވްލީންއަށް ދޭން ހަދިޔާއެއް އެބައޮތް ސޯ ޔޫ ކޭން ރިމެންބާރ މީ އެނީ ޓައިމް…. ” ޒަވީންގެ ޖުމްލައިން އެވްލީންގެ ދެލޯބޮޑުވެގެން ދިޔައެވެ. ޒަވީން ދޭން އެއުޅޭ ހަދިޔާއަކީ ކޮބާ ބާވައެވެ ؟
ޒަވީން އެވްލީން ގެނެސް އޭނަގެ ބާރުގަދަ އަތުގެ ތެރެއަށް ލިހިނދު އެވްލީން ބޭނުންވީ އެއަތުގެ ތެރެއަށް ވިރިގެންދާށެވެ. ދެތިހުތެ ތެޅުން އަވަސްވެގެންދިޔަ ވަގުތު ދެހިތުގައިވެސް ރޯވެގެންދިޔައީ ލޯބީގެ އަލިފާނެވެ. ޒަވީން އެވްލީންގެ ކަނދުރާގައި ބޮސްދިން ވަގުތު އެވްލީންއަށް ޒަވީންގެ ބައިމަތި ފުޅާ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު އެވްލީންގެ ނޭފަތުގައި ޖެހުނު މީރު ސެންޓް ވަހުގެ ސަބަބުން އެވްލީންގެ ހިތްބަންޑުން ވެގެން ދިޔައެވެ. ޒަވީން އެވްލީން މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި ބޮސްދިން ވަގުތު އެވްލީންއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. އެވަގުތު އެވްލީންގެ ހަށިގަނޑުގައި ދައުރުކޮށްލި ކަރަންޓް ރާޅުބާނީތަކުގެ ސަބަބުން އެވްލީންގެ ހަށިގަނޑުގައި ހޭލައްވާލީ ތަފާތު ޖަޒުބާތު ތަކެކެވެ. އެހިސާބުގައި އެއްވެސް މީހަކު ނެތުމުގެ ސަބަބުން ޒަވީންއާއި އެވްލީންގެ ލޯބީގެ ވަގުތުކޮޅު އިތުރަށް ދިގުވެގެން ދިޔައެވެ.
” އައި ލަވް ޔޫ…. ” ޒަވީން އެވްލީންގެ ކޯތާފަތުގައި ފިރުމާލަމުން ބުނެލިއެވެ. އެވްލީން ވަގުތުން ފިނިވިއެވެ. އެޖުމްލައިން އެވްލީންއަށް ހީވީ ދުނިޔޭގެ ހުރިހާ އުފާތަކެއް އޭނަގެ ފަސްބަޔަށް އެޅުނު ހެންނެވެ. އޭނަ އެ ތިން ލަފްޒު ޒަވީންގެ ދުލުން އަޑުއަހަން ބޭނުންވާތާ ކިތަށް ދުވަސް ވެއްޖެ ހެއްޔެވެ ؟
” އައި ލަވް ޔޫ ޓޫ…. ” އެވްލީން ޒަވީންގެ ޓީޝާޓްގައި މޫނު ފޮރުވާލި ހިނދު އެވްލީންގެ ހިތް އާދަޔާ ހިލާފް ބާރު މިނުގައި ތެޅެމުންދިޔައެވެ.
ވާރޭ ވިލާތަކުން އުޑުމަތީ ވަށާލީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ޖެހެމުންދިޔަ ބާރު ވަޔަށް ކެތްނުކުރެވިގެން އުށްބައްތިތައް ނިވިގެން ދިޔަހިނދު މުޅިތަނަށް ފެތުރިގެން ދިޔައީ އަނދިރިކަމެވެ. ނަމަވެސް އެހިސާބުގައި ދިއްލާފައިވާ ފެހިކުލައިގެ ލައިޓްގެ ފަނޑުއަލީގެ ސަބަބުން އަނދރިކަން ފޫއަޅުވާލާފައި އިވެއެވެ. ކުއްލިޔަކަށް ބޯކޮށްލި ވާރޭ ތިކިތައް އެވްލީންގެ މޫނުގައި ވިދަމުންދިޔައިރު ހީވަނީ ފަތިހަށް ފޮޅިފައިވާ ފިނިފެންމަލެއްގެ ފިޔަތަކުގައި ޝަބްނަމް ތިކިތައް ވިދަމުން ދިޔަހެންނެވެ.
އެވްލީންގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައި ވާއިރު އެވްލީންއަށް ވާރޭގެ ސަބަބުން އުނދަގޫތައް ވަމުންދިޔައެވެ. ޒަވީން އެވްލީންގެ ތުރުތުރު އަޅަމުންދިޔަ ތުންފަތުގައި ލޯބިކޮށްލުމާއެކު އެވްލީންގެ ހީކެރުވުން ފިލައިގެން ދިޔައެވެ. ވާރޭގެ ސަބަބުން ފަޒާގައި ތެތްފިނިކަމެއް ހަރުލައްވަމުން ދިޔައިރު ރާޅުގެ މިޔުޒިކީ އަޑާއި ވާރޭގެ ލުއި މިޔުޒިކީ އަޑު އެއްވެގެން އައިސްފައިވާއިރު ހާދަ ފުރިހަމައެވެ.
” ޒަވީން… އައި ނީޑް ޓު ގޯ… ” އެވްލީން ކިތަންމެ ވަރަކަށް އެވަގުތުކޮޅު ދިގުމުވަށް ބޭނުންވި ކަމުގައި ވީނަމަވެސް ޖުނެއިނާ މަތިން ހަނދާން ވުމާއެކު ޒަވީންއާއި ދުރަށް ޖެހިލަން މަޖްބޫރު ވިއެވެ. އޭރު ޒަވީން ލައިގެން ހުރި ޓީޝާޓް ތެމިފައިވާއިރު އެކަސްރަތީ ހަށިގަނޑަށް ޓީޝާޓްވަނީ ހިފާފައެވެ. ޒަވީންގެ އިސްތަށި ގަނޑުން ފައިބަމުންދިޔަ ފެންތިކިތައް އެމޫނަށް ފައިބާއިރު ހާދަ ފުރިހަމައެވެ.
” އައި ވޯންޓް ފޮގެޓް ދިސް ގިފްޓް… ” އެވްލީން ހިނިތުންވެލަމުން ދުއްވައިގަތް އިރު ޒަވީންގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމެވެ.
* * *
ހަފްލާ އޮތީ ރެސްޓޯރެންޓްގައި ކަމަށް ވުމާއެކު ރެސްޓޯރެޓް ވަނީ ހަފްލާއަށް ތައްޔާރު ކުރެވިފައެވެ. ރެސްޓޯރެންޓްގައި ޖަހާފައިވާ މާރބްލްސް ތަކުގެ މައްޗަށް ހުދުކުލައިގެ ކާރޕެޓްތަކެއް ފަތުރާލާފައިވެއެވެ. އެކިކުލަ ކުލައިގެ މާތަކުން ރެސްޓޯރެންޓް ޒީނަތްތެރި ކުރެވިފައިވާއިރު މާހައުލަށް ފެތުރިފައިވަނީ މާމެލާމެލީގެ މީރުވަހެވެ. ކުޑަދޮރުގައި ދަމާފައިވާ ގަދަ ނޫކުލައިގެ ފަރުދާތައް ވަޔާއެކު އުދުހެމުން ދިޔައިރު ވާރޭގެ ސަބަބުން ހިސާބަކަށް އެފޮތިގަނޑުތައް ވަނީ ތެމިފައެވެ. މިޔުޒިކްގެ އަޑުން ރެސްޓޯރެންޓް ގުގުމާލާފައި ވާއިރު ޓޫރިސްޓުން ތަކުން މުޅިތަން ވަނީ ފުރާލާފައެވެ. ޖުނެއިނާއާއި އެވްލީންއަށް ހަފްލާއަށް ދެވުނީ ފުވޭވަރަކަށް ލަހުންނެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައިރު ދޭތެރެއަކުން ވިދާލާ އަލިގަދަ ވިދުވަރުތަކުން މުޅި ތަން އަލިވަގެން ދެއެވެ.
”’ ދަރިފުޅާ މަންމަ އަންނާނަން ކުޑަ އިރުކޮޅެއް ފަހުން.. ” ޖުނެއިނާއަށް އޭނަގެ އެކުވެރިއެއް ކަމުގައިވާ ލިވީ ފެނުމުން ހިނގައިގަތީ ލިވީއާއި ބައްދަލު ކުރުމަށެވެ. ” ޖޫން… ” ލިވީއަށް ޖުނެއިނާ ފެނުމާއެކު ޙައިރާންކަމެއް ލިބުނެވެ. ” ސަޕްރައިޒްޑް ؟ ” ޖުނެއިނާ އޭނަގެ އަޑަށް އުފާވެރިކަން ގެންނަމުން އަހާލި އެވެ. ” ވަރަށް ސަޕްރައިޒްވެއްޖެ… އަހަރެން ހިޔެއް ނުކުރަން ދެން ޖޫންއާއި ބައްދަލުވާނެ ކަމަށްވެސް… ” ލިވީ އޭނަގެ އަތުގައި އޮތް ކޯކުތަށިން ކޯވަރެއް ބޯލިއެވެ.
” އަހަރެން ހީކުރީ ލިވީ އަހަންނާ ވާހަކަ ދައްކަން ބޭނުންނުވާނެ ކަމަށް… ” އެކުވެރިން ކުރިމަތީގައި އަގުވެއްޓިފައިވުމުން ޖުނެއިނާ ބުނެލިއެވެ.
” ޖޫން…. އަހަންނަށް އިނގޭ ޖޫން އެކަހަލަ ކަމެއް ނުކުރާނެކަން… މިފްޒާލް ޖޫންގެ އަގުވައްޓާލަން ކުރިކަމެއް ދޯ އެއީ ؟ ” ލިވީ ޖުނެއިނާއާއި ވާހަކަ ދައްކަމުން ހިނގައިގަތީ ޑްރިންކް ބަހައްޓާފައިހުރި ތަނާއި ދިމާއަށެވެ.
” އާނ… އެއީ މިފްޒާލް އަހަރެންގެ އަގު ވައްޓާލަން ކުރިކަމެއް…. ” ޖުނެއިނާ ބުނެލިއެވެ.
ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން ވަރުބަލިކަން އިހްސާސް ވުމާއެކު އެވްލީން ހިނގައިގަތީ ރެސްޓޯރެންޓްގައި ބަހައްޓާފައި ހުރި ސޯފާތަކާއި ދިމާއަށެވެ.
” އެވްލީން… ” އެވްލީން ސޯފާގައި އިށީނުމާއެކު ސިއްސައިގެން ދިޔައީ ނީލާގެ އަޑަށެވެ. އޭރު ނީލާ އައިސް އެވްލީންއާއި އަރާހަމަކުރަނީ އެވެ.
” ހާދަ އެކަނިވެރިވެފަ… ” ނީލާ ސޯފާގައި އިށީނެވެ. އެވްލީން ނިލާއާއި ދިމާއަށް ފޫހިގޮތަކަށް ބަލައިލިއިރު ނީލާ ބޮމުންދިޔަ އެއްޗެއްގެ ވަސް ނޭފަތުގައި ޖެހުމާއެކު އެވްލީންއަށް ނޭފަތުގައި އަތްއަޅާލެވުނެވެ. ނީލާ މިހާރު ރާވެސް ބޯން ފެށިބާވައެވެ ؟ އެއީ ކިހާ ބޮޑު ފާފައެއްކަން ނީލާއަށް ނޭނގެނީ ހެއްޔެވެ ؟
(ނުނިމޭ)
9 Comments
Comments are closed.
Yaeyy mifaharu ves first ??vv reethi vaahaka ???
Super avahah up kohladheeba
Yeyyyy first dhw ?☺️
Alhe leen n zaveen dhuru nukurahche
Thankolheh avahah next part up kohdhyba plx???☺️
Avulennah dhera gotheh nahadhaa thi please reyvun gandu falhaa aruvaala bala please
Vrh reethi mi story.. maasha Allah
Zunainaa ge kanthah avahah Leen ah falhaaaruwaalaa.. ekkam leen and zaveen dhurunukurahchey.. next part thankolheh avahah up kohdhyba please ???
?
Love when next
Kba part 13
Kobaatha 13th vana bai. Avahah up kohdheeba muthaa ?
Vaahaka kiyaahithun nidhivx naisgen miulheni ?