Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް (11)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
October 24, 2018 3 Mins Read
6 Comments

މި ނިންމުން ބައްޕަ އާއި އަނީސް މިނިންމީ ވަރަށް ވިސްނުމަށް ފަހު… ބައްޕަމެން ދެމީހުންވެސް ބޭނުންވަނީ ދަރިފުޅުމެން ދެކުދިންގެ ކައިވެނި ކުރެވެން…” ވަކިވަކިން އީނާލް އަށާއި މިކްޔަން އަށް އިޝާރާތް ކޮށްލުމާއެކު ނާޖިދު ބުނެލިއެވެ. އީނާލް އަށް ވަގުތުން އިސްއުފުލާލާ ބަލާލެވުނެވެ.

އެ ހާމަ ކޮށްލި ވާހަކަ އީނާލް ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ވަގުތުންނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް އެވަގުތު އީނާލް ގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ބަހެއް ބުނާނެ ހާ ހިތްވަރެއް ނުލިބުނެވެ. އޭނާގެ ހިޔާލެއްވެސް ހޯދާލުމެއްނެތި ބައްޕަ އެ ގޮތަށް ނިންމުމުން އޭނާ ގެ ހިތުގައިޖެހިފައި ވެއެވެ. ދެލޮލަށް ކަރުނަތަށް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެހެންނަމަވެސް އެތަނުގައި ރޮއި އޭނާ ހިންހަމަ ނުޖެހޭ ކަން ފާޅުކޮށް ބައްޕަގެ އަގު ވައްޓާލަން ބޭނުން ނުވާތީ އީނާލް މަޑުން އިނީއެވެ.

އީނާލް އާއި ހިލާފަށް މިކްޔަން ގެ ހިތަށް ވެރިވެފައިވަނީ އުފާވެރިކަމެވެ. އޭނާ އަށް ވެސް ނޭނގި ބައްޕަ މި ދިނީ ހާދަ ބޮޑު ސަޕްރައިޒެކެވެ. އުފަލުން އޭނާ ބައްޕަ އަށް ޝުކުރު އަދާކުރަން ބޭނުންވިއެވެ. އީނާލް އަކީ އޭނާގެ ހަޔާތަށް އަންނާނޭ ކުއްޖާއޭ ހިތް އެރުމާއެކު އެ ހިތް އުފަލުން ފުރުނެވެ. މިކްޔަން އީނާލް އަށް ބަލާލިއެވެ. އިސްޖަހައިގެން އިން އިނާލް ގެ މޫނުމަތީގައި ވި އަސަރުތައް ދެނެގަންނަން މިކްޔަން ނުކުޅެދުނެވެ. އޭނާ އަނީސް އަށް ބަލާލިއެވެ. “ބައްޕަ އުޅުނީ މިވާހަކަ ދައްކަން… މިހާރު އިނގިއްޖެއެއްނު…” އަނީސް ބުނެލިއެވެ. “ދެން ދެކުދިންގެ ހިޔާލެއް ފާޅު ކޮށްލަބަލަ… އެހެއްނު އަނީސް”ނާޖިދު ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ގަބޫލް” މިކްޔަން ދެކޮޅު ހަދާތޯ ދުޢާ ކޮށްލަ ކޮށްލާ އިން އީނާލް އަށްދެލޯ މަރާލާ ފިއްތާލެވުނީ އެ އަޑު އޭނާގެ ކަންފަތަށް އިވުނީ ބިރުވެރި ގުގުރިއެއްގެ ސިފައިގައި ކަމަށް ވީތީއެވެ. “އީނާލް ގެ ހިޔާލަކީ ކޮބައިތަ މިކަމާ ދޭތެރޭ ހިންހަމަޖެހޭތަ؟” ނާޖިދު ސުވާލުކޮށްލިއެވެ. ބޯޖަހާލުން ފިޔަވާ އިތުރު ކަމެއް އިނާލް ނުކުރިއެވެ. އޭނާ ނާޖިދު އަށް ބަލާލާ ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކާމިޔާބް ވާ ގޮތެއްނުވިއެވެ.

މި ހުރިހާ މަންޒަރެއްބަލަން އިން އަޔާން ދިޔައީ އީނާލް ގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ދިރާސާ ކުރަމުންނެވެ. އޭނާ އީނާލް ދެކެ އިންތިހާއަށް ލޯބިވެއެވެ. އީނާލް އަށް ދެރަގޮތެއްވާކަށް އޭނާ ނޭދެއެވެ. ލޯތްބަކީ ކޮންކަހަލަ ޖަޒުބާތެއްކަން އޭނާ އަށް ނުލާހިކު ރަނގަޅަށް އެނގެއެވެ. އޭގައިވާ ބާރަކީ އިންސާނާ ކިހާ ނިކަމެތި ކޮށްލާ އެއްޗެއްކަން ވެސް އެނގެއެވެ. އީނާލް ގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުން އޭނާ މިކްޔަންއާއި ގަޔާ ނުވާކަން ވެސް އަޔާން އަށް އެނގެއެވެ. އެހެންނަމަވެސް އެންމެންގެ ތެރޭގައި އެއްވެސް އެއްޗެއް ބުނާކަށް އަޔާން ގަސްތެއް ނުކުރިއެވެ. މިކައިވެނި ކުރެވެން ޖެހޭނީ އީނާލް ގެ ވެސް ރުހުމުގައެވެ. އީނާލް ބޭނުންވާނަމައެވެ. އީނާލް ލޯބިވާ ކުއްޖެއް ހުންނަނަމަ އީނާލް އިންނަން ޖެހޭނީ އެ ކުއްޖަކާއެވެ. ލޯބި ނުލިބި އީނާލް ހިތާމަ ކުރާކަށް އޭނާ ނޭދެއެވެ.

ކައިގެން މިކްޔަން މެން ދިޔުމާއެކު އީނާލް ލަސްނުކޮށް ކޮޓަރިއަށް މިސްރާބުޖެހިއެވެ. ގޮސް ދޮރު ލައްޕާލުމަށްފަހު އޭނާ ދޮރުފަތުގައި ލެނގިލިއެވެ. އެއާއެކު އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ކަރުނަތަށް ދެލޮލުން އޮހޮރެން ފެށިއެވެ. މިހުރިހާ އިރު އީނާލް ހިފައްޓައިގެން ހުރި ކަރުނަތަށް ފައިބަން ފެށީ އެވަގުތުއެވެ. ބާރަށް ރޮއިގަނެވުމާއެކު އޭނާ އަށް އަނގަމަތީ ގައި އަތް އަޅާލެވުނެވެ.

އީނާލް ގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އަޔާން އަށް އެ ދޮރުގައި ޓަކި ޖަހާލަން އަތް އެ ދިމާލަށް ގެންދެވުނެވެ. އެހެންނަމަވެސް އެވަގުތު އަދި އީނާލް އާއި ވާހަކަ ދެއްކުން ރަނގަޅު ނުވާނެތީ އޭނާ އީނާލް ގެ ރުއިމުގެ އަޑު އަހާލަން މަޑު ކޮށްލިއެވެ.

ދޮރުފަތުގައި ލެނގިލައިގެން ހުރި އީނާލް އަށް މަޑު މަޑުން ދޮރު ބުޑަށް ތިރިވެވުނެވެ. އެތާ އިނދެގެން ވެސް އީނާލް ރުޔެވެ.

އީނާލް ގެ ރުއިން މަޑު ވަމުން ގޮސް އެއްކޮށް މަޑު ވުމާއެކު އަޔާން އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަތް ގޮތަށް އެނާ ފޯން ނަގާ މަލަކް އަށް މެސެޖެއް ކޮށްލިއެވެ. މިރޭ އޭނާ ބައްދަލު ކުރަން ބޭނުންވާކަމާ މިއީ އޭނާ މަލަކް އާއި ބައްދަލު ކުރާނޭ އެންމެ ފަހުރޭ ކަމަށް ބުނެ އަޔާން މެސެޖް ފޮނުވާލިއެވެ. “އައި ވިޝް މަލަކް…” އަޔާން ބުނެލިއެވެ. އޭނާ މަލަކް އާއި ބައްދަލުކުރަނީ ވަރަށް މުހިންމު ކަމަކުއޭ ވެސް ބުނެލިއެވެ.

ރަށުގެ ތުނޑިން ދިމާކުރަން އެދެމުން އަޔާން ފޯން ޖީބަށް ލީ ބޭރަށް ދާންވެގެންނެވެ.

އެ ދުވަހު ހަތަރު ދަމު ކަހަލަ ގޮތަކަށް އީނާލް ހޭދަކުރީ ކޮޓަރީގައެވެ. ވިސްނުމުގައެވެ. ޒައިން ގުޅުމުން ވެސް ބޮލުގައި ރިއްސަނީކަމަށް ބުނެ އީނާލް ފޯން ބޭއްވީއެވެ. ޒައިން އާ ވާހަކަ ދައްކާނެހާ ހިތް ވަރެއް އީނާލް ގެ ނެތެވެ. ޒައިން ގެ އަޑު މާ ގިނަ ގިނައިން އިވެން ވެއްޖެނަމަ އޭނާ ގެ އެ ހިތްވަރުވެސް ދޫވެދާނެތީ އޭނާ ބިރު ގަނެއެވެ. ޒައިން ސުވާލުކޮށްފިނަމަ އޭނާ ބުނާނީ ކީކޭހެއްޔެވެ؟ އޭނާގެ ކައިވެނި އެހެން މީހަކާ ކުރަން ހަމަޖެހުނު ވާހަކަ އެ ދުލުން ބުނާނީ ކިހިނެތް ހެއްޔެވެ؟. އޭނާ ޒައިން ގެ ހިތް ހަލާކު ކޮށްލާނީ ކިހިނަކުން ހެއްޔެވެ؟.

ޒައިން ގެ ކުރިމަތީގައި އެހެން މީހަކާ އެކީ އުޅުމުގެ ހިތްވަރު އީނާލް ގެ ގައިގައި ނެތެވެ.

ރޭގަނޑުގެ ވަގުތެވެ.

އަޔާން ތުނޑިއާ ދިމާލަށް މިސްރާބުޖެހީ މަލަކް އާއި ބައްދަލު ކުރާށެވެ. ދައްކާނޭ ވާހަކަ އޭނާ ހިތުތެރޭގައި ރާވަމުން ދިޔައެވެ. އެހިސާބަށް ގޮސް އޭނާ މަލަކް އަށް ގުޅާލިއެވެ. ހީކުރިގޮތާ ހިލާފަށް އެންމެ ރިންގަކުން މަލަކް ފޯން ނެގިއެވެ. “އަހަރެން މިހުރީ ތުނޑީގަ މަލަކް ހަމަ މިހާރު އާދޭ” މީގެ ކުރިން މަލަކް އާއި ދުވަހަކުވެސް ނުދައްކާ ފަދަ ހަރުކަށި ރާގެއްގައި އަޔާން ބުނެލީ އޭނާގެ ވެސް ހިތުގައި އަތް އަޅާފައެވެ. އެ އަޑު އިވި މަގުމަތީގައި ހުރި މަލަކް އަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ހިތަށް ތަދުވުމާއެކު މެއާ ދިމާލުގައި އަތް އަޅާލެވުނެވެ. ދުވަހަކުވެސް އަޔާން އޭނާ އާއި ވާހަކަ ނުދައްކާހާ ހަރުކަށި ރާގެއްގައި ވާހަކަ ދެއްކުމުން މަލަކް ގެ ހިތުގައި ޖެހުނީ މާވަރަކަށެވެ. އޭނާ އަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ދެންވެސް އަޔާން ވާހަކަ ދެއްކިއެވެ. “އަންނާނަން ތަ ނޫނީ ނާންނާނަންތަ؟ ޖަވާބެއް ދިނީމަ ދޯ އަހަރެންނަށް އެނގޭނީ… އަހަރެން ބޭނުމެއްނޫން ހަތަރު ދަމު މަލަކް އަށް އިންތިޒާރު ކުރާކަށް…” އަޔާން ދެންވެސް ކުރިން ބުނެލި ހަރުކަށި ރާގުގައި ބުނެލިއެވެ.

“އަހަރެން އެބަ ދަން” މަލަކް އަށް ބުނެވުނެވެ. އޭރު އެ އަޑު ކުރެހިއްޖެއެވެ. ދެރަވެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. މަލަކް ގެ ވޭނީ އަޑު ކަންފަތުގައި ޖެހުމާއެކު އިތުރަށް އެއްޗެއް ނުބުނެ އަޔާން ފޯން ކަނޑާލީ އޭނާ އަށް ލޯބިން މަލަކް އާއި ވާހަކަ ދެއްކިދާނެތީއެވެ. މަލަކް ގެ އެ ވޭނީ އަޑު އަހާކަށް އޭނާ އަކަށް ކުޅަދާނައެއްނޫނެވެ. މަލަކް ގެ ހިތުގައި ވޭން އަޅާ ކަމަށް ވަނީނަމަ އެ ހިތުގައިވެސް ވޭން އަޅައެވެ. މަލަކް އަށް ތަދުވާކަމަށް ވަނީނަމަ އޭނާ އަށް ވެސް ތަދުވެއެވެ.

ފަހަތަށް އެނބުރިލި އަޔާން އަށް މަލަކް އެ ދިމާލަށް އަންނަތަން ފެމުމާއެކު ހިނިތުންވެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފޮރުވާލަމުން އޭނާ މަލަކް އާއި ކުރިމަތިލިއެވެ.

“މަލަކް” އަޔާން މަލަކް އަށް ގޮވާލިއެވެ. “ހޫމް” މަލަކް ގެ އަޑު މަޑެވެ.

“އަހަރެން މިއުޅެނީ މީހަކާ އިންނަން” މާ ގިނަ ވާހަކަ ދިގު ކުރާކަށް އަޔާން ނޫޅުނެވެ. ސީދާ ވާހަކަ އަށް އޭނާ ދިޔައެވެ. އަޔާން ބުނެލި އެއްޗަކުން މަލަކް އަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހިތް ވިންދާނުލާ 1

Next

ހިތް އެދުނަސް… (12)

Next
October 24, 2018

ހިތް އެދުނަސް… (12)

Previews
October 24, 2018

ހިތް ވިންދާނުލާ 1

6 Comments!

  1. Hi Mi says:
    October 24, 2018 at 9:01 pm

    Salaam. Mi part kuru v ma mirey ge thankolheh las vaguthehga adhi eh part up kohladheveythoa try kuraanan. In Sha Allah. Hope u will all like this ep too. Himi ge laptop in esfiya site ah nivadhevigen mihaar miulheny. V gina faharu try kohfin. Vefa ves kendeni connection. So las vun ekasheegen vey. Jazakallah Khairan.

  2. Hajja says:
    October 24, 2018 at 9:10 pm

    V nice.. waiting for next part..

  3. Pinky shifoo says:
    October 24, 2018 at 9:41 pm

    Alhey Hi Mi mi part vx kurakas as usual v v v reethi ❤️❤️❤️???????????????… Hama superb ????????????… Dhn kihineh baa vaanee??? V v curious vehje next part kiyaalan ???… I just can imagine each and every scene ??????… Eenaal plxx tell your family about your and zain relationship… N malak vx plxx tell the truth… I just can’t wait to read the next part ???… Heheh ???… Keep up the good work Hi Mi ?????????❤️❤️❤️??????… Thankyou so much for bringing such a wonderful story for us ❤️❤️❤️??????????????????…

  4. Riyaa says:
    October 24, 2018 at 9:52 pm

    Wow…. himi ge mi story ves varah reethi

  5. Xila says:
    October 24, 2018 at 9:53 pm

    Vv nice ?

  6. Naju says:
    October 24, 2018 at 11:16 pm

    Wow ??? Himi mi part kuruviyas v v v nice n interesting ingey ?????????❤❤❤… I just love it ?????????… keep up the hard work himi dear ????????????… curiously waiting for the next ????????????… much loves ???????????????❤❤❤??????????????????????????????

Comments are closed.

Next Episodeހިތް އެދުނަސް… (12)←


All Right Reserved!