Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެންމެ ހިނިތުންވުމަކަށް 01

Blackpearl Level 210 Stories100 Comments100 Login
October 25, 2018 8 Mins Read
24 Comments

ހެނދުނުގެ އަރާމު ނިދި ގެއްލުވައިލައިފައި މިއަދުވެސް އޯކިޑުމާގޭ ތެރޭގައި ދެތިން ބިދޭސީން މަސައްކަތް ކުރަމުން ގެންދިޔައެވެ. އަންހެނަކާއި ދެފިރިހެނުންނެވެ. ލަކްޝްމީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަމުން ދިޔައިރު ބިލާލުއާއި ވިޖޭ އުޅުނީ ގޭތެރެ ފޮޅައި ސާފުކުރުމުގައެވެ. އެއީ ޒަމާނީ ފެންވަރަށް ހަދައިފައިވާ ބޮޑު ގަނޑުވަރެއް ފަދަ ގެޔެކެވެ. ގޭގައި ދިރިއުޅެނީ ތިން މީހުން ކަމުގައި ވީނަމަވެސް އެގޭގައި ބޮޑު އަށް ކޮޓަރި ހުރެއެވެ. އޭގެ ތެރެއިން ފަސް ކޮޓަރި ބޭނުން ކުރަނީ ގެސްޓްރޫމްގެ ގޮތުގައިއެވެ. ބޭރުން އަންނަ މެހެމާނުންނަށެވެ. ގިނައިން އަންނާނީ އެގޭގެ ވެރިމީހާ ޒަރީރުގެ ވިޔަފާރީގެ ކަންކަމުގައި އުޅޭ މީހުންނެވެ. އޭނާގެ ދެދަރިން ފިޔަވާ އާއިލާގައި އިތުރު މީހަކު ނެތީމައެވެ. ޒަރީރަކީ ރާއްޖޭގައި ހުރި އެންމެ މުއްސަދިމީހާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މާލޭގެ އިތުރުން އައްޑުއާއި ގަމުގައިވެސް އޭނާގެ ހޮޓެލްތައް ހުރެއެވެ. ތިން ރިސޯޓު ހިންގާއިރު މާލޭގައި ބޮޑު ޝޮޕިން މޯލްއެއް ހުރެއެވެ.

ލަކްޝްމީ ކާމޭޒު މައްޗަށް ކާއެއްޗެހިތައް އަތުރައިލައިފައި ފަހަތަށް ޖެހިލައި ބަލާލިއެވެ. އެއައްފަހު ފުންނޭވާއެއްލީ ހެނދުނުގެ ނާސްތާ ގަޑިއަށް ތައްޔާރު ކުރެވުނީތީއެވެ. ތިން މީހުންނަށް ތައްޔާރުކޮއްފައިވާ ނާސްތާއަށް ވިޔަސް މޭޒުމަތީގައި ތަފާތު ވައްތަރުގެ ކާއެއްޗެހި ފެންނަން ހުއްޓެވެ. ތިން މީހުން ކެއުމަށް ބޭނުންނަވީ ތަފާތު އެއްޗެހި ކަމުގައި ވާތީއެވެ. ” ގުޑް މޯނިންގް ލަކްޝްމީ..” ބަރާބަރު 7:15 ވީއިރު މިއަދުވެސް އުލްވީ ކާގެއަށް ވަދެ މޭޒުދޮށުގައި އިށީންދެލަމުން ބުނެލިއެވެ. ހިތްހެޔޮކަން ދައްކުވައިދޭ ހިނިތުންވުމަކާއި އެކީގައިއެވެ. އުލްވީއަށްވެސް ބާއްޖަވެރި ހެނދުނަކަށް އެދުމައްފަހު ލަކްޝްމީ ކިރުތައްޓެއް އުލްވީ ކައިރީގައި ބެހެއްޓިއެވެ. އެއައްފަހު އެދުވަހުގެ ނޫސް އުލްވީއަށް ގެނެސްދިނެވެ. އުލްވީ ލަކްޝްމީއަށް ޝުކުރު އަދާ ކުރުމައްފަހު ދުވަހުގެ ނޫސް ކިޔަން ފެށިއެވެ. ވިޔަފާރީގެ ރިޕޯޓުތަކެވެ.

ފުރޮޅުލީ ގޮނޑިއެއްގައި ހުރި ޒަރީރު ކާމޭޒުދޮށަށް ގެނެސްދިނީ ވިޖޭއެވެ. ޒަރީރު އައުމުން އުލްވީ ވަރަށް އަދަބުވެރިކަމާއި އެކު ބާއްޖަވެރި ހެނދުނަކަށް އެދެމުން ރޭގައި ރަގަނޅަށް ނިދުނު ތޯ ސުވާލުކޮއްލިއެވެ. ” ގުޑް މޯނިންގް އުލްވީ.. ބައްޕައަށް ރޭގައި ވަރަށް ރަގަނޅަށް ނިދުނު. އުލްޔާ އަދިވެސް ނުތެދުވަނީ ތަ.. ” ތައްޓަށް ތިން ރޮށިލަމުން ޒަރީރު ބުނެލިއެވެ. ” ބައްޕައަށް އެނގިލައްވައެއްނު ކޮއްކޮގެ ގޮތް.. 12 ޖެހުމުން ނޫނީ ކޮއްކޮއަށް އެނދުން ތެދުވެވޭ ކަމަކަށް ނުވާނެ.. ” ޕާން ފޮއްޗެއްގައި ޖޭމް ހާކަމުން އުލްވީ ވާހަކަ ދެއްކިއެވެ. ” ބައްޕަޔަށް އެކުއްޖާ އެއުޅޭ ގޮތެއް އެއްގޮތަކަށްވެސް ކަމަކު ނުދޭ.. ބައްޕަގެ ފިރިހެން ދަރިއަކު ނެތުމުން ބައްޕަ ބޭނުންވަނީ ތިދެކުދިން ވެގެން ވިޔަފާރީގެ ކަންތައް ބަލަހައްޓަން..”

” ބައްޕަ މާބޮޑަށް ފިކުރު ނުކުރައްވާ.. އަޅުގަނޑު އަދިވެސް ކޮއްކޮއަށް ވިސްނަދެވޭތޯ މަސައްކަތް ކުރާނަން..” އުލްވީ ބުނެލިއެވެ. ދެބަފައިން ދެން ދެއްކީ މުޅިންވެސް ވިޔަފާރީގެ ވާހަކައެވެ.

ެއޮފީހުގައި މަސައްކަތްކުރަމުން ދިޔަ ހުރިހާ ފިރިހެނުންގެ ނަޒަރު ދޮރާއި ދިމާއަށް ގޮސް ހުއްޓުނެވެ. އެހެން ދުވަސް ދުވަހެކޭވެސް އެއްފަދައިންނެވެ. މަޑު މުށިކުލައިގެ ޓޮޕްކޮޅެއްގެ މަތިން ކްރީމް ކުލައިގެ ޖެކެޓެއް ލައިފައި އިންއިރު އުލްވީ އާއި ވަރަށް ގުޅެއެވެ. އާދައިގެ މަތިން މިއަދުވެސް ތިރިން އިނީ ތަންކޮޅެއް ދޫ ކަޅުކުލައިގެ ސުކިނީއެއް ލައިގެންނެވެ. ހައި ހީލްސްއަށް އަރައިގެން އިންއިރު ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ޖައްސައިފައި ހުއްޓެވެ. ” އޯ މައި ގޯޑް.. މިތާގައި މަސައްކަތް ކުރަން ފުރުސަތު ލިބުން އެއީ މަގޭ ނަސީބުކަމަށްތަ މަ ބަލަންވީ.. ނޫނީ މަގޭ ބަދު ނަސީބުވެރިކަން ތަ މީ…” ލާނެތް މިޒާޖެއްގެ ތޯހިރު އުލްވީ ގޮސް އޭނާގެ ކެބިންއަށް ވަނުމުން ކައިރީގައި ހުރި ޖަލާލް ގާތުގައި ބުނެލިއެވެ.

” އެހާ ރީތި ކުއްޖެއްގެ ދަށުން މަސައްކަތް ކުރުމުގެ ޗާންސް ލިބުން އެއީ ބަލަ އަހަރުމެންގެ ނަސީބޭ ބުރޯ..” ތޯހިރުގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ޖަލާލް ބުނެލިއެވެ.

” ޕިސް އެއީ މަގޭ ބޮސްއަށް ވީމަ ކަޑައޭ.. ރީތިކަމަށް ތައުރީފްކޮއްލެވެންވެސް ނޯވޭ ކައިރިއަށް ގޮސް.. ހާދަ ކޮންޓްރޯލް ކޮއްގެންނޭ ހުންނަނީ.. މި އަނގަގަނޑު ކިހާ ދުވަހަކަށް މައިތިރި ކުރެވޭނެބާއޭ މިހިތަށް އަރަނީ.. އެހެރަ ޗާލު ކަމެއް ދޯ.. ހީލީމަ ދެކޮލަށް އެއަރާ އަޑިކޮޅު.. މާ ޝާ ﷲ.. ހިތައް އަރާ ގޮސް ހަމަ އެކޮލުގައި ހިފާލަފާނަމޭ.. އެންމެ ފަހަރަކު އެކަހަލަ ފުރުސަތެެއް ލިބުނަސް އަހަރެން މޮޔަވާނެކަން ޔަގީން..”

” ތޯހިރު ކަލޭ ކޮންކަހަލަ ބޭކާރު ވާހަކައެއް ތިދައްކަނީ.. އޮފީހަށް އަންނަނީ މަސައްކަތް ކުރާކަށް ނޫންތަ.. ” ތޯހިރުގެ ކުރިމައްޗަށް އަރައި ހުއްޓިލަމުން ކިޔާން ބުނެލިއެވެ. ” އެއީ އަހަރުމެންގެ ބޮސްކަން ދަނެގެން ވާހަކަ ދައްކާތި..”

” ކިޔާން ސަރ.. އިރުކޮޅަކަށް ތިއީ އަހަރެންގެ މެނޭޖަރުކަން ހަނދާން ނައްތައިލައިފައި ވާހަކައެއް އަހައިލަންތަ..” ލާނެތް ގޮތަކަށް ހީލައިފައި ތޯހިރު އަހައިލިއެވެ. ” ކިޔާންއާއި އުލްވީ މެޑަމްއަކީ އެއް އޭޖްއެއްގެ ދެމީހުން.. އަހަރުމެންނަށްވުރެ ގިނައިން ކިޔާންއަށް އުލްވީ މެޑަމް ފެންނާނީވެސް.. އަޅެ ބުނެބަލަ ތިހިތުގައި ހަމަ އެކަހަލަ އެއްވެސް އެއްޗެއް ނެތީތަ.. އެހާ ރީތި އަންހެން ކުއްޖަކާއި އެކީ މަސައްކަތްކުރަން ކިޔާންއަށް ފަސޭހަ ތަ..” ކިޔާންއަށް ކެތްނުކުރެވިގެން ތޯހިރު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިފައި އިތުރު އެއްޗެކޭ ނުކިޔުމަށް އެންގިއެވެ.

ބިއްލޫރިން ހަދައިފައިވާ ކެބިންގެ ތެރޭގައި ހުރި އުލްވީއަށް އެމަންޒަރުތައް ފެނުނެވެ. އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން އޭނާއާއި ބެހޭގޮތުން ސިއްރު ވާހަކަތައް ދައްކާކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އުލްވީ އެކަމަށް މާބޮޑު ފަރުވާލެއް ނުބަލަހައްޓައެވެ.

” އުލްވީ މިތަނުން އެންމެ ކްލޯޒްކޮށް އުޅެނީ ކިޔާންއާއި އެކީއެއް ނޫންތަ.. އަނެއްކާ ތިދެމީހުންގެ އިތުރު ގުޅުމެއް އޮންނަނީތަ..
އަހަރުމެން މިތިބެނީ މެޑަމް ވީމަ ޗާންސް ކަޓާފައި.. ކިޔާން ހަމަ ނަސީބު ގަދައީ އޭ.. މެނޭޖަރުކަންވެސް އެއީ އުލްވީ ހޯދައިދިން ވަޒީފާއެއްނު..” ތޯހިރު ހުރީ އަނގަ މައިތިރި ކުރާ ގޮތަކަށް ނޫނެވެ. ކިޔާން ތޯހިރުގެ މޭޒުމަތީ ބަހައްޓައިފައި ހުރި ފެންބޯތަށި ނަގައި ތޯހިރު ގައިގައި އެއިން ޖަހަން އުޅުނެވެ. ނަމަވެސް އޭނާގެ ހަރަކާތް ހުއްޓުނީ އުލްވީގެ އަޑު އިވުމުންނެވެ.

” ކިޔާން ކިހިނެއް ވެގެން ތިއުޅެނީ.. މީ އޮފީސްތެރެކަން ދަނެގެން އަޅެބަލަ.. މިތަނުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާކަށް އަހަރެން ބޭނުމެއްނޫން.. ތަޅައި ފޮޅޭނީ މިއޮފީހުން ބޭރުގައި.. މީހަކު އަނގައިން އެއްޗެކޭ ކިޔަސް އަދި ގަޔަށް އަތްލާކަށް ނުޖެހެއެއްނު.. ތީ އަހަރެންގެ އޮފީހުގައި އަހަރެން ޓޮލެރޭޓް ކުރާނެ އަމަލެއްނޫން.. ތޯހިރުގެ ކިބައިން މައާފަށް އެދޭ ހަމަ މިހާރު.. ” އެދެމެދުގައި ހަމަނުޖެހުން އުފެދުނު ސަބަބެއް ބެލުމެއްނެތި އުލްވީ ބުނެލިއެވެ. ކިޔާންގެ ގާތަށް އިތުރަށް ރުޅިއައެވެ. ނަމަވެސް އުލްވީގެ ބަހަށް ދެކޮޅު ހެދުމެއްނެތި ތޯހިރުގެ ކިބައިން މައާފަށް އެދުނެވެ. ދެވަނަ ފަހަރު ގަޔަށް އަތްނުލާނެ ކަމަށް ބުނެ އަތުގައިވާ ބިއްލޫރި ތަށިން ވަރަށް ބާރަށް މޭޒުމަތީގައި ޖެހިއެވެ. ބިއަލޫރިތަށި ތަޅައިގެން ގޮސް ކިޔާންގެ އަތަށް ބިއްލޫރި ހެރިފައި ހުއްޓެވެ. އިތުރު އެއްޗެކޭ ނުބުނެ ކިޔާން އެތަނުން ދިޔައީއެވެ.

” ޑޯންޓް ބީ ސޯ ހެޕީ ތޯހިރު.. އަހަރެން ކިޔާންއާއި އެގޮތަށް ވާހަކަ ދެއްކީ އޭނަ ތޯހިރުގެ ގަޔަށް އަތްލީމަ.. ފަހަރެއްގައިވެސް އޭގެ މާނައަކީ އަހަރެން ތޯހިރު ދިފާއު ކުރީއެކޭ ނޫން.. ތޯހިރުގެ ކުށެށްނެތި ކިޔާން އެފަދަ ގޮތަކަށް ނޫޅޭނެކަން އަހަންނަށް ހަމަ ރަގަނޅަށް އެނގޭ.. ތޯހިރު ކޮންމެވެސް އެއްޗެކޭ ބުނެގެން އޭނާ އެހާ ރުޅި އަންނާނީ.. މިތަނަށް އަންނަނީ މަސައްކަތް ކުރަންކަން ދަނެގެން އުޅޭތި.. އެއްވެސް ކަހަލަ ހަމަނުޖެހުމެއް އުފެދޭ ކަހަލަ ވާހަކައެއް މީގެ ފަހުން ދައްކައިގެން ނުވާނެ.. އެހެންނޫނީ އަހަންނަށް ޖެހޭނީ ތޯހިރުއާއި މެދު ފިޔަވަޅު އަޅަން..” ތޯހިރުއަށް އިންޒާރެއް ދިނުމައްފަހު އުލްވީ އޭނާގެ ކެބިންއަށް ދިޔައެވެ. ތޯހިރު ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި އުލްވީގެ އެހަރުކަށިކަމެއް އޭނާއަށް ފެނިފައެއް ނުވެއެވެ.

ކަންނެތް ގޮތަކަށް އެނދުން ތެދުވެ ދެލޯ އުނގުޅަމުން އުލްޔާ ހިނގައިގަތީ ކާގެއާއި ދިމާއަށެވެ. ބަނޑުހައިވެފައި ހުރިވަރުން މިއަދުވެސް ތެދުވި ގޮތަށް ފާހާނާއަށް ވަނުމުގެ ބަދަލުގައި އަވަސްވެގަތީ ކާއެއްޗަކާއި ދިމާއަށް ދެވޭތޯއެވެ. އަވަސް އަވަހަށް ކާއެއްޗެހީގެ މަތި ނަގައި ބަލައިލިއެވެ. ހެނދުނުގެ ނާސްތާއަށް އޭނާ ބޭނުންވާ ކަހަލަ އެކައްޗެއްވެސް އެތާކު ނެތެވެ. ” ލަކްޝްމީ.. ލަކްޝްމީ..” ދެތިން ފަހަރު އުލްޔާ ގޮަވައިލުމުން ލަކްޝްމީ އެތަނަށް އައެވެ. ” ކިތައް ފަހަރު އަހަރެން ބުނާނީ އަހަންނަށް މިކަހަލަ އެއްޗެހި ކަމަކު ނުދެއޭ.. އަހަރެން ކައިރީ އަހާފައި އަހަންނަށް ނާސްތާ ތައްޔާރު ކުރާށޭ ކިތައް ދުވަހު އަހަރެން ބުނާނީ..” އުލްވީއާއި ހިލާފަށް އުލްޔާއަކީ ހަރުކަށި ކުއްޖެއް ކަމުން ލަކްޝްމީ އަބަދުވެސް އުލްޔާ ދެކެ ބިރުގަނެއެވެ. ” ސޮރީ މެޑަމް.. ރޭގައި މެޑަމް ގެޔަށް އަންނާނެ އިރަކަށް އަޅުގަނޑު ވަރަށް އިންތިޒާރު ކުރިން.. އުލްވީ މެޑަމް ބުނެގެން އަޅުގަނޑު ނިދަންވަނީ.. މިއީ އުލްވީ މެޑަމް ބުނެގެން ތައްތާރުކުރި އެއްޗެހި..އަބަދު ޕިއްޒާ އެއްޗެހި ކާކަށް ނުވާނެއޭ ބުނާށޯ..”

” އާރގް ދޮންތި.. ބަލަ ލަކްޝްމީ ތީ ހަމަ އެކަނި ދޮންތިގެ ނޯކަރެއްތަ.. އަހަރެން ކިތައްމެ ލަހުން ގެޔަަށް އަޔަސް ލަކްޝްމީ ނިދަން ވަންނަން ޖެހޭނީ އަހަރެން ގާތު ނާސްތާއަށް ތައްޔާރު ކުރަންވީ އެއްޗެއް އަހައިފައި.. އަހަރެން މީ ދޮންތިއެއް ނޫނޭ.. ކޮންމެ ދުވަހަކު ޕާނާއި ޖޭމާއި ކައިގެން އަހަންނަކަށް ނުހުރެވޭނެ.. ހަމަ މިހާރު އަހަންނައް ޕިއްޒާއެއް ހަދައިގެން ގެނެސްދީ.. ޗޮކްލެޓް ކޭކްވެސް ބޭނުން.. ވަރަށް އަވަސް ކުރާތި.. އަހަރެން ވަރަށް ބަނޑުހައި ވެފައި މިހުރީ..” އުލްޔާ އަމުރުވެރި ރާގަކަށް ބުނުމުން ލަކްޝްމީ އަވަސްވެގަތީ އުލްޔާ ބުނި އެއްޗެހި ތައްޔާރު ކުރާށެވެ. 45 މިނިޓް ފަހުން ކާމޭޒު މައްޗަށް އެއެއްޗެހި ގެނެސްދިނެވެ. އޭރު އުލްޔާ ހުރީ ފެންވަރައި ރީތިވެލައިގެން ނިކުމެއެވެ.

” ޕިސް ޕިސް… އަދިވެސް ލަކްޝްމީ ކަންތައް ކުރާލެއް ހާދަ ސްލޯއޭ ދޯ.. މިހާރު ދެން ތިޔަށްވުރެ އަތްމަތި އަވަސްވާން ވެއްޖެއެއްނު.. ބަނޑަށް މަރުވާހާ އިރުވީމަ ކާއެއްޗެއް މިިލިބެނީ.. ބޮޑުވަރު މިދެން.. ” ޕިއްޒާ ފޮއްޗެއް ނަގަމުން އުލްޔާ ކުދި ކިޔައިލިއެވެ. އޭގެ ރަހަ ބަލާލުމައްފަހު އެޔަށް ފާޑުކިޔައިލިއެވެ. އުލްޔާއަށް ކަމުދާ ގޮތަކަށް ދުވަހަކުވެސް ލަކްޝްމީއަކަށް އެއްޗެއް ނުހެދެއޭ ބުނެ ހަޅޭލަވައިގަތެވެ. ” އަހަންނައް މެންދުރަށް ޕާސްތާ ތައްޔާރު ކުރާތި.. ބައިވަރު ޗީޒް އަޅައިގެން ވަރަށް ކުޅިކޮށް.. އަނެއްކާ ދޮންތި ބުނެފަތަ އޮތީ އަހަންނަށް މެންދުރަށް ވަކި އެއްޗެއް ތައްޔާރު ކުރަން..”

” އުލްވީ މެޑަމް ބުނުއްވީ ބާސްމަތި ރައިސް އެންޑް ގްރިލްޑް ވެޖިޓަބަލްސް ދިނުމައް..” ލަކްޝްމީ ބުނެލިއެވެ. ” ޔަކް.. އަހަންނަކަށް ތި ޓޭސްޓްލެސް އެއްޗިއްސެއް ނުކެވޭނެ.. ލަކްޝްމީ ބުނެބަލަ އަހަރެން ވަކި މިކާއެއްޗެހި ކައިގެން އަހަންނަށް ގެއްލުމެއް އެބަ ލިބޭތަ.. ގައިމު ދޮންތިއަށްވުރެ އެންމެ އިންޗިއެއްވެސް އަހަރެން ފަލައޭ މީހަކަށް ބުނާކަށް ނުކެރޭނެ.. ” އުނަގަނޑުގައި ދެއަތް ވިއްދައިލަމުން އުލްޔާ ބުނެލިއެވެ. ލަކްޝްމީ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު އުލްޔާއަށް ފޯނެއް އައުމުން އޭނާ އެއްޗެކޭ ނުބުނެ އެތަނުން ދިޔައީއެވެ.

ފަސްޓް އައިޑް ބޮކްސް ހިފައިގެން އުލްވީ އެރީ އޮފީހުގެ ޓެރަހަށެވެ. ކިޔާން ހުންނާނީ އެތަނުގައި ކަން އޭނާއަށް އެނގޭތީއެވެ. ކިޔާން އިށީންދެގެން އިން ބެންޗުގައި އުލްވީވެސް ގޮސް އިށީންދެ ހަމަޖެހިލިއެވެ. އެއައްފަހު އެދެމެދުގައިވާ ހުސް ޖާގަކޮޅުގައި ބޮކްސް ބައިންދައިލުމައްފަހު ލޭއަަންނަމުން ދިޔަ ކިޔާންގެ އަތުގައި ހިފައިލިއެވެ. ކިޔާން ވަގުތުން އަތް ދަމައިގަތެވެ. އުލްވީއާއި ދިމާއަށް ނުބަލަން ވެގެން އޭނާ ހުރީ އަނެއް ފަރާތަށް މޫނު އަނބުރައިގެންނެވެ. ” ދައްކަބަލަ އަހަންނަށް ތިއަތް.. ” އުލްވީ އަނެއްކާވެސް ކިޔާންގެ އަތުގައި ހިފައިލިއެވެ. މިފަހަރުވެސް ކިޔާން އޭނާގެ އަތް ދަމައިގަތެވެ. ” ކިޔާން އަހަރެން ތިއަތުގައި ބޭސް އެޅިޔަ ދީބަލަ.. އައިމް ޔުއާރ ބޮސް.. އަހަރެން ބުނާ ގޮތް ކިޔާން ހަދަން ޖެހޭނެ..” އުލްވީ ބުނެލިއެވެ.

” ޔާ ތީ އަހަރެންގެ ބޮސް.. މެޑަމް އަހަރެންގެ ނާރސްއަކަށް ވާން އުޅޭނެ ކަމެއް ނެތް.. އަހަރެން އަމިއްލައަށް އަތުގައި ބޭސް އަޅައިފާނަން.. މިއީ މެޑަމްއާއި ކުރަން ޖެހޭ ކަމެއް ނޫން..” ކިޔާން ބުނެލިއެވެ. ” އައްދޭ.. ކިޔާންއަށް ރުޅިއަންނަންވެސް އެނގޭތަ.. އަހަރެން އެގޮތަށް ކަންތައް ކުރީމަ ހިތްހަމަނުޖެހުނީތަ.. އެކަމަކު އެއީ އަހަރެންގެ ކުށެށް ނޫނެއްނު.. ކިޔާންއަށް އެނގެއެއްނު ތަޅައި ފޮޅައި ހެދުން އެއީ އަހަންނަށް އެއްގޮތަކަށްވެސް ކަމުދާ ސިފައެއްނޫންކަން.. އެވަރުންވެސް ކިޔާން ތޯހިރު ގައިގައި ޖަހަން އުޅުނީ..”

” އެންމެ ފަހަރަކުވެސް އަހައިލިނަމަ އޭނަ ކީކޭ ކިޔައިގެންކަން އަހަރެން ޖަހަން އުޅުނީ.. ބަޓް ނޯ.. އަހަރެން ލައްވާ އޭނާގެ ކިބައިން މައާފަށް އެދުނީ.. ދެޓްސް ނޮޓް ފެއާރ އުލްވީ.. ” ކިޔާން ޝަކުވާކޮއްލިއެވެ. ” މީހަކު އަނގައިން އެއްޗެކޭ ކީޔަސް ގަޔަށް އަތްލާކަށް ނުޖެހެއެއްނު.. ”

” ދެން ތިބުނަނީ މީހަކު އުލްވީއޭ ކިޔައިގެން ކިތަންމެ ހަޑިކޮށް ވާހަކަ ދެއްކިޔަސް ހެވިދިލިފަ މަޑުން ހުންނާށޭ ތަ..” ކިޔާން ބުނެލިއެވެ. ” ހެޔޮ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކީޔަސް މީހެއްގެ ގައިގައި ޖަހައިގެން ނުވާނެ.. ކިޔާން ޖަހައިފިއްޔާ ވަކި ދެން ހުރި މީހާ މަޑުން ހުންނާނެތަ.. ކިޔާން ގައިގައި އޭނަވެސް ޖަހާނެއެއްނު.. އެގޮތް އަހަންނަކަށް ކަމަކު ނުދޭ.. އަހަންނަށް އޯކޭއޭ އަހަންނޭ ކިޔައިގެން ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކީޔަސް.. އައި ޑޯންޓް ކެއާރ.. ކިޔާންވެސް މީހުން ކިޔާ އެއްޗިއްސާއި މާބޮޑަށް އަޅާނުލައި އުޅެބަލަ.. ” ކިޔާންގެ އަތުގައި ބޭސް އަޅައިދެމުން އުލްވީ ވާހަކަ ދެއްކިއެވެ. ” ދެން ތިރުޅިގަނޑު މައިތިރި ކޮއްބަލަ ދޯ.. އަހަރެން މިއައީ ތޯހިރުއަށް އިންޒާރެއް ދީފައި.. ދެން އޭނަ ކިޔާން ރުޅިއަރާވަރުގެ ވާހަކައެއް ނުދައްކާނެކަން އަހަންނަށް ޔަގީން..” ކިޔާން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އުލްވީ ބުނެލިއެވެ.

” ތޯހިރު ދެއްކީ އަކީ މުޅިއަކުން ދޮގު ވާހަކައެއް ނޫން.. އަހަންނަށް މި ވަޒީފާ ހޯދައިދިނީ އުލްވީއެއްނު..” ކިޔާން ބުނެލިއެވެ.

” އަހަރެން ކިޔާންއަށް ތިމަގާމު ދިނީ ކިޔާން ޑިޒާވް ވާތީއޭ.. އަހަންނަށްވުރެ ބޮޑަށް ކިޔާންގެ ގާބިލުކަން އިނގޭނެ ދެވަނަ މީހަކު ނުހުންނާނެ ކަންނޭންގެ.. ކުޑައިރުއްސުރެ ދެމީހުން އެކުގައި މިއުޅެނީ.. ކިޔާން އަކީ އަބަދުވެސް ވިޔަފާރީގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ މީހެއް.. އަހަންނަށް މިނޫން ދާއިރާއަކުން ކުރިޔަށް ދެވޭކަށް ނެތް.. އަހަންނަށް އެންމެ ބޮޑަށް އެހީތެރިވެ ދިން މީހަކީ ތިއީ..ކިޔާން ނެތްނަމަ އަހަރެން ކިހިނެއް މިހުރިހާ ކަމެއް ހެންޑަލް ކުރާނީ.. ދެން ބޭކާރު ވާހަކަ ނުދައްކާ ހިނގާ މިތަނުން ދާން.. އަހަރެން ކުރަން ބައިވަރު މަސައްކަތް އެބަހުރި..” އުލްވީ އެހެން ބުނުމައްފަހު ކިޔާންގެ އަތުގައި ހިފައިގެން އެތަނުން ނެގިއެވެ. ” އުލްވީ ދޭ.. އަހަރެން ދާނަން އިރުކޮޅަކުން.. އެހެންނޫނަސް އަހަރުމެން ދެމީހުން އެއްކޮށް ތިރިއަށް ދިޔައިއްޔާ މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެ..” އުލްވީގެ އަތުން ދޫކޮއްލާފައި ކިޔާން ކުރިޔަށް ޖެހިލިއެވެ.

” މީހުން އެއްޗެކޭ ކިޔާފިއްޔާ ކިހިނެއްވާނީ.. ކިޔާން ލަދުގަންނާނީތަ.. އަހަރެންނާއި އަޅުވައި ކިޔާކަށް ގަބޫލެއްނޫން ދޯ.. އޯކޭ އޭ ހަމަ އަހަރެންވީމަ.. އަހަރެން ތަންކޮޅެއް ހަޑިވީމަ ލަދުގަންނަނީ ދޯ މިހާރު އަހަންނާއި އެކީ ހުއްޓަ މީހަކަށް ފެންނަންވެސް..” ކިޔާން ކައިރިއަށް ގޮސް އުލްވީ ތުއި ގޮތަކަށް ބުނެލިއެވެ. ” ހޫމް ތިހާ ހަޑި މީހަކާއި އެކީ އަހަރެން ބޭރަށް ނިކުތީމަ ބަލާނެ ބިޓެއްވެސް ނުލިބޭ.. ” އުލްވީ ބޭނުންވި ގޮތަށް ކިޔާންގެ ރުޅިގަނޑު ދިޔައީ މައިތިރިވަމުންނެވެ. ” އަހަރެން ހަމަ އެހާ ހަޑީތަ ދެން.. އެންމެ ފަހަރަކު އަހަރެން ރީއްޗޭ ބުނެލިއްޔާ ކީއްތަވާނީ .. ” ދެރަވާ ކަމަށް ހެދެމުން އުލްވީ ބުނެލިއެވެ. ” އައްދޭ މިދެރަވާންވެސް އިނގޭ މީހެއްތަ.. އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ.. އެނގެއެއްނު ތީ އަހަންނަށް އެންމެ ރީތި ކުއްޖާކަން.. ތޯހިރު ބުނިހެން މިހިރަ ޗާލުކަމެއް ދޯ..” އުލްވީގެ ކޮލުގައި ދެއަތުން ހިފައިލަމުން ކިޔާން ބުނެލިއެވެ. ” ގޯނީ ފުލަށް އެލީ.. ދެންވެސް ހިނގާ ދާން.. 9 ޖަހާއިރު މީޓިންގް އެއްވެސް އެބައޮތެއްނު..” އުލްވީ ބުނެލިއެވެ.

9 ޖަހަންވާއިރަށް އުލްޔާ ހުރީ ބޭރަށް ދާން ތައްޔާރުވެގެން ސިޓިންރޫމްއަށް ނިކުމެއެވެ. ފޯނުން މީހަކަށް މެސެޖްކުރާށެވެ. ” ދަރިފުޅަށް މިއަދު ހާދަ އަވަހަށް އިރުއެރި ދުވަހެއް.. ކަމެއް އޮތީތަ..” އޮފީހަށް ދާން އުޅުނު ޒަރީރަށް އުލްޔާ ފެނުމުން ވިޖޭ ގާތުގައި އުލްޔާ ކައިރިއަށް ގެންގޮސް ދިނުމަށް ބުނެލިއެވެ. ” ބައްޕައަށް އަޅުގަނޑު އަވަހަށް ތެދުވީމަވެސް ކަމުނުދަނީތަ.. އެހެންނާ ދޮންތިއާއި ދެމީހުން އުޅޭނީ އަޅުގަނޑު ހޭނުލައިގެން.. މިއަދު މިއުޅެނީ ރައްޓެހި ކުއްޖަކު ބަލިވެގެން ހޮސްޕިޓަލަށް ދާންވެގެން.. އޭނަ ގުޅަން ދެން މިމަޑުކޮއްލަނީ.. ” އުލްޔާ ބުނެލިއެވެ.

” އެންމެ ރަގަނޅު.. އަވަހަށް ދޭ.. މާދަން ހެނދުނުގެ ނާސްތާގައި ދަރިފުޅު ބައިވެރިވާން ޖެހޭނެ.. ބައްޕަ ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން..” ޒަރީރު އެހެން ބުނެފައި ވިޖޭ ކައިރީގައި އޮފީހަށް ގެންދިޔުމައް އެދުނެވެ.

” ދެން މާދަމާވެސް އަހަރެން މިޖެހުނީ އިރު ނާރަނިސް ހޭލާކަށްނު.. ވަރަށް ފޫހިވޭ.. ރަގަނޅަށް މީހަކަށް ހަމަޖެހިލައިގެން ނިދެންވެސް ނޯވޭ.. ރާއްޖެ އައުން އެއީ އަހަންނަށް ހެނދުނު އެންމެ ބޮޑު ގޯސް.. ” ޒަރީރު ދިޔުމުން އުލްޔާ އެެއްޗެހި ކިޔަން ފެށިއެވެ.

ބޭރުގެ އިންވެސްޓަރުންތަކަކާއި އެކު އޮތް ބައްދަލުވުން ނިންމާލައިފައި އުލްވީއާއި ކިޔާން ގޮސްވަނީ އޭނާގެ ކެބިންއަށެވެ. އުލްވީގެ ޕީއޭ ނޫރާ މިއަދު ބަލިވެ އުޅޭތީ އޮފީހަށް ނުނިކުންނާތީ ދުވަހުގެ ސެޑުލް އުލްވީއަށް އޭނާވަނީ މެއިލްކޮއްލާފައެވެ. ” އަހަރުމެންގެ ނިއު ސޭލްސް މެނޭޖަރ މާދަމާ އޮފީހަށް ނިކުންނަ ގޮތަށް އިނީ..” އަތުގައި އޮތް ފައިލް އުލްވީއަށް ދިއްކޮއްލަމުން ކިޔާން ބުނެލިއެވެ.

” އެއީ ކުރިން އޮފީހުގައި އުޅުނު މީހެއްކަމަށް ވަނީ.. ކޮންޕެނީއިން ދިން ފުރުސަތަކަށް ލަންޑަނުން ޑިގްރީ ހަދައިގެން އެއަންނަނީ.. އަހްމަދު ރިހާމް.. ރިހާމް..” އުލްވީ އެނަން ތަކުރާރުކޮއްލުމުން ކިޔާން އުލްވީއާއި ދިމާއަށް ލޯއަޅައިލިއެވެ. ” ދަންނަ މީހެއްތަ އަނެއްކާ.. އަހަންނަށްވެސް ވަރަށް ދަންނަ ވައްތަރު ޖަހާ ނަމެއް ވީމަ މިބުނެލީ..”

” ހޫމް ދަންނަ މީހަކަށް ކިޔާ ނަމެއް.. އެކަމަކު މިއީ އަހަރުމެން ދަންނަ ރިހާމްއަކަށް ނުވާނެ..” ފައިލް ލައްޕާލަމުން އުލްވީ ބުނެލިއެވެ. ” އައްދޭ ހާދަ އަސަރެއް ތިކުރީ.. ހަމަ އެ ރިހާމްއަށްވެސް ވެދާނެއެއްނު.. އަހަރެން ހީޔެއްނުކުރަން އުލްވީއަށްވެސް ރިހާމް ކަމުދާކަމަކަށް.. ސުކޫލްގައި އޭރު އުޅޭ ހުރިހާ އަންހެން ކުދިން ހުންނާނީ އެ ރިހާމްއަކާއި ހެދި މޮޔަވެފައި.. އޭނަ ބަލަން ކުޑަދޮރު ކައިރިއަށް ގޮސް.. އޭނައަށް ފާރަލަމުން ދުވުން ނޫން ކަމެއް ނުކުރޭ..”

” އަހަންނެއް އޭނަ ފަހަތަކުން ނޫޅެމެއްނު.. އެންމެން އޭނައަށް ބަލަން ތިބޭއިރުވެސް އަހަރެން ބަލަން ތަ އޭނައަށް.. އޭރުވެސް އަހަރެން އުޅުނީ ކިޔާން ފަހަތުންނެއްނު..” އުލްވީ ބުނެލިއެވެ.

” އެހެންވެއޭ އަހަރެން މިބުނީ އަހަންނަކަށް ނޭންގެޔޭ އުލްވީއަށް ރިހާމް ކަމުދާކަމެއް.. އެނަން ފެނުނީމަ ތިއޮތް ވީވަރެއް ދޯ އެކަމް..” ކިޔާން ބޭނުންވީ އުލްވީއާއި ދިމާކުރާށެވެ. ” އަހަރެން ނުބުނަމެއްނު އަހަންނަށް އޭނަ ކަމުދެޔެކޭ.. އެހާ ދުވަސް ފަހުން ދެން ދަންނަ މީހެއްގެ ނަމެއް އިވުނީމަ ކޮންމެސް އެއްޗެކޭ ހިތަށް އަރާނެއެއްނު..” އުލްވީ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

ބަދުނާމު

Next

ފަނާ

Next
October 25, 2018

ފަނާ

Previews
October 25, 2018

ބަދުނާމު

24 Comments!

  1. kookie says:
    October 25, 2018 at 9:16 am

    yey me first dhw. varah reethi mi part. kn irakun next part up kurany..??

    1. Blackpearl says:
      October 25, 2018 at 9:27 am

      Yes yuh first dear
      Thanks a lot ??
      Next part mondayga ?

  2. Blackpearl says:
    October 25, 2018 at 9:23 am

    Salaam everyone
    Here is the 1st part of the story..
    I will upload the story every monday and thursday Insha Allah
    If yuh have enjoyed reading this part please share your opinions as a comment ???

  3. Shaa says:
    October 25, 2018 at 12:14 pm

    Hi blackpearl varah nice mi part waiting for next part

    1. Blackpearl says:
      October 25, 2018 at 8:39 pm

      Hi Shaa
      Thank yuh
      Keep waiting for the next part ?

  4. Pooh says:
    October 25, 2018 at 12:34 pm

    Waiting for next part ♥️♥️

    1. Blackpearl says:
      October 25, 2018 at 8:40 pm

      Darling keep waiting ❤❤

  5. Ana says:
    October 25, 2018 at 1:37 pm

    Hello Dear
    New story eh kiyaalan libunythy varah ufaavehje.
    This part is very nice. Ummeedhukuran reethi story akah vaane kamah
    All the best ??❤

    1. Blackpearl says:
      October 26, 2018 at 8:17 am

      Hello Ana
      Thank yuh so much Insha Allah I will try my best to make it interesting ??

  6. Ana says:
    October 25, 2018 at 1:40 pm

    Hello dear
    New story eh kiyaalan libunythy varah ufaavehje.
    Mi part varah nice.Ummeedhukuran mi storyves reethi story akah vaane kamah
    All the best ??❤

  7. Riyaa says:
    October 25, 2018 at 2:06 pm

    Furolhu lee gondi eh ga kihineh hunaanee inaanee noontha??
    Anyways story varah reethi. Waiting for the next part.

    1. Blackpearl says:
      October 25, 2018 at 8:42 pm

      Yes hunnaanee eh noon innaanee.. will correct it next time..thank yuh so much ?

  8. Hishh says:
    October 25, 2018 at 3:02 pm

    Haadha madhu dhuvas thakehga up kuranee emme dhe dhuvahuga week ehge! Its interesting waiting for nxt part! Thankolheh Gina dhuvas thakuga up kohdheebah ?

    1. Blackpearl says:
      October 26, 2018 at 4:45 pm

      Madhu tha ?
      Hish help vee varakah up vaaleh avas vaane kamah mibalany ?❤

  9. ކަލާ 123 says:
    October 25, 2018 at 3:22 pm

    ރީތި ފެށުމެއް. ރީތި އިބާރާތް ކުރުމެއް. ކިޔަމުންދިޔައިރު ލޮލުގެ ކުރިމަތީގައި ފަރުދާއެއް ހިއްލި މަންޒަރު ހާމަވަމުން ދިޔަ ކަހަލަ.ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރާއި ތަހުނިޔާ

    1. Blackpearl says:
      October 25, 2018 at 8:42 pm

      Thank yuh so much dear ?

  10. Juvey says:
    October 25, 2018 at 4:37 pm

    Masha Allah feshun varah salhi ❤

    1. Blackpearl says:
      October 25, 2018 at 10:45 pm

      Thank yuh so much Juvey ??

  11. Askim says:
    October 26, 2018 at 1:21 am

    Very nice ?❤️ Waiting for the next part ❤️

    1. Blackpearl says:
      October 26, 2018 at 4:45 pm

      Thank yuh so much Aşkım ?❤

  12. avyaaaaaaaaaaaaaa says:
    October 28, 2018 at 2:40 pm

    omigosh nessa ronni aaron and collins

  13. Janaa says:
    October 29, 2018 at 4:20 pm

    Masha Allah. Vrah reethi feshumeh ♥️

  14. Alyra says:
    October 29, 2018 at 10:41 pm

    merrel twins photo in fenunyma mibalailee.. vaahaaka vrh reethi masha allah… n collins ves photo ga ineema hama habeys!!!

  15. Hishh says:
    October 29, 2018 at 11:50 pm

    My lovely cousin blackpearl ge phone ga kuda massala eh ulheythee Internet use nukurevigen ulhenee. Esfiya yah vadhevunuhaa avahakah vahakaige 2nd part update kohdheyne kamah dhannavan ❤

Comments are closed.

Next Episodeއެންމެ ހިނިތުންވުމަކަށް 02←


All Right Reserved!