Skip to content
އެސްފިޔަ

ކެތްކުރީމޭ!! 2 ވަނަ ބައި

މާޒީގައި ތިންހަތަރު ކުދިންނާއި ލޯބީގެ ގޮތުން ގުޅެވިފައިވީ ނަމަވެސް ނުމާލް އާ ދިމާވިފަހުން ވިޝްނާއަށް މި ކުރެވެނީ މުޅިން ތަފާތު އިޙްސާސްތަކެކެވެ. ދެމީހުން ދިމާވިތާ މާގިނަދުވަހެއް ނުވިކަމުގައި ވިއަސް ވިޝްނާގެ ހިތުގައި ނުމާލް އަށްޓަކައި ވަރަށް ބޮޑު ގަދަރެއް ދެވިފައިވެ އެވެ. ނުމާލްގެ ހުންނަ މަޑުމައިރި ސަކަ މިޒާޖަކީ ވިޝްނާ އަށް ނުމާލް ކަމުދިޔަ އެއް ސަބަބެވެ. އަދި އޭނާގެ އޯގާތެރިކަމާއި ކެތްތެރިކަމަކީ ވިޝްނާގެ ހިތް އޭނާއަށް ލެބުމަށް މަޖުބޫރުކުރުވި ކަމެކެވެ. އަދި ދީނީ ގޮތުން ދުވަހަކުވެސް މީހަކު އެހީތެރިނުވާ ވަރަށް ނުމާލް ވިޝްނާއަށް އެހީވެދެ އެވެ. އޭގެ ނަތީޖާތައް ކިތަންމެ ރަނގަޅަކަށްވެސް ދަނީ ފެންނަމުންނެވެ. ކުރީގައި ދަމަކުން ބަޑިއެއް ޖަހާހެން ނަމާދު ކުރިއެއްކަމަކު ވިޝްނާ އަކީ މިހާރު ނަމާދަށް ފަރުވާތެރި ކުއްޖަކަށް ވާނެއެވެ. މިއީ ނުމާލް އާ ދެކެވުނު ވާހަކަ އަކުން، ދިން ނަސޭހަތުގެ ނަތީޖާ އެވެ.
ދެހިތެއް އެކަކު އަނެކަކަށް ކިތަންމެ އެދުނަސް ﷲ ގެ އިރާދަފުޅުން މެނުވީ އެއްކަމެއްވެސް ބަދަލެއް ނުވާނެ އެވެ. ނުމާލް އާއި ވިޝްނާ އާއި ދެމީހުންނަށްވެސް ދިމާވެފައި މިވަނީ ތަޤްދީރުގެ ހުރަހެވެ. ވަގުތުގެ ދުރުކަމެވެ. ނަމަވެސް އެކަކު އަނެކަކާ ދިމާނުވިއެއް ކަމަކު ދެ މީހުން ވެސް ދެމީހުންގެ ހުވަފެން ސީދާ ކުރެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި އަބަދުމެ ދުޢާ ދަންނަވަ އެވެ. ނުމާލް އަކީ ﷲގެ ޙަޟްރަތުން އުއްމީދުކަނޑާލާނެ މީހެއްނޫންކަން ވިޝްނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެކަމުގެ ސަބަބުން ވިޝްނާގެ ހިތުގައިވެސް އެ އުއްމީދު ވެއެވެ.

ފޯނަށް ނަޒަރު ހުއްޓާލައިގެން އޮތް ވިޝްނާއަށް ހަމަބިމަށް އާދެވުނީ އޭނާގެ ބައްޕަ ފުރަންދާން އައުމަށް ގޮވާލުމުންނެވެ. ޙިތުގައި ކިތަންމެ ރިހުނަސް، ދާން ކިތަންމެ ބޭނުންނުވިއަސް މިއަދު ވިޝްނާއަށް ޖެހިފައިމިވަނީ މުޅި ދިރިއުޅުން ބަދަލްކޮށްލި އުފާވެރި ފަސްގަނޑާ ދުރަށް ދާށެވެ. ރަށުގައި ހުރެ ކިޔެވުމަށްޓަކައި މާލޭން ކުރަންޖެހޭ ކަންކަން ނިންމުމަށް ކުރި މި ދަތުރު ނިންމާލަން ޖެހިފައިމިވަނީ ހިތާއި ދެކޮޅަށެވެ. ހިފެއްޓުމެއްނެތި ދެލޮލުން ފޭބިކަރުނަތައް ފުހެލުމަށްފަހު ބައްޕަ ގެ ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ފޮށި ހިފައިގެން ބޭރަށް ނުކުތެވެ. އަމާންކަމާއެކު މަގުމަތިން ކާރެއް ހޯދާކަށް މާ ބޮޑު މަސައްކަތެއް އެމީހުން ކުރާކަށް ނުޖެހުނެވެ. ޢެއީ ފަތިސް ގަނޑިކަމުން މަގުމަތީގައި ދުއްވާ އެއްޗިއްސާއި ހިނގާބިނގާވެ އުޅޭ މީހުން ވަރަށް މަދެވެ. ކާރަށް އަރާ ހަމަޖެހިލެވުމާއި އެކު ފޯނަށް ކަޅިހުއްޓައިގެން އިން ވިޝްނާ އިންތިޒާރު ކުރަނީ ކޮން ކަމަކަށް ކަމެއް ނޭނގެ އެވެ.

********************************************

މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުންގޮސް ރަސްފަންނުގައި މަޑުކޮށްލި ނުމާލް އަށް ހިތްހަމަޖެހުން ލިއްބައިދެނީ ފިނި ފިނި ފަތިހުގެ އަރާމު ވަޔާއި އެ މަޑުމައިތިރި ހިމޭން މާހައުލެވެ. ފަތިސް ނަމާދަށް ފަހު މިތަނުގައި ވަގުތު ކޮޅެއް ހޭދަކޮށްލަނީ ގުދުރަތުގެ ފުރިހަމަ މިސާލާއި މެދު ވިސްނާ ފިކުރުކޮށް ހިތްހަމަޖެހުން ހޯދުމަށެވެ. ބިމުގައި އެއްފައި ވިއްދާ އަނެއްފައި ސައިކަލުގައި އަޅުވާލާގެން އިން ނުމާލް ކުއްލިއަކަށް ތެދުވެ ފޯން ބަލާލީ ކަމެއް ހަނދާވީފަދައަކުންނެވެ. މިއަދު މީ ވިޝްނާ ފުރާދުވަހަށް ވުމުން ނުމާލް ނިންމައިގެން ހުރީ އޭނާގެ ނިންމުން ވިޝްނާ އާއި އޭނާގެ ބައްޕަ އަށް ބައްދަލުކޮށް ކިޔައިދިނުމަށެވެ. މިހެންވެ އަވަސް އަވަހަށް ވިޝްނާއަށް މެސެޖު ކޮށް އޭނާ އާއި ބައްދަލު ކުރުމަށް އެދުނެވެ. ކުރިން ނުމާލް ގާތު ފުރާތަނާއި ގަޑި ވިޝްނާ ބުނެފައިވުމުން ނުމާލް އެތާކައިރި ހުންނާނެވާހަކަ އާއި ހުންނާނެ ތަން ވެސް މެސެޖުގައި ލިޔެ ފޮނުވާލި އެވެ.
ވިޝްނާގެ ފޯނަށް މެސެޖެއް އައުމާއި އެކު ހިނިތުންވެލެވުނީ މިގަޑީގައި ނުމާލް ނޫން އެހެން މީހަކު މެސެޖު ނުކުރާނެކަން ކަށަވަރުކޮށްގެންނެވެ. އަވަސްވެފައިވާ ހިތަކާއި އެކު މެސެޖު ހުޅުވާލި ވިޝްނާގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވި އެވެ. މަޑު މުށިކުލަ އަކަށް ދާ ޝޯލްއަކުން ނިވާކޮށްފައިވާއިރު އެ ލޯބި މޫނާއި ވަރަށް ގުޅެ އެވެ. ނަމަވެސް އެމޫނުމަތިން މިހާރު ފެންނަމުން އެދަނީ ފޫހިކަމާއި މާޔޫސްކަމެވެ. މިހުރިހާ ކަމެއްގެ އަސްލަކީ ދެންމެ އޭނާއަށް ލިބުނު މެސެޖެވެ.

(ނުނިމޭ)

Comments (6)

  1. HaNiM

    Assalam alaikum. Alhamdhu lillah Dhevana bai miothy. In sha allah madhama aneh bai genesdheyn v try kuranan. Kiyuntherin vahaka aa medhu dhekey goi hushaelhumaky ithurah vahaka ah libeyne furihama kameh. Ehen v ma kiyafa comment kollumaky wtiter v edhey kameh.
    Thank you all

  2. Shaa

    Hi hanim varah reethi 2nd part ves umeedhu kuran reethi gothakah mi story ves nimigen dhaane kameh

    1. HaNiM
      Shaa

      Shukuriyya. In sha allah shauguveri koh genesdhevey tho massakai kuranan abadhu ves

  3. pimpi

    Story varah kumudhey.. Hykuran shauguveri vaanefadha gothakah mulhi story genesdheyne kamah..

    1. HaNiM
      pimpi

      Thank you. I ll try my best in sha allah

  4. Suha

    Varah furihama…looking forward to next part…varah hinhama jehee kuri ah dhaagoy…hykuran rangalhu vaane kamah…best of luck..

Comments are closed.