” ސިސް … ” ތަށި ތަޅައިގެންގޮސް ލިވިންގް ރޫމްގައި ޖަހާފައިވާ މަޑު ފެލި ކުލައިގެ މާބްލް މައްޗަށް ވެރިގެން ދިއުމާއެކު ޒަވީންއަށް ބުނެލެވުނެވެ.

” ޒޭވް ނުވެސް ބުނެ އައީމަ ވާނީ މިހެންނު… ” ރިހާނީ ހާސްކަމާއި ރުޅިވެރިކަން ފޮރުވަމުން ހިނިތުންވެލިއެވެ. ނަމަވެސް އެވްލީން ފެނުމާއެކު އޭނައަށް އެކަން ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ.

” ކޮބާ މޯމް… ؟ ” ޒަވީން މިފަހަރު ސުވާލު ކޮށްލީ އަކިޔަސް އާއެވެ. ނަމަވެސް އަކިޔަސް ޒަވީންގެ އެސުވާލަށް ޖަވާބެއް ނުދިނެވެ. އޭނަ ހުރީ ފެންނަމުންދާ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ.

” މޯމް އިސް އިން ހާރ ރޫމް…. ” ރިހާނީ މެއިޑަކަށް ގޮވާފައި ތަޅައިގެން ގޮސްފައިވާ ބިއްލޫރި ކޮޅުތަކާއި ބިންމައްޗަށް ވެރިފައިވާ ޖޫސް ސާފްކުރަން އަންގާލިއެވެ.

” ވަޓް ވޯސް ދެޓް ސައުންޑް ރިނީ ؟ ” ގޭގެ ބޮޑު ސިޑިން ފައިބައިގެން އައި ޒަރާ ސުވާލުކޮށްލީ ރިހާނީއާއެވެ. ޒަރާ ލައިގެން ހުރި ހުދުކުލައިގެ މެކްސީއާއި ގުޅޭ ގޮތަށް ބޭނުން ކޮށްފައިވާ އެމެރެލްޑް އަދި ޖަވާހިރުގެ ގަހާނަތަކުން ޒަރާގެ ކަނދުރާގެ ފަޅުކަން ވަނީ ފިލުވާލާފައެވެ. އުސްފައިވާނަކަށް އަރައިގެން ހުރުމުގެ ސަބަބުން ޒަރާގެ އިސްކޮޅު ކުރިއަށްވުރެ ދިގުކަމަށް ދައްކައެވެ. ޒާރާއަށް ބަލާފައި އެއީ ޒުވާން ދެފިރިހެންކުދިންގެ މަންމައެކޭ އެކަކު ވެސް ނުބުނާނެ އެވެ.

ޒަރާގެ އަޑު އިވުމާއެކު އެވްލީންއަށް ސިޑިއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ޒަރާ ސިޑީގެ އެއްމެފަހު ހަރުފަތްތައް ގިރާކުރަނީއެވެ.

” ތަށި ތަޅައިގެން ދިޔަ އަޑު…. ” ރިހާނީ ޒަރާގެ ސުވާލަށް ޖަވާބު ދިނެވެ.

” މޯމް… ” ޒަވީން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޒަރާ ކައިރިއަށް ހުއްޓުނެވެ. ” ޒޭވް.. ވަޓް އަ ބިގް ސަޕްރައިޒް… ” ޒަވީންގެ ގައިގައި ބައްދާލަމުން ޒަރާ ބުނެލިއެވެ. އުފާވެފައި ހުރުމުގެ ސަބަބުން ޒަރާއަށް ޒަވީންގެ ގައިގައި ބައްދާލެވުނީ ތަންކޮޅެއް ބާރަށެވެ. ” މޯމް… ނޭވާ ނުލެވޭހާ ބާރަށޭ ހަގް ކޮށްލައިގެން ތިހުރީ… ” ޒަވީން ލާނެއް ރާގަކަށް ބުނެލި ޖުމްލައާއެކު ޒަރާ ޒަވީންގެެ ގައިން ދޫކޮށްލަމުން ޒަވީންގެ ބޮލުގައި ފިރުމާލިއެވެ. ” ޒޭވް ނުފެނި އެހާ ގިނަ ދުވަސް ވީމަ ވާނީ މިވަރު… ޒޭވް މަތިން ހާދަ މިސް ވިޔޭ… ” ލިބުނު އުފަލެއްގެ ސަބަބުން ޒަރާގެ ލޮލުން ކަރުނަ ހިލުނެވެ. ” މޯމް ދެން ރޯކަށް ނޫނޭވީ… މޯމްއަށް ދޭން ބޮޑު ސަޕްރައިޒެއް ހިފައިގެން މިއައީ… ” ޒަރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޒަވީން ފޮހެލަދިނެވެ. ” ކޮބާތަ ބޮޑު ސަޕްރައިޒަކީ ؟ ” ޒަރާ އަހާލައިފިއެވެ. ޒަވީން ފެނުމާއެކު ޒަރާއަށް ވަށައިގެން ވާހާ އެއްޗެއް ޢައިބު ވެފައިވާ ފަދައެވެ. އެހެން ނޫންނަމަ ހުއްޓުން އަރާފައި ހުރި އެވްލީން އޭނައަށް ފެނުނީހެވެ.

” މޯމް ދެޓް އިސް އެވްލީން. މައި ވައިފް…. ” ޒަވީން އެވްލީންއާއި ދިމާއަށް އިޝާރާތް ކޮށްލިއެވެ. ޒަރާއަށް އެވްލީން ފެނުމާއެކު ހީވީ އޭނަގެ މޫނަށް ބާރުގަދަ އެތިފަހަރެއް ވީއްލައިލުވުނު ހެންނެވެ. ޒަރާއަށް ވަގުތުން ބަލާލެވުނީ އަކިޔަސް އަށެވެ. އަކިޔަސްގެ ރުޅިއައިސް ރަތްވެފައިވާ މޫނު ފެނުމާއެކު ޒަރާ އެވްލީންއާއި ދިމާއަށް ބަލަލީ ހިތްހަމަނުޖެހިފައެވެ. ޒަރާގެ އެބެލުމުން އެވްލީންގެ ހިތުގައި ބިރުވެރިކަމުގެ ތޫފާނެއް އުފެދިގެން ދިޔައެވެ. ނޭވާލާންވެސް ކުޑަ އިރުކޮޅަކަށް އެވްލީން ހަނދާން ނެތުނެވެ. ދެން ވާނެ ގޮތަކާއި މެދު ވިސްނާލަންވެސް އެވްލީންއަށް އުދަގޫ ވިއެެވެ.

ޒަވީންގެ ޖުމްލައިން އަކިޔަސް ކޮންޓްރޯލް ކޮށްގެން ހުރި ރުޅިގަނޑު މަތަ ނުވާ ހިސާބަށް ދިއުމުގެ ކުރިން އަކިޔަސް ބޭނުންވީ އެތަނުން ދާށެވެ. އެހެންނޫންމަ އޭނަ އަތުން ފައިން ގޯސް ހެދިދާނައެވެ. އަކިޔަސް ޖިންސްގެ ޖީބަށް އަތް ކޮށްޕާލަމުން ބާރު ފިޔަޅުތަކެއްގައި އޭނަގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއިރު އަތްވަނީ މުށްކެވިފައެވެ.

” ބްރޯ… ” ކޮޓަރިއާއި ދިމާއަށް ހިނގަމުންދިޔަ އަކިޔަސްގެ ފިޔަވަޅުތައް މަޑުޖެހިލީ ޒަވީންގެ އަޑަށެވެ. ” ހާދަ އަވަހަކަށް ތިދަނީ….

” ޒޭވް އަހަރެން މިދުވަސްކޮޅު މަސައްކަތް ކުރަމުން އަންނަ ކޭސްގެ ސަބަބުން ވަރަށް ޓަޔަޑްވެފަ މިހުރީ… ފަހުންވެސް ވާހަކަ ދެއްކި ދާނެއެއްނު…. ” އަކިޔަސް އެވްލީންއާއި ދިމާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލަމުން ބުނެލިއެވެ. ޒަވީންއަށް އިތުރު ބަހެއް ނުބުނެވެނީސް އަކިޔަސް ބާރަކަށް ކޮރިޑޯއިން ހިނގާލާފައި ގޮސް ތިރީބައިގައި ހުންނަ އޭނަގެ ކޮޓަރިއަށް ވަދެއްޖެއެވެ.

” ޒަވީން…. ” ވޯޓާރ ކްރިސްޓަލް ލިވިންގް ރޫމަށް ވަދެގެންއައި ބިލާލްއަށް ޒަވީން ފެނުމާއެކު ބުނެލެވުނެވެ. ” ޑޭޑް… ” ޒަވީން ބާރު ފިޔަވަޅުތަކެއްގައި ގޮސް ބިލާލް ކުރިމައްޗަށް ހުއްޓުނެވެ. ” އިޓްސް ނައިސް ޓު ސީޔޫ…. ” ބިލާލް ޒަވީންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ޒަރާ ރުޅިވެރި ނަޒަރަކުން އެވްލީންއާއި ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އަކިޔަސް ކައިރިއަށް ދިއުމަށް ރިހާނީއަށް އަމުރުކޮށްލިއެވެ. ރިހާނީ އަވަސް އަވަހަށް ކޮޓަރިއާއި ދިމާއަށް ހިނގައިގަތް އިރު އެމޫނުގެ ކުލަވަރު ވަނީ ބަދަލު ވެފައެވެ.

” ޒޭވް… މަންމަމެންނާ މަޝްވަރާވެސް ނުކޮށް މެރީކޮށްގެން ތިއައީ… ” ޒަވީންއާއި އެވްލީންގެ ކައިވެންޏާ މެދު ޒަރާ އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އޭނަ އެކަން ފާޅެއް ނުކުރެއެވެ. އެވްލީން އަކީ ކާކުކަން އޭނަ ރަނގަޅަށް ދަނެއެވެ. ޒަވީން އޭނަގެ ދަލުގައި ޖައްސާލައިގެން ” ވޯޓާރ ކްރިސްޓަލް ” އަށް އެއައީ ބަދަލު ހިފަންކަން ޔަޤީނެވެ. އެވަގުތު ވެސް އެވްލީންގެ ހުރިހާ ހަޤީޤަތެއް ޒަވީންއަށް ކިޔައިދޭން ޒަރާ ބޭނުންވިއެވެ. ނަމަވެސް ބިލާލް ހުރުމުގެ ސަބަބުން އެކަން ކުރަން ފަސްޖެހެވުނެވެ.

” ޒަރާ…ޒަވީން މިހާރު އެހުރީ ބޮޑުވެފައި… ހީ ކޭން ޓޭކް ޑިސިޝަން އޮފް ހިސް ލައިފް ބައި ހިމް ސެލްފް… އެންޑް ޒަރާ އުފާ ވާކަށްނު ޖެހޭނީ… ޒަރާ ބޭނުންވި ކަހަލަ ކުއްޖަކާ ވިއްޔާ ޒަވީން ކައިވެނި ކުރީވެސް…. ” ބިލާލްގެ ޖުމްލައިން ޒަރާގެ ދުލުގައި ތަޅު ލެވުނު ކަހަލައެވެ. ” ދަރިފުޅުމެން އެހާ ދިގު ދަތުރެއްކޮށްފަ އައީމަ ތިބޭނީ ވަރުބަލިވެފަ ، ދޭ އަވަހަށް އަރާމުކޮށްލަން… ” ބިލާލް އެވްލީންއާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.

* * *

ރިހާނީ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިއަށްވަނެވެ. އެއީ ފުދޭވަރެއްގެ ބޮޑު ކޮޓަރިއެކެވެ. ހުދުކުލައިގެ މާރބްލް ޖަހާފައިވާއިރު މާބްލްތައް ވިދަމުންދިޔައެވެ. މިއުރޯނޯ ގްލާސް ޗާންދަލިއާއިން ކޮޓަރީގެ ސީލިންގް ފަޅު ފިލުވާލާފައިވާއިރު ސީލިންގްގައިވަނީ ސްކައި ބްލޫކުލަ ލާފައެވެ. ކޮޓަރީގައި ހުދާއި ކަޅު ކުލައިގެ މޮޑާން ސޯފާސެޓެއް ބަހައްޓާފައި ވާއިރު ސޯފާ ސެޓް ކުރިމައްޗަށް ވާގޮތަށް ބިއްލޫރި މޭޒެއް ބަހައްޓާފައި ވެއެވެ. ކިންގް ސައިޒް އެނދުގެ ސަބަބުން ކޮޓަރިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވާއިރު އެނދުވަށާ ހަރުކުރެވިފައިވާ ސަނދުވާތައް ވަނީ ވައްޓާލާފައެވެ. ކަޅުކުލައިގެ ޑިޒައިނާރ ކާޓެއިންތަކުން ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ޖަހާފައިވާ ކުޑަދޮރުތައް ނިވާކޮށްލާފައި ވެއެވެ.

” ކިޔާ…. އައި ކޭން ފީލް ޔޯރ ޕެއިން…. އެކަމަކު މާޒީވެ ގޮސްފައިވާ ކަންތަކާ މެދު ވިސްނީމަ ރަނގަޅު ފިއުޗާރ އެއްނުލިބޭނެ…. ” ކޮޓަރީގެ ކުޑަ ދޮރު ހުޅުވާލައިގެން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި އަކިޔަސް ފެނުމާއެކު ރިހާނީ ވާހަކަ ދައްކަން ފެއްޓިއެވެ. ޓީޝާޓް ބާލާފައި ހުރުމުގެ ސަބަބުން އިރުގެ ދަޅަތައް އެކަސްރަތީ ހަށިގަނޑަށް އެޅިފައިވާއިރު ހީވަނީ ރީތި ތަސްވީރެއް ހެންނެވެ. އަކިޔަސް ރިހާނީގެ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދިނެވެ. ” ކިޔާ ސްޕީކް ޓު މީ… ހަތަރު އަހަރު ވޭތުވެގެން ގޮސްފި ކިޔާ އަހަރެން އިގްނޯރ ކުރާތާ….. ޔޫ ޑޯންޓް ނޯ ހައު މަޗް އިޓް ހާރޓްސް މީ އެވްރީ ސިންގަލް ޑޭ…. ” ރިހާނީ ފުރަގަހުން އައިސް އަކިޔަސްގެ ގައިގައި ބައްދާލަމުން ރޯން ފެށިއެވެ. ” ރިނީ… އަހަރެން ބޭނުމީ އެކަނި ވެލަން…. ” އަކިޔަސް ރިހާނީ ދުރުކޮށްލަމުން ބުނެލިއެވެ. ” ކިޔާ…. ޕްލީސް އަހަންނަށް ތިހެން ނުހަދަ ބަލަ…. އަހަރެންގެ ހިތަށް ހާދަ ތަދުވެޔޭ… އެންމެ ފަހަރަކު ވިޔަސް ލޯބިވެޔޭ ބުނެބަލަ…. ” އަކިޔަސް ޓީޝާޓް ބޮލުން ވައްޓާލައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތުމާއެކު ރިހާނީ އަކިޔަސްގެ ކުރިމައްޗަށް ހުއްޓުނެވެ. ” އަހަރެން ރިނީ ދެކެ ލޯބި ނުވާއިރު ކިހިނެއް އަހަރެން ލޯބިދޭނީ ؟ އައިމް ސޮރީ…. ” އަކިޔަސް ރިހާނީގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ” އިޓް އިސް އޯލް ބިކޯސް އޮފް ދެޓް ބިޗް… ” ރިހާނީ ރުންކުރު ރާގެއްގައި ބުނެލިއެވެ. ” ރިހާނީ ! ” އަކިޔަސް ހަޅޭއްލަވައިގަތެވެ. ” ކިޔާ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ… އަހަރެން ކިޔާއަށް ނިމުމެއްނެތް ލޯބި ދޭން އުޅޭއިރުވެސް ވައި ޑޫޔޫ ތިންކް އެބައުޓް ދެޓް އެވްލީން ؟ އޭނަ ކިޔާގެ ހިތަށް ދިން އަނިޔާތައް ކުޑައީތަ ؟ ކިޔާ ކޮންމެ އެއްޗެކޭ ބުންޏަސް ހަޤީޤަތް ވާނީ ހަޤީޤަތަށް… ޝީ އިސް އަ ބިޗް… ” ރިހާނީ ބުނެލިއެވެ.

” އިނަފް…. ” އަކިޔަސް ބާރަކަށް ބުނެލިއެވެ. އެއަޑު ރިހާނީގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއް ހެންނެވެ. އަކިޔަސް ކޮޓަރިން ނިކުމެެގެން ދިއުމާއެކު ރިހާނީ ކޮޓަރީގައިވާ ސޯފާގައި އިށީންނަމުން ރޯން ފެށިއެވެ. ރިހާނީގެ އަޑު ކޮޓަރީގެ ހަތަރު ފާރުތެރޭގައި ގުގުމާލައިގެން ދިޔަ އިރު އެހީތަމަވެރި އަޑުން ކޮންމެ ހިތެއްގައިވެސް ކޫރުން އަޅުވާލާނެކަން ޔަގީނެވެ. ” އެވްލީން… ކަލޭގެ ސަބަބުން މިހުރިހާ ކަމެއް ވިމަވީ…. ކަލޭ މިގެއަށް ތިއައީ އަކިޔަސް ކާމިޔާބު ކުރަން ދޯ ؟ އަހަރެން ކަލެއަށް އެއްވެސް ކަމެއް ކާމިޔާބު ވިޔަކަ ނުދޭނަން… ކަލޭ ޖެހޭނީ މިގެއިން ނިކުމެގެންދާން…. ޒަވީންއަދި އަކިޔަސްގެ ދިރުއުޅުމުން އަހަރެން ކަލޭ ބޭރު ކުރާނަން…. ” ރިހާނީ ރޮމުން އޭނަގެ ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލިއެވެ.

ސިޓިންގް ރޫމްގައި ޓީވީ ބަލަން އިން ޖުނެއިނާގެ ފޯނު ރިންގް ވާން ފެށުމާއެކު ޖުނެއިނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލައިފިއެވެ. ” މަމް…. ” ރިހަނީ އަޑަށް ބާރު ލާފައި ބުނެލިއެވެ. ” ރިނީ… ” ޖުނެއިނާއަށް ރިހާނީގެ ރުއިމުގެ އަޑުން އަސަރު ކުރިއެވެ.

” މަމް… ކިހިނެއް… ކިހިނެއް އެވްލީން މިގެއަށް އައީ ؟ އެވެސް ކިޔާގެ ކޮއްކޮއާ ކައިވެނިކޮށްގެން…” ރިހާނީ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ރުޅިވެރިކަމާއެކު ބުނެލިއެވެ.

” ވަޓް !!! ” ޖުނެއިނާއަށް ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ.

” ދެން ނުބުނާތި މަމްއަށް ނޭގިއޭ އެވްލީން ޒަވީންއާ ކައިވެނި ކުރީ…. މަމް ދެޓް ބިޗް އިސް ރުއިނިންގް މައި ލައިފް… ” ރިހާނީ އަޑަށް ބާރު ލާފައި ބުނެލިއެވެ.

” ދަރިފުޅާ މަމްއަށް ކުރިން ޒަވީންއަކީ އަކިޔަސްގެ ކޮއްކޮކަށް އެނގުނުނަމަ އެވްލީންއާއި ޒަވީންގެ ކައިވެނި ކޮންމެ ގޮތެއް ހަދާފައިވެސް ހުއްޓުވާނަން…. ” ޖުނެއިނާ ސޯފާއިން ތެދުވެލިއެވެ.

” މަމް…. ދެންމެވެސް ކިޔާ އަހަރެންދެކެ ރުޅި އައިސްގެން އެދިޔައީ… އަހަންނަށް ޔަޤީން އެވްލީން ފެނުމުން ކިޔާއަށް ހާޓް ވެއްޖެކަން… މަމް އަހަންނަށް އެހީވެބަލަ އޭނަ މިގެއިން ބޭރުކުރަން…. ” ރިހާނީ ބުނެލިއެވެ.

” ރިނީ މަމް ހުއްޓާ ދެރަނުވާތި… އަހަރެން އެވްލީން ބޭރުކުރަން އެހީވެ…. ” ޖުނެއިނާގެ ޖުމްލަ ފުރިހަމަ ނުވަނީސް އެތެރެއަށް އަށް ވަދެގެންއައި ހަ ފުލުން ފެނުމާއެކު ޖުނެއިނާ އަތުން ފޯނު ދޫވިއެވެ. ދެލޯ ބޮދުކޮށްލުމަށްފަހު ޖުނެއިނާ ފުލުންނާ ދިމާއަށް ބަލައިލިއިރު އެހިތް ބިރުންގޮސް ތެޅިފޮޅެނީއެވެ.

” މަމް… ” ފޯނު ޑިސްކަނެކްޓް ވުމާއެކު ރިހާނީއަށް ބުނެލެވުނެވެ.

” މީ ޖުނެއިނާއަކީ… ” ފުލުހުންގެ ފަހަތުން ވަދެގެންއައި ނީލާ ބުނެލިއެވެ. ނީލާ ފެނުމުން ޖުނެއިނާއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ.

” އަހަރެންގެ ގެއަށް ކޯޓު އަމުރެއް ނެތި ވަންނަން ހުއްދަ ދިނީ ކާކު ؟ ” ޖުނެއިނާގެ ހިތް ބިރުވެރިކަމުން ފުރިފައިވި ހިނދުގައި ވެސް ތިމާގެ ބާރު ދައްކަން އުޅުނެވެ. އެއާއެކު ޕޮލިހުން ދެއްކީ ގަނޑުތަކެކެވެ. ނިކަން އަވަހަށް އެގަނޑުތައް ޕޮލިސްމީހާގެ އަތުން ޖުނައިނާ ޖަހައިގަތެވެ. އެއަށް ނަޒަރު ހިންގާލި ހިނދު އޭނަގެ މޫނުގެ ކުލަވަރު މުޅިންހެން ބަދަލުވެއްޖެ އެވެ. ބަސްހުއްޓިފައި ވަނިކޮށް ޕޮލިހުން އުޅުނީ އޭނަ ގެންދާށެވެ. އެއާއެކު ތެޅިފޮޅިގަންނަމުން އޭނައާއި ކައިރިވެލި ޕޮލިސްމީހާގެ އަތް ފޮޅުވާލިއެވެ. ނަމަވެސް ގަދަކަމުން ވެސް އެމީހުން އުޅުނީ ޖުނެއިނާ ގެންދާށެވެ.

” މިބުނީނު ދޫކުރާށޭ ! ” ޖުނެއިނާ ރުޅިވެރި ރާގެއްގައި ބުނެލިއެވެ.

” ވުޑްލޭންޑް ” އަށް ކާރު މަޑުކޮށްލުމާއެކު ޕޯޓިކޯގައި ޕާކް ކޮށްފައި އޮތް ފޮލިސް ޖީޕް ފެނުމާއެކު ލިބުނު ހައިރާންކަމާއެކު މިފްޒާލް ބާރު ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. ” ވަޓް އިޒް ގޮއިންގް އޮން ؟ ” ފުލުހުން ފެނުމާއެކު މިފްޒާލް އަހާލައިފިއެވެ.

” ބާރުގެ ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލުތައް ހިންގުމާއި އެކު ފްރޯޑް ކޭސްއެއްގައި ޖުނެއިނާ ހައްޔަރު ކުރަން މިއައީ…. ” ޕޮލިހަކު މިފްޒާލް އަތަށް ގަނޑުތަކެއް ދިއްކޮށްލިއެވެ. މިފްޒާލް އެގަނޑުތަކަށް ނަޒަރު ހިންގާލުމާއެކު މިޒްފާލްގެ ބުމަގޮށްޖެހިގެން ދިޔަ އެވެ. އެގަނޑުތަކަކީ ޖުނެއިނާ ހަދާފައިވާ ފޭކް ޑޮކިއުމެންޓް ތަކެވެ. ޖުނެއިނާއަށް ހިންދިރުވާލެވުނެވެ. އެޑޮކިއުމެންޓްތައް ފުލުހުން އަތަށް އައީ ކިހިނެއް ބާވައެވެ؟ އެވަގުތު ހެވި ދިއްލިފައި ހުރި ނީލާ ފެނުމާއެކު ޖުނެއިނާގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބުނެވެ. އޭނަގެ މޮޔަކަމުން ފޯނުގައި ތިޖޫރީގެ ސެކިއުރިޓީ ނަންބަރު ސޭވްކޮށްފައި ހުއްޓާ ނީލާއަށް ފެނުނީކަން ޔަޤީނެވެ.

* * *

” ޒަރާ އަދިވެސް އެވްލީންގެ ކަންތަކާމެދު ދޯ ތިވިސްނަނީ ؟ ” ކޮޓަރިއަށް ވަން ބިލާލް އެނދުގައި އިށީންނަމުން ދެކޮޅަށް ހިނގަމުންދިޔަ ޒަރާއާއި ވާހަކަ ދެއްކިއެވެ. ” ބިލާލް… ހައު ކޭން އައި ފޮގޮޓް ؟ އޭނަ ކިޔާއަށް ދިންފަދަ ކެއްސެއް ޒޭވްއަށް ނުދޭނެކަން އެނގޭނީ ކާކަށް… ޒޭވް އޭނަގެ ދަލުގައި ޖައްސައިގެން އެއައީ ކިޔާގެ ހިތަށް އަނިޔާދޭން…. އެހެން ނޫންނަމަ ހަތަރު އަހަރު ފަހުން އެވްލީން އައުމުގެ ބޭނުމަކީ ކޮބާ ؟ ” ޒަރާ ވާހަކަ ދެއްކީ މަޑު މައިތިރި ކަމާއެކުގައެވެ. ޒަރާ ދުވަހަކުވެސް ބިލާލް ކުރިމަތީގައި ބާރަށް ވާހަކައެއް ނުދައްކައެވެ. ” ޒަރާ ދެން އެހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާ…. ޒަވީންގެ އުފަލަށްޓަކައި ނަމަވެސް ޒަރާ އެވްލީން ޤަބޫލުކޮށްބަލަ…. ” ބިލާލް ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައިވާ ފައިލްތައް ނަގަމުން ބުނެލިއެވެ. ” އޯކޭ… އަހަރެން ޒޭވްގެ އުފަލަށްޓަކައި އެވްލީން ގަބޫލު ކޮށްފާނަން…. އެކަމަކު ޢީރާ ކައިރީ ކީކޭ ބުނާނީ ؟ ” ޒަރާގެ ޖުމްލައިން ބިލާލް އޭނަ ބަލަމުންދިޔަ ފައިލް އެނދުމަތީގައި ބާއްވަމުން ތެދުވެލިއެވެ läs detta. ” ޢީރާ ކައިރީގައި ތެދުތެދަށް ބުނީމަ ނިމުނީ… ޔޫ ނޯ ދެޓް އައި ޑޯންޓް ލައިކް ޓުޓެލް ލައިސް… ” ބިލާލް ޒަރާގެ އަތުގައި ހިފާ އޭނައާއި ދިމާއަށް އަނބުރާލިއެވެ.

ޒަވީންގެ ކޮޓަރި ހުންނަނީ ގޭގެ ދެވަނަ ބުރީގައެވެ. އެކޮޓަރި ބޮޑުކަމުން ހޯލެއް ހެންވެސް ހީވެއެވެ. ބޮޑެތި ކްރިސްޓަލް ޗާންދަލިއާތަކާއި ވިންޑް ޗައިމްސްތައް ސީލިންގްގައި ހަރުކުރެވިފައިވެއެވެ. ވަޔާއެކު ވިންޑް ޗައިމްސްތައް ހެލިލާއިރު ކޮޓަރި ތެރެއަށް ރީތި މިޔުޒިކީ އަޑެއް ފެތުރިގެން ދެއެވެ. ކްރީމް ކުލައިގެ މާބްލްތައް ކޮޓަރީގައި ޖަހާފައިވާއިރު މާބްލްމަތީގައި ފަތުރާލާފައިވަނީ ކަޅާއި ހުދުން ޑިޒައިންކޮށްފައިވާ ކާޕެޓް ތަކެކެވެ. ކަޅު ކުލައިގެ ކިންގް ސައިޒް އެނދުގައި ޕީޗް ކުލައިގެ ބެޑް ޝީޓެއް އަޅާފައިވާއިރު ކުއިލްޓްގެ ބޮޑުބައެއްވަނީ ކާޕެޓް މައްޗަށް ފެތުރިފައެވެ. އެނދު ކައިރީގައިވާ ސައިޑް ޓޭބަލް މަތީގައިވަނީ ލޭޕްމްތަކެކެވެ. ކުޑަ ދޮރުތަކުގައި ދަމާލާފައިވާ ރިހިކުލައިގެ ކާޓެއިންތަކަށް އިރުގެ ދަޅަތައް އެޅިފައިވުމާއެކު ކާޓެއިން ވިދަމުންދިޔައެވެ. ކުޑަ ދޮރުކައިރީގައި ކަޅު ކުލައިގެ ބޮޑު ސޯފާ ސެޓެއްވެސް ބަހައްޓާފައިވެއެވެ.

” ހޭއި ލީން… ކިހިނެއްވެފަތަ ؟ ” ފެންވަރާލައިގެން ފާޚަނާއިން ނުކުމެގެންއައި ޒަވީންއަށް އެނދުގައި އިށީންދެލައިގެން އިން އެވްލީން ފެނުމާއެކު ބުނެލިއެވެ. ޒަވީންގެ އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް އެކަސްރަތީ ހަށިގަނޑުގައި ވިދާލެއް ހާދަ ރީއްޗެވެ. އެވްލީންއަށް ވެސް ކުޑަ އިރުކޮޅެއް ވަންދެން ޒަވީންއަށް ބަލަހައްޓައިގެން ހުރެވުނެވެ. އުނަގަނޑާއި ހަމައަށް ތުވާލި އޮޅާލާފައި ވާއިރު ހީވަނީ މޭލް މޮޑެލެއް ހެންނެވެ. ” ނަތިންގް… ” ޒަވީން ފެނުމާއެކު އެވްލީންގެ ސިކުނޑި ހާސްކުރަމުންދިޔަ ހުރިހާ ކަމެއްމަތިން ހަނދާން ނެތުނެވެ. ” އަހަރެން ހީކުރީ ލީން އަޕްސެޓްވީ ކަމަށް… ” ޒަވީންއައިސް އެވްލީން ކައިރީގައި އިށީނެވެ. ” ބައްޕަ މަތިން ހަނދާންވާތީ… ” އެވްލީން ޒަވީންގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ. ” ލީން އަދި މިސްވާނެ.. ބަޓް ފަހުން ރަނގަޅު ވެދާނެ…. ” ޒަވީން ލޯތްބާއެކު އެވްލީން ގެނެސް މެޔާލާ ބޮނޑިކޮށްލަމުން ބުނެލިއެވެ.

* * *

ރޭގަނޑުގެ ވަގުތެވެ. ދުރުދުރަށް ދާންދެން ބަގީޗާގައި ދިއްލާފައިވާ ބޮކިތަކުގެ ރީތި އަލިން ބަގީޗާ އަލިކޮށްފައިވާއިރު ވަރަށް ފުރިހަމައެވެ. މެދުކެނޑުމެއް ނެތި އިވެމުންދިޔަ ކޮކްޓެއިލް ، ރޮބިން ، މޮކިންގްބާރޑް އަދި ވީރީގެ ރީތި އަކުން ބަގީޗާ ގުގުމާލަމުން ދިޔައިރު ހިތްތަކަށް ފިނިކަން ގެނެސްދޭނެއެވެ. ޕޫލް ކައިރީގައި ދިއްލާފައިވާ ފެހި އަދި ރަތް ކުލައިގެ ލައިޓް ތަކުން ބަގީޗާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެވްލީން ބަގީޗާއަށް ނުކުތީ ޒަވީން މަސައްކަތްކުރާ އެސްޓީ ތޯމަސް ހޮސްޕިޓަލުން އިމްޕޯޓެންޓް މީޓިން އަކަށް އަންނަން ބުނުމުން ކުރާނެ ކަމެއް ނެތިގެން ފޫހިގެންނެވެ. ” ވޯޓާރ ކްރިސްޓަލް ” އަކީ ބޮޑުވެފައި ރީތި ގެއެއް ކަމުގައި ވީނަމަވެސް އެވްލީން ގެއަށް އެހާ ޝައުގުވެރިކަމެއް ނުހުރެއެވެ. އެއަށްވުރެ އޭނައަށް ޤުދުރަތީ ތަންތަނުން އުފަލާއި ހިތްހަމަ ޖެހުން ގެނެސްދެއެވެ. ލެވްޑާރ ގަހުން މާތަކެއް ބިންނަމުން އެވްލީން އޭގެ ވަސްބަލާލިއިރު ބަގީޗާގެ ތެރެއަށް ފެތުރިފައިވާ އަލީގެ ސަބަބުން އެވްލީން ހީވަނީ ޕަރީއެއް ހެންނެވެ. ސްޓަރިޕްޑް ޓޮޕަކާއި ފިޔާތޮށި ކުލައިގެ ޖީންސެއްގައި އެވްލީން ވަރަށް ފުރިހަމައެވެ. އެވްލީން ޓިއުލިޕް މާތަކެއް ބިންނަމުން ދަނިކޮށް ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ފަސް އެނބުރި ބަލާލެވުނު އިރު އެހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ.

އަކިޔަސް ފެނުމާއެކު އެވްލީންގެ އަތުގައި ހުރި ޓިއުލިޕް ، ލިލީސް އަދި ލެވެންޑާ މާތައް ބިންމައްޗަށް ވެރުނެވެ. އެވްލީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ހިތުގައި އުފެދުނު ބިރުވެރި ކަމެއްގެ ސަބަބުންނެވެ. ޓޭން ކުލައިގެ ޓީޝާޓްކާއި ހުދުކުލައިގެ ޖިންސްފޮތީގެ ސޯޓެއްގައި ހުރިއިރު އަކިޔަސް ވަރަށްވެސް ފުރިހަމައެވެ. އަކިޔަސް ބޭނުން ކޮށްގެން ހުރި ސެންޓް ވަސް ވަނީ ފަޒާގެ ތެރޭގައި އަތްގަދަ ކޮށްލާފައެވެ. ޓޭން ކުލައިގެ ޓީޝާޓް އަކިޔަސްގެ ގަޔަށް ހިފާފައިވާއިރު އެބާރުގަދަ މުލައްދަނޑީގެ ބޮޑުބައެއް ވަނީ ހާމައަށެވެ.

” އެވްލީން… ” އަކިޔަސް ކުރިއަށް ފިޔަވަޅެއް އަޅާލަމުން އެވްލީންއަށް ގޮވާލައިފިއެވެ. އަކިޔަސްގެ ފިރިހެންވަންތަ އަޑުން އެވްލީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަކިޔަސްގެ އަޑާއި ޒަވީންގެ އަޑާއި ހާދަ އެއްގޮތެވެ. އަކިޔަސްގެ އަޅިކުލައިގެ ލޮލަށް އެވްލީންއަށް ބަލައިލެވުނު އިރު އެވްލީންގެ ހިތުގެ ތެޅުން ކުރިއަށް ވުރެ އަވަސް ވެގެން ދިޔައެވެ. މިހާރު އެ ލޮލުގައި ރުޅީގެ އެއްވެސް އަސަރެއް ނެތެވެ.

އެވްލީން ކުރީގެ ހަނދަންތައް އާވުމާއެކު އަވަސް އަވަހަށް ހިނގައިގަތީ އެތަނުން ދިއުމަށެވެ. އޭނައަށް އަކިޔަސް އެންމެ ބޭނުންވި ވަގުތު އަކިޔަސް އޭނަ ދޫކޮށްލާފައި ދިޔައީއެވެ. އަކިޔަސް އޭނަގެ ހިތަށް ކުރިންވެސް އެތަކެއް އަނިޔާއެއް ދީފައިވެއެވެ. ” ލީން… ” އެވްލީންގެ އަތުގައި ހިފަހައްޓާލަމުން އަކިޔަސް ލުއްކިއެއް ޖެހުމާއެކު އެވްލީންގެ އަތަށް ތަދުވިއެވެ. އަދިވެސް އެގޮތް ދޫނުކުރާ ބައި އަކިޔަސްގެ މިޒާޖުގައި އެބަހުއްޓެވެ. ” އަކިޔަސް ތަދު އެބަވެޔޭ ! ” އެވްލީންގެ އަތުގައި އުފެދެމުން ދިޔަ ރިހުމުގެ ސަބަބުން އެވްލީންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެވަރުންވެސް އަކިޔަސް އެވްލީންގެ އަތުން ދޫކުރާކަށް ބޭނުމެއްނުވިއެވެ. ” އަހަރެންގެ ހިތަށްވެސް ތަދުވެޔޭ…. ” އަކިޔަސް ރުންކުރު ރާގެއްގައި ބުނެލިއެވެ. ” އަކިޔަސް ހަމަ މިހާރު އަހަރެންގެ އަތުން ދޫކުރޭ ! އަހަރެން މީ ޒޭވްގެ ހައްޤެއް ، އަކިޔަސް ބޭނުން ގޮތަކަށް އަހަންނަށް ނުހެދޭނެ… ” އެވްލީން ހަޅޭއްލަވައިގަތެވެ.

އަކިޔަސް ފަހަތަށް ޖެހެމުން ގޮސް ކައިރީގައި ހުރި ޗެރީ ގަހާ ކައިރިވުމާއެކު އެވްލީން ކޮށްޕާލިއެވެ. އެވްލީން ދިޔަ ބާރު މިނުގައި ގޮސް ޗެރީ ގަހުގައި ޖެހުމާއެކު ތިރިއަށް ފައިބައިފައިވާ ގޮފިތައްވެސް ހެލިގެންދިޔައެވެ. ބުރަކަށި ޖެހުނުލެއް ބާރުކަމުން އެވްލީންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.

” ބިޗް… ޔޫ ބިޓްރޭއިޑް މީ… ” ވިދާލިވިދުވަރެއްހާ ހަލުވިކަމާއެކު އަކިޔަސް ގޮސް އެވްލީން އޭނައާއި ޗެރީ ގަހާދެމެދު ފިއްތާލައިފިއެވެ. ” އަކިޔަސް މޮޔަ ވެގެންތަތިއުޅޭނީ ؟ އަހަރެން ދުވަހަކުވެސް އަކިޔަސްއަށް ބޭވަފާތެރިއެއް ނުވަން…. ޔޫ ވާރ ދަ ވަން ހޫ ލެފްޓް މީ ވެން އައި ނީޑޭޑް ޔޫ… އެންޑް އަހަރެން ބޭނުމެއް ނޫން ކުރީގެ ކަންތަކާ މެދު ވިސްނާކަށް… އަހަރެން ޒޭވްދެކެ ވަރަށް ލޯބިވޭ… މާޒީގެ ސަބަބުން އަހަރެން ބޭނުމެއްނޫން އަހަރެންނާއި ޒޭވްގެ ދިރިއުޅުމަށް ހިޔަނިއެޅެން… ” އެވްލީންއަށް ގިސްލެވެމުންދިޔައެވެ. އަކިޔަސް ކުރިން އެނާއަށް މިގޮތަށް އަނިޔާކޮށް ނަހަދައެވެ. ނަމަވެސް މިހާރު އަކިޔަސް މިހުރީ މުޅިން ބަދަލުވެފައެވެ. އޭނައަށް އަނިޔާއެއް ވާން ބޭނުންނުވާ އަކިޔަސް މިހާރު އޭނައަށް އެކުރަނީ އަނިޔާއެވެ. ” ޔޫ އަރ އަ ލަޔާރ…. ” އަކިޔަސް ދަތްކުނޑި ވިކާލަމުން ބުނެލިއިރު އެރީތި ދެލޯވަނީ ފެންކަޅި ވެފައެވެ. އެވަގުތު އަކިޔަސް ޗެރީ ގަހަށް މުށްކަވާފައި ވީއްލައިލި އެތިފަހަރުން އެވްލީންގެ ހިތް ބިރުންގޮސް ރޫރޫއަޅައިގެން ދިޔައެވެ. ” އަހަރެން އެވްލީންއަށް މިގޭގައި ހަމަޖެހިލައިގެން ހުރުމުގެ އެއްވެސް ފުރުސަތެއް ނުދޭނަން… ” އަކިޔަސް ދަމުން އިންޒާރެއް ދީފައި ބާރު ފިޔަވަޅުތަކެއްގައި ގޮސް އޮބާލައިފިއެވެ. އަކިޔަސް ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އެވްލީންއަށް ރޮއިގަނެވުނެވެ. އެވްލީން އަޑު ބޭރުވިޔަ ނުދިނުމުގެ ބޭނުމުގައި އަނގައިގައި އަތްއަޅާ ބާރުކޮށްލައިފިއެވެ. ޒަވީން އައުމުން އޭނަ އެގެއިން އެހެން ތަނަކަށް ގެންދަން ބުނަންވެސް އެވްލީން ބޭނުންވިއެވެ. ނަމަވެސް އޭނައަށް އެހިތްވަރު ލިބޭނެ ބާވައެވެ ؟ ޒަވީން އާއިލާ މީހުން ދޫކޮށްލާފައި އޭނަ ގޮވައިގެން ގޮސްދާނެ ހެއްޔެވެ ؟ އޭނައަށް ދެން އަކިޔަސްގެ ކުރިމައްޗަށް ދާކަށް ނުކެރޭނެއެވެ. އަކިޔަސް ދަމުން އެދިޔައީ އޭނައަށް އެތަށް އަނިޔާތަކާއި އިންޒާރުވެސް ދީފައެވެ.

(ނުނިމޭ)

91

9 Comments

 1. SShahaaf

  October 25, 2018 at 10:54 pm

  Yay im first varah reethi..masha allah

 2. ????

  October 25, 2018 at 10:58 pm

  how many parts left??

 3. mar-hath

  October 25, 2018 at 10:59 pm

  story v reethi

 4. 3S sSs

  October 25, 2018 at 11:27 pm

  Vaahaka miahthuren ves reethi vaane kamah ummeedhu kurannn ??

 5. Nyye

  October 25, 2018 at 11:38 pm

  Is this story published before on any where?? I felt I read from somewhere

  • Yeah

   October 26, 2018 at 12:09 am

   Yeah araamagu ga

 6. Naanijaan

  October 26, 2018 at 12:25 am

  Varah reethi ekam komme baeygga ves sifa kurukuge bai maa dhigukoh genesfai hunna kan faahaga kurevey.

 7. Huda

  October 26, 2018 at 9:43 am

  Mi kurin vx genesdheefa oiy vaahaka eh hama mi site in.? Ekam vx mivaahaka reethi kamun anekka vx kiyanimi.? Kuriah huri baithah adhi maa reethi vaane. ❤️

 8. Girl

  October 26, 2018 at 11:51 am

  Vaahaka up kohladheeba waiting

Comments are closed.