ލޯބި ވީމޭ ސިއްރު ސިއްރުން (24
ދަތުރު ނިންމާލުމަށްފަހު ގެއަށް އައިސް ފެންވަރައިލައިގެން ނިކުމެ ޑްރެސިންގ ޓޭބަލް ކުރިމަތީގައި ހުރެ ބޮލުގައި ފުނާއަޅަމުން ގެންދިޔައިރު އެ ދަތުރުގައި ހިނގައިދިޔަ ބައެއްް ކަންތައްތައް ރީޝާގެ ކުރިމަތިން ސިފަވަމުންދިއެވެ. ހަޤީޤަަތް ނޭނގޭޭ އިންސާނަކަށް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިތުބާރު ކުރެވި ހީސަމާސާކޮށް ހެދުނީތީ ޚުދު ރީޝާވެސް ހައިރާންވިއެވެ. އެއީ ކީއްވެ ކުރެވުނު ކަމެއްބާއޭ ހިތަށްއެރިއިރު އޭގެ ސަބަބުން ނިކުމެދާނެެ ނަތީޖާ އަކާއިމެދު ރީޝާގެ ހިތުގައި ސުވާލު އުފެދުނެވެ. ފުން ޚިޔާލުތަކަކަށް ގެއްލިފައި ހުއްޓައި ކުއްލިއަކަށް ރީޝާގެ ފޯނު ރިންގުުވާން ފެށިއެވެ. ސިހުުން ލިބުމާއިއެކު ޚިޔާލުތަކުން ދުރުވެ ހަޤީޤަަތާއި ކުރިމަތިލިއެވެ. މަޑުމަޑުން ގޮސް އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގައި އޭގެ ސްކްރީންއަށް ބަލާލިއެވެ. ގުޅަމުން އެ ދަނީ ކާކުތޯ ރަނގަޅަށް ދެނެގަތުމުގެ ނިޔަތުގައެވެ. ނަމަވެސް އެއީ ކާކުކަން ރީޝާއަށް އެނގުން ވީ ދުރު ކަމަކަށެވެ. ފޯނުގައި ރައްކާކުރެެވިފައި ނުވާ ނަންބަރަަކަށްވުމުގެ ސަބަބުން ގުޅަމުން އެދަނީ ކާކުކަން ނޭނގޭ ހާލުގައި, އެއީ ކާކުބާއޭ ހިތަށް އަރުވައިލަަމުން ފޯނު ކަންފަތާއި ކައިރި ކޮށްލުުމަށްފަހު ”ހަލޯ” އޭ ބުނެލިއެވެ. “ކީީއްތިކުރަނީ…؟” އެވަގުތު ރީޝާގެ ކަންފަތުގައި ޖެހުނީ އެ ސުވާލެވެ. އެއީ ނުދަންނަ މީހެއްގެ އަޑުކަން އިޙްސާސް ކުރެވުމުން ރީޝާ ހައިރާންވިއެވެ. “ކާކުތީ…؟” އެ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ރީޝާއަށް ވެސް ކުރެވުނީ ސުވާލެކެވެ. “އައްދެ…ހާދަ އަވަހަކަށް ހަނދާން ތި ނެތުނީ…ދެމީހުން އެކުގަ އުޅެފަ ވަކިވިތާ އަދިވީ ތިރީހަކަށް މިނެޓް…މިހާރު ހަނދާންނެތުނީ…ތީ ހަމަ އެހާ ހަނދާން ބަލި މީހެއްތަ…؟” ހެމުން ހެމުން ކަހަލަ ގޮތަކަށް އިޒްހާރު ވާހަކަ ދެއްކިއެވެ. “ތީ އިޒްހާރްްތަ…؟” މަޑުމަޑުން ރީޝާ އަހައިލިއެވެ. ހީވިގޮތް ޔަޤީންކޮށްލަން ރީޝާ ބޭނުންވިިއެވެ. “ވެދާނެ ތިހެން ކަމަށްވެސް…” ސަމާސާ ގޮތަކަށް އިޒްހާރްް ބުނެލިއެވެ. އިޒްހާރްް އަކީ މިޒާޖުގައި ވެސް ސަމާސާ ގޮތްގަނޑު ހުންނަ ހިތްހެޔޮ މީހެކެވެ. ބައެއް އަންހެން ކުދިންގެ ކަޅިތައް ހުއްޓިފައިވާ ރީތި ޒުވާނެކެވެ. “އެކަމަކު..ކިހިނެއް އަހަރެންގެެ ނަމްބަރު…އޯހް…! ވިއާޒް ދިނީދޯ…” އިޒްހާރުއަށް ރީޝާގެ ނަމްބަރުު ލިބުނުގޮތާާއިމެދު ސުވާލު އުފެދުނު ސިކުންތުގައި އޭގެ ޖަވާބު ވެސް ލިބިގެންދިއެވެ. “ކިހިނެއްވީ…؟ މީ މައްސަލައެއްތަ…؟” ރީޝާއާއި އިތުރަށް ވާހަކަ ދައްކާލަން ބޭނުންވެފައި ހުރުމުގެ ސަބަބުން އިތުރު ސުވާލެއް އިޒްހާރުު ރީޝާއާއި ކޮށްލިއެވެ. “ރީޝާގެ ނަޒަރުގަ މީ މައްސަލައަކަށް ވާނަމަ އަހަރެން ނުގުޅާނަން…” އަސަރާއިއެކު އިޒްހާރު ބުނެލިއެވެ. ރީޝާގެ ފަރާތުން ޖަވާބަކަށް އިންތިޒާރު ކުރަން އިޒްހާރުއަށް ޖެހުނެވެ. “އަހަރެން ތިހެނެއް ނުބުނަމެއްނު…” އަތުގައި އޮތް ފުނާ ޑްރެސިން ޓޭބަލްް މަތީގައި ބާއްވާލުމަށްފަހު ސޯފާގައި ހަމަޖެހިލަމުން ރީޝާ ބުނެލިއެވެ. “ތީީގެ މާނައަކީ އަހަރެން ރީޝާއަށް ގުޅިއަސް މައްސަލައެއް ނެތޭދޯ…ޝުކުރިއްޔާ…” ހިނިތުންވުމާާއިއެކު އިޒްހާރު ބުނެލިއެވެ. ބަދަލުގައި ރީޝާ ވެސް ހިނިތުން ވެލިއެވެ. އިތުރަށް ރީޝާއާއި ވާހަކަ ދައްކާލަން ލިބުނު އެ ފުރުސަތުގެ ބޭނުން ހިފާލުުމުގެ ނިޔަތުގައި ދަތުރުގެ ވާހަކަ ނަގައިގެން ކުރިއަށްދާން އިޒްހާރު ފެށިއެވެ. ދެކޮޅު ހެދުމަކާއި ނުލައި ރީޝާވެސް އިޒްހާރުއާއި އެވާހަކައިގައި ބައިވެރިވެލިއެވެ.
އެރޭގެ ވަގުތެކެވެ. އެނދުގައި ހުރަހަށް އޮށޯވެލައިގެންއޮވެ ދާނިޝް ފިކުރު ކުރަަމުން ދިއައީ އެދުވަހުގެ ދަތުރުުގައި ހިނގައިދިިއަ ކަންތައްތަކާއި މެދުގައެވެ. ރީޝާއާއި އިޒްހާރު, ސަމާސާކުރި މަންޒަރުތައް ދާނިޝްގެ ހިތަށް އުނދަގޫ ކުރަމުންދިއެވެ. އެ ދެމީހުންގެ ގުޅުން އެއަށްވުރެ ބޮޑަށް ބަދަހިވެދާނެ ކަމަަށް ހީކުރެވެެންފެށީ ދާނިޝްގެ ޒަމީރާއި ދެކޮޅަށެވެ. ދާނިޝް ނޫން އެހެން މީހަކަށް ރީޝާގެ ހިތެއް ނުލިބޭނެއޭ އޭނާގެ ހިތް ބުނަމުން ދިޔަސް އެއަށް ދެކޮޅުހަދައި އެކަމާއި އޭނާގެ ސިކުނޑިއާއި ވިސްނުން ޖަދަލު ކުރަމުންދިއެވެ. ހިނިތުން ވުމުގެ އެއްވެސް އަސަރެއް އެމޫނުގައި ނުވާއިރު ނުތަނަވަސްކަމާއި ނާއުއްމީދުން ދާނިޝްގެ ހިތް ފޯވެފައި ވާކަހަލައެވެ. ޚިޔާލުތަކުން ސިކުނޑި ބަރުވެފައިވާއިރު ކަރުނައިގެ އަސަރު ދާނިޝްގެ ލޮލުން ފާޅުވާން ހުއްޓެވެ. އެޚިޔާލު ތަކުގައި އޮވެ ވަގުތު ފާއިތުވަމުން ގޮސް ދާނިޝްއަށް ނިދުނެވެ.
“ތީ އޮފީސް ތެރޭގަވެސް ނުބުނެވޭ ވަރުގެ ވާހަކައެއްތަ…؟” ވިއާޒްގެ އިންތިޒާރުގައި އިން އިނާޔާ ފެނުމުން ވިއާޒް އަހާލިއެވެ. ކުޑައިރުކޮޅެެއް ކުރިން އިނާޔާ ގުޅާފައި އައިސް ދިނުމަށް އެދުމުން މާލަސްތަކެއް ނުވެ އިނާޔާ ބުނި ތަނަށް ވިއާޒް އައެވެ. ވިއާޒް ފެނުމުން ލުއި ހިނިތުންވުމެއް އިނާޔާގެ މޫނުމައްޗަށް ވެރިވިއެވެ. “މާ ބޮޑު ވާހަކައެއްތަ ބުނަން ތިއުޅެނީ…؟” އިނާޔާ އާއި ދާދިގާތުގައި އިށީންނަމުން ވިއާޒް އަނެއްކާވެސް އަހާލިއެވެ. “ހިތަށް މިއަރަނީ އަހަރެންް ބުނަން މިއުޅޭ ވާހަކައިގެ ސަބަބުން ވިއާޒް އަހަރެންްދެކެ ރުޅިއައިސްފާނޭ…” ޖެހިލުންވެފައި ހުރެ އިނާޔާ ބުނެލިއެވެ. ހިތުގައި އުފެދިފައިވާ ޝައްކެއް ހާމަކޮށްލިއިރު އިނާޔާގެ ހިތް ބާރުބާރަށް ތެޅެމުންދިއެވެ. “މަށަށް ރުޅިއަންނަން ވެސް އެނގޭތަ…؟ ނުދެނަހުރިން…” ޒާތަކަށް ހީލަމުން ވިއާޒް ބުނެލިއެވެ. “ދެން ބުނެބަލަ ތި ބުނަން އުޅޭ ވާހަކައެއް…އަހަރެންް ރުޅިއެއް ނާންނާނަމޭ…” ވިއާޒް އިތުރަށް ބުނެލިއެވެ. އިނާޔާގެ މޫނުމަތިން ހާމަވާން ހުރީ ޖެހިލުންވުމެވެ. ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިއައިރު ދުލުގައިވީ ހަމަހިމޭންކަމެވެ. އެތަށް ދުވަހަކަށްފަހު އެހިތުގެ ހާލު ބަޔާންކުރަން ބޭނުންވެފައި ހުއްޓަސް އިނާޔާއަށް ވަގުތު ބޭނުންވިއެވެ. ދެ ޚިޔާލެއް ސިކުނޑީީގައި ދައުރުވަަމުން ދިއެވެ. އެހެނަސް އެކަން ހާމަނުކޮށް ސިއްރުކޮށްގެން އިތުރަށް ހުންނާކަށްވެސް އިނާޔާގެ ޒަމީރު އެއްބަހެއް ނުވިއެވެ. “ވިއާޒްދެކެ އަންހެން ކުއްޖަކު ލޯބިވެޔޭ ބުނެފިއްޔާ ޤަބޫލުކުރާނަންތަ…؟” ވިއާޒްގެ ބަސްތަކުން ހިތްވަރު ލިބިގަންނަމުން މަޑުމައިތިރި ކަމާއިއެކުު އިނާޔާ ބުނެލިއެވެ. އިތުރު ވާހަކަތަކެއް ނުދައްކައި ސީދާ މަޢުޟޫއަށް އިނާޔާ ޖެހިލިއެވެ. އިނާޔާގެ އެ ސުވާލުުން ވިއާޒްއަށް ސިހުމެއް ލިބުނެވެ. ހައިރާންވެފައި އިރުކޮޅަކު ހުރެވުނެވެ. ދެން އިވުނީ ވިއާޒްގެ ހުނުމުގެ އަޑެވެ. އިނާޔާގެ އެސުވާލު ވިއާޒްއަށްވީ ޖޯކަކަށެވެ. އޭނާއަަކީ ލޯބީގެ ނަސީބެއްވާ އިންސާނެއް ނޫނޭ ހިތަށް އަރުވާލަމުން އަމިއްލަ ނަފްސަށް މަލާމާތްކޮށްލިއެވެ. “ވިއާޒް…! ސީރިއަސްވެބަލަ…!” ވިއާޒްގެ އަމަލުތައް ހުރިގޮތް އިނާޔާއަކަަށް ކަމަކު ނުދިއެވެ. އިނާޔާ ކުރި ސުވާލަށް ޖަވާބުނުދީ ހޭންފެށުމުން ނުރުހޭގޮތް ދައްކާލިއެވެ. “ސޮރީ…! ސޮރީ…!” އިނާޔާ ނުރުހުން ފާޅުކުރުުމުން ހިނިގަނޑުު މައިތިރި ކޮށްލަމުން ވިއާޒް މަޢާފަށް އެދުނެވެ. “އިނާޔާގެ ތި ސުވާލުގެ ޖަވާބުގަ އަހަރެންް ބުނާނީ…އަހަންނަކީ ތިހާ ނަސީބު ގަދަ މީހެއް ނޫނޭ…އަހަރެންް ލޯބިވާ އަންހެން ކުއްޖަކު ވެސް އަހަރެންް ދެކެ ލޯބިވާ އަންހެން ކުއްޖަކު ވެސް މި ދުނިޔެއަކު ނެތް…ލޯތްބަކީ އަހަރެންގެެ ނަސީބުގަ ވާއެއްޗެއް ނޫން…” ހުނުމުގެ އަޑު ކަނޑުވާލާާފައި ހަށިގަނޑު މައިތިރި ކޮށްލުމަށްފަހު އަސަރާއިއެކު އިނާޔާގެ މޫނަށް ބަލާލަމުން ވިއާޒް ބުނެލިއެވެ. “ތީ ޙަޤީޤަތެެއް ނޫނޭ އަހަރެން ބުނެފިއްޔާ…ވިއާޒް ލޯބިވާ އަންހެން ކުއްޖަކު ނެތަސް ވިއާޒްދެކެ ލޯބިވާ އަންހެން ކުއްޖަކު އެބަހުރި…” ވިއާޒްގެ ވާހަކައަށް އިނާޔާ ރައްދުދިނެވެެ. ވިއާޒްއަށް ހާމަކޮށްދޭން ބޭނުންވިި ޖަޒުބާތުތަކުގެ ފެށުމާާއިހަމައަށް އިނާޔާއަށް ވާސިލްވެވުނެވެ. ތިބުނާ އަންހެން ކުއްޖާއަކީީ ކާކުތަ…؟” އިނާޔާއަށް ބަލާލަމުން ވިއާޒް އަހާލިއެވެ. “އެއީ އަނެއްކާ އިންސާނެއްތަ ނޫނީ ޖިންނިއެއްތަ…؟” އަނެއްކާވެސް ސަމާސާ ރާގަކަށް ވިއާޒް އަހާލިއެވެ. އިނާޔާގެ ވާހަކަ ވިއާޒްއަށް ޤަބޫކުރަން އުނދަގޫވުުމުން އެއީ އިނާޔާއަށް ކުރެވިފައިވާ ކުންހީއެކޭ ވިއާޒް ހިތާއިހިތުންް ކިޔަމުންދިއެވެ. ކުޑައިރުކޮޅަކު ހިމޭނުން ހުރެފައި, ވިއާޒްއާއި އިނާޔާ ހަތަރުކަޅި ހަމަކޮށްލިިއެވެ. އިނާޔާގެ އެ ބަލާލުމުގައި ހުރި މަޢުނަވީގޮތް ވިއާޒްގެ ހިތަށް ތީރެއް ހަރާލި ކަހަލައެވެ. އިނާޔާގެ ލޮލުން ފެނުނު އަސަރުތައް ވިއާޒްގެ ހުނުން މައިތިރި ކުރުވިއެވެ. ހަތަރުކަޅި ހަމަކޮށްލައިގެން ހުރެވުުނު އެވަގުތު އިނާޔާގެ ލޮލުން ހާމަވާން ހުރި ޖަޒުބާތުން ވިއާޒްގެ ސިކުނޑި ސުވާލުތަކުން ފުރާލިއެވެ. ކަޅިޖަހައިނުލައި ވިއާޒް ބަލަން ހުއްޓައި އިނާޔާގެ ލޮލުން މަޑުމަޑުން ވެއްޓުނު ކަރުނަތިކި ވިއާޒްގެ ހިތަށް ލޮޅުމެއް ގެނައެވެެ. ވިއާޒްގެ މުޅި ހަށިގަނޑު ގަނޑުވެ އަނގައިން ބަސްހުސްވި ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު އެތަނުން ތެދުވެ ވިއާޒް ހިނގައިގަތެވެ. ލޯމަތިން ވިއާޒް ގެއްލެންދެެން ވިއާޒްއަށް ބަލަންހުރުުމަށްފަހު އިނާޔާ ލޯމަރާލިިއެވެ. އެވަގުތު ހޯސްލާފައި އިނާޔާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ވިއާޒްގެ ލޯބި ލިބުމުގެ ނަސީބެއް ނެތޭ ހިތާހިތުން ކިޔާލެވުނުއިރު ވިއާޒްގެ އެކުވެރިކަން ވެސް ގެއްލުނީއޭޭ އޭނާގެ ހިތް ބުނެލިއެވެ.
ދުއްވަމުން ދިއަ ސައިކަލް މަތީގައިހުރެ ވިއާޒް ވިސްނަމުންއައީ މީގެ ކުޑައިރުކޮޅެެއް ކުރިން އިނާޔާގެ ދުލުން ބޭރުކުރި ބަސްތަަކާއި މެދުގައެވެ. އެ ސުވާލުތަކާއި މެދުގައެވެ. ވިއާޒްއަށް ހާމަވި އިނާޔާގެ އެ ސިއްރު ލޯބިން ހިތަށް ނުތަނަވަސްކަން ވެރިވިއިރު އެ ޙަޤީޤަތް އެނގުމުން ހިތަށް އުފާވެރިކަން ނުލިބޭންވީ ކީއްވޭހޭ ވިއާޒްގެ ހިތުގައި ސުވާލު އުފެދެންފެށިިއެވެ. އޭގެ ސަބަބު ފަސްދަށުުގައި ފޮރުވިފައި ވިޔަސް އަދިވެސް އޭގެ އަސަރުތައް ވިއާޒްގެ ލޮލުން ހާމަވާން ހުއްޓެވެ. އަދިވެސް ވިއާޒްގެ ހިތުގައި ހަނާއަށްޓަކައި ދެވިފައިވާ ލޯތްބާއި ޤަދަރު ކުޑަވެެގެން ނުދާކަށް ފަރުދާގެ ފުރަގަހުގައިއޮވެ ވިއާޒްގެ ނިކަމެތި ހިތް ސާބިތުު ކޮށްދެމުންދިއެވެ.
ޖެހުމުން އައި ވަޔާއި އޮއިވަރުުގެ ބާނިތަކުން އުތުރި އަރަމުން އައި ރާޅުތައް ކަފާލާފައި ބާރު ސްޕީޑެއްގައި ދުއްވަމުންއައި ލޯންޗު ބަނދަރުކޮށްލާފައި އޭގެއިން ފައިބައިގެން އަޒީލް މިސްރާބު ޖެހީ ޝިފްނާއާއި ބައްދަލުކޮށްލަަން ދިއުމަށެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު ޝިފްނާ ވާހަކަ ދެއްކިގޮތުން ކަމެއް ގޯސްވީހެން އަޒީލްއަށް ހީވެއެވެ. ހަމަ އެވަގުތު ބައްދަލު ކުރަން ބޭނުމޭ ބުނެ ގުޅާފައި ޝިފްނާ ވާހަކަދެއްކި ރާގުން އަޒީލްގެ ހިތުުގެ ތެޅުން އަވަސްވެފައި ހުރިއިރު ނިއްކުރިން ދާތިކި ތެޅެމުން ދިއެވެ. އަނެއްކާ މިފަހަރު ޝިފްނާ އެ ގުޅީ ކޮންކަމެއް ވެގެންބާއޭ އަޒީލްގެ ހިތަށް އަރަމުން ދިއެވެ. ކޮންމެއަކަސް ޝިފްނާގެ އެންމެ އިޝާރާތަަކަށް އަޒީލް އައިސް އެހުރީ ޝިފްނާއާއި ބައްދަލު ކުރާށެވެ.
“ކިހިނެއްވީ…؟ މިހާރު ކޮންކަމާ ހިތްހަމަ ނުޖެހިފަ ތިހުރީ…؟” އަޒީލްގެ އަޑު ޖެހުމާއިއެކު ޝިފްނާ އަޒީލްއަށް ބަލާލިއެވެ. ޝިފްނާގެ އެ ބަލާލުމުގައި ވެސް ހުރީ ނުރުހުން ވުމެވެ. އެއާއިއެކު, ކޮންމެވެސް ކަމެއް ގޯސްވެފައިވާކަން އަޒީލްއަށް ޔަޤީންވިއެވެ. އަޒީލްގެ މޫނަށް ޝިފްނާ ބަލަންހުރި ގޮތުން ޑަންޑަން ލާފައި އަޒީލްގެ ހިތް ތެޅެންފެށިއެވެ. އަނގައިން ނުބުނެ ޝިފްނާ ހުރުމުން ޖެހިލުންވެފައި ވީކީއްތޯ އަނެއްކާވެސް އަޒީލް އަހާލިއެވެ. “ނުހާއަކީ ކާކުކަމެއް އަޒީލްއަކަށް ހަމަ ނޭނގޭތަ…؟” އަޒީލްއާއި ކަޅިއާއިކަޅި ބައްދަލު ކޮށްލަމުން ޝިފްނާ ސުވާލުކޮށްލިއެވެ. “އަހަރެން ބުނީމެއްނު އަހަރެންް ދަންނަ ނުހާއެއް ނޫޅޭނެއޭ…ކީއްކުރަންތަ ނުހާގެ ވާހަކައެއް އަބަދު ތި ދައްކަނީ…؟ އަނެއްކާވެސް ޝިފްނާގެ ރައްޓެހިން ނުހާއޭ ކިޔާފަ ވާހަކަ ތަކެއް ދެއްކީތަ…؟ ވަރުގަދަ ކަމެއް…ތިބުނާ ރައްޓެހިންނާ ދުރުވާންވީނު…” ހަރުކަށިގޮތް ދައްކާލަމުން އަޒީލް ވާހަކަ ދައްކަންފެށިއެވެ. އަދިވެސް އަޒީލް މަސައްކަތްް ކުރީ އޭނާގެ ނަފްސު ދިފާޢު ކުރުމަށެވެ. “އަޒީލްއަށް ނުހާ ނޭނގޭނަމަ ދެން މީކޯއްޗެއް…؟” އަޒީލްގެ މޫނުމައްޗަށް, އަތުގައިހުރި ފޮޓޯތައް ބުރުވާލަމުން ޝިފްނާ ހަޅޭއްލަވައިގަތެވެ. މޫނުގައި ލައްވި ފޮޓޯއެއްގައި ހިފާލަމުން އެެއަށް އަޒީލް ބަލާލިއެވެ. އެވަގުތު އަޒީލްއަށް ހީވީ ފައިދަށުން ބިންގަނޑު ކަހައިގެެން ދިއަހެނެވެ. ބޭއިޚުތިޔާރުގައި އަޒީލްގެ އަތުން ދޫވެގެން އެ ފޮޓޯގަނޑު ތިރިއަށް ވެއްޓިި ދެންހުރި ފޮޓޯތަކާއި އެކުވިއެވެ. އެ ފޮޓޯތަކުން, އެ ތަސްވީރުތަކުން ހާމަވާން ހުރީ އަޒީލް ޝިފްނާއަށް ފަރުދާކުރި އޭނާގެ ލޯބީގެ ފަލްސަފާއެވެ. އަޒީލްއާއި ނުހާގެ އެ ފޮޓޯތަކަށް ބަލާލި ކޮންމެ މީހަކަށް ވެެސް އެ ދެމީހުންގެ ގުޅުން ރަނގަޅަށް ދެނެގަނެވޭނެއެވެ. “ދެންވެސް ބުނާނީ އަޒީލްއަށް ނުހާއެއް ނޭނގޭއޭތަ…؟” ރުޅިވެރިކަމާއިއެކު ޝިފްނާ އަހާލިއެވެ. އަޒީލް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެެވެ. އެފަދަ ގޮތަކަށް ޝިފްނާގެ ކުރިމަތީ ބޭޒާރު ވެދާނެކަމަށް ހީކުރެވިފައި ނުވާތީ އަޒީލްއަށް ހުރެވުނީ ބުނާނެ އެއްޗެއް, ދައްކާނެ ބަހަނާއެއް ވެސް ނޭނގިފައެެވެ. “ފަހަރެއްގަވެސް އަހަރެންް ހިއެއް ނުކުރަން އަޒީލްގެ ޙަޤީޤަތަަކީ މީކަމަކަށް…އަހަރެންގެެ ރަޙުމަތްތެރިން ދެއްކި ހުރިހާ ވާހަކަތަކެއް ދޮގުކޮށް އަޒީލްގެ ވާހަކަތައް ހިތާހިތުން ޤަބޫލުކުރިން…އެކަމަކު…އަހަރެންގެެ ރަޙުމަތްތެރިން އޭރުވެސް ބުނަމުންއައީ ތީ މަކަރުވެރިއެއްކަމަށް…ތީ ދޮގުވެރިއެއްކަމަށް…އެކަމަކު…އެކަން ޤަބޫކުރަން އަހަރެންގެެ މޮޔަ ސިކުނޑި ދެކޮޅުހެދި…އަހަންނަށް ހީކުރެވުނު ތީ ވަރަށް ތެދުވެރި އިންސާނެއް ކަމަށް…އެކަމަކު އެއީ އަހަންނަށް ކުރެވުނު ކުންހީއެއް…ފުރަތަމަ ދުވަހުވެސް އަހަރެން ގާތު އަޒީލްހެދީ ހުސް ދޮގު…އެކަން މި އެނގުނީ އަދިކިރިޔާ..” ލޮލުން ކަރުނަ އޮހޮރެމުންދިއަ ހާލުގައި ޝިފްނާ ވާހަކަ ދައްކަމުންދިއެެވެ. އަޒީލްގެ ޙަޤީޤަތް ހާމަވުމުން ޝިފްނާގެ ހިތަށް ފުންއަސަރެއް ކުރުވިއެވެ. އެކަން ބަރުދާސްތު ކުރަން ޝިފްނާއަށް އުނދަގޫ ކަމަކަށް ވިއެވެ. “މިހާރު ހިތަށް އަރާ އަހަންނަށް ތިކަހަލަ މަކަރުވެރިން ދެނެގަންނަން ނޭނގުނީ ކީއްވެބާއޭ…މިިއަދަށްފަހު އަހަރެންް ފެންނަ ހިސާބަށް ނާންނާތި…ތި މޫނުވެސް ދެކޭކަށް އަހަރެންް ބޭނުމެއްނޫނުން…” ޝިފްނާ މިހެން ބުނެ އަޒީލްގެ ކުރިމަތިން ދުރަށް ހިނގައިގަތެެވެ. ކުށްވެރި ވެފައިވާ ހާލުގައި އަޒީލް ހުރީ އިސްދަށަށް ޖަހައިލައިގެންނެވެ.
ފިނި ހަވީރެކެވެ. ހިތްގައިމުކަން އެކުލެވިފައިވާާ އެ މާޙައުލުގައި މަޑުކޮށްލައިގެން ރީޝާ އިނެވެ. އޮއްސެން ތައްޔާރުވަަމުންދާ އިރުގެ ރަން ދޯދިތައް މޫދަށް އެޅިފައި ހުރިއިރު ކަނޑުގެ ލޮނުގަނޑު ވިދަވިދާ ހުރި ކަހަލައެވެ. ހަމަހިމޭންކަން ކުޑަ އެ ނޫކުލަގަދަ ލޮނުގަނޑަަށް ބަލަހައްޓައިގެން އިންއިރު ރީޝާގެ ހަނދާނުން ދަތުރުގެ މަންޒަރުތައް ނުފިލައި ހުއްޓެވެ. ތެދުތެދަށް ބުނާނަމަ އިޒްހާރުގެ ހަނދާންތައް ރީޝާގެ ސިކުނޑީީގައި އެނބުރެމުން ދިއެވެ. އެދުވަހު އިޒްހާރު ބެހެއްޓި ގާތްކަމާއި އެކުވެރިކަން ހެޔޮހިތުން ރީޝާ ވަނީ ބަލައިގަނެެފައެވެ. ރީޝާގެ ހިތް އިޒްހާރުއަށް އިތުބާރުކުރަން ނެގީ މަދު މިނެޓްކޮޅެކެވެ. އެކަމާއި ޚުދު ރީޝާވެސް ސުވާލު އުފެއްދިއެވެ.
“ކާކު…؟” ފުންޚިޔާލުުތަކަށް ގެއްލިފައި ހުއްޓައި ކޮންމެެސް މީހަކު ރީޝާގެ ލޯމަތީގައި އަތް އަޅައި ލޯ ފޮރުވާލުުމާއިއެކު ރީޝާއަށް އަވަސް އަވަހަށް އެމީހެއްގެ އަތުުގައި ހިފާލެވުނެވެ. “ހާދަ ވަރަކަށް ތި ބިރުގަތީ…ކާކުކަމަށްތަ ހީކުރީީ…؟” ރީޝާގެ ލޯމަތިން އަތް ނަގައި މޫނާއި ދުރުކޮށްލަަމުން އިޒްހާރު ސުވާލުކޮށްލިއެވެ. އިޒްހާރު އެހެން ބުނެލީީ އޭނާގެ އަތް ނައްޓުވަން ރީޝާ މަސައްކަތްްކޮށްލި ގޮތުންނެވެ. “އެކަނިމާއެކަނި ހުރެގެން ކޮންކަމަކާތަ ތި ވިސްނަނީ…؟” ރީޝާއާއިި ދާދި ކައިރީގައި އިށީންނަމުން އިޒްހާރު އަހާލިއެވެ. “ނުވިސްނަން…އެއްވެސް ކަމާއިދޭތެރޭ އަހަރެން ނުވިސްނަން…” ޚިޔާލުތައް ސިއްރު ކޮށްލާާފައިި ނަޒަރު ތިރިކޮށްލަަމުން ރީޝާ ބުނެލިއެވެ. “ހަމަ އެއްވެސް ކަމަކާއި ދޭތެރޭ ނުވިސްނަަންތަ…؟” ޝައްކުގެ ނަޒަރަކުން ރީޝާއަށް ބަލާލަމުން އިޒްހާރު އަހާލިއެވެ. “އެއްވެސް މީހަކާ ދޭތެރޭގަ ވެސް ނުވިސްނަންތަ…؟” އިތުރަށް އިޒްހާރު އަހާލިއެވެ. “ނުވިސްނަން…އެއްވެސް މީހަކާ ދޭތެރެެއަކު ވެސް ނުވިސްނަން…” ދެވަނަފަހަރަށް ވެސް ރީޝާގެ ފަރާތުން ލިބުނީ ހަމަ ކުރިންވެސް ލިބުނު ޖަވާބެވެ. އެއްވެސް ކަމާއިމެދު, އެއްވެސް މީހަކާއި މެދުގައިވެސް ނުވިސްނާކަމަށް ބުނެ އިޒްހާރުއަށް އެކަން ޔަޤީން ކޮށްދޭން ރީޝާ މަސައްކަތް ކުރިއެވެ. “އެހެންތަ…އަހަރެންް ހީކުރީީ ކޮންމެެސް މީހަކާ ދޭތެރޭ ވިސްނަަން ހުރިކަމަށް…ކުންހީއެއްދޯ މިކުރެވުނީ…” އިޒްހާރު ބޭނުންވި ކަހަލަ ޖަވާބެއް ރީޝާގެ ފަރާތުންް ނުލިބުމުން ހިތަށް އަސަރުކޮށްފައި ވާކަން ބަދަލުވެގެން ދިއަ އިޒްހާރުގެ މޫނުގެ ކުލަވަރުން ހާމަވާން ހުއްޓެވެ. އިޒްހާރު އަޑުއަހަން ބޭނުންވީ ރީޝާާގެ ސިކުނޑީީގައި އިޒްހާރުގެ ޚިޔާލުތައް އެނބުރެމުން ދާކަމުގެ އުފާވެރި އަޑެވެ. ޙަޤީޤަތަަކީ އެއީ ކަމުގައި ވިއަސް އެކަން ރީޝާ ސިއްރުކޮށްލިއެވެ. “އަހަރެން ހީކުރީ އަހަރެން ރީޝާއާއި ދޭތެރޭ ވިސްނާ ގޮތަށް ރީޝާވެސް އަހަންނާ ދޭތެރޭ…” މޫދާއި ދިމާއަށް ބަލާލަމުން އިޒްހާރު ބުނަން އުޅުނު ޖުމްލަ ރީޝާ ކުރުކޮށްލިިއެވެ. “އަހަރެންް މި ބުނީނު އެއްވެސް މީހަކާ ދޭތެރޭ ނުވިސްނަމޭ…އެހެންނޫނަސް… މިވަގުތު އެއްވެސް މީހަކާ ދޭތެރޭ ވިސްނާކަށް އަހަރެންް ބޭނުމެއް ނޫން…” އިޒްހާރުގެ ނުސީދާ ބަސްތަކުން ކޮންމެވެސް ވަރަކަށް ރީޝާއަށް އިޒްހާރުގެ ހިތް އެނގިފައި ވާކަހަލައެވެ. އެހެންކަމުން ރީޝާ މަސައްކަތް ކުރީ އިތުރަށް އިޒްހާރުގެ ހިތުގައި ފޮރުވިފައިވާ ޖަޒުބާތުތައް ފާޅުކުރިއަ ނުދީީ އެކަން ފަރުދާވެފައި ބޭއްވުމަށެވެ. އެެއިން, ދެވަނަ ފަހަރަށް ލޯބީގެ މައިދާނަށް ނިކުންނަން ރީޝާ ޖެހިލުންވެފައި ވާކަން ދޭހަަވާން ހުއްޓެވެ. އެކަން އިޒްހާރުއަށް ވިސްނުނެވެ. އެހެންކަމުން އެވަގުތު އެ މަޢުޟޫ ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކޮންމެވެސް އެހެން މަޢުޟޫއަކަށް އިޒްހާރު ޖެހިލިއެވެ.
9 Comments
Comments are closed.
me first dhw. mi part vx reethi but varah kuru. dhn oi part kn irakun up kohdheny..??
Thanksss….next prt v avahah up kohla dheynan…
Mi vaahaka dhaa goiy reehcheh noon…dhaanis n reeshaa yaa gulhenee..not izhaar
K..❤❤❤
Haadha lahey up kuraaleh ?but v nice
Mi part wes warah reethi. When next part?
Aaan dhw…dhaaanish n reesha gulheny……dhn mi Kon izhaareh?
varah reethi vaahaka gosfa oih hisaabu. but the thing is reesha izhaar akaa nueh gulhey
varah sad konme love story ehga villan ulheythy but villan nuhunnayyaaavx vaahaka hadi keeh kuraany dhw
anyways we appreciate ur work dear
hattey ah v kihineh tho balan dhaan jehey…….. hattey bxy tha…..
dhaan v tha liye dheyn…..