އެވްލީން… 24
ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓް ތަކުގެ ނަތީޖާ ޕޮޒިޓިވް ވުމާއެކު ޒަވީން އާއިލާގެ ހުރިހާ މެންބަރުންނަށް އެއުފާވެރި ޚަބަރު ދިނީ ހެނދުނު ނާސްތާ ކުރަމުންދިޔަ ވަގުތުގައެވެ.
” މޯމް ، ޑޭޑް އައެމް ގޮއިން ޓު ބީ އަ ފާދާރ…. ” ޒަވީން ފިނިވެފައިވާ އެވްލީންގެ އަތުގައި ހިފަހައްޓައިލަމުން އެއުފާވެރި ޚަބަރު އެންމެނާއި ހިއްސާކުރިއެވެ. ޒަވީން ބުނި ޖުމްލަ ރިހާނީގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއް ހެންނެވެ. އޭނަ ބޮމުން ދިޔަ އާފަލު ޖޫސްތަށި ކަރުތެރޭގައި ތާށިވުމާއެކު ރިހާނީ ކެއްސަމުން ގޮސް އެލޮލުން ކަރުނަ ފާއްދާލިއެވެ.
ރިހާނީ އަވަސް އަވަހަށް ފެންތަށިން ކޯވަރެއް ބޯލުމަށްފަހު ގަދަކަމުން އެތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ރިހާނީ ކިތަންމެ ވަރަކަށް ހިނިތުންވެލައިގެން އިންކަމުގައި ވީނަމަވެސް އެތެރެއިން އޭނަ އަނދަމުން ދިޔައެވެ. ޒަވީން ބުނި ޖުމްލަ އިން އޭނަގެ ހުރިހާ މަސައްކަތަކަށް ފެން ބުރުއްސައިގެން ދިޔަހެންވެސް ރިހާނީއަށް ހީވިއެވެ. ރިހާނީ ތުންއޫކޮށްލަމުން އެވްލީންއާއި ދިމާއަށް ކަޅިއަޅާލައިފިއެވެ. ޒަރާ ގޮނޑިން ތެދުވެލަމުން އެވްލީން ބޮލުގައި ނުހަނު ލޯތްބާއެކު ފިރުމާލިއެވެ. އެވްލީން ދެކެ ކިތަންމެ ފޫހިވެފައި ވީނަމަވެސް ޒަރާ އެވަގުތު އެހުރިހާ ކަމެއް މަތިން ހަނދާން ނައްތާލައިފިއެވެ.
” ކޮންގްރޭޖުލޭޝަންސް ސަން… ” ބިލާލް ބުންޏެވެ. ރިހާނީއާއި އެއްވަރަށް އަކިޔަސްއަށް ވެސް އެޙަބަރު މާއުފާވެރި ޙަބަރަކަށް ނުވިއެވެ. ޤަބޫލުކުރަން ދަތި ނަޒަރަކުން އަކިޔަސް އެވްލީންއާއި ދިމާއަށް ބަލައިލުމުން އެވްލީން ހިތުގެ ތެޅުން ނުހަނު ބާރުވިއެވެ. އެދެލޮލުގައި ވަނީ އޭނަ މީގެ ކުރިން ދެކެފައިނުވާ ވިދުވަރު ތަކެކެވެ. އެވްލީންއަށް އެއީ އިންޒާރުތަކެއް ހެން ސިފަކުރެވުނެވެ. ބޭއިހްތިޔާރުގައި އެވްލީންއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ.
” ހޫމްމް… ޒޭވް ޑޭޑް އަކަށް ވަނީ ދޯ… ” އަކިޔަސް ގޮނޑިން ތެދުވެލަމުން ކައިރީގައި ހުރި ތަނބަކަށް ލެނގިލިއެވެ. ” ބްރޯ ކޮން ދުވަހަކުތަ ކިޑްއެއް ހޯދަނީ ؟ ” ޒަވީން އެއްބުމަ އަރުވައިލަމުން އަހާލައިފިއެވެ. ޒަވީންގެ ސުވާލާއެކު އަކިޔަސް މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ޒަރާއަށް ރަނގަޅަށް ފާހަގަ ވިއެވެ.
” ކިޑްއެއް ލިބުނީމަ ރިނީ އޯލްޑް ވެދާނެތީ މަޑުކޮށްލައިގެން މިތިބީ… ” އަކިޔަސް ލާނެއް ރާގަކަށް ބުނެލަމުން ޖިންސް ޖީބުގައި އޮތް ފޯނު ނެގިއެވެ. ރިހާނީ ފާޑަކަށް އިން އިރު އޭނަގެ ތަބީއަތު ވަނީ ގޯސް ވެފައެވެ. ޢީރާއަށް އެވްލީން ބަލިވެއިންކަން އެގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ ؟
ޒަރާ އެވްލީންއާއި ވާހަކަ ދައްކާލަމުން ބުނީ ފަސްޓް ޓްރިމެސްޓާރގައި މުޅިންވެސް ބެޑްރެސްޓް ނެގުމަށާއި ކިތަންމެ ކުޑަ ކަމެއްވެސް އަމިއްލައަށް ނުކުރުމަށެވެ. ފަސްޓް ޓްރިމެސްޓާރ އަކީ ނާޒުކު މަރުހަލާއަކަށް ވުމުން މިސްކެރިއޭޖް ވުމުގެ ފުރުސަތުވެސް ބޮޑުކަމަށް ޒަރާ ބުނުމުން އެވްލީން ހިތް ބިރުން ރޫރޫއަޅައިގެން ދިޔައެވެ. އެވްލީން ސިޑި ބޭނުން ކުރުން މުޅިންހެން މަނާކަމަށް ވެސް ޒަރާ ބުންޏެވެ. އެވްލީން ވިހަންދެން ބެކްޔާރޑްގައި ހުންނަ ކޮޓެޖަށް ޒަވީންއާއި އެވްލީން ބަދަލު ވުމަށް ބުނުމުން ރިހާނީ ރުޅިއައިސް ރަތްވެގެން ދިޔައެވެ. އޭނަ އެހާ ވަރުން ޒަރާ އެވްލީންއާއި ދެކޮޅަށް އަނބުރާލަން އުޅުމުންވެސް ހުރިހާކަމެއް ދަނީ ގޯހުން ގޯހަށެވެ. އަދިވެސް އަކިޔަސް އޭނަ ކޯތާފަތް މައްޗަށް ވީއްލައިލި ހޫނު އެތިފަހަރުމަތިން ހަނދާން ނުނެތެއެވެ.
ކުއްލިޔަކަށް ރިހާނީ ރޮމުން ބާރަކަށް ދުވެލާފައި ގޮސް ކޮޓަރިއަށް ވަނުމުން ކާކޮޓަރިއަށް ވެރިވެގެން ދިއައީ މަރުފަދަ ހަމަހިމޭންކަމެވެ. ހުރިހާ އެންމެންގެ ނަޒަރަކު އަކިޔަސްއަށް އަމާޒުވުމާއެކު އަކިޔަސް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އޭރު އެމޫނުމަތިން ފެންނަމުން ދިއައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
” ސްޓޮޕް ކްރިއޭޓިން ބިގް ސީންސް… ” އަކިޔަސް ކޮޓަރިއަށް ވަންނަމުން ހަޅޭއްލަވައިގަތެވެ. ” އައި ކާންޓް ބެއާ ދިސް… މިހާރު މަންތެއް މިވަނީ އަހަރެން ކިޔާ ކައިރިން މާފަށް އެދޭތާ… ހައު މެނީ ޓައިމްސް ޑޫއައި ހޭވްޓު ޓެލް ޔޫ ދެޓް އިޓް ވޯސް އަ މިސްއަންޑަސްޓޭންޑިންގް… ” ރިހާނީ އެނދަށް ވެއްޓިގަންނަމުން ބާރަކަށް ރޯން ފެށިއެވެ. އޭނަ ރޮއި ރޮއިފައި އަކިޔަސް ކައިރިން މާފަށް އެދޭތަ މިހާރު މަހެއް ވާން ކައިރިވެފައި ވާއިރުވެސް އޭނަ ލޮލުން ފައިބާ ކަރުނަ ތިކިތަކުން އަކިޔަސްގެ ހިލަ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ.
” އެގެއިން… ރިނީ އަހަރެން ގޯސްކޮށްފަ މަންމަ ކައިރީގައި ވާހަކަ ދައްކަނީ އަހަރެން އިމޭޖް ހަރާބް ކުރަން ދޯ ؟ ރިނީ އަހަންނާ ވަކިވާން ބޭނުންމަ އައެމް ރެޑީޓު ޑިވޯސް ޔޫ… ” އަކިޔަސް ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ސައިޑްޓޭބަލް މަތީގައި ހުރި ވާސްގައި އަތުންޖަހާ ބުރުއްސާލައިފިއެވެ.
ރިހާނީ ރުއިން ހުއްޓާލަމުން ތެޅިތެޅި އޮތް ހިތަކާއެކު އަކިޔަސްއަށް ބަލައިލިއެވެ. ”ޑިވޯސް” އެލަފްޒުންވެސް އެހިތުގައި ވަރުގަދަ ތޫފާނެއް އުފައްދާލައިފިއެވެ. އަކިޔަސްއާއި ވަކިވާން ޖެހިއްޖެނަމަ އޭނަ ދުނިޔެއިން މޮޔަ ވެދާނެއެވެ.
އަކިޔަސް މުއްކަވާލައިގެން ހުރިއިރު ދެއަތުގެ ނާރުތައް ފުއްޕާލާފައި ވުމުން ކުރިއަށް ވުރެ ފިރިހެން ވަންތަކަމަށް ދައްކައެވެ. ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރިއިރު ގަޔަށް ފިޓްކޮށް އޮތް ގަމީސްމަތިން އަކިޔަސް ހުރީ ހުދުކުލައިގެ ޖެކެޓެއްވެސް ލައިގެންނެވެ. ކިތަންމެ ވަރަކަށް ބެލިޔަސް ފޫހި ނުވާނެކަން ގައިމެވެ. ރިހާނީ އާއި އަކިޔަސްގެ ހަތުރަކަޅި ބައްދަލުވެގެން ދިޔަ ވަގުތު ރިހާނީއަށް ނޭވާ ހިފަހައްޓާލަން މަޖުބޫރު ވިއެވެ. އެދެލޮލުން ރިހާނީއަށް ފެނުނީ އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމެވެ. އޭނަ މޮޔަކަމުން ކުރި ކަންތަކުގެ ސަބަބުން ދެން ދުވަހަކުވެސް އަކިޔަސް ހިތާއި ހަމައަށް ވާސިލުވެވޭނެ ހެނެއްހިޔެއް ނުވެއެވެ.
” ކިޔާ ނެވާރ ލީވް މީ… އަހަރެން މޮޔަ ވެދާނެ އަކިޔަސް އާ ނުލާ އުޅެން ޖެހިއްޖެނަމަ….ޕްލީޒް ފޮގިވްމީ… އަހަރެން ހިތަށް ވަރަށް ހާޓްވެފަ ހުރީމަ މަންމަ ކައިރީގައި ކިޔާގެ ވާހަކަ ދެއްކުނީ… ” ރިހާނީ އަކިޔަސް ގަމީހުގައި މޫނު ފޮރުވައިލަމުން އެތައްފަހަރަކު މާފަށް އެދުނެވެ. ދެން ދުވަހަކުވެސް އެދެމެދުގައި ޖެހޭ މައްސަލައެއްގެ ވާހަކަ އެއްވެސް މިހަކާއި ހިއްސާ ނުކުރާނެކަމަށް ރިހާނީ ވައުދު ވިއެވެ.
” މާފްކޮށްފިން… ” މިފަހަރު ރިހާނީގެ އާދޭސް ތަކަށް ބީރުކަންފަތެއް ދޭނެހާ ހިތްވަރެއް އަކިޔަސްއަށް ނުލިބުނެވެ. ރިހާނީ އޭނަށް ކުރެވުނު ކުށްހީއަށް ރޮއިރޮއިފައި މާފަށް އެދޭތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ. ހިތެއް އޮތް އިންސާނަކަށް އެކަރުނަ ތަކުން އަސަރު ނުކޮށް ނުދާނެއެވެ. އަކިޔަސް ޖުމްލައިން ރިހާނީއަށް ހީވީ ޒަހަމްތަކުން ފުރިފައިވާ ހިތުގައި ބޭސް އެޅުނު ހެންނެވެ. ” ކިޔާ… އައި ލަވް ޔޫ.. ” ރިހާނީ ކުރިއަށްވުރެ ބޮޑަށް އަކިޔަސްއާއި ކައިރިވެލިއެވެ.
ޒަވީންއާއި އެވްލީން ކޮޓެޖަށް ބަދަލުވީ ހަވީރުވާން ކައިރިވެފައި ވަނިކޮށެވެ. ބްރިޓިޝް ސްޓައިލަށް ކޮޓެޖް ރާނާފައި ވާއިރު ، ކޮޓެޖް ފުރާޅު ވަނީ އައިވީ ގަސްތަކުން ފެހިކޮށްލާފައެވެ. އޮރެންޖް އަދި ނޫކުލައިގެ ޓިއުލިޕް މާތައް ކޮޓެޖް ވަށާ ހެދިފައިވުމުން ހީވަނީ ރީތި ތަސްވީރެއް ހެންނެވެ. ކުޑަކުޑަ ފައްތަރަކުން އަރިގެންގޮސް ކޮޓެޖަށް ވެދޭގޮތަށް ހަދާފައި ވާއިރު ފައްތަރުގެ ދެފަރާތުގައި ވަނީ ސްޕެނިޝް ލެވެންޑާރ މާގަސް ތަކެކެވެ. ލޫނާ މޮތް އަދި ސްނޯބެރީ ކްލިއާވިންގް ލެވެންޑާ މާތަކުން ފޮނިބޯން އުދުހެމުން ދާއިރު ކުޑަކުޑަ ލޭޑީބަގްތައް ވެސް ފެންނަމުން ދިޔައެވެ. މާމެލާމެލީގެ މީރުވަސް ނޭފަތުގައި ޖެހުމާއެކު އެވްލީންއަށް އަނގައިގައި އަތް އަޅާލެވުނެވެ. މޭނުބައި ކުރާގޮތް ވުމުން އެވްލީން ފިޔަވަޅުތައް ބާރުކޮށްލިއެވެ.
” ލީން… ފޯރ މަންތްސް ވަންދެން ހޮޑުލެވޭނެ… ޔޫ ހޭވް ޓު ބީ ސްޓްރޯންގް… ” ފާޚާނާއިން ނިކުތް އެވްލީންގެ އަތުގައި ޒަވީން ހިފަހައްޓާލިއެވެ. އެމޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައިރު ކޮޅަށް ހުންނާނެ ވަރެއްވެސް ނެތްހެން ހީވެއެވެ. އެވްލީން ޒަވީންގެ އެހީއާއެކު އެނދުގައި އިށީނުމުން ޒަވީން ކާޓެއިންތައް ކަހާލުމަށްފަހު ކުޑަދޮރުތައް ހުޅުވާލިއެވެ. ފިނިފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހިގެން ދިއުމާއެކު އެވްލީންގެ ހަށިގަނޑު ރޫރޫއަޅާގޮތް ވިއެވެ. ދެއަތް ޖޯޑުކޮށްލަމުން އެވްލީން ކުޑަ ދޮރުން ބޭރަށް ބަލައިލިއެވެ. ޑެންޑިލަޔަން ގަސްތައް މާތަކުން ބަރާވެފައި ވާއިރު ހިކިފައިވާ މާތައް ވަޔާއެކު އުދުހެމުން ދިޔަ މަންޒަރު ބަލާ ފޫހިނުވާނެހާ ރީއްޗެވެ. ހީވަނީ ކުޑަ ކަފަކޮޅުތައް ފަޒާގެ ތެރޭގައި މިނިވަން ކަމާއެކު އުދުހިލާ ހެންނެވެ.
ކުއީން ސައިޒް އެނދުގެ ހެޑްބޯޑަށް އެވްލީން ލެނގިލައިގެން އިންއިރު ކޮޓަރީގެ ރީތި ކަމަށްވެސް ހިތާހިތުން ތައުރީފު ކުރެވުނެވެ. ސީލިންގައި ހަރުކުރެވިފައިވާ ވިންޑްޗައިމްތަކުގެ ދަގަނޑުކޮޅުތައް ވަޔާއެކު ތެޅިލާ ހިނދު ކޮޓަރިއަށް ފެތުރިގެންދާ ހިތްގައިމު އަޑުވެސް ނުހަނު ރީއްޗެވެ. ހުދުކުލައިގެ މާބްލްސް މައްޗަށް ޕީޗް ކުލައިގެ މަޑު ކާޕެޓްތައް ފަތުރާލާފައި ވުމުން ކޮޓަރިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ. އެނދާއި ތަންކޮޅެއް ދުރުގައި ހުރި ސޯފާ ކުރިމަތީގައި ފަޔާޕްލޭސްއެއް ވެސް ހުންނައިރު ދެ ރޮކިންގް ޗެއާރވެސް ސޯފާ ކައިރީގައި ބަހައްޓާފައި ވެއެވެ. ވޯލް ޑިކަރޭޓާސް އިން ކޮޓަރީގެ ފާރުތައް ޑިކަރޭޓްކޮށްފައި ވުމުން ކޮޓަރި ނުހަނު ފުރިހަމަވެފައި ރީއްޗެވެ. ކޮޓަރީގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި ކަމުގައި ވީނަމަވެސް ފެނިގެންދާނީ މުއްސަނދި ކަމެވެ.
ޒަވީން ލުއި ފިޔަވަޅު ތަކެއްގައި އައިސް އެނދުގެ މަގަތުގައި އިށީނުމާއެކު އެވްލީން އަވަސް ނޭވާތަކެއް ބޭރުކޮށްލިއެވެ. ޒަވީން އެވްލީން ބަނޑުގައި ބޮސްދެމުން ޑެޑީގެ ކުޑަކުޑަ އެންޖެލް އޭ ބުނެލައިފިއެވެ. އެވްލީން ތުންފަތުގައި ހިނިތުންވުމެއް ކުޅެލަމުން ދިޔައިރު އެވްލީންހާ ނަސީބު ވެރި ކުއްޖަކު މިދުނިޔޭގައި ވާނެހެންވެސް ހިޔެއްނުވެއެވެ. ފިރިމީހާގެ ލޯބި އެންމެ ބޭނުންވާ ވަގުތު ލިބޭއިރު އެހިތުގައިވާ ލޯބި އިތުރަށް ފުންވެގެން ދެއެވެ.
މިރޭ ސްކޭން ހަދަން ބުނެފައިވާތީ ޒަވީން އެވްލީންއަށް އެކަން ހަނދާން ކޮށްދިނެވެ. އެވްލީން ޒަވީން ތަނަވަސް މޭގައި މޫނު ފޮރުވައިލަމުން ޒަވީން ބޭނުން ކުރާ ސެންޓް ބަދަލު ކުރުމަށް ބުނެލިއެވެ. ” ނޯ ވޮރީސް ބޭބް… އައިލް ޗޭންޖް ދި ޕާރފިއުމް…. ” ޒަވީން އެވްލީން އަތުގައި ހިފަހައްޓައިލަމުން އެއަތަށް ބޮސްދިނެވެ. ” މިރޭ ޑޮކްއަށް ދައްކާފަ ޝޮޕިންގްއަށް ދާން ވާނެ… ނީޑް ޓު ބައި ސަމް ތިންގް… ” އެވްލީންއާއި ޒަވީންގެ މޫނު ނުހަނު ކައިރިވެފައި ވާއިރު އެވްލީންއަށް ބަލަހައްޓައިގެން އޮވެވުނީ ޒަވީންގެ ރީތި ދެލޮލަށެވެ. ފުންކަނޑެއްފަދަ އެދެލޮލުން އެވްލީންއަށް ފެނުނީ ނިމުމެއް ނެތް ލޯތްބެވެ. އަޅާލުމެވެ. ޒަވީން އެވްލީންގެ މޫނަށް ފައިބާފައިވާ އިސްތށިކޮޅުތައް އެއްކައިރިކޮށްލަމުން އެވްލީން ކޯތާފަތަށް ބޮސްދިނެވެ.
ރިހާނީއާއި އަކިޔަސްގެ ގުޅުން ކުރިއަށްވުރެ ރަނގަޅުވުން ވެގެން ދީއައީ ރިހާނީއަށް އުފާވެރިކަން ގެނެސްދިން ކަމަކަށެވެ. ނަމަވެސް އެވްލީން ޒަވީންގެ ކުއްޖަކަށް ބަލިވެ އިނުން ވެގެން ދިއައީ ރިހާނީ މާޔޫސް ކަމެއްގެ ތެރެއަށްވެސް ވައްޓާލި ކަމަކަށެވެ. އޭނަ އެހާވަރުން ރާވަމުން ދިޔަ ”މާސްޓާރ ޕްލޭން ” މުޅިން ފްލޮޕް ވީއެވެ. ރިހާނީގެ ކަށީގައި ހިފާފައި ހުންނަ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން އޭނަ ހަތިޔާރު އެއްގޮތަކަށްވެސް ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. މިފަހަރު ރިހާނީ ނިންމައިގެން ހުރީ ޒަވީންއާއި އެވްލީންގެ ދަރިފުޅު ދުނިޔެއަށް އުފަން ވުމުގެ ކުރިން ނައްތާލުމަށެވެ. ރިހާނީ އެކުށެއްނެތް މައުސޫމް ފުރާނައެއް ދުއްވާލަން ވިސްނާލިއިރު އެއީ ކިހާ ބޮޑު ފާފައެއްކަން އޭނައަށް ވިސްނާނުލެވުނެވެ. އަންހެނަކަށް ވެހުރެ އެހެން އަންހެނަކަށް އެހާބޮޑު އަނިޔާއެއް ދޭން އުޅޭއިރު އެހިތުގައި ހަމްދަރުދީގެ ޒައްރެއްގެމިންވަރު ވެސް ނެތެވެ. ބަދަލު ހިފުމުގެ ރޫހުގެ ސަބަބުން ރިހާނީގެ ހިތްވަނީ ހިލަވެފައެވެ.
ފަނަރަ ވިލޭރޭގެ ހަނދު ބޮޑު ބިގަރެއްހެން ފެންނަމުން ދިޔައިރު ލަންޑަންގެ އުސް އިމާރާތްތަކުގެ ސަބަބުން ހަނދުގެ ރީތިކަން ވަނީ ވަންހަނާ ވެފައެވެ. ބޮޑެތި އުސް އިމާރާތް ތަކުގައި ދިއްލާފައިވާ ކުލަކުލައިގެ ބޮކިތަކުން ހީވަނީ ނިވިއްދިއްލޭ ބޮކީގެ ދޫލަތަކުން އިމާރާތްތައް ފެންވެރިފައިވާ ހެންނެވެ. މަދުން ނަމަވެސް ހާމަވެފައިވާ އުޑުގައި ވިދާ ބަބުޅަމުންދާ ތަރިތައް ފެނިލައެވެ.
އެވްލީން ޑޮކްޓަރަށް ދައްކަން ދާން ތައްޔާރުވެލައިގެން ބޭރަށް ނިކުތްއިރު ޒަވީން އޭނަގެ އިންތިޒާރުގައި ކާރުގައި އިނެވެ. އެވްލީން ކާރަށް އަރައި ހަމަޖެހިލުމާއެކު ޒަވީން ކާރު ދުއްވާލީ ލަސް ސްޕީޑެއްގައެވެ. އޭރު ކާރު ތެރެއަށް ރީތި ލަވައެއްގެ އަޑު ފެތުރިފައި ވެއެވެ.
ފުރަތަމަ ފަހަރަށް ސްކޭން ހަދަން ޖެހުމުން އެވްލީން ބިރުގަންނަ ގޮތްވިއެވެ. ނަމަވެސް ޒަވީން އޭނައާއި އެކުވުމުން ކުޑަކޮށް ބިރު ފިލައިގެން ދިޔައެވެ. ސްކޭން ހަދާފައި ޑޮކްޓަރު ބުނީ ބޭބީ ޑިވިލޮޕްމެންޓް ރަނގަޅު ކަމަށާއި ނަމަވެސް ޕްރެގްނެންސީގައި ކުޑަ ކޮމްޕްލިކޭށަންސްތައް އެބަހުރި ކަމަށެވެ. ހާސްވާ ވަރުގެ ކަމެއް ނެތިކަމުގައި ވިޔަސް އެވްލީން ބިރުން ގޮސް ހަލާކުވާވަރު ވިއެވެ.
” ލީން…. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ… ފަސްޓް ޕްރެގްނެންސީވީމަ އެކަހަލަ މައްސަލަ ހުންނާނެ… ޔޫ ޑޯންޓް ހޭވް ޓު ބީ ސްކެއާޑް… ” އެވްލީން ލޮލުގައި ވިދަމުންއައި ކަރުނަ ތިކިތައް އެސްފިޔަތަކަށް ބަރުވުމުގެ ސަބަބުން ތިރިއަށް ފައިބައި ގަތުމާއެކު ޒަވީން އެކަރުނަތިކިތައް ފޮހެލަ ދިނެވެ. ” ޒޭވް އަހަރެން ވަރަށް ބިރު އެބަގަނޭ ބޭބީ އެބޯޓް ވެދާނެތީ… ” އެވްލީން އަޑުގައި މިފަހަރު ތުރުތުރު ލުމެއް ވިއެވެ. ” ލީން ބީ ޕޮޒިޓިވް… އިރާދަކުރެއްވިއްޔާ ބޭބީއަށް އެއްވެސް ކަމެއް ނުވާނެ… ” އެވްލީން ގެނެސް މޭގައި ޖައްސާލަމުން ޒަވީން ބުނެލިއެވެ. ޒަވީންގެ ވާހަކަ ތަކުން އިރުކޮޅެއްގެ ތެރޭގައި އެވްލީން ހަމައަކަށް އެޅުނެވެ.
ރިހާނީ ޕޯޓިކޯއަށް ނިކުތް އިރު ބާރަކަށް ހިނގާލާފައި އައި ޢީރާ ފެނުމާއެކު ރިހާނީގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. އެދޮން މޫނުގައި ދާތިކިތައް ވިދަން ފެށީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ޢީރާ ވަރަކަށް ރޮއިފައިވާކަން ދުޅަވެފައިވާ އެދެލޮލުގެ ސަބަބުން އެގޭހާވެއެވެ. ޢީރާ ރިހާނީ ކުރިމައްޗަށް ހުއްޓުމާއެކު ރިހާނީ ޢީރާގެ އަތުގައި ހިފަހައްޓާލަމުން ހިނގައިގަތީ އައުޓް ޑޯރ ސޯފާތަކާއި ދިމާއަށެވެ. ” ރި..ނީ ވަޓް އޭމް އައި ހިއަރިންގް ؟ ” ޢީރާ ސޯފާގައި އިށީންނަމުން ހިތާމައިން ފުރިގެންވާ އަޑަކާއެކު އަހާލައިފިއެވެ. ” ޢީރް ތިބުނި އެއްޗެއް އަހަންނަކަށް ނޭގުނު… ” ރިހާނީ ދުރަށް ނަޒަރު ހިންގާލައިފިއެވެ. ” ޔޫ ވިލް ނޯ… އެވްލީން ޕްރެގްކަން އަހަންނަށް އެގުނުއިރު ރިނީއަށްވެސް އެގިފަ އޮންނާނީ… ” ޢީރާ ތުން އޫކޮށްލައިފިއެވެ.
” ޢީރް އައެމް ސޮރީ އެބައުޓް ދެޓް… ” ރިހާނީ ދެއަތް ޖޯޑުކޮށްލަމުން ބުނެލިއެވެ. ” ރިނީ ބުނެބަލަ ، ދެން ކިހިނެއް އަހަންނަށް ޒޭވް ލިބޭނީ… ” ޢީރާ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް އަހާލައިފިއެވެ. އެވްލީންއާއި ޒަވީން އެކުގައިވާ ތަން ފެންނަ ކޮންމެ ފަހަރަކު އެހިތުގައި ހާދަ ރިހުމެއް އުފައްދާލައެވެ. މިއަދު އެވްލީން ބަލިވެ އިންކަން އެގުމުން އޭނަ މޮޔަނުވީ ކިރިޔާއެވެ. ” ލީންގެ ކިޑް އެބޯޓްކޮށްލީމަ ޢީރްއަށް ޒޭވް ލިބޭނެ… ދެޓް ކިޑް އިޒް ދި ޕްރޮބްލަމް ނައު…. ” ރިހާނީ ކެމޭލިއާ މާތައް އަތުތެރެއަށް ލުމަށްފަހު ޗިސްކޮށްލިއެވެ. ” ވަޓް ! ” ރިހާނީގެ ޖުމްލައިން ޢީރާއަށް ސިހުން ލިބުނެވެ. ” އެނޫން ގޮތެއް ނެތް ޒޭވް އެންޑް އެވްލީން ވަކިކުރަން… ” ރިހާނީ ސޯފާއިން ތެދުވެލަމުން ބުންޏެވެ. ” ނޯ.. ރިނީ ތީ ބޮޑު ފާފައެއް އަހަރެން ބޭނުމެއް ނޫން… ” ” ޢީރް… ދެއާރ އިޒް ނޯ އަދާރ ޗޮއިސް… އެކުއްޖާ ދުނިޔެއަށް އުފަން ވެއްޖެނަމަ ޒޭވް އެވްލީންއާ ކައިރުވުން ނޫންކަމެއް ނުވާނެ… އަހަންނަށް ޔަޤީން ޢީރްއަށް އެމަންޒަރު ދެކެން ކެތްނުވާނެކަން… ” ރިހާނީ ޢީރާގެ ޖުމްލަ މެދުކަނޑާލައިފިއެވެ.
” ޢީރް ތިންކް… އެކުއްޖާ އެބޯޓްވެގެން ނޫނީ އަހަރެންގެ ޕްލޭން ކާމިޔާބެއް ނުވާނެ… ” ރިހާނީ ވިހަ ހިނިތުންވުމަކާއެކު ޢީރާ ކުރިމައްޗަށް ހުއްޓިލިއެވެ. ޢީރާ ބޮލުގައި ހިފަހައްޓާލައިގެން އިން އިރު ސިކުނޑީގައި އެނބުރެމުންދިޔަ ހިޔާލުތަކުން އޭނަގެ ސިކުނޑި އެތިކޮޅުތަކަށް ބުރައިގެން ހިނގައިދާހެންވެސް ހީވިއެވެ.
ކުށެއްނެތް ފުރާނައެއް ދުއްވާލަން ޢީރާ ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނަ ޒަވީން ބޭނުމެވެ. ރިހާނީ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އޭނަގެ ވާހަކަތަކުން ޢީރާ އޭނަގެ ކޮޅަށް އަނބުރާލިއެވެ. ޢޭރުވެސް ޢީރާ ހިތުގެ ކަނަކުން އޭނައަށް އިންޒާރު ދެމުން ދިޔައެވެ.
” އަކިޔަސް ! ” އެވަގުތު އެހިސާބަށް އައިސް ހުއްޓުނު އަކިޔަސް ފެނުމާއެކު ޢީރާއަށް ބުނެލެވުނެވެ. ރިހާނީ ފަސްއެނބުރި ބަލައިލުމާއެކު ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. ހިތް ބާރުބާރަށް ތެޅިލި ހިނދު މޭގަނޑު ފަޅާލާފައިވެސް ހިތް ނިކުމެދާނެހެން ރިހާނީއަށް ހީވިއެވެ. ފިނިފެންމަލެއްގެ ފިޔަތަކުގައި ޝަބްނަމް ތިކިތައް ވިދާ އުސޫލުން ރިހާނީގެ މޫނުގައި ދާތިކިތައް ވިދަންފެށީ ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
” ރިނީ… ހާދަ ވަރަކަށް ބިރުގެންފަ ތިހުރީ… ” އަކިޔަސް އޭނަ އަޅައިގެން ހުރި ހެޑްސެޓް ނެގުމާއެކު ރިހާނީއަށް ފަޒާގެ ތެރެއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. ” ނަތިންގް… ” ރިހާނީ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދިވެސް އެހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ބައެއް ފަހަރު ހިތް ހުއްޓިދާނެހެން ވެސް ރިހާނީއަށް ހީވެއެވެ. އަކިޔަސް ހެޑްސެޓް އަޅައިގެން ހުރީ ނަސީބަކަށެވެ. އެހެން ނޫންނަމަ އޭނަގެ ހަޤީޤަތް މިއަދު ބޭޒާރުވީހެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




Yeyy vvvv awesome story eh waiting for next part
Thanks adhi miadu eh part kiyaalan libeynedw
Will upload one more episode after Hoadeythoa Manzileh (In Sha Allah)
Kithah episode tho jumla innany? Vaahaka ehkoh kiyaalan kei madhuvefa❤
mi par ves v reethi❤️
Varah reethi mi part ves
Muthaa hikkudhi kudhivej?
anme shauq veri vaahisaabun thi nimmaalee
kiyaalaa hithun ???
Kn irakun next part up kurany.. nw kehvany eh nun..
when next part
v v salhi
Muthaa hyves nukuran mutha ehen dhogu hadhaafaane kamah
Muthaa kairyga adhi miadhu eh part ah kiyuntheriaku edhunyma buny aneh story aa eky upkoddheynamey
Ehen kiyaafa varah vaguthu nagaalaafa ehenya ves mivaahaka up vaa gadiyah evaahaka thi up kury
So dhen hama evleen ge eh part vythaa dhw
Varah varah vai
Can not accept this and never expected this from you
Thy varah loabivaa varah kiyuntheringe ihusaas dhanegai liyuntheriyeh kamah dhekuny
Sad sad sad ? ? ? ?