Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިއޭ މިހިތް އެދޭ (5)

Nashy Level 110 Stories
October 30, 2018 3 Mins Read
6 Comments

އައިރާގެ އާއިލާއެކު ވެއްޓިފައި މިވާ ވަޅުގަނޑުން އެރޭތޯ އައިރާ ކެޑި ނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެންމެފަހުން އޭނާ ގޮތެެއް ނިންމައިފިއެވެ. އޭނާ ނިންމީ މަންމަގެ ރަށް ގއ.ވިލިނގިއްޔަށް ބަދަލުވާށެވެ. މިހާރު މަންމައަށް ވާހަކަ ނުދެއްކުނުނަމަވެސް ހިނގާ ބިނގާވެ އުޅެވޭވަރުވާތީއެވެ. އައިރާގެ އުމުރުން 5 އަހަރުވަންދެން އުޅުނު ކާފަގެ ގެ ރަށުގަ ހުންނާނެއެވެ.. މަންމަގެ އާއިލާގެ އެއްވެސް މީހަކު މިހާރު ދުނިޔޭގައި ނެތެވެ. އައިރާމެން އެރަށަށް ދިޔަޔަސް އަޅާލާނެ ތިމާގެ މީހަކު ނުހުންނާނެއެވެ. އަޅާލާނެ މީހަކު ނުވިޔަސް ބޯ ހިޔާ ވަހިކަމެއް ލިބޭނެތާއެވެ. އެކަމަކު އެ ގެ ވެސް މިހާރު ހުންނާނެ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ބައްޕަގެ ފަރާތު އާއިލާއިން އަޅާލުމެއް ލިބިދާނެކަމަކަށް އައިރާ އުއްމީދެއް ނުކުރެއެވެ. އައިރާގެ އުމުރުން މިހާތަނަށް އައި އިރުވެސް އެމީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ލިބިފައެއް ނެތެވެ. ބައްޕަ، މަަންމައާ ކައިވެނި ކުރި ހިސާބުން ފެށިގެން ބައްޕަ ވަނީ އެ އާއިލާއިން ވަކިކޮށްލާފައެވެ. ސަބަބަކީ މަންމަގެ ނިކަމެތިކަމެވެ. ފަޤީރަކަށް ވުމެވެ. އެހެންރަށެއްގެ މީހަކަށް ވުމެވެ. މަންމައާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސްަަ މަންމަ އެމީހުންނާ ދޭތެރޭ ބަރުހިތެއް ނުބާއްވައެވެ.
***
އައިރާގެ ހަޔާތުން އައު ބާބެއް ފެށުނީއެވެ. މަންމައާއި 2 ކޮއްކޮ ގޮވާގެން އައިރާ އިނީ ރަށަށް ދިޔުމަށްޓަކައި ރަށު ބޯޓަށް އަރައެވެ. ބޯޓަށް އެރީންސުރެން އާރާ ރުއިން ހުއްޓާނުލައެވެ. އީރާވެސް ކަނޑު ދަތުރެއް ކުރާ މީ ފުރަތަމަ ފަހަރެވެ. އޮވެލާފަ ބޯ ހިއްލާލާ ކޮންމެ ފަހަރަކު ހޮނޑުލައެވެ. އައިރާއަށް ބޯޓުގައި ތިބި މީހުން އެހީތެރިވެދިނެވެ.
ހެނދުނުވީ އިރު ރަށުގެ މަލަމަތި ދައްކާލާފިއެވެ. ފެހިކަންގަދަ ރަށުގެ މަލަމަތި ފެނުމުންވެސް އައިރާއަށް އުފާވެރިކަމުގެ އިހްސާސް ކުރެވުނެވެ.
ބޯޓު ރަށަށް ލަފައިފިއެވެ. އައިރާވެސް އެހެން މީހުނެކޭ އެއްގޮތައް ގެނައި މަދު ސާމާނު ކޮޅާ އެކު ފައިބާފިއެވެ. އެކަމަކު މި ގެނައި އެއްޗެހި އަތުން ހިފާގެން ގެޔަށްދާނީ ކިހިނެއްބާއެވެ. އަނެއްކޮޅުން ގެ އިންނަ ހިސާބެއްވެސް އައިރާގެ ހަދާނަކަށް ނާދެއެވެ. މަންމައާ ކޮއްކޮ ގޮވއިގެން އައިރާ ހުރީ ރުކެއް ދަށުގައެވެ. އައިރާ އާއި އެއްކޮށް އެރަަށަށް އައި އެންމެން މިހާރު ފައިބާގެން ހިގައްޖެއެވެ. ނަމަވެސް ބަދަރުމަތީގައި މީހުން ދެކޮޅަށް ދަތުރުކުރެއެވެ. ބޯޓުން ގެނައި މުދާ ބާލައި އެތަކެތި އުފުލުމުގެ މަސައްކަތުގައެވެ. އެއިން މީހެއްގެ ލޮލުގައި އައިރާމެން އަޅާ ނުގަންނަނީވެސް ތޯއްޗެކެވެ. އައިރާއަށް އެހީތެރިކަމެއް ލިބޭތޯ އެއިން މީހަކަށް ގޮވާލަން ހިތައް އެރި ވަގުތު އަންހެނަކު އައިރާމެންގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އެއީ އޭރު މަންމައާ އެންމެ އެއްކޮށް އުޅުނު ފާތުމައެވެ.
“އަސްތާ!!.. ހަސީނާ!!.. ” މަންމައާ ދިމާއަށް އިރުކޮޅަކު ބަލަން ހުރެފަ ފާތުމަ ބުންޏެވެ.
” ކިހިނެއްތަ ހަސީނާ.؟. ހާދަ ދުވަހަކަށް ފަހު ތި އައީ ރަށަށް؟؟
.ކިހިނެއްވީ މިތަނުގަ..؟؟ ކޮބާ ފިރިމީހާ؟؟؟ ފާތުމަ އެއްފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ. މަންމަގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮރުވަން އިސްޖަހާލިއެވެ.
” މި ރަށަށް ދިރި އުޅުން ބަދަލު ކޮށްލަން ކަމަށް މިއައީ.. ދައްތަ އަޅުގަނޑުމެން އެ ގެއާ ހިސާބަށް ގެންގޮސްދީފާނަންތަ” އައިރާ ފާތުމަގެ އެއް ސުވާލަށް ޖަވާބުދެމުން އެހީތެރިކަމަށް އެދުނެވެ.
” އެތަނަށް ގެންގޮސް ދެވިދާނެ.. އެކަމަކު އެގޭގައި ކިހިނެއް ދިރި އުޅޭނީ… ފުރަތަމަ ހިނގާ ދައްތަމެންގެޔަށް” އައިރާ ފާތުމަގެ ހެޔޮކަމަށް ޝުކުރުވެރިވަމުން އޭނައާއެކު ދާން ހިނގައިގަތެވެ. އައިރާ ދިޔަ މަގުމަތީގައި ފާތުމައަށް މަންމަގެ ބަލިހާލާއި ބައްޕަގެ މަރުގެ ވާހަކަތައް ކިޔާދިނެވެ. ފާތުމަ އައިރާއަށް ވަރަށް ހިތްވަރު ދިނެވެ. ފާތުމަގެ އެ ހިތްވަރުދިނުމުގެ ބަސްތައްވީ އައިރާ ގެ އަޒުމަށް ލިބުނު އިތުރު ބާރަކަށެވެ.
ދެމީހުން ވާހަކައިގަ ތިއްބާ ފާތުމަގެ ގެޔަށް އާދެވިއްޖެއެވެ. އެއީވެސް މާ ތަނަވަސް ބަޔެއް ނޫންކަން ގެއަށް ބަލާލީމަވެސް އެގެއެވެ. ގޯތިތެރެއަށް ވަދެވުމާއެކު ފޭރުގަސްދަށުގައި އިން ޖޯލިފަތިން ޖޯއްޔެއްގަ މަންމަ ބޭންދިއެވެ. ބޯލާނެ އެއްޗެއް ހިފާގެން އެބަ އަންނަމޭ ކިޔައި ފާތުމަ ވަނީ ގޭތެރެއަށެވެ. ފާތުމަ ދިޔުމުން އައިރާ ވެސް ޖޯލީގައި އިށީނެވެ. މިއޮތް ހުރިހާއިރު އުރުގަ އިން އާރާވެސް ބިންމައްޗަށް ފައިބައިގެން ވެއްޔާކުޅެން ފަށައިފިއެވެ. އީރާ ހުރީ ދޫނި ކޮށި ކައިރީގައެވެ. ހެމުން ދޫންޏާ ވާހަކަ ދައްކަނީއެވެ. އެއީ މީގެ ކުރިން އެކުދިންނަށް ފެނިފައިވާ މަންޒަރުތަކެއް ނޫނެވެ. މިއަދު އެކުދިން އެ ލިބިގަންނަނީ މިނިވަން ކަމުގެ އުފަލެވެ.
” ފެންވަރާލައިގެންދޯ ގެ ބަލާލަން ދާނީ ” ފާތުމައައީ 4 ޖޫސްތަށި ތަބަކަކަށް ލައިގެންނެވެ. ޖޫހުގެ އިތުރުން ތެލުލި ބަބުކޭލާއި ލޮނުބިސްކޯދުވެސް ހުއްޓެވެ.
ޖޫސްބޮއެ ނިމިގެން އައިރާ ދިޔައީ އާރާއާއި އީރާ ފެންވަރުވާލާ ރީތިކޮށްލާށެވެ. ފެންވަރުވާ ރީތިކޮށްލިތަނާ ދެކުދިންވެސް ނިދައިފިއެވެ.
*****
އައިރާއާއި މަންމަ ފެންވަރާ ހަދައިގެން ގެޔާ ހިސާބަށް ދެވުނީ މެންދުރު 12 ޖަހަނިކޮށެވެ. އީޓުން ހިޔާކޮށްފައިވާ އެކުޑަ ކުޑަ ގޭގެ ފާރުވަނީ ފެހި ޖަހާ ކަޅުވެފައެވެ.. މުޅި ހިސާބު ވަނީ އެކިކަހަލަ ވިނަ ގަސްތަކުން ފުރިފައެވެ. ގެއަށް ވަދެވާވަރުވާނީ ހާދަވަރަކަށް ސާފް ކޮށްގެންނެވެ. ލަކުޑި ދޮރުގެ މަކުޑި ނައްޓާލާ ދޮރަށް ދަމާލުމުން ދޮރު ހުޅުވިއްޖެއެވެ . ދޮރު ހުޅުވުމާއެކު ގޭތެރޭގެ ރަސްކަން ކުރަމުން ދިޔަ މީދާތައް ކޮޅުކޮޅަށް ދުއްވާގަނެފިއެވެ. ގޭތެރޭގައިވަނީ ފަޅު އަދިރިކަމެވެ.ވާ މަކުނުތަކުގެ ގެތައް ދަނޑި ކޮޅަކުން ހަލާކުކުރަމުން ފާތުމަ ގޭތެރެއަށް ވަނެވެ. އައިރާގެ މަންމަ ހަސީނާ ގޭތެރޭގެ އެކިތަންތަން ބަލަމުން ދިޔައެވެ. ގޭތެރެއަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު ހަދާންތަކެއް އާވަނީއެވެ. މައިންބަފައިންނާއެކެ އުޅުނު އުފާވެރިކަމެވެ. މައިންބަފައިން ވަކިވެދިޔަ ހިތާމަވެރި ދުވަސްތަކެވެ. އެއަށް ފަހު އާދަނާ ކައިވެނިކޮށްގެން މި ގެ އާރާސްތު ކުރަން އުޅުނު ދުވަސްތަކެވެ. މުސްތަޤުބަލު އުޖާލާކުރުމުގެ ނަމުގަ މާލެ ބަދަލުވުމަކީ އެމީހުންނަށް އެޅުނު ކަތި ފިޔަވަޅެކެވެ. އޭގެ އިހްސާސް މިއަދު އެބަކުރެވެއެވެ.
***
އައިރާމެންނަށް ގެޔަށް ވަދެވޭ ވަރުވީ ހަފްތާއެއް ވަންދެން ގެ ސާފު ކޮށްގެންނެވެ. ގޯތިތެރޭަގައިވާ ގަސްތައް ކޮށުމާއި ވިނަތައް ނޮޅާ ސާފު ކުރުމުގަ ފާތުމައާއި ފާތުމަގެ ދަރިންވެސް ބައިވެރިވިއެވެ. އެއީ އެހީތެރިކަމުގެ ނަމޫނާއެކެވެ. އެކަކު އަނެކަކަށް އަޅާލާ އެހީތެރިވެދިނުމުން ގާތްކަން އުފެދި ލޯބިއިތުރުވެއެވެ. އެއީ ނަސީބު ރަނގަޅުވެ ދިރިއުޅުން ބާއްޖަވެރި ނުވެނުދާނެކަމެކެވެ. މި ހަފްތާއެއްހާ ދުވަހު އައިރާމެން ނިދީ ފާތުމަގޭގައެވެ. ފާތުމަ މެން ދެމަފިރިން ނިދާ ކޮޓަރި އައިރާމެންނަށް ދީގެން އެމީހުން ނިދީ ދަރިންގާތު ސިޓިންރޫމުގައެވެ. އައިރާ އެކަމާދެކޮޅުވެސް ހެދިއެވެ. އެކަމަކު އެއީ ދިވެހިންގެ ރީތި އާދަކާދައެވެ. ޒަމާނުއްސުރެން މެހެމާނުންނަށްޓަކައި ދިވެހިންގެ ހިތުގައިވާ ގަދަރެވެ. ހަސަބާ ނަސަބަކަށް، މުއްސަދި ފަޤީރަށް ނުބަލައި ކުރާ އިހްތިރާމެވެ….
****
އައިރާގެއަށް ބަދަލުވެ މުޅިން އާހިތްވަރަކާއެކު ދިރިއުޅެން ފެށާފިއެވެ. މިހާރު އޭނައަށްވެސް ރަށްފުށުގެ ސާދާ ދިރިއުޅުން ދަސްވެއްޖެއެވެ. ފަތިހު ފަތިހާ ތެދުވެ ގޯތިތެރެއާ މަގުމަތި ކުނިކަހައެވެ. ކޮއްކޮމެން ހޭލަންވާއިރަށް ސައިތައްޔާރުކުރެއެވެ. ކައްކަނީ ދަރު އުނދުނުންނެވެ. ހެނދުނު 9 ޖަހާއިރު ހުންނާނީ ވަލުގައެވެ. ފަން ހޮވާށެވެ. ފަންގިވިނުމަކީ އެރަށު އަންހެންވެރިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ. މިކަމުގައި ޒުވާން ފުރާގެ ކުދިންވެސް ޝާމިލްވެ އުޅުމަކީ އެރަށުގައި ހީވާގި ކެރޭ ޒުވާނުން އުޅޭ ކަމުގެ ހެއްކެކެވެ. މިހާރު ފަންގި ވިނުމާއި ރޯނުވެށުމަކީ އައިރާވެސް ނުހަނު ފަރިތަކަމާއެކު ކުރާކަންކަމެވެ. މިމަސައްކަތުތެރޭގައި އެތައްބަޔަކާ ގުޅުންބަދަހިވެއްޖެއެވެ. އައިރާގެ މަސައްކަތުން ހޯދާ ރުފިޔާއިން ގޭތެރޭގެ ހަރަދުތައް ބެލެހެއްޓެއެވެ. ގޭ ކުއްޔާއި އެކި ކަންކަމުގަ އަންނަ ބިލްތަކުގެ ފިކުރެއް ނެތެވެ.
***
ހެދުނުގެ ހިތްގައިމު ވަގުތެވެ. އައިރާ ތެލިކޮޅު ދޮވެލުމަށް ފަހު ދޮންވެލިގަނޑުމަތީ އިށީދެލިއެވެ. ދުރުން މީހަކު އަންނަތަން ފެނިއްޖެއެވެ. ޒުވާން ފިރެހެން ކުއްޖެކެވެ ….

(ނުނިމޭ)
***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

ނޭދެން ވަކިވާކަށް (ފަހުބައި)

Next

ދެގަޑި ތިރީސް 04

Next
October 30, 2018

ދެގަޑި ތިރީސް 04

Previews
October 30, 2018

ނޭދެން ވަކިވާކަށް (ފަހުބައި)

6 Comments!

  1. sumone says:
    October 30, 2018 at 10:09 am

    Aira kiyavaigen hurihyaa tiution vess nagaa dheveyne dhw eyrun laari libeyne ithuru mageh. Hama hiyaaleh. Story vrh rythi.

    1. Nashy says:
      October 30, 2018 at 10:55 am

      thiya dhevvi hiyaalah v bodah shukuriyyaa. Kuriyah oiy thaanga heevany aira tiution nagaadheyne hen.. ?

  2. Aish says:
    October 30, 2018 at 12:29 pm

    haadha lahun update vany. vaahaka v reethi

  3. Noor says:
    October 30, 2018 at 4:37 pm

    Haadha kurukoh liyaa vaahaka eh mee

  4. Mariyam says:
    October 30, 2018 at 7:02 pm

    Aira ah geykuli ves dhahkan jeheytha??

  5. RHAI says:
    October 31, 2018 at 4:35 pm

    Salhi ingey. Nashy ah vaane thikan. Hama kuriyah gendhanvy.

Comments are closed.

Next Episodeމަންޒިލް ތިއޭ މިހިތް އެދޭ (6)←


All Right Reserved!