އުޑުމަތީގައިވާ ކަޅު ވިލާތަކުން ދުނިޔެ އަނދިރިކޮށްލީ ހަމަ ކުއްލިއަކަށެވެ. ނަލަ ނަލަ ވައިރޯޅިތަށް ބާރުވެ ވިއްސާރަ ވެހެންފެށީ އެއްވެސް އިންޒާރެއްނެތިއެވެ. ވައި އިންތިހާއަށް ބާރުވެ ހީވަނީ ގެތަކުގެ ފުރާޅުވެސް އެއްލާލަފާނެހެންނެވެ. ކަނޑުގެ ރާޅުތަށްވެސް ގަދަވެ ތޫފާނެއްގެ މަލަމަތި ދައްކާލިހެން ހީވެއްޖެއެވެ. މިހުރިހާ ކަމަކުންވެސް އެއްވެސް އަސަރެއް ނުކުރާހާލު ގޮނޑުދޮށުގައި އިށީނދެލައިގެން އިން ޝައިނާގެ ދެލޯވަނީ ފުސްވެފައިއެވެ. މިއަދު ދުނިޔެ އަނދިރިކަން ދެއްކިޔަސް މާދަމާ އަލިކަމެއް ދައްކާނެ ކަަމަކަށް ޝައިނާގެ ހިތެއް ނުބުނެއެވެ.
“ޔާ ﷲ މިއަޅާއަށް ކެތްތެރިކަން ދެއްވާށި!” ޝައިނާއަށް ބާރަށް ރޮއެގަނެވުނެވެ. އެތައް ދުވަހެއްގެ އުދާސްތައް މިއަދު ކަރުނައިގެ ގޮތުގައި ބޭރުކޮށްލަން ބޭނުންވެއްެޖެއެވެ.” އަހަރެންގެ ކުށަކީ ކޮބާ؟ މިއަދު ދުނިޔެ އަހަރެން ބާކީ ކޮށްލައިފި..ހެޔޮހިތުން ވާހަކަދައްކާނެ މީހަކުނެތް..މަލާމާތުގެ އނގިލިތައް މިއަދު ގިނަވެއްޖެ..މި ދުނިޔެއަށް ނޭވާލުމަކީ އުނދަގޫ ކަމަަކަށް ވެއްޖެ..ދެން އަހަރެން ކިހިނެތް ހަދާނީ؟ މި ފަނާކުރަނިވ ދުނިޔެއަށް އަހަރެން މިއަދު މިވަނީ ގިނަވެފައި..” ޝައިނާގެ ގިސްލުމުގެ އަޑު ފަޒާގެ ތެރެއަށް ހިނދިގެން އެދަނީ ޖެހެމުންދާ ވަޔާ ވެހެމުންދާ ވާރެއާއެކުގައެވެ. އެހެން ނަމަވެސް އެއަޑުގައިވާ މޮޅިވެރި ކަމާއި ހިތްދަތި ކަން އިހުސާސް ކުރެވޭނެ ހިތެއް ވާނެނަމަ ޔަޤީނުންވެސް ޝައިނާ އެކުރާ ހިތާމަތައް ތަސައްވުރު ކޮށްލެވޭނެއެވެ.
“ހޭއި! ޝައި..މިތާ ކީއްކުރަނީ..ހާދަވަރަކަށް މަ ހޯދައިފީމޭ..އޭރުވެސް ފަހިއްތަ ކައިރީގައި މަ ބުނިން ޝައި އިންނާނީ މިދިމާގައޭ..އެކަމަކުވެސް މަ މިރަށުގައި ދުއްވައިފިއޭ..” ޝައިނާ އަވަސް އަވަހާ ކަރުނަތައް ފޮހެލިއެވެ. އަދި މާޔާ އާއި ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. މާޔާއަކީ ޝައިނާގެ އެންމެ ގާތް އެކުވެރިޔާއެވެ. މިދުނިޔެ ޝައިނާ ބާކީކޮށްލި ވަގުތުވެސް ޝައިނާއާއި އެންމެ ގާތުގައި ދެގޮތެއްނުވެ މާޔާ ހުރުމަކީ ޝައިނާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. “އޯހް ޕްލީޒް އެއްކަލަ ފޭކް ސްމައިލް..އަހަރެންނަށް އެނގޭ މިތާ އިނދެގެން ރޮނީކަން..” މާޔާގެ އަޑުގައި ވަނީ ހިތާމަވެރިކަަމެވެ. އެންމެ ގާތް އެކުވެރިޔާ އެފަދަ ބޮޑު ހިތާމައެއް ކުރާތަން ދެކުމަކީ މާޔާއަށް ކެތް ކުރެވޭނެ ކަމެއް ނޫނެވެ. “ހެހެ..އެހެންވެއޭ އަހަރެން ބުނަނީ ތީ އަހަރެންގެ ދެވަނަ މަންމައޭ..އެއްްވެސް ކަމެއް ސިއްރު ނުކުރެވޭ..ދެންވެސް އަވަހަށް ހިނގާބަލަ..މަންމަ މިހާރު ހުންނާނީ ވަރަށް ކަންބޮޑުވެފައި..”ޝައިނާ ހިނިތުންވެލަމުން ބުނެލިއެވެ. ތުންފަތްމަތީގައި ކިތައްމެ ފުޅާ ހިނިތުންވުމެއްވީނަމަވެސް ކުދި ކުދި ވެފައިވާ އެހިތަށް ވަނީ އެތަކެއް ޒަޚަމް ލިބިފައެވެ. އެއްވެސް ފަރުވާއެއް ނެތްކަން އެނގި ހުރެވެސް ޝައިނާ އަމިއްލަ ހިތަށް ތަދުކުރަމުން އެދަނީ ކީއްވެ ކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ކޮންމެވެސް ދުވަހަކުން އެސުވާލުތަކަށް ޖަވާބެއް ލިބޭނެ ކަމުގައި އުއްމީދު ކުރެވޭތީ ކަމަށް ވެދާނެއެވެ.
މާޔާއާއި ޝައިނާ އެކުއެކީގައި ގޮސް ގެއަށް ވަނުމާއިއެކު ފަހީމާގެ ސުވާލުތަކާއި ކުރިމަތިލާންޖެހުނެވެ. ނަމަވެސް ދެމީހުންވެސް ތިބީ ތެމިގެން ކަމަށް ވުމުން ފަހީމާގެ ޝަކުވާ ތަންކޮޅެއް މަދުކޮށްލިއެވެ.” ދެންވެސް ދޭބަލަ ފެންވަރައިގެން ނަމާދު ކުރަން..މިހާރު އެއޮށް އިރު އޮއްސެނީ..އަނެއްކާ ރޯގާޖެހިދާނެ..ދަރިފުޅު ބަލިވެއްޖިއްޔާ މަންމަ ކިހާ ދެރަވާނެކަން އެނގެއެއްނު” ފަހީމާ ދެލޯ ފޮހެލަމުން ޝައިނާގެ ބޮލުގައި ފިރުމާލިއެވެ. ހަމައެކަނި ހުރި ދަރިފުޅު ކުރަމުން އެދާ ހިތާމަ ހިއްސާނުކުރި ކަމުގައިވިޔަސް ޝައިނާގެ ދެލޮލުން ފެންނަމުން އެދާ ވޭނާއި ހިތްދަތިކަން ފަހީމާއަށް ރަނގަޅަށްވެސް އެނގެއެވެ. ނަމަވެސް ދަރިފުޅުގެ ބަލިފަޔަށް ވުމުގެ ބަދަލުގައި ފަހީމާ ބޭނުންވަނީ އެދަރިފުޅުގެ ހިތްވަރަށްވާށެވެ. “އޯހް..މައި އިމޯޝަނަލް ކްއީން..އައި ލަވް ޔޫ ސޯ މަޗް..” ފަހީމާގެ ކޯތާފަތުން ތިރިއަށްފައިބާފައި ހުރި ކަރުނަތައް ފޮހެލަމުން ޝައިނާ އޭނާގެ ލޯބިވާ މަންމަގައިގައި ބައްދާލިއެވެ. އެވަގުތު ޝައިނާ ހިފަހައްޓައިގެން ހުރި ކަރުނަތަށް އެއްވެސް އިޚުތިޔާރެއް ނެތި ފޭބިތަން މާޔާއަށް ފެނުމާއި އެކު ދެފަރާތަށް ބޯހުރުވާލަމުން ޝައިނާގެ ދެލޯ ފޮހެލަދިނީ އިތުރަށް ދެން ނުރޯށޭ ބުނާފަދައިންނެވެ.
**
“ސޭ ތްރޫ ދަ ޑާރކެސްޓް އޮފް ޑޭސް”
“ހެވަންސް އަ ހާރޓްބްރޭކް އަވޭ”
“ނެވާ ލެޓް ގޯ، ނެވާ ލެޓް މީ ޑައުން”
“އޯހް! އިޓްސް ބީން އަ ހެލް އޮފް އަ ރައިޑް”
“ޑްރައިވިން ދަ އެޖް އޮފް އަ ނައިފް”
“ނެވާ ލެޓް ގޯ، ނެވާ ލެޓް މީ ޑައުން”
ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރެއިން އިވެމުންދާ މަޑު މިއުޒިކްގެ އަޑާއި އެއްވަރަށް ގިސްލުމެއްގެ އަަޑުވެސް އިވެމުންދެއެވެ. ލަވައިގައި ކިޔަމުން އެދާ ކޮންމެ ލަފްޒެއްގައި ވަނީ އަދާންގެ ހަނދާންތަކެއެވެ. އެހަނދާންތަކާ ޝައިނާއަށް ދުރަށް ނުދެވެނީ ކީއްވެ ހެއްޔެވެ؟ އެތައް ފަހަރަކު އަމިއްލަ ހިތާ އެސުވާލު ތަކުރާރު ކުރެވިއްޖެއެވެ. އެހެންނަމަވެސް ޖަވާބެއް ނުލިބެއެވެ. އަދާންއާއި އެކު ހޭދަ ކުރެވުނު ކޮންމެ ސިކުންތެއް ޝައިނާގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ފޮހެވިގެން ނުދާނެފަދައަކުންނެވެ. އަދާން ދެކެ ލޯބި ވުމަކީ ކުށެއްކަން އެނގި ހުރެ ޝައިނާ އަށް އެކުށްވެސް ވަނީ ކުރެވިފައެވެ. އެހެންނަމަވެސް ޝައިނާ އަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ. އަމިއްލަ އެދުމަކަށް މައުސޫމު ބައެއްގެ ދިރިއުޅުމާ ދެވަނަ ފަހަރަށް ކުޅޭކަށް ދިރިހުރިހާ ހިނދަކު ޝައިނާއެއް ބޭނުމެއް ނޫނެވެ. ކިތައްމެ ހިތް އެދުނަސް ދެވަނަ ފަހަރަށް ޝައިނާ އެކުށެއް ތަކުރާރު ނުކުރާނެއެވެ. އެކަމުގެ ނަތީޖާ އަކީ ކޮބާކަން ޝައިނާއަށް ވިސްނެއެވެ. ޝައިނާގެ ރަތް ވެފައިވާ ދެލޯ ހެކިވަނީ އެތައް އިރަކު ރޮއެފައިވާ ކަމެވެ. ބޯއަޅައިގެން އޮތް ބާލީހުގެ ބޮޑުބައެއްވެސް ވަނީ ތެމިފައެވެ.
“ޝައި ޕްލީޒް ނޮޓް އަގައިން..ތި ނޫން އެހެން ލަވައެއް..” ކުއްލިއަކަށް އިވުނު މާޔާގެ އަޑުން ޝައިނާ އަތުގައި އޮތް ފޯނުވެސް ދޫނުވީ ހަމަ ކިރިޔާއެވެ. ކޮޓަރިތެރެ އަލިވެގެން ދިއުމާއެކު ޝައިނާއަށް ދެލޯ މަރާލެވުނެވެ. “ޝައި ޕްލީޒް ..ތިހެން ނޫޅެބަ..އެނގޭތަ މިހާރު ނުބުނާނެ ތީ ކުރީގެ ޝައިނާއޭވެސް..ބަލާބަ މީހާއަށް ވެފައި ހުރި ގޮތް..އަމިއްލަ ސޫރަ އަށް ރަނގަޅަށް ބަލާލަބަ..ނުކައި ހުރެ މިހާރު ދެކޯވެސް ތިހުރީ ވަޅުވަދެފައެއްނު.. މީހުން މިހާރު މާވަރަކަށް ޝައިއަށް ބަލަނީވެސް ތިހެން ހުންނާތީވެ..ކުރީގަ ކިހާ ލޯބި ކޮށް ހުންނަނީ..މިހާރު ތިހުރީ މާމަގަނޑެއްހެން..ހަހަހަ..”މާޔާގެ ބޭނުމަކަށްވީ ޝައިނާގެ މޫޑް ބަދަލުކޮށްލުމެވެ.އެހެންނަމަވެސް އެ ވާހަކަތަކުން އިތުރަށް ރޮވުން ނޫން ކަމެއް ޝައިނާއަށް ނުކުރެވުނެވެ. މެރިފައިވާ ދެލޮލުން ފޭބި ކަރުނަތައް ކަންފަތުގެ ކުޑަފޫޅުކައިރިއަށް ހިދިގެން ދިޔައެވެ. “މާޔާ ތިބުނީ ހަމަ ރަނގަޅަށް..މީ މާމައެއް ނޫނަސް ހަމަ ހަންޑިއެއް ކަހަލަ މީހެއް..އެހެންވީމަދޯ މީހުންގެ ދިރިއުޅުމާ ބެހެމުން ދުވާނީ..އައި ވިޝް އައި ކުޑް ޗޭންޖް އެވްރީތިން..ލައިކް މެޖިކް ޕަވާ އެއް ލިބޭނެ ނަމަ..ސޯ އައި ކޭން ގޯ ބެކް ޓް މައި ޕާސްޓް ޑޭސް އެންޑް މޭކް އަ ޗޭންޖް..އޭރުން ނުޖެހޭނެ ދޯ ލައިފް އެއްކޮށް ގިލްޓްއެއްގެ ތެރޭގަ ހޭދަ ކުރާކަށް..އައި ކާންޓް ހޭންޑަލް އޯލް ދީޒް..މާޔާއަށްވެސް އެނގޭނެ ކަންތައްވީގޮތް..” ޝައިނާއަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އަޑުވެސް އަރުތެރޭގައި ތާށިވިކަހަލައެވެ.
“ޝައިއަށް އެނގޭތަ ބައެއް ފަހަރު އަހަރެމެންނާ ކުރިމަތިވާނެ ވަރަށް ބޮޑެތި އިމްތިޙާނުތަކާ..ދިރިއުޅުމަކީ މިއީ..އަބަދު އުފާވެރިކަމެއްވެސް ނޯންނާނެ..ބައެއް މީހުންނަކީ ދިރިއުޅުމަށް އަންނަ މެހެމާނުން..އެއިން ކޮންމެ މީހެއްވެސް އަހަރެމެންނަށް ދޫކޮށްފައިދާނެ ބައިވަރު ހަނދާންތައް..ބައެއް ފަހަރު އުފާވެރި ހަނދާންތައް އަދި ހިތާމަވެރި ނުވަތަ ރުޅިވެރިކަންވެސް ވެދާނެ..އެކަމަކު އެއިން ކޮންމެ މީހަކީ ފިލާވަޅެއް ކަމުގައި ދެކެގެން ދިރިއުޅުމައިގެން ކުރިއަށް ގޮސްގެން ނޫނީ އަހަރެމެންނަށް ނޭނގޭނެ މާދަމާ އޮތީ ކިހާ އުފާވެރިކޮށްކަމެއް..އަހަންނަށް ޝައިގެ ހިތުގެ ހާލު ކިތައްމެ ރަނގަޅަށްވެސް ވިސްނޭ..އެކަމު ޝައިވެސް ބުނަމެއްނު އެހެން މީހަކަށް ދެރައެއް ދީފައި އުފަލުގައެއް ނޫޅެވޭނެއޭ..ސޯ ދެން ކީއްވެ ތިހެން ތިއުޅެނީ..އައި ނޯ އަދާންވެސް ބޭނުން ނުވާނެ ޝައި ތިހެން އުޅޭކަށް..ޝައި ތިއުޅޭގޮތް އަދާންއަށް އެނގިއްޖިއްޔާ އޭނަ ކިހާ ދެރަވާނެ..ޝައި ބޭނުންތަ އަދާން ދެރަވާގޮތަކަށް އުޅެން..ޔޫ ޑިޒާވް މަޗް މޯ ހެޕިނެސް..އަދާންވެސް އެއުޅެނީ އޭނަގެ ދުނިޔޭގައި..އެން ޔު ނޯ ދެއަރ އިޒް ނޯ ޕްލޭސް ފޯ ޔޫ..އެން ތި ދެ މީހުންނަށްވެސް އަދި އެހެން ހުރިހާއެންމެނަށްވެސް ރަނގަޅުވާނީ މިހާރުވެސް ކަންތައް ހިނގަމުންދާގޮތަށް ހިނގުން..އެޓްލީސްޓް އޭރުން އެއްވެސް މީހަކަށް ޝައި އާއި ދިމާއަށްވެސް އަދި އަދާންއާއި ދިމާއަށްވެސް އެއްވެސް އިނގިއްޔެއް ނުދިއްކުރެވޭނެ..ޔޫ ކާންޓް ޗޭންޖް ވަޓް ހެޕެންޑް އެކަމަކުވެސް ކުރިއަށް އޮތް މުސްތަޤުބަލު އުޖާލާކުރެވިދާނެ..ކުށެއް ކުރެވިފައިވާނަމަ އެކަމަށް ތަޢުބާވެ ދިރިއުޅުމައިގެން ކުރިއަށްދިޔުން އެންމެ ބުއްދިވެރިގޮތަކީ” މާޔާގެ ވާހަކަތައް އަޑުއަހަން އޮތް ޝައިނާއަށް އެއިން ކޮންމެ ޖުމްލައެއްގައި ފޮރުވިފައިވާ އެތައް ވާހަކަތަކެއް ވިސްނެއެވެ. ހުދު ޝައިނާވެސް އެއްވެސް ބައެއްގެ ރުޅިވެރިކަމާއި މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާކަށް ބޭނުމެއްނުވެއެވެ. އެހިތްވަރެއް ޝައިނާގެ ކިބައިގައިނެތެވެ.
“މާޔާ ތި ހުރިހާ ވާހަކަތަކެއް ނުދެއްކިޔަސް އަހަންނަށް އެނގޭ ތީ ހުސް ތެދުކަން..އެކަމަކުވެސް އަހަރެންގެ މި ބަސްނާހާ ހިތް އެހަނދާންތަކާ ދުރަށް ދިޔަ ނުދީ ހިފަހައްޓަނީ..އަހަރެންވެސް ބޭނުންވޭ އުފާވެރި ދިރިއުޅުމެއް އުޅެން..އެކަމަކު އަހަރެންގެ ވަައިގެންވާ ހުރިހާ ކަމެއް ހަނދާންކޮށްދެނީ އެންމެ ކަމެއް..ދެން އަހަރެން ކިހިނެތް ކުރިއަށް ފިޔަވަޅެއް އަޅާނީ..އަހަރެން ވަފާގެ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު ކުރެވުނު ކުށުގެ މަތިން ހަނދާންވޭ..ވަފާއާއި ހަތަރުކަޅި ހަމަކުރާކަށް އަހަންނަށް ނުކެރޭ..އަހަރެން ބޭނުން އޭނަގެ ކިބައިން މާފަށް އެދެން..އާދޭސްކޮށްގެންވެސް އޭނަގެ މާފް ބޭނުން..އެކަމަކު އަހަރެން ކޮން ދުލަކުން މާފަށް އެދޭނީ..އޭނަގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަންނަށް ނޭނގެ..އެކަމަކުވެސް އެއްފަހަރު ނަމަވެސް ބުނެލަން ބޭނުންވޭ އަހަރެންގެ ސަބަބުން ދެވަނަ ފަހަރަށް އޭނަގެ ދިރިއުޅުމަށް އެއްވެސް ކިލަނބުކަމެއް ނާންނާނެއޭ..އެފަދަ ދުވަހެއް ނުދައްކަވާނދޭވެ! އާމީން!..މާޔާ ޕްލީޒް އަހަރެން މިކަމުން ސަލާމަތްކޮށްދީ..އަހަރެން ބޭނުމެއްނޫން މިގޮތަށް ނިމިގެންދާން..މާޔާ އަހަންނަށް ހެލްޕް ވާނަން ދޯ..ވާނަން ދޯ..؟” ޝައިނާގެ އަޑު ކެނޑިގެން ދިޔަނަމަވެސް ގިސްލުމުގެ އަޑު ކޮންމެވެސް ވަރަކަށް އިވެމުން ދިޔައެވެ. އެންމެ ފަހުން ވަރުބަލިވެގެން ޝައިނާއަށް ނިދުނީއެވެ. މިހާރަކަށް އައިސް ކޮންމެރެއަކުވެސް ޝައިނާގެ ހާލަކީ އެއީއެވެ.
މާޔާގެ އުނގުގައި އޮތް ޝައިނާގެ ބޯ ނުހަނު ލޯތްބާއެކު ނަގާ ބާލީސްމައްޗަށް ލުމަށްފަހު އެމޫނަށް ފަރުވާތެރި ކަމާއެކު މާޔާ ބަލާލިއެވެ. ހިތާމައިގެ ފުރިހަމަ ތަސްވީރެއްފަދަ އެމޫނުގައި މާޔާ ފިރުމާލިއެވެ. އެއަށްފަހު ޝައިނާގެ އަތުރޭގައި އޮތް ފޯނު ނަގާ މެދުނުކެނޑި އިވެމުންދާ ލަވަ ނިއްވާލިއެވެ.” ސަމްޓައިމްސް ޔޫ ޝުޑް ލެޓް ގޯ..އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޝައިގެ ދިރިއުޅުމަށް އުފާވެރިކަން އަންނާނެ..” ސިއްރު ފިޔަވަޅުތަކެއްގައި މާޔާ އެކޮޓަރިން ނިކުމެގެން ދިޔައީ ޖީބުގައިއޮތް ފޯނު ނަގާ ނަމްބަރަކަށް ގުޅާލަމުންނެވެ،
**
“ހެލޯ” އެކޮޅުން ފޯނު ނެގުމާއިއެކު މާޔާގެ އަޑަށް ފޯރި ގެނުވަމުން ހީލިއެވެ. “ހޭއި! ވަޓް އަ ޕްލެޒަންޓް ސަޕްރައިޒް” އެކޮޅުންއިވުނީ ފިރިހެންވަންތަ އަޑެކެވެ. ޖޯޝުން ފުރިފައިވާ އަޑުންވެސް އެމީހަކު އުފާވެފައިވާވަރު ހާމަވެގެން ދެއެވެ. އޯހް މާޔާ..ހާދަ އުފާވެއްޖެޔޭ ގުޅާލީމަ..އެން ހޭއި..ވަޓްސް އަޕް..ހުރިހާ ކަމެއް ރަނގަޅުތަ؟..މިހާރު ހާދަ ޚަބަރެއް ނުވެޔޭ..އައި ތޯޓް ޔޫ ބޯތް އިޒް ޑެޑ.ް.އެހެންވެ ހަމަ ދެންމެ ބްރޭކިންގް ނިއުސް ޖަހަން އުޅެނިކޮށް ތި ގުޅީ..ފަހިއްތައަށްވެސް ގުޅީމަ ވަރަށް މަދުން ވާހަކަ ދައްކަނީ..އަނެއްކާ ކަމެއް ގޯސްވެގެންތަ އުޅެނީ؟..އަހަރެން ލަންޑަންގަ ހުއްޓޭ ކިޔާފައި އެއްވެސް ކަމެއް ނޭނގެޔޭ ހީނުކުރާތި..އައި ނޯ ކޮންމެސް ކަމެއް ވެއްޖެކަން..” މާޔާއާއި ވާހަކަދައްކަމުންދިޔަ ރަސަލްގެ ހިތް ހުއްޓިދާނެހެން ހީވާވަރަށް ބާރަށްެ ތެޅެމުންދިޔައެވެ. ޝައިނާއަށް ކަމެއް ވިއްޔާ ރަސަލްގެ ފުރާނަވެސް ހުންނާނެ ކަމާމެދު ޝައްކެވެ. އެއްވެސް މީހަކަށް އިހުސާސް ނުކުރެވޭ މިންވަރަށް އެހިތުގައި ޝައިނާއަށްޓަކައިވާ ލޯބި ފުންވެފައި ސާފެވެ. ރަސަލްގެ ދުލުން ނުބުނިކަމުގައި ވިޔަސް އެހިތުގައިވަނީ ކީކޭކަން މާޔާއަށް ހަމަރަނގަޅަށްވެސް އެނގެއެވެ. މާޔާގެ އުއްމީދަކީ ރަސަލްގެ ލޯބިން ޝައިނާގެ މިލައިފައިވާ މޫނަށް ހިނިތުންވުމެއް ގެނުވާށެވެ. “ހާދަ ޑިޓެކްޓިވްއޭ ދޯ.ހްހްމްމް…ދެން ބުނެބަ ކޮންއިރަކުން ރާއްޖެ އަންނަނީ؟..މިހާރުދެން އެއް އަހަރުވީ އެއްވެސް ވަރަކަށް ފެނި ނުލާ ތިއުޅެނީ..” މާޔާ އޭނާ ބޭނުންވާ ވާހަކައާއި ދިމާއަށް މިސްރާބުޖެހިއެވެ. މާޔާ ރަސަލް ކައިރިގައި ދައްކަން ބޭނުން އެތައް ވާހަކަތަކެއް އެބަހުއްޓެވެ. ނަމަވެސް އެއީ ފޯނުން ކިޔައިދެވޭނެ ވާހަކަތަކެއް ނޫނެވެ. ” އަދި ވާނެ ދުވަސްކޮޅެއް..ގްރެޖުއޭޝަން ނިންމާފަ އިންނާނެ ޕާރޓީވެސް..އެހާ ގިނަ ދުވަސްވަނީ ދެން އެއްކޮށް ނިންމާފައި ދާންވެގެން..އޭރުން ދެން ނުޖެހޭނެ އަންނާކަށް..އަހަރެން ދަމުން މާޔާއަށް ގުޅާނަން..ދެ މީހުންވެގެން ޝައިއަށް ސަޕްރައިޒެއް ދޭނީ..ޔަޤީން އަހަރެން އަންގާވެސް ނުލާ ދިޔައީމަ ވަރަށް ރުޅި ހަދާނެކަން..ހެހެހެ..”ރަސަލްގެ އަޑުގައިވަނީ އުފާވެރިކަމެވެ.
މާޔާގެ ހިތައް މާޔޫސްކަމެއް ވެރިވި ނަމަަވެސް ދެން މާގިނަ ދުވަސްތަކެއް ނުވެ ރަސަލް އަންނާނެކަން އެނގުމުން ކުޑަނަމަވެސް ހަމަޖެހުމެއް ލބިއްޖެއެވެ. ރަސަލް ވަރަށް އަވަހަށް ތަނަކަށް ދާންޖެހިއްޖެ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ. “އެއީ މިހާރު ކުރިގެ ޝައި އެއް ނޫން..އަހަރެމެންގެ އެމަޖާ ސަކަރާތް ޖަހާ ޝައި މިހާރު ގެއްލިއްޖެ..އެކަމަކު އަހަރެން ރަސަލްއަށް އިތުބާރު ކުރަން..ރަސަލް ޝައިގެ އުފާވެރިކަން ހޯދައިދޭނެ ކަމާމެދު ޝައްކެތް ނުކުރަން..”އަތުގައި އޮތް ފޯނާއި ދިމާއަށް ބަލަހައްޓައިގެން ހުރެ މާޔާ ބުނެލިއެވެ.
“މާޔާ!” ފަހަތުން އިވުނު ޝައިނާގެ އަޑުން މާޔާ ސިހިގެންދިޔައެވެ.
**
ފްލައިޓްގައި ހަމަ ޖެހިލަމުން ޖީބުގައި އޮތް ފޯނު ނަގާ ގެލެރީބައި ހުޅުވާލުމަށްފަހު ޝައިނާގެ ހިތުންވެފައިވާ ތަސްވީރަށް ބަލާލަމުން ރަސަލް ހިނިތުންވެލިއެވެ. “ޝައި ބޭބީ..ވަރަށް އަވަހަށް ދިމާވާނެ..މިފަހަރު އަހަރެންގެ ހިތުގެ އަޑު ޝައިއަށް އިއްވާނަން..އައި ހޯޕް ޝައި އަހަރެން މާޔޫސްކޮށްނުލާނެކަން..ވަރަށް ލޯބިވޭ..” ޝައިނާގެ ތަސްވީރަށް ބަލހައްޓައިގެން އިނދެ ރަސަލް ބުނެލިއެވެ. ހަޤީގަތުގައި މާޔާ އޭނައަށް ގުޅީ އެއާޕޯރޓްގައި ހުއްޓައެވެ. މިފަހަރު މާޔާއަށްވެސް އަންގާލުމެއްނެތި ރަސަލް ރާއްޖެ އެއަންނަނީ ކިޔަވާ ނިންމާލުމަށްފަހުއެވެ. އުފަންބިމަށް ދެވޭ ކަމުގެ އުފާވެރިކަމުން އެހިތް އަވަަސްވެފައި ވެއެވެ. އަދި ލޯބިވާ ފަރާތާއި ބައްދަލުވާން އުޅޭތީ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. އެހެންނަމަވެސް ރަސަލްއަށް ނޭނގޭ ކަމަކީ ކުޑައިރުއްސުރެ އޭނާ ދެކެމުން އަންނަ ހުވަފެނުގައި ކުލަ ޖެއްސުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަމުގައިއެވެ. ޝައިނާގެ ހިތްވަނީ އެހެން މީހަކަށް ހިބަކޮށްފައިކަމެވެ. މި ހިތި ހަޤީގަތް ރަސަލްއަށް ބަރުދާސްތު ކުރެވޭނެބާއެވެ؟ ރަސަލްގެ ހިތުގެ ރާނީ ޙާސިލް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން އެނގޭނެމައެވެ. ރަސަލްއަކީ އޭނާ ގޮތެއް ނިންމައިފި ނަމަ އެގޮތުގައި ސާބިތުވެ ހުންނާނެ މީހެކެވެ. އަދި ޝައިނާ ޙާސިލް ކުރަން ކޮންމެ ފަދަޤުރުބާނީއެއްވެސް ވެދާނެ މީހެކެވެ. އެހާވެސް ބޮޑަށް ޝައިނާދެކެ ލޯބިވެއެވެ.
**
ޝައިނާގެ އަޑުން ސިހިގެން ދިޔަ މާޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަސަލް އާއި ދެއްކި ވާހަކަތައް ޝައިނާއަށް އިވުނުބާއެވެ. އެހެންވިއްޔާ ޝައިނާ އެއްޗެކޭ ނުބުނެ އެހުރީ ކިއްވެ ހެއްޔެވެ؟ މާޔާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެމުންދިޔައެވެ. “މާޔާ އައި ނީޑް ޓް ޓޯކް ހިމް..އަހަރެން ބޭނުން އަދާންއާ ވާހަކ ދައްކަން..” ޝައިނާގެ ވާހަކަތަކުން ނަގަންވީ މާނައެއް މާޔާއަށް ނުވިސްނުނެވެ. ” މާޔާ ތި ހީކުރާ ގޮތަކަށް ވާހަކަދައްކާކަށް ނޫން މި ބުނަނީ..އައި ނޯ ތިންގްސް ވިލް ގޯ ރޯންގް އިފް އައި ޓްރައިޑް ޓް ޓޯކް ހިމް އިން ދެޓްވޭ..އައި ޕްރޮމިސް އައި ވިލް ނެވާ ރިޕީޓް މައި މިސްޓޭކް އެވާ އެގެއިން..އަހަރެން ދިރި ހުރިހާ ހިނދަކު ދެވަނަފަހަރަށް އެމިސްޓޭކް ތަކުރާރެއް ނުކުރާނަން..ބަޓް ބިފޯ އައި މޫވް އޮން އައި ނީޑް ޓް ކްލިއަރ ސަމްތިން..އެހެން ނޫނީ މުޅި އުމުރަށް އެކަންތައް ހިތުން ނުފިލައި ހުންނާނީ އޭރުން އަހަރެންނަށް ދިރިއުޅުމަށް އުނދަގޫވާނެ..އައި ނޯ އިޓް ޑަޒަންޓް މޭކް އެނީ ސެންސް..އެކަމަކު އެއްފަހަރުވެސް އަހަރެންގެ ނަޒަރުން ވިސްނާލުމުން މާޔާއަށް އެނގޭނެ އަހަރެން އެއްވެސް ނުބައި ނިޔަތެއްގައި ނޫންކަން މިހެން މިބުނީ..އައި ނީޑް ޓް ސޭ ގުޑްބައި..” ޝައިނާ އަޑުގައި ވަނީ ސާބިތުކަމެވެ. ކުއްލިއަކަށް ޝައިނާއަށް އައިސްފައި ހުރި ބަދަލު ޤަބޫލުކުރަން މާޔާއަށްވެސް ދަތިވިއެވެ. “އަހަރެން ޝައިއަށް އިތުބާރުކުރަން..ވިސްނާތި ތި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން..އެން ޝައި ބުނާ އެއްޗަކުންވެސް ކަންތައްތައް ބަދަލު ވެދާނެ..ސޯ ވިސްނައިގެން ހުންނާތި..” މާޔާގެ ހިތުގައި ބިރުވެރިކަމެއް ވިޔަސް އެކުވެރިޔާއަށް އޭނާ ފުރިހަމަ އިތުބާރުކުރެއެވެ. އަދި ހަމަ އެހެންމެ އަދާންއަށްވެސް އިތުބާރުކުރެއެވެ. އޭނަ ވެފައިވާ ވަޢުދު މަތީގައި ދެމިހުންނާނެކަމަށް މާޔާގެ ހިތް ބުނެއެވެ. ބިރުއެއްފަރާތްކޮށްލާފައި މާޔާގެ ފޯނުން އަދާންއަށް ގުޅާލިއެވެ. “ޕްލީޒް އަދާން ޕިކް އަޕް ދަ ކޯލް…އައި ނީޑް ޓް ސޭ ވަން ލާސްޓް ގުޑްބައި..އެން އައި ޕްރޮމިސް އައި ވިލް ނެވާ ކަމް އެކްރޮސް ޔޯ ޕާރތް އެވާ އެގެއިން..” ޝައިނާ ގެ ހިތުގައި އެތައްވާހަކަތަކެއް އެނބުރެމުންދިޔައެވެ.
އެތައް ފަހަރަކު ރިންގްވަމުން ދިޔަ ފޯނު ނެގި އަޑު އިވުމުން މާޔާ ބަލާލީ ޝައިނާ އާއި ދިމާއަށެވެ. ސްޕީކާ އޮން ކޮށްފައި ހުރުމުން އެކޮޅުން “ހެލޯ” ބުނި އަޑު ދެމީހުންނަށްވެސް އިވުނެވެ. މާޔާ އެފޯނު ޝައިނާއަތަށް ދެމުން އަތުން އިޝާރާތްކޮށްލީ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. ތުރުތުރު ލެވިފައިވާއަތަކުން ޝައިނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު “ހެލޯ”އޭ ބުނެލިއިރު އެހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ.
8 Comments!
Comments are closed.




Hey all de lovelovely ppl out thr..✌ hope u all were waiting for the story..?I guess it took quite a time to get it published..actually after writing 2-3 episodes due to some problems I hav got to change de plot so did a hard work on editing in de written episodes..n here it is finally de 1st part of de story…mistakes might b thr..if anyone find it plx lemmi knw ..feel free to express ur views..next episode ASAP ?
Hav a wonderful days..enjoy ❤
“Kakuni” also will continue..thanks for all de faithful readers..I miss all de lovely freinds of ” kakuni”
Nice…
Who r the cuties in the cover pic.. Shaina n rasal dhw..
Thank u lotus..hehe may b vedhaane dhw ei adhaan n shaina kamah ves. .keep reading to knw more?
Masha Allah. mi part varah reethi. cover pic ga in pic varah laobi.. next part kn irakun up kurany..?? varah kiyaahithun mi iny. 🙂
IA soon..thanks for ur comment..keep waiting ?
I am really interested Couse my name is shaina!!???wow a story about me!!!
Happy to meet u shaina…? I hope it duxnt relate anyway to ur life..heheh btw thank u ?