ނޭދެން ވަކިވާކަށް (ފަހުބައި)
ނޫރް ވަގުތުން މާތްﷲ އަށް ޙަމްދްކުރީ ވީއުފަލުންނެވެ. ނޫރްއަވަހަށް ދުވެފައި ގޮސްއައީ ޝާމާގޮވައިގެންނެވެ.
“މަންމާ މާހީ ހަރަކާތްކުރިއޭ ދެންމެ……އަހަންނަން ހަމަ ޔަގީން……”
ނަމަވެސް ޝާމާއައިސް މާހިލްއަށް ގޮވާގޮވާ އެއްވެސް ހަބަރެއް ނުވިއެވެ. ކުޑަ މިނުން އަތްވެސް ހަލުވައެއް ނުލައެވެ. ލޯވެސް އޮތީ މަރައިގެންނެވެ. މާހިލް ހޭއެރިކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ޝާމާގެ މޫނުމަތީގައިވީ ހިނިތުންވުން ވަގުތުން ފަޑުވެގެން ދިޔައީ ދިއްލުނު ހުޅުކޮޅު އެހާމެ އަވަހަށް ނިވިގެން ދިޔައީމެވެ.
“ތި ވާނީ ދަރިފުޅަށް ހީވި ގޮތެއް ކަމަށް…….އަދި އިންޝާ ﷲ މާތް ﷲ ގެ އިރާދަފުޅުން ވަރަށް އަވަހަށް މާހިލް ރަގަނޅުވާނެ……ދަރިފުޅު އެވަރަށް ވިސްނާ ފިކުރުކުރާތީ ވެ ވާދާނެ އެހެންހީވީ ކަމަށް…..”
ޝާމާގެ ހިތުގައި ނޫރްއަށްޓަކައި އެއްވެސް ހިތްބުރަކަމެއްނެތެވެ. މިވީ އަހަރެއްހާ ދުވަސްތެރޭގައި ނޫރް އުޅެމުންދާ ގޮތް އެންމެ ގާތުން ފެނިފައިވާ އެކަކަކީ ޝާމާއެވެ. ޝާމާ ނޫރްގެ ބޮލުގައި ފިރުމާލަމުން ދިޔައީއެވެ. ނޫރް ދެލޯ ފެންކަޅިވެފައި ވާ ހާލު މާހިލްއަށް ބަލާލިއެވެ.
“މާހީ…..މާހީ ދެންމެ އަހަރެން އަތުގަ ހިފީމެއްނޫންތަ؟….ކީއްވެ ދެން މަންމަ އައީމަ އަތް ހަރަކާތް ނުކުރީ……މާހީ އަހަރެން ތަޅުވަންތަ ތިއުޅެނީ؟…….ދެން ތިހެންނޯވެ ތެދުވެބަލަ…….އައި މިސްޔޫ ސޯމަޗް…..”
ނޫރް މާހިލްގެ އަތުގައި މަޑުމަޑުން ހިފާލަމުން ދިޔައީ ފާހަަނައަށް ވުޟޫކޮށްލާށެވެ. ނޫރް ދެރަކުއަތުގެ ނަމާދެއްކުރަމުން ދުޢާކުރީ މާހިލްއަށް އަވަސް ޝިފާއެއް ދެެއްވާތޯއެވެ. ހަވީރުގެ ވަގުތެވެ. ނޫރް އުޅުނީ ބަދިގޭގައި ނުއުމާން ބުނެގެން ކޮފީއެއް ހަދާލައެވެ. ނުއުމާންއަށް އެންމެ ކަމުދަނީ ނޫރްހަދާ ކޮފީކަމުން މިހާރުވެސް އެއުޅެނީ ނުއުމާން ބުނެގެން ކޮފީހަދައެވެ.
“ދޮންބެ ދައްތާ…..އަހަންނަށްވެސް…..”
ނޫރް ކޮފީހަދާ އުޅޭކަން އިނގިގެން ނަވީލްވެސް އައިސް ނޫރް ގާތުގައި ކޮފީއެއް ހަދައިދިނުމަށް ބުންޔެވެ. ނޫރް ކޮފީހަދައިގެން ދިޔައިރު ނަވީލްއާއި ނުއުމާން ތިބީ ބަގީޗާތެރޭގައި ހުރި ގޮޑިތަކުގައެވެ.
“ތެންކިޔޫ ސިސީ…..”
ނުއުމާން މިހެން ބުނެލިއިރުގައި ނަވީލްވެސް ނޫރްއަށް ބަލާލީ ޝުކުރުގެ ނަޒަރަކުންނެވެ. ނޫރްއާއި ނުއުމާން އަދި ނަވީލްގެ މެދުގައި މިހާރު އުފެދިފައިވަނީ ވަރަށްވެސް ގާތް ގުޅުމެކެވެ. ނުއުމާންގެ މަޖާ މިޖާޒުގެ ސަބަބުން ނޫރްއެތަށް ފަހަރަކު ހެއްވާލައެވެ. ނަވީލްއަކީ ތަންކޮޅެއް މަޑުމައިތިރި ޒުވާނެއްނަމަވެސް ނޫރްއާއި ހުރިހާ ވާހަކައެއް ހިއްސާކުރަނީ ނޫރްއަކީ އަމިއްލަ ދައްތައެއް ކަމަށް ދެކިގެންނެވެ.
“ކޮބާ އޭގެ ފަހުން ޝެޒް ނާދޭތަ؟…..”
އެންމެފަހުން ނުއުމާންއަށް ނީންދެވިގެން ޝެޒާގެ ވާހަކަ އަހައިލިއެވެ.
“ހެހެ…..ސާބަހޭ މާން މިހާރު ހާދަ ހިންގާލައިފިއޭ ދޯ……އަހަރުމެން މިހެން ތިއްބަ މިހާރު މާން ވެސް ކޮއްލައިގެން އުޅޭކަންކަން ދޯ…..”
“ދޮންބެ ދައްތަ ބުނީ ދޯ؟…..”
ނުއުމާން ނޫރްއާއި ދިމާއަށް ބަލާލަމުން ބުނެލިއިރުގައި މޫނުމަތިން ފެންނަމުންދިޔައީ ލާނެތްކަމެވެ.
“ހޫމް…..ދޮންބެ ދައްތަބުނީ…..ސޯ ތިކަމެއް ދެން ސީރިއަސްކޮށް ކުރަންވީނު……އަނެއްކާ އެހެން ފަހަރިއެއް ލިބޭނެ އެއްނު އޭރުން ދޯ ދޮންބެ ދައްތާ…..އެކަމް އޭރުން ގޭތެރޭގަ އޮންނާނީ މާންއާ ޝެޒާއާ ދެމީހުންގެ ކޯޅުންގަނޑު ކަންނޭންގެ……ބޯ ފަޅައިގެން ދާވަރު ވާނެ…..”
ނަވީލް ނުއުމާންއާއި ދިމާއަށް ދޫނެރެލަމުން ދުއްވައިގަތެވެ. ނޫރް ނުއުމާންއާއި ނަވީލްއަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އޭގެ ކުޑައިރުކޮޅެއް ވީފަހުން ޝެޒާ ނޫރްއަށް ގުޅާ ވާހަކަ ދައްކަންފެށި ވަގުތަކީ ނުއުމާންވެސް އައިސް ނޫރް ކައިރީގައި އިށީންވަގުތެވެ. ނޫރް ޝެޒާއޭ ކިޔާފަ ވާހަކަ ދަށްކަން ފެށުމުން ނުއުމާންގެ މޫނުމަށްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. އޭރު ނަވީލްވެސް އައިސް އެތާގައި ހެވިފައި އިނެވެ. ނުއުމާން ނޫރްގެ ފޯނު ސްޕީކަރަށްލީ ޝެޒާ ކިޔަމުންދާ އެއްޗެހި އަޑުއަހާ ހިތުން ނީންދެވިގެންނެވެ. ކަންދިމާކުރި ގޮތުން އެވަގުތު ޝެޒާ ދައްކަމުންދިޔައީ ނުއުމާންގެ ވާހަކައެވެ.
“ކުރިން ދުވަހު ޝެޒް ކިހިނެއްތަ ހެދީ….އަދި އެވާހަކަ ނުދެއްކިގެން މިއުޅެވެނީ……އައިސޯ ޔޫ ވިތު މާން……”
“ނޫ އަށް ފެނުނުތަ؟…ނޫނީ އެ ނުއުމާން ބުނީތަ؟….”
ޝެޒާގެ އަޑުގައިވީ ހައިރާންކަމެވެ.
“ނޫނޭ…..މާން ނުއެއްބުނޭ……އަހަންނަށް ފެނުނީ ހަމަ ކޮޓަރިން ނިކުތްގަނޑީގަ…..ސޯ ވަޓް ވޯޒްއިޓް؟……އަނެއްކާ ދެމީހުން ސިއްރު ސިއްރުން ކަމެއްތަ؟……އަހަރެން ކައިރީ ބުނެވެސް ނުލާ….އާޔޫ ގާއިސް އޮންއަ ރިލޭޝަންޝިޕް؟…..އެން ޝެޒްއަށް ހާދަ ކެރެއޭ ދޯ……..އައިސޯ ޔޫ ކިސިންހިމް……ޑޫޔޫ ހޭވް ފީލިންގްސް ފޯހިމް އޯ ސަމްތިން؟……”
ނޫރްއަށް ހަގީގަތް އިނގި ހުރެ ބޭނުންވީ ޝެޒާ ބުނާއެއްޗެއް އަޑުއަހާށެވެ. ނުއުމާންވެސް ހުރިހާ ޝައުގުވެރިކަމެއް ޝެޒާ ބުނަންއުޅޭ އެއްޗަކަށް ހުއްޓައިލިއެވެ.
“ދެން ނޫ އަށް ނޭންގި އަހަރެން ރިލޭޝަންއެއް ނުފަށާނެއެއްނު…..”
“ދެން ސީރިއަސްކޮށް ބުނަބާ…..މާން އާ ދެމީހުން ކަމެއްތަ؟….ޔޫ ހޭވް ފީލިންގްސް ފޯހިމް ރައިޓް؟……”
ނޫރްވެސް ޝެޒާގެ ހިތުގައި ވާއެއްޗެއް ބަލަން ވަރަށް ބޭނުމެވެ. ކުޑަ ވަގުތުކޮޅެއް ޝެޒާ ވާހަކަ ނުދައްކައި ހޭދަވެގެންދިޔައެވެ.
“ޝެޒް……”
“ނޫ…..ދެޓް ޑޭ އޯމައި…..ހިތްކިރިޔާ މޭކަށިގަނޑު ފަޅާލާފަ ނުނުކުތީ…..އަސްލު….. އައިވޯޒް ސޯ ނާރވަސް……ބަޓް ވަރަށް ކެރޭކަމަށް ހެދިލާފަ ދިޔައީ…..ދެފައި އޮޅިގެން ނުވެއްޓުނީ ހަމަ ކިރިޔާ…..ހެހެހެ…..”
ޝެޒާގެ ވާހަކަތައް އަޑުއަހަން އިން ނުއުމާންގެ މޫނުމަތީގައި ދުވެލީ ނިކަން ރީތި ހިނިތުންވުމެކެވެ.
“ޔެސް އޮފިޝަލީ އައި އެޑްމިޓް…….އައިހޭވް ފޯލެން ފޯ ހިމް……”
ޝެޒާ އެންމެ ފަހުން ބުނެލިއެވެ. ނޫރްއަށް މިކަން މާކުރިންވެސް އިނގޭތީވެ ޝެޒާ މިހެން ބުނުމުން އެހާ ހައިރާނެއް ނުވިއެވެ. ނަމަވެސް ނުއުމާންގެ ހިނިތުންވުން ފުން ވެގެންދިޔައީ ޝެޒާގެ ވާހަކަ އަޑުއިވިފައެވެ.
“ހޭއި ޝެޒް….ޕްލީޒް ފޯނު ކަޑާ ނުލަށްޗޭ……”
އެންމެ ފަހުން ނުއުމާންއަށް ނީންދެވިގެން ނޫރްއަތުން ފޯނުއަތުލަމުން ދުރަށް ހިނގައިގަތީ ނޫރްއާއި ދިމާއަށް އެއްލޯމަރައިލަމުންނެވެ. ނުއުމާންދިޔަ ދިމާއަށް ނޫރްއާއި ނަވީލް ބަލައިލީ ހެވިފައިތިބެއެވެ. ނުއުމާން ދިޔަފަހުން ގަނޑިއިރެއްވީ އިރުވެސް އެއްވެސް ހަބަރެއް ނުވުމުން ނޫރްއާއި ނަވީލް ދިޔައީއެވެ.
“ސޯ…..ކިހިނެއްވީ އެންމެ ފަހުން؟…..”
ކޮޓަރިއަށް ވަދެގެން އައި ނުއުމާން ފެނިފައި ނޫރްއަހައިލީ ނިކަން ޝައުގުވެރިކަމާއި އެކުގައެވެ. ނުުއުމާން އައިގޮތަށް އައިސް ސޯފާއަށް ވެއްޓިގަތްްއިރު މޫނުމަތީގައި ވީ ރީތި ހިނިތުންވުމެކެވެ.
“އަހަރެން ޝެޒްއަށް ޕްރޮޕޯސް ކުރީ……އެން ޝީ ސެއިޑް ޔެސް…..ދޮންބެ ދައްތާ…..އަހަރެން ވަރަށް ވަރަށް ވަރަށް އުފާ ވެއްޖެ……”
“ހޫމް…..އެބަ އިނގެޔޭ ބަލާލާފަ ވެސް…..”
ނޫރްވެސް ނުއުމާންއަށްޓަކައި ވަރަށް އުފާވިއެވެ. ނުއުމާން ދިޔައީ ނޫރްގާތުގައި ވަރަށް ގިނައިރު ވާހަކަ ދައްކަންއިދެފައެވެ. އޭގެ އިރުކޮޅެއްފަހުން ޝެޒާވެސް ގުޅާ ހުރިހާ ވާހަކައެއް ނޫރްއަށް ކިޔާދިނެވެ. ޝެޒާވެސް އުފާވެފައި ވާވަރު އަޑުންވެސް ހާމަވެގެން ދެއެވެެ. ރޭގަނޑުގެ ވަގުތެވެ. ނޫރްއިނީ މާހިލްގެ އަތުގައި ހިފައިލައިގެން ވާހަކައެއް ކިޔާށެވެ. އެހެން އިންދާ މަޑުމަޑުން މާހިލް ނޫރްގެ އަތުގައި ހިފައިލިއެވެ. މިފަހަރު މިއީ ހީވިގޮތެއްތޯ ބަލާލަންވެގެން ނޫރް މާހިލްއާއި ދިމާއަށް ބަލައިލިއެވެ. ހުޅުވިފައިވާ މާހިލްގެ ދެލޯފެނި ނޫރްގެ ދެލޯ ފެންކަޅިވެގެން ދިޔައީ ވީ އުފަލުންނެވެ.
“الحمد لله…..”
ނޫރް އަވަސް އަވަހަށް މާތް ﷲއަށް ޙަމްދް ކުރީ ވީ އުފަލުންނެވެ. ނޫރް އެންމެ ވަގުތު ކޮޅެއްވެސް ބޭކާރު ކޮށްނުލާ ފުރަތަމަވެސް ގުޅީ ޑޮކްޓަރއަށެވެ. އަދި ވަރަށް ބާރަށް ގޭގެ އެންމެނަށް ގޮވަންފެށިއެވެ. ނޫރް މާހިލްއާއި ދުރަށް ދާން ބޭނުންނުވީ އަނެއްކާވެސް ދެން އަންނައިރު މީ ހުވަފެނަކަށް ވެދާނެތީއެވެ. ނޫރް ބާރަށް ގޮވާ އަޑަށް ގޭގެ އެންމެން އެތަނަށް އައި އިރުގައި އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމާއި ހައިރާންކަމެވެ. ނޫރް އަތުގެ އިޝާރަަތުން އެންމެންނަށް މާހިލް ދައްކާލިއެވެ. އެވަގުތު އާއިލާ އެންމެންނަށް ކަހަލަގެ ގޮތަަކަށް އުފަލުން ރޮވުނެވެ. މާހިލް ފަހަރަކު މީހަކަށް ނަޒަރު ހިންގައިލިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޑޮކްޓަރ އައިސް މާހިލް ބެލުމަށްފަހު އެއްވެސް އިތުރު ކަމެއް ނެތްވާހަަކަ ބުންޔެވެ. މަޑުމަޑުން މާހިލް ހަމައަކަށް އެޅޭނެކަމަށް ޑޮކްޓަރ ބުންޔެވެ. އެހާގިނަ ދުވަސް ފަހުން ހޭއެރިއިރުގައި އަދި މުޅިން ރަގަނޅުވަން ވަގުތު ބޭނުންވާނެ ވާހަކަވެސް ޑޮކްޓަރ ބުންޔެވެ. އެންމެންވެސް ނިންމީ މާހިލް ހާސްވާގޮތަށް ނޫޅި ހަމަޖެހިލައިގެން އުޅޭށެވެ. އެންމެންވެސް އެކޮޓަރިން ދިޔައީ ވަރަށް ދަންވެސް ވީފަހުންނެވެ. ނޫރް އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެދަށްއަރާ މާހިލްގެ މޭގައި ބޯއަޅައިލައިގެން އޮށޯވެލިއެވެ. އަދި މާހިލްއަށް މަޑުމަޑުން ހުރިހާ ވާހަކައެއް ކިޔާދޭންފެށިއެވެ. ވޭތުވެދިތަ އަހަރެއްހާ ދުވަސްތެރޭގައި ވީ ބައެއް ކަންތައްތަކުގެ ވާހަކައާއި އެކި ވާހަކަތައް ކިޔާދިނެވެ. ނޫރްއަށް ރޮވުނީ ދުނިޔެއަށް ނުވެސްއާދެވެނީސް ވަކިވެ ދިޔަ ދަރިފުޅުގެ ވާހަކަ ކިޔާދިން އިރުގައެވެ. މާހިލް ނޫރްގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. މާހިލްގެ ދެލޯވެސް ފެންކަޅިވެގެން ދިޔައީ ނޫރް ދެއްކިވާހަކަތައް އަޑުއަހާފައެވެ.
“ދެން އަހަރެން ބޭނުމެއްނޫން މާހީއާ ދުވަހަކުވެސް ވަކި ވާކަށް އިންޝާ ﷲ…..އައި މިސްޑް ޔޫ ސޯ މަޗް…..”
“ލަވް…..ދެ…ން…ނުރޮއި….ބާ…….”
މާހިލްގެ އަޑުއައީ ވަރަށް ފާޑަކަށެވެ. މާހިލްގެ އެރީތި އަޑު އަހާލަންވެސް އެލިބުނީ ހާދަ ދުވަހެއްވީ ފަހުންނެވެ. ނޫރް ހިނިތުންވެލަމުން ބޯހިއްލާލައިފައި ތެދުވެ މާހިލްގެ ކޯތާފަތަށް މަޑުމަޑުން ބޮސްދިނެވެ. އެރޭ ނޫރްނިދީ އެތައް އިރެއްވަންދެން މާހިލްއާއި ވާހަކަ ދައްކަން އޮތުމަށްފަހުގައެވެ. އަނެއްދުވަހު ހީވަނީ ގޭތެރެއަށް ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. އަނިލްގެ އާއިލާއެންމެން އުމްރާއަށް ދާން ނިންމީ މާހިލްއަށް ޝިފާދެއްވީތީ އެކަމުގެ އެފަލުގައެވެ. އަދި ފަގީރުންނަށް ސަދަޤާތްކުރަންވެސް ނިންމިއެވެ. ދުވަސްތަކަށް ފަހު އަނެއްކާވެސް ނޫރްގެ މޫނުމަތިން ހިނިތުންވުން ފިލައިގެންނުދެއެވެ. ނޫރް ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މާހިލްއަށް ވަރަށް ރަގަނޅު ތެރަޕިސްޓެއް ހޯދިއެވެ. މާހިލް ކުރީގެ ދިރިއުޅުމަށް އެބުރިއަންނަން ވަގުތު ނަގާނެ ކަމަށް ޑޮކްޓަރު ބުނެފައިވާތިީވެ ނޫރްއެހާ އަވަސް އަރުވައިލައިގެން އުޅޭކަށް ބޭނުމެއްނޫނެވެ. ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުންދިޔައެވެ. ފިޒިއޮތަރަޕީގެ އެހީގައި މިހާރުގެ މާހިލްއެކޭ ކުރީގެ މާހިލްއެކޭ އެއްވެސް ތަފާތެއްނެތެވެ. ކުރީގެ ދިރިއުޅުމަށް ދާކަށް މާގިނަ ދުވަހެއްނުނެގިއެވެ. ނުއުމާންވެސް އާއިލާ އެންމެނަށް ޝެޒާއާއި ނުއުމާންގެ ގުޅުމުގެ ވާހަކަ އެންގުމުން އެންމެންގެ ފަރާތުންވެސް އެކަމަށް އެއްބާރުލުން ލިބިގެންދިޔައެވެ. އެންމެންވެސް ތިބީ އުފަލުންނެވެ. އަނިލްވެސް ނުއުމާން ކައިރިން އެދުނީ ރައްޓެހިވެގެން ގިނަދުވަހު ނޫޅެ ވީހާވެސް އަވަހާ ކައިވެނި ކުރުމަށެވެ. ބައްޕަގެ ނިންމުމަށް އިހްތިރާމު ކުރަމުން ނުއުމާން ނިންމީ ވީހާވެސް އަވަހާ ޝެޒާއާއި ކައިވެނިކުރުމަށެވެ. ލޯގަނޑު ކުރިމަތީގައި ހުރި މާހިލް ތައްޔާރުވަމުން ދިޔައީ ގިނަ ދުވަސްތަކަކަށްފަހު އޮފީހަަށް ދިއުމަށްޓަކައެވެ.
“ހަމަ ދަނީތަ؟…..”
ނޫރް އައިސް ފަހަތުން މާހިލްގައި ބައްދައިލަމުން ބުނެލީ ނިކަން ލޯބިންނެވެ.
“ހެހެ….އާން ލަވް….އަބަދު ގޭގައެއް ނޯވެ ވޭނެއެއްނު ދެން……الحمد لله މިހާރު ހުރިހާ ކަމެއްވެސް ރަގަނޅު ވެއްޖެ…..ދެން ގޭގަ އޮންނާނެ ކަމެއް ނެތެއްނު……އެން……އައި މިސް ވޯކިން…..ބަލާބަ ގޭގަ މިހެން ހުރެހުރެ ބޮޑު ބަޑެއްވެސް ލައިފި……”
މާހިލް ނޫރްއާއި ވީ ދިމާއަށް އެބުރިލަމުން ބުނެލީ ސަމާސާ ރާގެއްގައެވެ. މާހިލްގެ އަތް ނޫރްގެ އުނަގަނޑުގައި ވަށައިލީ ނިކަން ލޯބިން ނޫރްގެ މޫނަށް ބަލައިލަމުންނެވެ.
“އާން އޮފީހުގަ އުޅެނީ ކަސްރަތު ކޮށްލަ ކޮށްލަވިއްޔާ ދޯ އަބަދު…….އަލް މިސްޔޫ ބޮޑު ބޮޑުކޮށް…….”
ނޫރް މާހިލްގެ މޭގައި ބޯއަޅައިލަމުން ބުނެލިއެވެ.
“އަލް މިސްޔޫ މޯ ލަވް……”
މާހިލް ނޫރްގައި އަތްވަށައިލައި ބައްދާލީ ދެން ދުވަހަކުވެސް ނުދޫކުރާނަމޭ ބުނާފަދަ ގޮތަކަށެވެ.
“އިންޝާ ﷲ….މާންމެން މެރީކޮށްގެން ހަނީމޫނަށް ދާއިރު ހިނގަބާ ދޯ ދެމީހުންވެސް ދާން…..އެހެން ނޫނަސް މެރީ ކުރިފަހުން ހަނީމޫނަކަށް ނުވެސް ދެވޭ ވީއްޔަ ……”
ނޫރް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލި އިރު ހުރީ ވަރަށް އުފަލުންނެވެ. މިހާރު ހުރިހާ ކަމެއްވެސް ރަގަނޅުވީއެވެ. މުނާޒްވެސް އުމުރަށް ޖަލަށް ލެވިފައިވާއިރު އެކަމާއި ދެން ވިސްނައި ހާސް ވާކަށް ނުޖެހޭނެއެވެ. އާމިނަތުވެސް މިހާރު ނޫރްއާއި ވާހަކަ ދައްކަނީ ވަރަށް ރީތިކޮށެވެ. އާއިލާ އެންމެންވެސް ތިބީ ނިކަން އުފަލުންނެވެ. ނުއުމާންއާއި ޝެޒާގެ ކައިވެނި ހީވެސް ނުކުރާހާ އަވަހާ ހަމަޖެހިގެން ދިޔައީ ގޭ އެންމެނަށް އަނެއްކާވެސް އިތުރު އުފާވެރި ކަމެއް ގެނުވާފައެވެ. އެކި ކަންކަމުގައި ދުވަސްތައް ފާއިތުވަމުން ގޮސް އެންމެފަހުން ނުއުމާންއާއި ޝެޒާގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ކުލަގަދަ ހަފްލާއަކަށް ފަހު އަލަތު ދެމަފިރިން ހަނީމޫނަށް ފުރިއިރު މާހިލްއާއި ނޫރްވެސް ދިޔައެވެ. އަތިރިމަތީގައި ތިބި ނޫރްއާއި މާހިލް އިށީންދެލައިގެން ތިބީ އިރުއޮއްސޭ މަންޒަރު ބަލާށެވެ. ނޫރް މާހިލްގެ ކޮޑުގައި ބޯއަޅައިލައިގެން އޮތްއިރު ދެމީހުންގެ އަތްވަނީ ގުޅާލެވިފައެވެ. އިރުއޮއްސުމުން ދެމަފިރިން ދިޔައީވެސް އަތުގުޅުވައިލައިގެން ހިނގާލައިފައެވެ. ވަކި ހިސާބަކަށް ދެވުނު ތަނުން މާހިލް ކުއްލިއަކަށް ނޫރްއާއި ދިމާއަށް އެބުރިލަމުން ނޫރްގެ މޫނުއަތުން މަޑުމަޑުން ހިފަހައްޓައިލަމުން ނޫރްއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އައި ލަވް ޔޫ……..”
މާހިލް މަޑުމަޑުން އިޝްގީ ރާގެއްގައި މިހެން ބުނަމުން ނޫރްގެ ނިތަށް ބޮސްދިނީ ނިކަން ލޯބިންނެވެ. ނޫރްގެ ދެލޯ ފެންކަޅިވެގެން ދިޔައީ ވީ އުފަލުންނެވެ. މާހިލް މިހެން ބުނަން ބޭނުންވެފައި ހުންނަތާ ކިތައްމެ ދުވަހެކެވެ. މާދަން ވާނެގޮތެއް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟….އެހެންވެ މާހިލް ބޭނުންވީ މިހާރު ލިބިފައި މިވާ ވަގުތުގެ ބޭނުންހިފާށެވެ. ފަހަށް ކުރަން ބަހައްޓައިގެން ނުވެހިނގައިދާނެއެވެ.
“ނޭދެން ދުވަހަކުވެސް ވަކި ވާކަށް……ލަވް ޔޫ ސޯމަޗް…..”
“އަހަރެންވެސް…….”
މާހިލްއަނެއްކާވެސް ނޫރްގެ ނިތައްބޮސް ދިނެވެ. އޭރު މާހިލްގެ ލޯވެސް ފެންކަޅިވެފައި ވާއިރު ލިބިފައިވަނީ ބުނެދެން ނޭންގޭފަދަ ހިތްހަމަ ޖެހުމެކެވެ. މާހިލް ނޫރްގެ އުނަގަނޑުގައި އަތްވަށައިލަމުން ހިގާގަތްއިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނިކަން ހިތްގައިމު ހިނިތުންވުމެކެވެ.
(ނިމުނީ)
30 Comments!
Comments are closed.



??❤️❤️story hama v reethi
v sad story nimuneema.v miss vaane.
.hope your next story will also be good as this one .waiting for your next story
keep up the good work inaash
Jazakillah khairan mar-hath ? insha allah dhan liya story eh mi ah wure ragalhu kureweytho balaanan… ? jazakillah khairan for reading this story ☺
Ahsalamualaikum all….so here it is….its the last part ?..story nimuny mi…insha allah vee haa wes awahah dhan ehen story eh anehkaa wes laaan fashaanan….but i dont know how long it will take….mi wahaka wes reethi wi kamah heekuran…and jazakillah khairan for all the feedbacks you all gave me so far… dhan liya story ehga balaanan mi ah wure ragalhu kureweytho… ?
Story v habeys…..nimunythy v dhera ekam…? waiting for another story of yours…. upload it soon… btw mi story was awsome.. good job ?
Jazakillah khairan reader?….insha allah i’ll uoload a new story soon ?
Furathama story aa balaafa mi story hama v reethi…..dhan genasdhey story eh miah wure wes reethi waane kamah unmeedhu kuran… ??
Jazakillah khairan Amin… ? insha allah ?
Maahy……i love you….
Hehe story hama v salhi igay good job inaash ?
Jazakillah khairan ?
AHAREN JALAH LAAFA ADHI HEVIFA EBA THIHBEHNU…..NIKUMEWUNU DHUWAHAKUN GOS HAMA DHEMYHUNGE DHUWAS WES DHUHWAALAANAN….. ?
Story nimuny dho alhe ekm ??
Hehe ?
A wonderful story.. loved it.. hope to read another story from u soon???
Salaam
Jazakillah khairan Lotus… ?
wow wow. Varah Varh reethi story. Masha Allah. mikahala reethi ehn vaahak eh kiyaalan libeyne kamah ummeedhu kuran. 😀
Hehe jazakillah khairan kookie ?
Awwn??will miss this stry❤❤❤luv yuh InaaSh sis???
Wow lobikan ? love it
Thankx
Jazakillah khairan miky ?
Munaaz ah kihinehtha v
alhey thi ninmaaly dhw varah reethi story Masha Allah
Varah duvas kohlaafa esfiya site ge vaahaka kiyaalan mifeshi. InaaSh ge mi story mutha ah varah reethi, Feshigen nimumaa hamayah ves varah furihama ah hushaalhaafa ini… Keep up the good work and wish you all the success in the future 🙂
Au vaahakaeh avas mustaqbalehgai kiyaalan libene kamah unmeedhu kuran, and good luck 🙂
?? Beautiful
Ekm haadha avahah nimmaalii
??? Will miss maahil so so much
Hehe jazakillah khairan ? hmmm thankolheh awas dho nimunuleh ?
wowwwww loabikan vaguthu ge beynun heyo gothugaaa hifaasheve hehehe ??☺
Heheh hmmmm…. jazakillah khairan ?
Wow.. vrh reethi .. maashallah.. dn hama nimuniithr
Jazakillah khairan?
Hmm nimuny mi dhan mi vahaka ?
Story v v v v v v v v v reethi❤❤
Jazakillah khairan mary ?
v reethi igey! mi story ah film meh kulhemaa dhw?