ޒަވީން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިސް ސޯފާގައި އިށީންނަމުން އެވްލީންއަށް ކުޑަ ގޯނާއެއް ކޮށްލިއެވެ. އެވަގުތު އެވްލީންއަށް ބާރަކަށް ހީގަނެވުނުއިރު ހިތުގައި އުފެދިފައިވާ ބިރުވެރި ކަމުގެ ތޫފާން މަތިން އެއްކޮށް ހަނދާން ނެތުނެވެ. ” އައި ނޯ ލީން ބިރުގެންފަ ކަން ތިއިނީ.. ޓްރަސްޓް މީ ލަވް… އޭނައަށް އެއްވެސް ގެއްލުމެއް ނުދެވޭނެ… އަހަރެން މިހުރީއެއްނު… ސޯ ހުރިހާ ބިރެއް މަތިން ހަދާން ނައްތާލާ… އަހަރެން ލީން ޕްރޮޓެކްޓް ކުރާނަން ، އައި ޕްރޮމިސް… އޭނަ މިގެއަށް އެނބުރި އަންނާނީވެސް ކޮންމެވެސް ނުބައި ރޭވުމެއް ނިންމައިގެންކަން ޔަޤީން އެކަމަކު މިފަހަރު އޭނަގެ އެއްވެސް ރޭވުމެއް ކާމިޔާބެއް ނުކުރެވޭނެ… ” ޒަވީންގެ ވާހަކަ ދެއްކުމުގެ ރާގުން އޭނަ ޖުނެއިނާ ދެކެ ނަފްރަތު ކުރާވަރު ހާމަވަމުން ދިޔައެވެ. ” ޒޭވް އަހަރެން ބިރުގަންނަނީ މަންމަ ބޭބީއަށް ކަމެއް ކޮށްފާނެތީ… ޒޭވް ބޭބީއަށް އެއްވެސް ކަމެއް ވެއްޖެނަމަ އަހަރެން މަރުވެދާނެ… ” އެވްލީން ބަނޑުގައި އަތްޖައްސައިލަމުން ރޫރޫއަޅަމުންދިޔަ އަޑަކުން ބުނެލިއެވެ.

ޒަވީންގެ ވާހަކަ ތަކުން މިފަހަރު އެވްލީން ހިތަށް އެއްވެސް ފިނިކަމެއް ލިއްބައި ނުދިނެވެ. އެއަށްވުރެ ބޮޑަށް ޖުނެއިނާ އައުމުން އެހިތުގައި އުފެދިފައިވާ ބިރުވެރިކަން މާ ބާރުދަގަވެފައި އެވްލީން އެބިރުވެރިކަމުގެ ތެރެއަށް މަޑުމަޑުން ގެނބެމުން ދިޔައެވެ. އޭނައަށް އެހާބޮޑު އަނިޔާއެއް ދީފައިވާ މީހަކަށް ދެވަނަ ފަހަރަށް އިތުބާރު ކުރެވޭނީ ކިހިނެއް ހެއްޔެވެ ؟ ދަރިފުޅަށް ކަމެއް ވެދާނެ ކަމުގެ ބިރުން އެވްލީން މުޅިން ހާސްކޮށްލައިފިއެވެ. އޭނަގެ ދެލޯ ދަރިފުޅުގެ މައުސޫމު މޫނު ދެކެން ބޭޤަރާރުވެފައި ވާއިރު އެނިއުމަތުން ޖުނެއިނާ އޭނަ މަހްރޫމް ކޮށްލާނެކަމަށް ސިކުނޑީގެ ކަނަކުން ތަކުރާރުކޮށް އިންޒާރު ދެމުން ދިޔައެވެ.

އެވްލީންގެ އެމްބާރ ކުލައިގެ ދެލޮލުގައި ހުދު ޖަވާހިރުތަކެއްހެން ވިދަމުންދިޔަ ކަރުނަ ތިކިތަކުން ކޯތާފަތުގައި ރޮނގު ދަމަން ފެށުމާއެކު ޒަވީން އެކަރުނަ ތިކިތައް ފޮހެލަދިނެވެ. ޒަވީން ތަކުރާރުކޮށް ރުއިން ހުއްޓާލުމަށް އެދުމުން އެންމެ ފަހުން އެވްލީން ލޮލަށް ޖަމާވެފައިވާ ކަރުނަތައް ގަދަކަމުން ހިންދައިލަމުން ޒަވީންގެ އުނގުގައި ބޯއަޅާލައިފިއެވެ. ޒަވީން ތެމިފައިވާ އެވްލީންގެ އެސްފިޔަތަކުގައި ތުންފަތް ޖައްސައިލަމުން އޭނަގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ދަރިފުޅު ހުރިހާ ނުރައްކަލަކުން ސަލާމަތް ކޮށްދޭނެކަމަށް ބުންޏެވެ. އެވްލީން ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ފަރުދާތައް އެއްފަރާތް ކޮށްލަން ޖެހޭނެކަމަށާއި އޭނައަށް ޓަކައި ”ސްޓްރޯންގް” ވުމަށް ޒަވީން ބުނެލީ ލޯބިން ހިތްތައް ބަންޑުން ކޮށްލާނެ ފަދަ ގޮތަކަށެވެ. ފިނޑި ވުމުން އެހެން މީހުންނަށް އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ފަސޭހަ ވާނެކަމަށް ޒަވީން ބުނުމުން އެވްލީން ހަމައަކަށް އެޅުނެވެ.

ޒަވީން އަތުގެ ފިރުމުންތަކުން އެވްލީންގެ އެސްފިތަކަށް ބަރުވެގެން ގޮސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެވްލީންއަށް ނިދުނެވެ. ޒަވީން އެސްފިޔަ ޖަހާލަންވެސް ނޭގިފައި އިރުކޮޅެއް ވަންދެން މަލުގެ ފިޔަތައްހާ އޮމާން އެވްލީން މޫނަށް ބަލަހައްޓައިގެން އިނެވެ. އެވްލީން އެދިގު އެސްފިޔަތައް މަރާލައިގެން އޮތްއިރު ލޯބިކަމުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އެފިޔާތޮށި ކުލައިގެ ތުންފަތުގެ ވިދުން ގަދަކޮށްލާފައި ވާއިރު އެވްލީންއަކީ ރީތި ކަމުގެ ލާމަސީލު ނަމޫނާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޒަވީން ބިއްލޫރި ބުދެއް އުފުއްލާލައިގެން ދާހާ ފަރުވާތެރިކަމާއެކު އެވްލީން އަތްދަނޑިމައްޗަށް ލައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ. ކުއިލްޓުން އެހަށިގަނޑުގެ ބޮޑު ބައެއް ފޮރުވައިލަމުން އެވްލީންގެ މޫނަށް ޒަވީން ބޮސްދިނެވެ. ނިދާފައި އޮތްއިރު އެވްލީން ހާދަ ލޯތްބެވެ. ކިތަންމެ ފަހަރު ބެލިޔަސް ހިތް ނުފުރޭނެކަން ގައިމެވެ.

ޒަވީން އޭސީ ނިއްވާލުމަށްފަހު ކޮޓަރީގެ ހުރިހާ ކުޑަދޮރުތައް ހުޅުވާލިއެވެ. މިއަދަކީ ފަޒާ ނުހަނު ގަދަޔަށް ފިނިކޮށްލާފައި އޮތްދުވަހަކަށް ވުމުން ވައިރޯޅިތައްވެސް އާދަޔާ ހިލާފަށް ބާރެވެ. ޒަވީން ކުޑަދޮރުގައި ދެއަތް ވިއްދާލަމުން ބޭރަށް ނަޒަރު ހިންގާލިއެވެ. ވައިރޯޅިތަކުގެ ސަމާސާއާއެކު ކުޑަކޮށް ދިގުވެފައިވާ އެއިސްތަށިގަނޑު ފަޒާގެ ތެރޭގައި އެގޮތް މިގޮތަށް ވިހުރެމުން ދިޔައެވެ. ގަދަ ފެހިކުލައިގެ ޓީޝާޓަކާއި އަޅި ކުލައިގެ ޖިންސެއްލައިގެން ޒަވީން ހުރިއިރު ހީވަނީ ހޮލީވުޑް ސެލެބްރިޓީއެއް ހެންނެވެ. މޮޑެލް ޕޯސްއަކަށް ކުޑަދޮރުގައި ދެއަތް ވިއްދާލައިގެން ހުރި ހުރިއިރު އެމުއްލަދަނޑި ވަނީ ފުދޭވަރަކަށް ހާމަވެފައެވެ.

ޖުނެއިނާގެ ނުބައި ރޭވުންތަކުން އެވްލީން ސަލާމަތް ކުރަން ޖުނެއިނާގެ ހުރިހާ ހަރާކްތަކަށް ފާރަލުމަށް ޒަވީން ނިންމިއެވެ. އެހާ ނުބައި އަންހެނެކު ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަން ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެހެންނޫންނަމަ ވަރުގަދަ ބޮޑިއެއް ލިބިދާނެއެވެ. އެވްލީން ބަނޑަށް ހަތަރު މަސް ވަންދެން ހޮސްޕިޓަލުން ލީވް ނެގުމަށް ޒަވީން ނިންމިއެވެ. އޭރުން އެވްލީންއާއެކު ގިނަ ވަގުތު ހޭދަ ކުރެވޭނެއެވެ. މިދުވަސްކޮޅު އޭނަގެ ލޯތްބާއި އަޅާލުން އެވްލީންއަށް ބޭނުންވާނެ ވަރު ޒަވީންއަށް އިހްސާސް ކުރެވެއެވެ. އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު ޒަވީން ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ.

ހަވީރު ވާންވާއިރަށް އުޑުގައި ފަތުރާލަމުން ދިޔަ ކަޅު ވިލާތައް ގިނަވާން ފަށައިފިއެވެ. ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އުޑުމަތި ކަޅު ވިލާތަކުން ވަށަލިއިރު ދުނިޔެ މައްޗަށް ފެތުރިގެންދިޔައީ ކަނު އަނދިރިކަމެވެ. އިރުގެ ރަން ދޯދިތަކުން ދުނިޔެ މަހްރޫމް ވުމުން ވާނީވެސް އެހެންނޫންހެއްޔެވެ ؟ އެއަނދިރކަމުގެ ތެރޭން ވައިރޯޅިތަކުގެ ނާނާގެ އަޑު ފަޒާގައި ގުގުމާލަނީ ދެޔޯތަކުގެ ބިރުވެރި ހަޅޭކުގެ އަޑުހެންނެވެ. ދޭތެރެއަކުން މުޅި ލަންޑަން ސިޓީ އަލިކޮށްލާފަދަ ބާރުގަދަ ވިދުވަރުތަކުން ފަޒާ ތެރޭގައި ފަތުރާލާ ރޮނގު ތަކުން ހިތްތައް ބިރުންގޮސް ހުއްޓިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ.

ރިހާނީ ހިމަފޮދު ވާރޭ ތެރޭން ހިނގަމުން ގޮސް ބަގީޗާގައި ބަހައްޓާފައި ހުރި އުނދޯއްޔެއްގައި އިށީންއިރު ވޭރޭ ތިކިތައް އުނދޯލި ހިޔާކުރަން ޖަހާފައިވާ ފުރާޅުމަތީގައި ބޮސްދޭއަޑު ވަނީ ލުއި މިޔުޒިކެއްހެން އެހިސާބުގައި ގުގުމާލާފައެވެ. އެތައްހާސް ފެންތިކިތައް ފުރާޅުގައި ބޮސްދިނުމަށްފަހު ތިރިއަށް ފައިބައިގެންދާ މަންޒަރުން ހިތްތަކަށް ފިނިކަން ގެނެސްދޭނެކަން ޔަޤީނެވެ. އެކިހަކަލަ ދޫނިތައް ވެހެމުންދިޔަ ވާރޭން ސަލާމަތް ވުމަށްޓަކައި އުދުހޭ މަންޒަރު ފެންނަމުން ދިޔައިރު ވާރޭގެ ލުއި މިޔުޒިކީ އަޑާއި އެއްހަމައެއްގައި ދޫނިތަކުގެ ޖާދުވީ އަޑުވެސް ފަޒާތެރެއަށް ފެތުރިފައި ވެއެވެ.

” ޢީރް އެއްވެސް ޕްލޭނެއް މަސައްކަތެއް ނުކުރޭ… ކުރީ ދުވަހަކު އެވްލީންއަށް އެބޯޝަން ޕިލްސް ދޭން އުޅުމުން ހުރިހާ ކަމެއް ދިޔައީ ގޯސްކޮށް… ކިރިޔާ އެދުވަހު ކިޔާއަށް ބަސްޓް ނުވީ… އެންޑް އައި އީވެން ލޮސްޓް ދަ މެޑިސިންސް…. ” ރިހާނީ އެމޫނަށް ފައިބާފައިވާ ”ސްޕްރިޖް” ކޮޅުތައް އެއްފަރާތް ކޮށްލަމުން ފޯނުން ޢީރާއާއި ވާހަކަ ދެއްކިއެވެ. ރިހާނީގެ އަޑުގައި މޮޅިވެރިކަން އެކުލެވިގެން ވިއެވެ.

” ރިނީ އައެމް ލޫޒިންގް ހޯޕް… ރިނީގެ އެއްވެސް ޕްލޭނެއް މަސައްކަތެއް ނުކުރޭ… އައެމް ޑައިންގް އިންސައިޑް… އެވްލީންއާއި ޒަވީން އެކުގައި ތިބޭ މަންޒަރު ދެކެން އަހަންނަށް ކެތް ނުކުރެވޭނެ… ” ޢީރާ ވާހަކަ ދައްކަމުން ގޮސް ކުއްލިޔަކަށް ރޮއިގަތެވެ. ” ކާމްޑައުން ޑިއާރ… ތިހާ އަވަހަށް ގިވްއަޕް ކޮށްގެން ކިހިނެއް ޒަވީން ލިބޭނީ ؟ ޢީރް ތިހާ ފިނޑިކަމެއް އަހަރެން ނުދެނެހުރިން… ” ރިހާނީ ހިތްހަމަ ނުޖެހިފައި އިން ރާގެއްގައި ބުންޏެވެ. ” ރިނީ އަހަރެން ހާދަ ގިނަ ދުވަހެއް ވަންދެން ކެތްކޮށްފީމޭ… ރިނީ ދެއްކި ވާހަކަތަކަށް މިހާރު އިތުބާރު ނުކުރެވޭ…. ” ގިސްލެވެން ފެށުމާއެކު ޢީރާއަށް އިތުރަށް ވާހަކަ ނުދެއްކުނެވެ. ” ޢީރް… މިހާރު މޯމްވެސް އެބަހުރި އައިސް… ދެން މާކަ ގިނަ ދުވަހެއް ނުނަގާނެ… ޝީ ކޭން ހެލްޕް އަސް… ” ޢީރާގެ ޖުމްލައިން ރިހާނީ ވަރަކަށް ތަޅުވާލައިފިއެވެ.

ރިހާނީ ޢީރާއަށް ޔަޤީންކަން ދެމުން ބުނީ މީ އެންމެ ފަހު ފަހަރު ކަމަށާއި ޢީރާ ދެން ރޯން ނުޖެހޭނެކަމަށާއި ޒަވީން ޢީރާގެ ބައިވެރިއަކަށް ވަރަށް އަވަހަށް ވާނެ ކަމަށެވެ. ރިހާނީގެ ވާހަކަތަކަށް މިފަހަރުވެސް ޢީރާ އިތުބާރު ކުރިއެވެ. ނަމަވެސް އެކަމުގެ ނަތީޖާ ހިތިވެދާނެ ކަމަށް ޢީރާއަށް ވިސްނާނުލެވުނެވެ. ގަދަ މަޖުބޫރުން ޒަވީން ލިބުނު ކަމުގައި ވިޔަސް ޒަވީންގެ ހިތުން އޭނައަށް ދުވަހަކުވެސް ޖާގައެއް ނުލިބޭނެ ކަމާމެދު ޢީރާއަށް ވިސްނާނުލެވުނެވެ. ޒަވީންގެ ހިތުގައި ދުވަހަކު ފޮހެނުލެވޭނެ ފަދަ އަކުރުތަކުން އެވްލީންގެ ނަން ލިޔެވިފައި ވާއިރު ޢީރާއަށް އެހިތުން ޖާގައެއް ލިބޭނީ ކިހިނެއް ހެއްޔެވެ ؟

އެވްލީންއާއި ޒަވީން ކޮޓެޖްގެ ފެންޑާގައި ބަހައްޓާފައިވާ ސޯފާއެއްގައި އިށީންދެލައިގެން ތިބިއިރު ކޮފީގެ ލުއި މީރުވަހުން އެތަން ވަނީ ހުވަނދު ލެވިފައެވެ. ޒަވީން ބޮމުންދިޔަ ފޮފީތަށިން އަރަމުން ދިޔަ އާވިތަކުން ކުރަހާލާ ރީތި ޑިޒައިންތަކަށް އެވްލީން ބަލަހައްޓައިގެން އިނެވެ. ކިތަންމެ ވަރަކަށް ކޮފީ ބޯން ބޭނުން ވިޔަސް ޒަވީން އެނުބޯން ބުނެފައިވާތީ އެވްލީންއަށް ޖެހުނީ އޭގެ މީރުވަހުން ހިތްހަމަ ޖައްސާލައިގެން އިންނާށެވެ. ކެފީންގެ ސަބަބުން ދިމާވާ މައްސަލަތައް އޭނައަށް ރަގަޅަށް އެނގެއެވެ. ނަމަވެސް ދެވިހިފާފައި ހުރިއެއްޗެއް ދޫކޮށްލަން އުދަގޫވަނެއޭ ބުނާ ބީދައިން އެވްލީންއަށް ކޮފީއާއި ދުރުވާން އުނދަގޫވިއެވެ.

” ހާދަ ގުޅޭ ޖޯޑެކޭ… ” ކުއްލިޔަކަށް ޖުނެއިނާގެ އަޑު އިވުމުން އެވްލީންއަށް އަޑުއައި ދިމާއަށް ބަލައިލެވުނެވެ. ޒަވީންވެސް ކޮފީތަށި ސޯފާ ކައިރީގައި ހުރި މޭޒު މަތީގައި ބެހެއްޓުމަށްފަހު ، ބުމަ ގޮށްޖަހާލަމުން ޖުނެއިނާއާއި ދިމާއަށް ބަލާލައިފިއެވެ. ޒަވީންގެ އެނަފްރަތުން ފުރިގެންވާ ބަލައިލުމުން ޖުނެއިނާގެ މެޔަށް ފިނިވާ ގޮތްވިއެވެ. ” ޒަވީން ހާދަ ވަރަކަށް ރުޅި ތިއައީ… އަހަރެން އައީ އަހަރެންގެ ދަރިފުޅާ ބައްދަލު ކޮށްލަން…. ގިވް އަސް ސަމް ޓައިމް… ” ޖުނެއިނާ ގަނޑުފެންކޮޅެއްހާ ފިނިވެފައިވާ ދެއަތް ޖޯޑުކޮށްލިއެވެ. ވާރެއާ ތެމިގެން ކޮޓެޖަށް އަންނަން ޖެހުމުން ޖުނެއިނާ ހުރީ ގަނޑުވާ ހިސާބަށް ގޮސްފައެވެ. ” އެވްލީންއަކީ އަހަރެންގެ އަންހެނުން… އަހަރެން ހުރެގެން ދައްކާ ވާހަކައެއް ދައްކާ… ” ރުންކުރު ރާގަކަށް ބުނެލަމުން ޒަވީން ސޯފާއިން ތެދުވެލިއެވެ. ” ފައިން… ” ޖުނެއިނާ ހިނިތުންވުމަކާއެކު ކައިރީގައި ހުރި އުސް ގޮނޑީގައި އިށީން ވަގުތު ކުޑައެއްގެ އެހީގައި ޒަރާ އައިސް ފެންޑާއާއި އަރާ ހަމަކުރިއެވެ.

ޒަރާ އައުމުން ޒަވީން ގަދަ ކަމުން ހިނިތުންވެލަމުން އެމޫނުމަތީގައިވި ރުޅިވެރިކަން އެއްފަރާތް ކޮށްލިއެވެ. މިމަންޒަރު ފެނުމުން ޖުނެއިނާ ގާތަށްއައީ ނުލަފާ ހިންޏެކެވެ. ޒަވީންގެ ބަލިފަޔަކީ ކޮބައިކަންވެސް އެނގުނީތާއެވެ.

” މަންމަ ލީންއަށް ދޭން ބޭކްކުރި ކުކީޒްމީ… ” ޒަރާ ގެނައި ތަބަކުގައި ހުރި ކުކީޒްތައް އަތުލަމުން ޖުނެއިނާ އެވްލީންއަށް ދިއްކޮށްލިއެވެ. ޒަވީން ޝައްކުގެ ނަޒަރަކުން ޖުނެއިނާއަށް ބަލައިލަމުން ދެލޯ ހަނިކޮށްލިއެވެ.

” ވިޗް ފްލޭވާރ އިސް އިޓް ؟ ” ޒަވީން އަހާލައިފިއެވެ.

” ޕަޕާޔާ… ” ޖުނެއިނާ ޒަވީންގެ ސުވާލަށް ޖަވާބު ދިނެވެ. ” ސޮރީ ޓު ސޭއި… ޝީ އިޒް އެލާޖިކްޓު ޕަޕާޔާސް… ” ޒަވީން ބުނެލިއެވެ. ” ވަޓް ! ” ޖުނެއިނާ ތަބަކަށް ބަލައިލީ ހިތާމަވެރި ނަޒަރަކުންނެވެ.

ޒަވީން ކުރިން އޭނަ ބުނި ޖުމްލަ އަނެއްކާ ތަކުރާރުކޮށްލިއެވެ.

” ތޭންކް ގޯޑް… ، ލީން ޕަޕާޔާއަށް އެލާރޖިކް ވާކަން ޒޭވް ނުބުނިނަމަ ބޭބީ މިސްކެރިއޭޖް ވުމުގެ ފުރުސަތު ބޮޑުވީސް… ” ޒަރާ ސޯފާގައި އިށީންނަމުން ފިނިވެފައިވާ އެވްލީންގެ އަތުގައި ހިފަހައްޓާލިއެވެ. ޖުނެއިނާ ޒަވީންއާއި ދިމާއަށް ކަޅިއަޅާލަމުން ހިތާހިތުން އެތައް ހާސް އެއްޗެއް ޒަވީންއާއި ދިމާއަށް ކިޔާލިއެވެ. އެވްލީން ފަޅޮލަށް އެލާޖިކް ވާކަން އެނގިހުރެ އޭނަ އެގެނައީވެސް އެވްލީންއަށް ލަނޑެއް ދިނުމަށެވެ. ނަމަވެސް ޒަވީންގެ ސަބަބުން އޭނައަށް އެކަން ހާސިލު ނުކުރެވުނެވެ. ހުރިހާ ކަމެއް މިވީ އޭނަގެ ގަމާރު ކަމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ވެހެމުންދިޔަ ވާރެއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު ވާރޭގެ ސަބަބުން ފަޒާވަނީ ވަރަކަށް ފިނިކޮށްލާފައެވެ. އެތައްހާސް ފެންތިކިތައް ފުރާޅުގައި ބޮސްދޭއިރު ހީވަނީ ކުޑަ ގާތަކެއް ފުރާރުމައްޗަށް އުކާލާހެންނެވެ. ބާރުގަދަ ވައިރޯޅިތަކާއެކު ގަސްތައް ހީވަނީ މޮޔަވެފައި ވާހެންނެވެ. ވައިރޯޅިތަކަށް ކެތް ނުކުރެވިގެން ބަގީޗާގައި ހެދިފައިވާ ބަލިކަށި ގަސްތައް ވަނީ މުލުން ލުއްސައިގެން ގޮސްފައެވެ. އާފަލު ، އޮރެންޖް ، ޗެރީ އަދި އެވަކާޑޯ ގަސްތަކުގައި އަޅާފައިވާ މޭވާތައް ފެހިކަންގަދަ ކާޕެޓް ގްރާސް މައްޗައް ވެއްޓިފައި ވުމުން މޭވާގެ ދޫލައެއް ބަގީޗާގައި ވަނީ ފަތުރާލާފައެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އަކިޔަސް ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތީ އޮފީހުން އައީއްސުރެ ބޮލުގައި ރިއްސާވަރުން އަރާމު ކޮށްލުމުގެ ބޭނުމުގައެވެ. ބޮލަށް ބައެއްފަރަ ތަދު އަރައިގެންދާއިރު ސިކުނޑި ފަޅައިގެން ހިނގައިދާނެ ހެން ހީވާފަހަރު ވެސް އާދެއެވެ. އަކިޔަސް ގޮސް ކޮޓަރިއަށް ވަނުމާއެކު ޖުނެއިނާ އަތުގެ އިޝާރާތުން އޭނައާއެކު އައުމަށް ރިހާނީ ކައިރީގައި ބުނެލިއެވެ.

ރިހާނީ ޖުނެއިނާގެ ފަހަތުން ގޮސް ނިކުތީ ގޭގެ ޕޯޓިކޯއަށެވެ. އޭރު ޒަރާމެން މަޖާ ވާހަކައެއްގައި ތިއްބެވެ.

” ރިނީ މި ޑްރަގް ކިޔާއަށް ކޮންމެވެސް ގޮތަކަށް ދީ… ” ޖުނެއިނާ ދެކޮޅަށް ނަޒަރު ހިންގައިލަމުން އޭނަގެ އަތުގައި އޮތް ކުޑަ ދަބަހުން ހުދުކުލައިގެ އެއްޗެއް އަޅާފައި ހުރި ޕެކެޓެއް ނެގިއެވެ. ” މޯމް… އަހަރެން ކިހިނެއް ކިޔާއަށް ތި ދޭނީ… އެންޑް ޑްރަގް އިޒް ނޮޓް ގުޑް… ” ރިހާނީ ފާޅުގައި އަކިޔަސްއަށް އެދޭން ދެކޮޅު ހެދިއެވެ. ” ރިނީ ޓްރައިޓު އަންޑަސްޓޭންޑް… އަކިޔަސްއަށް ރިނީ ވަރިނުކުރެވޭނެ ހަމަ އެކަނި ގޮތަކީ ރިނީ އަކިޔަސްގެ ކުއްޖަކަށް ބަލިވެ އިނުން ، އެންޑް ދިސް ވިލް އޮންލީ ލީޑް ޓު ދެޓް… ” ޖުނެއިނާގެ އަޑުގައި މިފަހަރު ރުޅިވެރިކަމާއި އެއްވަރަށް ހަރުކަށިކަން އެކުލެވިގެން ވިއެވެ. ” އެކަމަކު ކިހިނެއް އަހަރެން ކިޔާއަށް ތިދޭނީ ؟ ” ޖުނެއިނާގެ ޖުމްލައިން ރިހާނީއަށް ވިސްނާލަން މަޖުބޫރު ވިއެވެ.

މަންމަވެސް އެބުނީ ތެދެކެވެ. އޭނަގެ ބަނޑުން އަކިޔަސްގެ ދަރިއަކު އުފަން ވެއްޖެނަމަ އޭނަ ވަރިކުރަން އަކިޔަސްއަށް ނުކެރޭނެއެވެ.

” ޖޫސްތަށްޓަކަށް އަޅާފަ ދިނީމަ ކިޔާއަކަށް ނޭގޭނެ… ދިސް އިޒް އަ ސްޓްރޯންގް ޑްރަގް… ޑްރަގް އިންޖެކްޓް ވީމަ ވަގުތުން އޭގެ އަސަރު ފެންނާނެ… ” ޖުނެއިނާ އެޕެކެޓް ރިހާނީއަތަށް ދިއްކޮށްލިއެވެ. ރިހާނީ އެ ޕެކެޓް އަތުލަމުން މިސްރާބު ޖެހީ ބަދިގެއާއި ދިމާއަށެވެ. ރިހާނީ ސިއްރުން ބަދިގެއަށް ވަންނަމުން އޮރެންޖް ޖޫސް ޖަގުން ދިގު ތަށްޓެއް ފުރެންދެން ޖޫސް އަޅާލުމަށްފަހު ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ. އޭރު އޭނަގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވިއެވެ.

ރިހާނީ ކޮޓަރިއަށް ވަންއިރު އަކިޔަސް އޮތީ ނިއްކުރި މަތީގައި އަތް ބާއްވާލައިގެންނެވެ. ޑްރެސިންގް ޓޭބަލް މަތީގައި ޖޫސް ތަށި ބެހެއްޓުމަށްފަހު ރިހާނީ ހިނގައިގަތީ ފާޚަނާއާއި ދިމާއަށެވެ.

އިރުކޮޅެއްފަހުން ރިހާނީ ފާޚަނާއިން ނިކުމެގެން އައީ ލޭސް ފޮތީގެ ނައިޓީއެއް ލައިގެންނެވެ. ފައިގެ ފަލަ މަސްގަނޑާ ހަމައަށް އަންނަ އެނައިޓީގެ ދެކޮނޑުވަނީ އައްސާލާފައެވެ. ނައިޓީ ރިހާނީގެ ރީތި ހަށިގަނޑަށް ހިފާފައި ވުމުން އެހަށިގަނޑުގެ ބައްޓަންތައް ވަނީ ހާމަވެފައެވެ. އެބުޅި އިސްތަށިގަނޑު ނިއުޅިފައި ވާއިރު ނަންނުގަތިތަކެއްހެން ފައިބާފައިވާ ސްޕްރިންޖް ކޮޅުތައް އެދޮން ކަނދުރާގައި ހޭކެމުން ދާއިރު ރިހާނީގެ ރީތިކަމަށް އިރު ދިރުމެއް ގެނެސްދެއެވެ.

ރިހާނީ އޭނަގެ މަންމަ ދިން ޕެކެޓް ޖޫސްތަށްޓައް އަޅައިލަމުން ލުއި ފިޔަވަޅުތަކެއްގައި ގޮސް އެނދުކައިރިއަށް ހުއްޓުނެވެ. ” ކިޔާ… ” ރިހާނީ އަކިޔަސްއަށް ގޮވައިލީ ނުހަނު ލޯބިންނެވެ. ރިހާނީގެ އަޑަށް ލޯމަރާލައިގެން އޮތް އަކިޔަސް ދެލޯ ހުޅުވައިލަމުން ރިހާނީއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.

ކޮޓަރިއަށް ފެތުރިފައިވާ އިންޑިގޯ ކުލައިގެ ނިދާ ބޮކީގެ އަލި އަކިޔަސްގެ ދެލޮލަށް އެޅިފައިވުމުން ހިތްދަމައިގަން ގޮތެއް ހުއްޓެވެ. ރިހާނީ އެދެލޮލުގެ ތެރެއަށް ގެނބިގެން ދާން ނެގީ މަދު ވަގުތު ކޮޅެކެވެ. އެދަގަތްޕާނުގެ ބާރާރާއި ހިޕްނޮޓައިސް ކުރުމުގެ ބާރު ލިބިފައިވާ ދެލޮލުން ސަލާމަތް ވާނީވެސް ކިހިނެއް ހެއްޔެވެ ؟ އަކިޔަސް ކުޑަކޮށް ތެދުވެލުމުން ރިހާނީ ސިއްސައިގެން ދިޔައެވެ. އެވަގުތު ޖޫސްތަށި އަތުން ދޫވެގެން ނުދިޔައީ ނަސީބަކަށެވެ.

” އޮރެންޖް ޖޫސް… ” ރިހާނީ ޖޫސްތަށި ދިއްކޮށްލުމުން އަކިޔަސް ޖޫސްތަށީގައި ހިފެހެއްޓިއެވެ. ” ތޭންކްސް… ” އަކިޔަސް އެއްނޭވާއިން ޖޫސްތަށި ހުސްކޮށްލުމާއެކު ހީވީ މުޅިތަން ފުސްވިހެންނެވެ. އަވަސް އަވަހަށް އެސްފިޔަ ތަޅުވާލި ހިނދު ބޮލުގައި އުފެދިފައިވާ ރިހުން އެއްކޮށްހެން ރަގަޅު ވެއްޖެއެވެ. ފުންނޭވާތަކެއް ފަޒާގެ ތެރެއަށް ދޫކޮށްލުމުން އަކިޔަސް ތެދުވާން އުޅުމުން ފައިން ވާގި ދޫވިހެން ހީވިއެވެ. ރިހާނީ ބާރަކަށް އަކިޔަސް ގައިގައި ހިފަހައްޓާލުމުން ދެމީހުން ވެސް އެއްފަހަރާ އެނދަށް ވެއްޓިއްޖެއެވެ. އަކިޔަސްއާ އެނދާ ދެމެދުވެ ފިތިގެން ދިޔަ ވަގުތު ރޭހެއްގައި ދުވާ އަހެއްގެ ހިތުގެ ތެޅުންހާ ރިހާނީގެ ހިތުގެ ތެޅުން ބާރު ވިއެވެ.

ކުއްލިޔަކަށް ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލު ތަކުގެ ސަބަބުން އަކިޔަސްގެ ހަށިގަނޑުގެ ހުރިހާ ނާރެއް ވާންކޮށްލައި ލޭގެ ހިނގުން އަަވަސް ކޮށްލިއެވެ. ރިހާނީ ތެޅިތެޅި އޮތް ހިތަކާއެކު އަކިޔަސްގެ މޫނަށް ބަލައިލުމުން އެހަށިގަނޑުގެ އެންމެ ހިމަނާރު ތަކާ ހަމައަށް ދުވެލީ ފޮނި ރާޅުބާނީ ތަކެކެވެ. އެދެލޮލުން ރިހާނީއަށް ފެނުނީ މަސްތީ އަސަރުތަކެވެ. އަކިޔަސްގެ ހޫނު ނޭވާތައް ރިހާނީގެ މޫނަށް އެޅެން ފެށުމުން ރިހާނީއަށް ދެލޯ މަރައިލެވުނެވެ. އަކިޔަސް ރިހާނީގެ މަޑުމަޑު ތުންފަތާއި ލޯބިކޮށްލުމުން ރިހާނީއަށް ބައްދާލެވުނީ އަކިޔަސްގެ ބުރަކަށީގައެވެ. އެވެސް ނުހަނު ބާރަށެވެ. މިހާ ދުވަސް ވަންދެން އަކިޔަސް ވަޅުލައިގެން ހުރި ހިއްސުތައް ހޭލައްވާލާފައިވުމުން އޭނައަށް ރިހާނީއާއި ދުރުގައި ހުންނަން ކުޅަދާނަ ނުވިއެވެ. ހީވަނީ އެހުރިހާ ހިއްސުތަކެއްގައި ހުޅު ރޯކޮށްލާފައި ވާހެންނެވެ.

އަކިޔަސް ގުދުވެލަމުން ރިހާނީ ކަނދުރާގައި ތުންފަތް ޖައްސާލަމުން ނައިޓީގެ ކޮނޑުގައިވާ ފަށަށް ދޫކޮށްލިއެވެ. އަކިޔަސްގެ ފަރާތުން ލިބެމުން ދިޔަ ބީހުން ތަކުން ރިހާނީއަށް އިތުރަށް އަކިޔަސްއާއި ކައިރިވުން ނޫންކަމެއް ނުކުރެވުނެވެ. އަކިޔަސް އޭނަ ލައިގެން ހުރި ޓީޝާޓް ބޭލުމުން ރިހާނީ އެހަށިގަނޑުގައި އަށްޓަމަހެއްހެން ތަތްވެލިއެވެ. ދެހިތުގެ ތެޅުންވެސް ނުހަނު ހަލުވިވެފައި ވުމުން އަވަސް ނޭވާތަކުގެ އަޑުން ކޮޓަރީގެ ހިމޭންކަން ތޮރުފާލަމުން ދިޔައެވެ. އަކިޔަސް އެދެމެދުގައިވާ ބީރައްޓެހިކަމުގެ ފާރުތައް ތަޅާ ފުނޑުފުނޑުކޮށްލަމުން ޖިސްމުގައި ރޯވެފައިވާ ހުޅުގަނޑު ނިއްވަން މަސައްކަތް ކުރިއެވެ. ވެހެމުން ދިޔަ ވާރޭ ވެގެންދިޔައީ ދެޖިސްމުގެ އެދުންތަކުގައި އިތުރަށް ހުޅުރޯކޮށްލި ބައިވެރިއަކަށެވެ.

އައު ދުވަހަކަށް ވިލާތަކުގެ ތެރޭން އިރުގެ ދޯދިތައް ފަތުރާލުމުން ދޫނިސުފާސޫފީގެގެ އަޑުން ލަންޑަން ސިޓީ ގުގުމާލިއެވެ. ރޭ ވެހުނު ވާރޭގެ ސަަބަބުން ހުރިހާ ތަނެއް ތެއްކޮށްލާފައި ވާއިރު މަގުތަކުގައި ހެދިފައިވާ ގަސްތަކުގެ ގޮފިތައް ވަނީ ބިންދައިގެން ގޮސް މަގަށް އެޅިފައެވެ. މަގުތަކުގައި މަދުންނަމަވެސް ފެންކޯރުތައް ހެދިފައި ވެއެވެ. ރޭގެ ތޫފާނަށްފަހު ވޯޓާރ ކްރިސްޓަލް ގޭގެ ބަގީޗާވަނީ އެއްކޮށްހެން ހަލާކުވެފައެވެ. މާގަސްތައް މުލުން ލިހިފައި ވުމުން އޭގައިވާ މާތައް ވަނީ މިލާ މޯޅިވެފައެވެ. ގަސްތަކުން ފައިބާފައިވާ މޭވާތައް ބޮޑެތި ކްރޭޓްތަކަށް ލުމަށްފަހު ބަގީޗާގައި ހުންނަ ކޯލްޑް ސްޓޯރޭޖަށް ގެންދިއުމުގައި ބަގީޗާ ބަލަހައްޓާ މީހުން އަވަދިނެތި އުޅެއެވެ.

ގަޑި ސޯނާވާ އަޑަށް ކަންނެތް ގޮތަކަށް އަކިޔަސް ލޯހުޅުވައިލުމުން އޭނައަށް ސިހުން ލިބުނެވެ. ރިހާނީ އޭނައާއި ނުހަނު ކައިރީގައި ނިދާފައި އޮތް އިރު ދެހަށިގަނޑު ނިވާކުރަން ބޭނުން ކޮށްފައިވާ ކުއިލްޓް ފިޔަވާ އެއްވެސް ފޭރާމެއް ނުވެއެވެ. އަކިޔަސް ތެދުވާން އުޅުމުން ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ބޮލުގައި ހިފަހައްޓައިލަމުން އަކިޔަސް އެނދުގެ ހެޑްބޯޑަށް ލެނގިލައިފިއެވެ. ރޭ ހިނގި ހާދިސާ ލޯކުރިމަތިން ސިފަވާން ފެށުމާއެކު އަކިޔަސްއަށް ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. އޭނަގެ ކެތްތެރިކަން އެހާ އަވަހަށް ކޯޅުން ލައިގެން ދިއުމުން އަކިޔަސް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަ މިހާ ދުވަސް ވަންދެން އެހުރިހާ ހިއްސުތަކެއް ނެތްއެއްޗެއް ކަމުގައި ހަދާލައިގެން ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ ؟ މިކަމުގެ ނަތީޖާ ނިކުންނާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ކުރާނެ ކަމެއް ނެތެވެ. އެ ގޯސް ހެދިއްޖެއެވެ.

ރޭ ރިހާނީ އޭނައަށް ދިން ޖޫސްތަށި މަތިން ހަނދާން ވުމާއެކު އަކިޔަސް ބާރުގަދަ އެތިފަހަރެއް އެނދަށް ވީއްލައިލަމުން މާބްލްސް މަތީގައި ހުރި ހެދުންތައް ނަގައިގެން ލާން ފެއްޓިއެވެ. އަކިޔަސް ޓީޝާޓް ބޮލުން ވައްޓާލަމުން ރުޅިވެރި ނަޒަރަކުން ރިހާނީއާއި ދިމާއަށް ބަލާލައިފިއެވެ. އޭރު ރިހާނީ ދެލޯ ބޮޑުކޮށްލައިގެން އޮތް އިރު ނޭވާލާން ވެސް އޭނަ ހަނދާނެއް ނެތެވެ.

” އަ..އަކިޔަސް.. ” އަޅައިގަންނަމުން ރިހާނީ އަކިޔަސްއަށް ގޮވާލިއެވެ. ރިހާނީގެ އަޑު އަކިޔަސް ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއް ހެންނެވެ. ” ޑޯންޓް ކޯލްމީ ! ކޯޗެއް އަހަންނަށް ރޭ ދިން ޖޫސްތަށްޓަށް އެޅީ ؟ ” އަކިޔަސް ބާރަކަށް ހިނގާލާފައި އައިސް ރިހާނީ ކޮނޑުގައި ހިފަހައްޓައިލަމުން މަޑު ބާލީސްތަކުގެ ތެރެއަށް ގަންބާލިއެވެ. ” ކިޔާ ޔޫ އާރ ހާރޓިންގް މީ… އަހަރެން ކިޔާއަށް ދިން ޖޫސްތަށްޓަށް އެއްވެސް އެއްޗެއް ނާޅަން… ” ރިހާނީ ރޮވިފައިވާ އަޑަކުން ބުންޏެވެ. ” ދޮގު… ” އަކިޔަސް ދެލޯ ހަނިކޮށްލަމުން ދެދަތްޕިލަ ޖައްސާ ކުރިއަށް ވުރެ ބާރު ކޮށްލިއެވެ. ” އަކިޔަސް އަހަރެން ދޮގެއް ނަހަދަން… ޔޫ އާރ ނައު ޓްރައިން ޓު ސޭއި އޯލް ދެޓް ވޯޒް އަ މިސްޓޭކް ؟ ” ރިހާނީ ގިސްލަމުން ގޮސް އަޑު ކުރެހުނެވެ. ” އާނ… އޯލް ދެޓް ވޯޒް އަ މިސްޓޭކް… އަހަރެން އެއްގޮތަކަށް ވެސް ކުރަން ބޭނުންވި ކަމެއް ނޫން އެއީ… ” އަކިޔަސް ބާރުބާރަށް ހިނގާލާފައި ގޮސް ފާޚަނައަށް ވަނެވެ.

ރިހާނީ ލޮލުން ފޭދިފައިވާ ކަރުނަ ތިކިތައް ފޮހެލަމުން ހިނިތުންވެލިއެވެ. އެތުންފަތުގައި ފަތަހައިގެ ހިނިތުންވުމެއް ވީއިރު ފަސޭހަ ކަމާއެކު ހުރިހާ ކަމެއް ނިންމާލެވުމުން އެހިތަށް ވަނީ ފިނިކަން ގެނެސްދީފައެވެ. ފިހިފައިވާ ތަނެއްގައި ގަނޑުފެން އަޅާލަ ދިނުމުން ކުރެވޭނެފަދަ އިހްސާސްތަކެއް ރިހާނީއަށް ކުރެވުނެވެ. އެތައް ދުވަހެއް ވަންދެން އަކިޔަސްގެ ލޯތްބަށް ފެންބޮވައިގަނެފައި ވަނިކޮށް އަކިޔަސްގެ ފިރުމުންތަކާއި ރޭ އަކިޔަސް އޭނައަށް ދިން ނިމުމެއް ނުވާ ލޯބިން އެކަރު ހިއްކުން ވަނީ ފިލުވާލަ ދީފައެވެ. އަކިޔަސް ކިތަންމެ ވަރަކަށް އެކަންމަތިން ހަނދާން ނައްތާލަން އުޅުނަސް އެއީ ވާނެ ކަމެއް ނޫނެވެ. ކިތަންމެ ހިތިވިޔަސް އަކިޔަސް ޖެހޭނީ އެއީ ހަޤީޤަތްކަން ޤަބޫލުކުރާށެވެ.

*****

އެވްލީން ހެނދުނު ބަގީޗާ ތެރޭގައި ހިނގާލަން ނިކުތް އިރު ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން އެ ހަށިގަނޑުގައި ވަނީ މަޑު ތުރުތުރު ލުމެއް އުފައްދާލަފަ އެވެ. އިރުގެ ދޯދިތައް ފަތުރާލާފައި ވީނަމަވެސް ފަޒާ އޮތީ ފިނިކޮށެވެ. އޮކްޓޯބާރ މަހުގެ ފަހުކޮޅަށް ވުމުން ހަރީފު މޫސުމުގެ ދަޅަތައް ވަނީ ފެންނަން ފަށާފައެވެ. ވޯލްނަޓް ، ޝުގާރ މޭޕްލް ، ރެޑް އޯކް ، ވައިޓް ބާޗް ގަސްތަކުގައިވާ ފެހި ކަންގަދަ ފަތްތަކުގެ ކުލަ ބަދަލުވާން ފަށާފައި ވާއިރު ، ލުއި ވައިރޯޅިތަކާއެކު ބަލިކަށިވެފައިވާ ފަތްތައް ކާރޕެޓް ގްރާސް މަތީގައި ބޮސްދޭއިރު ހީވަނީ ފަތްތަކުގެ ދޫލައެއް ފަތުރާލާހެންނެވެ. ރަތް އަދި ރީނދޫ ކުލައިގެ ފަތްތަކުގެ ސައިލު މަތިން އެވްލީން ހިނގަމުން ދިޔައިރު މުރަނަ އަޑަކުން ފަޒާގެ ހިމޭންކަން އިރުއިރުކޮޅާ ނަގާލައެވެ. ކޮންމެ ތަނަކަށް ނަޒަރު ހިންގާލިކަމުގައި ވީނަމަވެސް ބަހާރު މޫސުމުގެ ކުލަ ފަނޑުވެގެންދާ މަންޒަރު ފެނިގެން ދާނެއެވެ.

ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ސްކައި ބްލޫ ކުލައިގެ ސްކިނީ ޖިންސެއް ލައިގެން ހުރިއިރު އެވްލީންގެ ރީތި ހަށިގަނޑަށް ޓީޝާޓާއި ޖިންސް ވަނީ ހިފާފައެވެ. ޓީޝާޓް މަތިން ޖެކެޓެއްވެސް ލައިގެން ހުރިއިރު އެދިގު އިސްތަށިގަނޑު ވަނީ ވޫލް ހެޓް ކޮޅަކުން ފޮރުވާލާފައެވެ. ފިނި ބޮޑު ވުމުގެ ސަބަބުން އެވްލީންގެ ދޮން މޫނަށް ރަތް ކުލަ އަރާފައި ވުމުން ވަކިން ރީތިކަމަށް ދައްކައެވެ. ގަނޑުފެންކޮޅެއްހާ ފިނިވެފައިވާ ދެއަތްތިލަ ޖެކެޓްގެ ޖީބަށް ކޮށްޕައިލަމުން އެވްލީން ގޮސް ހުއްޓުނީ މާގަސްތައް ކައިރިއަށެވެ. މާގަސްތަކުގައި ފޮޅިފައިވާ ކުލަ ކުލައިގެ މާތައް ވަށާ މާބުރާއި ކޮކާތައް އުދުހޭ މަންޒަރު ކިތަންމެހާ ވެސް ފުރިހަމައެވެ. އެވްލީން ލައިލަކް މާތަކާއި ކުޅެލުމާއެކު މާތަކުން ފޮނިބޮމުން ދިޔަ އެތައް ސަތޭކަ ކޮކާތައް އެއްފަހަރާ އުދުހިގައެވެ. ހައިރާންކަމާއެކު އެވްލީން އެ ޤުދުރަތީ ރީތި މަންޒަރަށް ބަލަހައްޓައިގެން ހުރިއިރު އެތުންފަތުގައި ރީތި ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ.

ފޯނުން ލަވައެއް އަޑުއަހަމުން އަކިޔަސް ބެކްޔާރޑަށް ނިކުތް އިރު އެމޫނުމަތިން ރުޅީގެ އެއްވެސް އަސަރެއް ފެންނަން ނެތެވެ. އިންސާނަކަށް ވުމުން އެހިއްސުތަކަކީ ނެތް އެއްޗެއް ކަމުގައި ހަދާލައިގެން ނުތިބެވޭނެކަން އަކިޔަސް އަށް ވިސްނުނީ ކަން ނޭގެއެވެ. ނަމަވެސް އެހިތުގައި ފުދޭވަރަކަށް ޝައްކު އުފެދިފައި ވެއެވެ. ރިހާނީ އޭނައަށް ދިން ޖޫސްތަށްޓާއި އެހުރިހާ ކަމަކާ ގުޅުމެއް ވާކަން ތަކުރާރުކޮށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އަކިޔަސް ހެޑްސެޓް އަޅައިގެން ހުރިއިރު އިވެމުންދިޔަ އިނގިރޭސި ލަވައިގެ އަޑު އެކަންފަތުގައި ވަނީ ގުގުމާލާފައެވެ. ކަޅު ކުލައިގެ ހޫޑީއަކާއި ޖިންސް ފޮތީގެ ސޯޓެއް ލައިގެން ހުރިއިރު އެބައިމަތި ފުޅާ ހަށިގަނޑަށް ހޫޑީ އޮތީ ހިފާފައެވެ. އަކިޔަސް ސޯޓްގެ ޖީބަށް އަތްކޮށްޕާލައިގެން މޮޑެލް ސްޓައިލަށް ހިނގާލާފައި ދިޔައިރު އަވިއައިނަކުން އެއަޅިކުލައިގެ ދެލޯވަނީ ފޮރުވާލާފައެވެ.

އެވްލީން ލައިލަކް މާތަކެއް ބިނދެލުމަށްފަހު މިސްރާބު ޖެހީ ކޮޓެޖާއި ދިމާއަށެވެ. ކުރިއަށް ދެތިން ފިޔަވަޅު އެޅުނުތަނާހެން އެވްލީން ސިއްސައިގެން ދިޔައީ އޭނައާއި ނުހަނު ކައިރީގައި ހުއްޓިލައިގެން ހުރި އަކިޔަސް ފެނުމުންނެވެ. ބިރުން ގޮސް އެވްލީންއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނު އިރު ހިތުގެ ތެޅުންވަނީ އަތައް ގުނައަކަށް އަވަސް ވެފައެވެ. ކައިރީގައި ހުރި ވައިޓް ބާޗް ގަހުގައި އަޅައިގެންފައި އެވްލީން އަރިއަޅާލި ހިނދު ހަޅޭއްލަވައި ގަނެވުނީ ކަރުފަޅައިގެން ދާހާ ބާރަށެވެ. އެއަޑަށް ގަސްތަކުގައި މަޑު ކޮށްލައިގެން ތިބި ދޫނިތައް ވެސް އުދުހިގަތެވެ. އަކިޔަސް އެބާރުގަދަ ދެއަތުން އެވްލީންގެ މެދުހަށީގައި ހިފަހައްޓައިލުމުން އިހްތިޔާރަކާއި ނުލައި އެވްލީންއަށް އަކިޔަސް ލައިގެން ހުރި ހޫޑީ އަތަށް ބޮނޑިކޮށްލެވުނެވެ.

އަވަސް ނޭވާތަކެއް ބޭރުކޮށްލުމަށްފަހު އެވްލީން އަކިޔަސްއާ ދުރަށް ޖެހިލަމުން މޫނަށް ރުޅިވެރިކަން ގެންނަން މަސައްކަތް ކުރިއެވެ. އަކިޔަސް ފެނުމުން އެހިތުގައި އުފެދޭ ބިރުވެރިކަން ނެތިކޮށްލެވޭނެ ހަމަ އެކަނި ގޮތަކީ އެއީ އެވެ. ޒަވީން ބުނެފައިވާ ފަދައިން ފިނޑި ވުމުން މީހުންނަށް އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ފަސޭހަވާނެއެވެ. އެކަހަލަ ފުރުސަތެއް އަކިޔަސްއަށް ދޭން އޭނަ ބޭނުމެއް ނުވެއެވެ. އަކިޔަސް އޭނައަށް ޖިސްމާނީ އަނިޔާތައް ދެނީ އޭނަގެ ފިނޑި ކަމުންކަން މިހާރު އޭނައަށް ޤަބޫލު ކުރެވިއްޖެއެވެ.

އަވަސް އަވަހަށް އެވްލީން އެތަނުން ދާން ހިނގައިގަތުމާއެކު އަކިޔަސް ގޮވާލައިފިއެވެ. އެފިރިހެން ވަންތަ އަޑު ކަންފަތުގައި ގުގުމާލުމުން އެވްލީން ހުއްޓުން އެރިއެވެ. ޒަވީންގެ އަޑާއި އަކިޔަސްގެ އަޑާއި ހާދަ ވައްތަރެވެ. ތަފާތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެވްލީންއަށް ހަރަކާތެއް ގެންނަން އެނގުނީ އަކިޔަސް އައިސް ކުރިމައްޗަށް ހުއްޓުނު ފަހުންނެވެ.

” ލެޓް މީ ގޯ .. ” އެވްލީން ކުރިއަށް ދާން އުޅުމުން އަކިޔަސް ކުރި ބެއްދިއެވެ. ” ނީޑް ޓޫ ޓެލް ޔޫ ސަމްތިންގް… ” އަކިޔަސް އޭނަ އަޅައިގެން ހުރި އަވިއައިނު ނަގައި އެވްލީންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. މިއަދު ލިބަފައި މިއޮތް ރަނުގެ ފުރުސަތު ގެއްލުވާލަން އަކިޔަސް ބޭނުމެއް ނޫނެވެ. ރިހާނީ އެވްލީންގެ ދަރިފުޅު އެބޯޓް ކުރަން އުޅޭއިރު އެވްލީންއަށް ރިހާނީގެ ނުބައި ރޭވުންތައް އެގެން ޖެހޭނެއެވެ. އެހެންނޫންނަމަ މައުސޫމް ފުރާނައެއް މިދުނިޔެ ދޫކޮށް ހިނގައިދާނެއެވެ.

އަކިޔަސްއަށް ރިހާނީގެ ހޭންޑްބޭގް ތެރެއިން އެބޯޝަން ޕިލްސް ކާޑު ފެނުނު ފަހުން ރިހާނީ އޭނަގެ މަޤްސަދު ހާސިލު ނުވަނީސް ދޫކޮށް ނުލާނެކަން ވަނީ ކަށަވަރު ވެފައެވެ. ” އަކިޔަސް އާރ ޔޫ ޑެފް ؟ ކިތައް ފަހަރު ބުނާނީ އަހަރެން ބޭނުމެއް ނޫނޭ އަކިޔަސްއާ ވާހަކަ ދައްކާކަށް…. ” އެވްލީން ހިތުގައި މީގެ އިރުކޮޅެއް ކުރިން އުފެދުނު ބިރުވެރިކަން ވަންތަނެއް ވެސް ނޭގެއެވެ. އެވްލީންގެ ޖުމްލަ އަޑު އިވުމާއެކު އަކިޔަސް ބުމަ ގޮށްޖަހާލައިފިއެވެ. އެވްލީންގެ ދަރިފުޅަށް ނުރައްކަލެއް ވާކަން ވިސްނައިދޭން އުޅުމުން އެވްލީން އަޑުއަހާކަށް ބޭނުމެއް ނުވިއެވެ.

ރުޅި އައިސް ރަތްވެފައި ހުރި އަކިޔަސް އެވްލީން އަތުގައި ހިފާ ލުއްކިއެއް ޖެހިއެވެ. ” ދޫކުރޭ… ” ނިކަން އުނދަގުލާއެކު އެވްލީން ޖުމްލަ ފުރިހަމަކުރިއެވެ. ” ކީޕް ކުއައިޓް އެންޑް ލިސިން ޓު މީ… ” އަކިޔަސް އެވްލީން އަތަށް ބާރު ކޮށްލުމުން އެވްލީން ލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް އޭނަ އެކަރުނަ ތިކިތައް ހިންދަން އޭނަ މަސައްކަތް ކުރިއެވެ. ” ލީވްމީ… ! ޔޫ ޑޯންޓް ހޭވް އެނީ ރައިޓް ޓު ޓަޗްމީ ލައިކް ދެޓް… އަކިޔަސްގެ ސަބަބުން އަހަރެން ބޭނުމެއް ނޫން ޒޭވްއާ އަހަންނާ ދެމެދު މައްސަލަ ޖެހޭކަށް…… ” އެވްލީން އަކިޔަސް އަތު ތެރޭން އޭނަގެ އަތް މިނިވަން ކުރަން މަސައްކަތް ކުރިއެވެ. މިފަދަ މަންޒަރެއް ޒަވީންއަށް ފެނިއްޖެނަމަ ވާނެ ގޮތެއް އެނގެނީކީ ނޫނެވެ. ” ފައިން… އެކަމަކު އަހަރެން ބުނަން އައި އެއްޗެއް ބުނެފަ ނޫނީ އެވްލީންއަށް މިތަނަކުން ނުދެވޭނެ… ” ކުއްލިޔަކަށް އެވްލީން އަތުން ދޫކޮށްލަމުން އަކިޔަސް ސޯޓުގެ ޖީބަށް އަތް ކޮށްޕާލިއެވެ. އެވްލީން ފޫހި ގޮތަކަށް އަކިޔަސްއާއި ދިމާއަށް ބަލައިލުމުން މެޔަށް ފިނިވާ ގޮތްވިއެވެ. އެދެލޮލުގައިވި ހަރުކަށިކަމެއްގެ ސަބަބުން އެވްލީންގެ ދުލުގައި ތަޅު ލެވުނު ކަހަލައެވެ. ދެން އިތުރަށް އެންމެ ލަފްޒެއް ބޭރު ކުރާނެހާ ހިތްވަރެއް އެވްލީންއަށް ނުލިބުނެވެ.

” ޔޯރ ޗައިލްޑް އިޒް އިން ޑޭންޖާރ… ” އަކިޔަސް ބުނެލިއެވެ. ” ވަޓް ! ” އެވްލީންއަށް އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ހުރެވުނެވެ. އަކިޔަސް ބުނި ކޮންމެ ލަފްޒަކުން އެހަށިގަނޑުގެ ހުރިހާ ނާރުތައް ފަޅިފަޅިވެ ސިކުނޑި އެތިކޮޅުތައް ބުރުވާލައިފިއެވެ. ކަންފަތް ތެރޭގައި އެއަޑު ގުގުމާލާފައި ވަނީ ހޮނު ގުގުރިއެއްގެ އަޑު ހެންނެވެ. އަކިޔަސް ކުރިން އޭނަ ބުނި ޖުމްލަ ތަކުރާރުކޮށްލަމުން ރިހާނީގެ ހަރަކާތްތަކަށް ފަރުވާތެރިވެ ހުރުމަށް ބުނެލިއެވެ. އެވްލީންއާ މެދު ހަމްދަރުދީ ވެވުނުކަމުގައި ވިޔަސް އެވްލީން ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތަކުން އެހަރު ހިތް ލަންބާ ނުލެވުނެވެ. އެވްލީން އޭނައަށް ދިން ކެހި މަތިން ހަނދާން ނައްތާލެވޭނި ކިހިނެއް ހެއްޔެވެ ؟ މާޒީގެ ދުވަސްތައް މަތިން ހަނދާން ވުމާއެކު އަކިޔަސް ވައިރޯޅިއެއްހާ ބާރު މިނުގައި އެތަނުން ދާން ހިނގައިގަތެވެ. އެވްލީން އެހާލަށް ދޫކޮށްލުމަށްފަހު އަކިޔަސް ދިޔައިރު ފަސްއެނބުރި ބަލައިވެސް ނުލިއެވެ.

މަންޒަރު ފުސްވެ ލޮލަށް ޖަމާވެފައިވާ ކަރުނަތިކިތައް އޭގޭ މަގާމް ދޫކޮށް ފައިބައި ގަތުމުން އެވްލީންއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ. ފައިން ވާގި ދޫވާހެން އިހްސާސް ކުރެވުމާއެކު އެވްލީން ކައިރީގައި ހުރި ބެންޗްގައި އިށީންދެލިއެވެ. ބެންޗް ކައިރީގައި އޮރެންޖް އަދި ނޫކުލައިގެ ޓިއުލިޕް މާތައް ފޮޅިފައި ވުމުން ހީވަނީ ރީތި ތަސްވީރެއް ހެންނެވެ. ޓުއިލިޕް މަލުގެ ފިޔަތަކުގައި ހަރުލާފައިވާ ޝަބްނަމް ތިކިތަކުން އެމަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ. މިފަހަރު ހިނިތުންވެލައިގެން ތިބި މާތަކަށް އެވްލީން ހެއްވާލަން ނުކެޅެދުންތެރިވިއެވެ.. މާބޮޑު ބިރުވެރިކަމެއް ލިބުމުން މީހާގެ މިޒާޖަށް ބޮޑެތި ބަދަލު ތަކެއް އަންނަ ފަދައިން އެވްލީންގެ މިޒާޖު އެއްކޮށް ގޯސްވެ ޖަޒުބާތީ ވެއްޖެއެވެ. ދަރިފުޅާ މެދު އަބަދު ހާސްވަފެއި ހުންނަ އެވްލީންގެ ހިތަށް އަކިޔަސް ބުނި ޖުމްލަތައް ހެރިފައިވަނީ ވިހަ ތީރުތަކެއް ހެންނެވެ. އެވިހަ މަޑުމަޑުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ވަނީ ފާއްދާލާފައެވެ. ބާރު ބާރަށް ތެޅެމުން ދިޔަ އެވްލީން ހިތުގެ އަޑު ފަޒާ ތެރޭގައި މަޑުމަޑުން ނަމަވެސް ގުގުމާލަ އެވެ.

އެވްލީން ކޮޓަރިއަށް ވަންއިރު ޒަވީން ލެޕްޓޮޕް ހުޅުވާލައިގެން ސޯފާގައި އިށީންދެލައިގެން އިނެވެ. ޒަވީން ފެނުމާއެކު އެވްލީން ކަރުނަތައް ފޮހެލަމުން ގަދަކަމުން ހިނިތުންވެލިއެވެ. އެވްލީން ކިތަންމެ ވަރަކަށް ކަރުނަތައް ސިއްރުކުރަން ބޭނުން ވިޔަސް އެކަރުނަތައް ޒަވީންއަށް ސިއްރު ނުކުރެވުނެވެ. ދުޅަވެފައިވާ އެވްލީންގެ ދެލޮލަށް ޒަވީން ބަލައިލުމުން އޭނައަށް ހުރިހާ ކަމެއް ސާފު ވެއްޖެއެވެ. ” ބޭބް ކިހިނެއް ވީތަ ؟ ހާދަ ވަރަކަށް ރޮއިފަ ތިހުރީ… ޑޯންޓް ހައިޑް އެނީތިންގް ފްރޮމް މީ… ” ޒަވީން ލެޕްޓޮޕް ނިއްވާލަމުން އެވްލީން މޫނުގައި ހިފަހައްޓާލިއެވެ. އެހިސާބުން އެވްލީން މަތަކޮށްލައިގެން ހުރި ކަރުނަތައް ފައިބައިގަތެވެ. ” ލީން… ކޮންމެވެސް ކަމެއް ވެއްޖެ… ބުނެބަލަ… ޔޫ އާރ ކިލިންގް މީ ފޮރްމް އިންސައިޑް… ” ކަންބޮޑުގައިވާ ރާގެއްގައި ޒަވީން ބުނެލަމުން އެވްލީން ޒަވީންގެ ޓީޝާޓްގައި މޫނު ފޮރުވާލިއެވެ. އެވްލީން ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޓީޝާޓް ތެމެން ފެށުމާއެކު ޒަވީން ކުރިއަށް ވުރެ ކަންބޮޑު ވެއްޖެއެވެ.

” ބޭބް… ތިގޮތަށް ރޮއިގެން އެއްވެސް ކަމަކާ ފޭސް ނުކުރެވޭނެ … ތަނަކަށް ތަދުވަނީތަ ؟ ” އެވްލީންގެ ފަރާތުން ޖަވާބެއް ނުލިބުމުން ޒަވީން އެވްލީންއާއި ހަތަރުކަޅި ހަމަ ކުރިއެވެ. ” ޔެސް… ބަނޑަށް ތަދުވަނީ… ” އެވްލީން ކަރުނައިގެ ތެރޭން ހިނިތުންވެލަމުން ދޮގެއް ހަދާލައިފިއެވެ. އޭނަގެ ކޮއްކޮ އެހާ ނުބައި ރޭވުމެއް ރާވާފައިވާކަން ޒަވީން ކައިރީގައި ބުނާނީ ކޮން ދުލަކުން ހެއްޔެވެ ؟

” އެއީ އެހާވަރުގެ ކަމެއް ނޫނޭ މައި ސްވީޓް ގާރލް… އަދި ދުވަސް ވާވަރަކަށް ގިނަ ޕެއިން ސަފާރ ކުރަން ޖެހޭނެ… ” އެވްލީންގެ ޓީޝާޓް ކުޑަކޮށް ހިއްލައިލަމުން ޒަވީން އެއޮމާން ބަނޑުގައި ބޮސްދިނެވެ. އެވްލީން ޒަވީންގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލި ވަގުތު އެލޮލުން ވެއްޓުނު ކަރުނަ ތިއްކެއް އެ ބޯ އިސްތަށިގަނޑުގެ ތެރެއަށް ގެނބިގެން ދިޔައެވެ. ޒަވީން ދެތިން ފަހަރު ބަނޑަށް ބޮސްދިނުމާއެކު އެވްލީންއަށް ބާރަކަށް ހީގަނެވުނެވެ.

” ޒޭވް ސްޓޮޕް އިޓް… ” އެވްލީން ހިނިގަނޑު މަތަކުރަކުން ބުނެލިއެވެ. ޒަވީން ތެދުވެލަމުން އެވްލީން ގެނެސް އެދެއަތުގެ ތެރައަށް ލިއެވެ.

” ލީން ދެން އެގޮތަށް ނުރޯތި… ކިރިޔާ ހާޓް އެޓޭކެއް ނުޖެހުނީ… ” ޒަވީން އެވްލީންގެ ކަނދުރާގައި ދަތްދޮޅި ޖައްސާލުމުން އެވްލީން ހަށިގަނޑުގައި ހީލިކެރުވުމެއް އުފެދުނެވެ. ޒަވީންގެ އެންމެ ބީހުމަކުންވެސް އޭނަގެ ހިތާއި ސިކުނޑި ”ރީފްރެޝް” ކޮށްލައެވެ. ” އައި ޕްރޮމިސް ހަނީ… ” އެވްލީން ބުންޏެވެ.

ރޭގަނޑު ޒަވީން ޑިއުޓީއަށް ދަމުން ދިޔައީ ހޮސްޕިޓަލުން ލީވް ނަގާނެ ވާހަކަ އެވްލީން ކައިރީގައި ބުނެފައެވެ. ޒަވީންއާއެކު ހޭދަކުރެވޭނެ ވަގުތު އިތުރު ވުމާއެކު އޭނައަށް ރައްކާތެރިކަން ލިބޭނެތީ އެވްލީން ހިތަށް ވަނީ ފިނިކަން ގެނެސްދީފައެވެ. ކަންކަމާމެދު މާބޮޑަށް ނުވިސްނުމަށް ޒަވީން ތަކުރާރުކޮށް ބުނެފައި ވީނަމަވެސް ރިހާނީއާއި ޖުނެއިނާގެ ރޭވުންތަކާމެދު ވިސްނަމުން ގޮސް އެވްލީން ހުންނަނީ ހިތްބިރު ގެންފައެވެ. އެމީހުންގެ ކުރިމަތީގައި ބަލި ވާން ބޭނުން ނުވިޔަސް ބަނޑުގައި އަށަގަންނަމުންދިޔަ ދަރިފުޅު ވެފައިވަނީ އެވްލީންގެ ބަލި ފަޔަކަށެވެ. އޭނަގެ ހުރިހާ އުއްމީދަކާއި ހުވަފެންތަކެއް ދަރިފުޅާ ގުޅިފައި ވާއިރު ދަރިފުޅު ކޮންމެ ނުރައްކަލަކުން ސަލާމަތްކުރަން އޭނަ ބޭނުމެވެ.

އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އެވްލީން އިނީ ވާހަކަ ފޮތެއް ކިޔާށެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އެވްލީން އަވަސް އަވަހަށް ދޮރާއި ދިމާއަށް ބަލާލައިފިއެވެ.

ޒަރާއާއި ޖުނެއިނާ ވާހަކައެއްގައި ތިބެ އެތެރެއަށް ވަންތަން ފެނިފައި ކިޔަން ގެންގުޅުނު ވާހަކަ ފޮތް އެވްލީން އެނދުމަތީގައި ބޭއްވިއެވެ. ” ދަރިފުޅު ކާން ނައިސްގެން މަންމަ މިއައީ ޑިނާރ ހިފައިގެން… ” ފަހަތުން އައިސް ވަން ލޫސީ ގެނައި ތަބައްގައި ހުރި ތަށިތައް ސައިޑް ޓޭބަލް މަތީގައި ބެހެއްޓުމާއެކު ޖުނެއިނާ ވާހަކަ ދެއްކިއެވެ. ސްޕެގެޓީއާއި ކިވީ ޖޫސްތަށްޓަށް ބަލައިލަމުން އެވްލީން ފުން ނޭވާތަކެއް ބޭރުކޮށްލިއެވެ. އޭނަ ފޮޅަލަށް އެލާޖިކް ވާކަން އެނގިހުރެ ޕަޕާޔާ ކުކީޒް ހަދައިގެން އައި މަންމަ މިފަހަރު ކާނާއަށް ޒަހަރު ނުލާކަން ވެސް އެނގެނީކީ ނޫނެވެ.

” މަންމާ… އައެމް ނޮޓް ހަންގްރީ… ދެންމެ ޒޭވް ގެނެސްދިން އައިސް ކްރީމް އެންޑް ޗޮކްލެޓް ކައިގެން މިހުރީ… ” އެވްލީން އަތުގެ އިނގިލިތަކާ ކުޅެލަމުން ޖުނެއިނާއަށް ނުބަލާ ވޭތޯ މަސައްކަތް ކުރިއެވެ. ” ދަރިފުޅާ… ތިކަހަލަ ކާއެއްޗެހި ކައިގެން ބޭބީ ބޮޑު ނުވާނެ… ނިއުޓްރިޝަން ހުންނަ ކާއެއްޗެހި ބޭބީ ހެދިބޮޑުވުމަށް ބޭނުންވާނީ… ” ޖުނެއިނާ އެނދުގެ މަގަތުގައި އިށީނަމުން އެވްލީން އަތުގައި ހިފަހައްޓާލިއެވެ. އެވަގުތު އެވްލީންއަށް އަތް ދަމައިގަނެވުނީ ކުއްލިޔަކަށެވެ. ވިހަގަދަ ސޫއްޕެއް އެއަތަށް ކަށި ޖެހި ފަދައެވެ.

” ލީން… ޖޫން އެބުނަނީ ތެދެއް… ޔޫ ހޭވް ޓު އެވޮއިޑް ސްނެކްސް އެންޑް އޯލް ދެޓް… ” ޒަރާ ވިސްނައިދޭފަދަ ގޮތަކަށް ބުނުމުން ހުރިހާ ދޮރެއް ބަންދުވެގެން ދިޔަހެން އެވްލީންއަށް ހީވިއެވެ. އޭނަ އެނުކާން އެތައް ބަހަނާއެއް ދައްކަން ބޭނުންވިޔަސް ޒަރާ ހުރުމުން މިފަހަރު ބަހަނާއެއް ދައްކާކަށް ނުކެރުނެވެ. އެވްލީން ސްޕެގެޓީ ތަށި ނަގަން އުޅުމުން ޖުނެއިނާ ދިއްކޮށްލީ ކިވީ ޖޫސްތަށްޓެވެ. ” ފުރަތަމަ ޖޫސް ފޮދެއް ބޮއިލާފަ ދެން ކާން ފެށީމަ ރަގަޅު ވާނީ… ” މަކަރުވެރި ހިނިތުންވުމަކާއެކު ޖުނެއިނާ ޖޫސްތަށި އެވްލީން ތުސްފަތުގައި ޖައްސާލިއެވެ. އެވްލީން އަރުތެރެއިން އެންމެ ތިއްކެއްވެސް ދިޔަ ނުދީ ހިފެހެއްޓުމުގެ ބޭނުމުގައި ދެދަތްޕިލަ ޖައްސާ ބާރު ކޮށްލިއެވެ. ” އޯހް މައި ގޯޑް… އައެމް ސޯ ސޮރީ ގާރލް… ” ޖުނެއިނާ ޖޫސްތަށިން ދޫކޮށްލުމާއެކު އެވްލީން ލައިގެން ހުރި ހެދުމުގެ މައްޗަށް ޖޫސް ވެރުނެވެ. އެވްލީން ދެލޯބޮޑުކޮށްލަމުން ޖުނެއިނާއާއި ދިމާއަށް ބަލައިލުމަށްފަހު އަވަސް އަވަހަށް އެނދުން ތެދުވެލިއެވެ.

” އިޓްސް އޯކޭ… އައިލް ކްލީން އިޓް… ” އެވްލީން ފާޚަނާއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

އެވަގުތު ޖުނެއިނާ ބަލައިލީ ލޫސީއަށެވެ. ޖުނެއިނާ އެއް ބުމަ އަރުވާލުމުން ލޫސީ ބޯ ޖަހާލައިފިއެވެ.

ފާޚަނާގެ ދޮރު ލައްޕާލަމުން އެވްލީން ކުރިއަށް އެޅި ފިޔަވަޅާއެކު އޮލަ އެއްޗެއްގެ މަތީގައި ފައި އަޅާލެވުނު ހެން ހީވިއެވެ. ހަށިގަނޑު ބެލެންސް ނުކުރެވުމުގެ ސަބަބުން އެވްލީން އަރިއަޅާލައިފިއެވެ. ކައިރީގައި ހުރި މޫނު ދޮންނަ ތަށިގަނޑުގައި ވެސް ހިފަހައްޓާލެވޭތޯ އެވްލީން ބެލިއެވެ. ނަމަވެސް އެވްލީންގެ ނަސީބު ދެރަކަމުން އޭނަ މޫނު ވަތަށް ޓައިލްސް މައްޗަށް ވެއްޓުނެވެ.

” އާހް… ” އެވްލީންއަށް ބާރަކަށް ރޮއިގަނެވުނު އިރު ފާޚަނާ ތެރޭގައި ގުގުމާލާފައި ވަނީ އެވްލީންގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއަޑުން ހިތްތަކުގައި ކޫރުން އަޅުވާލާނެ ކަން ގައިމެވެ. ބަނޑުގައި ހިފަހައްޓައިލަމުން އެވްލީން ކުކުރާލިއެވެ. އޭރު ލޭގެ ވަސް އެވްލީން ނޭފަތުގައި ޖެހުނެވެ. ކުއްލިޔަކަށް ދަށްބަނޑުކޮޅުގައި އުފައްދާލި ރިހުމުން އެވްލީންއަށް ހީވީ ނުދިޔެ ރަންވިހެންނެވެ. އަނެއްކާ ހަޅޭއްލަވައި ގެނެވުނީ ގަތް ބިރެއްގެ ސަބަބުންނެވެ. ޒަވީންގެ ނަން އެތައް ފަހަރަކު އެދުލުން ބޭރުވިއެވެ.

ޒަރާއާއި ޖުނެއިނާ އެވްލީންގެ ވޭނީ ހަޅޭކުގެ އަޑަށް ޑަބަލް ކީ އިން ފާޚަނާގެ ދޮރު ހުޅުވާލާފައި ވަން އިރު ފެނުނު މަންޒަރެއްގެ ސަބަބުން ދެމީހުން ވެސް ހުއްޓުން އެރިއެވެ. ” އެވްލީން ! ” ޒަރާއަށް ގޮވާ ލެވުނީ ބާރަކަށެވެ. އޭރު އެވްލީން ވޭނީ އާހެއްގެ އަޑު ބޭރުކުރަމުން ހަށިގަނޑުގައި އުފެދިފައިވާ ވޭނަށް ކެތްކުރަމުން ދިޔައެވެ. އުނަގަނޑުން ތިރީގައި އެހާ ތޫނު ރިހުމެއް އުފެދުނު ހަނދާނެއް ނުވެއެވެ. އަނެއްކާ ދަރިފުޅު ބައިގެން ދިޔައީ ހެއްޔެވެ ؟ ހިތުގައި އުފެދުނު ބިރުވެރި ޚިޔާލުތަކުން އެވްލީންއަށް އިތުރަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. ކަމެއް ގޯސް ވެއްޖެ ކަން ޓައިލްސް މަތި ފަވާލަމުން ދިޔަ ލެއިން އެގޭހާ ވެއެވެ. ޒަރާ ކުރިއަށް ޖެހިލުމުން އަރިއަޅާނުލީ ކިރިޔާއެވެ.

ޒަރާ އެވްލީން މޫނުގައި ހިފަހައްޓައިލަމުން ލޫސީ އަށް ގޮވާލައިފިއެވެ. ” ކޯލް ޒަވީން… ” ޒަރާ އެވްލީންގެ ބޮލުގައި ފިރުމަމުން ދިޔައިރު އެދެލޯ ވަނީ ފެންކަޅި ވެފައެވެ. ޖުނެއިނާ ހުރި ފިޔަވަޅު މަތީ ގުޑާ ނުލައި ހުރިއިރު އޭނަގެ ހިތް އުފަލުން ގޮސް ނަށަނީއެވެ. ދުވަހަކު މިހާ ބޮޑު އުފަލެއް އޭނައަކަށް ނުލިބެއެވެ. ނާކާމިޔާބީގެ ހިތިރަހަ ކަރުބުޑުގައި ހަރުލާފައި ވަނިކޮށް ، ކާމިޔާބީގެ ފޮނި ރަހައިން އަރުތެރެ ފޮނިކޮށްލަދީފިއެވެ.

ޖުނެއިނާ މަގޭ ދަރިފުޅާއޭ ކިޔާފައި އެވްލީން އަތުގައި ހިފައިލި ހިނދު އެވްލީންގެ ހަރަކާތް މުޅިހެން ހުއްޓިއްޖެއެވެ. ޒަރާ ހާސްވެފައި ހުރިވަރުން އަތް ތުރުތުރު އަޅަމުން ދިޔައެވެ.

ޒަރާ ފެން ގޮށްޓެއް ނަގައި އެވްލީން މޫނަށް ބުރުއްސައިލުމުން އެވްލީން އެރީތި ދެލޯ ހުޅުވައި ނުލިއެވެ. ކަޅުކަންގަދަ އެދިގު އެސްފިޔަތައް މަރާލައިގެން އޮތް އިރު އެކޯތާފަތުގައި ރޮނގު ދަމާފައިވާ ކަރުނަ ތިކިތައް ވަނީ ހިކިފައެވެ.

އިރުކޮޅެއް ފަހުން އަކިޔަސް އާއި ރިހާނީ ކޮޓެޖަށް އައިއިރު ”ވޯޓާރ ކްރިސްޓަލް” ޕޯޓިކޯގައި މަޑުކޮށްލައިގެން އޮތް އެމްބިއުލާންސްގެ ސައިރެންސަރުގެ އަޑުން މުޅި އެހިސާބުގެ ހަމަހިމޭންކަން ވަނީ ނަގާލާފައެވެ.

އަކިޔަސް ލުއި ފަތެއް ބިންމަތިން އުފުއްލާހާ ފަސޭހަކަމާއެކު އެވްލީން އަތްގަނޑި މައްޗަށް އުފުއްލާލިއެވެ. މިމަންޒަރު ފެނުމުން ރިހާނީ ހުރީ ތުން ފިއްތާލައިގެންނެވެ. އަކިޔަސްގެ ފަހަތުން ރިހާނީ ދާން ހިނގައިގަތުމާއެކު ޖުނެއިނާ ރިހާނީގެ އަތުގައި ހިފަހައްޓައިލަމުން އެކަމަށް ހުރަސް އެޅިއެވެ.

” ލެޓް ދެޓް ބިޗް އެންޑް ހާރ ޗައިލްޑް ޑައި… ” ޖުނެއިނާ ކިރިޔާ ރިހާނީއަށް އަޑު އިވޭވަރަށް ބުނެލައިފިއެވެ. ” މަމް ހޮސްޕިޓަލަށް ދިޔައީމަ އެއްވެސް މީހަކަށް ޝައްކު ނުކުރެވޭނީ… ” ރިހާނީ މޫނުވަނީ ސާދަ ވިލޭރޭގެ ހަނދު ފަދައިން އުޖާލާ ވެފައެވެ. ” ހޫމްމްމް… ރިނީ ދޭ ، މަންމަ އެބަ އަންނަން ލޫސީއަށް ފައިސާ ދީފަ… ” ޖުނެއިނާ ހިނގައިގަތީ މެއިޑުން ތިބުމަށް ހަމަޖެހިފައިވާ ބަޔާއި ދިމާއަށެވެ.

ޒަވީންއަށް އާދެވުނު އިރު އަކިޔަސް އެވްލީން ސްޓްރެޗާރ މަތީގައި ބާއްވަނީއެވެ. ކާރުގެ ދޮރު ލައްޕާލަމުން ދުވެލާފައި އައިސް ސްޓްރެޗާރއާއި އަރާހަމަކުރިއިރު ޒަވީންގެ ދެލޮލުގައި ކަރުނަ ވިދައެވެ. ފްރީޒް ވެފައިވާ އެވްލީން އަތުގައި ހިފަހައްޓައިލުމުން އެލޮލުގައި ވިދަމުން ދިޔަ ކަރުނަ ތިކިތައް ފައިބައިގަތެވެ. ކިތަންމެ ކެތްތެރިވާން ބޭނުން ކަމުގައި ވިޔަސް ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ އޭނަގެ އަންހެނުން އެހާލުގައި ވާތަން ދެކެން އެހިތަށް ކެތް ނުކުރެވުނެވެ. ބަލިވެ އިނީއްސުރެ ކޮންމެ ރެއަކު ދަރިފުޅާއި ބެހޭގޮތުން އެވްލީން އޭނަ ކައިރީގައި ދައްކާފައިވާ ވާހަކަތަކުން ޒަވީންގެ ހިތަށް އިތުރަށް ތަދުކުރުވިއެވެ. ދަރިފުޅާމެދު ތަފާތު އެކިއެކި ހުވަފެންތަކެއް ދެމަފިރީން ދެކެމުން ދަނިކޮށް އެ ހުވަފެންތައް ވިއްސިވިހާލި ވެއްޖެއެވެ. ދެން އެއުފާތައް އަނބުރާ ލިބޭނެ ހެނެއް ހިޔެއް ނުވެއެވެ. ކުރާނެ ކަމެއް ނެތެވެ. ތަޤްދީރުގެ ނިންމެވުނަތައް ބަދަލެއް ނުކުރެވޭނެއެވެ.

އެވްލީން ހޭއަރައިގެން ދަރިފުޅާމެދު ސުވާލުކޮށްފިނަމަ އޭނަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟ ދަރިފުޅު ވަކިވެގެން ދިއުމުން އެވްލީންއަށް ކެތް ކުރެވޭނެ ހެއްޔެވެ ؟ އެހަޤީޤަތާއި ކުރިމަތި ލުމުގެ ބާރު އެވްލީންއަށް ލިބިގެން ނުވެއެވެ. ހިތާމައިގެ ސަބަބުން އެވްލީން އޭނައާ ވަކިނުވެއްޖެނަމަ ކިތަންމެހާ ވެސް ރަގަޅެވެ.

އެމްބިއުލާންސް އެސްޓީ ތޯމަސް ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހުމާއެކު ރިހާނީއާއި އަކިޔަސް ކާރުގައި ހޮސްޕިޓަލަށް ދާން ނައްޓާލައިފިއެވެ.

ވެންޓިލޭޓާރގެ އެހީގައި އެވްލީން ނޭވާލަމުން ދިޔައިރު ސްޕެޝަލިސްޓް ނަރުހުންތަކެއް އެވްލީންއަށް ފަރުވާ ދިނުމުގައި އަވަދިނެތި އުޅެއެވެ. ޒަވީން އެވްލީންގެ އަތުގައި ހިފަހައްޓާލައިގެން އެރީތި މޫނަށް ބަލަހައްޓައިގެން އިނެވެ. ދަރިފުޅު ހުރިހާ ނުރައްކަލަކުން ސަލާމަތް ކޮށްދޭނަމޭ ބުނެފައި އެންމެ ފަހު ވަގުތު އޭނައަށް އެކަންވެސް ނުކުރެވުނެވެ. ހާދަ ދެރައެވެ. ޖުނެއިނާގެ ނުބައި ރޭވުންތަކުން އޭނައަށް އެވްލީން ސަލާމަތް ނުކުރެވުނެވެ. ނަމަވެސް އޭނަ މިފަހަރު ޖުނެއިނާ ދޫކޮށެއް ނުލާނެއެވެ.

އައި.ސީ.ޔޫ އަށް އެވްލީން ވެއްދުމާއެކު ޒަރާއާއި ބިލާލް އިށީންދެލީ ކައިރީގައި ހުރި ކައުޗްގައެވެ. އަކިޔަސް ޒަވީން ކައިރީގައި ހުއްޓިލައިގެން ހުރިއިރު ކޮއްކޮ ދެރަވެފައި ހުރި ވަރުން އޭނަ ވެސް ހުރީ ފެންކަޅިވެފައެވެ. ޒަވީންގެ ކޮނޑުގައި އަކިޔަސް އަތް ބާއްވާލުމުން ޒަވީން ދެލޯ މަރައިލީ ހިތްދަތި ގޮތަކަށެވެ. ” ބްރޯ ވައި އިޒް އިޓް އޯލް ހެޕެނިންގް ޓު މީ ؟ ” ޒަވީން ދުރަށް ނަޒަރު ހިންގާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ” ޒޭވް ޔޫއާރ ނައު ގްރޯން އަޕް ، ޑޯންޓް އެކްޓް ލައިކް އަ ޔަންގް ޗައިލްޑް…… އެއް ވެސް ދިރިއުޅުމެއް އެމީހަކު ބޭނުންވާ ގޮތަކަށް ނުގެންދެވޭނެ… ނައު އޯލް ޔޫ ނީޑް އިޒް ޓު ސީކް ހެލްޕް ފްރޮމް ﷲ… ” އަކިޔަސް ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ.

އަކިޔަސް ޒަވީންއާއި ވާހަކަ ދައްކަން ހުއްޓާ ބިލާލްއާއި ޒަރާ ވެސް އައިސް ޒަވީން ކުރިމައްޗަށް ހުއްޓުނެވެ. ” ޒޭވް… އުއްމީދު ގެއްލާލާކަށް ނުވާނެ… ” ޒަރާ ޒަވީން ގައިގައި ބައްދާލި އެވެ.

(ނުނިމޭ)

 

84

13 Comments

 1. kitty

  October 31, 2018 at 12:08 am

  yay!!!! me first dhw.. stry is awsm

 2. Fan

  October 31, 2018 at 12:14 am

  Great storyy

 3. azoo

  October 31, 2018 at 12:44 am

  alhe pls pls baby salaamai kohbala eyrun rihaanee hunnaanee kada vefa

 4. Naju

  October 31, 2018 at 1:36 am

  Alhe baby numarahchey… ?

 5. Saeedha Mohamed

  October 31, 2018 at 5:46 am

  Mi ee kiyaa foohi nuvaaha reethi vahAkaeh. Khiyaalu vvv muhsadhi kuriyah vadain navaa.❤❤❤

 6. ChiM

  October 31, 2018 at 8:35 am

  Alhey baby salaamaiy kurahchey…mee hama kiyaa foohinuvaa ne kahala story eh..????❤

 7. Levi

  October 31, 2018 at 8:36 am

  Alheyy leen ah gotheh nahadhahcheyy abadu leen hithaamaiga…… junainaa ge hageegai ingen vehjeh nuntha ketheh nuvey mihaar ???… haadha gohey eyna rihaanyy ei ekaku e emmen ge hageegai xaraa mennah ingen vehjeh nuntha…..???

 8. Noor

  October 31, 2018 at 8:48 am

  Thi junainaa gandu indhaalabala thanehga ehengnaafahe Insaanehtha eiy

 9. Levi

  October 31, 2018 at 9:38 am

  Leen ves maraalany tha…. ehn vegen nuvaaneh nuntha …. omg keehve ehn leen ah hadhaan …. alheyy leenge dad annanama dhw..? so sad

 10. kitty

  October 31, 2018 at 10:05 am

  kithah part tha ihnanee ?

 11. rimmy

  October 31, 2018 at 10:18 am

  alheyy next park kobaa. kei madhu vefa

 12. Reader

  October 31, 2018 at 11:48 am

  Please abort vaa gothah nuhadhaathi… Ehen vias ket it be like s surprise.. Twins indhefa 1 child abort vaa gothah sth like that

 13. Fathun

  October 31, 2018 at 1:59 pm

  Next part up kohbala

Comments are closed.