Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 30 (ފަހުބައި)

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 31, 2018 22 Mins Read
30 Comments

ދަގަނޑުތައް ކޭއްތުނު އަޑާއެކު ޢީރާއަށް ހަޅޭއްލަވައިގަނެވުނު އިރު ކާރު ޓްރަކްގައި ޖެހުމަށްފަހު ފުރޮޅިލާފައި ގޮސް ކައިރީގައި ހުރި ގަހެއްގައި ޖެހުނެވެ. ކާރުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ޢީރާ ގަޔަށް ބިއްލޫރިކޮޅުތައް ހެރި އެކިވަރު އަނިޔާތަކެއް ވިޔެވެ. ބޯފަޅައިގެން ދިޔުމުގެ ސަބަބުން މަންޒަރު ފުސްވެ ނޭވާ ހުސްވަމުން ދާ ކަހަލަ ނުބައި އިހްސާސްތަކާއެކު ޢީރާގެ ދެލޯ މެރިއްޖެއެވެ. ސްނޯގެ ޝީޓްތައް ލެއިން ފަވާލަން ފެށިއިރު ޓްރަކް ޑްރައިވާރ އެހިސާބަށް އައިސް ހުއްޓިލަމުން އެމްބިއުލާންސަށް ގުޅާލައިފިއެވެ. އޭނަ ވެސް ހާސްވެފައި ހުރިވަރުން މުޅި މީހާ ރޫރޫއަޅަމުން ދިޔައެވެ.

އިރުގެ ރަން ދޯދިތައް ވިލާތަކުގެ ތެރޭން ދުރުދުރަށް ދާންދެން ފަތުރާލާފައި ވުމުން ސްނޯގެ ޝީޓްތަކަށް އިރުގެ ރަން ދަޅަތައް އެޅިފައި ވުމާއެކު ހީވަނީ އޮރެންޖް ކުލައިން ޕެއިންޓް ކޮށްލާފައި ވާހެންނެވެ. ރޭގެ ތޫފާނަށްފަހު މަގުތަކުގައި ދެތިން ފޫޓަށް ސްނޯ ޖަމާވެފައި ވާއިރު ސްނޯ ސާފުކުރުމުގެ މަސައްކަތް ވެސް ކުރެވެމުން ދިޔައެވެ. ފިނި ފިނި ވައިރޯޅިތަކާއެކު ހިތްގައިމު މިޔުޒިކެއްގެ އަޑުން މުޅި ހިސާބުގަނޑު ވަނީ ގުގުމާލާފައެވެ.

ރިހާނީ އަވަސް އަރުވާލައިގެން ގެއިން ނިކުތީ މަންމައާ ބައްދަލުކުރަން ދިޔުމުގެ ބޭނުމުގައެވެ. އޭރު ރިހާނީއަށް ޢީރާ އެކްސިޑެންޓްވި ކަމެއް ނޭގެއެވެ. ރޭގެ ހާދިސާއަށް ފަހު އެހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑު ވަނީ ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ގޮސްފައެވެ. އޭނަ އެހާ ބޮޑު ބަދުނާމެއްވެފައި ވާއިރު ”ވޯޓާރ ކްރިސްޓަލް” އިން ނިކުންނަން ޖެހޭ ދުވަސް ވެސް އޮތީ އެހާ ކައިރީގައެވެ. ނުވަ މަސްދުވަސް ނުލާހިކު އަވަހަށް ފާއިތުވެގެން ހިނގައިދާނެއެވެ. އެގޭގައި ކުޑަ ދުވަސް ކޮޅެއްގެ މެހުމާނަކަށް އޭނަ ވެފައި ވާއިރު އެވްލީންއަށް އެގޭގައި ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ދެވޭނެ ހެއްޔެވެ ؟ އޭނައަށް ދިމާވާ ހުރިހާ ބަދުނަސީބު ކަންތަކާ ގުޅިފައި ވަނީ އެވްލީން އެވެ. އެމޫނު ފެނުނަސް އޭނަގެ ދުވަސް ދަނީ ގޯހުން ގޯހަށެވެ. އެވްލީން އަކީ އިންސާނެއްގެ ސިފައިގައި ހުރި ”ވިޗް” އެކެވެ. އޭނަގެ ހުރިހާ އުފާތައް ފޭރިގެންފިއެވެ. އެވްލީންއަށް މިފަހަރު ވަރުގަދަ ލަނޑެއް ދީފައި ނޫނީ އޭނަ ހަތިޔާރު ނުބަހައްޓާނެއެވެ.

ރިހާނީ ކާރު ސްޓާޓްކޮށްލަމުން ބާރު ދުވެއްޔެއްގައި ސެންޓްރަލް ޖޭލްއާ ދިމާއަށް މިސްރާބު ޖެހިއެވެ. މިއަދަކީ ފިނި ދުވަހަކަށް ވުމުން ރިހާނީ ކާރުގެ ކުޑަދޮރުތައް ތިރިކޮށްލުމަށްފަހު އޭސީ ނިއްވާލައިފިއެވެ. އޭރު ހުރަހެއްނެތި ކުޑަދޮރުތަކުން ވަންނަމުން ދިޔަ ވައިރޯޅިތައް އެދޮން މޫނުގައި ބޮސްދިނުމުގެ ޝަރަފް ހޯދިއެވެ. ފަހަތަށް ދޫކޮށްލާފައިވާ ރިހާނީގެބުޅި އިސްތަށިގަނޑު ވައިރޯޅީގެ ސަމާސާތަކަށް ކެތް ނުކުރެވިގެން އެމޫނަށް ފައިބައިގެން ދާއިރު ފެންނަ މީހަކު އާޝޯހު ވާނެކަން ގައިމެވެ. ދަނބުކުލައިގެ އަތްދިގު ސްވެޓާރ އަކާއި ލެގިސްއެއްގެ އިތުރުން ރިހާނީ ހުރީ ހުދުކުލައިގެ ކޮޓަން ޖެކެޓެއްވެސް ލައިގެންނެވެ. އެހެދުންތައް އެމޮޑެލް ފިގާރ ހަށިގަނޑަށް ހިފާލާފައި ވުމުން ހީވަނީ ވިސްޓާރ ޑްރެސް މޮޑެލްއެއް ހެންނެވެ.

ވިޒިޓިންގް އަވާރ ފެށުނީ މިއަދު ލަހުން ކަމަށް ވުމާއެކު ރިހާނީއަށް އެތައް މިނެޓެއް ވަންދެން ވިޒިޓިންގް އޭރިއާގައި މަޑުކުރަން ޖެހުނެވެ. އަންހެން ޕޮލިހަކު ޖުނެއިނާ ގޮވައިގެން އައިއިރު ރިހާނީ އިނީ ކޮޓަރީގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީންދެލައިގެންނެވެ. ރިހާނީ ފެނުމުން ޖުނެއިނާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އެހާ ގިނަ ދުވަސް ފަހުން ރިހާނީ ފެނުމުގެ ނަސީބު ލިބުމުން އޭނަ ޖަޒުބާތީވީއެވެ. ރިހާނީއާ އަރާހަމަވުމާއެކު ޖުނެއިނާ ރިހާނީގެ ގައިގައި ބައްދާލައިފިއެވެ. ޖަލުގައި ހަތަރު މަސް ހޭދަކުރަން ޖެހުމުން ޖުނެއިނާ އެހާ ވަރުން ރީތިކޮށްލައިގެން ހުރި ހަށިގަނޑުގެ ރީތިކަން ވަނީ ގެއްލިފައެވެ. އޭނަ ބޭނުންވާ ކަހަލަ ކާނާ ނުލިބުމުގެ ސަބަބުން ޖުނެއިނާ ވަނީ ހިކިއަނަރޫފަވެފައެވެ. ގަޔަށް އެހާ ދޫ ހެދުމެއް ލައިގެން ހުރުމުން ޖުނެއިނާ ހީވަނީ މަގުމަތީގައި ސަލާން ޖަހަން އުޅޭ ނިކަމެތި މީހެއް ހެންނެވެ. އެހާ ޝާހީ ދިރިއުޅުމެއް އުޅެފައި އައިސް ޖަލުގައި ދުވަސްތައް ގުނަން ޖެހުމުން ޖުނެއިނާއަށް ޖަލުގެ މާހުލަށް ހޭނަން ނުލާހިކު އުނދަގުލެވެ. ފާއިތުވެގެން ދިޔަ ދުވަސް ތަކުގެ ތެރޭން އޭނައަށް ރަގަޅަށް ނިދުނު ދުވަހެއް ނާދައެވެ.

” ޓެން މިނެޓްސް…. ” ބައްދަލު ވުމަށް ކަނޑައެޅިފައިވާ ވަގުތު އިއްވާލަމުން ޕޮލިސް ކުއްޖާ ދިޔައީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ. ” ރިނީ… އަދިވެސް ލޯޔަރަކު ހަމަނުޖެހެނީތަ ؟ މަންމައަށް މިތާނގަ ނޫޅެވޭނެ… މަދިރި ހަފާވަރުން ނިދެނީއެއް ނޫން ، އަނގަޔަށް ލެވޭ ވަރުގެ ކާއެއްޗެއް ވެސް ނުލިބޭ… ރިނީ ޕްލީސް ހެލްޕްމީ… އަހަރެން މިތާނގަ އުޅެން ވެއްޖެނަމަ މޮޔަ ވެދާނެ… ” ޖުނެއިނާ ޝަކުވާ ކުރަން ފެއްޓިއެވެ. ” މަމް އަހަރެން ބޭނުން މަމްއަށް އެހީވާން… އެކަމަކު ޑޭޑްމެން އެއްބަހެއް ނޫން… މަނާވެސް ކޮށްފަ އޮތީ… މަމް އައެމް ހޭވިން ސަމް ޕްރޮބްލަމް …. ” ލޮލަށް ޖަމާވާން ފެށި ބޮޑެތި ކަރުނަ ތިކިތަކާއެކީ ރިހާނީގެ އަޑު ކުރެހުނެވެ. އޭނައަށް ޖުމްލަ ފުރިހަމަ ކުރަން އުދަގޫވުމުން އޭނާ ޖުމްލައިގެ މެދުތެރެއިން ހުއްޓާލައިފިއެވެ. ” ރިނީ ވަޓް ހެޕެންޑް ؟ ކަމެއް ގޯސްވީތަ ؟ ” ރިހާނީ ރޯން ފެއްޓުމުން ޖުނެއިނާ ހިތަށް ނުބައި ގޮތެއް ވިއެވެ. ” މަމް… ކިޔާއަށް… ހުރިހާ ކަމެއް އެނގިއްޖެ… ” ނިކަން އުނދަގުލާއެކު ރިހާނީ ދޫހަރަކާތް ކުރިއެވެ. އޭރު ހިތުގައި އުފެދިފައިވާ ރިހުމާއެކު އެދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ. ” ކޯޗެއްތަ ކިޔާއަށް އެނގުނީ… ރިނީ ޑީޓެއިލްއާއެކު ބުނެބަލަ… ” ރިހާނީގެ ޖުމްލައިން ޖުނެއިނާ ހާސްކޮށްލައިފިއެވެ. ” އެވްރީތިންގް… ފެމިލީ މީހުންނަށް ވެސް އެނގިއްޖެ… މޯމް… ބޭބީ ވިހެއީމަ ބޭބީ އަތުލާފަ އަހަރެން އެގެއިން ނެރެލަން އެއުޅޭނީ… މިހުރިހާ ކަމެއް ދިމާމިވީ އެ ވިޗް ގަނޑުގެ ސަބަބުން… އައި ހޭޓް ހާރ… މޯމް އޭނައަށް ރަގަޅު ލަނޑެއް ދޭން އަހަރެން ބޭނުންވަނީ… ” ރިހާނީ ގިސްލުން ހިންދައިލަމުން ޖުނެއިނާއާއި ހަތަރު ކަޅި ހަމަކުރިއެވެ. ދަރިފުޅުގެ ދެލޮލުގައި ވިދަވިދާހުރި ހިތާމައިގެ ކުލަވަރުތަކުން ޖުނެއިނާ ގާތަށް ރުޅިއައެވެ.

” ރިނީ މަންމައަށް ފެންނަނީ އެބިޗްގެ ދުވަސް ދުއްވާލަން އޭނަގެ ދަރިޔާއެކު…. ” ޖުނެއިނާ ވިސްނާލަމުން ބުނެލައިފިއެވެ. އޭނަ ރުޅި އައިސްފައި ހުރުމުން ވާހަކަ ދެއްކުމުގެ ރާގުގައި އެކުލެވިގެންވަނީ ރުންކުރުކަމެވެ. ރިހާނީ އުފާތަކުން މަހްރޫމް ކުރުމުން އެވްލީންއަށް ވެސް އުފަލުގައި ހުރުމުގެ ފުރުސަތެއް ދީގެން ނުވާނެއެވެ. ” މޯމް ތީ ރަގަޅު އައިޑިޔާރއެއް… ހައު ކޭން އައި ކިލް ހާރ ؟ ” ރިހާނީ އަހާލައިފިއެވެ. ” ކަމްއޯން ރިނީ… އެކްޓެއް ޖައްސާފަ ވެސް ހުރިހާ ކަމެއް ނިންމާލެވޭނެ… ބަޓް ރިނީ ވާނެ މަންމަ މިތަނުން ސަލާމަތްކޮށްދޭން އެހީވާން… ” ޖުނެއިނާ ފަނޑު ހިނިތުންވުމެއް އެތުންފަތް މައްޗަށް ވެރިކުރުވިއެވެ. ” މޯމް އައިލް ހެލްޕް ޔޫ…. ފަސްޓް އެވްލީންގެ ދުވަސް ދުއްވާލަން އަހަރެން ބޭނުންވަނީ… އައި ހޭޓް ހާރ ސޯ މަޗް… ޒަވީންއަށްވެސް މިފަހަރު ކުޅި ދައްކާލާނަން… އަހަރެން އެހާ ވަރަށް އާދޭސް ކުރީމަވެސް އެހީގެ އަތެއް ފޯރުކޮށެއް ނުދިން… މިފަހަރު ޒަވީން ޖެހޭނެ ރޯން… ” ކޯތާފަތުން ފިރިކެމުން އައި ކަރުނަތިކިތައް ފޮހެލަމުން ރިހާނީ ހީލައިފިއެވެ. ” ޢީރާގެ އެހީ ވެސް ހޯދިދާނެ… ” ޖުނެއިނާ ރިހާނީގެ މަސައްކަތް އިތުރަށް ފަސޭހަ ކޮށްދޭވޭނެ މަގެއް ހޯދައި ދިނެވެ. ” ތޭންކް ގޯޑް މޯމް ރިމައިންޑް ކޮށްދިންކަން… ރޭގެ އިންސިޑެންޓަށް ފަހު ޢީރްއާ ކޮންޓެކްޓް ކުރަން ހަނދާނެއް ވެސް ނެތް… ” ރިހާނީއަށް އެހިސާބަށް ބުނެވުނުތަނާ ޕޮލިސްކުއްޖާ ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ވަނެވެ. ” މޭމް ޔޯރ ޓައިމް އިސް އަޕް… ” ޕޮލިސްކުއްޖާ ބުނެލިއެވެ. ޖުނެއިނާއައި ވަދާއުގެ ސަލާމްކޮށްލަމުން ރިހާނީ އެކޮޓަރިން ނިކުނަން ދިޔައިރު އެހިތަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބިފައި ވެއެވެ. މަންމައާއި ވާހަކަ ދައްކާލުމުން އެހިތުގައި އަޅަމުން ދިޔަ ވޭންތަކަށް ޝިފާއެއް ލިބިއްޖެއެވެ. ދެން އޮތީ މަންމަ ބުނި ގޮތަށް ކަންތައް ކުރުމެވެ.

ރިހާނީ ހޭންޑްބޭގް ތެރެއިން އޭނަގެ ފޯނު ނަގައި ޢީރާއަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނަ ފަނަރަވަރަކަށް ފަހަރު ގުޅި އިރުވެސް ޢީރާ ފޯނެއް ނުނެގިއެވެ. ޢީރާ އޭނަ ދެކެ ރުޅިއައިސްފައި ހުރިކަމަށް ހީކޮށް ރިހާނީ ޢީރާގެ ފޯނަށް މެޖެސް ކޮށްލަން ނިންމިއެވެ. ” ޢީރް އައެމް ސޮރީ… އަހަންނަށް އެގޭ ޢީރް ތިހުރީ ރުޅި އައިސްފަ ކަން ، އެކަމަކު ޢީރްއަށް ޒޭވް ލިބޭނެ ގޮތެއް އަހަންނަށް ފެނިއްޖެ… ޒޭވް ޢީރްދެކެ ރުޅި އަޔަސް ފަހުން ޢީރް ދެކެ ލޯބިވާނެ… އައެމް ގޮއިން ޓު ކިލް ދެޓް ބިޗް… އޭނަ މަރުވެގެން ނޫން ގޮތަކަށް ޢީރްއަށް ޒޭވް ލިބޭކަށް ނެތް… ” ޢީރާގެ ފޯނަށް މެސެޖްކޮށްލަމުން ގޮސް ރިހާނީ ކާރަށް އެރިއެވެ. ފަހުން އެވްލީން ގެންދާނެ ތަނެއް ހަނދާން ކޮށްލުމަށްފަހު ރިހާނީ އެކަން ވެސް މެސެޖެއްގެ ޒަރިއްޔާއިން ޢީރާއާއި ހިއްސާކުރިއެވެ.

ޢީރާ އެކްސިޑެންޓްވި ޚަބަރު ޒަރާ މެންނަށް ލިބުނީ ޢީރާގެ މަންމަގެ ފަރާތުންނެވެ. ޢީރާ ދެކެ ރުޅިއައިސްފައި ހުރިކަމުގައި ވިޔަސް ޢީރާ އެހާ ސީރިޔަސް ހާލަތެއްގައި އޮތުމުން ޒަރާއަކަށް ނުގޮސް ނުހުރެވުނެވެ. އޭނަގެ ހިތް އެހާ ހަރެއް ނޫނެވެ. ޒަރާ އައިސް ޒަވީން ކައިރީގައި އެވާހަކަ ބުނުމުން އޭނަ ދާކަށް ބޭނުމެއް ނުވިއެވެ. ” ޒޭވް… ޢީރްއަކީ ޒޭވްގެ ބެސްޓްފެރްންޑް… ޢީރް އެހާ ސީރިޔަސް ހާލަތެއްގައި އޮތްވާ ނުގޮސް ހުންނާކަށް ނުވާނެ… ޢީރް ރަގަޅު ވުމުން ޒޭވް ނުދާކަން އެނގުމުން ކިހާ ހާރޓް ވާނެ…. ޔޫ ޝުޑް ގޯ… ” ޒަވީން އަތުގައި ހިފަހައްޓައިލަމުން ވިސްނައިދޭފަދަ ގޮތަކަށް އެވްލީން ބުންޏެވެ. ޒަވީން އެވްލީންގެ ދެލޮލަށް ނަޒަރު ހުއްޓާލައިފިއެވެ. އެވްލީންއަށް ޢީރާގެ ހަޤީޤަތް އެނގުނުނަމަ އެގޮތަށް ވާހަކަ ނުދެއްކީހެވެ. ޒަވީން ހޮސްޕިޓަލަށް ދާން އެއްބަސްވީ އެވްލީންގެ އާދޭސްތަކުގައި ކޮޅުފައިން ޖަހަން ބޭނުން ނުވާތީއެވެ. ” ޓޭކް ކެއާރ ލަވް… އަންނާން ވަރަށް އަވަހަށް… ޑެޑީގެ އެންޖެލް ވެއިޓް ކުރައްޗޭ ޑެޑީއަށް… ” އެވްލީން ބަނޑުގައި ލޯތްބާއެކު ފިރުމާލަމުން ޒަރާއާއެކު ޒަވީން ހިނގައިގަތީ ޕޯޓިކޯއާއި ދިމާއަށެވެ. އެވްލީން ކުޑަކޮށް ބަލިވެ އުޅޭތީއާއެކު ބޮލުގައި ރިއްސާވަރުން އެވްލީން ޖެހުނީ ގޭގައި މަޑުކުރާށެވެ. ބިލާލް ، ޒަރާ އަދި ޒަވީން ދިއުމާއެކު ގެއަށް ވެރިވެގެން ދިޔައީ މަރުފަދަ ހަމަހިމޭންކަމެވެ. އަކިޔަސް މިއަދު ގޭތެރިން ފެނިވެސް ނުލާތީ އެވްލީން ހީކުރީ އަކިޔަސް ދިޔައީ އޮފީހަށް ކަމަށެވެ. މިފްޒާލް ވެސް މީޓިންގްއަކަށް ގޮސްފައިވަތީ އެވްލީން ފިޔަވާ އެކަކު ވެސް ގޭގައި ނޫޅެއެވެ.

އެވްލީން ކޮޓެޖްއާ ދިމާއަށް މިސްރާބު ޖެހިއިރު ތުނިކޮށް ސްނޯ ފައިބަން ފަށައިފިއެވެ. ބެކްޔާރޑް ސްނޯގެ މިލިއަން އެތިކޮޅުތަކުން ބަރާވެފައި ވުމުން ނުހަނު ރީއްޗެވެ. ވޯލްނަޓް އަދި ޝުގާރ މެޕްލް ފަދަ ގަސްތައް ސްނޯއިން ހުދުކޮށްލާފައި ވާއިރު ދޫނިތައް މަދުން ނަމަވެސް ގަސްތަކުގައި މަޑުކޮށްލައިގެން ތިއްބެވެ. ފިނި މޫސުން ކަމަށް ވުމުން ދޫނިތަކުގެ ޖާދުވި އަޑު އިވިލަނީ މަދު ފަހަރަކު އެވެ. ނަމަވެސް މިއަދުގެ ހާލަތު މުޅިން ތަފާތެވެ. ވަރުބަލިކަން ފިލުވާލަން ގަސްތަކަށް ތިރިކޮށްލައިގެން ތިބި ދޫނިތައް ހުއްޓުމެއް ނެތި ލަވަކިޔަމުން ދިޔައީ ރީތި މިޔުޒިކެއް ހެންނެވެ. ކޮޓެޖް ކައިރީގައި ހެދިފައިވާ ޓިއުލިޕް މާތަކުގައި ސްނޯ ކޮޅުތައް ބޮސްދީފައި ވިރިގެން ދާ މަންޒަރު ބަލާ ފޫހިނުވާނެހާ ރީއްޗެވެ. ކުލަކުލައިގެ މާތައް ސްނޯގެ ތެރޭން ފަރިވެލައިގެން ތިބީ ކުލަކުލައިން ފެއިންޓްކޮށްލާފައިވާ ފަދަ ގޮތަކަށެވެ. އެވްލީން ޓިއުލިޕް މާތަކާ ކުޅެލަމުން ކޮޓެޖަށް ވަނީ ކުއްލިޔަކަށް ބޮލުގައި އުފެދުނު ރިހުމާއެ މޫނުމައްޗަށް އަނދިރިވާގޮތް ވުމުންނެވެ.

އެވްލީން އަވަސް އަވަހަށް ސޯފާގައި އިށީން އިރު ބޮލުގައި އުފެދިފައިވާ ރިހުމަށް ކުޑަ ލުޔެއް ލިބިއްޖެއެވެ. ފުން ނޭވާތަކެއް ބޭރުކޮށްލަމުން އެވްލީން ފަޔާރޕްލޭސްއާއި ކައިރިވެލަމުން އަލިފާނުގެ ހޫނުން އަރާމު ހާސިލުކުރިއެވެ. އެވަގުތު ދަރިފުޅުގެ ތޮޅުން އިހްސާސް ވުމާއެކު އެވްލީން ބަނޑުގައި ފިރުމާލިއެވެ. ” އެންޖެލް… ދެން އޮތީ ފައިވް މަންތްސް… މޯމް އެންޑް ޑެޑީ އާރ ވެއިޓިންގް ފޯރ ޔޫ… ވަރަށް ލޯބިވޭ ބޭބީ ދެކެ… މޯމް ހާދަ އިންތިޒާރެއް އެބަކުރެމޭ ބޭބީ އުފަން ވާނެ ދުވަހަކަށް… ” އެވްލީން ބަނޑުގައި ފިރުމަން ފެށުމާއެކު ދަރިފުޅުގެ ހަރަކާތްތައް މަޑުޖެހުނެވެ. ނަމަވެސް ދަރިފުޅުގެ ހިތުގެ ތެޅުން އެވްލީންއަށް އިހްސާސް ކުރެވުނެވެ. އެމައުސޫމް ފުރާނައިގެ ވިންދުގެ ސަބަބުން އެވްލީންއަށް ލިބުނީ ބޮޑު އުފަލެކެވެ. އެތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިގެން ދާން ނެގީ މަދު ވަގުތު ކޮޅެކެވެ. ” ބަސްއަހާ ކުއްޖެއް ދޯ މޯމްއަށް ލިބެން މިއުޅެނީ…. ” އެވްލީން ލުއި ހީލުމަކާއެކު ބޭބީއާ ވާހަކަ ދެއްކިއެވެ. އެވްލީން އުފާވެރި ވަގުތުތަކެއް ގުނަން ފެށިއިރި އޭނަގެ ދިރިއުޅުމަށް އަންނަން ކައިރިވެފައިވާ ތޫފާނުގެ ހިލަމެއް ވެސް ނުވިއެވެ. އެތޫފާނުގައި ޖެހި އޭނަގެ ދިރުއުޅުން ވިއްސިވިހާލިވެ އެތައް ދިރިއުޅުންތަކެއް ބަރުބާދުވެގެން ދާނެކަން ވެސް އެފަކީރަށް ރޭކާ ނުލިއެވެ.

ޢީރާ ނުހަނު އުނދަގުލާއެކު ދެލޯހުޅުވައިލަމުން ފުރަތަމަވެސް އެދުލުން ބޭރުކުރީ ޒަވީންގެ ނަމެވެ. ތަނެއް ދޮރެއް ސާފުނުވި ކަމުގައި ވިޔަސް ޢީރާ ހުރިހާ ދިމާއަކަށް ނަޒަރު ހިންގިއެވެ. ޢީރާގެ ހާލު މިވަގުތަށް ރަގަޅު ވެފައި ވީކަމުގައި ވިޔަސް ހިތުގެ ތެޅުން އިރުއިރު ކޮޅާ ދަށްވެއެވެ. އެކްސިޑެންޓްގެ ސަބަބުން ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ދީފައިވީ ނަމަވެސް ޢީރާގެ ސިކުނޑިއަށް ލިބިފައިވާ ގެއްލުންތަކަށް މުޅިން ފަރުވާއެއް ނުދެވެއެވެ. އެހާލުގައި ވެސް ޢީރާ ބޭނުންވީ ޒަވީންގެ ފަރާތުން މައާފަށް އެދޭށެވެ. މަރުގެ ތުންފަތް މަތީގައި އޭނަ ވަގުތުތައް ގުނަމުން ދާއިރު އޭނައަށް ކުރެވިފައިވާ ފާފަތަކަށް މައާފަށް އެދެން ޢީރާ ބޭނުންވިއެވެ. އެހެންނޫނަމަ އޭނަގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނަ މިދުނިޔެ ދޫކުރަން ބޭނުންވަނީ ހުރިހާ އެންމެންގެ ހިތް އޭނައަށް ސާފުވުމަށް ފަހުގައެވެ. މަރަކީ އިންސާނާގެ އެންމެ ގާތުގައި ވާ އެއްޗެއްކަން މިއަދު ޢީރާއަށް އިހްސާސް ވެއްޖެއެވެ. މަރުމަތިން ހަނދާން ނައްތާލުމަށްފަހު އޭނަ އިސްކަން ދިނީ ދުނިޔޭގެ އުފާތަކަށެވެ. އޭނަ އެހާ ބޮޑެތި ފާފަތައް ކުރަން ޖެހިލުމެއް ނެތި އެއްބަސް ވުން އެއީ އެކަމަށް ފުދުނު ހެއްކެކެވެ. ޢީރާ ވޭނީ އަޑަކުން އެވްލީންއަށް ވެސް ގޮވިއެވެ.

” ޕޭޝަންޓް އިސް ބެކް ޓު ކޮންޝިއަސް އެންޑް ޝީވޯންޓު މީޓް ޒަވީން… ” ނަރުސް ކުއްޖަކު އެމަރޖެންސީ ރޫމްއިން ނިކުންނަމުން ބުނެލިއެވެ. ” ސަން ގޯ… ” ބިލާލް ޒަވީންގެ ބުރަކަށީގައި ފިރުމައިލަމުން ވާހަކަ ދެއްކިއެވެ. ޒަވީން ލަސް ފިޔަވަޅު ތަކެއްގައި އެމަރޖެންސީ ރޫމަށް ވަން އިރު ރޮވިފައި ހުރި ޢީރާގެ މަންމަ ފެނުނެވެ. ޒަރާ ހިތްވަރު ދެމުން ގެން ދިޔަ ކަމުގައި ވިޔަސް އެމަންމަގެ ހިތްވަނީ ފަޅިފަޅިވެފައެވެ.

” ޒޭވް… ” ޢީރާއަށް ޒަވީން ފެނުމާއެކު އެދެލޮލުން ކަރުނަ ހިލިއްޖެއެވެ. ނޭވާލާން ދަތިވެ އެމޫނަށްވަނީ ހުދުކުލަ ވެރިވާން ފަށައިފައެވެ. ޢީރާގެ ގަޔަށް އެތައް މެޝިނެއް ގުޅާފައި ވާއިރު އެމެޝިންތަކުގެ ސަބަބުން ޢީރާއަށް ތަދު ވާނެކަން ޔަޤީނެވެ. އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ޒަވީންއަށް ހުރެވުނެވެ. ރޭގައި އޭނަ ވާހަކަ ދެއްކި ގޮތުން ޢީރާ މިފަދަ ވިޔަވަޅެއް އެޅީ ބާވައެވެ ؟ ޢީރާގެ ނަފްސާނީ މައްސަލައެއް ހުންނަކަން އޭނައަށް ހަނދާން ނައްތާލެވުނީއެވެ. އެފަދަ ދަނޑިވަޅެއްގައި ކަންތައް ކުރެވޭނީވެސް އެކަހަލަ ގޮތަކަށް ނޫން ހެއްޔެވެ ؟ އެވްލީންއަށް އެހާ ބޮޑު އަނިޔާއެއް ދޭން ޢީރާ ރިހާނީއާއި ބައިވެރިކަން އެނގުމުން އޭނަ ހުރީ އިންތިހާއަށް ރުޅި ގަދަ ވެފައެވެ. އެވަގުތު ޢީރާއައި ވީހާވެސް ރީތިކޮށް ވާހަކަ ދައްކަން އޭނަ މަސައްކަތް ކުރިއެވެ.

” ޒޭވް އަހަންނަށް މާފްކޮށްދީ… އަހަރެން މަރުވުމުގެ ކުރިން ބޭނުންވަނީ ހަމައެކަނި ޒަވީންގެ ދުލުން އަހަންނަށް މަފްކޮށްދީފީމޭ ބުނާ އަޑު އަހަން… އަހަންނަށް ކުށްހީއެއް ކުރެވުނީ… ރިހާނީގެ ވާހަކަތަކަށް ހެއްލުނީ އަހަރެންގެ މޮޔަކަމުން… ޒޭވް އަހަރެން ދެކެ ލޯބި ނުވާއިރު ހުވަފެންތައް ދެކުނީ އަހަރެން… ޒޭވްއާ ލީން ދުރުކުރަން އަހަރެން މަސައްކަތް ކުރީ ރިހާނީގެ ވާހަކަތަކަށް ހެއްލުމުގެ ސަބަބުން… އޭރު އަހަންނަކަށް ނޭގޭ ތެދުވެރި ދެލޯބިވެރިން ދުރުނުކުރެވޭނަކަން… ދުރުކުރެވުނަސް އެދެހިތުގައި ޖަހާ ވިންދަށް ނިމުމެއް ނުގެނެވޭނެކަން… ޒޭވް އަހަރެންނަކީ ނުބައި މީހެއް… މައުސޫމް ފުރާނައެއް ދުއްވާލަން އުޅުނު ނުލަފާ އަންހެނެއް…. އަހަންނަށް އެނގޭ ޒޭވް އަހަންނާ ވާހަކަ ދައްކަން ބޭނުން ނުވާނެކަން… އައި ޑިޒާވް އިޓް… ޒޭވް އަހަރެން ދެކެ ރުޅި އައިސްފަ ހުރިކަން ވެސް އެނގޭ… ބަޓް ޕްލީޒް ފޮގިވްމީ… އަހަރެން ބޭނުންވަނީ ޒޭވްއާ އެވްލީން އެކުގައި އުޅޭތަން ދެކެން… ޔޫ ޓޫއާރ މޭޑް ފޯރ އީޗް އަދާރ… ރޭ ޒޭވް ދެއްކި ވާހަކަ ތަކުން ވެސް އަހަންނަށް އެނގިއްޖެ ޒޭވް ލީން ދެކެ ލޯބި ވާވަރު… ނޭގޭ ޒޭވްގެ ދަރިފުޅު ދުށުމުގެ ނަސީބު ލިބޭނެކަމެއް… ” ޢީރާއަށް ގިސްލެވުނު ކަމުގައި ވިޔަސް އޭނަ ޖުމްލަ ފުރިހަމަ ކުރިއެވެ. ޑޮކްޓާރ އައިސް ވެންޓިރޭޓާލަ ގުޅަން އުޅުމުން ޢީރާ އެކަމަށް ހުރަސް އެޅިއެވެ. ” ނޯ ޑޮކްޓާރ އައި ޑިޒާވް ދިސް…. ” ހަށިގަނޑުގައި ވަރު ދޫވެފައި ވިޔަސް ޢީރާ މާސްކް ނަގާ ހޫރާލިއެވެ.

” ޢީރް ފޯރ މީ ޕުޓް ދިސް ބެކް އޮން…. އަހަރެން ޢީރްއަށް މާފްކޮށްފިން…. ” ޢީރާ އަތުގައި ޒަވީން ހިފަހައްޓާލުމުން ޢީރާ ފަނޑު ހިނިތުންވުމަކާއެކު ދެލޯ މަރާލައިފިއެވެ. އޭނަ އަޑު އަހަން ބޭނުންވި ލަފްޒުތައް އަޑު އިވުނީއެވެ. ” ޒޭވް… ބީ ހެޕީ… ” ޢީރާ ވޭނީ އަޑަކުން ބުންޏެވެ. އޭރު ޢީރާގެ ހިތުގެ ތެޅުން ސިކުންތަކަށް ފަހު ސިކުންތެއް ދިޔައީ ދަށް ވަމުންނެނެވެ. ނަރުހުން އަދި ޑޮކްޓަރުން ޢީރާއަށް ފަރުވާ ދޭން ފެށިއިރު ޒަވީންއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޢީރާގެ އަތުން ވާގި ދޫވާކަން އޭނައަށް އިހްސާސް ކުރެވުނެވެ. އެއަތް ފިނިވަމުން ދާކަން ވެސް މެއެވެ.

ކޮންމެ އިންސާނަކަށް ވެސް މި ވަގުތީ ގޯތީގައި ދޫކުރެވޭނެ ނޭވާގެ އަދަދުތައް ވެއެވެ. އެނޭވާ ތަކުގެ އަދަދު ހަމަވުމާއެކު މަރު ތިމާއާ ބައްދަލު ކުރާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. މަރަކީ ވަކި އުމުރެއް އޮތްނަ އެއްޗެއް ނޫނެވެ. ހަމައެއާއެކު މަރަކީ ތިމާއަށް ދައުވަތު ދީފައި ވެސް އަންނަ އެއްޗެއް ނޫނެވެ. މަރު އައިސް ތިމާއާ ބައްދަލު ކުރުމުން ދެއްކޭނެ އުޒުރެއް ނޯންނާނެއެވެ. ހިތް ނޭދުނަސް މި ފަނާވަނިވި ގޯތި ދޫކޮށް ދާން ޖެހޭނެއެވެ. އެއީ އިލާހީ ޤާނޫނެވެ.

ޢީރާ މިވަގުތީ ފާލަން ދޫކޮށް ދިޔައީ ޒަވީން ކުރިމަތިންނެވެ. ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ ފަދަ ޑޮކްޓަރުން އެތާނގައި ތިބިކަމުގައި ވިޔަސް ޢީރާ ސަލާމަތެއް ނުކުރެވުނެވެ. ޒަވީންއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނު އިރު އޭނަގެ އެސްފިތައް ތެމިއްޖެއެވެ. ތުންފަތުގައި ޒަވީން ބާރަކަށް ދަތްއެޅިއިރު އޭނައަށް ވަނީ ކުޑަ ވަރެއްގެ ޝޮކެއް ލިބިފައެވެ. ” إنا لله و إنا إليه راجعون ” ޒަވީންއަށް މަޑުމަޑުން ބުނެލެވުނެވެ. ލޯކުރިމަތިން އެންމެ ގާތް އެކުވެރިޔާ ބީވެގެން ދިޔުމުން އެހިތުގައި ވަނީ ތޫނު ރިހުމެއް އުފައްދާލާފައެވެ. ރިހާނީގެ މަޅީގައި ޖެހުމުގެ ސަބަބުން ޢީރާ މުޅިން މަގުފުރެދުނީއެވެ. ޢީރާ އެންމެ ފަހުވަގުތުގައި ވެސް އޭނައަށް ކުރެވިފައިވާ ކަންތަކަށް އެއްބަސްވެ މާފަށް އެދުނީއެވެ.

ރިހާނީ ”ވޯޓާރ ކްރިސްޓަލް” އަށް އައިއިރު ގޭގައި މަސައްކަތް ކުރާ މެއިޑުން ފިޔަވާ އެއްވެސް މީހަކު ފެންނަން ނެތުމުން އޭނަ ކޮޓެޖްއާ ދިމާއަށް މިސްރާބު ޖެހީ އެވްލީން ގޭގައި ހުރިތޯ ސާބިތު ކޮށްލުމުގެ ބޭނުމުގައެވެ. ނަސީބު މިފަހަރު ރިހާނީގެ އަތުގައި ހިފާލުމުން އޭނަ ހުރީ ހެވިދިއްލިފައެވެ. ކޮޓެޖްއަށް ރިހާނީ ވަން އިރު އެވްލީން ލިވިންގް ރޫމްގައި ޓީވީ ބަލަން އިނެވެ. އިރުއިރުކޮޅާ ކައިރީގައި އޮތް ފޯނަށް އެވްލީން ބަލައިލާކަން ރިހާނީއަށް ފާހަގަ ކުރެވުނެވެ. ރިހާނީ މޫނަށް ހިތާމެވެރިކަން ގެންނަމުން ދުވެލާފައި ގޮސް އެވްލީން ކުރިމައްޗަށް ހުއްޓުނެވެ. އޭނަ ކިތަންމެ ވަރަކަށް ވެސް އެމޫނުމައްޗަށް ކަންބޮޑުވުމާއި ހިތާމައިގެ އަސަރު ގެންނަން މަސައްކަތް ކުރިއެވެ. ރިހާނީ އައިސް ހުއްޓުމާއެކު އެވްލީން ސިހޭގޮތް ވިއެވެ. އަވަސް އަވަހަށް އެވްލީން ސޯފާއިން ތެދުވުނުއިރު އެހިތުގައި ބިރުވެރި ކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލައިފިއެވެ.

” ލީން… ޒޭވް… ޒޭވް… ” ރިހާނީ ގަދަކަމުން ލޮލަށް ކަރުނަ ޖަމާކުރަމުން ގިސްލިއެވެ. ” ޒޭވްއަށް ކިހިނެއްވީ ؟ ” ރިހާނީގެ ޖުމްލައިން އެވްލީން ހިތުގެ ތެޅުން ބާރުކޮށްލިއެވެ. ” ޒޭވް.. އެކްސި… އެކްސިޑެންޓް ވެއްޖެ… ” ރިހާނީ މޫނުގައި އަތްއެޅިއިރު އެހިމަހޯލި އިނގިލިތަކުގެ ތެރޭން ކަރުނަަތައް ފުރޭނެމުން ދިޔައެވެ. ” ވަޓް!!… ” އެވްލީންއަށް ބުނެލެވުނީ ބާރަކަށެވެ. ” ޔެސް ސިސް.. ޒޭވް އޮތީ އައި.ސީ.ޔޫ ގައި… ވަރަށް ސީރިޔަސް… ފެމިލީ އެންމެން ތިބީ ހޮސްޕިޓަލުގައި… އަހަރެން މިއައީ ލީން ހޯދަން ވެގެން… ” ރިހާނީ ބުންޏެވެ. ރިހާނީގެ ވާހަކަތަކަށް އިތުބާރު ނުކުރެވުމުން އެވްލީން ބޭނުންވީ ޒަވީންއަށް ގުޅާށެވެ. ނަމަވެސް ރިހާނީ މާހުޝިޔާރެވެ. އޭނަގެ މަޅީގައި މިފަހަރު އެވްލީން ޖައްސަން ރިހާނީ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

އެވްލީންއާއި ކައިރިއަށް ޖެހިލަމުން ރިހާނީ އެވްލީން ކޮނޑުގައި ޖަހާލައިފިއެވެ. ތުރުތުރު އަޅަމުން ދިޔަ އެވްލީން އަތުން ފޯނު ދޫވީ ކުއްލިޔަކަށެވެ. ” އައެމް ސޮރީ ސިސް… އަހަރެންގެ ފޯނު މިއޮތީ… ޓްރަސްޓް ނުކުރެވޭނަމަ މަމްއަށް ވެސް ގުޅާބަލަ… އެކަމަކު ޓްރުތް ޗޭންޖް ނުކުރެވޭނެ… ” ތަޅައިގެން ގޮސްފައިވާ ފޯނަށް ރިހާނީ ބަލައިލީ ކާމިޔާބީގެ ހިނިތުންވުމަކާ އެކުގައެވެ. ” ލެޓްސް ގޯ…. ” ހާސްވެފައި ހުރި ވަރުން ރިހާނީގެ ރޭވުންތަކާ މެދު އެވްލީންއަށް ވިސްނާނުލެވުނެވެ. އަކިޔަސް ރިހާނީގެ ރޭވުންތައް ކިޔައިދީފައި އޮތްވާ ވެސް ޒަވީންއަށް އެހާ ދެރަ ކަމެއް ވުމުން އެވްލީން ސިކުނޑި ވަނީ ސުމެކަށް ގޮސްފައެވެ. ނުވީތާކަށް ރިހާނީ ވަނީ އެއެކްސިޑެންޓްގައި ބިލާލްއާއި ޒަރާއަށް ވެސް އަނިޔާވި ކަމަށާއި ނަމަވެސް މިހާރު ދެމީހުންގެ ހާލު ރަގަޅު ކަމަށް ބުނެފައެވެ.

އެވްލީން ޖެކެޓް ލައިގެން ރިހާނީ އާއެކު މިސްރާބުޖެހީ ޕޯޓިކޯއާއި ދިމާއަށެވެ. ހޯސްލާފައި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތައް އެވްލީން ފޮހެލައެވެ. އެހިތަށް ކޮށްފައިވާ ފުން އަސަރުތައް ބަޔާން ކުރަން ދައްޗެވެ. ލޯބިވާ ފިރިމީހާއަށް އެހާ ބޮޑުކަމެއް ދިމާވުމުން އެވްލީން ހުރީ ބިރުގެންފައެވެ. ޒަވީންއަށް ކަމެއް ވެއްޖެނަމަ އޭނައާއި ދަރިފުޅަށް ވަނީ ކިހިނެއް ހެއްޔެވެ ؟ އެދެމީހުންނަށް ޒަވީންއާއި ނުލާ ނޫޅެވޭނެއެވެ. ޒަވީން އެދެމީހުން ދޫކޮށް ގޮސްފިނަމަ ދިރިހުރުމުގެ ހުރިހާ އުއްމީދެއް ގެއްލޭނެއެވެ. އެވްލީން މެދުކެނޑުމެއްނެތި ހެއްދެވި ފަރާތަށް ދުޢާކުރިއެވެ. އޭނަގެ ޒަވީން ނުރައްކަލުން ސަލާމަތްކޮށް ދެއްވުމަށެވެ. އެވްލީން ކާރަށް އަރައި ހަމަޖެހިލުމުން ރިހާނީ ކާރު ދުއްވާލައިފިއެވެ.

އެވަގުތު ފޯނުން ވާހަކަ ދައްކަމުން ބޭރަށް ނިކުތް އަކިޔަސްއަށް މިމަންޒަރު ފެނުނެވެ. ” ފަހުން އެބަ ގުޅަން… ” އަކިޔަސް ފޯނު ކަނޑައިލުމަށްފަހު ޖިންސްގެ ޖީބަށް ލިއެވެ. ރިހާނީ އެވްލީން ގޮވައިގެން އެދިޔައީ ކޮންތާކަށް ހެއްޔެވެ ؟ ރިހާނީއަކީ އިތުބާރު ކުރެވޭ ފެންވަރުގެ ކުއްޖެއް ނޫނެވެ. އޭނަ އެހުންނަނީ އެވްލީން ފަރާތުން ބަދަލު ހިފާނެ ގޮތެއް ނުފެނިގެންނެވެ. އަކިޔަސް ދުވެލާފައި ގޮސް ކާރު ސްޓާޓްކޮށްލުމަށްފަހު ބާރަކަށް ދުއްވާލާފައި ގޮސް ކާރު ގޭޓުން ނެރުނެވެ. އޭރު ރިހާނީ ދުއްވަން އިން ކާރު ގޯޅިއަކުން އަޅާލިތަން އަކިޔަސްއަށް ފެނުނެނެވެ. އަކިޔަސް ކާރުގެ ސްޕީޑް މަތިކޮށްލަމުން ވީހާވެސް ބާރަކަށް ކާރު ދުއްވަން މަސައްކަތް ކުރިއެވެ. ނުބައެއް ނަހަދާ މިފަހަރު ރިހާނީ ދޫކޮށްނުލާނެ ކަމުގެ އިންޒާރު އޭނަގެ ސިކުނޑީގެ ކަނަކުން ދޭން ފަށައިފިއެވެ.

” ރިހާނީ ކޮންތާކަށް ތިދަނީ ؟ ހޮސްޕިޓަލް ހުންނަނީ އެކޮޅުގައެއްނު ؟ ” އަލަށް ހަދަމުންދާ މަގަކަށް ކާރު އޮބައިލުމުން އެވްލީންއަށް ޝައްކުވިއެވެ. އޭނަ ކިތަންމެ ވަރަކަށް ހާސްވެ ، ބިރުގެންފައި އިންކަމަގައި ވިޔަސް ރިހާނީ އެދަނީ ހޮސްޕިޓަލަށް ނޫންކަން ނަގައިގަނެވިއްޖެއެވެ. ހައިރާންކަމާއެކު އެވްލީން ރިހާނީގެ މޫނަށް ބަލައިލި އިރު އެދެލޯ ބަރާވެފައިވާ ކަރުނަތައް ހިނދިއްޖެއެވެ. ” ރިހާނީ… ވެއޭރ އާރ ޔޫ ގޮއިންގް… ؟ ” އެވްލީން މިފަހަރު ވާހަކަ ދެއްކީ އަޑަށް ބާރުލާފައެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލު ތެރޭގައި އެވްލީން ހިތުގެ ތެޅުން މަޑުމަޑުން ގުގުމާލަމުން ދިޔައެވެ. ރިހާނީ އެވްލީންގެ ސުވާލުތަކަށް ޖަވާބު ދޭން ބޭނުމެއް ނުވިއެވެ. އޭނަ އިނީ ވީހާވެސް އަވަހަކަށް އެވްލީންގެ ވަސް މިދުނިޔެއިން ފޮހެލަން ބޭނުން ވެފައެވެ. އެހާ ފަސޭހަ ކަމާއެކު އޭނަގެ މަޅީގައި އެވްލީން ޖެހުމުން ދޫކޮށްލެވޭނެ ހެއްޔެވެ ؟ ނޫނެކެވެ. މިފަހަރު އެވްލީން އަތުން އޭނަ ރަގަޅަށް ބަދަލު ހިފާނެއެވެ.

” ރިހާނީ ހަމަ މިވަގުތު ކާރު މަޑުކުރޭ… އަހަރެން ކައިރީގައި ހެދީ ހުސްދޮގު ދޯ ؟ ޒޭވްއަށް އެއްވެސް ކަމެއް ނުވޭ ދޯ ؟ ” ގަނޑުފެންކޮޅެއްހާ ފިނިވެފައިވާ ދެއަތް އެވްލީން ޖޯޑުކޮށްލިއިރު ހިތުގެ ތެޅުން އަވަސް ވެފައިވަނީ އިންތިހާއަށެވެ. ” ޝަޓް އަޕް … ޒޭވްއަށް އެއްވެސް ކަމެއްނުވޭ އަހަރެން ކަލޭ ކައިރީގައި ހެދީ ހުސްދޮގު… އެކަހަލަ އެކްޓެއް ނުޖެއްސިނަމަ ވިލް ޔޫ ބީ ވިލިންގް ޓު ކަމް ވިތް މީ ؟ … ޕްރޭއި ޓު ގޯޑް… ކަލޭ މިދުނިޔެ ދޫކޮށްދާން ޖެހޭ ވަގުތު ކައިރިވެއްޖެ…. ” ރިހާނީ ހިނިގަނޑެއް ޖަހައިލަމުން އެވްލީންއާ ދިމާއަށް ކަޅިއަޅާލައިފިއެވެ. ކާރުގެ ސްޕީޑް ރިހާނީ މަތިކޮށްލީ އެވްލީން ބިރުގަންނަވާލުމުގެ ބޭނުމުގައެވެ. އޭނަގެ އެމަގްސަދު ހާސިލު ވެސް ވިއެވެ. އެވްލީން ނޭވާ ހިފަހައްޓާލައިގެން އިންއިރު ރިހާނީގެ ޖުމްލައިން އެކަންފަތަށް ވަނީ ހޮނު އަޅާލާފައެވެ. އެމަގުން މީހެއްގެ ހިލަމެއް ނުވާތާނގައި އަޑެއް ބަޑެއް ވެސް ނީވެއެވެ. މިފަދަ ތަނެއްގައި އޭނަ އެހީއަކަށް އެދި ގޮވަނީ ކާކަށް ހެއްޔެވެ ؟

” ރިނީ މޮޔަ ވެގެންތަ ތިއުޅެނީ ؟ އައި ސެޑް ސްޓޮޕް ދަ ކާރ…. ” އެވްލީން ކާރުގެ ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ކާރުގެ ދޮރުތައް ތަޅުލާފައި ހުރުމުން އެކަންވީ ނާކާމިޔާބެވެ. ” ކަލޭގެ ސަބަބުން މިއަދު އަހަރެން ބާކީވެފައިވަނީ… ކަލޭ ކިޔާއާ އަހަރެންގެ ދިރިއުޅުމަށް ނައިނަމަ މިހެން ކަންތައް ނުވީސް…. ” ރިހާނީ ކާރު މަޑުކޮށްލީ ކޯރެއް ހުރަސްކުރަން އަޅާފައިވާ ބްރިޖެއްގެ ކައިރިއަށެވެ. އެވްލީން އަވަސް އަވަހަށް ކާރުން ފޭބުމަށްފަހު ދުއްވައި ގަންނަން އުޅުނެވެ. ” ދެއާރ އިސް ނޯ ވެއާރ ޓު ގޯ ނޯރ ހައިޑް… ” ރިހާނީ ބާރު އަޑަކުން ހީލައިފިއެވެ.

އެވްލީން ދެފަރާތަށް ނަޒަރު ހިންގާލައިފިއެވެ. ރިހާނީ އެބުނަނީ ތެދެކެވެ. ދުރުދުރަށް ދާންދެން ފެންނަނީ މަރުވެފައިވާ ބޮޑެތި ގަސްތަކެކެވެ. އެގަސްތަކުގައި ސްނޯގެ ދޫލަތަކެއް އޮޅާލެވިފައި ވުމުން ފެންނަލެއް ނުހަނު ރީއްޗެވެ. ބްރިޖް ކައިރި ފަވާލާފައިވާ ސްނޯގެ ތެރޭން އޮރެންޖް އަދި ރީނދޫކުލައިގެ ކުޑަ މާތަކެއް ބޯދިއްކޮށްލައިގެން ތިބިއިރު ހީވަނީ ރީތި ތަސްވީރެއް ހެންނެވެ. ބްރިޖްގެ ދަށުގައިވާ ކޯރުން ފެންދެމޭއަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައިރު މުޅި ހިސާބަށް ފަތުރާލާފައި ވަނީ ނާމާން އަޑެކެވެ. އެއީ ސިޓީން ބޭރުގައިވާ ހިސާބަކަށް ވުމުން މުޅިތަން ވަނީ ފަޅަށެވެ. އެންމެ ކުޑަމިނުން ދިރޭ އެއްޗެއްގެ ހިލަމެއް ވެސް ނުވެއެވެ.

” ސޮރީ އެވްލީން… އަހަރެން އަތުގަ އިތުރު ޗޮއިސްއެއް ނެތް… ކަލޭގެ ސަބަބުން އަހަރެންގެ ލައިފް ރުއިން ވެއްޖެ ، ދެން ކިހިނެއް ކަލެއަށް އުފަލުގައި ހުރުމުގެ ފުރުސަތު ލިބޭނީ ؟ ” ރިހާނީ އެވްލީން ކޮނޑުގައި ހިފާ ކޮއްޕާލައިފިއެވެ. އެވްލީން ދިޔަ ބާރު މިނުގައި ގޮސް ޖެހުނީ ބްރިޖްގެ ދެފަރާތުގައި ޖަހާފައިވާ ރެއިލިންގައެވެ. އެވަގުތު އެވްލީންގެ ބާރު ހަޅޭކުގެ އަޑު ފަޒާގެ ތެރެއަށް ފެތެރުނު އިރު އެވްލީންއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ. ގަނޑުފެނުން ރެއިލިންގް ހިސޯރުކޮށްލާފައި އޮތުމުން ބޮޑު އަނިޔާއެއް ނުވެ އެވްލީން ސަލާމަތް ވިއެވެ. ރިހާނީގެ މޮޔަ އަމަލުތަކުން އެވްލީން ބިރު ގަންނަވާލައިފިއެވެ.

” ރިނީގެ ލައިފް ރުއިން ކުރަން އަހަރެން ކޮންކަމެއް ކުރީ ؟ ” އެވްލީން ބުންޏެވެ. ” ކަލޭ ކިޔާއާ އަހަންނާ ދެމެދަށް ނުވަންނަމަ އަހަރެން ނުޖެހޭނެ ކިޔާއާ ކަލޭ ދުރުކުރަން ޕްލޭން ތަކެއް ރާވާކަށް ، ކަލޭ މޮޔަކުރާކަށް ވެސް…. ކިޔާއަށް ހުރިހާ ކަމެއް އެނގިއްޖެ…. ” ރިހާނީ ކިތަންމެ ރުޅިއައިސްފައި ހުއްޓެއް ކަމަކު އޭނަގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ޢީރާގެ ބޭނުންކޮށްގެން ޒަވީންއާއި އެވްލީން ދުރުކުރަން އުޅުނުކަން ވެސް ރިހާނީ ހާމަކުރިއެވެ.

ރިހާނީގެ ޖުމްލަތަކުން އެވްލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަކިޔަސް މިވީހާ ދުވަހު އޭނައަކީ ބޭވަފާތެރިއެއް ކަމުގައި ނިންމައިގެން ހުރީ ރިހާނީގެ ނުބައި ރޭވުންތަކުގެ ސަބަބުންނެވެ. ނުވީތާކަށް ރިހާނީ އެހުރީ ޢީރާ މަގުފުރައްދާލާފައެވެ. ” ޑައި ބިޗް… ” ވިދާލި ވިދުވަރެއްހާ ބާރުމިނުގައި އައިސް ރިހާނީ އެވްލީން ކޮއްޕާލަން އުޅުމުން އެވްލީންއަށް ލިބުނު ހިތްވަރާއެކު އޭނަ ރިހާނީ ފޮޅުވާލައިފިއެވެ. ” ދުރުގަ ހުރޭ… ރިހާނީ އަމިއްލަ ބޮއިގަތް ބޮނޑިތީ… ” ރިހާނީގެ ހުރިހާ ނުބައި ރޭވުންތަކެއް ހާމަވުމުން އެވްލީންއައީ އަމަށަކު ރުޅިއެއް ނޫނެވެ. ” ހައު ޑެއާރ ޔޫ ޓު ޓަޗް މީ ! ” ރިހާނީ ކުރިއަށް ފިޔަވަޅެއް އަޅަން އުޅެފައި ވެސް އޭނަގެ ޚިޔާލު ބަދަލު ވުމުން އޭނަ އެރީ ކާރަށެވެ.

އަކިޔަސްއަށް އެހިސާބަށް އާދެވުއިރު މާ ލާސްވެއްޖެއެވެ. ރިހާނީ އެވްލީންއާ ދިމާއަށް ކާރު ދުއްވާލުމާއެކު އަކިޔަސް ދުއްވައިގަތީ ފަޔަށް ލެވުނުހާ ބާރަކާ އެކުގައެވެ. އިތުރު އެއްވެސް ގޮތެއް ނެތުމުން އަކިޔަސްއަށް މަޖްބޫރުވީ އެވްލީން ކައިރީގައި ހުރި ކުޑަ ސްނޯ ފުންޏެއްގެ މައްޗަށް ކޮށްޕާލާށެވެ. އެވްލީން ބަލިވެ އިން ކަމުގައި ވިޔަސް އެވަގުތު އެނޫން ހިޔާލެއް އަކިޔަސްގެ ސިކުނޑިއަކަށް ނައެވެ. އެވްލީން ސްނޯ މައްޗަށް ވެއްޓުނު އިރު ރިހާނީ ދުއްވަން އިން ކާރު އަކިޔަސް ގައިގައި ޖެހިފައި ، އަކިޔަސް ވިއްސައިގެން ގޮސް އެތައް ފޫޓު ދުރުގައި ޖެހުނެވެ.

ރިހާނީ ޖެހި ބުދެއްހެން ހުއްޓުން އެރިއިރު އޭނައަށް ހީވީ ސިކުނޑި އެތިކޮޅުތަކަށް ބުރައިގެން ދިޔަ ހެންނެވެ. ހަށިގަނޑުގެ ހުރިހާ ނާރުތައް ގުޑުވާލީ ބިރުވެރިކަމުގެ ރާޅުބާނީ ތަކުންނެވެ. މޭގަނޑު ނެގިފައި ޖެހެން ފެށިއިރު ރިހާނީގެ ބޮޑެތި ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ހުންގާނުގައި ބާރަކަށް ހިފަހައްޓާލެވުނުއިރު މުޅި ހަށިގަނޑުގައިވަނީ ތުރުތުރު ލުމެއް އުފެދިފައެވެ. ސިކުނޑި ސުމެކަށް ގޮސްފައި ވުމުގެ ސަބަބުން ރިހާނީއަށް ހަރަކާތެއް ވެސް ނުގެނެވުނެވެ. އޭނަ އިނީ ހިސާބަކަށް ގަބުވެފައެވެ. ރިހާނީ އަކިޔަސް އޮތް ހިސާބަށް ދުއްވައިގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނައަށް އެހިތްވަރެއް ނުލިބުނެވެ. އިރުކޮޅަކުން ރިހާނީ ގިސްލަން ވެސް ފަށައިފިއެވެ. އެވޭނީ ގިސްލުމުގެ އަޑުން ފަޒާގެ ހިމޭންކަން ނިމުމަކަށް ގެނައެވެ. މިވީ ކިހިނެއް ހެއްޔެވެ ؟

އެވްލީން ނިކަން އުނދަގުލުން ތެދުވެލިއިރު އޭނަގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެތައް ފޫޓު ދުރުގައި ލެއިން ތަތްތެޅިފައި އަކިޔަސް އޮތްއިރު އޭނަ ދެފަހަރަކު ކުކުރާލިއެވެ. ބޭއިހްތިޔާރުގައި އެވްލީން އަކިޔަސްއާ ދިމާއަށް ދުއްވައިގަތް އިރު ހިތްތެޅެމުން ދިޔައީ ފެނުންނަގާފައިވާ މަހެއް ހެންނެވެ. އުފުލިފައިވާ ބަނޑާއެކު ދުވަން އުނދަގޫ ވީނަމަވެސް އެވްލީން ހިތްވަރު އެލުވައެއް ނުލިއެވެ. ލޭގެ ކޯރުތައް ދަމާލަމުން ދިޔަ ހިސާބަށް ހުއްޓިލަމުން އެވްލީން ފިޔަވަޅުތައް އެޅީ ފަރުވާތެރިކަމާއެކުއެވެ. އޭރުވެސް މެދުކެނޑުމެއްނެތި ރިހާނީ ރޯއަޑު އިވެއެވެ.

” އަކިޔަސް… ” އެވްލީން ތާރުގަނޑު މަތީގައި އިށީންނަމުން އަކިޔަސް އަތުގައި ހިފަހައްޓާލިއެވެ. އެވްލީންގެ އަޑު އިވުމާއެކު އަކިޔަސް ދެލޯ ހުޅުވާލިއެވެ. އެއަޅިކުލައިގެ ދެލޯ އަމާޒުވުމުން އެވްލީން ހިތުގެ ތެޅުން ކުރިއަށް ވުރެ ބާރުކޮށްލިއެވެ. އެވްލީން އެމްބިއުލާންސަށް ގުޅަން ބޭނުންވިއެވެ.

” ލީން…….. ” އަކިޔަސް ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ” ޝްޝްޝް… ކިޔާ ޔޫ ނީޑް ޓްރީޓްމެންޓް… ވާހަކަ ނުދައްކަބަލަ… ” އެވްލީން ދެފަރާތަށް ބޯހޫރައިލަމުން ޖިންސް ޖީބުގައި އޮތް ފޯނު ނެގިއެވެ.

” ނޯ…. ” އަކިޔަސް ބުންޏެވެ. އެވްލީން ލޮލުން ފޭދެމުން އައި ކަރުނަ ތިކިތައް އަކިޔަސްގެ ރީތި މޫނުގައި ބޮސްދެމުން ދިޔައެވެ. އެވްލީން އެމޫނުގައި ހޭކިފައިވާ ލޭ ފޮހެލިއިރު އަކިޔަސް ބޮލުން ފަޅައިގެން ގޮސްފައިވާ ހިސާބު ފެނުމުން އޭނަ ގަނޑުވެއްޖެއެވެ. އެހާ ބޮޑު އަނިޔާއެއް ވުމުން އަކިޔަސް ސަލާމަތް ވާނެ ހެއްޔެވެ ؟ މިވަގުތު އަކިޔަސްއަށް ބޭނުންވަނީ ފަރުވާއެވެ. ވަގުތު ފާއިތު ނުވަނީސް އަކިޔަސް ހޮސްޕިޓަލަށް ގެންދަން އެވްލީން ބޭނުންވިއެވެ. އަމިއްލަ ފުރާނައަށް ވިސްނާނުލައި އެންމެ ފަހުވަގުތުގައި ވެސް އަކިޔަސް އިސްކަންދިނީ އޭނަ އަށެވެ. އޭނަގެ ދަރިފުޅަށެވެ.

އެވްލީން އޭނަގެ އުނގުގައި އަކިޔަސްގެ ބޯ ބޭއްވިއިރު އޭނަ ލައިގެން ހުރި ހެދުން ލެއިން ތެމެމުން ދިޔައެވެ. ” ނޫން… ކިޔާ ޔޫ ވިލް ބީ ފައިން… ހޮސްޕިޓަލަށް ގެންދިޔައީމަ ރަގަޅު ވާނެ… ” އެވްލީންގެ އަޑު ކުރެހުނެވެ. ޒަވީންއަށް ވެސް ގުޅަން އޭނަ ބޭނުންވިއެވެ.

” ލީން އަހަރެން އަތުގަ އެހާ ގިނަ ވަގުތެއް ނެތް… އައެމް ސޮރީ ފޯރ ވަޓް އައި ޑިޑް… ލީންއަކީ ރަގަޅު ކުއްޖެއް… ލީން އަހަރެން ދެކެ ތެދުވެރި ލޯބި ވީއިރު އަހަންނަށް އެކަމަށް ވެލޫ ނުކުރެވުނު… އައި ޓްރަސްޓެޑް ސަމް ވަން އެލްސް މޯރ ދޭން ޔޫ… އަހަރެންގެ އެހީއަށް އެވްލީން ބޭނުން ވިވަގުތު އެހީއެއް ވެސް ފޯރުކޮށް ނުދެވުނު… ޒޭވް އިޒް ބެޓާރ ދޭންމީ… ލިވް ހެޕިލީ ވިތް ޒޭވް…. ” އަކިޔަސްއަށް އެހިސާބަށް ބުނެވުނުތަނާހެން އޭނަގެ ދެލޯ މެރިއްޖެއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭންތަކަށް އަކިޔަސް ކެތްތެރި ވިއެވެ.

” ކިޔާ… ” އެވްލީންއަށް ހަޅޭއްލަަވައި ގަނެވުނެވެ. އޭނަ އަކިޔަސް އެދެލޯހުޅުވާލާނެ ވަގުތަކަށް އިންތިޒާރު ކުރިއެވެ. ނަމަވެސް އަކިޔަސް އެރީތި ދެލޯ ހުޅުވައެއްނުލި އެވެ. އެވްލީން ދެލޯ ފުރިބާރުވާން ފެށި ކަރުނަތައް ހިފަހައްޓަން އޭނައަށް ދަތިވިއެވެ.

” ކިޔާ ލޯ ހުޅުވާލަބަ…. ” އެވްލީން އަކިޔަސް އަތުގައި ހިފާ ތަޅުވައި ގަތެވެ.

އަކިޔަސްގެ ހަރަކާތަތައް މަދުވާން ފެށުމުން އެވްލީން ޒަވީންގެ ފޯނަށް ގުޅިއެވެ. ރޮމުން ރޮމުން އެވްލީން ޒަވީންއަށް އެހާދިސާ ހިނގިގޮތް ކިޔައިދިނެވެ. ކުޑަ ހިތްވަރެއް ލިބުމުން ރިހާނީ ދުވެލާފައި އައިސް އަކިޔަސް އަތުގައި ހިފަހައްޓާލިއެވެ. ” ކިޔާ…. އަހަރެންގެ ކުށުން މިހުރިހާ ކަމެއް މިވީ… ފޯރ ގޯޑް ސޭކް ލޯ ހުޅުވާލަބަ… އަހަންނަށް ކުރެވިފައިވާ ހުރިހާ ކަމަކަށް މާފަށް އެދެން… އެވްލީން ބުނެބަލަ އަކިޔަސް ކައިރީގައި ލޯހުޅުވަލާށޭ…. ” ރިހާނީ ހިތްހަލާކުވެއިފާ ރާގެއްގައި ވާހަކަ ދައްކަމުން ރޮއި ހޭރިގަތެވެ. އެވްލީން މިމަންޒަރު ބަލަން އިންއިރު އޭނައަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ޒަވީން އިރުކޮޅަކުން އެތަނަނަށް އަންނާނެ ކަމަށް ބުނެފައި ވުމުން އެވްލީން މެންނަށް ޖެހުނީ ޒަވީން އަންނާނެ އިރަކަށް މަޑު ކުރާށެވެ.

ފާއިތުވެގެންދާ ކޮންމެ މިނެޓަކީ އަކިޔަސް މަރުގެ ތުންފަތް މައްޗަށް ފޮނުވާލީ މިނެޓަކަށް ވިއެވެ. ރިހާނީ ކުރެވުނު ކަންތަކަށް ދެރަވެ މާފަށް އެދުނެވެ. އޭނައަށް ޓަކައި ނޫނަސް އޭނަގެ ބަނޑުގައި އަށަގަންނަމުން ދިޔަ ދަރިފުޅަށް ޓަކައި ލޯހުޅުވަލުމަށް އެދި ރިހާނީ އާދޭސް ކުރިއެވެ. ފިނިވެފައިވާ އަކިޔަސް އަތަށް ރިހާނީ ބޮސްދިން އިރު އޭނަ ދުނިޔެއިން މޮޔަވާ ވަރު ވެއްޖެއެވެ. އެވްލީން ފަރާތުން ބަދަލު ހިފަން އުޅުމުން ދިމާމިވީ ހާދަ ދެރަގޮތެކެވެ. ބަދަލު ހިފުމުގެ ރޫހުގެ ސަބަބުން އޭނަ ހުވަފަތް ވެއްޖެއެވެ. އޭނަގެ ދަރިފުޅު ޔަތީމަކަށް ވެއްޖެއެވެ. އޭނައަކީ ޤާތިލެކެވެ. ކުޑައިރުއްސުރެ ލޯބި ދިން ދައްތަ މަރާލަން އުޅުނު ނުބައި މީހެކެވެ. އެދައްތަ އުފަލުން މަހުރޫމް ކޮށްލަން އުޅުނު ނުލަފާ ކޮއްކޮ އެކެވެ. އޭނައަށް ދުވަހަކު އެއްވެސް މީހެއްގެ ލޯތްބަށް ގަދަރު ނުކުރެވުނެވެ. ތާއަބަދު ބަރޯސާވީ އޭނަގެ މަންމައަށެވެ. މަންމަ ދެއްކި ނުބައި މަގުން ހިނގުމުގެ ނަތީޖަ މިއަދު ފެނިއްޖެއެވެ. އޭނައަށް ހެޔޮވިސްނުން ލިބުނުއިރު މާބޮޑަށް ލަސް ވެއްޖެއެވެ.

އެމްބިއުލާންސްގައި އަކިޔަސް ހޮސްޕިޓަލަށް ގެންދެވުނުއިރު ރިހާނީ ސިކުންތަކަށް ވެސް އަކިޔަސް އަތުން ދޫކޮށެއް ނުލިއެވެ. ޒަވީން ކިތަންމެ ރުޅި އައިކަމުގައި ވިޔަސް އޭނަ ކެތްތެރިވިއެވެ. ރިހާނީގެ މޫނު ފެނުނަސް އޭނަ ރުޅިއައިސް ރަތް ވެގެން ދެއެވެ. ބޭބެއަށް މިއަދު މިހާލު ޖެހިފައި މިވަނީ ރިހާނީގެ ސަބަބުންނެވެ. އެވްލީން ޒަވީންގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން އިންއިރު އޭނަ ނުރޯން މަސައްކަތްކުރިއެވެ. ޒަވީން ލޯތްބާއެކު އެވްލީން ގެނެސް މޭގައި ޖައްސާލަމުން ކެތްތެރިވާން ބުނެލިއެވެ. އެވްލީންއަށް މިވަގުތު އޭނަގެ އެހީ ބޭނުންވާނެއެވެ. އަކިޔަސްއަށް އެހާ ބޮޑު ކަމެއް ދިމާވިތަން ފެނުމުން ނަފްސާނީ ގޮތުން އެވްލީންއަށް ވާނީ އޭގެ ނޭދެވޭ އަސަރު ކޮށްފައެވެ.

އަކިޔަސް އައި.ސީ.ޔޫ އަށް ވެއްދުމާއެކު ޒަރާ ދިޔަގޮތަށް ގޮސް ރިހާނީގެ ކޯތާފަތް މައްޗަށް އެތިފަހަރެއް ވީއްލާލިއެވެ. ރިހާނީ އިސްޖަހާލައިގެން ހުރިއިރު އޭނައަށް ކުރެވުނު ކަންތަކާމެދު އޭނަ ހުރީ އިންތިހާއަށް ދެރަވެ ، ލަދު ގެންފައެވެ. ” ހިތްހަމަ ޖެހިއްޖެ ދޯ ؟ ” ޒަރާ ދެވަނަ އެތިފަހަރު ވީއްލާލައިފިއެވެ. ” ޒަރާ… ” ބިލާލް އައިސް ޒަރާގެ ކޮނޑުގައި ހިފަހައްޓާލައިގެން ގޮސް ކައުޗްގައި ބޭންދިއެވެ. ” ބިލާލް އަކިޔަސް ސަލާމަތްވާނެތަ ؟ އަހަރެން މަރުވެދާނެ އަކިޔަސްއަށް ކަމެއް ވެއްޖެނަމަ…. ” ޒަރާ ބިލާލް މޭގައި މޫނު ޖައްސާލިއެވެ. ” ﷲގެ އިރާދަފުޅާއެކު ކިޔާއަށް އެއްވެސް ކަމެއް ނުވާނެ… ޔޫ ހޭވްޓު ބީ ސްޓްރޯންގް…. ” ބިލާލް ދެރަވެފައި އިން ކަމުގައި ވިޔަސް އޭނަ ހިތްވަރު އެލުވާނުލިއެވެ. މިހާ ނާޒުކު ހާލަތެއްގައި ހިތާމަކުރުމުން އެންމެނަށް ހިތްވަރުދޭނީ ކާކު ހެއްޔެވެ ؟

ދެދުވަސް ވަންދެން ލައިފްސަޕޯޓިން މެޝިންގެ އެހީގައި ދުނިޔެއަށް ނޭވާލުމަށްފަހު ޑޮކްޓަރުންގެ އެދުމުގެ މަތިން ޒަރާއާއި ބިލާލްއަށް މަޖުބޫރުވީ ލައިފްސަޕޯޓިންގް މެޝިން ނައްޓާލުމަށެވެ. ލޯކުރިމަތިން ދަރިފުޅު ފަހު ނޭވާވަޅަށް އެޅުނުތަން ފެނުމުން ޒަރާގެ ހިތް ކުދިކުދި ވިއެވެ. އެއީ އެއްވެސް މަޔަކަށް ބަލަން ކެތްވާނެ މަންޒަރެއް ނޫނެވެ. ބިބާލް ގައިގައި ޒަރާ ބައްދާލިއިރު އޭނައަށް ވަނީ ކިތަންމެ ވަރަކަށް އަސަރު ކޮށްފައެވެ. ދަރިފުޅު އެންމެ ފަހު ނޭވާލީއިރު އޭނައަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެކަމުން ވެސް އޭނަގެ ނުކުޅެދުންތެރިކަން ހާމެވެއްޖެއެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް ދަރިފުޅު ހިފެހެއްޓޭނެނަމަ ޒަރާއާއި ބިލާލް އެކަން ކުރީހެވެ.

ކިތަންމެ ބާރުގަދަ ވިޔަސް މަރުގެ މަލާއިކަތާގެ ކުރިމަތީގައި ކޮންމެ ނަފްސެއް ވެސް ބަލިކަށިވާނެއެވެ. ހަޔާތުގެ ދުވަސްތައް ހޭދަކުރާއިރު ”މަރު” ތިމާއާ މާދާމާ ވެސް ބައްދަލުކޮށްފާނެކަން ދަންނަން ޖެހޭނެއެވެ. މިއީ ވަގުތީ ގޯއްޗެކެވެ. ދާއިމީ ގޯއްޗެއް ނޫނެވެ. މިގޯތި ދޫކޮށް މާތްﷲ ގެ ހަޟުރަތަށް ކޮންމެ ނަފްސެއް ވެސް ދަތުރުކުރަން ޖެހޭނެއެވެ. ދާން ޖެހޭނެ ވަގުތެއް ނޭގޭނެއެވެ. ދުރާލާ އަޖަލުގެ ކުރިން އެކަމަށް ތައްޔާރުވާން ވާނެއެވެ.

އަކިޔަސްގެ ޖަނާޒާ އޮތީ އެދުވަހުގެ އިޝާ ނަމާދަށް ފަހުގައި ކަމަށް ވުމުން ޒަރާގެ ޢާއިލާ މީހުން ވެސް އައެވެ. އެތައް އަހަރުތަކެއް ފަހުން މަންމައާއި ބައްޕަ ފެނުމުން ޒަރާ ހިތަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ދުވަހަކު މަންމަގެ މޫނު ފެނުމުގެ ނަސީބު ނުލިބޭނެކަމަށް ނިންމާލައިގެން ހުއްޓާ މިއަދު އޭނަގެ މަންމަ އެހުރީ އޭނަގެ ކުރިމަތީގައެވެ. ޒަރާ ދުވެލާފައި ގޮސް މަންމަ ގައިގައި އޮޅުލައިގަތްއިރު ރޮވިއްޖެއެވެ. އޭރު ލިވިންގް ރޫމް މީހުންތަކުންް ފުރާލާފައި ވާއިރު ރިހާނީގެ ރުއިމުގެ އަޑު ވަނީ ލިވިންގް ރޫމް ތެރޭގައި އެއްއަޑަކަށް ހަރުލާފައެވެ. ” ޒީ… ހިތްވަރު ކުރަންވާނެ… ” ޒަރާގެ މަންމަ މިސްބާ ބުންޏެވެ. ބައްޕަ ބޮލުގައި ފިރުމާލުމުން ޒަރާއަށް އިތުރަށް ރޮވުނެވެ.

” ވޭކް އަޕް ލަވް…. ” ގަނޑުފެންކޮޅެއްފަދަ އަކިޔަސް އަތުގައި ހިފަހައްޓާލަމުން ރިހާނީ އަކިޔަސްއަށް ގޮވަން ފެށިއެވެ. ރިހާނީގެ މޮޔަ ހަރަކާތްތައް ބަލަން ކެތްނުކުރެވިގެން މިފްޒާލް އައިސް ރިހާނީ ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ގެންދަން އުޅުނެވެ. ” ޑޭޑް ދޫކޮށްބަލަ… ކިޔާ މިހާރު ހޭލަން އުޅޭނީ… ބޭބީވެސް ޑެޑީއާ ބައްދަލު ނުކުރެވިގެން އެއުޅެނީ… ” ރިހާނީ ބޮޑާހޭކިއެވެ. ” ކިޔާ މަރުވެއްޖެ… ކިތައް ފަަހަރު ބުނީމަތަ އަޑު އިވޭނީ ؟ ” މިފްޒާލް އަޑަށް ބާރުލާފައި ބުނެލިއެވެ. ” ނޫން… ނޫން… ޑޭޑް ތިހަދަނީ ހުސްދޮގު.. ކިޔާ އަހަރުމެން ދޫކޮށްލާފައި ނުދާނެ… ކިހިނެއް ބޭބީ ދޫކޮށްލާފަ ކިޔާ ދާނީ ؟ ޔޫ އާރ ލައިންގް…. ” ރިހާނީ ހުރީ ދުނިޔެއިން މޮޔަވެފައެވެ. އަކިޔަސްގެ މަރުގެ ޚަބަރު ލިބުނު ފަހުން އޭނަގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލައިފިއެވެ.

ރިހާނީ ކޮންޓްރޯލް ނުވާ ހިސާބަށް ދިޔުމުން ޖެހުނީ ހޭނައްތާ އިންޖެކްޝަނެއް ޖަހާށެވެ. ޒަވީންގެ ސަބަބުން އެވްލީން ހަމައަކަށް އެޅިފައި ވީނަމަވެސް އަދިވެސް އެބިރުވެރި ހަނދާންތައް ސިކުނޑިން ފިލައިގެން ނުދެއެވެ. ޒަވީން ވަނީ ކިތަންމެ ފަހަރަކު އެކަމާމެދު ނުވިސްނުމަށް ބުނެފައެވެ. އެކަމުގެ ނޭދެވޭ އަސަރު ލިބެން އުޅޭ ދަރިފުޅަށް ވެސް ކޮށްފާނެ ކަމަށް ޒަވީން ތަކުރާރުކޮށް ބުނެފައިވެ އެވެ.

އަކިޔަސްގެ ޤާތިލު ގޭގައި ބަހައްޓަން ބޭނުން ނުވިޔަސް ޒަރާއަށް މިއަދު ވަނީ ރިހާނީ އެގޭގައި ބަހައްޓަން މަޖުބޫރު ވެފައެވެ. އަކިޔަސް މިދުނިޔެއަށް ދޫކޮށްދިޔަ އެންމެ ފަހު ނިޝާނަކީ އަކިޔަސްގެ ދަރިފުޅެވެ. އެދަރިފުޅު ވިހަންދެން ރިހާނީއާއެކު އެއްފުރާޅެއްގެ ދަށުގައި ދުވަސް ހޭދަކުރަން ޒަރާއަށް މަޖުބޫރު ވިއެވެ.

ފަސްމަސް ފަހުން……

ރަބީޢު މޫސުން އަލްވަދާއު ކިޔުމާއެކު ބަހާރުގެ ކުލައިން ހުރިހާތަނެއް ފަވާލައިފިއެވެ. ފިނިމޫސުމަށް ހިޖްރަކުރި ދޫނިތަކުން ޖައްވު ފުރާލާފައި ވާއިރު ދޫނިސޫފާސޫފީގެ އަޑުން ހިތްތަކަށް ފިނިކަން ގެނެސްދެއެވެ. ކޯކާތައް ގަސްގަހުގެ މާތަކުން ފޮނިބޯން އުދުހެމުން ދިޔައިރު ހަމިންގްބާޑްތައް ވެސް ފެންނަމުން ދިޔައެވެ. މިއަދަކީ ފުދޭވަރަކަށް ފިނި ދުވަހަކަށް ވުމުން ފިނިފިނި ވައިރޯޅިތަކުން ހަށިގަނޑުން ހީބިހި ނަގައިގެން ދެއެވެ. ކްރެބްއެޕްލް ، އޮރެންޖް ، އާފަލު ފަދަ ގަސްތަކުގައި މޭވާ އަޅަން ފަށާފައި ވާއިރު މާމެލާމެލީގެ ތާޒާވަސް ވައިރޯޅިތަކާއެކު ހުރިހާ ދިމާއަކަށް ފަތުރާލާފައި ވެއެވެ. އޮރެންޖް ބްލޮސަމްގެ ޖާދުވީ ވަސް ފަޒާ ތެރޭގައި ފައިވިއްދާލާފައި ވުމުން އެހެނިހެން މާމެލާމެލީގެ ވަސް ވަނީ ފަނޑުކޮށްލާފައެވެ. ދުރުދުރަށް ފަތުރާލާފައިވާ ކަޕެޓް ގްރާސްގަނޑު ފަތިހަށް ވެހުނު ވާރެއާއެކު ތެތްމާލާއި އޮތްއިރު ކާރޕެޓްގްރާސް ތެރެއިން ރަތްކުލައިގެ މާތަކެއް ފޮޅިލާފައި ވުމުން ހީވަނީ ރޫބީސްތަކެއް ފެލި ދޫލައެއްގެ މައްޗަށް އުކާލެވިފައިވާ ހެންނެވެ.

އަކިޔަސްގެ މަރަށް ފަސްމަސް ވީއުރު މަޑުމަޑުން އެހިތާމެރި ހާސިދާ ހަނދާނުން ފޮހެމުން ދިޔައެވެ. ބަހާރުގެ ކުލަތަކާއެކު ގެއަށް އަންނަން އުޅޭ ކުޑަ މެހުމާނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން ދިޔުމުގެ ސަބަބުން އެހިތާމަވެރި ހާދިސާއާ މެދު ވިސްނާލަން ގިނަ ފަަހަރު ވަގުތެއް ނޯވެއެވެ. ޖުލައި މަހު ފަހުކޮޅުގައި އެވްލީން ވިހަން ޑިއުޑޭޓް ދީފައި ވާއިރު ބާކީ އޮތީ އެންމެ ތިން ދުވަހެވެ. ދުވަސް ކައިރިވަމުންދާ ވަރަކަށް އެވްލީން ބިރުގަންނަ ގޮތްވިއެވެ. މިދުވަސްކޮޅު ނަމާދުކުރަން އުނދަގޫ ވީނަމަވެސް އެވްލީން ހުރިހާ ނަމާދެއް ބާރާބަރަށް އަދާކުރެއެވެ. ނަމާދުކުރުމުން އެވްލީންއަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބެއެވެ. ހިތުގައިވާ ހުރިހާ ބިރުވެރި ހިޔާލުތައް ފިލައިގެން ދަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އެވްލީން ޤުރުއާން ކިޔަވާއިރު ދަރިފުޅު ޤުރުއާނުގެ މޫރިތި އާޔަތްތައް އަޑުއަހަން އޮތްނަނީ ފަރުވާތެރި ކަމާއެކުގައެވެ.

ހަވީރުގެ ވަގުތެވެ. ޒަވީން ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިއިރު އެވްލީން އެނދުގައި އޮށޯވެލައިގެން އޮތީ ޕްރެގްނެންސީއާ ބެހޭ ފޮތެއް ކިޔާށެވެ. ” ލަވް ބިރުގަންނަނީ ދޯ ؟ ” ގަމީސް ދާވަށިގަނޑަށް ލުމަށްފަހު ޒަވީން އައިސް އެނދުގައި އިށީނެވެ. އެރީތި ކަސްރަތީ ހަށިގަނޑުގައި އިރުގެ ދޯދިތައް ބޮސްދޭން ފެށުމާއެކު އެވްލީންއަށް ބަލަހައްޓައިގެން އޮވެވުނެވެ. ” ހޫމްމްމް… ” އެވްލީން ފޮތް ބާއްވަމުން ޒަވީން އުނގުގައި ބޯއަޅާލައިފިއެވެ. ” ބިރު ނުގަންނައްޗޭ ލީން… ބީ ޕޮޒިޓިވް…. ” އެވްލީންގެ ކޯތާފަތުގައި ޒަވީން ފިރުމާލިއެވެ. ” ބީ ވިތް މީ ޒޭވް… ލޭބާރ ޓައިމްގަ ވެސް ޒޭވް ހުރެއްޖެނަމަ އިތުރު ހިތްވަރެއް ލިބޭނެ…. ” އެވްލީން އޮތީ ޒަވީންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ. އެރީތި ދެލޮލުގައިވާ ތޫނު ވިދުވަރުތަކުން އެހިތުގެ ވިންދު އަވަސް ކޮށްލިއެވެ.

” އޮފްޒޯކް…. ލީންއާ އެކު ވާނަން… ދެން ނެތް ޑެޑީގެ އެންޖެލް އުފަންވާން މާކަ ގިނަ ދުވަހެއް…. ” އެވްލީން ގަޔަށް ދޫކޮށް އޮތް ލޯންގް ސްލީވް ޑްރެސްއަކާއި ޖިންސެއް ލައިގެން ހުރިއިރު ބޮޑުވެފައިވާ ބަނޑު ހެދުމަށް ހިފާލާފައި ވުމުން ވަކިން ފުރިހަމައެވެ. މިހާރު އެވްލީން ރީތިވަރަކަށް ފަލަވެފައި ވާއިރު އެދޮން ހަންގަނޑު ކުރިއަށްވުރެ އޮމާން ކަމަށް ދައްކައެވެ. ޒަވީން އެވްލީން ބަނޑަށް ބޮސްދެމުން ދަރިފުޅާ ވާހަކަ ދެއްކިއެވެ.

އަކިޔަސްގެ މަރަށް ފަހު ރިހާނީ ސަކަރާތް ވެއްޖެއެވެ. އަބަދު ހިމޭން ކަރުނަ އޮއްސުމުގައި ދުވަހުގެ ބޮޑުބައި ދުއްވާލާއިރު ރިހާނީ އޭނަގެ ދަރިފުޅާއި ވެސް ވާހަކަ ދައްކައެވެ. ދަރިފުޅު ބައްޕަގެ ލޯބިން މަހްރޫމްކޮށް ލެވުމުން އެކަމަށް މާފަށް އެދެއެވެ. ދަރިފުޅު ޔަތީމުވީ އޭނަގެ ސަބަބުންނެވެ. މަންމަ ބުނިގޮތަށް ކަންތައް ކުރަން އުޅުމުން ގެއްލުން ލިބުނީ ވެސް އޭނަ އަށެވެ. ހޮޔެވިސްނުން ލިބުނު އިރު ވަގުތު ފާއިތުވެއްޖެއެވެ. އޭނަގެ ދިރިއުޅުން ހޭދަކުރަން ޖެހިފައި މިވަނީ ކަރުނައިގެ ތެރޭގައެވެ. ލޯބިވާ ފިރިމީހާ ވަކިވެގެން ދިޔައިރު އޭނައަށް ވަނީ ހުރިހާ މީހުންގެ ނަފްރަތު އަމާޒުވެފައެވެ. އޭނައާއި އަނގައިން ބުނަނީ ވެސް އެވްލީން އެކަނިއެވެ. އެވްލީން ކޮންމެ ދުވަހަކު ރިހާނީއާ ވާހަކަ ދައްކާލަން އެކޮޓަރިއަށް އާދެއެވެ. އެވްލީން ފެނުމުން ރިހާނީ އޭނައަށް ކުރެވިފައިވާ ކަންތަކަށް މާފަށް އެދެއެވެ. އެވްލީން ރިހާނީގެ އާދޭސްތަކުގައި ކޮޅުފައިން ޖަހަން ބޭނުން ނުވާތީ އޭނަ ރިހާނީއަށް މާފްކޮށްދިނެވެ. އިންސާނާގެ ހަޔާތަކީ ކުރުއެއްޗެކެވެ. އަބަދު މީހުންނަށް ރުޅިއައިސްގެން ތިބޭކަށް ނުވާނެއެވެ. އަނެއްކޮޅުން ރިހާނީއަކީ އޭނަގެ ކޮއްކޮއެވެ. ކޮއްކޮއަށް މިއަދު އެހާލު ދިމާވެފައިވަނީ ކުރިއަށް ވިސްނާނުލައި މަންމަގެ ވިޔާނުދާ ރޭވުންތަކުގައި ހިފާލުމުންނެވެ. ކޮއްކޮއަށް ހޮޔެވިސްނުން ލިބުމުން އެވްލީން އުފާވިއެވެ.

” ރިނީ ތިގޮތަށް ހިތާމަކޮށް ނުކައި އުޅޭންޏާ ޕްރީމެޗުއާރކޮށް ބޭބީ ވިހަން ޖެހިދާނެ…. ” އެވްލީން ނަސޭހަތް ދިނެވެ. ” ސިސް…. އަހަރެން ނެތް ތާންގައި އަހަރެންގެ ބޭބީ ބަލައިދޭތި… ” މިއަދުވެސް ރިހާނީ ފެށީ އޭނަ އަބަދު އެވްލީން ކައިރީގައި ދައްކާ ވާހަކައެވެ. ” ރިނީ އަބަދު ތިނޫން ވާހަކައެއް ދައްކަބަލަ…. ” އެވްލީން ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ. ރިހާނީ ބަނޑަށް އަށްމަސް ވެފައި ވާއިރު ދަރިފުޅުގެ ބަރުދަން ލުއިކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ރިހާނީ އަބަދު ހިތާމަކުރަން އުޅުމުގެ ސަބަބުން ދަރިފުޅުގެ ފުރާނަ ނުރައްކަލަށް ވެއްޓިފައިވާކަމުގެ އިންޒާރު ވެސް ޑޮކްޓަރުން ދޭތާ ދެހަފްތާ ވެއްޖެއެވެ.

” ސިސް… ބުނެބަލަ އަހަރެން ދިޔައީމަ ބޭބީ ބަލައިދޭނަންތަ ؟ އެއީ ހަމައެކަނި އަހަރެންގެ އެދުމަކީ…. ” ރިހާނީ ދެލޯވަނީ ރުއިމުގެ ސަބަބުން ފާރުވާ ހިސާބަށް ގޮސްފައެވެ. ނުކައި ހުރުމުގެ ސަބަބުން އެހަށިގަނޑު ވަނީ ހިކިއަނަރޫފަވެފައެވެ. ” އައި ޕްރޮމިސް… އަހަރެން……….. ” އެވްލީންއަށް އެހިސާބަށް ބުނެވުނުތަނާހެން އުނަގަނޑަށް ތޫނު ރިހުމެއް އަރައިގެން ދިޔަކަން އެވްލީންއަށް އިހްސާސް ކުރެވުނެވެ. އޭނަ އެތަދަށް ކެތްކުރަމުން އެނދުން ތެދުވެލިއެވެ. ނަމަވެސް ތަދު ރަގަޅު ވާގޮތެއް ނުވިއެވެ. މީގެ ކުރިން މިފަދަ ތަދުތައް އިހްސާސްކުރެވިފައި ވުމުން އެވްލީން ހީކުރީ އެއީ އާދައިގެ ތަދެއް ކަމުގައެވެ. ނަމަވެސް އިރުއިރުކޮޅާ ތަދުއަރާފައި ދަނީއެވެ. އެވްލީން އަވަސް އަވަހަށް ރިހާނީގެ ކޮޓަރިން ނިކުންނަން ދިޔައިރު ނޭވާ ހާސްވާން ފަށައިފިއެވެ. އެދޮން މޫނުގައި ދާތިކިތައް ވިދާބަބުޅަން ފެށުމުން އެވްލީން އަތުގެ ނުފުށުން ދާތިކިތައް ފޮހެލިއެވެ. ތަދުކުރިއަށްވުރެ ގަދަވާން ފެށައިފިއެވެ. އެހިސާބުން އެވްލީންއަށް ހިނގަން އުނދަގޫވިއެވެ. ފާރުގައި އަތްޖައްސާލަމުން އެވްލީން ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އޭރު ދަރިފުޅުގެ މޫވްމެންޓް މަދުވަމުން ދާކަން އެވްލީންއަށް އިހްސާސްވިއެވެ. ” އާހް… ” އެވްލީން އުނަގަނޑުގައި ހިފަހައްޓާލިއިރު ބަނޑުގައި ވެސް ރިއްސަން ފަށައިފިއެވެ. ހީވަނީ ހަށިގަނޑުގެ ހުރިހާ ކަށިތަކެއް ބިންދައިގެން ދަނީ ހެންނެވެ. ” ޒޭވް…. މަންމާ…. ” އެވްލީން ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރިއެވެ. އެމޫނު ހުދުކަފަކޮޅެއްހެން ފެންނަމުން ދިޔައިރު އެވްލީން ބިރުން ހުރިވަރު ފެންނަ ކޮންމެ މީހަކަށް އަންދާޒާ ކުރެވޭނެއެވެ. އެވްލީންގެ ވޭނީ ހަޅޭކުގެ އަޑަށް ޒަވީންއާއި ޒަރާ ދުވެލާފައި އައިއިރު އެމީހުންގެ ފަހަތުން ބިލާލް ވެސް އައެވެ.

” ލީން ބަނޑުގައި ރިއްސަނީތަ ؟ ” ޒަރާ ގޮސް އެވްލީން އަތުގައި ހިފަަހައްޓާލިއިރު އެވްލީން ދެލޮލުން ކަރުނަ ފައިބައިގެތެވެ. އެވްލީން އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލައިފިއެވެ. ޒަވީން އަވަސް އަވަހަށް އެވްލީން އަތްދަނޑި މައްޗަށް އުފުއްލާލުމަށްފަހު ސޯފާ މަތީގައި ބޭއްވިއެވެ. ” ލީން ރިލޭކްސް… ޑީޕް ބެރްތް ނަގާބަލަ… ” ޒަވީން އެވްލީން ބަނޑުގައި ފިރުމާލަމުން ބުންޏެވެ.

ދެގަޑިއިރުގެ ދިގު އިންތިޒާރަކަށްފަހު ޒަވީން ލޭބާރ ރޫމްއިން ނިކުތީ ކުޑަކުޑަ އަންހެން ކުއްޖަކު އަތްދަނޑިމަތީގައި ބާއްވާލައިގެންނެވެ. ޒަވީން ދަރިފުޅު އުރާލައިގެން ހުރިގޮތުން ޒަރާ ގާތަށް ހިނިއައެވެ. ” މަމް އިޓްސް އަ ގާރލް… މައި ޒާލް…. ” ޒަވީން ހުރީ ނުހަނު އުފާވެފައެވެ. އޭނަގެ ދިގު އިންތިޒާރަށް ނިމުމެއް އައީއެވެ. ލޯބިލޯބި ދަރިފުޅު އެއޮތީ އޭނަގެ އަތުތެރޭގައެވެ. އޭނަގެ ހިމާޔަތުގެ ދަށުގައެވެ. ” ޒޭވް އަދި ޕްރެކްޓިސްކުރަން ޖެހޭނީ ބޭބީ ނަގަން…. ” ޒަރާ އެޕަރީއެއް ފަދަ ކުއްޖާއަށް ބަލާލައިފިއެވެ.

އެހާ ކުޑައިރު ވެސް ވަރުގަދަ އިސްތަށިގަނޑެއް ލިބިފައި ވާއިރު ޒަވީންގެ ކަޅުކަންގަދަ ބުމަ ޒާލް ވަނީ މިލްކުކޮށްލާފަ އެވެ. ދެމަފިރީންގެ ހަމުގެ ކުލަ ދަރިފުޅަށް ވާރުތަ ކޮށްފައިވުމުން ހީވަނީ ޔޫރަޕް ކުއްޖެއް ހެންނެވެ. އެހާ ދޮންވެފައި ރީއްޗެވެ. ދިގުއެސްފިޔަތައް މަރާލައިގެން އެފިޔާތޮށި ކުލައިގެ ތުންފަތް ދާމާލަމުން ދިޔައިރު އޮތީ ރީތި ހުވަފެނެއްގައި ކަންނޭގެއެވެ. ހުވަފެން ތެރޭން ހީލާއިރު ފުއްޕާލާފައިވާ ދެކޮލަށް އަޑިކޮޅެއް އެޅިގެން ދާތަން ފެންނައިރު އާޝޯހުވާހާ ވެއެވެ. ޒަވީންގެ ދިގު އިސްކޮޅު ލިބިފައި ވިޔަސް ދަރިފުޅަށް ގިނައިން ލިބިފައިވަނީ އެވްލީންގެ ސިފަތަކެވެ. ރީތިކަން ހުސްކޮށްލައިގެން އޮތް އެހޫރުޕަރީއަށް ބަލާލައިފިނަމަ ކޮންމެ މީހަކު ހުއްޓުން އަރާނެއެވެ.

” ކުޑަ އެވްލީންއެއް ދޯ މިލިބުނީ…. ” ޒާލްގެ އަތުގައި ޒަރާ ބީހިލުމާއެކު ޒާލް ކުކުރާލަމުން އެތައް ހާސް ޝުއޫރުތަކެއް އެކުލެވިގެންވާ އެމުށިކުލައިގެ ދެލޯހުޅުވާލައިފިއެވެ. ޒަވީންއަށް އެމަންޒަރު ފެނުމުން ”މާޝާﷲ” އޭ ބުނެލެވުނެވެ. އޭނައަށް ލިބިފައި މިވަނީ މަންމަ ބުނި ފަދައިން ކުޑަކުޑަ އެވްލީން އެކެވެ. ޒަރާ ޒާލް ނަގަން އުޅުމާއެކު ޒާލް ރޮއިގަތީ ބާރަކަށެވެ. ހީވަނީ ބައްޕައާއި ވަކިވާން ބޭނުން ނުވާ ހެންނެވެ. ” ހާދަ އަވަހަށް ޒާލް ޒޭވްއާ އެޓޭޗް ވެއްޖެޔޭ… ލީން ކިހިނެއްތަ ؟ ” ޒަރާ ހިނިތުންވުމަކާއެކު އަހާލިއެވެ. ” އިރާދަކުރެއްވިއްޔާ ލީން ރަގަޅު… މިހާރު ޕްރައިވެޓް ރޫމްއަކަށް ބަދަލު ކުރަން އުޅެނީ…. ” ޒަރާގެ ސުވާލުތަކަށް ޒަވީން ޖަވާބު ދިނެވެ. ބިލާލް ޒާލްގެ މޫނުގައި ބޮސްދިނުމުން އަނެއްކާ ވެސް ޒާލް ރޮއިގަތެވެ.

ހަތް ދުވަސް ފަހުން….

މިއަދަކީ ޒާލްއަށް ނަންކިޔުމުގެ ރަސްމިއްޔާތު އޮތްދުވަހެވެ. ވޯޓާރ ކްރިސްޓަލް ހަލަބޮލިވެފައިވާނީ ބިލާލްގެ ޢާއިލާ މީހުންތަކުންނެވެ. ކޮންމެ މީހަކު ވެސް ޒާލްއަށް ބަލާފައި ތައުރީފުގެ ބަސްތައް އޮއްސިއެވެ. އެހާ ރީތި ކުއްޖަކު ފެނުމުން ވާނީވެސް އެވަރު ނޫން ހެއްޔެވެ ؟ އެވްލީން ގެއަށް ގެނައި ޚަބަރު ލިބުމުން ރިހާނީ އެވްލީންއާއި ބައްދަލު ކޮށްލަން އެވްލީންގެ ކޮޓަރިއަށް ދިޔައެވެ.

” ރިނީ އާދެބަލަ…. ” ރިހާނީ ދޮރު ކުރިމަތީގައި ހުއްޓިލައިގެން ހުރިތަން ފެނުމުން އެވްލީން ގޮވާލިއެވެ. ޒަރާގެ އިތުރުން ބިލާލް ވެސް އެވަގުތު ކޮޓަރީގައި ތިއްބެވެ. ރިހާނީއަށް ކުރިއަށް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. އަކިޔަސްގެ މަރުގެ ހާދިސާއަށްފަހު ޒަރާ ރިހާނީ ދެކެ އިންތިހާއަށް ނަފްރަތު ކުރެއެވެ. ބިލާލް މަދުފަހަރަކު ނޫނީ ރިހާނީއާ ވާހަކައެއް ނުދައްކައެވެ.

ޒަރާގެ ނުރުހުމުން ފުރިގެންވާ ބަލައިލުމުން ރިހާނީ ކުރިއަށް އެޅި ފިޔަވަޅުތައް ގަނޑުވިއެވެ. ރިހާނީ އަވަސް އަރުވާލާފައި އެތަނުން ދާން އުޅުނު ވަގުތު ކާރޕެޓްމަތިން އޭނަގެ ފައިކައްސާލުމުން މޫނު ވަތަށް ރިހާނީ ވެއްޓުނެވެ. ރިހާނީގެ ބޯ މާބްލްސް މަތީގައި ޖެހުނު އަޑުފަށްގަނޑާއެކު ރިހާނީގެ ވޭނީ އަޅޭކުގެ އަޑު އިވިގެން ދިޔައެވެ. އެވަގުތު ފޯނުން ވާހަކަ ދައްކަމުން އައިސް އެހިސާބަށް ހުއްޓުނު ޒަވީންއަށް ރިހާނީ ފެނުމާއެކު ބާރުބާރަށް ހިނގާލާފައި ގޮސް ޒަވީން ރިހާނީ މާބްލްސް މަތިން ނެގިއެވެ. އޭރު ބިލާލްއާއި ޒަރާވެސް ދުވެފައި ބޭރަށް ނިކުތެވެ. ޒާލް ރޯން ފެއްޓުމުން އެވްލީންއަށް ޖެހުނީ ކޮޓަރީގައި މަޑުކުރާށެވެ.

ރިހާނީ ހޮސްޕިޓަލަށް ގެންދެވުމާއެކު އެމަރޖެންސީކޮށް އޮޕަރޭޝަން ކުރެވުނެވެ. ދަރިފުޅުގެ ވިންދު ނުލިބުމުގެ އިތުރުން ރިހާނީގެ ހާލު ސީރިޔަސް ވިއެވެ. އެންމެން ބޭރުގައި މަޑުކޮށްލައިގެން ތިއްބާ ޒަވީންގެ ފޯނު ރިންގްވާން ފެށުމުން އޭނަ ހިނގައިގަތީ ކޮރިޑޯގެ އަނެއްކޮޅަށެވެ. ” ޒޭވް! ރިނީ ކިހިނެއްތަ ؟ ” އެވްލީން އަހާލައިފިއެވެ. ” ރިނީ އޮޕަރޭޝަން ކުރަން ވައްދާފަ މިހާރު އޮތީ…. ” ” އިސް ޝީ ފައިން ؟ ” ޒަވީންގެ ޖުމްލަ އެވްލީން މެދުކަނޑާލިއެވެ. ” ލީން ޝީ އިޒް ފައިން… ” ޒަވީން ދޮގެއް ހަދާލީ އެވްލީން ހަމައަކަށް އަޅުވާލުމުގެ ބޭނުމުގައެވެ.

ގަޑިއެއްހާ އިރުފަހުން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އެތުއްތު ރުއިމުގެ އަޑާއެކު ޒަރާގެ މޫނުމަތިން ހިތާމައިގެ އަސަރު ފިލައި އެމޫނު އުޖާލާ ވެއްޖެއެވެ. ޒަރާއަށް ބިލާލް އަތުގައި ހިފާލެވުނު އިރު އޭނަ ހުރީ ހެވިދިއްލިފައެވެ. ނަމަވެސް އަކިޔަސްގެ ހަނދާންތަކުން އުނދަގޫކުރަން ފެށުމުން ޒަރާ ޖަޒުބާތީވިއެވެ. އަކިޔަސްގެ ހަނދާންތައް އެހިތުގައި ރައްކާ ކުރެވިފައިވަނީ ދުވަހަކު ފިލައިގެން ނުދާނެ ފަދަ ގޮތަކަށެވެ. އޭނަގެ ފަހުނޭވާއާ ހަމައަށް އެހަނދާންތައް އޭނައާ އެކު ވާނެއެވެ. ލޯބިވާ ދަރިފުޅު ބީވެގެން ދިއުމުން ޒަރާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ” އިޓްސް އަ ބޯއި… ” ނަރުސްކުއްޖާ ދަރިފުޅު ނެރުމާއެކު ޒަރާ ގޮސް އެތުއްތު ކުއްޖާ އުރާލިއެވެ. ފުތަމަވެސް އެމައުސޫމް މޫނު ފެނުމުން ޒަރާއަށް ރޮވުނެވެ. އެއީ އަކިޔަސްގެ ކޮޕީއެކެވެ. ޕްރީމެޗުއާރ ބާރތްއަކަށް ވިޔަސް އެކުއްޖާ ދުޅަހެޔޮކަމަށް ނާރސް ބުންޏެވެ. ބަރުދަނުގައި ޓޫ ޕޮއިންޓް ނައިން ކިލޯ ވެސް ހުއްޓެވެ. ޒަރާ އެމައުސޫމް މޫނުގައި ބޮސްދިނެވެ.

ބޮލަށް ލިބުނު ގެއްލުންތަކުން ރިހާނީ ކޯމާއަކަށް ދިޔަ ޚަބަރު ލިބުނީ އޭގެ އިރުކޮޅެއް ފަހުންނެވެ.

ރިހާނީ ކޯމާއަށް ދިޔުމުން ރިހާނީ ދަރިފުޅުގެ ހުރިހާ ކަމަކާ ހަވާލުވީ އެވްލީން އެވެ.

*********

ޔައީޝް ބޮޑުވަމުން ދިޔަވަރަކަށް އަކިޔަސްގެ ހުރިހާ ސިފަތަކެއް މިލްކުކުރަމުން ދިޔައެވެ. ރިހާނީގެ ބުޅި އިސްތަށިގަނޑު ފިޔަވާ ޔަޢީޝްއަށް ރިހާނީގެ އެއްވެސް ސިފައެއް ލިބިފައި ނުވެއެވެ. މިއަދަކީ ބަހާރު މޫސުމުގެ އެންމެ ހިތްގައިމު ދުވަސް ތަކުން ދުވަހެކެވެ. އެވްލީން ޒާލްއާއި ޔައީޝް ރީތިކޮށްލީ ޒަވީން ދެކުދިން ގޮވައިގެން ބުރެއްޖަހާލަން ދާން ބޭނުންވާކަމަށް ބުނެފައި ވުމުންނެވެ. ޒާލް މަޑު ފިޔާތޮށިކުލައިގެ ޓޮޕްކޮޅާކާއި ކުޑަ ލެގިންސްކޮޅެއް ލައްވާފައި ވުމުން ހީވަނީ ބުދެއް ހެންނެވެ. އެފިޔާތޮށިކުލައިގެ ތުނބު ކޮޅު ދަމާލަމުން ދިޔައިރު މީހުން ދަހިކޮށްލާހާވެއެވެ. ޔައީޝް ހުދު ގަމީސް ކޮޅަކާއި ކަޅުކުލައިގެ ސޯޓްކޮޅެއް ލައްވާފައި ވުމުން އެވްލީންގެ ހިތް ބަންޑުންވިއެވެ. ޔައީޝް އަކީ ހަމަ އަކިޔަސްގެ ކާރބަން ކޮޕީއެކެވެ. އޭނަގެ ކުއްޖަކަށް ޔައީޝް ނުވިޔަސް އެވްލީންވަނީ ޒާލްއާ އެއްވަރަށް ޔައީޝްއަށް ވެސް މައިވަންތަކަމުގެ ލޯބިދޭން ނިންމާފައެވެ. އެއީ ރިހާނީގެ އެދުމެއް ވެސް މެއެވެ. ތިންމަސް ދުވަސް ފާއިތުވެގެން ދިޔައިރު ހުރިހާކަމެއް ބަދަލުވެއްޖެއެވެ. ގެއަށް އައި ދެމެހުމާނުންގެ ސަބަބުން މާޒީގެ ކަޅުދުވަސްތައް މަތިން ހަނދާން ކުރާނެ ވަގުތެއް މިހާރަކު ނޯވެއެވެ. އެދެމައުސޫމް ހީލުމުގެ އަޑުން ”ވޯޓާރ ކްރިސްޓަލް” ގޭގެ ކުރި އިންދާލައިފިއެވެ.

އެވްލީން ޝޯލް ރީތިކޮށްލަމުން ލޯގަނޑުން މޫނު ބަލާލައިފިއެވެ. އޭރު ޒާލްއާއި ޔައީޝް ދެފާތަޅުވާލަފައި ހީލާއަޑުއިވެއެވެ. ” ޑޭޑީގެ ހަނީބަންޗްމެން ހާދަ ރީއްޗޭ… ސްޕެޝަލީ ޔާޝް… ” ޒަވީން ޔައީޝް ނަގަމުން ސަމާސާއެއް ކޮށްލުމުން ޔައީޝް ބާރަކަށް ހީލައިފިއެވެ. ” ހޫމްމްމް… ޔައީޝް ވަރަށް ލޯބި ހީވަނީ އަކިޔަސް ހެން… ” ޒާލް ނަގަމުން އެވްލީން ބުންޏެވެ. ” ބްރޯ މަތިން އަދިވެސް ހަނދާންވޭ…. ބްރޯ ކިހާ ކައިންޑް…. އަހަރުމެންގެ ޒާލް ފެނުމުގެ ނަސީބު ލިބިފައިވަނީ ވެސް ބްރޯގެ ސަބަބުން…. ” ޔައީޝް މޫނަށް ޒަވީން ބޮސްދިނެވެ. ” ހީ އިޒް އަ ގުޑް ޕާރސަން…. ޒޭވް މިހާރު ރިނީ ކިހިނެއްތަ ؟ އަދިވެސް ހޭނާރާތަ ؟ ” އެވްލީން އަހާލިއެވެ. ” އަދިވެސް ހޭނާރާ…. ލީން ރިނީއަށް މާފްކުރިކަން އެނގުމުން އަހަރެންނަށް އެނގިއްޖެ ލީންއަކީ ކިހާ ކައިންޑް ކުއްޖެއްކަން…. މައި ލަވް ޔޫ އާރ އެމޭޒިންގް…. އެހެން ކުއްޖަކު ނަމަ ރިނީއަށް މާފް ނުކުރީސް….. ޔޫ ހޭވްއަ ބިގް ހާރޓް….. ބަޓް އައިލް ނޮޓް ފޮގިވް ހާރ… ބްރޯ މަރުވާން ޖެހުނީ ރިހާނީގެ ސަބަބުން….. ” ބެކްޔާރޑަށް ދެވުމާއެކު ޔައީޝް ރިކްޝާއަށް ލުމަށްފަހު ޒަވީން ހިންދެމިލި އެވެ. އެކަސްރަތީ ހަށިގަނޑަށް ފިޓްކޮށް އޮތް ހުދުކުލައިގެ ޓީޝާޓަކާއި އައިސްބްލޫ ކުލައިގެ ޖިންސެއްގައި ޒަވީން ހުރިއިރު އެރީތި ދެލޯ ފޮރުވަން ބޭނުންކޮށްފައިވާ އަވިއައިނުގެ ސަބަބުން ޒަވީން ކުރިއަށްވުރެ ފިރިހެން ވަންތަކަމަށް ދައްކަ އެވެ. އެވްލީން އެއްޗެއް ބުނަން އުޅެފައި ވެސް ނުބުނު މަޑުކޮށްލިއެވެ. ޒަވީން އެބުނީ ތެދެކެވެ. ރިހާނީގެ ސަބަބުން އަކިޔަސް މިދުނިޔެ ދޫކޮށް ދާން ޖެހުނީ އެވެ. ދުވަހަކު ޒަވީން ރިހާނީއަށް މާފްނުކުރާނެ އެވެ. ބިލާލްއާއި ޒަރާވެސް މެއެވެ.

ޒާލް ރިކްޝާއަށް ލުމަށްފަހު އެވްލީން ރިކްޝާ ދުއްވާލިއެވެ. ދެމަފިރީން މާމެލާމެލިން ބަރާވެފައިވާ މެހެފިލްގައި ހިނގާލާފައި ގޮސް އިށީންދެލީ ލެވެންޑާރ ، އައިރިސް އަދި ކާރނޭޝަން މާގަސްތަކުން ވަށާލެވިފައިވާ ބެންޗެއް ގައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ޒާލްއާއި ޔައީޝްއަށް ނިދިއްޖެއެވެ. ޒަވީން އެވްލީން ގެނެސް އުނގުތެރެއަށް ލިއެވެ. ލެވެންޑާރގެ މީރުވަހުން ސިކުނޑި ތާޒާކޮށްލުމުން އެވްލީންއަށް ދެލޯމަރާލެވުނެވެ. ހަމައެއާއެކު ޒަވީންގެ ހޫނު ނޭވާތަކުން އެވްލީން ހިތުގެ ތެޅުން އަވަސްކޮށްލައި ނާރުތަކަށް ވާން ކޮށްލައިފި އެވެ.

” އައިލް ބީ ދެއާރ ޓިލް ދި ސްޓާސް ޑޯންޓް ޝައިން….. ޓިލް ދި ހެވެން ބަސްޓްސް…. އެންޑް ދި ވޯޑް ޑޯންޓް ރައިމް….. އެންޑް އައި ނޯ ވެން އައި ޑައި ، ޔޫލްބީ އޮންމައި މައިންޑް…އެންޑް އައި ވިލް ލަވް ޔޫ.. އޯލްވެއިސް…. ” ޒަވީން އަތުގައި އެވްލީން ހިފަހައްޓާލަމުން އެފިރިހެން ވަންތަ އަތަށް އެވްލީން ބޮސްދިނެވެ. ” ލީން އަޑު ހާދަ ހިތްގައިމޭ…. އައި ލަވް ޔޫ މޯރ ދޭން މައި ސޯލް…. ” ޒަވީން އެވްލީން ގެނެސް މެޔާލާ ބޮނޑިކޮށްލި އިރު ޒާލްއާއި ޔައީޝް ތިބީ މަންމައާއި ބައްޕައަށް ވަގުތު ދިނުމުގެ ބޭނުމުގައި ދެލޯމަރާލައިގެން ފުން ނިންޖަކަށް ގެނބިފައެވެ. އެވްލީން ޒަވީންގެ މޫނުގައި ފިރުމާލަމުން އެތުންފަތަށް ބޮސްދިނެވެ. އޭނަ ލޯބިވާވަރު ހާމަކޮށްދިނެވެ. ޒަވީންއާއި އެވްލީންގެ ހިތްވަނީ ދުވަހަކު މޮހެނުލެވޭނެ ފަދަ ގޮށަކުން ބަނދެވިފައެވެ. ދެމަފިރިންގެ ހިތުގައި ވިންދުޖަހާ ހިނދަކު އެދެހިތުގައިވާ ލޯތްބަށް ނިމުމެއް ނާންނާނެ އެވެ. މިއަދު އެދެލޯބިވެރިން ހުރިހާ ނުބައި ރޭވުންތަކުން ސަލާމަތް ވެފައިވާއިރު ދެމަފިރިންގެ މުސްތަޤްބަލް ފެންނަނީ ނުހަނު ކުލަ ގަދަކޮށެވެ. އެވްލީން އޭނަގެ ޢާއިލާ ހުރިހާ ނުބައި ލޯތަކުން ސަލާމަތް ކޮށްދެއްވުމަށް އެދި ހެއްދެވި ފަރާތަށް ދުޢާކުރި އެވެ.

-ނިމުނީ-

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެހަނދާން ފޮހެވޭތޯ ބެލިޔަސް 6

Next

ސިޓީ

Next
October 31, 2018

ސިޓީ

Previews
October 31, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް 6

30 Comments!

  1. Nau says:
    October 31, 2018 at 8:24 pm

    Yeyy first vvv reethi but story nimuneema vvv sad

  2. MANNU says:
    October 31, 2018 at 8:27 pm

    yeyyyyyyy me first dhww☺?vvvvvv reethi mi vaahaka??☺☺

  3. Mutha/ S.Hithadhoo says:
    October 31, 2018 at 8:29 pm

    Alhamdulillah… Thank you all for the lovely feedback and continuous support I received during the entire run of this novel. I really hope that the new readers enjoyed this novel and the old readers who requested for the republication were also satisfied.

    I hope that readers will continue reading and expressing their views and opinions on my ongoing novel Hoadheythoa Manzileh. 🙂

    Once again thank you all so much, if it wasn’t for the readers who read and supported me during all the up and downs, I wouldn’t have been able to come this far in the writing field. So all thanks to the amazing readers. :*

    And also please give a like to my FB page, https://www.facebook.com/MuthaS.Hithadhoo/ and also follow me on Instagram: Muthahhar_ibrahim

    1. Sheyou? says:
      October 31, 2018 at 9:52 pm

      Vaahaka varah varah rythi
      Ekam vaahaka nimmalamun mutha sheyou ah dhyfi shockeh ?? miohha dhuvahu hykury muthaa eiii girl kujjeh kamah. Dhemme insta in search kollyma mi eguny. Hhehe
      Btw story hama evvana. Really enjoyed

    2. NaxoO says:
      October 31, 2018 at 11:36 pm

      Vaahaka v ves reethi…n v iburah theri msg thakey libigen higahjje…best writer ever maasha Allah…???✍

    3. Noor says:
      November 1, 2018 at 2:09 am

      Mutha you’re 21??? OMGGGGGG ???, noor heekuri age in vvv bodu kamah, but you’re younger than me!, ehenvima mutha mi story liyunu iru vaani 17 years dhoa? 1996 ga inima 2013 ga liyunu story eh vima, omg, age aa balaafa vvv mature, hives nukuran ehaa young kujaku liyunu story eh kamah, you are very talented, im still shocked, you are full of potential so keep on going, you already achieved a lot of dreams still many writers wish for, im so happy for you. Good luck to you always ????????

  4. Shiman says:
    October 31, 2018 at 8:35 pm

    Masha Allah this is awesome story….mutha u are the best writer….this one of my favorite story….?????❤❤❤❤❤❤❤❤

  5. muaax says:
    October 31, 2018 at 9:03 pm

    yeyyy.. mihaa avahah vaahka up koh nimen jeheyne n you re the best writer….ly

  6. sai says:
    October 31, 2018 at 9:15 pm

    thikahala writers annany v madhun ,thy vaahaka liyun therin naky hama fesi gothah kiyun therin foohi nukoh thi ninmaaly v hub ingey

  7. Levi says:
    October 31, 2018 at 9:17 pm

    Wow beautiful story…..❤❤❤❤❤❤❤❤❤❤❤ I love too much
    Miss vaane story mathin v bodah.❤❤ writer is a good dear…… Miss u…….

  8. Shau says:
    October 31, 2018 at 9:38 pm

    Masha Allah one of the best story I’ve ever read

  9. Zaee says:
    October 31, 2018 at 10:23 pm

    V baraabaru story eh mi e’e.. i love it.. v v inthizaaru kurah next storyah.. keep it up..??????

  10. Shaai says:
    October 31, 2018 at 10:32 pm

    Maasha allah. Story vvvvvvvvvv rythi. Nimun ves vvvvvv rythi…

  11. Nunnu says:
    October 31, 2018 at 10:34 pm

    Mi adhi kiyunu enme reethi vaahaka vrh vrh vx rythi.. mutha ge hurihaa vaahaka eh vx vrh rythi. But mi vaahaka vakin bodah rythi. Haasakoh kn me dhuvahaku vx up kuraathy ve vrh happy. Abadhu beleyne vaahaka up vi thw. Vrh vrh salhi vaahaka..

  12. Hajja says:
    October 31, 2018 at 11:16 pm

    Best writer ever.. nice story.. and ehcheh sifakohdhinumah thivaruge liyuntheriaku nuhunnaane.. maasha Allah.. love to read ur story’s.. also adhi mi ingunee boy ahkkan thee.. ????

  13. ayra ? says:
    November 1, 2018 at 12:01 am

    Aslu rihaanee akah neyge ennu beyrah dhiyaee zara aa zaveen bilaal aa ekkoh kameh

  14. Almaash says:
    November 1, 2018 at 12:07 am

    Mee haqeeqee haadhisaa ehtha
    Vvvsalhi haadha salhi ey
    Nubimeehunnah nimun mikaha goi thakun nimi gendhaane adhi kobaa ?
    Dhaaimee gootheege haal
    ibritheri vaahakaeh
    Muthaa ah vvvvv bodah
    (THANKs)

  15. Eenash says:
    November 1, 2018 at 12:31 am

    Ma sha Allah.. Varah reethi. Muthaagea varah Gina vaahaka goehthahvess kiyaafa hunnany.. Hurihaa vaahakaehvess varah kamudhey.. Adhi mi site ga vaahaka liyan fehtyma varah ufaavi. Sababaky eyrun vaahaka foyeh gannakah nujehynehnu.so thanks a lot…

  16. Mary says:
    November 1, 2018 at 12:38 am

    wow… v reethi mi part ves n whole story is just amazing❤
    Akiyas??

  17. Saeedha Mohamed says:
    November 1, 2018 at 5:55 am

    Mivaahka nimuneema vvv dheravehje haadheehchey. Kiyaafoohi nuvey.❤??❤

  18. Ibsha says:
    November 1, 2018 at 10:37 am

    Nimun iru neygey baeh kan kan ebahuri

  19. shaha says:
    November 1, 2018 at 2:51 pm

    Alhey????Akiyas maruveema varah dhera. Ekam story varah reethi.?????

  20. Sis says:
    November 1, 2018 at 9:58 pm

    Love it soooooo much? but akiyas… ??

  21. Anonymous says:
    November 1, 2018 at 10:49 pm

    varah ibrah thyri adhi eyhaame reethi vaahaka eh ❤❤❤❤❤

  22. Maii? says:
    November 2, 2018 at 11:38 am

    This is the best stry i had ever read… keep doing the hard work buddy … vrh iburai theri stry eh mii.. vrh baivaru ehchehi dhas vehjje.. again i would like to say continue the hardwork dear

  23. xeyboooo says:
    November 4, 2018 at 9:35 am

    thanks muthaa..i remember sending msg through messenger also to update evleen story again..thanks alot..<3..this is one of my fav story..<3

  24. Santhi says:
    November 5, 2018 at 12:10 pm

    Expect a new story from you….. This story is the best story I have ever read love it ❤️❤️❤️❤️❤️❤️❤️

  25. Raanie says:
    November 8, 2018 at 8:44 pm

    Akiyas maruveema vrh dhera..?? eyge badhal ga rihaany maruvi nama ey VX hithah araa Vry sad…but story was awesome..???

  26. Aish says:
    January 22, 2019 at 6:38 am

    Masha ahllah v v vx nice this is the lovely story I ever read in my life
    Akiyas maruviy ma v sad bt nimun hama obi nex to the max…. ?
    MUTHAA
    AISH heekuriy muthaa thiy girl eh kamah but ur a boy
    By the way keep up the gud work, waiting 4 ur next story

  27. Suha says:
    October 5, 2019 at 2:13 pm

    Why?? Why did you kill Akiyas??? Mutha? Bit this story is amazing!!!??? I love this story❤️❤️❤️ adhi mihaa nice and emotional story eh nukiyan?? Masha Allah vvv reethi!!!! Keep it up???!!

Comments are closed.



All Right Reserved!