Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 28

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 31, 2018 16 Mins Read
14 Comments

ސްކޭން ހެއްދުމަށްފަހު އެވްލީން ހޮސްޕިޓަލުން ދޫކޮށްލީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޭރު ޖުނެއިނާ ފިޔަވާ ޢާއިލާ އެންމެން ހޮސްޕިޓަލުގައި ތިއްބެވެ. ރިހާނީއާއި އަކިޔަސްއާ ދެމެދު ވާހަކަ ނުދެކެވުނު ކަމުގައި ވިޔަސް ދެމަފިރީންގެ ދެމެދުގައި ހިނގި ބޮޑު ހާދިސާ އެންމެނަށް ސިއްރުކުރަން ދެމަރިފީރިން ބޭނުންވިއެވެ. ދެއްކުންތެރި ހިނިތުންވުމަކާއެކު އަކިޔަސް ރިހާނީ ކައިރީގައި ހުއްޓިލައިގެން ހުރީ އެހެން ވެގެންނެވެ. ބައްޕަ ގައިގައި އޮޅުލައިގަތްއިރު އެވްލީންއަށް ރޮވިއްޖެއެވެ. ވާނީވެސް އެވަރު ނޫން ހެއްޔެވެ ؟ ބައްޕަ ނުފެންނަތާ އެހާ ގިނަދުވަސް ފަހުން ފެނުމުން އެވްލީންއަށް ކަރުނަތައް ހުއްޓަން އުނދަގޫވިއެވެ. ” ބައްޕަ ވަރަށް އުފާވެއްޖެ… މިހާރު ބައްޕަ ބޭނުންވަނީ ލީންގެ ދަރިފުޅު ދެކެން… އައި ކާންޓް ވެއިޓް… ” މިފްޒާލް އެވްލީން ލޮލުން ފައިބާފައިވާ ކަރުނަ ތިކިތައް ފޮހެލަމުން ބުނެލި ގޮތުން އެވްލީންއަށް ހެވިއްޖެއެވެ. މިމަންޒަރު ބަލަން ދުރުގައި ރިހާނީ ހުރީ ތުން ފިއްތާލައިގެންނެވެ. ހަތަރު އަހަރު ވީއިރު އޭނައާއި ބައްދަލު ކުރަން ނައިސް ބައްޕަ މިހާރު އެއައީ ހަމައެކަނި އެވްލީންއާއި ބައްދަލު ކުރާށެވެ. އޭނަގެ ބައްޕަ އަބަދުވެސް ލޯބި ވަނީ އެވްލީން ދެކެއެވެ. ޅައިރުއްސުރެ އޭނައަށް އެކަން ފާހަގަ ވިއެވެ. ނަމަވެސް އޭނަ އެހުރިހާ ކަމެއް ހަނދާން ނައްތާލައިގެން ހުރީ އޭރު ދައްތަ ދެކޭވާ ލޯތްބެއްގެ ސަބަބުންނެވެ. އެކަމަކު މިހާރު ޒަމާން ބަދަލު ވެއްޖެއެވެ. އެވްލީން ދެކެ ރިހާނީވީ ލޯބި ނަފްރަތަށް ބަދަލުވީތާ ކޮން ދުވަހެއް ހެއްޔެވެ ؟ އެވްލީން ބަލިވެ އިނުން ވެގެން ދިޔައީ ރިހާނީގެ ހިތުގައިވާ ހަސަދައިގެ ހުޅުކޮޅަށް ޕެޓްރޯލް އަޅައި އެހުޅުގަނޑު އިތުރަށް ބޮޑު ކޮށްލި އެއްކަމަށެވެ.

” ބައްޕާ… ޖޫން މަހު ޑިއު ޑޭޓް ދީފަ އޮތީ… ބަޓް ފޯރ މަންތްސް އިން ސްކޭން ހެދީމަ ޑޭޓް ބަދަލު ވެދާނެ ހެން ހީވަނީ…. ” އެވްލީން ބުންޏެވެ. ” ބައްޕަ މާލެއަށް ގޮއްސަ ލީން ވިހާ ދުވަހަށް އެނބުރި އަންނާނީ… ” މިފްޒާލްގެ އަޑުގައިވަނީ އުފާވެރި ކަމެވެ. އެވަގުތު ޒަވީން ޒަރާ ކައިރީގައި އެވްލީން ގޮވައިގެން އުވެއިލަށް ބަދުލުވާން އުޅޭ ވާހަކަ ބުނެލައިފިއެވެ. ޖުނެއިނާ ހުންނަ ތަނެއްގައި އެވްލީން ބެހެއްޓުން އެއީ މިނިކާ ކޮށްޓެއްގައި އެވްލީން ބެހެއްޓުން ފަދަ ކަމެކެވެ. އެހާ ނުބައި އަންހެނަކު ދެވަނަ ފަހަރަށް ވެސް އެވްލީންއަށް ގެއްލުމެއް ދޭން ވިސްނާނެކަން ޔަޤީނެވެ. ޖުނެއިނާއަށް އެފުރުސަތު ދޭން ޒަވީން ބޭނުމެއް ނޫނެވެ. އޭނަގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ދެން ދަރިފުޅަށް ގެއްލުމެއްދޭން އެއްވެސް މީހަކަށް ލާހިކެއް ނޫނެވެ. ޒަރާ އެކަމާ ހިތްހަމަ ނުޖެހުނަސް އޭނަ އެކަން ފާޅެއް ނުކުރިއެވެ. ދަރިފުޅުގެ އުފަލަށް ހުރަސް އަޅަން އޭނަ ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ޒަވީންގެ އެނިންމުމަކީ ރަގަޅު ނިންމުމަކެވެ. މިދުވަސްކޮޅު އެވްލީން ޒަވީން އާއެކު ވަގުތު ހޭދަކުރަން ބޭނުންވާނެއެވެ. ޒަރާ ކަންބޮޑުވީ އެވްލީން ރަގަޅަށް ނުކައި ހުރެދާނެތީއެވެ.

” ޒޭވް ޕްރޮމިސްމީ ދެޓް ޔޫ ވިލް ޓޭކް ކެއާރ އޮފް ލީން… ” ޒަރާ ޒަވީން އަތުގައި ހިފަހައްޓައިލަމުން ޒަވީންގެ މޫނަށް ބަލާލައިފިއެވެ. ދަރިފުޅުގެ ދެލޮލުން ޒަރާއަށް ފެނުނީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެވެ. ދަރިފުޅުގެ އުފާތައް އެސްފީނާއިން ސާލާމަތް ކޮށްދެއްވުމަށް ހެއްދެވިފަރާތަށް ޒަރާ ދުޢާ ކުރިއެވެ. ” ޔެސް މަމް އައި ޕްރޮމިސް… ” ޒަރާއަށް ޔަޤީންކަން ދެމުން ޒަވީން ޒަރާ ގައިގައި ބައްދާލައިފިއެވެ. ” ދަރިފުޅުމެން ދިޔައީމަ ގެ ވަރަށް ބޮޑަށް ފަޅުވާނެ… ” މަންމަގެ އަޑުގައި އެކުލެވިގެންވި އަސަރުތައް ޒަވީންއަށް ނަގައި ގަނެވުނެވެ.

” މަމް ހަމައެކަނި ފޯރ މަންތްސްއަށް ދަނީ…. ” މަންމަގެ ނިތަށް ބޮސްދިނުމަށްފަހު ޒަވީން ޖިންސްގެ ޖީބަށް އަތް ކޮށްޕާލިއެވެ. އެވްލީންއާއި ޒަވީން ހޮސްޕިޓަލްގެ ޕޯޓިކޯއާ ދިމާއަށް މިސްރާބު ޖެހުމާއެކު ރިހާނީ ފާރަށް އެތިފަހަރެއް ވީއްލާލައިފިއެވެ. އަތަށް ތަދުވިޔަސް އޭނަ ރުޅިއައިސްފައި ހުރިވަރުން އެހާ ބޮޑަށް އަތުގައި އުފެދުނު ތަދު އިހްސާސް ނުކުރެވުނެވެ. އެވްލީން އުވެއިލްއަށް ދިއުމުން ހާދަ ދެރައެވެ. އޭނަ ދެން ބަދަލު ހިފާނީ ކިހިނެއް ބާވައެވެ. ޢީރާ މިހާރަކަށް އައިސް ގުޅާ ވަރުން އޭނަ ހުންނަނީ ބޮލަށް އުނދަގޫ ވެފައެވެ. ހަތަރު މަސް ވަންދެން އޭނަ ޢީރާއަށް ދައްކާނެ ބަހާނާއެއް ސިކުނޑިއަކަށް ނައެވެ. ޢީރާ އަކީ ފަސޭހައިން ގޮތް ދޫކުރާކަހަލަ ކުއްޖެއް ނޫނެވެ. ނުވީތާކަށް މަންމަ އެއޮތީ ބޮޑު ކަމެއްގެ ތެރޭގައި ބެދިފައެވެ. މަންމަ އެކަމުން ސަލާމަތް ކުރާނެ ގޮތެއް ވެސް ހޯދަން އެބަޖެހެއެވެ. ޢާއިިލާ މީހުންނަށް އެޙަބަރު ނޭގި އޮތީ ނަސީބަކަށެވެ.

ކަޅުފޮއި ރެއަކަށް ވުމުން އުޑަށް އުކާލެވިފައިވާ ކުދި ޖަވާހިރުތަކުގެ ވިދުވަރު ޗާލުވެފައި މުޅި ހިސާބަށް ފަތުރާލާފައި ވަނީ އޭގެ ފަނޑު އަލިކަމެވެ. މިރޭ ތަރިތަކުގެ ދަރުބާރަށް ނަޒަރު ހިންގާލައިފިނަމަ ހިތްތަކަށް ފިނިކަން ގެނެސްދޭނެކަން ގައިމެވެ. އެއީ ޤުދުރުރަތުގެ ރީތި ކުރެހުމެކެވެ. ޒަރާ، ބިލާލް އަދި މިފްޒާލް ތިބީ ބެކްޔާރޑްގައި ބަހައްޓާފައިވާ ސޯފާތަކެއްގައި އިށީންދެލައިގެންނެވެ. ސޯފާތައް ބަހައްޓާފައި ވާތަން އުސްކޮށް ރާނާފައި ހިޔާކޮށްފައި ވާއިރު ކޭންޑްލް ޗާންދެލިއާ ތަކެއް ސީލިންގްގައި ހަރުކޮށްލާފައި ވެއެވެ. ވަޔާއެކު އުށްބައްތިތަކުގެ ހުޅުކޮޅު ނަށަމުން ދިޔައިރު މުޅި ހިސާބުގަނޑު ހުދުކޮށްލާފައިވާ ދުންފިނީގެ ތެރޭން ހުޅުކޮޅުތައް ފެންނަލެއް ނިކަން ފުރިހަމައެވެ. ބޮޑެތި ގަސްތަކުގެ ފަތްތައް ވެރޭ މަންޒަރާއި މެދުކެނޑުމެއްނެތި އިވެމުން ދިޔަ ދޫނިސޫފާސޫފީގެ ޖާދުވީ އަޑުން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މަޑުމަޑުން ހަރީފުގެ ރީތި ކުލަތަކުގެ ޖާދޫ ފެންނަން ފަށާފައި ވާއިރު ގަސްތަކުގެ އާރޯކަން ގެއްލި ގަސްތަކުގައި މޮޅިވެރިކަމުގެ ސައިލުތައް އޮޅެން ފަށައިފިއެވެ. މާގަސްތަކުގެ ދިރުން ފަޑުވެފައި ވުމުން މާމެލާމެލީގެ މީރުވަސް ފަޒާއިން ވަނީ ކެނޑެން ފަށާފައެވެ.

ކޮފީއާއި ކުކީޒްގެ އިތުރުން ސޯފާ ކުރިމަތީގައި ހުރި މޭޒުމަތީގައި ޑެޒާޓް ވެސް ބަހައްޓާފައި ހުއްޓެވެ. އަކިޔަސް އިރުކޮޅަކުން މަންމަ މެންނާއި ބައިވެރިވިއިރު އޭނަ ސޯފާގައި ހަމަޖެހިލައިގެން އިނީ ފޯނުން ގޭމެއް ކުޅޭށެވެ. އެތައް އަހަރެއް ފަހުން މިފްޒާލްއާއި ބައްދަލު ވުމުން ބިލާލްއާއި މިފްޒާލްއާ ދެމެދު އެތައް ވާހަކައެއް ދެކެވުނެވެ.

” މިފް… ލީންއަށް އެހާ ބޮޑު ކަމެއް ދިިމާވިއިރު އަހަރުމެންނަށް އަންގާލަން މިހުންމު ކަމަކަށް ނުވި… ޒަވީން ނުބުނިނަމަ ނޭގުނީސް ލީން ކުރިން މޮޔަވިކަމެއް… ” ޒަރާ އިނީ އެސިކުނޑީގައި އެނބުރެން ފަށާފައިވާ ސުވާލުތަކުގެ ޖަވާބު ބޭނުން ވެފައެވެ. ޒަރާގެ ޖުލްމައިން އަކިޔަސްއަށް ފޯނުގެ ސްކްރީނުން ދެލޯ ވަކިކޮށްލަން މަޖުބޫރު ކުރުވިއެވެ. މިފްޒާލްގެ ފަރާތުން އަލިމަގެއް ފެނިދާނެކަމަށް އޭނައަށް ހީކުރެވުނީއެވެ. ” ލީން ރަގަޅުވާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ކަނޑަލީމަ ބޭނުންވީ އަކިޔަސްއަށް އެކަން ސިއްރުކުރަން… އެހެންވެ ޒަރާމެން ކައިރީގަ ނުބުނެ މަޑުކޮށްލީ… އަހަރެން ބޭނުމެއް ނުވި ލީންގެ އިންތިޒާރުގަ އަކިޔަސް އޭނަގެ ދިރިއުޅުން ހޭދަކުރާކަށް…. އަކިޔަސްއާ ރިނީގެ ކައިވެންޏަށް ޒަރާ އެދުނީމަ އެހާ އަވަހަށް އެއްބަސްވީ ވެސް އެހެންވެގެން… ” މިފްޒާލް ކޮފީ ކޯވަރެއް ދިރުވާލިއެވެ. ” ވަޓް !… ” ޒަރާއަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު މިފްޒާލްއަށް ޖުނެއިނާ އާއި ރިހާނީ ބައިވެގެން އެވްލީން ބަދުނާމު ކޮށްލާފައިވާވަރު ނޭގެއެވެ. އަކިޔަސް އިނީ މިފްޒާލްގެ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. ރިހާނީ އޭނަގެ ހިތާއި ސިކުނޑީގައި އުފައްދާފައިވާ ”ވަހުމް” މާ ބާރުގަދައެވެ.

މިފްޒާލް ޒަރާއަށް ހުރިހާ ކަމެއް އިތުރަށް ސަފުކޮށްދޭން އުޅެނިކޮށް ކައިރީގައި ހުރި ޝުޤާރ މޭޕްލް ގަހުގެ ނިވަލުގައި ހުރި ރިހާނީ ތެޅިފޮޅެމުން އައިސް އެތަނަށް ހުއްޓުނެވެ. އެންމެނަށް ފާރަލެވުނީ އޭނަގެ ނަސީބު ވަރުގަދަ ކަމުން ކަމަށް ހީކޮށް ރިހާނީއަށް ހިނިތުންވެލެވުނެވެ. ނަމަވެސް ރިހާނީއަށް ނޭގުނީ ޒަރާގެ ހިތުގައި ޝައްކުގެ އޮށް އިންދާލެވުނު ކަމެވެ. އެއޮށުގެ މޫތައް މިފަހަރު ކުރިއަށް ވުރެ ވަރަގަދަ ކަމެވެ. ޒަރާގެ ހިތުގައި އެވްލީންއާ މެދު އުފެދިފަައިވާ ޝަކުވާތައް ފިލައި އެވްލީންގެ ކުށެއްނެތްކަމަށް އޭނަގެ ޒަމީރު ބުނަން ފެށިއެވެ. އެވްލީން މޮޔައިރު ، އޭނަ އަކިޔަސް ދޫކޮށްލާފައި ދާނީ ކިހިނެއް ހެއްޔެވެ ؟ ކުރީ ދުވަހު ޒަވީން ދެއްކި މެޑިކަލް ރިޕޯޓްގައި ވާގޮތުން އަކިޔަސް ލަންޑަނަށް އައިސް އެވްލީންގެ ވާހަކަ ބުނުމުގެ ކުރީން އެވްލީން މޮޔަ ވެއްޖެއެވެ.

ޒަރާ ރިހާނީއަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. ކުރު ޖިންސާއި ގަޔަށް ބާރުކޮށް ހުންނަ ޓޮޕް ފަދަ ތަކެތި ނުލުމަށް އޭނަ ރިހާނީ ކައިރީގައި ބުނާތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ. މިފަހަރު ރިހާނީ ލައިގެން އެހުރީ ފެޝަން ޝޯ ތަކުން ފެންނަ ކަހަލަ ކުރު ހެދުމެކެވެ. އޭނަ ނަސޭހަތްދީ އަދިވެސް ރިހާނީ ރަގަޅު ވާކަށް ނޫޅެއެވެ. ގޭގައި މަސައްކަތް ކުރާ ފިރިހެން ނޯކަރުންނަށް މިޒަމާނުގައި އިތުބާރު ކުރާނީ މޮޔައިންނެވެ.

” ރިނީ މަމް ކިތައް ފަހަރު ބުނާނީ ތިކަހަލަ ހެދުން ލައިގެން ނޫޅޭށޭ ! ” ފޫހި ރާގަކަށް ޒަރާ ބުނެލުމުން ރިހާނީގެ މޫނު ރަތް ވިއެވެ. ތުންފަތުގައި ދައިގަނެވުނީ ލަދުން އޭނަ ވިރިދާނެ ތީއެވެ. އަކިޔަސްގެ ތޫނު ކަޅިރަވަ އަމާޒުވުމުން ރިހާނީގެ ނޭވާތައް އަވަސް ކޮށްލިއެވެ. އުށްބައްތީގެ ރީތި ދަޅަތައް އެއަޅި ކުލައިގެ ލޮލަށް އެޅިފައި ވުމުން ހިތުގެ ތެޅުން ހަލަބޮލިކޮށްލާހާ ވެއެވެ. ރިހާނީ އިސްޖަހާލައިފިއެވެ.

” މަމް ދެން އެކަމަށް ފަރުވާ ބަހައްޓާނަން… ” ރިހާނީ ސޯފާގައި އިށީންއިރު އަތްފައި ހީވަނީ ގަނޑުވެގެން ގޮސް މުގުރިދާނެ ހެންނެވެ. އަކިޔަސް ކައިރީގައި ހުރެވުމުން ރިހާނީ އިރުއިރު ކޮޅާ އަކިޔަސްގެ މޫނަށް ބަލައިލައެވެ. އެމޫނަށް ބޮސްދެން އެހާ ބޭނުންވި ވަގުތެއް އެނޫނީ ނާދެއެވެ. އަކިޔަސް ސްލީވްލެސް ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރިއިރު އެމޫނަށް ފައިބައިފައިވާ އިސްތަށިކޮޅުތައް ލޮލުގެ އެސްފިޔަތަކުގެ މައްޗަށް ސަވާރުވާ އިރު ހާދަ ރީއްޗެވެ. ރިހާނީ ދެއަތް ޖޯޑުކޮށްލަމުން އަތަށް ފުމެލިއެވެ.

” މިއަދު ނޫސްޕޭޕަރު ނުވެސް ކިޔާ މިހުރީ… މައީވް ވެއާރ އިޒް ދި ނިއުސް ޕޭޕާރ ؟ ” ޒަރާ ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވުމުން ބާރަކަށް މައީވްއަށް ގޮވާލައިފިއެވެ. މައީވްއަކީ ވޯޓާރ ކްރިސްޓަލްގައި މަސައްކަތް ކުރާތާ ގިނަ އަހަރުވެފައިވާ މީހެކެވެ. ރިހާނީ ކާން ގެންގުޅު ކުކީޒް އަތުން ދޫވީ އަތުގައި އުފެދުނު ވަރުގަދަ ތުރުތުރު ލުމާއެކުއެވެ. ހަށިގަނޑުގެ ހުރިހާ ސެލް އެއްގައި އުފައްދާލި ބިރުވެރި ކަމުގެ ތޫފާންތަކުން ފަތިހަށް ފޮޅޭ ފިނިފެން މަލުގެ ފިޔައިގައި ފެންތިކި ވިދާ ބީދައިން އެދޮން މޫނު ދަލުން ފެންވަރުވާލިއެވެ. ހަދާނެ ގޮތެއް ރިހާނީގެ ސިކުނޑިއަކަށް ނައެވެ. ބިރުވެރިކަމުގެ އިންޒާރާއެކު ހަށިގަނޑުގެ ހުރިހާ ގުނަވަނެއް މަސައްކަތް ކުރުން ހުއްޓާލައިފިއެވެ.

ކޮންމެ ދުވަހަކު ދެ ނޫސްޕޭޕަރު ގެއަށް ގެންނާތީވެ މައީވް އައީ ދެވަނައަށް ގެނައި ނޫސް ޕޭޕަރު ހިފައިގެންނެވެ. ރިހާނީއަށް ޖެހުނީ ހުރިހާ ކަމެއް ބަލައިގެން އިންނާށެވެ. އޭނައަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުލިބެނީސް ޒަރާއަށް ފުރަތަމަ ހުޅުވާލެވުނީ ޖުނެއިނާގެ ފޮޓޯ ޖަހާފައި އިން ސަފްހާއެވެ. ” ޒީ… ވަޓް ހެޕެންޑް… ” ބިލާލް ކުކީޒް އިން އެތިކޮޅެއް ކައިލަމުން ޒަރާއާއި ދިމާއަށް ބަލައިލި ވަގުތު އެމޫނުގެ ކުލަވަރު އޮއްސިފައިވާތަން ފެނުނެވެ. ބިލާލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒަރާ ދައްކާލީ އެސަފްހާއެވެ. ބިލާންގެ ނިތްކުރީގައި އެތައް ރޫތަކެއް ޖަމާވި ހިނދު މުޅި މީހާ ރުޅި އައިސް ރަތް ވެއްޖެއެވެ. ވާނުވާ ނޭނގިގެން އަކިޔަސް އެންމެ ފަހުން ނޫސްޕޭޕަރު ކިޔާލިއެވެ. މިފްޒާލް އިނީ ފާޑަކަށެވެ. ޖުނެއިނާ ގޮތެއްފޮތެއް ނެތިގެން މަސްތުވާތަކެތި ބޭނުން ކުރަން ފެށީއެވެ. ރިހާނީއަށް އެކާކާވެސް ހަތަރުކަޅި ހަމަކުރަކަށް ނުކެރުނެވެ. ރުވާފަ ދޫކޮށްލި ތީރެއްހެން ބިލާލް ފޯނު ނަގައިގެން އެތެރެއަށް ދާން ހިނގައިގަތުމާއެކު ރިހާނީއަށް ރޮއިގަނެވުނެވެ.

” ޑޭޑް… ނޫން… ” ރިހާނީ އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން ބާރު ބާރަށް ދުވެލާފައި ގޮސް ބިލާލް ކުރިމައްޗަށް ހުއްޓުނެވެ. ރިހާނީ ލޮލުން ފޭދެމުން ދިޔަ ވޭނީ ކަރުނަތަކުން ބިލާލްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ” ސޮރީ ރިނީ… ރިނީގެ މަންމައަކީ ރަގަޅު މީހެއް ނޫން… އަހަރެން ބޭނުމެއް ނޫން ވޮންޓެޑް ލިސްޓަށް އަރާފަ އިން މީހަކު އެންމެ ސިކުންތަކަށް ވެސް މިގޭގައި ބަހައްޓާކަށް… ރިނީއަށް އެނގިފަ އޮތްނާނީ އެ މަންމަ ރިނީގެ ދައްތައް ދިން އަނިޔާ… ” ބިލާލް ފޯނުނަގައި ޕޮލިހަށް ގުޅިއެވެ. ރިހާނީ ރޮމުން ރޮމުން ގޮސް ހަލާކުވާވަރު ވިއެވެ. ޒަރާ ރިހާނީ ކޮނޑުގައި ހިފަހައްޓައިލަމުން ރުއިން ހުއްޓާލުމަށް އެދުނެވެ.

” ޑޭޑް… ” ރިހާނީ ދުވެލާފައި ގޮސް މިފްޒާލް ގައިގައި ބައްދާލަމުން މަންމަ ސަލާމަތް ކޮށްދިނުމަށް އެދި އާދޭސް ކުރަން ފެއްޓިއެވެ. މިފްޒާލް ރިހާނީ ކައިރީގައި ބުނީ އޭނައަށް އެހީއެއް ވެވެން ނެތް ވާހަކައެވެ.

ޕޮލިސް ވެހިކަލްގެ ސައިރެންސަރުގެ އަޑުން ސޯފާގައި އިށީންދެލައިގެން މެގަޒިންއެއް ކިޔަން އިން ޖުނެއިނާއަށް ލިބުނީ ސިހުމެވެ. އަވަސް އަވަހަށް މެގަޒިން ސޯފާއަށް ދޫކޮށްލުމަށްފަހު އޭނަ ކުޑަ ދޮރުގެ ކާޓެއިންތައް ކަހާލިއެވެ. މަޑުމަޑު ކާޓެއިން އަތުތެރެއަށް ބޮނޑިކޮށްލަމުން ޖުނެއިނާ އަވަސް އަވަހަށް ކާޓެއިން ދަމާލިއެވެ. ކަަމަކު ދާކަށް ނެތެވެ. ޖުނެއިނާގެ ހަތަރެސްފައި ރޫރޫއަޅަން ފެށިއެވެ. އިރުއިރުކޮޅަ އޭނައަށް ދޮރާ ދިމާއަށް ބަލައިލެވެއެވެ. ކުޑަދޮރުން ފުންމާލަން އޭނަ ބޭނުންވިއެވެ. ގެސްޓް ރޫމް ހުންނަނީ ދެވަނަ ބުރީގައި ކަމަށް ވުމުން އެފިޔަވަޅު އަޅަން އޭނައަށް ނުކެރުނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ޖުނެއިނާއަށް ހީވީ ހަށިގަނޑުން ފުރާނަ ވަކިވެގެން ދިޔަ ހެންނެވެ. އެހާ ބިރުގަތް ވަގުތެއް އެނޫނީ ނާދެއެވެ. ޕޮލިސް ޔުނިފޯރމް ގައި ތިބި ދެ އަންހެން ކުއްޖަކު އައިސް ޖުނެއިނާ ދަމުން ކަހަލަ ގޮތަކަށް ބޭރަށް ނެރެން އުޅުމުން އޭނަ އެދެކުދިންގެ އަތް ފޮޅުވާލަން އުޅުނެވެ.

” މީ ރޭވުމެއް އަހަރެން ޑްރަގްއެއް ނުގަންނަން… އަހަންނާ ޒާތީ ގޮތުން ޖައްސާލާފަ ހުރި މީހަކު އަހަރެންގެ ފޮޓޯ ދީފަ ދިން ދޮގު މައުލޫމާތަކަށް މިވާނީ… ” ލިވިންގް ރޫމްގެ މެދާއި ހިސާބަށް ދެވުމުން ޖުނެއިނާ ހޭރިގަންނަމުން ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

” ދިސް އިޒް ނޮޓް އަ ލައި… ވީ ހޭވް އެވިޑެންސް… ” ބިޔަ ހަށިގަނޑެއް ލިބިފައިވާ ޕޮލިސް އޮފިސަރަކު އެމީހުންގެ ސީކްރެޓް އެޖެންޓެއްގެ ކެމެރާއިން ނަގާފައިވާ ފޮޓޯތަކެއް ދައްކާލިއެވެ. އެ ފޮޓޯތަކުން ސާފުކޮށް ޖުނެއިނާގެ މޫނު ފެންނައިރު އޭނަ ޑްރަގްސް ގަންނަ ތަން ފެނެއެވެ. ހަމައެއާއެކު ވީޑިއޯއެއް ވެސް އެމީހުން ދައްކާލިއެވެ. ޖުނެއިނާގެ ”ގަމާރު” ސިކުނޑިއަށް ނައީ އެފަދަ މީހުން ހޯދަން ސީކްރެޓް އެޖެންޓުން ޔޫރަޕްގައި ތިބޭކަމެވެ. ޑްރަގްސް ގަންނަން ކްލަބަށް ދިއުމުގެ ކުރިން އެކަމާމެދު ވިސްނާލިނަމަ ޖުނެއިނާއަށް މިދުވަސް ނުފެނުނީހެވެ. ޕޮލިހުން ޖުނެއިނާ ދަަމަމުން ގޮސް ކާރަށް އެރުވުމުން ރިހާނީ ދުއްވައިގަތެވެ.

” ރިނީ ހަމަޖެހިބަލަ… ” ޒަރާއަށް ރިހާނީ ކޮންޓްރޯލް ނުވާ ހިސާބަށް ދިއުމުން އަކިޔަސް އައިސް ރިހާނީ ހިފެހެއްޓިއެވެ. ” ކިޔާ މޯމް ސަލާމަތް ކޮށްދީ… އާދޭސް ކޮށްފަ ބުނަން… ކިޔާ ތީ ލޯޔަރެއްނު…. ހެލްޕް މީ… ” އަކިޔަސް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ރިހާނީ އިރުކޮޅަކުން ޚަބަރު ހުސްވެއްޖެއެވެ.

ފާމް ހައުސްއާއި ދިމާއަށް ކާރުދުވަމުން ދިޔައިރު އެވްލީންއަށް އިދެވުނީ ފެންނަމުން ދިޔަ ޤުދުރަތީ ރީތި މަންޒަރުތަކަށް ބަލަހައްޓައިގެންނެވެ. އަބަދު ސިޓީގެ ބޮޑެތި އިމާރާތްތައް ފެނި ފޫހިވެފައި ހުއްޓާ ބޮޑެތި ބިޔަ ގަސްތަކުން މަގަށް ވެރިފައިވާ ރަތް އަދި ރީނދޫކުލައިގެ ފަތްތަކާއި ކުލަކުލައިގެ މާތަކުން އެފޫހިކަން ފިލުވާލަދީފިއެވެ. ޒަވީން ކާރު ފާރމް ހައުސްއަށް މަޑުކޮށްލުމާއެކު އެވްލީން އަވަސް އަވަހަށް ކާރުން ފޭބިއެވެ. ކުރީ ފަހަރާ ހިލާފަތް މިފަހަރު ބަގީޗާ ވަނީ މަރުވެފައެވެ. ކޯކާތަކުން ބަރާވެފައި އޮތް މެހެފިލް އެއޮތީ ހިތާމައިގެ ފަރުދާތައް ލައިގެންނެވެ. ފާމް ހައުސް ގޭޓުން ފެށިގެން މައިދޮރާ ޖެހެންދެން އިންދާފައިވާ ޗެރީ ބްލޮސަމް ގަސްތަކުގެ ފަތްތައް ބިމާހަމަވެފައި ވުމުން މުޅި ހިސާބުގަނޑު ފެންނަނީ ދިރުމެއް ނުވާފަދަ ގޮތަކަށެވެ. ޒަވީން ލަގެޖްތައް އެތެރެއަށް ވެއްދުމަށްފަހު ބޭރަށް ނިކުތް އިރު އެވްލީން ހުރީ ފެންއަރުވާ ވަޑާން ތެރެއަށް ފައިބާފައިވާ މޭޕްލް ފަތްތަކާ ކުޅޭށެވެ. ” ލީން… އާދެބަލަ އެތެރެއަށް… މިހާރު ޓެމްޕެރޭޗާރ ވަރަށް ދަށްވާނެ… ” މުޅިހިސާބުގަނޑުގައި ހުދުކުލައިގެ ދުންގަނޑުތައް ފަތުރާލަމުން ދާއިރު ހީވަނީ ބޮޑެތި ފުރޭތަ ތަކެއް ހުރިހާ ތަނަކަށް އަތްގަދަ ކުރާ ހެންނެވެ. އެވްލީންއަށް ޒަވީންގެ އަޑު އިވުނު ހެނެއް ހިޔެއްނުވެއެވެ.

ޒަވީން އައިސް އެވްލީންއާއި ނުހަނު ކައިރީގައި ހުއްޓިލަމުން އެމޫނަށް ފުމެލައިފިއެވެ. ” ވޮންޑަރލޭންޑަށް ގެއްލިފަތަ ؟ ” އެވްލީން ނޭފަތުގައި ޒަވީން ހިފާލިއެވެ. ” ޔެސް… ، އޯޓަމް ސީޒަންގަ މިތަން ހާދަ ރީއްޗޭ… އައި ލަވް ދިސް… ” އިސްތަށިގަނޑު ފޮރުވަން ބޭނުންކޮށްފައިވާ ކޮޓަން ހެޓް ނަގަމުން އެވްލީން ބިންމަތި ފުރާލާފައިވާ ފަތްތަކުގައި ފައިން ޖަހާލައިފިއެވެ. ” ލީން ގޮވައިގެން މިތަނަށް އައީވެސް މިތަން ރީތި ވާނެތީ… ރޮމޭންޓިކް ޑޭއިސްތައް ސްޕެންޑްކޮށްލަން ރަގަޅު ތަނެއް މީ… އަދި ވިންޓާރ ސީޒަން ފެށުނީމަ އެންމެ ރީތި ވާނީ…. ” ޒަވީން ހުރީ ކުރިމަތިން ފެންނަމުން ދިޔަ ޕަރީގެ ޅައަމަލުތަކަށް ގެއްލިފައެވެ. ” ޒޭވް އާދެބަލަ ވުޑްސް ތެރޭގައި ހިނގާލަން ދާން… ” އެވްލީން އެދުނެވެ.

” ބޭބް.. އިޓްސް ނޮޓް ގުޑް… މިހާރު ޓެމްޕެރޭޗާރ ޑްރޮޕް ވަމުން ދާނީ… އެހެންނޫނަސް ވުޑްސް ތެރެއަށް ވަދެގެން އުޅެނިކޮށް ގޯސްޓެއް ފެނިދާނެ… ” ޒަވީންގެ ޖުމްލަ ނިމުމާއެކު އެވްލީން ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލައިފިއެވެ. މިމަންޒަރު ފެނުމުން ޒަވީން އެވްލީން އަތުގައި ހިފަހައްޓައިލަމުން އެތޫނު ނަޒަރު އެވްލީންގެ ދެލޮލަށް ހުއްޓާލިއެވެ. ” ހާދަ އަވަހަކަށް ރުޅި ތިއައީ… އެހެންވެސް ވާނެ މިހާރު ބޮޑީއަށް ޗޭންޖެސް ތަކެއް އަންނާނެ ވިއްޔާ…. ” ޒަވީން ބޯ އަރިކޮށްލަމުން އެއްބުމަ އަރުވާލިއެވެ. ” ރުޅިއެއް ނާންނަން ބަޓް އައެމް ސޭޑް…. ” ޒަވީން އެވްލީންގެ މޫނާއި މޫނު ކައިރިކޮށްލުމުން އެވްލީން ދުލުގައި ތަޅު ލެވުނެވެ. ” ލީން ބޭނުންނަމަ ހިނގާ… ބަޓް ޑްރެސް ބަދަލުކޮށްލައިގެން ދާނީ… ” ޒަވީން ވައިއަޑަކުން އެވްލީން ކަންފަތް ކައިރީގައި ބުނެލުމުން ހަށިގަނޑުގެ ލޯލިތައް ކޮޅަށްޖެހި މީހާ ފިނިވެއްޖެއެވެ. ޒަވީންގެ ހޫނު ނޭވާތަކުން ކަނދުރާގެ ވާންކަން އިތުރުކުރަން ފެށުމުން އެވްލީން ޒަވީން މޭގައި އަތްއަޅާ ދުރަށް ކޮށްޕާލި ހިނދު ފަޒާ ތެރެއަށް އެވްލީންގެ ހުނުމުގެ އަޑު ފެތުރުނެވެ. ޒަވީން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން އެވްލީންއާއި ދިމާއަށް ބަލާލައިފިއެވެ.

އެވްލީން ހަނާ އަޅައިލަމުން ފަހަތަށް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. ޒަވީންއަށް އެއީ އެވްލީން ދިން ދައުވަތެއް ކަން ވަގުތުން ނަގައިގަނެވުނެވެ. ފަހަތަށް ޖެހެމުން ގޮސް ކައިރީގައި ހުރި ރެޑްވުޑް ގަހުގައި ޖެހިފައި އެވްލީން ފިޔަވަޅުތަކުގައި ކަސްތަޅު އެޅުނެވެ. އޭރު ޒަވީން ހުރީ އެވްލީންއާއި ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އަވަސް ނޭވާތަކެއް ބޭރުކޮށްލަމުން ފުރަތަމަ ފިޔަވަޅު ނެގީ އެވްލީން އެވެ. ” އައި ލަވް ޔޫ… ” ޒަވީން ތުންފަތުގައި ޝަހާދަތް އިނގިލި ހާކައިލަމުން އެވްލީން އެތުންފަތަށް ބޮސްދިނެވެ. ބޭއިހްތިޔާރުގައި މަރާލެވުނު އެސްފިޔަތާއެކު އޭނަގެ މެދުހަށީގައި ޒަވީން ހިފަހައްޓައިލަމުން އެހަށިގަނޑާ ކައިރިކޮށްލި ފަދަ އިހްސާސްތަކެއް އެވްލީންއަށް ކުރެވުނެވެ. ޒަވީންގެ ހަށިގަނޑުގެ ހޫނުކަމުން ހީފިލައި އެވްލީން އެދެއަތުގެ ވިރިގެންދާން ބޭނުންވިއެވެ.

ހަތަރު މަސް ފަހުން……

ޖެނުއަރީ މަހުގެ ފަހު ހަފްތާ ނިމެން ކައިރިވިއިރު އެވްލީން ބަނޑަށް ހަތަރުމަސް ފުރި ބަނޑު ފެންނަން ފަށައފިއެވެ. އެވްލީން މިހާރު ގަޔަށް ދޫކޮށް ހުންނަ ހެދުންތައް ލައި އުޅޭއިރު ވެސް ބަނޑު އަޅައިގަނެއެވެ. ކުޑަކޮށް ފަަލަވެފައި ކޮލުގައި މަސްޖަހަން ފަށާފައި ވުމުން ކުރިއަށްވުރެ އެވްލީން ރީތިކަމަށް ދައްކައެވެ. ފުރަތަމަ ކޮޅު ދިމާވި އުނދަގޫތައް މިހާރު އެއްކޮށް ރަގަޅުވެފައި ވާއިރު އެވްލީން މޫނުމަތިން މިހާރު ފެންނަނީ ތާޒާކަމާއި އާރޯކަމެވެ.

ހުދު ކުލައިގެ އަތްދިގު ޓީޝާޓަކާއި ލެގިންސްއެއް ލައިގެން އެވްލީން ލިވިންގް ރޫމަށް ނިކުތްއިރު އެވްލީން އަޅާފައިވާ ދަނބުލައިގެ ޝޯލްގެ ސަބަބުން ހިތްތައް ހަސަދަވެރިކަމުން ފޯކޮށްލާނެކަން އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. ” މާޝާﷲ… ބޭބް ބުރުގާ އަޅަން ފެށީމަ ހާދަ ލޯތްބޭ… ޑެޑީގެ އެންޖެލް ނިދަނީތަ… ” އެވްލީން ބަނޑުގައި ޒަވީން ބޮސްދިން ވަގުތު ފުރަތަމަ ފަހަރަށް ދަރިފުޅުގެ ތޮޅުން އެވްލީންއަށް އިހްސާސް ކުރެވުނެވެ. ޒަވީން އަނެއްކާ ވެސް ބޮސްދިނުމުން ދެވަނަ ފަހަރަށް ދަރިފުޅު ތޮޅެލިއެވެ. ބައްޕަގެ ފިރުމުންތަކާއި ރައްކާތެރިކަން އެމައުސޫމް ފުރާނައަށް އިހްސާސް ކުރެވުނީ ކަންނޭގެއެވެ. ކުއްލިޔަކަށް އެވްލީން ތުންފަތް ފޫއަޅުވާލި ހިނިތުންވުމާއެކު ހަޅޭއްލަވައިގަނެވުނެވެ. އެއީ ކިހާ އުފާވެރި ވަގުތެއްކަން ދުލަކުން ބަޔާން ނުކުރެވޭނެއެވެ. އެދަފަ ފޮނި ތަޖުރިބާއެއް ލިބިފައިވާ މީހަކަށް ނޫނީ އެވަގުތު ލިބޭނެ އުފަލާއި ހިތްހަމަ ޖެހުން ހިތަށް ގެންނަން ވެސް ދައްޗެވެ.

” ޒޭވް ބޭބީ އިސް މޫވިންގް… ” އުފަލުން ގޮސް އެވްލީން ދެފައި ބިމުގައި ހަރުނުލައެވެ. ޒަވީން ހަމަ ތެދެއްހެއްޔޭ އަހައިލުމުން އެވްލީން ބޯޖަހާލައިފިއެވެ.

” ޔެސް ޒޭވް… ” ޒަވީން ތެދުވެ ހިންދެމިލުމުން އެވްލީން ޒަވީން ގައިގައި ބައްދާލިއެވެ.

ދެމަފިރިން ސޯފާގައި އިށީންއިރު ދުނިޔޭގެ ހުރިހާ އުފަލެއް ޒަވީންއާއި އެވްލީންގެ ފަސްބަޔަށް އެޅިފައިވާ ފަދައެވެ. އެވްލީން އެވަގުތު ހެއްދެވި ފަރާތަށް އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ. އޭނަގެ އާއިލާ އެސްފީނާއިން ސަލާމަތްކޮށްދެއްވުމަށް އެދި ﷲ އަށް ދުޢާކުރެވުނު އަދެއް ނޭގެއެވެ. އޭރު މެދުކެނޑުމެއްނެތި ފައިބަމުން ދިޔަ ގަނޑުފެނުގެ އެތިކޮޅުތައް ހުޅުވާލާފައިވާ ކުޑަދޮރުން ވަދެގެން އައިސް ލިވިންގް ރޫމް ތެރޭގައި އުދުހެމުން ދިޔައެވެ. އެވްލީން ޒަވީންގެ މުލައްދަނޑީގައި ހިފަހައްޓައިލި ތަނާހެން ޒަވީންގެ ފޯނު ރިންގް ވާން ފެށައިފިއެވެ. ޒަވީން އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން އެވްލީން ކޯތާފަތުގައި ހިފާލިއެވެ.

” ވަޓް ! ” އެކޮޅުން އިވުނު ޚަބަރަކުން ޒަވީންގެ މޫނުމަތިން އުފާވެރިކަން މިލައި ހިތާމައިގެ އަސަރު ފާޅުވިއެވެ. އެވްލީންއަށް މިކަން ފާހަގަ ކުރެވުމުން އެހިތުގައި ޖަހާލީ ބިރުވެރިކަމުގެ ރާޅުބާނީ ތަކެކެވެ.

” ޒޭވް ކާކުތަ ގުޅީ ؟ ” ފިނިވެފައިވާ ދެއަތުން ޒަވީންގެ އަތުގައި އެވްލީންއަށް ހިފަހައްޓާލެވުނެވެ. އޭރު ހާސްވެފައި ހުރިވަރުން އެވްލީން ބޭރުކުރަމުން ދިޔަ އަވަސް ނޭވާތަކުގެ އަޑުން ވަނީ ލިވިންގް ރޫމްގެ ހީމެންކަން ނަގާލާފައެވެ. ” ލިޔާޝްގެ ކޯލްއެއް… ޢީރް އިޒް އިން ހޮސްޕިޓަލް، ޝީ ޓްރައިޑް ޓު ސުސައިޑް… ” ޒަވީން އެވްލީންއަށް ބަލައިލި ވަގުތު އެވްލީންގެ އެސްފިޔަތަކުގެ ތެރޭން ފުރޭނެމުން ދިޔަ ކަރުނަ ތިކިތައް ފެނުމުން އެހިތަށް ތަދުވިއެވެ. އަވަސް އަވަހަށް އެކަރުނަތިކިތައް ފޮހެލަމުން ޒަވީން އެވްލީން ގެނެސް މޭގައި ޖައްސާލައިފިއެވެ. ޢީރާ އެފަދަ ފިޔަވަޅެއް އެޅުމުން ޒަވީންއަށް ވަނީ ކުޑަވަރެއްގެ ޝޮކެއް ލިބިފައެވެ. ޒަވީންގެ ޖުމްލައިން އެވްލީންއަށް ދެލޯބޮޑުކޮށްލެވުނެވެ. ” ކީއްވެ ޢީރް ސުއިސައިޑް ކުރަން މަސައްކަތް ކުރާނީ ؟ ޢީރްއަށް ބަލާފަ ހިޔެއްނުވޭ އެކަހަލަ ކަމެއް ކޮށްފާނެޔެކޭ… ޝީ އިޒް އަ ގުޑް ގާރލް… އަދި އެހާ ހެޕީވެސް ކުއްޖެއް…. ” ޢީރާއަކީ ޒަވީންގެ ގާތް އެކުވެރިއަކަށް ވުމުން އެވްލީން ދެރަވިއެވެ. ޢީރާ އެފަދަ ފިޔަވަޅެއް އެޅީ ކީއްވެބާވައެވެ ؟ އެންމެފަހުން ޢީރާއާއި ބައްދަލު ވިދުވަހު ޢީރާ ހުރީ ނުހަނު އުފާވެފައެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ ؟

” ޢީރް އެހާ ފޫލިޝްކަމެއް ކޮށްފާނެކަމަށް އަދިވެސް ޤަބޫލެއް ނުކުރެވޭ… ލިޔާޝް ބުނީ މިހާރު ޢީރް ރަގަޅޭ… ” ޒަވީން ކޮޓަރިއަށް ވަންތާ އިރުކޮޅެއް ފަހުން އައީ އޭނަ ލައިގެން ހުރި ހެދުން ބަދަލުކޮށްލައިގެންނެވެ. އެވްލީން ގޮވައިގެން އެހާ ދިގުދަތުރެއް ކުރަން ޒަވީން ބޭނުންނުވިޔަސް އެވްލީން އެކަނި ބަހައްޓާފައި ވެސް ދެވޭކަށް ނެތެވެ. އަނެއްކޮޅުން އެވްލީން ހޮސްޕިޓަލަށް ދާން ބޭނުންކަމަށް ކުރުނުކޮށް ބުނަން ފެށުމުން ޒަވީން ދާން ހިނގައިގަތީ އެވްލީން ގޮވައިގެންނެވެ.

ދެމަފިރިން އެކުގައި ގޮސް ކާރަށް އެރިއިރު ކާރު އޮތީ ސްނޯގެ ކުޑަ އެތިކޮޅުތައް ބޮސްދޭ މަންޒިލަކަށް ވެފައެވެ. މިދިޔަ އަހަރު ފިނިމޫސުން ފެށުނީ ތަންކޮޅެއް ލަހުންކަމަށްވުމުން ޖެނުއަރީމަސް ނިމެން ކައިރިވެފައީ ވީއިރުވެސް ރަބީޢު މޫސުން ފެށޭކަށް ނޫޅެއެވެ. ގަނޑުފެނުގެ ތޫފާންތައް މިމަހު ގިނަވެފައި ވާއިރު ފަޒާ ފުސްކޮށްލާފައިވާ ގަނޑުފެނުގެ ޖަވާހިރުތަކުން ހިތްތަކަށް ފިނިކަން ގެނެސްދޭނެއެވެ. ޒަވީން ކާރުގެ ވިންޑްޝީލްޑްގައި ހަރުލާފައިވާ ސްނޯކޮޅުތައް ސްކްރީން ވައިޕާރއިން ދެކޮޅަށް ބުރުއްސައިލަމުން ކާރު ސްޓާޓްކޮށްލައިފިއެވެ. ބިއްލޫރިގަނޑުގައި ބޮސްދިނުމަށްފަހު ސްނޯފެލޭކްސްތައް ވިރޭ މަންޒަރު ބަލާ ފޫހި ނުވާނެހާ ފުރިހަމައެވެ. ޒަވީން ކިތަންމެ އަވަހަށް ހޮސްޕިޓަލަށް ދާން ބޭނުންވެފައި އިން ކަމުގައި ވިޔަސް އޭނަ ކާރު ދުއްވާލީ މަޑުންނެވެ.

ރިހާނީ ޢީރާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ވަން އިރު ޢީރާ އޮތީ ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ. ރިހާނީ ރުޅި މޫނެއް ހަދައިލަމުން ފަޔަށް ލެވުނުހާ ބާރަކާއެކު ގޮސް އެނދާއި އަރާހަަމަކުރިއެވެ. ” ވަޓްދަ ހެލް އިޒް ރޯންގް ވިތް ޔޫ ؟ އަހަރެން ޢީރާއަށް އެހީވާން އުޅުނީމަ އަހަންނަށް އިތުބާރު ނުކުރެވުނު… ޢީރްއަށް ހީވީތަ އަހަރެން އެއްވެސް ކަމެއް ނުކުރާހެން ؟ ޔޫ ހޭވް ޓު ޓްރަސްޓް މީ… ” ރިހާނީ ރުންކުރު ރާގަކަށް ބުނެލަމުން ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ރިހާނީގެ އަޑަށް ސިހިފައި ޢީރާ ރިހާނީ އާ ދިމާއަށް ބަލާލައިފިއެވެ. ” ރިނީ އަހަންނަށް މި ޕެއިން ސަފާރ ނުކުރެވޭނެ… ހަތަރު މަސް މިވީ ޒޭވް އެބިޗް އާއެކު އެކަނި އުޅޭތާ… އަހަރުމެންނަށް އެއްވެސް ކަމެއް ނުކުރެވުނު… މިއަށްވުރެ ރަގަޅު މަރުވިޔަސް… ޔޫ ޓޯލްޓް ޔޯރ މަމް ކޭން ހެލްޕް… ބަޓް އެއްކަމެއްވެސް ނުކުރެވުނު… ރިނީ އަހަރެންގެ ފޯންކޯލްތައް އިގްނޯރ ކުރާތާ ކޮން ދުވަހެއް….. އައި ކާންޓް ބެއާރ ދިސް ޕެއިން… އަހަރެންގެ ހިތުގައި ހާދަ ވޭނެއް އަޅެޔޭ ރިނީ…. ” ޢީރާގެ ވޭނީ ގިސްލުމުގެ އަޑާއެކު ހިތްތައް ސަހަރޯވާހާ ވެއެވެ. ” ތިއީއޭ ޢީރްގެ މައްސަލައަކީ.. މާއަވަހަށް ގިވްއަޕް ކުރަން ތިއުޅެނީ… އަހަރެން ރިނީގެ ކޯލްތައް އިގްނޯރ ނުކުރަން އެންޑް އައިކޭން ފީލް ޔޯރ ޕެއިން… ޢީރް މީ އެންމެ ފަހު ފަހަރު… މިފަހަރު ޢީރްއަށް ޒޭވް ލިބޭނެ… ” ރިހާނީ މޭވާޓުކުރިން އާފަލެއް ނަގައިގެން ކާން ފެއްޓިއެވެ. ” ހައު ؟ ރިނީ ތިހެން ބުނާތާ ކިތައް ދުވަސް ވެއްޖެ ؟ އައި އޭމް ފެޑް އޮފް އިޓް….. ” ޢީރާ މޫނު އަނެއް ފަރާތަށް އަނބުރާލި ވަގުތު ކަރުގައި ތޫނު ތަދެއް އުފެދުނެވެ. ކަރަށް މަހާލި މަޅީގެ ވޭން އަދިވެސް ފިލައިގެން ނުދެއެވެ.

” ޢީރް ޓްރަސްޓް މީ… ޒޭވް އެންޑް އެވްލީންގެ ޗައިލްޑް އެބޯޓް ނުވިޔަސް އެދެމީހުންގެ މެރިއޭޖް ރޫޅާލައިފިއްޔާ ހުރިހާކަމެއް ނިމުނީ… ޒޭވް އެވްލީން ދެކެ ނަފްރަތުކުރަން ފަށައިފިއްޔާ އަވާރ ޕްލޭން ވިލްބީ ސަކްސެސްފުލް… އޯލް އައި ނީޑް އިޒް ޔޯރ ހެލްޕް… ” ރިހާނީ އޭނަގެ ސިކުނޑީގައި އެނބުރެމުންދާ ޕްލޭން ޢީރާއާ ހިއްސާކުރިއެވެ. ” ރިނީ މިފަހަރު ތި ޕްލޭން ވޯރކް ނުކުރިއްޔާ ކީއްކުރާނީ ؟ އެންމެ ޕްލޭނެއް ވެސް ވޯރކް ނުކުރޭ… ކޮންމެ ފަހަރަކު ނާކާމިޔާބީއާ ކުރިމަތިލާން މިޖެހެނީ… ” ރިހާނީއާއި ދިމާއަށް ބަލައިލަމުން ޢީރާ ބުނެލައިފިއެވެ. ” ދިސް ވިލް ވޯރކް… ޒޭވްއަށް އެވްލީންގެ ޕާސްޓް އެނގުނީމަ އައެމް ޝުއާރ ހީވިލް ހޭޓް ހާރ… ކިޔާ އެހާ ސޭޑް ދުވަސްތައް ހޭދަކުރަން ޖެހުނީ އެވްލީންގެ ސަބަބުންކަން އެނގުމުން ހީ ވިލް ހޭޓް ދަ ބިޗް… ” ރިހާނީ ގޮނޑިން ތެދުވެލިއިރު އެތުންފަތުގައިވަނީ ނުލަފާ ހިންޏެކެވެ.

” ޢީރްއާ މީޓް ކުރަން ޒޭވް އަންނާނެ… ދެޓްސް ފޯރ ޝުއާރ… ޒޭވް އައީމަ ޢީރް އެކްޓް ކުރަންވީ އެކަމަކު އޯވާރ ނުވާތި… އިފް އެވްލީން ކަމްސް އަހަރެން އޭނަ ހިފަހައްޓާނަން… ޢީރްގެ ޓާސްކް ރަގަޅަށް ދިޔައީމަ ނޫނީ ޕްލޭން ވޯރކް ނުކުރާނެ… ” ރިހާނީއަށް އެހިސާބަށް ބުނެވުނުތަނާ އޭނަގެ ފޯނު ރިންގްވާން ފެށުމުން ރިހާނި ހިނގައިގަތީ ރޫމްއިން ބޭރަށް ނިކުތުމަށެވެ.

ފަޒާ ތެރޭގައި މިނިވަންކަމާއެކު އުދުހެމުން ދިޔަ އެތައް މިލިޔަން ސްނޯގެ ތެރޭން އެވްލީންއާއި ޒަވީން ހިނގާލާފައި ދިޔައިރު ސްނޯގެ ހަމަލާތައް ދެޒުވާނުނަށްވެސް އަމާޒުވިއެވެ. ހުދުކުލައިގެ ވޫލް ޖެކެޓަކާއި ލެޖިންސް އެއްގައި އެވްލީން ފެންނަމުން ދިޔައިރު ހީވަނީ އެހިސާބަށް ހޫރު ޕަރީއެއް ތިރިކޮށްލައިގެން އުޅޭހެންނެވެ. ކަޅުކުލައިގެ ޝޯލްގެ ތެރޭން އެ ދޮން މޫނަށް ރަތްކުލަ އަރާފައިވާ މަންޒަރު ފެންނައިރު ނުހަނު ރީއްޗެވެ. އެވްލީން ދެއަތް ޖޯޑުކޮށްލުމުން ޒަވީން އެވްލީންގެ އުނގަނޑުގައި ހިފަހައްޓައިލަމުން ކުރިއަށްވުރެ އެހަށިގަނޑާއި އެވްލީން ކައިރިކޮށްލިއެވެ. ލިބުނު އަރާމާއެކު ޒަވީންގެ ހަށިގަނޑުން ދުވި މީރުވަހުން އެވްލީންގެ ސިކުނޑި ތާޒާ ވެގެން ދިޔައެވެ. ” ބޭބް ބަލި ވެއްޖެދޯ… މިވަރު ވާނީ ސްނޯ ސްޓޯމް އަންނާތީ… ” ވަކި ހިސާބަކުން ހިނގާލާފައި ހޮސްޕިޓަލަށް އަންނަން ޖެހުމުން އެވްލީން ވަރުބަލި ވާނެ ވަރު ޒަވީންއަށް އަންދާޒާ ކުރެވުނެވެ. ” ނޮޓް ޓަޔަޑް… އެކަމަކު ފިނިވެގެން ގޮސް ގަނޑު ވެދާނެހެން ހީވަނީ… ” އެވްލީން ބުންޏެވެ. ” ގެއަށް ގޮސް ހޮޓް ވޯޓާރ ބާތް އެއް ނަގާލާނީ ، އޭރުން ހީފިލައިދާނެ… ” އެވްލީން އަތުގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވުމުން ޒަވީން އެވްލީން އަތަށް ފިތާލިއެވެ.

ޢީރާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ނުދެވެނީސް ޒަވީންމެންނާއި ރިހާނީއާއި ދިމާވިއެވެ. ރިހާނީ ޒަވީން ކައިރީގައި ބުނީ އެވްލީންއާ ވާހަކައެއް ދައްކާލަން ބޭނުންވާ ކަމަށާއި އެވްލީން އޭނައާއެކު ކެންޓީނަށް ދިޔަޔަސް އެއްވެސް މައްސަލައެއް އެބައޮއްތޯއެވެ. ” ޑޯންޓް ހޭވް އެނީ ޕްރޮބްލަމް… ލީން ސިސްއާއެކު ކެންޓީނަށް ގޮސް ހޮޓް ޑްރިންކެއް ބޯލީމަ ހަށިގަނޑުން ފިނީގެ އަސަރު ކުޑަވެދާނެ އެކަމަކު ކޮފީ އިސް ނޮޓް އެލަވްޑް… ” ޒަވީން ހިނިތުންވުމަކާއެކު ބުނެލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ” ހޭއި ސިސް ހާދަ ވަރަކަށް ސޭޑް ތިވީ ؟ ޒޭވް ނުގެއްލޭނެޔޭ… ހީ ވެންޓު މީޓް ޢީރް…. ” ޒަވީން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި އެވްލީން ސިހުނީ ރިހާނީގެ އަޑަށެވެ. ފޫހި ގޮތަކަށް ރިހާނީއާ ދިމާއަށް އެވްލީން ބާލައިލިހިނދު ހިތުގެ ތެޅުން އަވަސް ވިއެވެ. އަކިޔަސްގެ ފަރާތުން ރިހާނީ އޭނަގެ ދަރިފުޅު މަރާލަން އުޅުނުކަން އެނގުނު ފަހަން އެވްލީން ރިހާނީ ދެކެ ބިރުގަނެއެވެ. ނަމަވެސް ޒަވީން ދީފައިވާ އެޑްވައިސްތަކުގައި ވެސް އޭނަ ހިފަން ބޭނުމެވެ. އޭނަގެ ރަނގަޅު ކަމުން އެއްވެސް މީހަކަށް އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ފުރުސަތު ދޭކަށް އޭނަ ބޭނުމެއް ނުވިއެވެ. ” ވަޓް ޔޫ ވޯންޓް ؟ ” އެވްލީން އަޑަށް ބާރުލާފައި ބުނެލުމުން ރިހާނީ ދެލޯ ބޮޑުކޮށްލިއެވެ. ހޫނު އެތިފަހަރެއް އެވަގުތު އެވްލީން ކޯތާފަތްމައްޗަށް ވީއްލާލަން ރިހާނީ ބޭނުން ވިއެވެ. ” ޕުއާރ ކްރީޗާރ….. އެންމެ ފަހުން ރުޅި އަންނަން ދަސްކުރީ ދޯ… ސޮރީ ޓު ސޭއި ތިކަހަލަ ރުޅި އަންނަ މީހުން ދެކެ އަހަރެން ބިރެއް ނުގަނޭ…. ” ރިހާނީ ބުމަ ގޮށްޖަހާލަމުން ދަތްތައް ގާރުވާލިއެވެ. ” ޒޭވް ކައިރީގަ ދޮގު ހަދައިގެން އަހަރެން ހުއްޓުވީ ކޮންމެވެސް ނުބައި ކަމެއް ކުރަންކަން ޔަޤީން.. އަހަންނަށް ރަގަޅަށް އެނގޭ ތީ ކާކުކަން… ބެޓާރ ސްޓޭއި އަވޭއި ފްރޮމް އަވާރ ލައިފް… ” އެވްލީންއަށް ކުއްލިޔަކަށް ލިބުނު ހިތްވަރާއެކު އެހިތުން ”ބިރު” މިލަފްޒު އެއްފަރާތް ވެެގެން ހިނގައްޖެއެވެ.

” ބިޗް ޝަޓް އަޕް ! ” ރިހާނީ އެވްލީންއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިތަނާ އޭނަގެ ކޯތާފަތްމައްޗަށް އެރީ ވަރުގަދަ އެތިފަހަރެކެވެ. އެއެތިފަހަރާއެކު އޭނަ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އެވްލީންގެ ފަރާތުން މިފަދަ އަމަލެއް ފެނިދާނެކަމަށް ރިހާނީއަށް ޤަބޫލެއް ނުކުރެވުނެވެ. ދެލޯބޮޑުކޮށްލަމުން ރިހާނީ އެވްލީންއަށް ބަލައިލިއިރު އެވްލީން ލޮލުން ފެނުނީ ރުޅިވެރިކަމެވެ. ” އަހަރެން ނެތިން ރިހާނީއަކާ މާގިނަ ވާހަކައެއް ދައްކާކަށް… އަހަރެންގެ ދަރިފުޅު މަރާލަން އުޅުނުކަން އެނގުނު ފަހުން އަހަރެން ޒޭވް ކައިރީގައި އެވާހަކަ ނުބުނެ މިހުރީ ސަބަބެއް ނެތިއެއްނޫން… ބައްޕައަށް އެ ހިތި ހަޤީޤަތާ ކުރިމަތި ނުލެވޭނެތީ… ހީ ހޭވް ބެއާރޑް ޓޫ މަޗް… ” އެވްލީން ޖުމްލައިން ރިހާނީއަށް ހީވީ އެހަށިގަނޑުގައި ބާރުގަދަ އަތަކުން ހިފަހައްޓާލި ހެންނެވެ. ހިތުގެ އެންމެ ހިމަނަރުތާހަމައަށް ދުވެލީ ބިރުވެރިކަމުގެ ބާނީތަކެކެވެ. އެވްލީންގެ ދަރިފުޅު މަރާލަން އޭނަ އުޅުނުކަން އެވްލީންއަށް އެނގުނީ ކިހިނެއް ހެއްޔެވެ ؟ އަވަސް ނޭވާތަކާއެކު ރިހާނީ ދެފާރަތަށް ނަޒަރު ހިންގާލީ އެއްވެސް މީހަކު ހުރިތޯއެވެ.

ކުޑަދޮރުން ގަނޑުފެން ފައިބާ މަންޒަރަށް ބަލަހައްޓައިގެން އޮތް ޢީރާއަށް ރޫމްގެ ދޮރު ހުޅުވާލި އަޑަށް ދޮރާއި ދިމާއަށް ބަލައިލެވުނެވެ. ” ޢީރް ކިހިނެއް ތިހެދީ ؟ ކިތަންމެ ބޮޑު ކަމެއް ވިޔަސް ސުސައިޑް ކަހަލަ ފާފައަކަށް އަރައިގަންނާކަށް ނުވާނެ …. ” ޢީރާ ބާއްވާފައި އޮތް އެނދުގެ މަގަތުގައި ޒަވީން އިށީންދެލުމުން ޢީރާއަށް ލިބުނީ ބޮޑު އުފަލެކެވެ. ހިތާހިތުން އުފާވިނަމަވެސް އޭނަ މޫނުމަތިން އެކަން ސިއްރުކުރިއެވެ. އޭނަގެ ޒަވީން އެހާ ކައިރިން ފެނުމުގެ ނަސީބު ލިބުމުން އޭނަގެ ހިތް ފުރިއްޖެއެވެ. އެދެލޮލަށް ބަލައިލެވުނު ތަނާހެން ޢީރާގެ ގައިން ވާގި ދޫވެއްޖެއެވެ. އެދެލޮލުގައި އެވަނީ ކޮންފަދަ ރީތި ކަމެއް ހެއްޔެވެ ؟ އެކަޅިރަވައިގެ ތޫނު ކަމުން ހަތަރެސްފައި ގަނޑުފެންކޮޅެއްހާ ފިނިކޮށްލަނީ ބަސްބުނާާ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. މޮޑެލް ޕޯސްއަކަށް އިށީންދެލައިގެން އިންއިރު، ފަޔަށް ހިފާފައިވާ ގަދަ ނޫކުލައިގެ ޖިންސާއި އެބައިމަތިފުޅާ ހަށިގަނޑުގެ ފުރިހަމަކަން އިތުރުކޮށްދީފައިވާ ކަޅު ކުލައިގެ ޓީޝާޓާއި، ހަމަ އެކުލައިގެ ލެދާރ ޖެކެޓްގެ ސަބަބުން ކޮންމެ އަންހެން ކުއްޖަކު އެރީތި ކަމަށް ހިތްކިޔާނެކަން އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެސްފިޔަ ޖަހާލަން ޢީރާ ހަނދާންވީ ކިހާއިރަކުން ކަމެއް ނޭގެއެވެ.

” ޢީރް އެކަހަލަ ޑިޒިޝަނެއް ނަގާނީ ބޮޑު ކަމެއް ދިމާވީމަ… އަހަރެން ބޭނުން ޢީރް މެޑިކަލް ޓެސްޓެއް ހަދާލަން… ފަހުން މިކަން ބޮޑު އިޝޫއަކަށް ވެދާނެ… މެންޓަލީ އިލް ވުމުގެ ފުރުސަތުވެސް އޮންނާނެ…. ” ޒަވީންގެ ކަންބޮޑުވެފައިވާ ރާގެއްގައި ވާހަކަ ދެއްކިއެވެ.

” ޒޭވް އައި ލަވް ޔޫ… އަހަންނަށް ނޫޅެވޭނެ ޒޭވްއާ ނުލާ… ” ޢީރާ ކުރަކިވެފައިވާ އަޑަކުން ބުނެލުމާއެކު ޒަވީން އަވަސް އަވަހަށް އެނދުން ތެދުވެލިއެވެ. ” ވަޓް!! ” ޢީރާގެ ޖުމްލަ ޒަވީންއަށް އަޑު އިވުނީ ހޮނު ގުގުރިއެއް ހެންނެވެ. ” ޒޭވް އައި ލަވް ޔޫ… އަހަރެން ދޫކޮށްލާފަ ނުދޭ…. ” ޢީރާ އޭނަގެ އަތަށް ގުޅާފައިވާ ކެނިއުލާ ނައްޓަން އުޅުމުން ޒަވީން އެކަމަށް ހުރަސް އެޅިއެވެ. ” ޢީރް މޮޔަވީތަ ؟ ” ޒަވީން ހަރުކަށިކަމާއެކު ސުވާލު ކުރިއެވެ. ” ޒޭވް ބުނެބަލަ… ޒޭވް އަހަރެން ދެކެ ލޯތްބެއް ނުވޭތަ ؟ ކޮލެޖް ދުވަސް ތަކުގަ އެހާ ކްލޯޒްކޮށް އުޅުނީ ފީލިންގްސް ނެތިތަ ؟ ” ޢީރާ ކުއްލިޔަކަށް ޒަވީންގެ ޓީޝާޓް އަތަށް ބޮނޑިކޮށްލަމުން ރޮއިގަތެވެ. ” ޢީރް ! އަހަރެން ޢީރާ ދެކެ ލޯތްބެއް ނުވޭ… އައި އޮންލީ ލަވް އެވްލީން… އަޑު އިވިއްޖެތަ ؟ ޢީރް ތީ ހަމައެކި އަހަރެންގެ އެކުވެރިއެއް… ” ޢީރާގެ އަމަލުތަކުން ރުޅިއައި ކަމުގައި ވިޔަސް ޒަވީން އެކަން ސިއްރުކުރަން މަސައްކަތް ކުރިއެވެ.

” ނޫން… ނޫން… ޒޭވް ތީ ދޮގެއް… އެބިޗް އަހަރެންގެ ހުރިހާ އުފަލެއް ފޭރިގެންފި… ޓެލް މީ އީޓްސް އަ ލައި… ” އީރާ ގިސްލަމުން ކުރިއަށްވުރެ ޒަވީންއާއި ކައިރިވާން މަސައްކަތް ކުރިއެވެ. ” ޢީރާ ! ” ޒަވީންއަށް ބުނެލެވުނީ ބާރަކަށެވެ. އޭރު ޒަވީން ކަރުގެ ނާރުތައް ވެސް ފުއްޕާލާފައި ވެއެވެ. އެވްލީންއާ ދިމާއަށް މީހަކު އެހާ ދަށުދަރަޖައިގެ ބަހެއް ބުނާތަން އަޑުއަހަން އޭނައަށް ނުހުރެވޭނެއެވެ. ޒަވީން ޢީރާގެ އަތް ފޮޅުވާލި ހިނދު އޭނަ ކިތަންމެ ވަރަކަށް ރުޅިގަނޑު މަތަކުރަން މަސައްކަތް ކުރިއެވެ.

” ޒޭވް… ހަޤީޤަތް ޤަބޫލުކުރަން ދަތިވާނެ… ބަޓް ދިސް އިޒް ދަ ޓްރުތް… އެވްލީން އަކީ ޒަވީންއަށް ތިފެންނަކަހަލަ ރަނގަޅު ކުއްޖެއް ނޫން…. އޭނަ ޒޭވް ދެކެ ލޯބިވާނަމަ އޭނަގެ ޕާސްޓް ޒޭވްއަށް އެއްފަހަރު ވެސް ކިޔައިދިންތަ ؟ އޭނަ ކުރިން ރައްޓެހިވީ އަކިޔަސްއާ ކަން ބުނެދިންތަ ؟ އަކިޔަސްއަށް ކެހި ދިންގޮތަށް އޭނަ ޒޭވްއަށްވެސް އެކަހަލަ ލަނޑެއް ދީފާނެ… އަހަރެންގެ ވާހަކަތަކަށް ޤަބޫލުނުކުރެވޭނަމަ ގޮސް އަހާބަލަ އެވްލީން ކައިރިން މީދޮގެއްތޯ… އެއީ އެހާ ރަނގަޅު ކުއްޖެއްނަމަ އަކިޔަސްއަށް ކެހި ދީފަ އެހެން ފިރިހެނަކާއެކު ނުދާނެ… ޒޭވް ޝީ އިޒް ނޮޓް އަ ގުޑް ގާރލް ” ޢީރާ ބިރުން އިން ކަމުގައި ވިޔަސް އޭނަ ހުއްޓާލާކަށް ނޫޅެއެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ޒަވީން ހާސިލުކުރަން އެނަ ބޭނުމެވެ. ޢީރާގެ ޖުމްލަ ރޫމްގެ ދޮރު ހުޅުވާލާފައި ވަން އެވްލީންއަށް އަޑު އިވުމާއެކު ހީވީ ދެފައި ބިމުގައި ތަތްލިހެންނެވެ.

އެވްލީން ޒަވީންއާއި ދިމާއަށް ބަލައިލިއިރު އެދެލޯ ފެންކަޅި ވެއްޖެއެވެ. ” ޒޭ..ވް… ” އެވްލީން ކުރިއަށް ފިޔަވަޅެއް އަޅާލިތަނާހެން ޒަވީން ވިދާލި ވިދުވަރެއްހާ ބާރު މިނުގައި ކޮޓަރިން ނިކުތެވެ. އެވްލީން ފިޔަވަޅުތައް ބާރުކޮށްލަމުން ޒަވީންގެ ފަހަތުން ދާން ހިނގައިގަތެވެ. ހިތަށް އޭރު ލިބިފައިވާ ޒަހަމްތައް އިންތިހާއަށް ގިނައެވެ. އެތައް މިލިޔަން ތީރުތަކެއް ހަރާލެވުނަސް އެހިތުގައި އަޅަމުން ދިޔަ ވޭނަށްވުރެ ހާސްބައި ރަގަޅު ވާނެއެވެ. މިފަދަ ގޮތަކަށް މާޒީގެ ކަޅު ދުވަސްތައް އޭނަގެ އުފާވެރި ހަޔާތުގައި ނިމުމުގެ ސިއްކަޖަހާފާނެހެން އެވްލީންއަށް ވިސްނާލެވުނުނަމަ މިހެން ކަންތައް ނުވީއެވެ. ނަމަވެސް މިހާރު މާލަސްވެއްޖެއެވެ. މާޒީގެ ދުވަސްތަކުން އޭނަގެ ހަޔާތް ވިއްސިވިހާލި ކޮށްލައިފިއެވެ. ދެން ޒަވީން ލޮލުގެ ކޮޅުންވެސް އޭނައަށް ބަލައިލާނެ ހެނެއް ހިޔެއްނުވެއެވެ. ޢީރާ ޒަވީންއަށް ހުރިހާ އެއްޗެއް ކިޔާ ދީފައިވަނީ އެފަދަ ގޮތަކަށެވެ. އެވްލީން ބޭނުންވީ އެއީ ހަޤީޤަތް ނޫންކަން ޒަވީންއަށް އަންގާށެވެ.

” ޒޭވް… ” ސްނޯގެ ތެރޭން އެވްލީންއަށް ހިނގަން އުނދަގޫ ވީނަމަވެސް އޭނަ ފިޔަވަޅުތައް ހުއްޓާނުލައި ގޮސް ޒަވީން ގައިގައި ބައްދައިގަތެވެ. ” ޢީރް ، ޒޭވްއަށް އެހުރިހާ އެއްޗެއް ކިޔައިދިނީ އޮޅުވާލައިގެން… އަހަރެން އަކިޔަސްއާ ރައްޓެހިވިން… ބަޓް އައި ނެވާރ ބިޓްރެއިޑް ހިމް… އަހަރެން ދުވަހަކު ހިޔާލަށްވެސް ގެނައި ކަމެއް ނޫން އެއީ…. ޒޭވް ބިލީވްމީ އަހަރެންނަކީ އެހާ ވިޔާނުދާ ކުއްޖެއް ނޫން…. ” އެވްލީންއަށް ގިސްލެވުނެވެ. ހިތުގައި އުފެދިފައިވާ ވޭން ހާދަ ވަރުގަދައެވެ. ” ލީން… ސްޓޮޕް ކައިރިންގް… އަހަރެންގެ ލަވްއަށް އިތުބާރުނުކޮށް ކާކަށް ދެން އަހަރެން އިތުބާރު ކުރާނީ ؟ ޕާސްޓްގަ ވެފަ އޮތް ކަމެއްގެ ސަބަބުން އަހަރުމެންގެ ފިއުޗާރ ހަރާބު ކުރަންވީ ކީއްވެ ؟ ބޭބްއަށް އަހަރެން ވަރަށް ބޮޑަށް ޓްރަސްޓް ކުރަން… އެނގޭ ކޮންމެވެސް ކަމެއް ދިމާވެގެން ނޫނީ މިސްއަންޑަސްޓޭންޑިންގް އެއްގެ ސަބަބުން ނޫން ގޮތަކަށް ލީން ބްރޯ ދޫކޮށްނުލާނެކަން… އެހެން ނޫނަސް ބްރޯ އެވާހަކަ އަހަރެން ކައިރީގައި ނުދެއްކީވެސް އެކަމާމެދު ވިސްނަން ބޭނުންނުވާތީ ކަން ޔަޤީން… ލީން އަހަރެން ބޭނުން މިހުރިހާ ކަމެއް ކްލިއާރ ކުރަން… މައި ހާރޓް ސެއިސް އޯލް ދިސް އިޒް އަ ޕްލޭން… ލީންގެ އިމޭޖް ހަރާބުކުރަން މީހަކު ކުރިކަމަކަށް ތިވާނީ… ” ޒަވީން އެވްލީން ގެނެސް މެޔާލޯ ބޮޑިކޮށްލަމުން އެމޫނަށް އެތަށް ފަހަރު ބޮސްދިނެވެ.

ގަސްތަކުގެ ނިވަލުގައި ހުރި ރިހާނީއަށް ޒަވީންގެ ވާހަކަތައް އަޑުއިވުމުން މޮޔަވާވަރު ވިއެވެ. މިދެމީހުންގެ ދެމެދުގައި މިއޮތްނަނީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ ؟ ރިހާނީ ވައިޓް ބާރޗް ގަހަށް އެތިފަހަރެއް ވީއްލައިލުމުން ގަހުގައި ހަރުލާފައި ހުރި ސްނޯ ވެއްޓުނީ އޭނަގެ ބޮލަށެވެ. ބޮލުގައި އުފެދުނު ރިހުމާއެކު ރިހާނީއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އަނގަމަތީގައި އަތްއަޅަމުން ރިހާނީ އެތަނުން ދާން ހިނގައިގަތްއިރު އޭނަ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ.

ދެދުވަސް ފަހުން….

އުޑުމަތި ބައްދާލާފައިވާ ކޮޅިތަކުން ބޯކޮށް ފައިބަމުން ދިޔަ ސްނޯ އެކިގޮތްގޮތައް އުދުހެމުން ދިޔައިރު ވޯޓާރ ކްރިސްޓަލް ވަނީ ސްނޯ ފްލޭކްސް ކޮޅުތަކުން ހުދުކޮށްލާފައެވެ. ބޮޑެތި ސްނޯ ޝީޓްތަކުން ގޭގެ ފުރާޅުތައް ޒީނަތްތެރި ކޮށްލާފައި ވާއިރު ރީތިކަމުން އަންތަރީސް ވާހާވެއެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލަށް ސްނޯގެ ހަމަލާތަށް އަމާޒުވެފައި ވާއިރު ވައިރޯޅީގެ ނާނާގެ އަޑުން ފަޒާ ގުގުމާލާފައިވަނީ ސޮފްޓް މިޔުޒިކެއްގެ އަޑުންނެވެ. ރަތް އަދި ނޫކުލައިގެ ޓިއުލިޕް މާތައް ބޯ ސްނޯއާ ހަގުރާމަ ކުރުމަށްފަހު ފަރިދައްކާލައިގެން ތިބި އިރު ސެފްރޯންގެ ޖާދޫވެސް ފެންނަމުން ދިޔައެވެ. ސެފްރޯންގެ މީރުވަސް ވައިރޯޅިތަކުގެ އެހީގައި ފެތުރެމުން ދިޔައިރު ހިތްތައް ބަންޑުން ކޮށްލާހާވެއެވެ.

ޓިއުލިޕް މާތައް ކައިރީގައި ހުރި ބެންޗެއްގައި އަކިޔަސް އިށީންދެލައިގެން އިންއިރު އޭނަ ދިޔައީ ފޯނުން މީހަކާއި ވާހަކަ ދައްކަމުންނެވެ. އޭރު ސްނޯ ކޮޅުތައް އެރީތި މޫނުގައި ބޮސްދިނުމުގެ ޝަރަފު ލިބިގަންނަމުން ދިޔައެވެ. ” ކިޔާ އައެމް ސޯ ހެޕީ…. ” ރިހާނީ ދުވެލާފައި އައިސް ބެންޗްގައި އިށީންނަމުން އަކިޔަސް މުލައްދަނޑީގައި ބައްދާލައިފިއެވެ. ” ފަހުން އެބަ ގުޅަން… ” އަކިޔަސް ފޯނު ބާއްވަމުން ރިހާނީގެ އަތް ފޮލުވާލިއެވެ. ” ކިތައް ފަހަރު ބުނާނީ އަހަންނާ ދުރުން އުޅޭށޭ… މަމް މެން ކުރިމަތީގަ ކްލޯޒްކޮށް އުޅުނަސް އިޓް ޑަޒްނޮޓް މީން އައި ހޭވް އެކްސެޕްޓެޑް ޔޫ ! … ” އަކިޔަސް ބެންޗުން ތެދުވެލަމުން ޖެކެޓްގައި ހަރުލާފައިވާ ސްނޯ ފޮހެލި ގޮތުން ރިހާނީ އާގަމަވިއެވެ. ” ކިޔާ… އައެމް ޕްރެގްނެންޓް… ” ރިހާނީ ދެއަތް ޖޯޑުކޮށްލަމުން އެސްފިޔަތައް ތިރިކޮށްލިއެވެ. ” ވަޓް ދަ ހެލް… ” އަކިޔަސްއަށް ބުނެވުނީ ރުންކުރު ރާގެއްގައެވެ. ” ޔެސް ކިޔާ.. ކިޔާ ޑޭޑްއަކަށް ވަނީ… ” ރިހާނީ ހޭންޑްބޭގްއިން ކުރިީ ދުވަހު އޭނަ ހެދި ޓެސްޓްގެ ނަތީޖާ ނަގައި ދައްކާލައިފިއެވެ.

އަކިޔަސް ޓެސްޓްގެ ނަތީޖާ ބަލައިލުމުން ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” ކިހިނެއް އަހަރެން މިރިޒަލްޓް ޤަބޫލު ކުރާނީ ؟ އަހަރެން ބޭނުން އަލުން ޓެސްޓް ހައްދަން…. ” އަކިޔަސް ނަތީޖާ ވީދާލަމުން ރިހާނީއާއި ދިމާއަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. ” ކިޔާ ބޭނުންނަމަ ޓެސްޓް ހެއްދިދާނެ… އެކަމަކު އެނަތީޖާ ބަދަލެއް ނުކުރެވޭނެ… އައެމް ޕްރެގްނެންޓް ވިތް ޔޯރ ޗައިލްޑް… ” ރިހާނީ އުފަލުން ގޮސް އިނީ ހެވިދިއްލިފައެވެ. މިއީ އޭނައަށް އަކިޔަސް އަނބުރާ ލިބުމުގެ ހެޔޮ ފާލެކެވެ. އަކިޔަސް އެއްގޮތަށްވެސް ރިހާނީގެ ވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ރިހާނީގެ ވާހަކަތަކައް ޤަބޫލުކުރަން އޭނާއަކީ ގަމާރެއް ނޫނެވެ. އެހާ ނުބައި ކަމެއް ކޮށްފައި ހުރި ކުއްޖަކު ނުކުރާނީ ކޮންކަމެއް ހެއްޔެވެ ؟ މިފަހަރު ”ފޭކް” އެއްޗެއް ހައްދައިގެން އައިކަމެއް ވެސް އެގެނީކީ ނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެވްލީން… 27

Next

މާފެއް ނުކުރާނަން ހެއްޔެވެ؟ 2

Next
October 31, 2018

މާފެއް ނުކުރާނަން ހެއްޔެވެ؟ 2

Previews
October 31, 2018

އެވްލީން… 27

14 Comments!

  1. Nau says:
    October 31, 2018 at 11:50 am

    Wow mutha haadha ragalhey miadhu 2 part thanks a lot but adhi nukiyan vaahaka eh kiyaafa ehcheh bunaanan ingey story reethi vaane kan.but mutha kyve tha reply nukurany vvvvvvv dheravey rep nukurAathy??

  2. rimmy says:
    October 31, 2018 at 12:22 pm

    miadhu dhen ithuru baeh upload nuvaanetho?

  3. Anonymous says:
    October 31, 2018 at 1:15 pm

    Thanks muthal v v reethi mi story rineeah kiyaa hahgehnun test negative kohla

  4. kookie says:
    October 31, 2018 at 1:23 pm

    woow what a surprise.. ehfaharaa 2 ep..kookie varah happy vejje. nd dhe part vx varah reethi. 29 vanabai kn irakun dhn up kurany..?? miadhu up kuraanan tha.?? varah kiyaa hithun mi iny. plx avahah up kohdhehchey.

    1. kookie says:
      October 31, 2018 at 1:26 pm

      oh shit rihaa is preg. alhe ehn nahadhahchey. I hate that girl. e report aky fake ehchakah hadhaathi igey.

  5. Twinkle says:
    October 31, 2018 at 1:26 pm

    Alhe adhi 1 part up kohdhyba plx ?❤️❤️

  6. Almaash says:
    October 31, 2018 at 1:35 pm

    Vaahaka vvvv salhi
    Mivaaha kiyaa kiyaa foohinuvey
    ehpart ah vure aneh part shauq veri vey
    Muthaa a reehaanee ge dream fail kollaafa jalahlaa
    Akahalameehun bithibban jehey nee insaanun naa vakin ????

  7. Levi says:
    October 31, 2018 at 2:03 pm

    E rihaanyy ge hurihaa kameh bust vaan vaaneh nuntha ehn nunyy ehaa reethi eh nuvaane …. happy but … rihaanyy ah baby eh nulibeyne plx plx… ?

  8. Shaai says:
    October 31, 2018 at 2:24 pm

    Renee preg ve tha?

  9. Siyaa says:
    October 31, 2018 at 2:49 pm

    Mihaa gina part thah genes deefa avahah vaahaka nimmaa nulahchey v nice mivaahaka baakee kithah episode ebaoiytha adhi

  10. Mary says:
    October 31, 2018 at 3:21 pm

    Haadha gina dhuvas vafahun preg kann e inguny afther 4months?..vaahaka v salhi keep it up

  11. NaxoO says:
    October 31, 2018 at 4:17 pm

    muthaa miadhu ithuru part ey kiyaalan nulibeyne tha…how u got those grt ideas..maasha allah story v reethi…??

  12. My says:
    October 31, 2018 at 6:18 pm

    4 months fahuntha preg v ?? ekamu vs eha vara preg vahithun ulhenya check up hadhane dhw

  13. ayra ? says:
    October 31, 2018 at 7:04 pm

    4mas fas eri iruves evleen bandah hatharumas furunee.. vahaka v v v reethi

Comments are closed.

Next Episodeއެވްލީން… 29←


All Right Reserved!