އެ ސިއްރު 3 ( އިސްލާހު ކުރެވިފައި)
ސައިކަލު ދުއްވަމުން ދިޔައިރު ދެ އެކުވެރިން ގެ މެދުގައި ވެސް ވަނީ މަރުފަދަ ހިމޭން ކަމެކެވެ. ސައިކަލުގެ ފަހަތުގައި ބޮލުމަތީ ސުވާލުމާކެއް ޖަހައިގެން އިން ޝިވަން އިނީ އަންގަޗޭ ވެފައެވެ. އަޅެ އެހެންޏާ ފަހެ އިރާޝް އޭނާ ގެއިން ނެރުނީ ކޮފީ އަކަށް ދާށޭ ކިޔާފަނޫން ހެއްޔެވެ. އެކަމަކު މިހާރު މިދަނީ ކޮންތާކަށް ހެއްޔެވެ. ޔަގީނެވެ، ކޮފީ އަކަށޭ ކިޔާފައި ހަވީރު ގަޑީ ނަލަހެދިލައިގެން އޭނާ ގޮވައިގެން އެނިކުތީ ބިޓުންބަލާށެވެ. ޝިވަން ގެ ހިޔާލަށް އައި ކަމެށްގެ ސަބަބުން އޭނާ އަށް އެއް މިޔަކަނިން ހިނިތުން ވެލެވުނެވެ.
އެވަގުތު އެހެން ލާފާ ދިޔަދެއަންހެން ކުދިންނަށް މި މަންޒަރު ފެނި ހޭނެތޭވަރުނުވީ ކިރިޔާއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ހިނިތުން ވެލާއިރު ކޮލަށް އެވާ ގޮތަކުން ހީވަނީ ދެންމެ ދެންމެ އަޑިކޮޅެށް އެޅެދާނެ ހެންނެވެ.
ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ޝިވަން އަށް މިއިން އެއްވެސް ކަމެއްގެ ހިލަމެށްވެސް ނުވަކަހަލަ އެވެ. އެއަށްވުރެން ބޮޑަށް އޭނާވަނީ ހިޔާލެށްގެ ތެރެއަށް ގޮސް ހުސްވެފައެވެ.
ސައިކަލު ދުށްވަމުންގޮސް އިރާޝް ޖެލީ ކުރިމަށްޗަށް ސައިކަލު ހުށްޓާލިއެވެ. ނަމަވެސް ހިޔާލުތަކުގެ ތެރެއަށް ޢަރަޤު ވެފައިން ޝިވަން އަށް މިކަމުގެ ހިލަމެށްވެސް ނުވާކަހަލައެވެ. އިރާޝް ދެފަހަރަކު ކަރުވެސް ކެހެލިއެވެ. ނަމަވެސް އަދިވެސް ޝިވަން ފައިބާކަށް ނޫޅުނެވެ. އެންމެފަހުން އިރާޝް ޝިވަންގެ ނަމުން ވަރަށް ބާރަށް ގޮވާލުމަށްފަހު އަރިމަށްޗަކަށް އެނބުރިލާފާއި ޝިވަންގެ ފައިފަލަ މަސްގަންޑުގައި ވަރަށް ބާރަށް ވިކައިގަތެވެ. ޝިވަން ސިއްސައިގެންގޮސް ތެޅެގަނެފައި ސައިކަލުމަތިން ފުންމާލިއެވެ. އެވަގުތު އިރާޝް ކުސްތަޅާލިއެވެ. ” ޗުސްޗުސް.. ކައެއަށް ވާސާބަސް! މިއަދު ކީށްވެފާތަ ތިއިންނަނީ” ”އޭއަޅާލާއެއްޗެށް ނޫނޭ! މިއަދު މާބޮޑަށް ބޮލުގަ ރިއްސާތީ! ތިއެއް ނޫނޭ ! ކީށްވެޔޯ މިތަނަށް ތިއައީ! ކައެ ބުނީ ކޮފީ އަކަށޭނުން” ޝިވަން ނުދެނެހުރިކަމަށް ހަދަފައި މައުލޫ ބަދަލު ކޮށްލިއެވެ.” ހޫން އެއީ ދެންހަމަ ހިޔާލު ބަދަލުވީ!ހިތަށް އެރީ ކުޑަަކޮށް ސިކުންޑި ހަމަޔަކަށް އަޅުވާލަން ޖޫގޯ އެށްބޯލަން މިތަނަށޭ އަންނާނީ! ދެން އަނގަ ނުތަޅުވާ ހިގާ ވަންނާން”ދެއެކުވެރިން އެކުގައި ޖެލީ ތެރެއަށް ވަޓުމަށްފަހު ޖޫގޯ އަކަށް އޯޑަރ ދިނެވެ. ޖޫގޯ ލިބުމުން ދެއެކުވެރިން ވެސް ޖޫގޯހިފައިގެން ދާން އެންބުރެލިވަގުތު ޝިވަން އަށް ނުބަލަ އެނބުރެލެވެމުގެ ސަބަބުން ފަހަތުންދިޔަ އަންހެންކުއްޖެއްގެ ގާގައިޖެހިފައި އެކުށްޖާ އަތުގައި އޮތް މިލްކްޝޭކް ތަށިން އެއްބައި ޝިވަން ގެ ގަމީހަށް ވެރުނެވެ. އެވަގުތު ޝިވަން އަނގަޔަށް ޖަށްސާލި ވަށްތަރުފެނި އިރާޝް ގާތަށް އައީ އަމަށަކު ހިންޔެއް ނޫނެވެ. ޝިވަން ގާތަށް ރުޅި އަސްގެން އިރާޝް ގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. ޝިވަން އަށް ވީގޮތް ފެނި ޝިޔާ ވެސް ހުރީ ހީ ހީ ބަލިވެފައެވެ. ”ތަންކޮޅެއް ބަލައިގެން އުޅެބަލަ! އަމިއްލަ މީހާ އަށް މީހާ ގެ ސޫރަ ފެނިފަަ….” ޝިވަން ގެ ބަސް ހުއްޓުނީ ކުރިމަތީ އިސްޖަހައިލައިގެން ހުރި ރީތި ކުއްޖާ ފެނުމުނެވެ. ފަލަ މަސ ގަނޑާ ހަމައަށް އަރާ ބުޅި އިސްތަށިގަނޑެކެވެ. ގަދަ މުށި ކުލައަކަށްދާ ބޮޑު ދެލޮލެކެވެ. ތުނި ތުނި ތުންފަތެކެވެ. އެ މައުސޫމް މޫނަށް ބަލަހަށްޓަައިގެން ޝިވަން އަށް ހުރެވުނީ ކޮންތާކު ކަަން ވެސް ހަނދާން ނެތް ފަދައެވެ. އޭނާ ވަނީ ހިޔާލީ ދުނިޔޭގެ އެންމެ ފުނުގައެވެ. ”ސޮރީ!” އެކުއްޖާ އެހެން ބުނެލީ ވަރަށް ވެސް މަޑުންނެވެ. ޝިވަން ގެ އަނގަ ހުޅުވާލި ނަމަވެސް ލައްޕާލަން ޖެހުނީ އޭނާގެ ޖީބުގައި އޮތް ފޯނު ރިންގް ވާންފެށުމުންނެވެ. އަވަހަށް ފޯނު ނަގައިފައި ކަންފަތުގައި ޖަހާލަމުން ހަލޯ އޭ ކިޔާ ބޭރަށް ނިކުތެވެ. ”ސޮރީ.. މިދަނީ އޭ މިހާރު ގެއަށް” ޝިވަން ފޯނު ޖީބަށް ލަމުން އިރާޝް އަށް ގޮވާ ސައިކަލުގައި އޭނާ ގެއަށް ގެންގޮސް ދިނުމަށް އެދުނެވެ.” ކަލޯ ރަޒާ އެބަހުރި ގެއަށް އައިސް ނުވަދެވިފަ … މަންމަ ކައިރީ ބުނީމޭ ރަޒާ އަށް ވެސް ތަޅުދަނޑި އެއް ދޭށޭ…. މި ވެސް ދެން ބޮޑު ކަމެއް.. ކޮން މެ ދުވަހަކު އިރު ނު އޮއްސެނީސް މަ ޖެހޭނެ ގެއަށް ވަންނަން” ޝިވަން ޝަކުވާ ކުރަނ ފެށިއެވެ. ” އާގް”
5 Comments!
Comments are closed.

Ooh!me first. Obinesss to the maax. Seriously, this is much better than the one before.???????
Wow. This one is much better than the other one!! keep on going forward and improving your telent of writing stories.??????????
u girls are great
you’re stories are great
Assalaamu alaikum
Hurihakudhinves halu a havaal kihinehtha
Zeish ah ingey vahaka up nukurevi lasvaathee hurihaakudhin ves thithibee hinhama nujehifakan
V hithaamayaa eku bunelan beynunvanee dhen zeish mennah vahaka up kureveynee December 3 ge fahun
Ekam ves vaguthuveeyyaa up kolladhevey thoa balaanan
Zeish men ge quran class test otheema ya a ehkoh mi vahaka up nukurevigen miulhenee
Vv bodah sorry adhi ehfaharu
Hope you readers will understand!
Assalaamu alaikum
Anehkaves thikudhin kairee hithaa ma aa eku buneven othee mi vaahaka adhives up kolladheveykah nethey
Zeish mihaaru miulheny ehen rashaku and mirashaku computer eh ves nei
Phone in liyanyaa jeheynee phone root kuran
Vv bodah sorry
Iraadhakurehviyyaa 2019 ge March mahun feshigen up kolladhenfashaanan