އެވްލީން… 29
އެދުވަހު ހެދި ޓެސްޓް ތަކުގެ ނަތީޖާ ލިބުނީ ރޭގަނޑު ވެފައި ވަނިކޮށެވެ. ރިހާނީ ބަލިވުމުގެ ސަބަބުން އޭނައަށް ޖެހުނީ ގޭގައި މަޑުކުރާށެވެ. އަކިޔަސް ޑޮކްޓާރގެ ރޫމަށް ވަންތާނާހެން ޑޮކްޓާރ ޓެސްޓްތަކުގެ ނަތީޖާ އަކިޔަސް އަތަށް ދިއްކޮށްލައިފިއެވެ. އަކިޔަސްއަށް ނަތީޖާ ފެނުމުން އޭނަ ރުޅިއައިސް ރަތް ވިއެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު ހިނދު ކަރުދާސްގަނޑު އަތުގެ ތެރެއަށް ލާ ބޮނޑިކޮށްލެވުނެވެ. ކިތަންމެ ހިތިވިޔަސް އޭނައަށް މިޖެހުނީ އެއީ ހަޤީޤަތްކަން ޤަބޫލުކުރާށެވެ. ތަޤްދީރު އޭނައާ އެކު މިކުޅެލީ ކޮންފަދަ ބޮޑު ސަމާސާއެއް ހެއްޔެވެ ؟ ދުނިޔެމަތިން އެންމެ ފޫހިވާ އަންހެންކުއްޖާ މިއަދު އެއިނީ އޭނަގެ ދަރިޔަކަށް ބަލިވެ އެވެ. އޭނައަށް މިކަމާ ކުރިމަތި ލެވޭނެ ހެއްޔެވެ ؟ އޭނަގެ ކުށްވެސް މިތާގަނގައި އެބައޮތެވެ. އެރޭ ރިހާނީ ދިން ޖޫސްތަށި ނުބޮވުނުނަމަ މިހެން ކަންތައް ނުވީހެވެ. އަނެއްކޮޅުން ސޭފްޓީއެއް ވެސް ބޭނުން ނުކުރެވުނީއެވެ. މާޒީގެ ދުވަސްތަކަށް އަބުރާ ދެވޭނެނަމަ އޭނަ އެރޭ ހަނދާނުން ފޮހެލަން ހާދަ ބޭނުނެވެ. ނަމަވެސް މިއީ ދިރިއުޅުމެވެ. ދިރިއުޅުމުގައި ހިތްނޭދޭ އެތައް ކަމަކާ ކުރިމަތި ލާންޖެހޭނެއެވެ. އޭނައަށް ވެސް ދިމާވިމީ އެފަދަ ކަމެކެވެ. އަކިޔަސް ކިތަންމެ ރުޅި އައިކަމުގައި ވިޔަސް އޭނަ ދަރިފުޅަށް ހާނިކައެއް ދޭން ބޭނުމެއް ނޫނެވެ. ރިހާނީގެ ބަނޑުގައި އަށަގަންނަމުން ދިޔަކަމުގައި ވިޔަސް އެއީ އޭނަގެ ލެޔެވެ. އެދެކަންފަތް މައުސޫމް އަޑަކުން އޭނައަށް ”ޑެޑީ” އޭ ކިޔާ ގޮވާލާނެ ދުވަހަކަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އެބަދެއެވެ. ނަމަވެސް މިފަދަ ގޮތަކަށް ނޫނެވެ.
މިކަމަށް ހައްލެއް އެބައޮތެވެ. ރިހާނީ ދަރިފުޅު ވިހެއުމުން ދަރިފުޅު އަތުލާނީއެވެ. އެނޫން އިތުރު ގޮތެއް އަކިޔަސްގެ ހިޔާލަށް އެވަގުތު ނައެވެ. ރިހާނީ އާއެކު އެންމެ ދުވަހެއް ހޭދަކުރަން އޭނަ ބޭނުން ނުވާއިރު ނުވަ މަސް ދުވަސް ވަންދެން އޭނައަށް ކެތްކުރެވޭނެ ހެއްޔެވެ ؟ މިހާ ދުވަސް ވަންދެން އޭނަ ރިހާނީ ވަރިނުކޮށް މިހުރީ މަންމަ މެންނަށް ވިސްނާފައެވެ.
ރޭގަނޑަށް ޓެމްޕެރޭޗާރ ނުހަނު ދަށްވެފައި ވުމުން ބޭރުތެރެ ފެންނަނީ ދުންގަނޑެއް ހެންނެވެ. ތަނެއްދޮރެއް ނުފެންނައިރު ބިރުވެރި ފުރޭތަތަކެއް އެދުންގަނޑު ތެރޭން ނިކުމެގެެން އައިސްދާނެހެން ހީވާ ފަހަރު މަދެއް ނޫނެވެ. މީގެ އިރުކޮޅެއް ކުރިން އިވެމުން ދިޔަ ދޫނިތަކުގެ އަޑު ކެޑި ފަޒާގެ ތެރެއަށް މަރުގެ ހަމަހީމެނަކަން ގެނުވާފައި ވުމުން ހިތްތައް ބިރުން ހަލާކުވާހާވެއެވެ. ވައިރޯޅީގެ ބޫން އަޑާއެކު ގަސްތަކުގައި ހަރުލާފައިވާ ސްނޯ ވެއްޓޭ އަޑުން ފަޒާ ތެރޭގައި ފެތަރުލާލާފައިވާ ހަމަހިމޭންކަމުގައި ކޫރުން އަޅުވާލައެވެ. އަކިޔަސް އަންނާނެ އިރެއްގެ އިންތިޒާރުގައި ހުރި ރިހާނީ ޕޯޓިކޯއަށް ނިކުތް އިރު އޭނަގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ވާނީވެސް އެހެންތާއެވެ. އޭނަގެ ދިގު އިންތިޒާރުގައި ނިމުމުގެ ސިއްކަ ޖެހުނީއެވެ. އިންތިޒާރުގެ ނިމުން ފޮނިވާނެއޭ ބުނާ އުސޫލުން އޭނައަށް ދުނިޔެ މަތިން ލިބޭނެ އެންމެ ބޮޑު ހަދިޔާ ލިބިއްޖެއެވެ. އޭނަ އުފަލުން ގޮސް މަރުނުވިއްޔާ ކިތަންމެހާ ރަގަޅެވެ. ވަރުބަލިކަން އިހްސާސްވެ ފައިން ވާގިދޫވާހެން ހީވާން ފެށުމާއެކު ރިހާނީ ގޮސް ލިވިންގެ ރޫމްގެ ސޯފާއެއްގައި އިށީނެވެ. އެވަގުތު ޕޯޓިއަށް މަޑުކޮށްލި ކާރުގެ އަޑަށް ރިހާނީއަށް ނިކުމެވުނީ ހަލުވި ފިޔަވަޅު ތަކެއްގައެވެ. އޭރު އެވްލީންއާއެކު ޑައިނިންގް ރޫމް އިން ނިކުތް ޒަރާއަށް މިމަންޒަރު ފެނުނެވެ.
” ކިޔާ… ނައު ޑޫ ޔޫ ބިލީވް މީ ؟ ” ރިހާނީ ދުވެލާފައި ގޮސް އަކިޔަސް ގައިގައި ބައްދާލައިފިއެވެ. އަކިޔަސް ރިހާނީ އެހަށިގަނޑާ ދުރުކުރަން އުޅުނު ވަގުތު ޒަރާ ފެނުމުން އޭނަ ހަމައެކަނި ހަމަޖައްސާލީ ދެއްކުންތެރި ހިނިތުންވުމަކާއެކުއެވެ. ” ހޫމްމްމް… ” ފަރުވާކުޑަ ގޮތަކަށް އަކިޔަސް ބުނެލިއެވެ. އަކިޔަސްގެ ޖުމްލައާއެކު ރިހާނީ އެދެމުގައިވާ ދާއިރާތައް އިތުރަށް ހަނިކޮށްލަމުން އަކިޔަސްގެ ތަނަވަސް މޭމަތީގައި މޫނު ޖައްސާލައިފިއެވެ. އަކިޔަސް ބޭނުންކޮށްގެން ހުރި ސެންޓް ވަހުން އެހިތުގައި ކުޅެލީ ފޮނި ބާނީތަކެކެވެ. އެހިތުގެ ތެޅުން ރިހާނީއަށް އިހްސާސް ކުރެވުމުން ރިހާނީއަށް ލިބުނީ ބޮޑު ހިތްހަމަ ޖެހުމެކެވެ. އަކިޔަސް ހަށިގަނޑު ހޫނުކަމުންނާއި އަވަސް ނޭވާތަކުން ރިހާނީގެ ހަށިގަނޑުގެ ލޯލިތަކުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ. ” ރިނީ ހާދަ އުފާވެފަ ތިހުރީ ؟ އެނީ ތިންގް ސްޕެޝަލް… ” ޒަރާގެ އަޑަށް ސިހިފައި ހިތާއި ދެކޮޅަށް ރިހާނީ އަކިޔަސްއާ ދުރަށް ޖެހިލައިފިއެވެ. ” މަމް އައެމް ޕްރެގް… ކިޔާ ޑޭޑް އަކަށް ވަނީ އެންޑް އަހަރެން މޯމްއަކަށް…. ” ރިހާނީގެ ތުންފަތް ފޫއަޅުވާލާފައިވާ ހިނިތުންވުން ދުވަހަކު ފަނޑުވާނެ ހެނެއް ހިޔެއްނުވެއެވެ.
” ކޮންގްރާ ބްރޯ… މިހާރު މަމްއަށް ޓޫ ގްރޭންޑް ކިޑްސް ލިބެނީ ދޯ…. ” ދުރުގައި ހުއްޓިލައިގެން ހުރި އެވްލީން އުނަގަނޑުގައި ހިފަހައްޓައިލަމުން ޒަވީން ގޮސް ހުއްޓުނީ އަކިޔަސް ކުރިމައްޗަށްވާ ގޮތަށެވެ. ” މަމް ހާދަ އުފާވެއްޖެޔޭ… ފައިނަލީ މަމް ވެއިޓް ކުރިން ދުވަސް އައިއްސި…. ” ޒަރާ އަކިޔަސް މޫނަށް ބޮސް ދިނުމަށްފަހު އެފަން އިސްތަށިގަނޑާ ކުޅެލައިފިއެވެ. އަކިޔަސް ހުރިހާ އެންމެނާ އެކު އެއުފަލުގައި ބައިވެރިވީ ނަމަވެސް އޭނަ ހުރީ ރުޅިއާއި އެވަރަށް ދެރަވެސް ވެފައެވެ. ހިތުގައިވާ އުދާސްތައް ރުޅީގެ ސިފައިގައި ބޭރު ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ.
އެރޭ ވޯޓާރ ކްރިސްޓަލްއަށް އައިސްފައިވަނީ ނިމުމެއް ނެތް އުފާވެރި ކަމެވެ. ހުރިހާ އެންމެން ލިވިންގް ރޫމްގެ ސޯފާތަކުގައި އިށީންދެލައިގެން ތިބިއިރު ހިތްގައިމު މިޔުޒިކެއްގެ އަޑު މުޅި ހިސާބަށް ފެތުރިފައި ވެއެވެ. ފަޔާޕްލޭސްގައި އަނދައަނދާ ހުރި ސޭންޑަލްވުޑްގެ މީރުވަރުން މުޅި ލިވިންގް ރޫމްގައި ވަނީ ހުވަނދު ލެވިފައެވެ. އަލިފާނުގެ އެހީއާއެކު ހިޔަނިތައް ނަށަމުން ދިޔައިރު ކުޑަދޮރުގެ ކާޓެއިންތައް ކަހާލާފައި ވުމުން އަޑެއް ބަޑެއް ނީވި ސްނޯ ފައިބާ މަންޒަރު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ކުޑަދޮރުގެ ލޫވާރގައި ނިމުމެއްނެތި ބޮސްދޭ ސްނޯފްލޭކްތަކުގެ ޑިޒައިންތައް އަލިފާނުގެ ދަޅަތަކާއެކު ރީތިކޮށް ފެންނައިރު ސްނޯފްލޭކްތައް އޭގެ ފަހު ވަގުތުތައް ގުނާލާ މަންޒަރު ބަލާ ފޫހިނުވާނެހާ ރީއްޗެވެ.
ގެއަށް އަންނަން އުޅޭ ކުޑަ ދެމެހުމާނުންނާ ބެހޭ ގޮތުން ވާހަކަ ދެއްކެވުނު އިރު އަކިޔަސް ގިނަފަހަރު ހިޔާލު ކުރީ ހަމަހިމޭންކަމެވެ. ރިހާނީ ހުއްޓާ ނުލާ އަނގަތަޅަމުން ދިޔައިރު އަކިޔަސް އިނީ ބޮލަށް އުނދަގޫވައެވެ. ރިހާނީ ޑިއުޑޭޓް އެނގޭނީ ޓެސްޓް ހެއްދުމުން ކަމަށް އަކިޔަސް ބުނުމުން ޒަރާ އިނީ ރިހާނީ ސްކޭން ހައްދާނެ ދުވަހެއްގެ އިންތިޒާރު ގައެވެ. އޭނަގެ ދެފިރިހެން ކުދިން ބައްޕައަކަށް ވާން ކައިރިވެފައި ވާއިރު މިހުރިހާ އުފަލެއް ދާއިމަށް ދެމެހެއްޓެވުމަށް ޒަރާ ހެއްދެވި ފަރާތަށް ދުޢާ ކުރިއެވެ.
ކުރީ ދުވަހު ހިނގި ހާދިސާއަށްފަހު އެވްލީން ރިހާނީ ހުންނަ ތަނަކަށް އަންނަން ބޭނުން ނުވާތީ އޭނަ އިނީ ވިހާވެސް އަވަހަކަށް އެތަނުން ދާން ބޭނުންވެފައެވެ. ރިހާނީ އޭނައާއި ޒަވީންގެ ދެމެދުގައި މައްސަލަ ޖައްސަން އުޅޭކަން ކަށަވަރު ވެފައި ވުމުން އެވްލީން ހުންނަނީ ރިހާނީގެ ފިޔަވަޅުތަކަށް ބަލައިގެންނެވެ. ޢީރާއަށް އޭނަގެ މާޒީ އެގުނީވެސް ރިހާނީގެ ފަރާތުންކަން ޔަޤީނެވެ.
އެވްލީން ފަޔާޕްލޭސްއާއި ތަންކޮޅެއް ކައިރިއަށް ޖެހިލަމުން އެހަށިގަނޑަށް އަލިފާނުގެ ހޫނު އިހްސާސް ކުރެވުނެވެ. މަޑު ފިޔާތޮށިކުލައިގެ ސްވެޓާރއަކާއި ހުދުކުލައިގެ ޖިންސެއް އެވްލީން ލައިގިގެން ހުރިއިރު ކަޅު ކުލައިގެ ސްކާފްގެ ހިޔަނި ވަނީ އެމޫނަށް އެޅިފައެވެ. އަލިފާނުގެ އޮރެންޖް ދަޅަތަކުން އެދޮން މޫނުގެ ކުލައަށް އިތުރު ރޫހެއް ގެނެސްދީފައި ވާއިރު އެފިޔާތޮށި ކުލައިގެ ތުންފަތުން ރަތްކުލަ ފަނޑުވީ އެހަށިގަނޑަށް އަލިފާނުގެ ހޫނު އިހްސާސް ކުރެވެން ފެށުމުންނެވެ. ޒަވީން އިރުކޮޅެއް ވަންދެން އެވްލީންއަށް ބަލަހައްޓައިގެން އިނުމަށްފަހު އެވްލީން އަތުގައި ހިފައިލަމުން އަތަށް ފިތާލިއެވެ. އެވްލީން ސިހިފައި ޒަވީންގެ މޫނަށް ބަލައިލިމާއެކު އެމޫނަށް ރަތް ކުލައިގެ ފަރުދާތަކެއް ވައްޓާލެވުނު ހެން ހީވިއެވެ. ” ކަމް ވިތް މީ… ” ޒަވީން އެވްލީންއާ ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވެލައިފިއެވެ. ” ކޮންތާކަށްތަ ލަވް ؟ ” އެވްލީން ވާހަކަ ދެއްކީ ވައި އަޑަކުންނެވެ. ” ސަމް ވެއާރ… ” އެއްބުމަ އަރުވައިލަމުން ޒަވީން ސޯފާއިން ތެދުވެލިއެވެ.
” މަމް ދެން ދަނީ… ” ޒަވީން އެވްލީން އާއެކު މިސްރާބު ޖެހީ ކޮޓެޖްއާ ދިމާއަށެވެ. އޭރު ވެސް ޒަރާމެންގެ ވާހަކަ ދެއްކުމުގެ އަޑު ލިވިންގް ރޫމް ތެރެއަށް ފަތުރާލާފައި ވެއެވެ. އެތަށް އަހަރުތަކެއް ފަހުން އެގެއަށް ވަނީ ޢީދެއް އައިސްފައެވެ. ” ޒޭވް ކޮންތަނަކަށްތަ ދާން ތިއުޅެނީ… ” ގަނޑުފެނުގެ ބަސްދާތަކުން ފުރާލާފައިވާ ބެކްރާޔަޑަށް ނިކުމެވުމާއެކު ނުހުރެވިގެން އެވްލީންއަށް އަހާލެވުނެވެ. ” ސަޕްރައިޒް އެއް އިނގޭ… ހޯޕް ޔޫ ވިލް ލައިކް އިޓް… ” ޒަވީން ބުންޏެވެ. އެވްލީން ހަށަން ބަންނަމުން ޒަވީންގެ ފަހަތުން ގޮސް ވަނީ ކޮޓެޖްގައި އަލަށް ރާނާފައިވާ ކޮޓަރިއަކަށެވެ.
” އޯ މައި ގޯޑް… ” އެކޮޓަރި ފެނުމުން އެވްލީންއަށް ހަޅޭއްލަވައިގަނެވުނެވެ. ކުޑަކުއްޖަކަށް ބޭނުންވާގޮތަށް އެކޮޓަރި ޑިޒައިން ކޮށްފައި ވުމުން ރީތި ކަމުން ބުނާނެ އެއްވެސް އެއްޗެއް އެވްލީންގެ ދުލަކަށް ނައެވެ. ކޮޓަރީގެ ފާރުތައް ފިޔާތޮށި އަދި ދަނބު ކުލައިން ޕެއިންޓް ކޮށްލާފައި ވާއިރު ރެއިންބޯރ އަރޓްތަކާއި ، ނޭޗާރ އާރޓްތަކުން ފާރުތަކަށް އިތުރު ފުރިހަކަމެއް ގެނެސްދެއެވެ. ރަތްކުލައިގެ މާބްލްސް މަތީގައި ފަތުރާލާފައިވާ ޑިޒައިނާރ ރަގްތައް އެހާމެ މަޑެވެ. އެމީހުން ތިބޭ ކޮޓަރިން ޑައިރެކްޓްކޮށް ބޭބީ ރޫމްއަށް ވަދެވޭ ގޮތަށް ހަދާފައި ހުއްޓެވެ.
” ރަނގަޅު ތަ ؟ އަދި އެއްކޮށް ނުނިމޭ އިނގޭ… ޑެޑީގެ ކުޑަ އޭންޖެލް އަންނަން ވާއިރަށް ނިންމާލަން ޓްރައި މިކުރަނީ… ” ޒަވީން އެވްލީންގެ ފުރަގަހުން ބައްދައިލަމުން އެވްލީންގެ ކޮނޑުގައި ދަތްދޮޅި ޖައްސާލިއެވެ. ” ވަރަށް ރީތި… ހީވަނީ ފެންޓަސީ ވޯލްޑެއެއް ހެން… ޒޭވް ވެސް ގާރލްއަކަށް ދޯ ވެއިޓް ތިކުރަނީ… މީ ޓޫ… ބޯއި އެއް ލިބުނަސް މައްސަލައެއް ނެތް ބަޓް އެންމެ ބޭނުންވަނީ ގާރލް އެއް…. ” ޒަވީންގެ އޮމާން މޫނުގައި އެވްލީން އަތް ޖައްސައިލަމުން ބުނެލީ އުފާވެރި ރާގެއްގައެވެ. ” އެކްސްޕެކްޓް ކުރަނީ ގާރލް އެއް ބަޓް ބޯއިއެއް ވެސް ލިބިދާނެތީ ޑިކަރޭޓް ކުރާނީ ދެ ސެކްސްއަށް ފިޓްވާގޮތަށް… ހޫމްމްމް…. އައި އޯލްމޯސްޓް ފޮގޮޓް… ބޭބީއަށް ކިޔާނެ ނޭމްއެއް ހޯދި ވާހަކަ ލީން ބުނީމެއްނު ؟ ވަޓް އާރ ދި ނޭމްސް ޔޫ ޗޫޒް ؟ ” ޒަވީން ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވުމާއެކު އަހާލައިފިއެވެ.
” އޯހް ނޭމްސް… ބަޓް އަދި ޑިއުޑޭޓް ނުވެސް ޖެހެނެއްނު… އަހަންނަށްވުރެ ޒޭވް ބޭބީއަށް ވެއިޓް ކުރާހެން ހީވަނީ… ދެން ތިހާވަރަށް ބުނަންޏާ ބުނެފާނަން ޗޫޒް ކުރި ނަންތައް… ބޯއި އެއް ލިބިއްޖެއްޔާ ޔައީޝް.. އެންޑް ގާރލްއެއް ލިބިއްޖެނަމަ ޒާލް… ރީތި ދޯ… ” އެވްލީން އުފުލިފައިވާ އޭނަގެ ބަނޑުގައި ފިރުމާލީ ނާޒުރު މަލެއްގައި ފިރުމާލާ ފަދައިންނެވެ. ” ނައިސް ނޭމްސް… ބޭބީ ބޯރން ވާނެ ދުވަހަކަށް މިހާރު އިންތިޒާރު މިކުރަނީ… އެކަމަކު ބޭބީ ލިބުނީމަ ބޮޑަށް ލޯބި ލިބޭނީ ބޭބީއަށް…. ” ލާނެއް ރާގަކަށް ބުނެލަމުން ޒަވީން އެވްލީން މޫނުށް ބޮސްދިނެވެ. ” ނެވާރ މައިންޑް… ބޭބީ ދެކެ ލޯބިވީމަ އަހަރެންގެ ހިތްވެސް ފުރޭނެ… ” ޒަވީންގެ ބީހުންތަކުން އެވްލީން ހިތުގައި މަޑު ހީލިކެރެވުމެއް އުފެދުނެވެ. ” ޖަސްޓް ކިޑިންގް ލަވް… ބޭބީ ލިބުނަސް މިހިތުގައި ލީންއަށް ޓަކައި އޮތް ލޯތްބަށް ދުވަހަކު ބަދަލެއް ނާންނާނެ… ” ޒަވީން ލޯބިން ފުރިފައިވާ އަޑަކުން ބުންޏެވެ.
މިހާރަކަށް އައިސް ޢީރާ ގުޅާވަރުން ރިހާނީ ހުންނަނީ ބޮލަށް އުނދަގޫ ވެފައެވެ. އެމީހުންގެ ޕްލެއިން ފެއިލްވީ ފަހުން ރިހާނީ ޢީރާއާއި ބައްދަލު ކުރަން ނުވެސް ދެއެވެ. ނުވީތާކަށް ޢީރާގެ ފޯން ކޯލުތަކުން ސަލާމަތް ވުމުގެ ބޭނުމުގައި އޭނަ ސިމް ބަލަދުކޮށްލައިފި އެވެ. އެވްލީން އެގެއިން ބޭރުކުރަން ބޭނުންވި ކަމުގައި ވިޔަސް އުއްމީދުގެ ހުރިހާ ހުޅުކޮޅުތައް ނިވިއްޖެއެވެ. ޒަވީން އެވްލީންގެ މާޒީ ހަނދާން ނައްތާލުމަށްފަހު އެވްލީން ޤަބޫލުކުރުމުން ރިހާނީ އެވްލީން ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެވްލީންއަށް ގެއްލުން ދޭން ބޭނުންވިޔަސް ނޭގޭ ބިރެއްގެ ސަބަބުން ފަސްޖެހެވެނީއެވެ. އެވްލީން އޭނަގެ ކޯތާފަތްމައްޗަށް ވީއްލާލި އެތިފަހަރުގެ ބަދަލު ވެސް ހިފަން ރިހާނީ ބޭނުމެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ ؟
ރޭގަނޑުގެ ވަގުތެވެ. އުޑަށް ޖަމާވެފައިވާ ވިލާތައް ކަހާލާފައި ވުމުން ތަރިތަކުގެ ކުލަވަރުތަކުން އުޑުމަތި ވަނީ ފަވާލާފައެވެ. އަލިމަހުގެ ވިދުމާއެކު ތަރިތައް ވިދަމުން ދިޔައިރު ދޭތެރެއަކުން ދުންތަރި ތަކުގެ ޖާދޫ އުޑުމައްޗަށް ފެތުރިލައެވެ. ސްނޯ ފޭބުން މިވަގުތަށް ހުއްޓާލާފައި އޮތް ކަމުގައި ވިޔަސް ފަޒާ އޮތީ ނުހަނު ގަދަޔަށް ފިނިކޮށްލާފައެވެ. ރިހާނީ ވިންޓާރ ސްޓައިލިޝް ހެދުންތަކެއް ލައިގެން ބޭރަށް ނިކުތީ މަންމައާ ބައްދަލު ކުރަން ސެންޓްރަލް ޖެއިލްއަށް ދިއުމުގެ ބޭނުމުގައެވެ. ބިލާލްމެން ޖުނެއިނާ ޖަލުން ސަލާމަތް ކޮށްދިނުމަށް ދެކޮޅު ހަދާފައި ވުމުން ރިހާނީ ހުންނަނީ މޮޅިވެރި ކަމުގެ ސައިލުތައް ލައިގެންނެވެ. މަންމަ ޖަލުގައި އުޅޭނީ ހާދަ ނިކަމެތި ހާލެއްގައެވެ.
ރިހާނީ ޖެކެޓްގެ ހޫޑީ އިން އިސްތަށިގަނޑު ފޮރުވައިލަމުން ކާރާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެއްވެސް ތަރުތީބެއްނެތި ހޭވިފައިވާ އެބުޅި އިސްތަށިގަނޑުން ފައިބާފައިވާ ބުޅިކޮޅުތައް އެދޮން އޮމާން ކަނދުރާގައި ފިރުމާލާ އިރު ޕޯޓިކޯއަށް ފެތުރިފައިވާ އަލިކަމުގެ ތެރޭން ރިހާނީ ފެންނަލެއް ނިކަން ރީއްޗެވެ. އެ ދިގު އިސްކޮޅާ ގުޅޭ ހެދުންތައް ލައިގެން ހުރިއިރު އެމޮޑެލް ފިގާރ ހަށިގަނޑަށް ހެދުންތައް ވަނީ ހިފާލާފައެވެ. ކާރުގެ ދޮރު ހުޅުވަން އުޅުނު ތަނާހެން ރިހާނީ ސިއްސައިގެން ދިޔައީ ކާރުގެ ލޫވާރ އަށް އެރި ޢީރާގެ ސޫރައިންނެވެ. ރިހާނީ ތެޅިތެޅި އޮތް ހިތަކާއެކު ފަސްއެނބުރި ބަލއިލުމުން މެޔަށް ފިނިވާ ގޮތް ވިއެވެ. ކުރިމަތީގައި އެހުރީ ޢީރާ ނޫން ދެވަނަ މީހެއް ނޫނެވެ. ޢީރާގެ ލޯ ފުރިބާރުވެފައިވާ ކަރުނަ ތިކިތަކާއި އެތުންފަތުގައި އެކުލެވިފައިވާ މަޑުތުރުލުމާއެކު މަޑުއާހެއްގެ އަޑު އިރުއިރުކޮޅާ ބޭރުވެއެވެ.
” ރިހާނީ.. ޔޫއާރ އަ ލަޔާރ… އަހަރެން ކައިރީގަ ހެދީ ހުސް ދޮގު… ރިހާނީ ބުނި ގޮތަށް އެންމެ ކަމެއް ވެސް ނުވި… ޒޭވް މިހާރު އަހަރެން ދެކެ އަންނަނީ ރުޅި.. ހި ހޭޓްސް މީ… ނައު ޔޫއާރ އޯލްސޯ އިގްނޯރިންގް މީ… ” ޢީރާ ގިސްލުން އޮއްބައިލަމުން ލޮލުން ފުރޭނެމުން ދިޔަ ކަރުނަތިކިތައް އަތުގެ ނުފުށުން ފޮހެލިއެވެ. ” ޢީރް ހަމަޖެހިބަލަ… އެވްލީން ، ޒޭވް އޭނަގެ މަޅީގައި ޖައްސާލައިގެން ހުރީމަ ޒޭވްއަށް އޭނަގެ ނުބައި ފަޅި ނުފެންނަނީ… ޢީރް ޝީ ޑަޒްނޮޓް ޑިޒާވް ހިމް… ޢީރްއާ ޒޭވްގެ ކައިވެނި ހަމަޖެހިފައި އޮތްވާ އޭނަ ހުރިހާ ކަމެއް ސްޕޮއިލް ކޮށްލީ… ޢީރް ބަލި ޤަބޫލުނުކޮށް ކުރިއަށް ދާންވީ…. ޢީރްއަށް ޒޭވް ލިބޭނެ… އަހަރެން މަމްއާ ޑިސްކަސް ކޮށްފަ ޕްލޭންއެއް ފައިނަލް ކުރާނަން… ޢީރް ޔޫ އާރ ދި ސޯލް މޭޓް އޮފް ޒަވީން… ނޮޓް ދެޓް އިޑިއަޓް…. ” ރިހާނީ ފުންނޭވާތަކެއް ބޭރުކޮށްލަމުން ހަމަޖެހެން މަސައްކަތް ކުރިއެވެ. ” ނޮޓް އެގެއިން ރިނީ… ކީއްވެ ކޮންމެ ފަހަރަކު ދޮގު ހަދަނީ ؟… އައި އޭމް ފެޑް އަޕް ވިތް އިޓް… މިފަހަރު ވެސް އެއްވެސް ކަމެއް ނުކުރެވޭނެ… ” ރިހާނީގެ ވާހަކަތަކަށް އިތުބާރު ކުރާކަށް ޢީރާ ބޭނުމެއް ނޫނެވެ. އޭނަގެ ކަރުބުޑުގައި އެކަމުގެ ހިތިރަހަ ލައިފިއެވެ. ދެން ރިހާނީގެ ވާހަކަ ތަކަށް އިތުބާރު ކުރުން އެއީ ނާދިރު ކަމެވެ.
” ޢީރް… އައި ޕްރޮމިސް މީ އެންމެ ލާސްޓް ޓައިމް… މިފަހަރު ހުރިހާ ކަމެއް ރަގަޅު ވާނެ… އަހަރެން އެވްލީންއާ ޒަވީން ދުރުކުރާނަން… ޖަސްޓް ލައިކް އައި ސެޕެރޭޓެޑް ކިޔާ އެންޑް އެވްލީން… ފޭކް ޖައްސައިގެން ވިޔަސް އަހަރެން އެދެމިހުން ދުރުކުރުވާނަން… ކިޔާ އެހާ އަވަހަށް އަހަރެން އަތުން ލިޔެފަ ދިން ލެޓާރއަށް ޓްރްސްޓް ކުރި ، ސޯ ޒޭވް ވެސް އެގޮތަށް ޓްރަސް ކޮށްފާނެ… އެ އެވްލީން މިގެއިން ބޭރުކޮށްލައިގެން ނޫންގޮތަކަށް އަހަރެން ހިތަށް ހިތްހަމަ ޖެހުމެއް ނުލިބޭނެ… ދެޓް ބިޗް ސްލެޕްޑް މީ ! އަހަރެން އޭނަ ދެކެ ނަފްރަތު ކުރަން… ” ރިހާނީ ދެލޯހަނިކޮށްލަމުން އެވްލީންއާ ދިމާއަށް ދުލަށް އައިހާ އެއްޗެއް ގޮވާލައިފިއެވެ. ” ރިނީ ނޮޓް ދިސް ޓައިމް… ޒޭވް އެންޑް ލީންއާ ދެމެދު އޮތްނަ ރިލޭޝަންޝިޕް ބްރޭކް ކުރަން ފަސޭހައެއް ނުވާނެ… ކިޔާއާ ލީންއާ ވަކިކުރެވުނަސް އަހަންނަށް ހިޔެއް ނުވޭ ޒޭވްއާ ލީން ވަކިކުރެވޭނެ ހެނެއް… ” ޢީރާ މާޔޫސީ ރާގަކަށް ބުނެލައިފިއެވެ.
” ކަމްއޯން ރިނީ…. އަހަރެން ކުރީ ފަހަރުވެސް ބުނިން އޯވާރ ނުވާށޭ…. ޢީރް އޯވާރ ވީމަ މިހުރިހާކަމެއް ވިމީ… ބަޓް އައިލް ކްލިއާރ ދި މެސް…. މީހަކަށް ފައިސާ ދީފަ އެވްލީން ރޭޕްކުރުވަން އަހަންނަށް ފެންނަނީ…. ފޭޓަލް ޑެމޭޖް ވީމަ ދަރިފުޅު އެބޯޓް ވުމުގެ ފުރުސަތުވެސް އޮތްނާނެ….. އައެމް ޝުއާރ ޒޭވް ވިލް ހޭޓް ހާރ ވެން ދެޓް ހެޕެންސް… ” ރިހާނީ ޢީރާ ކުރިމައްޗަށް ހުއްޓިލަމުން އޭނަގެ ހިޔާލަށް އައި ”ސުޕާބް” ޕްލޭން ޢީރާއާއި ހިއްސާކޮށްލައިފިއެވެ. ” އައެމް އިން… ރިނީ މިފަހަރު ތި ޕްލޭން ވޯކް ކުރާނެތަ ؟ ” ޢީރާ އަހާލައިފިއެވެ. ” ހޫމްމްމް… ވޯކްކުރާނެ… ކިޔާއާ އެވްލީން ބްރޭކްއަޕް ކުރިގޮތަށް މިފަހަރު މީ އެވްލިން އެންޑް ޒަވީންގެ ފަހަރު…. ބަޓް ހުރިހާކަމެއްގަ ޢީރްގެ އެހީ ބޭނުންވާނެ … ” ރިހާނީ ހިނިތުންވެލިއެވެ.
ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ރިހާނީއާއި ޢީރާގެ ވާހަތަކަށް ނިމުމެއް އައެވެ. ދެމީހުންނަށް އެކީ އެއްފަހަރާ ފަސްއެނބުރި ބަލައިލެވުނިއިރު މެޔަށް ފިނިފެން އެއްޗެއް އޮއްސައިލެވުނު ހެން ހީވިއެވެ. ރިހާނީއަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނު އިރު ޢީރާއަށް ހިންދިރުވާލެވުނެވެ. ދެމީހުން ބޭރުކުރަން ފެށި އަވަސް ނޭވާތަކުން ފަޒާގައި ވަރުގަދަ ދުންގަނޑެއް ފަތުރަން ފެށީ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.
އެއީ ޒަވީންއާއި އަކިޔަސް އެވެ. އެމީހުންނާ ފޫޓެއްހާ ދުރުމިނުގައި ދެބެއިން ހުއްޓިލައިގެން ތިބިއިރު އެމީހުން ދެއްކި ވާހަކަ އަޑުއިވޭނެކަން ގައިމެވެ. ރިހާނީ ހާސްވިވަރުން އޭނައަށް ހުރެވުނީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. އަކިޔަސްގެ މޫނުގެ ކުލަވަރު އޮއްސިފައިވާއިރު ޒަވީންގެ ދެލޮލުން ރިހާނީއަށް އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފެނުނެވެ. ވާނީވެސް އެހެންތާއެވެ. ޒަވީންގެ އަންހެނުންނަށް އޭނަ އެހާ ނުބައި ލަނޑެއް ދޭން އުޅެނިކޮށް އެއޮތީ ރަގަޅަށް ފަޟީހަތް ވެފައެވެ. ނުވީތާކަށް އޭނަ އަކިޔަސްއަށް އެންމެ ބޮޑަށް ސިއްރުކުރަން ބޭނުންވި ހަޤީޤަތް ވެސް އެއޮތީ ބޭޒާރު ވެފައެވެ. ދަރިފުޅުގެ ސަބަބުން އޭނަ އުއްމީދު ކުރި ހުރިޙާ ހުވަފެންތަކެއް ފެނަށް ވެއްޖެއެވެ. ދެން ވާނެ ގޮތެއް ވިސްނާލަން ރިހާނީގެ ސިކުނޑިއަށް ނުކުޅަދާނަވިއެވެ. ހަށިގަނޑުގެ ހިމަނާރުތަކުގައި އުފައްދާލާފައިވާ ބިރުވެރިކަމުގެ ހައިޖާނުން އިނގިއްޔެއްގެ މިންވަރު ވެސް ހަރަކާތްކުރާކަށް ރިހާނީއަކަށް ނުކެރުނެވެ. އެހާ ބޮޑަށް ފަޒާ ފިނިކޮށްލާފައި އޮތްއިރު އެމޫނުވަނީ ދަލުން ފެންވެރިފައެވެ.
ޢީރާ ވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ދެން ޒަވީން އޭނައަށް ލޮލުގެ ހިމަކޮޅުން ބަލައިލާނެ ހެނެއް ހިޔެއްނުވެއެވެ. އެވްލީންއަށް އެހާ ބޮޑު އަނިޔާއެއް ދޭން އުޅެނި ކޮށް އެއޮތީ ހުރިހާ ކަމެއް ފަޅާއަރާފައެވެ. ޒަވީން އޭނައަށް ތާއަބަދު ގެއްލިގެން ދިޔަ ފަދަ ޚިޔާލުތަކުން ޢީރާ ހާސްކޮށްލައިފިއެވެ. އެދެލޮލުގައި މުތީތަކެއްހެން ކަރުނަތައް ވިދަން ފެށީ ބަސްބުނާހާ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. ޢީރާއަށް ތުންފަތުގައި ބާރަކަށް ދަތް އަޅާލެވުނު އިރު ހިތުގައި މީހަކު ވަނީ ބާރަށް ވިކާލާފައެވެ. ހިތުގައި އުފެދިފައިވާ ތޫނު ރިހުމުގެ ސަބަބުން މޭމައްޗަށް ތަދުވާހެން ޢީރާއަށް އިހްސާސް ކުރެވުނެވެ. ޢީރާ އިސްއުފުލައިލަމުން ޒަވީންއަށް ބަލާލައިފިއެވެ.
ޒަވީން އެކަސްރަތީ ހަށިގަނޑަށް ފިޓްކޮށް އޮތް ޓީޝާޓަކާއި ހުދުކުލައިގެ ޖިންސެއް ލައިގެން ހުރިއިރު ދުންފިނީގެ ތެރޭން ޒަވީން ފެންނަލެއް ނުހަނު ރީއްޗެވެ. މުށްކެވިފައިވާ ދެއަތްތިލަ ޒަވީން ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރިއިރު ޒަވީން ބޭނުންކޮށްގެން ހުރި ސެންޓްގެ މީރުވަހާއި އާފްޓާރ ޝޭވްގެ މީރުވަހުން އެތަންވަނީ އެއްވަސް ކޮށްލާފައެވެ. އެހާ ގިނަދުވަސް ފަހުން ޒަވީން ތުނބުޅި ބޭލުމުން ޢީރާގެ ހިތުގައި އެރީތި ސޫރަ ބިންވަޅު ނެގިގެން ދިޔައީ އިންތިހާއަށެވެ. ނަމަވެސް ޢީރާގެ ސިކުނޑީގެ ކަނަކުން އޭނައަށް އިންޒާރު ދިނެވެ. ޒަވީން ބީވެއްޖެ ކަމަށާއި ދެން ދުވަހަކު އޭނައަށް ޒަވީން ނުލިބޭނެ ކަމަށެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިކަމުގައި ވިޔަސް ދެން އޭނައަށް ޖެހޭނީ އެވްލީންއާއި ޒަވީން އެކުގައި އުޅޭތަން ދުށުމަށެވެ. ހާދަ ދެރައެވެ. ވަގުތު ފާއިތު ވެއްޖެއެވެ. މިހާރު ކުރާނެ އެއްވެސް ކަމެއް ނެތެވެ.
އަކިޔަސް ބާރަކަށް ހިނގާލާފައި ގޮސް ރިހާނީގެ އަތުގެ މުލައްދަނޑީގައި ހިފާ ލުއްކިއެއް ޖެހިއެވެ. ޝައިތާނާ ބޮލަށް ސަވާރުވެފައި ވުމުން އެވަގުތު ރިހާނީ އޭނަގެ ދަރިއަކަށް ބަލިވެ އިންކަން ވެސް ހަނދާނުން ފޮހެވިގެން ގޮއްސިއެވެ. އަކިޔަސް ރިހާނީ ކޯތާފަތް މައްޗަށް އެތިފަހަރެއް ވީއްލައިލަން އުޅުނުތަނާހެން ޒަވީން އެދެމެދަށް ވަދެ އެކަމަށް ހުރަސް އެޅިއެވެ.
” ބްރޯ ކާމް ޑައުން… ޝީޒް ޕްރެގްނެންޓް… ” ޒަވީން ނުރުހުމުގެ ނަޒަރަކުން ރިހާނީއާއި ދިމާއަށް ބަލައިލަމުން އަކިޔަސް އުފުލައިލި އަތުގައި ހިފަހައްޓާލިއެވެ. ” ހައު ކޭން އައި… މީނަ ކޮށްފަ ހުރި ފާފަތަށް ކުޑަވެގެން އަދިވެސް ފާފަ ކުރަން އެއުޅެނީ… ބަލަ އަމިއްލަ ހާލަށް ވިސްނާލިނަމަ ! އެވްލީންއާއި އޭނަގެ ދަރިފުޅު ވަކިކުރަން އުޅޭއިރު ރިހާނީއަށް އިހްސާސް ނުކުރެވޭތަ އެވްލީން ހިތަށް ކުރާނެ އަސަރު ؟ އަހަންނަށް ކުރިންވެސް އެނގުނޭ ރިހާނީގެ އަތެއް މިހުރިހާ ކަމެއްގައި ވާނެކަން.. އެވްލީންއަށް ޓްރަސްޓް ކުރެވުނުނަމަ އެހާ ބޮޑު ޖެމްއެއް އަތުން ބީވެގެން ދުނާނެ… ބަޓް އިޓްސް ޓޫ ލޭޓް… ރިހާނީ އަހަރެން ކައިރީގައި ދެއްކި ވާހަކަތަކަށް އިތުބާރު ކުރެވުނު ކަމުގެ މޮޔަ މިހާރު ހިތަށް އެބައަރާ… އަހަރެން ހާސިލުކުރަން ރިހާނީ ހާދަ ގިނަ ވޭނެއް އެވްލީންއަށް ދީފިޔޭ… އިންސާނަކަށް އެހާ ބޮޑު އަނިޔާއެއް ނުދެވޭނެ… ކުށެއްނެތް ކުއްޖެއްގެ ހަޔާތުގެ ބޮޑުބައި ދުއްވާލާފަ ތިހުރީ… އަދި ނުވީތާކަށް އެވްލީންއޭ ކިޔައިގެން އަހަރެން ކައިރީގަ ދައްކާފަ ހުރީ ހާދަ ޑީގްރޭޑް ވާހަކަތަކޭ… އައި ވޯސް އަ ފޫލް ބިކޯޒް އައި ބިލީވްޑް ޔޯރ ފޭކް ސްޓޯރީސް… ލޯބިވީ ކުއްޖާއަށް ވުރެ އެހެން މީހަކަށް އިތުބާރު ކުރެވުނީ… އައި ރިގްރެކްޓް އިޓް ނައު… ” އަކިޔަސް ހަޅޭއްލަވައި ގަންނަމުން ކައިރީގައި ހުރި ތަނބަށް ވަރުގަދަ އެތިހަފަރެއް ވީއްލާލައިފިއެވެ. ބިރުން ގޮސް ހަލާކުވާވުރެ ވަފައި ހުރި ރިހާނީއަށް ނޭވާލާން ހަނދާން ނެތުނެވެ.
” ޔޫ ޑޯންޓް ޑިޒާވް ޓުބީ ހިޔާރ… ނިކުމޭ މިގެއިން… އަހަންނަށް ދެން އެންމެ ދުވަހެއް ވެސް ރިހާނީއާއެކު ހޭދަ ނުކުރެވޭނެ… ގެޓް އައުޓް… ” އަކިޔަސް ދެލޯހަނިކޮށްލަމުން ރިހާނީއާ ދިމާއަށް ބަލައިލީ އިންޒާރުގެ ނަޒަރަކުންނެވެ. އަކިޔަސްގެ ޖުމްލައިން ރިހާނީ ބާރަކަށް ރޮއިގަތެވެ. ރިހާނީ އަކިޔަސް ފައިބުޑަށް ވެއްޓިގަންނަމުން އެތައް ފަހަރަކު މާފަށް އެދުނެވެ. އެވަރުން ވެސް އެހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ރިހާނީ ޒަވީންގެ ފަައިބުޑަށް ވެސް ވެއްޓި އެހީއަކަށް އެދި އާދޭސްކުރިއެވެ. މާފަށް އެދުނެވެ. އޭނަ ދެން ދުވަހަކު އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުންޏެވެ. އެވާހަކަ ތަކުގެ ތެރޭން އެވްލީން މޮޔަކުރަން މަންމައަށް އެހީވެވުނު ވާހަކަ ބުނަމުން ރިހާނީ އެކަމަށް ވެސް މާފަށް އެދުނެވެ. އޭނަ އެހުރިހާ ކަމެއް ކުރީ އަކިޔަސް ހޯދުމަށްކަމަށާއި އެވްލީން އެދެމީހުންގެ ދެމެދަށް ފާވެގަތުމުން އެވްލީން މަގުން އެއްފާރާތްކޮށްލަން އޭނަ ބޭނުންވީ ކަމަށް ބުނެލިއިރު ރިހާނީގެ އަޑުގައި މަޑު ތުރުލުމެއް އުފެދިއްޖެއެވެ. އަކިޔަސް މިފަހަރު އޭނަގެ ނިންމުން ބަދަލު ނުކުރާނެކަން ރިހާނީއަށް ކަށަވަރު ވެފައިވާތީ ރިހާނީ ބޭނުންވީ ޒަވީންގެ ފައިދާ ނަގާށެވެ. އެވެނީ އާދޭސްތަކުގެ އަޑުން ފަޒާއަށް ހަމަހިމޭންކަން ނަގާލިއިރު ވައިރޯޅީގެ ނާނާގެ އަޑުން އެފުން ހިމޭނަކަން ފުނޑުފުނޑު ކޮށްލައިފިއެވެ. ރިހާނީ އަމިއްލައަށް ބޭޒާރު ވަމުން ބުނި ވާހަކަތައް ބޭރަށް ނިކުތް ޒަރާއަށް ސާފުކޮށް އަޑު އިވުނެވެ. ބިލާލްއާއި މިފްޒާލްއަށް ވެސް މެއެވެ.
ބިޒްނަސް ޕްރޮޖެކްޓެއްގައި މިފްޒާލް ލަންޑަނަށް އައިސް އުޅެތާ މިހާރު ދެދުވަސް ވަރު ވެދާނެއެވެ.
” ތީ މާފު ހައްޤުވާވަރުގެ މީހެއް ނޫން ޒޭވް… ލީންގެ ކިޑް އެބޯޓްކުރަން ރިހާނީ ވެސް އޭނަގެ މަންމައާއެކު ބައިވެރި… ހީކުރީ ދޯ އަހަންނަށް އެކަން ނޭގޭނެ ކަމަށް… ރިހާނީ ހޭންޑްބޭގް އިން އެބޯޝަން ޕިލްސް ކާޑް ނެގީ އަހަރެން… ” އަކިޔަސް ދެދަތްޕިލަ ޖައްސާބާރުކޮށްލި ހިނދު ކަންކަށީގެ މަސްތަކަށް އެނގިގެން ދިޔައެވެ. އެކަރުގެ ނާރުތައް ފުއްޕާލާފައި ވާއިރު އަކިޔަސް ހުރީ ރުޅިއައިސް ރަތްވެފައި ކަން ފެންނަ ކޮންމެ މީހަކަށް އެނގޭނެއެވެ. ” ސޮރީ އައި ކާންޓް ހެލްޕް… ” އަކިޔަސްގެ ވާހަކަތައް އަޑުއިވުމުން ޒަވީން ރިހާނީދެކެ ފޫހިވުން ނޫންކަމެއް ނުވިއެވެ.
” ކިޔާ ހެޔޮނުވާނެ… ހޭވް މާރސީ އޮން މީ… އައެމް ޕްރެގްނެންޓް… ” ރިހާނީ އަކިޔަސް އަތުގައި ހިފާލުމުން އަކިޔަސް ރިހާނީގެ އަތް ފޮޅުވާލައިފިއެވެ. ” ގެޓް އަވޭއި ފޮރޮމް މައި ސައިޓް… ” ރިހާނީއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރުންކުރު ރާގެއްގައި އަކިޔަސް ބުންޏެވެ. ރިހާނީ ހުރި ފިޔަވަޅު މަތީގައި ގުޑިވެސް ނުލައި ހުންނަން ފެށުމުން އަކިޔަސް ރިހާނީގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލަމުން ، ރިހާނީ ދަަމަމުން ކަހަލަ ގޮތަކަށް ގޭޓާއި ދިމާއަށް ދިޔައެވެ.
” އަކިޔަސް! ސްޓޮޕް ދިސް އެޓް ވަންސް… ” ރިހާނީގެ ހަޤީޤަތް އެނގުމުން ކުޑަޝޮކެއް ލިބިފައިވީ ކަމުގައި ވިޔަސް ރިހާނީ އަކިޔަސްގެ ކުއްޖަކަށް ބަލިވެ އިންކަން ޒަރާ ހަނދާން ނައްތައެއް ނުލިއެވެ. އަކިޔަސް ރުޅިއައިސްފައި ހުރި ވަގުތެއްގައި އެފަދަ ކަމެއް ކުރެވުނަސް ފަހުން ދަރިފުޅު ބޭނުން ވާނެ ކަން ޔަޤީނެވެ. އޭރުން ރިހާނީ ދަރިޅުފު ނުދީފިއްޔާ ކިއްކުރާނީ ހެއްޔެވެ ؟ އަނެއްކޮޅުން ރިހާނީ އެހާލުގައި ދިރިއުޅޭނީ ކޮންތާކު ހެއްޔެވެ ؟ ރިހާނީގެ މަންމަ އޮތީ ޖަލުގައެވެ. މިފްޒާލް ދެން ރިހާނީއާއި އަނގައިން ބުނާ ހެނެއްވެސް ހިޔެއް ނުވެއެވެ. ” ވައި މަމް… މިހާ ނުބައި ކުއްޖަކާއެކު އަހަންނަށް ނޫޅެވޭނެ… ” އަކިޔަސް ރިހާނީ އަތުން ދޫކޮށްލިއިރު ރިހާނީ އަތުގައި ވަނީ ވަރުގަދަ ރިހުމެއް އުފައްދާލާފައެވެ.
” ކިޔާ ރިނީ އެއިނީ ބަލިވެ… ” ޒަރާ ހަނދާންކޮށްދިނެވެ. ” މަމް އަހަރެން ބޭނުމެއްނޫން އަހަރެންގެ ކުއްޖަކު މީނައަށް މަންމައޭ ކިޔާކަށް ! އައި ވޯންޓު އެބޯޓް ދެޓް ޗައިލްޑް ” އަކިޔަސްއަށް ރުޅިގަނޑު މަތަކުރަން އުނދަގޫވިއެވެ. ރުޅީގެ ސަބަބުން ދުލުން ބޭރުކުރެވުނު ބަސްތަކާ މެދު ވިސްނާނުލެވުނެވެ. އެއީ ފަހަރެއްގައި ވެސް އެދެލުން އޭނަ ބޭރުކުރަން ބޭނުންވި ބަސްތަކެއް ނޫނެވެ. ދަރިފުޅު އެބޯޓްކޮށްގެން ފާފައެއް ކުރާކަށް އޭނަ ބޫނުމެއް ނޫނެވެ. އަނެއްކޮޅުން އޭނަ އެދަރިފުޅު ބޭނުމެވެ. ” އަކިޔަސް… ހަމަހޭގަތަ ތިހުރީ… ކިޔޭ ނުކިޔޭ އެއްޗެއް ނޭގިގެންތަ ތިއުޅެނީ ؟ އަހަރެން މިދުނިޔޭގައި ހުރިހާ ހިނދަކު އަކިޔަސްއަށް އެހާ ބޮޑު ފާފައެއް ވިޔަކަ ނުދޭނަން… ” ޒަރާ ހަރުކަށިކަމާއެކު އިއްވާލައިފިއެވެ.
” މަމް އައެމް ސޮރީ… އަހަރެން ބޭބީ ބޭނުން.. ބަޓް އައިކާންޓް ޓޮލެރޭޓް ހާރ… ” އަކިޔަސް ޒަރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ” ކިޔާ ޔޫ ހޭވްޓު… އަހަރެން ރިހާނީ މިގޭގައި ބަހައްޓަނީ ހަމައެކަނި އަކިޔަސްގެ ދަރިފުޅަށް ޓަކައި… އައި ނޯ ހައު ޔޫ އާރ ފީލިންގް ސަން… ” މަޔަކަށް އޭނަގެ ދަރިފުޅުގެ ހިތާމަތައް ސިއްރެއް ނުކުރެވޭނެއެވެ. ރިހާނީގެ ހަޤީޤަތް ހާމަ ވުމުން އަކިޔަސް ދެރަވާނެ ވަރު ޒަރާއަށް އަންދާޒާ ކުރެވުނެވެ.
” ރިހާނީ ! އަހަންނަށް އަޑު މިއިވުނީ ހަޤީޤަތެއްތަ ؟…. ” މިފްޒާލް ރިހާނީ ކުރިމައްޗަށް ހުއްޓުނު އިރު އެމޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. އޭނަގެ ދަރިފުޅު އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަދިވެސް މިފްޒާލްއަށް ޤަބޫލު ނުކުރެވެއެވެ. ރިހާނީ ހިޔާލުކުރީ ހަމަހިމޭންކަމެވެ. ބައްޕައާއި ހަތަރުކަޅި ހަމަކުރާނެހާ ހިތްވަރެއް ރިހާނީއަށް ނުލިބުނެވެ. ޢާއިލާ އެންމެންގެ ތެރޭގައި ބަދުނާމު ވުމުން ރިހާނީ ހުރީ ލަދުން ގޮސް މަރުވާވަރު ވެފައެވެ. ޒަރާގެ ވާހަކަ ތަކުން މި ހަވޭލީގައި ދިރިއުޅުމުގެ އިތުރު ދުވަސްތަކެއް ލިބިފައިވީ ކަމުގައި ވިޔަސް ދަރިފުޅު ވިހެއުމާއެކު އޭނަގެ އަތުން މިހުރިހާ އެއްޗެއް ގެއްލިގެން ދާނެއެވެ. ދަރިފުޅުވެސް މެއެވެ. އިހްތިޔާރަކާ ނުލާ ރިހާނީއަށް ރޮވުމާއެކު ރިހާނީގެ ހަމަހިމޭންކަން މިފްޒާލްގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނެވެ.
” ރިހާނީ… ” މިފްޒާލްގެ ބާރު ހަޅޭކުގެ އަޑަށް ރިހާނީ ސިހުނެވެ. ގަނޑުފެންކޮޅެއްހާ ފިނިވެފައިވާ ދެއަތް ޖޯޑުކޮށްލެވުނު އިރު އެދެލޮލުން ތާޒާ ކަރުނަތައް ހިލެމުން ދިޔައެވެ. ” ޑޭޑް އައެމް ސޮރީ…. ” ގިސްލެވެން ފެށުމާއެކު ދުލުން ބަސް ބޭރުކުރަން ރިހާނީއަށް ފަސޭހަކަމަކަށް ނުވިއެވެ.
” ރިހާނީއަށް ވަސްވާސްދިނީ ޖުނެއިނާކަން އަހަންނަށް ޔަޤީން… ރިހާނީއަށް ހެޔޮމަގު ދެއްކުމުގެ ބަދަލުގައި އޭނަ ދެއްކީ ނުބައި މަގު… ޑެވިލްއަކަށް ވުރެ ނުބައި އަންހެނެއް އެއީ… އަހަރެން ރިހާނީއަށް ދިން ލޯބި ކުޑަވީތަ އެވްލީންއަށް އެހާ ބޮޑު އަނިޔާއެއް ދިނީ ؟ ފުރަތަމަ ރިހާނީގެ މޫނު ފެނުނު ދުވަހުވެސް އަހަރެންގެ ހިތް ލޯބިން ފުރުނު… އެވްލީން ވެސް ރިހާނީ ގެންގުޅުނީ ކޫރުމެއް ނޭޅޭނެހާ ލޯބިން… ރިހާނީ ރޯލާއަޑަށް އެވްލީން ބިރުންގޮސް ފުރާނަ ހުސްވާވަރު ވި… އައި ކާންޓް ބިލީވް ޔޫ ހެލްޕްޑް ޔޯރ މޯމް ޓު ޑޫ އޯލް ދިސް… އެވްލީން ރިހާނީ ދެކެ ހާދަ ލޯތްބެއް ވިޔޭ.. ޔޫ ކުޑް ނޮޓް ވެލޫ އެނީތިންގް… އިންސާނިއްޔަތު ވަންތަކަން ތި ހިތުގައި ނެތީތަ ؟ ” މިފްޒާލްގެ އަޑުން އޭނަ ދެރަވެފައިވާވަރު ހާމަވެއެވެ.
ރިހާނީ އެތެރެއަށް ދާން ދުއްވައިގަތް އިރު ޢީރާ ހުރީ ގަނޑުވެފައެވެ. އެންމެން އެތެރެއަށް ވަނުމާއެކު ޢީރާއާއި ޒަވީން އެކަނި ވިއެވެ. ޒަވީން ޢީރާއާއި ދިމާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލުމުން ޢީރާ އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ” ޢީރާއަށް އެހާ ނުބައި ކަމެއް ކުރަން ހިތްވަރު ލިބުނީ ކޮންތާކުން… އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ވެހުރެ އަންހެން ކުއްޖެއްގެ ފީލިންގްސް ތަކާމެދު ވިސްނާނުލެވުނު…. ” ޒަވީން ވާހަކަ ދައްކަން ފެށުމާއެކު ޢީރާގެ ދެފައި ބިމުގައި ތަތްވެލިއެވެ. ފަސްއެނބުރި ބަލައިލަން ޢީރާއަކަށް ނުކެރުނެވެ. އޭނަ ހުރީ ހުރި ފިޔަވަޅު މަތީގައި ގުޑިލަން ނޭގިފައެވެ. ” އައެމް ޓޯކިންގް ޓު ޔޫ ޢީރް… ޓެލް މީ… ވައި ؟… އެވްލީންގެ ކޮން ކުށެއްތަ އޮތީ ޢީރް އެވްލީން އުފާތަކުން މަހްރޫމް ކުރަން ތިއުޅެނީ… އެވްލީން އަހަރެން ދެކެ ލޯބި ވީމަތަ ؟ އަހަރެން ޢީރްގެ މިސްއަންޑަސްޓޭންޑިންގްތަކެއް ކްލިއާރ ކޮށްލަދޭނަން… އަހަރެން ދުވަހަކު ޢީރް ދެކެ ލޯތްބެއް ނުވަން ، ދުވަހަކު އެފަދަ ގޮތަކަށް ޢީރްއާ ގުޅުމެއް ބާއްވަން ވެސް ބޭނުމެއްނުވި… މައި ފަސްޓް ލަވް އިޒް އެވްލީން އެންޑް ފޯރ އެވާރ… ބްރޯއާ ލީން ކުރިން ރަށްޓެހި ވިޔަސް ލީން މިހާރު އެހުރިހާ ކަމެއް މަތިން ހަނދާން ނައްތާލައިފި ސޯ އޭޒް ބްރޯ… ޕާސްޓް ހަނދާން ނައްތާލާފަ ވީ ހޭވް ބިގަން އަ ނިއު ލައިފް… ސޯ ޕްލީސް ސްޓޭއި އަވޭއި ފްރޮމް އަވާރ ލައިފް… ” ޒަވީން ފިޔަވަޅުތައް ދުރަށް އަޅަމުން ދިޔަ އަޑު ޢީރާއަށް އިވުނެވެ. އެ ނާޒުކު ހިތް ކުދިކުދިވެ އެތިކޮޅުތަކަށް ބުރައިގެން ގޮސްފިއެވެ. ދެން އެޒަހަމަތަކަށް ދުވަހަކު ޝިފާއެއް ލިބޭނެކަމެއް ނޭގެއެވެ. ހިތަކުން ފިލައިގެން ނުދާނެފަ ތާޒާ ޒަހަމްތަކެވެ. ޒަވީންގެ ކޮންމެ ލަފްޒަކުން އޭނަގެ ހަށިގަނޑުގެ ހުރިހާ ނާރުތަކެއް ފަޅިފަޅިވެގެން ހިނގައްޖެއެވެ.
ޒަވީންގެ ވާހަކަތަކުން އޭނަ އެވްލީން ދެކެ ލޯބިވާވަރު ޢީރާއަށް އަންދާޒާ ކުރެވިއްޖެއެވެ. ދަލު ބޭރުން ޖެހެން އުޅުނީ އޭނައެވެ. އެވްލީންއެއް ނޫނެވެ. އޭނައަށް ކުރެވުނީ ކުށްހީތަކެކެވެ. ރިހާނީގެ ވާހަކަތަކަށް ހެއްލުނު ކަމުގެ މޮޔަ ހީކުރެވި ޢީރާ ރުޅިއާއި އެއްވަރަށް ދެރަ ވެސް ވެއްޖެއެވެ. ރިހާނީގެ ސަބަބުން އޭނައާއި ޒަވީންއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ފުނޑުފުނޑު ވެއްޖެއެވެ. ހާދަ ދެރައެވެ.
ޢީރާ ކާރަށް އަރައި ދުއްވާލިއިރު އުޑުގައި ބަބުޅަމުން ދިޔަ ތަރިތަކުގެ މައްޗަށް ކަޅު ވިލާ ކޮޅުތައް ކުރި ހޯދާލައިފިއެވެ. ލުއި ވައިރޯޅިތައް ކުއްލިޔަކަށް ބާރުވެލާފައި އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދޭން ފަށައިފިއެވެ. ދުން ފިނީގެ ދޫލަތައް ފަތުރާލަމުން ދިޔައިރު ވައިރޯޅިތަކާއެކު ދުންފިނީގެ ކުލަވަރުތައް ފަނޑުކޮށްލައެވެ. އުޑުމަތި ބައްދާލައިފާ ވިލާތަކުން ސްނޯ ފައިބަން ފެށުމާއެކު މުޅި ލަންޑަން ސިޓީ ފުސްވެއްޖެއެވެ. ހުދުކަންގަދަ ކަފަކޮޅުތަކުން މަންޒަރު ފުސްކޮށްލުމުން ވެސް ޢީރާ ކާރުގެ ދުވެލި މަޑުކޮށްނުލިއެވެ، މިވަގުތު މަގުގައި ދުއްވާ ކާރުތައް މަދުވެފައި ވުމުން މަގުތައް ވަނީ ފަޅުކޮށެވެ. މީހެއްގެ ހިލަމެއް ނުވާއިރު ބޯމަތި ވަމުން އަންނަ ތޫފާނަށް ތައްޔާރުވެ އެންމެން ރަޖާލައިގެން ގެތަކަށް ވަނީ ކަން ނޭގެއެވެ. ދުރުން ގުގުރުމުގެ އަޑު އިވޭއިރު ވިދުވަރުގެ ވަރުގަދަ އައްޔާއެކު މުޅި ފަޒާގެ ތެރެއަށް ފޮނުވާލަނީ ހުދުކުލައިގެ ރޮނގުތަކެކެވެ. ޢީރާ މިހުރިހާ އެއްޗެއްދެކެ ބިރުގަންނަ ކަމުގައި ވިޔަސް ހިތަށް ކޮށްފައިވާ ފުން އަސަރުތަކުން އޭނައަށް އެއްވެސް ކަމެއްގެ ހިލަމެއް ނުވާފަދައެވެ. އިވިލާ ހޮނު ގުގުރީގެ އަޑުން ޖައްވު ފެނިލަނީ އަލިފާން ކުލައިގައެވެ. ބައެއްފަހަރު އެބާރުގަދަ އަޑަށް ކެތްނުކުރެވިގެން ބިންގަނޑު ހެލިލައެވެ.
ކާރުގެ ވިންޑްޝީލްޑަށް ހަމަލާދެމުން ދިޔަ ސްނޯކޮޅުތައް ރަހުމެއް ނެތި ވިންޑް ވައިޕާރ އިން ބުރުއްސާލިއިރު ޢީރާ އެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަ ތިކިތައް ފޮހެލައިފިއެވެ. ކާރު ތެރޭގައި އެއްއަޑަކަށް ޢީރާގެ ރުއިމުގެ އަޑު ފެތުރިލާފައި ވާއިރު އިވެމުން ދިޔަ ހިތާމަވެރި އިނގިރޭސި ލަވައެއްގެ އަޑުން އޭނައަށް އިތުރު ވޭންތަކެއް ދިނެވެ.
ރިހާނީ ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަތެވެ. އަކިޔަސް ހާސިލުކުރަން އޭނަ ކުރި ހުރިހާ ”ބުރަ” މަސައްކަތްތަކެއް ފެނަށް ވެގެން ހިނގައްޖެއެވެ. ކުރާނެ ކަމެއް ނެތެވެ. މިފަހަރު ނަސީބު އޭނައަށް ކެހިދިނީއެވެ. ތަޤުދީރު ވެސް މެއެވެ. ހުރިހާ އެންމެންގެ ނަފްރަތު އޭނައަށް އަމާޒު ވެއްޖެއެވެ. ދެން އެކަކާއި ހަތަރު ކަޅި ހަމަކުރާނެހާ ހިތްވަރެއް ނުލިބޭނެއެވެ. ހާއްސަކޮށް އަކިޔަސް އާއެވެ. ރިހާނީ ކާޓެއިން މޫނުގައި ޖައްސާ ބާރުކޮށްލަމުން ދެލޯ މަރާލައިފިއެވެ. ކުއްލިޔަކަށް އެވްލީންގެ ތަސްވީރު އެސްފިޔަތަކުގެ ތެރޭން ކުރެހިގެން ދިޔުމާއެކު ރިހާނީ ސިހިފައި ދެލޯ ހުޅުވާލިއެވެ. ހީވީ ”ނައިޓްމެއާރ ” އެއް ފެނުނީ ހެންނެވެ.
” ބިޗް ކަލޭގެ ސަބަބުން މިހުރީ ކަމެއް ދިމާމިވަނީ… އަހަރެންގެ ލައިފް ރުއިން ކޮށްލާފަ ކަލެއަށް ވެސް އަރާމު ދިރިއުޅުމެއް ނުލިބޭނެ… ޒަވީންއަށް އަހަރެންގެ ހަޤީޤަތް އެނގުނަސް ހެޔޮ… އައި ވިލް ނޮޓް ލީވް ޔޫ… ކަލޭ މަރުވެއްޖެނަމަ ކިހާ ރަނގަޅު … ” ރިހާނީ އެނދުގައިވާހާ ސާމާނެއް ބިމާ ހަމަކޮށްލިއެވެ. އެވަރުން އެހިތް ފުރޭގޮތެއް ނުވިއެވެ. އެވްލީންގެ ފާރާތުން ބަދަލު ނުހިފެނީސް ދެން އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނަ މިގޭގެ މެހެމާނަކަށް ވެފައި ވާއިރު އެވްލީން ވެސް ޖެހޭނީ އޭނައާއެކު މިގެއިން ނިކުންނާށެވެ.
ރިހާނީ ސައިޑްޓޭބަލް މަތީގައި ހުރި ލޭމްޕާއި ވާސްތައް ހޫރާލުމަށްފަހު ބޮލުގައި ބާރަކަށް ހިފަހައްޓައިލަމުން ދެފައިގެނެސް މޭގައި ޖައްސާލިއެވެ. މާދަމާ މަންމައާއި މަޝްވަރާ ކޮށްލަން ޖަލަށް ދާން ރިހާނީ ނިންމިއެވެ. މަންމަ ނޫން މީހަކު އޭނައަށް އެހީގެ އަތެއް ދިއްކޮށެއްނުލާނެއެވެ.
ގޭގައި އެހާ ބޮޑު ހާދިސާއެއް ހިނގިއިރު އެވްލީންއަށް ރޭކާ ނުލިއެވެ. މިރޭ ޒަވީން ޑިއުޓީން އާދެވޭނީ ލަހުންކަމަށް ބުނެފައި ވުމުން އެވްލީން ހަތެއް ޖެހިއިރު މައީވް އާއެކު ދިޔައީ ބާޒާރު ކޮށްލުމަށެވެ. މިހާރު ލައިއުޅޭ ހެދުންތަށް ގަޔަށް ބާރުވެފައި ވުމުން އެވްލީންއަށް އެހެދުންތައް ކަމަކު ނުދެއެވެ. އޭނަ ބޭނުންވީ ގަޔަށް ދޫކޮށް ހުންނަ ހެދުންތަކަކާ ޝޯލްތަކެއް ގަނެލާށެވެ.
އެވްލީން މައީވްއާ ވާހަކަ ދައްކަމުން އައިސް ލިވިންގް ރޫމަށް ވަންއިރު މައީވްގެ އަތުގައި އެތައް ކޮތަޅުތަކެއް ވެއެވެ. އެވްލީން ސޯފާތަކާއި އަރާ ހަމަކުރުމުން އަކިޔަސް އެވްލީންއާ ދިމާއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އެވްލީންއަށް އެކަން ފާހަނގަ ކުރެވުނީ އަކިޔަސް ޒަވީން އިށީންދެލައިގެން އިން ސޯފާގައި އިނުމުންނެވެ.
” ލީން ކޯޗެއް ގަނެގެން ތިއައީ ؟… ލެޓް މީ ސީ… ” ޒަވީން ލިވިންގް ރޫމްގައި ރަސްކަން ކުރަމުން އައި ހިމޭންކަމަށް ނިމުން ގެނައެވެ. ” ހެދުންތަކެއް ގަނެލީ… ޒޭވްއަށް ދޭން ވަރަށް ރީތި ޓީޝާޓްތަކެއް ވެސް ގަނެގެން މިއައީ… ” މައީވް ކޮތަޅުތައް މާބްލްސް މަތީގައި ބެހެއްޓުމުން އެވްލީން ޒަވީންއަށް ދޭން ގަނެގެންއައި ޓީޝާޓްތައް ނަގަމުން ދައްކާލިއެވެ. ” ލީން ޒޭވްއާ އެކު އަވަހަށް ކޮޓެޖްއަށް ދޭ… މިހާރު ސްނޯ ސްޓޯމްއެއް އަންނަން އެއުޅެނީ… ޝޮޕިންގް ކޮށްލައިގެން އައި ސާމާނުތައް ކޮޓަރިއަށް ގޮސް ބެލިއްޔާ ކިހިނެއްވާނެ ؟ ” ޒަރާ ހިނިތުންވުމަކާއެކު ބުނެލިއެވެ.
އެވްލީންއާއި ޒަވީން ކޮޓެޖްއާއި ދިމައަށް މިސްރާބު ޖެހިއިރު ބޭރުގައި ވާ ތޫފާނުގެ ކުލަވަރުތައް ފެންނަމުން ދިޔައެވެ. އެވްލީންއާއި ޒަވީން ގޮސް އޮބައިލުމާއެކު ޒަރާ އެދުނީ މިރޭ ހިނގި ހާދިސާ އެވްލީންއަށް ސިއްރު ކޮށްދިނުމަށެވެ. އެވްލީންއަށް އެހަޤީޤަތާ ކުރިމަތި ލުމުގެ ޤާބިލުކަން އަދި ލިބިފައި ނުވާ ކަމަށް ޒަރާ ބުނެލީ ހިތާމައިގެ ރާގަކަށެވެ.
އަކިޔަސް އެވްލީންގެ ފަރާތުން މާފަށް އެދެން ބޭނުންވިއެވެ. އޭނަ އެވްލީންއަށް ވަރަށް ގިނަ އަނިޔާތަކެއް ދީފިއެވެ. އެވްލީން އޭނަގެ އެހީއަށް އެންމެ ބޭނުންވި ވަގުތު އެވްލީން އެކަނި ހާލަށް ދޫކޮށް ލެވުނީއެވެ. އެވެސް ކުށްހީއެއް ކުރެވި ”ފޭކް” ސިޓީއަކާއި ފޮޓޯތަކަށް މާބޮޑަށް އިތުބާރު ކުރެވުމުންނެވެ.
އެވްލީން މީހެއްގެ އެހީ އެންމެ ބޭނުންވި ވަގުތު އެހީ ފޯރު ކޮށްދިނީ އޭނަގެ ކޮއްކޮއެެވެ. އޭނައަށް އެވްލީން ލިބުން ހައްގެއް ނޫނެވެ. އެވްލީން އޭނަދެކެ ތެދުވެރި ލޯބި ވިއިރު އެލޯތްބަށް ގަދަރެއް ނުކުރެވުނެވެ. މިހާރު މާ ލަސްވެއްޖެއެވެ. އޭނައަށް އެވްލީންގެ އަތުން ދޫކޮށްލެވުމުން އެއަތުގައި ހިފީ ޒަވީންއެވެ. ޒަވީންއާއި އެވްލީން އެއުޅޭނީ ނުހަނު އުފަލުގައެވެ. ދެމަރިފީންގެ ކުޑަ ޢާއިލާ ފުރިހަމަކޮށްދޭން މެހުމާނަކު ވެސް އަންނަން އުޅެނީއެވެ. އޭނަގެ ދުޢާއަކީ އެވްލީންއާއި ޒަވީން އުފަލުގައި ތާއަބަދު ދިރި އުޅުމެވެ. އެއީ އެކަަކު އަނެކަކަށްޓަކައި މާތްﷲ ހައްދަވާފައިވާ ދެޒުވާނުންނެވެ. ލޯބީގެ އާލަމުގައި ފިޔަޖަހާލަމުން ދިޔަ އަލި ގަދަ ދެތަރިއެވެ.
ކުއްލިޔަކަށް ކުރިމައްޗަށް އެރި ބޮޑު ޓްރަކެއްގެ ސަބަބުން ޢީރާއަށް ކާރު ކޮންޓްރޯލް ނުކުރެވުނެވެ. ކާރުގެ ބްރޭކް ހަލާކުވެފައި ވުމުން ބްރޭކް ވެސް ނުހިފުނެވެ. ޢީރާ ކާރު އަނެއް ފަޅިޔަށް އަނބުރާލަން އުޅުނުތަނާހެން ވިދާލި އަލިގަދަ ވިދުވަރާއެކު ލޮލުގެ ނޫރު ދިޔަހެން އޭނައަށް އިހްސާސް ކުރެވުނެެވެ. އޭރު އެއްއަޑަކަށް ޓްރަކްގެ ބަރުގޮނުގެ އަޑު އެކަންފަތުގައި ގުގުމާލާފައި ވާއިރު ޓްރަކް ވެސް އަނެއް ފަޅިއަށް އަރުވާލަން އުޅޭހެން ހީވެއެވެ. ނަމަވެސް މަގު ހަނިކަމުން އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ރީނދޫކުލައިގެ އަލި އެދެލޮލަށް އެޅިފައި ވުމުން ޢީރާއަށް ދެލޯ ހުޅުވަން އުނދަގޫވިއެވެ. އަމިއްލަ ފުރާނަ ސަލާމަތް ކުރަން ބޭނުންވި ކަމުގައި ވިޔަސް އޭނައަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
ދަގަނޑުތައް ކޭއްތުނު އަޑާއެކު ޢީރާއަށް ހަޅޭއްލަވައިގަނެވުނު އިރު ކާރު ޓްރަކްގައި ޖެހުމަށްފަހު ފުރޮޅިލާފައި ގޮސް ކައިރީގައި ހުރި ގަހެއްގައި ޖެހުނެވެ. ކާރުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ޢީރާ ގަޔަށް ބިއްލޫރިކޮޅުތައް ހެރި އެކިވަރު އަނިޔާތަކެއް ވިޔެވެ. ބޯފަޅައިގެން ދިޔުމުގެ ސަބަބުން މަންޒަރު ފުސްވެ ނޭވާ ހުސްވަމުން ދާ ކަހަލަ ނުބައި އިހްސާސްތަކާއެކު ޢީރާގެ ދެލޯ މެރިއްޖެއެވެ. ސްނޯގެ ޝީޓްތައް ލެއިން ފަވާލަން ފެށިއިރު ޓްރަކް ޑްރައިވާރ އެހިސާބަށް އައިސް ހުއްޓިލަމުން އެމްބިއުލާންސަށް ގުޅާލައިފިއެވެ. އޭނަ ވެސް ހާސްވެފައި ހުރިވަރުން މުޅި މީހާ ރޫރޫއަޅަމުން ދިޔައެވެ.
(ނުނިމޭ)
7 Comments
Comments are closed.
Last episode mirei upkohladeynan (In Sha Allah)
I thought 50 episode varah innaane kamah…so sadly story is going to be end…???
Muthaa aadha avahakah vaahaka nihmaalany ?…hope xaveen n elveen live happily forever…sadly waiting for the last part ☹
Ehn nahadaaa nimmaanulaa ?????????
Noooonekeyyy muthaaa… Nunimmaaneyey
What haadha avahakah nihman thiulheanee adhi thankolheah dhigu kohfa hurihaa hageegathea akyas igeanjeahean a rihaaneeveas jalah laan jeaheanea
Adhives mihaa reethi vaahaka eh luhva vahchey ❤❤❤❤❤❤❤❤❤❤