Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 26

Sh@_n@ Level 410 Stories100 Comments100 Login
November 1, 2018 5 Mins Read
15 Comments

މަންމަގެ ދުލުން ދަރިފުޅާއޭ ބުނެލާ ކޮންމެ ފަހަރަކު ފަޒީލްގެ ހިތަަށް ބުނެދޭން ނޭނގޭ އުފާވެރިކަން އިހްސާސް ކުރެވުނެވެ. އަމިއްލަ ނަފްސަށް ވައުދުވީ ދެން ދުވަހަކުވެސް މަގު އޮޅި ނުދިއުމަށެވެ. ލޮލުން ފައިބާފައިވާ ކަރުނަތަށް ފުހެލުމަށްފަހު ދެކޮޅު ބަލާލާ ގެއާ ދިމާލަަށް މިސްރާބު ޖެހިއެވެ.

މެންދުރަށް ކާން ހެދުމަށްފަހު ސާރާ އައިސް އާފިޔާ ގާތު މެދުގޭތެރޭގައިވާ އުނދޯލީގައި އިށީނެވެ. ހީވާގޮތުން އެދެމައިން ކޮންމެސް ބަޔަކަށް އިންތިޒާރު ކުރަނީއެވެ. އިރުކޮޅެއްނުވެ ދޮރުމަތީގައި ހުރި ޝާމިންފެނިފައި ސާރާ ހިނިތުންވެލިއެވެ. އާފިޔާވެސް ހިނިތުންވެލުމަށްފަހު އެކުދިން ގޮވައިގެން އެތެރެއަށް އައުމަށް ބުނެ ދިޔައެވެ. ސާރާ ވަންނަ ދޮރާ ދިމާލަށް ބޯ ދިއްކޮއްލީ އަރުޝް ފެންނަން ނެތީމައެވެ.

“ސާބަސް, މީހަކަށް ވަރުވޭ އެބަ” ޝާމިން ޕިސް ޕިސް ޖަހާލާ އެހެން ބުުނުމުން ސާރާ ރަކިވިއެވެ. އަނގައިން ދެރަ ނުވާންވެގެން ހަމަ ބަލާލީއޭ ސާރާ ބުނެލިއެވެ.

“އޭ, އަރޫ, ތި ފޯނު ބާއްވާފަ އަވަހަށް އާދޭ، މި އޮއް ކުއްޖެއްގެ ހިތް ހަލާކުވަނީ ” ޝާނިމް މިފަހަރު އެހެން ބުނުމުން އަރުޝް އާ އެކީ ހުރި ހަމީދުވެސް ހިނިގަނޑެއް ޖަހާލިއެވެ. އަދި ދެމީހުން އައިސް ގޭތެެރެއަށް ވަނުމުން ސާރާ އެމީހުންނަށް ތަން ދައްކަމުން ގޮސް ކައި ތަނަށް ވަނެވެ.

” ހާދަހާ ވަސް ރަނގަޅޭ ދޯ, ” ހަމީދުއަަށް ނުހުރެވިގެން ބުނެލިއެވެ.
ވަތް އިރު އާފިޔާ އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ތިން މީހުން އައިސް ގޮނޑީގައި އިށީނުމުން އާފިޔާ ބަތް ކައި ތަށިތަށް ތިންމީހުންނަށް ގާތް ކޮއްދިނެވެ. ސާރާ ފެޝަން ފުރުޓް ފަނި ތައްޓެއް ކޮންމެ މީހަކަށް އަޅައިދިނުމަށްފަހު ކާން ފެށުމަށް ބުންޏެވެ.
“ދައްތަ އާއި ސާރާ ވެސް އާދޭ އަހަރެމެންނާ އެކު ބައިވެރިވެލަން” އަރުޝް އެހެންބުނުމާއެކު ސާރާ ނޫނެކޭ ބުނެލިއެވެ.
” މިވަގުތު ކާން ހަދާފަ ތިއީ މެހްމާނުންނަށް ދޯ މަންމާ” ސާރާ އާފިޔާއަށް ދޯ ދެމުން ބުނެލިއެވެ

” އެކަމް ކީއްތަ ވާނީ, ދައްތަ އާދޭ އަހަރެމެންނާ ބައިވެރިވާން, އެހެންނޫނީ ކިހާ ފޫހިވާނޭ” އަރުޝް އެހެން ބުނުމާއެކު އާފިޔާ ސާރާ އަށް ބަލާލިއެވެ. އަދި އެމީހުންނާ ބައިވެރިވުމަށް ބޮލުން އިޝާރާތް ކުރިއެވެ. އެހެންނަމަވެސް ސާރާ ގުޑާނުލުމުން އާފިޔާ ބުންޏެވެ.
” ދަރިފުޅު އެމީހުންނާ ބައިވެރިވޭ, މަންމަ ވަރަށް ފަހުން ސައި ބުއީ, މަންމަ އެބަ އަންނަން ފަރީދާމެން ގެޔަށް ގޮސްލާފަ, މިހެންބުނެ އާފިޔާ އެތަނުން ނުކުންނަމުން އަރުޝްގެ ބޮލުގައި ފިރުމާލުމަށްފަހު ދަރިފުޅު ރަނގަޅަށް ކައްޗޭ ބުނެލިއެވެ. އާފިޔާގެ އަނގައިން ދަރިފުޅު އެ ލަފްޒު އިވުމުން އަރުޝް އުފަލުން ހިނިތުންވެލީ އަރުޝްގެ ހުރިހާ ދަތެއް ފެންނަ ވަރަށެވެ.

” އޭ ކޮލް ގެޓް އިސްތިހާރު ކުރާނެ ކަމެއްނެތް, އަވަހަަށް ކާންފަށާ, މަށަށް ހިޔެއްނުވޭ އެންމެ އެތިކޮޅެއް ވެސް ދިރޭނެ ހެނެއް” ސާރާ އައިސް އަރުޝްގެ ކައިރީ އިށީނުމުން ހަމީދު ބުނެލިއެވެ.

ޝާމިން މޭޒުމައްޗަށް ބަލާލުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލިއެވެ. ސާރާއަށް އެތަން ފެނި ކަންބޮޑުވެގެން ކިހިނެއްވީތޯ އަހާލިއެވެ. ޝާމިން ހިނިތުންވެލުމަށްފަހު އަރުޝްއަށް ގޮވާލިއެވެ. އަރުޝްވެސް ކިހިނެއްވީތޯ އަހާލީއެވެ.

“ކީއް ނުވަނީ, ބަލާބަލަ ލޯބިވާ ކުދިން ފެނެއެއްނު, އަރުޝްއަށް އެންމެ މީރު ބަރަބޯ މިހިރީ ހިކިކޮށް ހަދާފައެއްނު, މިހިރީ އަރުޝްގެ ފޭވަރިޓް, އަނެއްކާ މަށަށް ހީވަނީ މީ ހުސް އަރުޝްއަށް ކަމުދާނެ އެއްޗެހި ކަންނޭނގެެ, މިތަނުން ކާން ފަށަންވީ ކޯއްޗަކުން ކަން ނޭނގިފަ މިހާރު މިހުރީ, މިހުރީނު, ބަރަބޯ, ތަރުކާރީއާ ގަރުދިޔައާއި ކުޅިމަސްވެސް, އަދި މިހުރީނު ތޮޅި މިރުސް, ފިޔާ, ލުބޯވެސް, މި ފިހެލާފަ އޮތް މަހުންވެސް ހާދަ މީރު ވަސް ދުވައޭ” ހަމީދު ހުއްޓާނުލާ ތަޅުވަމުން ދިޔައެވެ.

” އަރުޝް ބުނަން ދުވަސް ކޮޅަކުން އަރުޝްގެ ކަސްރަތީ ހަށިގަނޑު ބަދަލު ވެދާނެ އިނގޭ” މިފަހަރު ޝާމިން ބުނެލިއެވެ.

” މައްސަލަ އެއްނެތޭ, ތިޔަހާ ފަލަވާ ހިއްވަންޏާ ނަޢުހާ ކައިރީ ބުނަންވީނު ކައްކަދޭށޭ” އަރުޝް ޝާމިންއާ ދިމާކުރުމުގެ ގޮތުން ބުނެލިއެވެ. ނަޢުހާގެ ނަން އިވުމާއެކު ސާރާގެ މޫނުމަތީގައިވި ހިނިތުންވުން ފިލާ ދިޔައެވެ. އެހެންނަމަވެސް ކާން ފެށުމަށް އެންމެންނަށް ބުނެލިއެވެ.
އެކި ވާހަކަތަކުގައި ކަމުންދިޔަ ސާރާއަށް ކުއްލިއަކަށް އައުޗް އޭ ބުނެވުނީ މޭޒު ތަންދޮށުން އަރުޝް ސާރާގެ ފައިގައި ކޮއްޓާލުމުންނެވެ. ދެން ތިބި މީހުން ކިހިނެއްވީހޭ އެހުމުން ސާރާ ކަމެއް ނުވެޔޭ ބުނެލިއެވެ

” މަ ބުނީ މި ފަނި ވަރަށް މީރުދޯ, މީރު ވަރަކަށް ފޮނި ރަހަ ވެސް މިހުރީ” އަރުޝް ފެޝަން ފުރުޓް ފަނިތަށިން އެތި ފޮދެއް ބޯލަމުން ޝާމިންއާއި ހަމީދުއަށް ދޯ އަޅާލިއެވެ.

” ދެން ތިހެން ނުބުންޏަސް އިނގޭ އަރުޝްއަށް މީރުވާނެކަން, ހުރިހާ ރަހައެއް ހުންނާނީ ބަރާބަރަށްކަން” މިފަހަރު ހަމީދުވެސް އަރުޝްއާ ދިމާކުރުމުގެ ގޮތުން ބުނެލިއެވެ.

ސާރާ އަރުޝް އާއި ދިމާލަށް ބަލާލުމުން އަރުޝް އެއްލޯ މަރާލިއެވެ. ސާރާ އަރުޝްއާ ދިމާލަށް ލޯ އަޅާލުމަށްފަހު އަނެއްކާވެސް ކާންފެށިއެވެ. އަރުޝް އަނެއްކާވެސް ސާރާގެ ފައިގައި ކޮއްޓާލުމުން ސާރާ ސިއްސަައިގެންދިޔައެވެ.

” ސާރާ ކިހިނެއްވީ” އަރުޝް ނޭނގޭ ކަމަށް ހަދާފަ އަހާލިއެވެ. އޭރު ޝާމިންއާއި ހަމީދުވެސް ތިބީ ސާރާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
މީ މީ އެއްޗެއް ފައިގަ ޖެހުނީ” ސާރާ އަޅަ އަޅައިގަންނަމުން ބުނެލިއެވެ.
” ހޫމް, އެކަހަލަ ކަންތަށް ވެސް ވާނެ, އަޅާލާނެ ކަމެއްނެތް,” ހަމީދު އެހެން ބުނި އިރު ހީވީ ހަމީދަށް ވީ ގޮތް އެނގުނުހެންނެވެ.
އަރުޝް އިނީ އަދިވެސް ސާރާއާ ތޮޅެލަން ބޭނުންވެފައެވެ. އެހެންކަމުން އަނެއްކާވެސް މޭޒު ތަންދޮށުން ސާރާގެ ފައިގައި ކޮއްޓާލިއެވެ. ކުރިއާ ހިލާފަށް ސާރާގެ އަނގައިން އެއްވެސް އެއްޗެކޭ ނުބުނެެވެ. އަދި އެއްވެސް ހަރަކާތެއްވެސް ނުގެނެސް ސާރާ ހަމަޖެހިލާފައި އިންތަން ފެނިފައި އަރުޝްގެ ނިތަށް ރޫ އަރުވާލިއެވެ. އަދި ސާރާ ނޭނގޭ ކަމަށް ހަދަނީ އޭ ހިތާ ކުރިޔަށް ވުރެން ބާރަށް ސާރާގެ ފައިގައި ކޮއްޓާލިއެވެ. އެވަގުތު ހަމީދުއަށް އަރުޝްއަށް ގޮވާލެވުނެވެ. އަދި އަރުޝް ބަލާލުމުން ކިހިނެއްވީހޭ އަހާލިއެވެ. އަރުޝް ޖަވާބުގައި ދެފަރާތަށް ބޯ ހޫރުވާލުމުން ހަމީދު ވަކި އެއްޗެކޭ ނުބުނެވެ.

” ޝާމިން މަށަށް ހީވަނީ އަހަރެމެންގެ ދުވަސް ދިޔައީހެން, ބައެއް ކުދިންނަށް ލޯބިވާ މީހުންވެސް އޮޅޭވިއްޔަ” ހަމީދު އެހެންބުނުމާއެކު އަރުޝް ތީ ހާދަ ހެއްވާ ވާހަކައޭ ބުނެ ހީގަތެވެ. އަދި ކެރެޓް ކޮޅެއް އަނގައަށް ލަމުން ސާރާގެ ފައިގެ މައްޗަށް ފައިލައިގެން އިނެވެ. އަދި އިރުކޮޅަކާ ކޮއްޓާލަ ކޮއްޓާލަ އިނެވެ. ސާރާ އެތަނުން ތެދުވެގެން ދިޔަކަމެއް, ފިހުނު މަހުން މަސް ކޮޅެއް ނައްޓުވަން އިން އަރުޝްއަށް ނޭނގެއެވެ. އެހެން ކަމުން ހަމަޖެހިލާފައި ކޮއްޓާލިއެވެ.

“އަރުޝް, މީ މަށޭ, ސާރާ ގޮއްސިއޭ” ހަމީދުއަށް އެންމެފަހުން ނީނދެވިގެން ބުނެވުއެވެ. ހަމީދު އެހެން ބުނުމާއެކު އަރުޝް އަނގަޔަށް ލީ މަސްކޮޅާއެކު ކޮށިއެރިއެވެ. މީހާ ކޮށި އަރައިގެން ކެއްސަން ފެށުމާއެކު ބަދިގެ ތެރޭގައި ހުރި ސާރާ ދުވެފަ އައިސް ކިހިނެއްވީހޭ ކިޔާ އަރުޝްގެ ބުރަކަށީގައި ފިރުމަންފެށިއެވެ.

” މާ ބޮޑަށް ލޯބިވީ, ލޯބިވެގެން ގޮސް ބައެއް ފަހަރު މީހުން ވެސް އޮޅެއެއްނު” ހަމީދުގެ އެ ޖުމްލައިން ކެއްސަމުން ދިޔަ އަރުޝްއަށްވެސް ހެވުނެވެ.
ސާރާ ހުރީ މި ވާނުވާ ނޭނގިފައެވެ. އަރުޝް ފެންތަށިން ފެން ފޮދެއް ބޯލުމަށްފަހު މިހާރު ރަނގަޅޭ ބުނެލިއެވެ. ސާރާ ދިއުމުން ހަމީދު އަރުޝްއާ ދިމާކުރަން ފެށީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ތިން މީހުން ކެއުން ނިންމާލީ އަރުޝްއަށް ކުރި ކަންތަކާ ޖޯކު ޖަހަމުންނެވެ. އަރުޝްއަށް ވެސް ފަހުން އެ ކޮއްޓުނީ ހަމީދުގެ ފައިގައިކަން ރޭކާ ނުލުމުން ވަރަށް ކަޑަވިއެވެ.

މެންދުރުގެ ކެއުން ނިންމާލުމަށްފަހު ކެއުމަށް ތައުރީފު ކުރަމުން އަރުޝްމެން ދަނީއޭ ބުނެލިއެވެ.

” އަދި, ހަނދާން ނެތިފަ މިހުރީ ހަވީރު އަންނައްޗޭ, މޫދަށް އެރޭގޮތަށް” އަރުޝް މިހެން ބުނުމުން ސާރާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ތިން މީހުން ނުކުމެގެން ދިޔުމުން ސާރާ އަވަސްވެ ގަތީ ތަށިތަށް ނެގުމަށެވެ. އަރުޝްމެން ކޭ ތަށި ދޮވުމަށްޓަކައި ހުރި ސާރާ ސިއްސައިގެން ދިޔައީ ފަހަތުން އައިސް ސާރާގެ ގައިގަ މީހަކު ބައްދާލުމުންނެވެ. ސާރާ ތެޅިގަތުމާއެކު އަރުޝް މީ މަށޭ ބުނެލިއެވެ.

” ކިހިނެއްވީ ތިއައީ, އެމީހުން ކޮބާ” ސާރާ އަރުޝް ހުރި ފަރާތަށް އެނބުރެމުން އަހާލިއެވެ.
” އެބަތިބި ބޭރުގަ, މިއައީ ފޯނު ބާއްވާފައޭ ނުކުމެވުނީ ބުނެފަ, ފޯނު ބަލާ،” އަރުޝް ސާރާގެ ކޮނޑަށް އަތްލަމުން ބުނެލިއެވެ.
“އަހަރެން ގޮސް ބުނަންތަ, ފޯނު ހޯދަނީ އެއް ނޫނޭ” ސާރާ މިހެން ބުނުމާއެކު އަރުޝް ސާރާގެ ކޮލަށް ދޮނެއް ދިނުމަށްފަހު ދުއްވައިގަތެވެ. ސާރާ އަރުޝް އެ ކުރި ކަމަކުން ކީއްހޭ ތިކުރީ ކިޔާ އަރުޝްގެ ފަހަތުން ތަށި ދޮންނަން ގެންގުޅުން ސްޕަންޖް ކޮޅު އަރުޝްއާ ދިމާލަށް މަޅަމުން ދުއްވައިގަތެވެ. އަރުޝްވެސް ސާރާވެސް މަޑުޖެހުނީ ކުރިމަތިން ފެނުނު އާފިޔާ ފެނިފައެެވެ.

” ދަނީތަ، އަދި އަންނަން ވާނެ އިނގޭ” އަރުޝް ހުރި ސީރިއަސް ގޮތް ފެނިފައި އާފިޔާ ބުނެލިއެވެ. އަރުޝް އާނ އެކޭ ބުނެ ގެއިން ނުކުމެގެން ދަމުން ފަހަތް ބަލާލާ އެއްލޯ މަރާލިއެވެ. ގެއަށް ވެދެގެން ދިޔަ އާފިޔާއަށް އަރުޝް އެއްލޯ މަރާލިތަން ނުފެނެވެ. ސާރާ ހިނިތުންވެލަމުން އެތެރެއަށް ވަދެގެން ދިޔައެވެ.

ހަވީރު ވަގުތެވެ. ސާރާ ގޮސް ޝާމިންމެންގޭ ގޭތެރެއަށް ވަތް އިރު ނަޢުހާ ފެނުމާއެކު ފިޔަވަޅުތަކަށް ހުއްޓުމެއް އައެެވެ. ކުރިޔަށް ފިޔަވަޅެއް އަޅާލަން ނުކެރިފައި ހުރި ތަނުގައި ހުއްޓެވެ. ސޯފާގައި އިށީނދެ އިން އަރުޝްއަށް ސާރާ ފެނުމާއެކު ސާރާއޭ ކިޔާ ސާރާ ކައިރިއަށް ދިޔައެވެ. އަރުޝް އެހެން ބުނުމާއެކު ދެން ތިބި މީހުންވެސް އެދިމާލަށް ބަލާލިއެވެ. ދޮރު މަތީގައި ހުރި ސާރާ ފެނުމާއެކު ފަޒީލްއަށް ހިންދިރުވާލެވުނެވެ. އަރުޝްގޮސް ސާރާގެ އުނަގަނޑުގައި ހިފާލަމުން އެތެރެއަށް ވަނެވެ. މި މަންޒަރުން ފަޒީލްގެ ހިތަށް ވަރަށް ތަދުވިއެވެ. އެހެންނަމަވެސް އެއްޗެކޭ ނުބުނެ ފޯނު ނަގައި ފޯނާ ކުޅެންފެށިއެވެ.
ޝާމިން ކައިރީގައި އިން ނަޢުހާއަށްވެސް ސާރާއާއި އަރުޝް ތިބި ގާތްކަން ފެނުނެވެ. ނަޢުހާ ފަޒީލްއަށް ބަލާލީ ސާރާ ދެއްކުމަށެވެ. އެހެންނަމަވެސް ފަޒީލް ފޯނާ ކުޅެން އިނުމުން އެކަން ވާގޮތް ނުވިއެވެ.
ސާރާ ސިޓިންގްރޫމް ތެރެއަށް ވަދެ ނަޢުހާ ކައިރީ އިން ފަޒީލްއަށް ބަލާލިއެވެ. ސާރާ ހުރި ގޮތުން ޝާމިން ފަޒީލްއަށް ގޮވާލިއެވެ. ފަޒީލް އިސްއުފުލާ ބަލާލިއެވެ.

” މިއީ, ފަޒީލް, ނަޢުހާގެ ފެމިލީ މީހެއް” ޝާމިން އެހެންބުނުމުން ސާރާ އެހެންހޭ ބުނެލީ ފަޒީލް ސާރާ ގާތު ނަޢުހާމެންގެ އެޑްރެސް އަހާފާވާތީއެވެ.
” ބައިބޮޑުކޮއްލަން ވެގެން އެންމެން ގެނައީ, އޭރުން މަޖާވާނެއެއްނު, ލަސްނުކޮއް އަވަހަށް ހިނގާ އެއްޗެހި ތަަށް ހިފައިގެން ދާން ” މިހެން ބުނެ ގުރޫޕް ހަދާފައި އެންމެން ނުކުތެވެ. ފަޒީލްއަށް އިރުކޮޅަކާ ސާރާ ދިމާލަށް ބަލާލެވެ. ނަޢުހާ ހުރީ ފުރުސަތެއް ނުލިބިފައެވެ. ފަޒީލްއަށް އޭނާ ކުރަން ބުނި ކަންތަށް ހަނދާން ކޮއްދިނުމަށްޓަކައެވެ.

ކޮންމެ ސައިކަލަކަށް ގެންދަން ހުރި އެއްޗެހި ބަަހާލުމަަށްފަހު މީހުންވެސް ބަހާލިއެވެ. އެއް ސައިކަލަށް އަރުޝްއާއި ސާރާ އެރިއިރު އަނެއް ސައިކަލުގައި ނަޢުހާ އާއި ޝާމިންއެވެ. އަދި ހަމީދުއާއި ފަޒީލް ދެން ހުރި ސައިކަލުގައި ރަށުގެ ދެކުނު ފަރާތަށް ދިޔައެވެ. ދިޔަވަރު ރީތި ވަރަކަށް ހުރެފައި, އަވި ވެސް ދެނީ ރީތި ވަރަކަށެެވެ. ފުރަތަމަ ވެސް އެންމެން ގޮސް ގަސް ދޮށެއްގައި ތިބީއެެވެ. އެހިސާބަކީ ފުދޭވަރަކަށް ގަސް ގިނަ ސަރަހައްދެއް ކަމުން މީހުން ވަރަށް ނާދެއެވެ. ކޮންމެސް ބަޔަކު ދާންވީނު ދަރުކޮޅެއް ހޯދަން” އައި އިރު ކުޑަކޮއްވެސް ހަނދާން ނުވިއެއްނު” ހަމީދު އެހެން ބުނުމުން އެކަމާ ދެން ތިބި މީހުންވެސް އެއްބަސް ވިއެވެ. ނަޢުހާ ސާރާއަށް ބަލަމުންދަނީ މަކަރުވެރިކަމުގެ ބެލުމަކުންނެވެ. އެއިން އެއްވެސް ކަމެއް ސާރާ އަށް ރޭކާވެސް ނުލައެވެ.

” އޯކޭ, އަންހެން ވެރިން މިތާ ތިބޭ, އަހަރެމެން އަންނާނަން” ޝާނިމް އެހެން ބުނުމާއެކު ފަޒީލްގެ ހިތް ތެޅިގަތެވެ. އެދެމީހުން އެކަނި ވެއްޖެނަމަ ނަޢުހާ ސާރާއަށް ކޮންމެފަދަ ގޮތެއްވެސް ހަނދާނޭ ފަޒީލްގެ ހަވަނަ ހިއްސު ބުނެދެމުން ދިޔައެވެ.

” އަހަރެން ނަޢު މެންކައިރީ މަޑު ކޮއްލާނަން, ތިމީހުންދޭ، އަންނަން ވާއިރަށް ދެން ހުރި ކަންތަށް ރެޑީ ކޮއްލާނަން” ފަޒީލް އެހެން ބުނުމުން ހަމީދު، ޝާމިން އަދި އަރުޝް ވަލު ތެރެއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ސާރާ, ސޮސެޖްތަކުގައި މިރުސްލުމަށްޓަކައި ތައްޔާރުވެލިއެވެ. ނަޢުހާ އެއްވެސް އެއްޗެކޭ ނުބުނެ އިނެެވެ. ފަޒީލްވެސް ސާރާ ކުރަމުންދާ ކަންތަކަށް ފަރުވާތެރި ކަމާއެކު ބަލަން އިނެެވެ. ސާރާގެ ކޮންމެ ހަރަކާތެއް ފަޒީލްގެ ހިތުގައި ދިޔައީ ބިންވަޅު ނަގަމުންނެވެ. ސޮސެޖްގައި މިރުސް ލުމަށްފަހު އަތް ދޮވެލައިގެން އެބަ އަންނަން ކަމަށް ބުނެ ސާރާ ގޮނޑު ދޮށަށް ފޭބިއެވެ. އަދި އަތް ދޮވެލައިގެން އެއްގަމަށް އައި އިރު ފަޒީލް އާއި ނަޢުހާ ފެންނަން ނެތުމުން ކަންތަށް ބޮޑުވިއެެވެ. މަޑުމަޑުން ހޭޅި ފަށުން ހިނގަމުންގޮސް ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން ކުޑަކޮއް ގަސްތަކުގެ ތެރެއަށް ބޯ ދިއްކޮއްލިއެވެ. އެއާކު ސާރާގެ ދެލޯ ބޮޑުވިއެވެ. ހީވީ ކަންކަށިމަތީ މީހަކު އެތި ފަހަރެއް ޖެހިހެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ވާލޯބިންނޭ ދީވާނާ ވަނީ -3

Next

ވާ ލޯބި އިނގޭ ނަމަ 4

Next
November 1, 2018

ވާ ލޯބި އިނގޭ ނަމަ 4

Previews
November 1, 2018

ވާލޯބިންނޭ ދީވާނާ ވަނީ -3

15 Comments!

  1. Siyaa says:
    November 1, 2018 at 1:41 pm

    Mihaaru mivaahaka up vaaleh haaada lahey

  2. Ishaa says:
    November 1, 2018 at 1:46 pm

    Vara reeti …… Dhen koniruku up kodheynee

  3. Naju says:
    November 1, 2018 at 2:06 pm

    Alhey saaraa ah dheragotheh nuhadhahchey… I hate u nauha… Anyways story is awesome ingey hama…

  4. Khajja says:
    November 1, 2018 at 4:07 pm

    Masha allah mi stry v v v rythi n v inthizaaru kurevey stry eh miee but up vaaleh thankolheh lahy anyways miee aharen mistry ah kuraa furathama comment ah viyas mi stry gavaa idhun read kuran nxt prt avaskolladhybala can’t wait dear plx ehaaves rythi mi stry gud luck have a nice day

  5. Sh@_n@ says:
    November 1, 2018 at 4:45 pm

    Jazakallah khairan dear. Insha Allah v avahah????❤

  6. Sh@_n@ says:
    November 1, 2018 at 4:51 pm

    Jazakallah khairan dear. Vvv ufaavehje kohme parteh vess kiyaathy. Insha Allah maadhan kohdhevey thw balaanan. Because tomorrow my full duty, so ehme lasvegen tomorrow nightge kohmes hisaabaku up kohdhevey thw vvvv masahkai kuraanan. Vvv ufaavehje story kamudhiyaima. Have a nice day too??❤❤?

    1. Afy says:
      November 3, 2018 at 1:16 am

      Mivaahaka komme part eh up koffa jehigen anna reyah noony eyge aneh reyga bune beykaaru hope kiyun therinnah nudhy vaahaka publish kuraane vaki dhuvas thakeh baavan vynu. Eii once in week viyas twice in a week viyas. Writer ge masakkathaa adhives ehenihen hurihaa kamakaa eky vaahaka publish vaane ehen vaki dhuvaheh baavan vynu target koffa

  7. Noor says:
    November 1, 2018 at 5:37 pm

    Rahfushuge dhiriulhumaa emeehunge ekuverikan sifakoh dheefa hurileh varah reethi aslu geakah Bayaku ziaaraiy kureema eadhaakuraa mehmaan dhaaree mihaaruves gina Rahrashun feney adhi ranglhu rahtehinves ulheynee hama egothah varah majaakoh abadhuves anekaayah konmes kahala goanaaeh kohleveytho balaane Sifakurunthah varah reethi good work dear keep it up

  8. Sh@_n@ says:
    November 1, 2018 at 5:43 pm

    Jazakallah khairan dear noor. ❤??❤❤

  9. Gud❤ says:
    November 1, 2018 at 7:59 pm

    Vrh reethi…maashallah.. dn kn irakakh aneii bai up koh dheynii.. curious to know..❤

  10. Sh@_n@ says:
    November 2, 2018 at 12:16 am

    Jazakallah khairan dear. ???v avahah

  11. Lisha says:
    November 4, 2018 at 8:38 am

    kbr tha anebbai?? v wait kurewey eba

  12. Sh@_n@ says:
    November 4, 2018 at 1:39 pm

    Thanx afy. Ufalaa eku thi comment balaigan nan. Shana in naane bunelaafa eh dhuvas dhookohlaafa eyge aneh dhuvahu ey dhen up kuraany, thursday up kohfa bunelin Friday ee full duty ey, balaanamey vey thw, Saturday ee up kuraa dhuvas, saturdayga half liyevuny hospital ah dhaan jehigen, mihaaru aneh bai liyamun midhany miadhu upp kohladheyn. V ufaavaane bunaa dhuvahah kohdhey iru evaahaka vess bunelaafa nuvaa faharu thikan faahaga kohli nama. Ee ehme fahun vess buni dhuvahah up kohdhinin, ekm evaahaka faahaga nukohleema shana mi bunelee, ?❤❤❤?

  13. Sh@_n@ says:
    November 6, 2018 at 8:27 am

    Dear all readers.shana kurine bunihen baeh faharu v avahah up vey, Yesterday shana 27th part up kuran fonuvaifin, ekm adhivess upp nuvey. Ekamahtakaa maafah edhen

  14. zoe says:
    February 14, 2019 at 6:48 pm

    komme gothakah vias ehves kujjaku loabi vegen ulhey myhaa noalhuvachchey ingey….hehehe,,,BTW vaahaka vvvreethi

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 27←


All Right Reserved!