Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އިނގޭ ނަމަ 5

Aami Level 210 Stories100 Comments
November 2, 2018 4 Mins Read
4 Comments

މާޒިން އޭނާގެ ދޮންތަ ދެކެ ވާ ލޯބި ފެނިފައި އަވްލީން ހުރީ އުފަލުން ފޮޅިފައެވެ. ދޮންމަންމަ އާއި ބައްޕަ އޭނާއަށް ކިތެއްމެ ގޯސް ވިޔަސް މާޒިން އޭނާއަށް އަޅާލާ ލޯބިވާވަރުފެނިފައި އެ ހިތަށް ހިތްހަމަޖެހުން ލިބެއެވެ. ނަމަވެސް މަންމަ އާއި ބައްޕަގެ ލޯބި ނުލިބޭތީ އެކަމާ އަވްލީން ވަރަށް ދެރަވެއެެ. ކޮންމެވެސް ދުވަހަކުން އެ ދެމީހުންގެ ރުހުމާއި ލޯބި ލިބޭނެކަމަށް އަވަލީން އުއްމީދު ކުރެއެވެ. އަދި އެދެމީހުންގެ ރުހުމާއި ލޯބި ހޯދުމަށް ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރަންވެސް އަވްލީން ހުރީ ތައްްޔާރަށެވެ.

ހޮސްޕިޓަލްތެރެއަށް ވަދަގެން އައި ރާދިންގެ ދެ ލޯ ހޯދަމުން ދިޔައީ އަވްލީންގެ އެ ރީތި ސޫރައަށެވެ. ނަމަވެސް އަވްލީން ފެންނަން ނެތުމުން މާޔޫސްވެފައި ގޮސް އޭނާއަށް ހާއްސަކުރެވިފައިވާ ކެބިންއަށް ވަނެވެ.

އަވްލީން އޭނާއަށް ދައްކަން އައިސް ތިބި ޕޭޝަންޓުންތައް ބެލުމަށްފަހު ބޭރަށް ނިކުމެލީ ކެންޓީނަށް ގޮސް ކޮފީއެއް ބޮއިލުމުގެ ބޭނުމުގައެވެ. ކެންޓީނަށް ވަދެނެގެން ދިޔަ އަވްލީން ގޮސް އެތާއިން ހުސް މޭޒެއްކައިރީ އިށީނެވެ. އަދި ކޮފިއަކަށް އޯޑަރުދިނުމަށް ފަހު ފޯނަށް ނަޒަރު ހުއްޓާލިއެވެ.

“ހާއި ނިއުބީ!! ކޭން އައި ސިޓް ހިޔަރ؟” އަވްލީން ފޯނުން ނަޒަރު ވަކިކޮށްލީ މީހެއްގެ އަޑު ކައިރިން އިވުމުންނެވެ. ކުރިމަތީގައި ތިބި މާހިލް އާއި ރާހިލްގެ އިތުރުން ރާދިން ފެނިފައި އަވްލީން އޭނާގެ ނަޒަރުތިރިކޮށްލިއެވެ. އަވްލީންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި މާހިލް އާއި ރާހިލް އެ މޭޒު ކައިރީ ހުސްކޮށް އިން ދެ ގޮނޑީގައި ޖައްސާލިއެވެ. އެ ދެމީހުން އިށިނުމުން ރާދިން ވެސް އަވްލީން އާއި ކުރި މައްޗަށް ވާގޮތަށް އިން ގޮނޑިގައި އިށީނދެ ހަމަޖެހިލިއެވެ.

“ހައި އައި އޭމް މާހިލް. އެންޑް ޔޫ އާ އަވްލީން ރައިޓް؟” މާހިލް ދެންވެސް އިސްވެ އަވްލީން އާއި ވާހަކަ ދެއްކިއެވެ. މާހިލްގެ އެ ހުންނަ މަޖާ ސަކަ މިޒާޖެއްގެ ގޮތުން އޭނާ އެންމެންނާވެސް ނުލާހިކު ގުޅެއެވެ.

މާހިލްގެ ސުވާލަށް އަވްލީން ބޯޖަހައިލުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ. އަވްލީން އޯޑަރު ކުރި ކޮފީތަށި އައުމުން ކޮފީ ބައި ނިންމާލުމަށް ފަހު ތެދުވާން އުޅެނިކޮށް މާހިލް އަވްލީން އާއި ވާހަކަދެއްކިއެވެ.

“އަހަރެމެން ދެކެ އަނެއްކާ ރުޅިއައިސްފަތަ ތި ހުންނަނީ ފަހަ… އާން މިބުނީ އަވްލީން” މާހީލް ހީލަމުން އެހެން އަހައިލީ ރާދިންއަށް ޖެއްސުމެއްކޮށްލުމަށެވެ.

“ނޫން ނާދޭ ރުޅިއެއް. އައި ހޭވް ޓު ގޯ ނައު” އަވްލީން ކުރު ޖަވާބެއް ދުނުމަށް ފަހު އެތަނުން ނުކުމެގެން ދިޔައެވެ.

“ބަލަ އޭ ކޮން ފަހަ އެކޭ ކިޔާން ތަ ތިއުޅުނީ؟” އަވްލީން ދިޔުމުން ރާދިން މާހިލް އާއި ވާހަަކަ ދެއްކިއެވެ.

“އެދެން ފިޔުޗަރގަ އަހަރުމެންގެ ފަހަރިއެއްނު ދޯ ރާހް!! އެންވެ ފަހަރި ކިޔަން އުޅުނީ އެކަމް ރާދްގެ މޫނު މައްޗަށް އެރި ކުލަވަރު ފެނިފައި މަ އެހެން ނުބުނީ ދެން” ހެމުން ހެމުން މާހިލް ރާދިން އާއި ދިމާކޮށްލިއެވެ.

“ފަހަރިއަކަށް ނުވެއެއްނު އަދި. އެހެން ނޫނަސް ކިހިނެއް އިނގެނީ އޭނަގެ ބިޓެއް ނުހުންނަ ކަމެއްވެސް؟” ރާދިން އޭނާގެ ހިތުގައި އޮތް އެންމެ ބޮޑު ސުވާލު ބޭރުކޮށްލިއެވެ.

“ތިއޭ މައްސަލައަކީ. ހަމަ ރީތި ކުއްޖެއް ފެންނަ އިރަށް މިއުޅޭ މީހުން ކިޔާނެ އެހާ ރީތި ކުއްޖެއްގެ ބިޓެއް ނުހުރެ ހިނގައިދާނެހޭ. އެހެން ހިތަށް އަރުވައިގެން ތިބޭތީ ގިނަ ރީތި އަންހެން ކުދިން ތިބެނީ ހުސްކޮށް” ރާހިލްގެ ރާދިންގެ ސުވާލަށް ޖަވާބުދެމުން ބުނެލިއެވެ. ކޮންވެސް ވަރަކަށް ރާހިލްގެ ވާހަކައަށް ރާދިން އަށް ތާއީދުކުރެވުނެވެ. އަދި އަވްލީންގެ ހަޔާތުގައި އެހެން ފިރިހެން ކުއްޖެއް ނުހުރުމަށް އެދި ދުޢާވެސް ކޮށްލެވުނެވެ.

“ލީން. މި އަންނަ މަންތްގެ 15 އަކީ މި ހޮސްޕިޓަލްގެ 3 ވަނަ އަހަރީ ދުވަސް. ވަރަށް ކަންތައް އޮންނާނެ. ވަަރަށް މަޖާވާނެ.” ތޫބާ އަވްލީންއަށް ހޮސްޕިޓަލުގެ އަހަރީ ދުވަހާއި ބެހޭ މައުލޫމާތުދިނެވެ.

“ހޭއި ތޫ. އޯކޭ ވާނެތަ މަ މިގަޑީ ބޭރަށް ގޮސްލާފަ އަޔަސް. ބަލަން ޖެހޭ ޕޭޝަންޓްއެއްވެސް ނެތެއްނު. އަސްލު ފްރެންޑެއް މިއަދު މިކޮޅަށް އަންނަ ވާހަކަ ބުނީމަ އޭނަ ރިސީވްކޮށްލަން ދާން ކަމަށް” އަވްލީން އަހަން ނާހަން އިނދެފައި އެންމެ ފަހުން އަހައިލިއެވެ. މައިރާ އަންނަ ތަނަށް އޭނާ ވަރަށް ދާހިތްވެއެވެ.

“ތިދެން އަހަންޖެހޭ ކަހަލަކަމެއްވެސް ނޫނެއްނު. އޯކޭ ވާނެ ގޮސްލާފަ އަޔަސް. ރާދިން ސަރ ވަރަށް ކޫލް ވާނެ. ނާންނާނެ ރުޅިއެއްވެސް އެންޑް މިގަޑީ ދެން ނެތެއްނު ކަމެއްވެސް. އެހެން ނޫނަސް ލީން ބްރޭކްއަކަށް ވެސް ނުދަމެއްނު. ވަން އަވަރ ބްރޭކެއް ނެގޭނެއޭ.” ތޫބާ ބުނެލުމުން އަވްލީން ހިނިތުންވަލައިފައި ނިކުތީ މައިރާ އަންނަ ތަނަށް ދިއުމަށެވެ.

ބޭރަށް ނިކުން އަވްލީންއަށް އުޅިއުޅިވެސް ޓެކްސީއެއް ލިބޭނެ ގޮތެއްނުވިއެވެ. ދާން ޖެހޭ ހިސާބު ދުރުކަމުން ހިނގާފައި ގަޑިއަށް ނުދެވޭނެތީ އަވްލީން ޓެކްސީއެއް ލިބޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ކުއްލިއަކަށް ޕްރައިވެޓް ކާރެއް އައިސް އަވްލީން ކައިރީ މަޑުކޮށްލިއެވެ. ކާރުގައި އިން ރާދިން ބިއްލޫރިގަނޑު ތިރިކޮށްލުމަށް ފަހު ވާހަކަދެއްކިއެވެ.

“އިފް ޔޫ ޑޯންޓް މައިންޑް ޔޫ ކޭން ކަމް ވިތް މީ. ލިފްޓެއް ދީފާނަން. މިގަޑީ ޓެކްސީއެއް ވަރަށް ނުލިބޭނެ” ރާދިން އަވްލީން އާއި ވާހަކަދެއްކިއެވެ. އެ ކާރަށް އަރަން ބޭނުންނުވި ނަމަވެސް އިތުރު އެހެން ގޮތެއް ނެތުމުން އަވްލީން އެއްބަސްވެލަމުން ކާރަށް އެރީ އަވަހަށް ދާން ބޭނުންވާތީއެވެ. ކާރަށް އެރުމަށްފަހު ދާން ބޭނުން ތަން ބުނެލުމުން ރާދިން ކާރު ދުއްވާލިއެވެ.

ކާރުތެރޭގައި ތިބި އިރު ދެމީހުން ކުރެން އެކެއްވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުންގެ މެދުގައި ވަނީ މަރު ފަދަ ހަމަހިމޭންކަމެކެވެ. ކާރު ދުއްވަމުން ދިޔައިރު އިރު އިރުކޮޅުން ރާދިން އަވްލީން އާއި ދިމާލަށް ނަޒަރު ހިންގާލައެވެ. އަވްލީން އިނީ ކާރުގެ ލޯގަނޑުން ބޭރު ބަލާށެވެ. އެމޫނު މަތީގައި ވި ރީތި ހިނިތުންވުން ފެނި ރާދިންއަށް ވެސް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ.

“ކާކު ރިސީވްކޮށްލަން ތި ދަނީ؟” ކާރު ތެރޭގައިވި ހަމަ ހިމޭނަކަން ފޫއަޅުވައިލަމުން ރާދިން ވާހަކަދެއްކިއެވެ.

“ފްރެންޑެއް އަންނާތީ އޭނަ ރިސީވްކޮށްލަން” ކިރިޔާ ރާދިންއަށް އަޑުއިވޭ ވަރަށް އަވްލީން ބުނެލިއެވެ.

“އަވްލީން އިފް ޔޫ ޑޯންޓް މައިންޑް ކޭން ވީ ބީ ފްރެން…” ރާދިންގެ ވާހަކަ ފުރިހަމަކޮށްލުމުގެ ކުރިން އަވްލީން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

“މިއޮތް އާދެވުނީ ދޯ! ސްޓޮޕް ހިޔާ ޕްލީޒް” ރާދިން ބުން އެއްޗަކަށް އަޅައިލުމެއް ނެތި އަވްލީން ވާހަކަދެއްކިއެވެ. ރާދިން ކުޑަކޮށް މާޔޫސްވި ނަމަވެސް ކާރު މަޑުކޮށްލިއެވެ. މަޑުކޮށްލުމާއި އެކު އަވްލީން ދެވަނަ ފަހަރަށްވެސް ޝުކުރު އަދާކޮށްލުމަށް ފަހު ނިކުމެގެން ދިޔައެވެ.

“ކީއްވެތަ އަވްލީން އަބަދުވެސް އަހަރެން އިގްނޯ ކުރަން އެ އުޅެނީ؟ އަނެއްކާ އަވްލީންގެ ލޯބިވެރިއެއް ހުންނަނީތަ؟ ނޯ..ނޯ..ނޯ.. އެހެންނެއް ނުވާނެ..” އަވްލީން ދިޔުމުން ރާދިން އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ.

“މައި… އޯ ގޯޑް ޔޫ ލުކް ސޯ ޑިފަރެންޓް. އައި މިސްޑް ޔޫ ސޯ މަޗް” އަވްލީން މައިރާ ފެނުމުން އުފަލުން މައިރާގެ ގައިގާ ބައްދާލިއެވެ.

“މިސްޑް ޔޫ ޓޫ ލީން. ބައިދަވޭ!!!! ހޫ ވޯސް ދެޓް ހޭންޑްސަމް ގައި؟ މަށަށް ފެނުނޭ” މައިރާ ނުލަފާވައްތަރަކަށް އެހެން އަހައިލީ އަވްލީން އާއި ދިމާކޮށްލުމުގެ ނިޔަތުގައެވެ. އަވްލީން ކާރުން ފޭބި ގަޑީގައި ޑްރައިވަރު ޝީޓުގައި އިން ރާދިން މައިރާއަށް ފެނުނެވެ.

“ސާބަސް މައި އަށް. އަދިވެސް ތި ގޮތްގަނޑު ނުދޭ ދޯ؟ އެއީ އަހަރެންގެ ބޮސް އޭ. މިތަނަށް އަންނަން ވެގެން ޓެކްސީއެއް ނުލިބިގެން އުޅުތަން ފެނުނީމަ ލިފްޓެއް ދިނީ” އަވްލީން މައިރާގެ ކޮނޑުގައިޖަހައިލަމުން ބުނެލިއެވެ.

“ލީން ވެސް ކުޑަކޮށް މޮޔަ ދޯ! ބޮސް އަށް ވެ ހުރެ ހީ ގޭވް ޔޫ އަ ލިފްޓް. އެވެސް ޑިއުޓީ ގަޑީގައި ބޭރަށް ދާން. އެހެން މީހެއް ނަމަ ނުދޭނެ. އައި އޭމް ސުއަރ ހީ ލައިކްސް ޔޫ” މައިރާ އޭނާއަށް ހީވާގޮތް ބުނެލިއެވެ. ނަމަވެސް އަވްލީން އެ ވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ.

“ދެން މާ އަނގަ ތަޅާނެ ކަމެއް ނެތޭ. ދެން ދަނީ އިނގޭ ހޮސްޕިޓަލްއަށް. މައި ދެކިލާ ހިތުން ހަމަ މިއައީ ވެސް. މާދަން ވާނެ މީޓުވެލަން” އަވްލީން ހޮސްޕިޓަލަށް ދާން ނައްޓާލީ މާ ލަސްވާތީއެވެ.

(ނުނިމޭ).

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

މަންޒިލް ތިއޭ މި ހިތް އެދޭ (8)

Next

އެހެނަސް…(13)

Next
November 2, 2018

އެހެނަސް…(13)

Previews
November 2, 2018

މަންޒިލް ތިއޭ މި ހިތް އެދޭ (8)

4 Comments!

  1. Mal says:
    November 2, 2018 at 3:58 pm

    Wow ?? vrh reethi story

    1. Aami says:
      November 2, 2018 at 9:32 pm

      ? Thanks mal dear ❤️

  2. Lover says:
    November 4, 2018 at 2:50 pm

    OMG so so soo nice. Next part kon irakun ?

    1. Aami says:
      November 4, 2018 at 4:08 pm

      ? Vrh happy vejje story kamudhiyaama.
      Next part vrh avahah kiyaaalan libeyne in sha allah ?❤️

Comments are closed.


All Right Reserved!