Skip to content
އެސްފިޔަ

ޝާނާ (2 ވަނަ ބައި)

ޝާނާ އަހަންނާ ދިމާލަށް ހިނދުކޮޅަކު ބަލަން އިދެފައި ފުން ނޭވާއެއް ލިއެވެ. އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ. ޝާނާ ވަރަށް ވިސްނަން އިނދެފައި އަހަރުމެންނަށް އަދި ކުއްޖަކު ނުލިބެޔެއް ނޫންހޭ ބުނެލީ ހިތް ހަލާކުކޮށްލާފަދަ އަޑަކުންނެވެ. އެ އަޑުންވެސް އެފަކީރު ދެރަވެފައިވާ ވަރު ހާމަކޮށްދެއެވެ. ޝާނާ އެހެން ބުނުމުން އަހަރެންވެސް އެކަމާ ވިސްނާލީމެވެ. ތެދެކެވެ. އަހަރުމެންގެ ދެމީހުންގެ ގުޅުމަށް 5 އަހަރު ވެގެން ދިޔައިރުވެސް މި ގުޅުމުގައި އަދި މަލެއް ނުފޮޅެއެވެ. ދަރިޔަކު ހޯދުމުގެ މުހިންމު ކަން ފުރަތަމަފަހަރަށް އަހަންނަށް އިހުސާސް ކުރެވުނެވެ.

ޝާނާ (2 ވަނަ ބައި)

ޝާނާގެ އެ ނުތަނަވަސްކަން އަހަރެންގެ ހިތް ތޮރުފާލި ފަދައެވެ. އަހަރެމެން ދެމީހުން އަހަރުެނގެ ހަޔާތަށް ކުއްޖަކު ހޯދުމަށްޓަކައި މަސައްކަތް ނުކުރަނީކީއެއް ނޫނެވެ. އެހެން ނަމަވެސް އަހަރުމެންނަށް އަދި އެ ނަސީބު ލިބުމުގެ ވަގުތު އައިސް ނުޖެހުނީއެވެ.

” ހިނގާ ދެމީހުން ޓެސްޓް ކުރަން…؟   އޭރުންވެސް ވާގޮތެއް އެނގިދާނެއެންނު…” ޝާނާ ވިސްނަން އިނދެފައި ބުނެލިއެވެ.

“ތީ ރަނގަޅު ޚިޔާލެއް ކަންނޭނގެ.. މާދަމާ ދާން ވާނެ ދޯ ހޮސްޕިޓަލް އަށް.. ޝާ ބުނިހެން ވާނެގޮތެއް ބަލާލުމަކީ ގޯހެއް ނޫން ދޯ. ދެން ހިނގާ ނިދަން. ވަރަށް ދަންވެސް ވެއްޖެ އެންނު.. މާދަމާ ވެސް ކުރަން އެބަހުރި ބައިވަރު މަސައްކަތް. އަކްރަމް ޗުއްޓީއަށް އެމީހުން އަންހެނުން ރަށަށް ގޮސްވީ. އެހެންވެ އޭ އެހާ ބާރުބޮޑީ މިދުވަސްކޮޅު. ޝާ އަށްވެސް ވަރަށް ޓައިމް ނުދެވޭ ދޯ.. ސޮރީ ލަވް..”

” ހެހެހެހެ.. އެ އޯކޭ އޭ އެނގެއޭ ނާވީ ވެސް ވަރަށް ބިޒީކޮށް ކަން ތިއުޅެނީ.. އަހަރެންވެސް މިއުޅެނީ ގޭތެރޭ ކަންކަމުގައެއްނު.. ބަންދު ދެދުވަސް މަދެއް ނޫނެންނު އަހަރުމެން ދެމީހުންނަކަށް..”

ކޮންމެ ދުވަހެއްގެ ވެސް ފެށުން ފެށެނީ އަހަރެން މި ދުނިޔެމަތީގައި ލޯބިވި ހަމައެކަނި ބައިވެރިޔާ އަދި ޒަވާޖީ ގޮތުން ގުޅެން ބޭނުންވި ހަމައެކަނި ބައިވެރިޔާ ކަމަށްވާ ޝާނާ އާ އެކުއެވެ. މިއަދުގެ ފަތިހުގެ ފިނީގެ އުފާ ލިބިގަތުމަށްޓަކައި އަހަރުމެން ދެމީހުން ތިބީ އާދައިގެ މަތިންވެސް ހެދުނުގެ ނާސްތާއަށް އިންސާފު ކުރަން ޓެރަސް މަތީގައެވެ. ދުވަހުގެ އެންމެ ހިތަށް ހަމަޖެހުން ލިބޭ ވަގުތަކީވެސް ލޯބިވާ އަނބިމީހާ އާއެކުގައި ހޭދަކުރެވޭ ވަގުތުކަން ގައިމެވެ.

” މިއަދު 10 ޖަހާއިރު ރެޑީވައްޗޭ. މިއަދު އެގަޑިއަށް ބްރޭކް ނަގާނީ. މީހުންވެސް މަދުވާނެ ހޮސްޕިޓަލް ގަ. އަނެއްކާ އެތަނުގައި ވާނެ އިރެއްވެސް ނޭނގެ އެންނު.”

“އޯކޭ! އެގަޑިއަށް ރެޑީވާނަން އެނގޭ! ދެން އަވަހަށް ދޭ ރެޑީވާން. އެޔޮށް ހަތްގަޑި ބައި ވަނީ!” ޝާނާ އެހެން ބުނުމަށްފަހު ދިޔައީ ބަދިގެ ފަރާތަށެވެ.

އަހަރެންވެސް އަވަސްވީ ގޮތުން ބެލީ ރެޑީވެލައިގެން އޮފީހަށް ދެވޭތޯއެވެ. މިއަދު ކުރަން ހުރި މަސައްކަތްތަކުން ބައެއް ހޮސްޕިޓަލް އަށް ދިއުމުގެ ކުރިން ނިންމާލުމުގެ ނިޔަތުގައެވެ. އެހެން ދުވަޗް ތަކެކޭވެސް އެއްގޮތަށް ޝާނާއަށް ވަދާޢީ ސަލާމް ކުރުމަށްފަހު އަހަރެން ދިޔައީ އޮފީހަށެވެ.

” މިއަދު ހާދަ ފްރެޝް ދުވަހެއް ހެން ހީވެޔޭ. އަނެއްކާ ކިހިނެއްވީ!” އޮފީހުގައި އެންމެ ލާނެތްކޮށްއުޅޭ ޝަރީފު އަހަރެންގެ ކެބިންއަށް ވަންނަމުން ބުނެލިއެވެ. އާދައިގެ މަތިން އޭނަވެސް އެއައީ ކޮންމެ ދުވަހަކުވެސް އޭނާ ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކާ ހަވާލުވާށެވެ.

” އެއީހަމަ ޝަރީފު އަށް ހީވާ ގޮތް. ކޮންމެ ދުވަހަކުވެސް އަހަރެން ހަމަ ހުންނަ ގޮތް މީ.”

” އެހެން ނުވާނެ. ޝާނާގެ މެޖިކް ދޯ.” ދިމާ ކުރަމުން ޝަރީފު ބުންޏެވެ.

” ހޫން. ދެން ދޭ މި ފައިލްތަށް ހަފައިގެން ތި މަސައްކަތް ފަށަން އަދި ޝުމަން ކައިރީ ބުނެލާތި އަހަރެން ގޮވާ ވާހަކަ.”

ގަޑިން ދިހައެއް ޖެހި އިރުވެސް ކުރަން އިން މަސައްކަތް ނިންމާ ނުލެވުމުން ޝާނާ އަށް ކުޑަކޮށް ލަސްވެދާނެކަމަށް ކަމަށް ބުނެ މެސެޖެއްކޮށްލީމެވެ. މަސައްކަތް ކޮށް ނިންމާލުމަށްފަހު ގެޔަށް ދެވުނު އިރު ދިހަގަޑި ފަނަރަވެ ބޮޑުވެއްޖެއެވެ.

” ކީއްވެ ލަސްވީ. ހިނގާ އަވަހަށް ދާން. އެތަނުން ނިންމާފައައިސް ސައި ބޯން ވެސް ޖެހޭނެއެންނު ބްރޭކް ގަޑި ހަމަ ވާން ވާއިރަށް.” އަހަރެން ކޮޓަރިއަށް ވަނުމާއެކު ޝާނާ ބުންޏެވެ.

” އާން. ކުރަން ފެށި މަސައްކަތް ނިންމާލަންވެގެން.” އަހަރެން ކުރު ޖަވާބަކުން ފުއްދާލީމެވެ.

އަހަރެންވެސް ކުޑަކޮށް ފްރެޝްވެލުމަށްފަހު ދެމީހުން އެއްކޮށްދިޔައީ ޓެސްޓް ހެދުމަށެވެ. ޓެސްޓް ހެދާ ނިމުމަށްފަހު ދެމީހުންވެސް އިންތިޒާރު ކުރަން ފެށީ ނަތީޖާ ލިބޭނެ ދުވަހަކަށެވެ. ޓެސްޓް އަކީ މާލެ ފޮނުވައިގެން ހަދާ ޓެސްޓް އަކަށްވުމާއެކު، ނަތީޖާ ލިބެން އަންނަނީ ހަފްތާއެއް ފަހުންނެވެ.

(ނުނިމޭ)

Comments (4)

  1. Ibsha

    Varah reethi

    1. Rau❤❣
      Ibsha

      Thank you @Ibsha ?❤❣

  2. ?Shify?

    Nice

    1. Rau❤❣
      ?Shify?

      Thank you @shify ??❤❣

Comments are closed.