ވާ ލޯބި އިނގޭ ނަމަ 4
ރާދިން އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވާއިރު އަވްލީން އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އަވްލީން ދެކޭ ގޮތުގައި އެފަދަ މުއްސަނދި އާއިލާއެއްގެ ކުއްޖަކާއި އޭނާ އާއި އެކަށިގެންނެއްނުވާނެއެވެ. ނަމަވެސް އަވްލީން އަށް ނުވިސްނުނު ކަމަކީ ލޯތްބަކީ ވަކި ފަންތީގެ ވަކި ބަޔަކަށް ހާއްސަކުރެވިފައިވާ އެއްޗެއް ނޫން ކަމެވެ.
ރާދިން އަށް ނިދަން އޮތްއިރުވެސް ދިޔައީ އަވްލީން އާއި ދޭތެރޭގައި ވިސްނެމުންނެވެ. މީގެ ކުރިން އެއްވެސް އަންހެން ކުއްޖަކަށް ރާދިންގެ ހިތް ލެނބިފައި ނުވާއިރު އަވްލީންގެ އެންމެ ފެނިލުމަކުން ރާދިންއަށް ވަނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވޭ ގޮތްވެފައެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އަވްލީންގެ ލޯބި ހާސިލްކުރަން ރާދިން އަޒުމްކަނޑައެޅިއެވެ. މިފަދަ ހިޔާލުތަކުގައި އޮވެ ރާދިންއަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.
އަވްލީންއަށް ހޭލެވުނީ އޭނާގެ ފޯނަށް މާ ވަރަކަށް މީހަކު ގުޅާތީއެވެ. ފޯނުނަގައި ބަލައިލިއިރު ސްކްރީންއަށް އަރައިފައި އިން ނަން ފެނިފައި އަވްލީންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ލަސްކުރާކަށް ނޯވެ އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.
“ހައި މާއި. އައި މިސް ޔޫ ސޯ މަޗް. އަޅެ ދެން ކޮންއިރަކުންތަ މާލެ އަންނާނީ. މައި އާއި ބައްދަލުކޮށްލާ ހިތުން ކެއްމަދުވެފައޭ މި ހުންނަނީ” ފޯނު ނެގި ގޮތަށް އަވްލީން އެއް ނޭވާ މަތިން ހުރިހާ އެއްޗެއް ކިޔާލިއެވެ.
“ލީން ފުރަތަމަ ހަމަ ނޭވާއެއްލައިބަލަ. އެންޔަ ފަހެ. ނެގި ގޮތަށް އެއް ނޭވާ މަތިން ހުރިހާ އެއްޗެއް ކިޔާލައިފިއޭ” ކުޑަކޮށް ހީލަމުން މައިރާ ވާހަކަ ދެއްކިއެވެ. ދެ އެކުވެރިން ދިމާނުވެ ދުރުގައި އުޅެންޖެހުނު ކަމުގައި ވީ ނަމަވެސް ދެމީހުންގެ ރަހުމަތްތެރިކަމަށް އެއްވެސް ބަދަލެއްނާދެއެވެ. އަބަދުވެސް ގުޅައިގެން އެކަކު އަނެކަކުގެ ހާލުބަލައި ހަދައެވެ.
“ދެން ކޮންމެހެން ވާހަކަ އޮޅުވާލަން އުޅޭނެ ކަމެއް ނެތޭ. މި މައި އަށް ވެސް ޗުއްޓީ ނަގައިގެން ރަށަށް ދާން އެނގުނީ މަ މާލެއަށް އައީމަ އޭ.” އަވްލީން ޝަކުވާކޮށްލަމުން ބުނެލިއެވެ.
“އެހެންނެއްނު ވާނީ. ކަމަނާފާނު މަށަށް ސަޕްރައިޒް ދޭން ވެގެން އަވަހަށް ބުނެވެސް ނުލާ ވިއްޔާ އައީ. އެކަމު އައީމަ ސަޕްރައިޒް މި ލުބީ މީނަ އަކަށްނު” މައިރާ އަވްލީން އާއި ދިމާކޮށްލިއެވެ.
“ދެން ސީރިއަސްކޮންނޭ. ކޮންއުރަކުންތަ މައި މިކޮޅަށް އަންނާނީ؟ މަ ވަރަށް ފޫހިވޭ ދެން މިހެން އެކަނި ގޭގަ އޮންނަން ވީމަ ވެސް އަވަހަށް އާދެބަލަ ދެން” އަވްލީން އޭނާ ކުރިން ވެސް ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.
“އަސްލު ތިވާހަކަ ބުނަން ވެގެން މިގުޅީވެސް. މާދަން މާލެ ދާން މިއުޅެނީ. ލީން އަންނަށްޗޭ މަ ރިސީވްކުރަން؟” މައިރާ އޭނާ އަވްލީން އަށް ގުޅި ބޭނުން ބުނެލިއެވެ.
“ކިހާ އިރަކު އަންނަނީ؟” އަވްލީން ވެސް ކޮށްލީ ސުވާލެކެވެ.
“ހަވީރު 5 ޖަހާކަންހާ އިރުގަ ދެވޭނީ.” މައިރާ އޭނާއަށް މާލެ ދެވޭނެ ގަޑި ބުނެލިއެވެ.
“ސޯ ސޭޑް މައި. އަހަރެންނަށް މި ވީކްގަ އިނީ ހަވީރު ޑިއުޓީ. ސޯ މައި ލަފާތަނަށް ދެވޭނެ ހެންނެއް ހިޔެއް ނުވޭ. އެކަމް ކިރިޔާވެސް ދެވޭ ކަހަލަ ގޮތެއް ވެއްޖެޔާ ދާނަން އިނގޭ” އަވްލީން އޭނާއަށް ހަވީރު ޑިއުޓީ އޮންނަ ވާހަކަ ބުނުމުން މައިރާ އޭރުން ލަފާތަނަށް ނަޔަސް އެންމެ ރަނގަޅޭ ބުނެލިއެވެ. އެކަމަކު ކިޔިރާވެސް އާދެވޭ ފަދަ ގޮތެއްވެއްޖެޔާ އަންނަމުން އޭނާއަށް މެސެޖެއްކޮށްލުމަށް އެދުނެވެ. ދެ ރަހުމަތްތެރިން އެތައް އިރެއްވަންދެން ވާހަކަ ދައްކަން ތިބުމަށް ފަހު ފޯން ބޭއްވީ އަވްލީން ބޭރަށް ދާން ޖެހުމުންނެވެ.
“ބަލަ ޑިއުޓީއަށް ދާން ނުޖެހުނަސް ތިޔަ ކޮޓަރިކޮޅުން ނިކުމެ އަތުން ފައިން ކަމެއްކޮށްލެވޭކަމަށް ހަމަ ނުވަނީ ތަ؟” އަވްލީން ބޭރަށް ނިކުތުމާއި އެކު ޔާސިރާ އޭނާއަށް އެއްޗިސް ކިޔަން ފެށިއެވެ. ޔާސިރާގެ ބަސްތަކުން އަވްލީން ދެރަވި ނަމަވެސް ރައްދުގައި އެއްޗެއް ބުނުމެއް ނެތި އަވްލީން ގޮސް ބަދިގެއަށް ވަނެވެ. އަދި މެެންދުރުގެ ކެއުމަށް އެއްޗިސް ތައްޔާރުކުރަން ފެށިއެވެ.
“މަންމާ! ބައްޕަ ދެންމެ ގުޅި. ބުނީ މާދަން މާލެއަށް އަންނާނަމޯ.” ކޮޓަރިން ނިކުންނަމުން މާޒިން ޔާސިރާއަށް އަޑުއިވޭ ވަރަށް ބުނެލަމުން ގޮސް ވަނީ ބަދިގެއަށެވެ.
މިރުހާން ބޯޓު ދަތުރު ކުރަން ދާން ފެށިފަހުން މާލޭގައި މަޑުކުރެވެނީ ވަރަށް މަދު ފަހަރަކުއެވެ. އެހެން ނަމަވެސް މިފަހަރު އެ އަންނަނީ ދެން އަނބުރާ ބޯޓު ދަތުރު ކުރަން ނުދާތޮތަށެވެ. ދަރިން ބޮޑެތިވެ ލާރި ލިބޭން ފެށުމުން އާއިލާ އާއި ދުރު އެހެން ގޮސް އުޅުމުގެ ބޭނުމެއް ނެތް ކަމަށް ޔާސިރާ ބުނުމުންނެވެ.
“ދޮންތާ ކޮންއެއްޗެއް ކައްކާތަ ތިއުޅެނީ މާ ފޯރި އަރުވާލައިގެން؟” ބަދިގެއަށް ވަން މާޒިން އަވްލީން އާއި ސުވާލުކޮށްލީ މާ އަތްމަތި އަވަސްކޮށްލައިގެން އުޅޭތީއެވެ.
“މިއުޅެނީ ޒިން އަށް އެންމެ މީރު ޓޮމާޓޯބަތް ހަދައެއްނު. ޑިއުޓީއަށް ދާން ޖެހޭތީ ތަންކޮޅެއް އަވަސް އަރުވާލައިގެން މިއުޅެނީ. މިހާރު ދެން މި ނިމުނީ” އަވްލީން މާޒިންއަށް ބަލައިލަމުން ޖަވާބުދިނެވެ.
“އަސްލު ދޮންތަ ގާތު ވާހަކައެއް ބުނަންވެގެންނޭ މި އައީ.” މާޒިން ފެން ޖަގުން ފެންފޮދެއް ތައްޓަކަށް އަޅައި ބޮއިލަމުން ބުންޏެވެ.
“އަނެއްކާ ކޮން ވާހަކައެއް ބުނަން؟ އަވަހަށް ބުނެބަލަ” އަވްލީން ވެސް ރައްދުގައި ބުނެލިއެވެ.
“އަސްލު އެކެއް ގާތުވެސް ނުބުނެ ޖޮބްއަކަށް އެޕްލައިކޮށްގެން މިއުޅުނީ. އެންޑް މިއަދު އެ އޮފީހުން ގުޅި. އައި ގޮޓް ދި ޖޮބް” މާޒިން ހިނިތުންވެލަމުން އަވްލީން ގާތު އޭނާއަށް ވަޒީފާ ލިބުނު ވާހަކަ ބުންޏެވެ. އަވްލީން ހުރީ ހައިރާންވެފައެވެ. ބުނެވެސް ނުލައި މާޒިން އެވަރު ކަމެއް ކުރީމައެވެ. ނަމަވެސް އެއާއި އެއް ވަރަށް އުފާވެސް ވިއެވެ. ކޮއްކޮއަށް ލިބުނު ކާމިޔާބީ އަޑުއަހައިފައެވެ.
“މައި ލިޓިލް ކޮކީ ވެސް ބޮޑުވީ އޭ ދޯ.. އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ” އަވްލީން ހިނިތުންވެލަމުން މާޒިންގެ ގައިގާ ބައްދާލިއެވެ.
“އަދި މަންމަމެން ގާތުވެސް ނުބުނަން. އެންމެ ފުރަތަމަ ދޮންތަ ގާތު މި ބުނީ. މާދަން ބައްޕަ އައީމަ ބުނާނަން މަންމަ އާއި ބައްޕަ ގާތު” މާޒިން ބަދިގެއިން ނުކުންނަން ދަމުން ބުނެލިއެވެ. މާޒިން އޭނާގެ ދޮންތަ ދެކެ ވާ ލޯބި ފެނިފައި އަވްލީން ހުރީ އުފަލުން ފޮޅިފައެވެ. ދޮންމަންމަ އާއި ބައްޕަ އޭނާއަށް ކިތެއްމެ ގޯސް ވިޔަސް މާޒިން އޭނާއަށް އަޅާލާ ލޯބިވާވަރުފެނިފައި އެ ހިތަށް ހިތްހަމަޖެހުން ލިބެއެވެ. ނަމަވެސް މަންމަ އާއި ބައްޕަގެ ލޯބި ނުލިބޭތީ އެކަމާ އަވްލީން ވަރަށް ދެރަވެއެެ. ކޮންމެވެސް ދުވަހަކުން އެ ދެމީހުންގެ ރުހުމާއި ލޯބި ލިބޭނެކަމަށް އަވަލީން އުއްމީދު ކުރެއެވެ. އަދި އެދެމީހުންގެ ރުހުމާއި ލޯބި ހޯދުމަށް ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރަންވެސް އަވްލީން ހުރީ ތައްްޔާރަށެވެ.
(ނުނިމޭ).
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



When is next part? Maasha Allah story varah nice hama. Avahah up kohdhehchey, please please
? Vrh ufaa vejje story kamudhiyaama
In sha allah next part ves vrh avahah up kohleveythw masahkaiy kuraanan
Mi storyv rythi …ekam…miahvvure thankolhen dhigu Koh genes dhyfiyyaamun v rangalhu…
? Thanks reader
Try kollaaanan dhn huri part thah dhigukoh geneveythw.