ވާހަކަ އަޕް ނުކުރެވޭތީ ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.. ޕާރސަނަލް ކަމެއް ދިމާވެގެން ހުރިހާ ކަމަކާ ތަންކޮޅެއް ދުރުން މި އުޅުނީ… އަންހަފްތާ ހޯމަ ދުވަހުގަ ވާހަކަ އަޕް ކުރަން ފަށާނަން..ދުވާލަކު މަދުވެގެން 2 އެޕިސޯޑް އަޕް ކޮއްދޭނަން… ފުރަތަމަ އެޕިސޯޑް އަޕް ކޮއްގެން ލިބުނު ކޮމެންޓުތަކުގެ އެހީގައި ވާހަކަ ރަނގަޅު ކޮއްލާފަ އިންނާނީ.. އަބަދުވެސް ވާހަކައިގަ ހުންނަ ކުށް ފާހަގަ ކޮށްދޭނެ ކަމަށް އުއްމީދު ކުރަން.. މާޔު ބޭނުމީ ކިޔުންތެރިންނަށް ކަމުދާނެ ފަދަ ގޮތަކަށް […]
އެވަގުތު މުޅި ކާއިނާތުވެސް ހުއްޓިގެން ދިޔަ ކަހަލައެވެ. ގުޑިލާންވެސް ނޭނގިފައި އަޔާންއަށް ހުރެވުނީ ބަލާށެވެ. ނުދަންނަ މީހެއް ކުއްލިއަކަށް އައިސް އަތުގައި ހިފުމުން އަޔާން އަކަށް ހައިރާނެއްނުވެވުނެވެ. ސުވާލެއްވެސް ނުކުރެވުނެވެ. “ކުޅަދުންވަންތަކަމާއެވެ.” އަޔާންގެ ހިތަށް އަރައި ފައިބަމުން ދިޔަ އިޙްސާސްތައްވެސް ދުލާ ހަމައަށް އަންނަން ނުކުޅެދިފައިވާ ކަހަލައެވެ. “ސޮރީ. އަސްލުވީގޮތަކީ…..” ކުރިމަތީގައިހުރި އަންހެންކުއްޖާގެ ވާހަކަ މެދުކަނޑާލަންޖެހުނީ އަޔާންގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފެނިފަ އެވެ. ހައިރާންވެފައި ހުރެ އޭނާގެ ބޮޑު ދެލޯ އަޔާންގެ މޫނަށް ހުއްޓާލައިގެން […]
ފާއިތުވެގެންދާ ކޮންމެ ދުވަހެއް މީރާ ހާސްކުރުވަމުން ދިޔައެވެ. ރޭދުވާ ފާއިތުވެގެންދަނީ އެކި އެކި ރޭވުންތައް ރޭވުމުގައެވެ. ރޭވެފައި އަލިވާއިރުވެސް ނިންޖެްްއް ނާދެއެވެ. އިއްޔެ އުފަލާއި މަޖަލުގައި ހީ އުޅުނު މީހާ މުޅިން ހަމަހިމޭން ވެްްއްޖެއެވެ. ވަށައިގެން ކަޅުއަދިރިކަން ނޫނީ އެހެން އެއްޗެއް އޭނާ އަށް ނުފެންނަ ކަހަލައެވެ. އެކަލާނގެ ނަހީ ކުރެއްވި ކަންކަން ކުރާ މީހުންނަށް ދުނިޔެމަތީގަ އަޒާބު ދައްކަވަނީ މި ފަދަ ގޮތަކަށެވެ. އުފަލާއި މަޖަލުގައި ރޭދުވާ ހޭދުކުރަމުންދާ މީހުން ނިމިގެން ދަނީ ކެކުޅުމާއި ވޭނުގައި […]
“އަހަރެން ދެން ބުނެލަން އޮތީ ފަޒީލްއަށް ރަނގަޅު ގޮތާއި ނުބައި ގޮތް ވިސްނުނީތީ ވަރަށް އުފާކުރަމޭ, މީހަކަށް ކިތަންމެ ގިނަ ގޯސްތަކެއް ހެދިފައި ހުރި ކަމުގައި ވިޔަސް އެމީހަކު ރަނގަޅު ތައުބާ އަކުން ތައުބާ ވެއްޖެނަމަ, އެމީހެއްގެ ފާފަތަށް މާތްﷲ ފުއްސަވާދެއްވާނެ ދެން ނުބައި މަގުން ނުދާނެ ކަމަށް އުއްމީދު ކުރަން” މިހެންބުނެ ސާރާ އެތަނުން ގެއާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ. ފަޒީލް ފެން ކަޅިވެފައިވާ ދެ ލޮލުން ސާރާ ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. ޫ […]
އެއީ ތެދެކެވެ. ހިބާ މެލޭޝިއާއަށް ބަދަލުވީންސުރެ ކޮންމެ މަހަކުވެސް އެބައިގެ ކުލި ހިބާގެ އެކައުންޓަށް ޖަމާވާގޮތައް ހަދާފައިވަނީ ހިބާ ބޭނުން ޚަރަދެއް ކުރުމުގެ އިޚްތިޔާރު އޭނާއަށް ދިނުމުގެ ގޮތުންނެވެ. އެއީ ނާސިރާއި ރަހްމާގެ ނިންމުމެކެވެ. އެމީހުންގެ ދަރިން ބޭނުންވާ އެއްވެސް ކަމަކުން އުނިކުރުމަކީ އެދެމީހުން ބޭނުންވާ ގޮތެއް ނޫނެވެ. ބުނިހާވެސް އެއްޗެއް ހޯދަދީ ބުނިހާވެސް ކަމެއް ކޮށްދެނީ އެހާ ލޯބިންނެވެ. އަދި ދެކުދިންނަށްވެސް އެއުމުރުފުރައިގެ ކުދިންނަށް ބޭނުންވާނެފަދަ ފުރިހަމަ މިނިވަންކަންވެސް ދީފައިވެއެވެ. ނަމަވެސް ހިބާގެ ހިތުގައިވާ ޝަކުވާއަކީ […]
ރަހުވާގެ ނަޒަރުން: ޝައުންއާ އެތައްއިރެއް ވަންދެކަށް ވާހަކަ ދައްކަން އިނުމަށްފަހު އަހަރެން ނިދަންވަންއިރު އެކެެއް ޖަހަނީއެވެ. ޝައުންގެ ވާހަކަ ތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހެދުން ބަދަލުކޮށްގެން އައިސް އެނދުގެ މަގަތުގައި ނިދާފައި އޮތް ޖީނާގެ ނިތައް ބޮސް ދިނުމަށްފަހު އަހަރެންވެސް ނިދޭތޯ ދެލޯ މަރާލީމެވެ. ****** އަޝްޖައުގެ ނަޒަރުން: އޮފީހުގައި އިން އިރުވެސް އަހަންނަށް ވިސްނެމުން ދިޔައީ އަހަރެންގެ ސުވާލުން ރަހުވާގެ މޫނު މައްޗަައް އައި ބަދަލާއި ޝައުން ވާހަކަ އޮޅުވާލަން އުޅުނު ގޮތެވެ. […]
އިރު އޭގެ ވާޖިބު އަދާކުރަމަށްފަހު ވިލާތަކުގެ ނިވަލުގައި ފިލުމުން އަނދިރިކަން ދުނިޔެ ވަށައިލައިފިއެވެ. އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތައް މަސައްކަތް ކުރަމުންއެދަނީ ކަޅު އަނދިރިކަން ވެރިވެފައިވާ ދުނިޔެ މައްޗަށް އަލި ކަމެއް ގެނެސްދެވޭތޯއެވެ. ނަމަވެސް ރޭގަނޑުގެ ރަސްގެފާނު ކަމުގައިވާ ހަނދު ފެންނަން ނެތުމުން ދުނިޔެމައްޗަށް ވެރިވެފައިވަނީ އިންތިހާ ދަރަޖައިގެ ފަޅުކަމެކެވެ. މާލޭގެ ގެތަކާއި މަގުތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިން މުޅި މާލެ ވިދާ ބަބުޅަމުން އެދަނީވެސް ރޭގަނޑުގެ އަނދިރިކަމާއި ފަޅުކަމުން ސަލާމަތްވުމަށް ކަން ޔަޤީނެވެ. ފްލައިޓްގެ ކުޑަދޮރުން ބޭރު […]
“އަަހަރެން ބަލާނަން ތިގޮތް……” ޒެވިޔަން ދަތްކުނޑި ވިކާލައިގެން ހުރެވެސް އެހެން ޖަޒުބާތެއްވެސް އެކުލެވޭ ގޮތަށް ރިޔާ އަތުތެރޭގައި ހައްޔަރުކޮއްލިއެވެ. ޒެވިޔަންގެ ފިރިހެންވަންތަ ކަމާއި ހިތްދަމައި ގަންނަކަން އެ ކުޑަ އަމަލުން އެތައްގުނަ އިތުރުވެގެން ދިޔައެވެ. . ނުރުހުމާއި ލޯބިވެސް އެކުލެވޭ އެ އަމަލާ ރިޔާއައް ހަނގުރާމަ ކުރެވުނީ އިރުކޮޅަކަށެވެ. ރިޔާގެ ރުޅި ފިނިވެ އެ އަތުގެތެރެއައް ވިރިގެން ދިޔައެވެ. . މިއީ އެހެން މީހުންގެ ލޯތަކަށް ފޮރުވިފައިވި ނަަމަވެސް އެކޮޓަތީގައި އެތައްފަހަރަކު ތަކުރާރުވާ ހަނގުރާމައެކެވެ.. ދެމީހުން ފަހުން ކަޕުޗިނޯ ބޯން އެކޮޓަީރގެ ބެލްކަނީަގއި ތިބިިއރު ހަމަޖެިހލައިެގން ތިބި ގޮތުން އެއްވެސް ކަމެއް ހިނގިހެނެއް ހިޔެއްނުވެއެވެ. . ޒެވިޔަން އިނީވެސް މުޅިން އެހެން ވާހަކައެއްގައެވެ. އިރުކޮޅަކުން އަނެއްކާ ކުރީގެ މަޢލޫއައް ވާހަކަފެށީ ރިޔާ އެވެ . “އަިދވެސް ޒެވިޔާ ނުބުަމެންނު ރޭ ދިޔަތަނެއްގެ ވާހަކަ. ވަރަށް ފޫިހވޭ ނުބުނަންޏާ. އެންމެ ރުޅި އައީ އެތައްފަހަރު ގުޅީަމވެސް ގަސްތުގައި ބިޒީކޮށްލާފައި، […]
ފުޅާ ސިޑިން ދުވެލާފައި ކަހަލަ ގޮތަކަށް ފޭބީ ޒުވާން އަންހެން ކުއްޖެކެވެ. ދުނިޔެ މަތީގެ ޕަރީއެއް ފަދައެވެ. ހަންގަނޑު ދޮން ނޫނަސް ކަޅެކޭ ވެސް ނުބުނެވޭނެ އެވެ. ކުޑަ ކޮށް ފަލަ ވިޔަސް ނުލާހިކު ލޯތްބެވެ. ފިޔާތޮށި ކުލައިގެ ތުނި ތުނި ތުންފަތެކެވެ. އެ ކަޅުކަން ގަދަ ލޯ ތޫނު ވެފައި ރީއްޗެވެ. ފިރިހެން ކުއްޖަކު މޮޔަވާހާ ރީތިކަން ގުދުރަތުން ލިބިފައި ވެއެވެ. ” މީޝް.. ބައްޕަ ބުނަމޭނުން ސިޑިން ދުވެފަ ނުފައިބާށޭ.. ދަރިފުޅަށް އަނިޔާ އެއް […]