ލޯބިން / 2 ވަނަބައި
“އަލީނާ ތަ؟ އަަހންނަކީ ރިޔާ. ނިކީގެ މަންމަ…..” އެ އަންހެންކުއްޖާ ތެދުވެ ސަލާމް ކޮށްލީ ހިނިތުންވުމަކާއި އެކުގައެވެ. އެ ހިނިތުން ވުމުގައި ހިތްހެޔޮގޮތެއް ހުއްޓެވެ. ރިޔާހުރީ ފަޔަށް ހިފާފައިވާ އައިސްބްލޫ ޖިންސަކާއި ރަތްކުލައިގެ ޓީޝާޓެއް ލައިގެންނެވެ. މާިގނަ ގަހަނާތަކެއް ބޭނުން ކޮއްފައެއް ނެތެވެ. އެކަމަކު އަތުކުރީގައިވާ ރަން ގަޑިއާއި، އިނގިލީގައި އޮތް ރޫބީ އަގޮޓިން އަތުގެ ރީތިކަން އެތައް ގުނައެއް އިތުރުކޮށްދީފައި ވެއެވެ. ރިޔާ ޖެހިގެން ހުިރ ގޮނޑީގައި އިށީންނަން އަލީނާއަށް އިށާރާތް ކޮށްލުމުން، އަލީނާ ވަގުުތުން އަމުރައް ކިޔަމަންވި އެވެ. މިހުރިހާއިރު ވަންދެން ހައިރާންވެފައި ހުރި މޫނުމަތިން މިހާރު ފެންނަނީ ސީރިަޔަސް ކަމާއި ހަމަޖެހުމުގެ ކުަލަވަރެވެ. އޭނަ އެއްވެސްޖަޒުބާތެއް އެހެން އިންސާނަކަށް ދައްކަން
ބޭނުން ނުވަނީކަންނޭންގެއެވެ. އަލީނާ މިގެއައް އައީ ރިޔާމެންގެ ދަރިފުޅު ނިކީ ބަލަހައްޓައި އަދި ގޭގެ މަސައްކަތް ކުރާނެ އަންހެންކުއްޖަކު ބޭުނުންވެގެން އުޅޭކަމުގެ ޚަބަރު ލިބުުމުންނެވެ. ވީމަ އޭނަ އާއި މިގެއާއިދެމެދު އޮތީ ވިޔަފާރީގެ ގުޅުމެކެވެ.
ރިޔާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރި ކަމުގެ އިހުސާސެއް އަލީާނއަށް ކުރެވުނީ ރިޔާ، އޭނަ އަޅައިގެން ހުރި ހެދުމަށްބަލައިލި ގޮތަކުންނެވެ. އެއީ އަލީނާ ނިކަން ރަނގަޅަށް ހިތުދަސްވެފައިވާ ނަޒަރެކެވެ. އެގޮތަށް މީހަކު ބަލައިލާނީ ފޫހިވީަމ އެވެ. އަލީނާ ލައިގެން އިނީ ގަޔަށް ދޫކޮށް އޮތް ކުރުތާ އަކާއި ހަރުވާޅެކެވެ. ކަޅު ޝޯލް އާއި އައިނު އަޅައިގެން ހުރިގޮތަކުން މޫނުގެ ބޮޑުބައިވަނީ ފޮރުވިފަ އެވެ. އެހެންވުމުގެ ސަބަބުން އޭނަ އުއްީމދުކުރިވަރުގެ ހައިސިއްޔަތެއް އަލީނާގެ ގައިން ނުފެނުނީ ކަމަށް ވެދާނެއެވެ. ނޫނީ ހިިކި ކަމުން ޖެހިލާ ބާރު ވައިރޯޅިއަކާ އެކީގައި އުދުހިގެން ހިނގައިދާ ފަދަ ލޫޅާފަތި ކުއްޖަކަށް، ކުޑަކުއްޖަކު ރަނގަޅަށް ބެލިދާނެ ކަމާިއމެދު ޝައްކުވީއެވެ. އަލީނާ ކޮންމެވެސް ަވރަކަށް ނުތަނަވަސްވި އެވެ. އޭނަ މިވަޒީފާ އިންތިހާއަށް ބޭނުމެވެ. ނުލިބިއްޖެއްޔާ މުިޅން މާޔޫސް ވެދާނެ އެވެ. އަލީނާ ހިތާހިުތން ދުޢާ ކުރިއެވެ. ރިޔާ، ނިކީ ގެ ިމޒާޖާއި އުޅުމާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް ވާހަކަދެއްކި އެ ވެ. ހަގީގަތުގައި އޭނައަށް ދަރިއަކު ލިބުނީ ތަންކޮޅެއް އަވަހަށެވެ. ރިޔާގެ އުމުރުގެ ޅަކަމުން ނިކީ ރަނގަޅައްގެންގުޅެން ނޭންގުނަސް ދާދި މިފަހަކާއި ޖެެހެންދެން ނިކީ ބަލަހައްޓައިދޭން ރިޔާގެ މަންމަ ދުނިޔޭގައި ހުއްޓެވެ. އެހެންވުމުގެ ސަބަބުން ބޭީބ ސިޓާއަކު ރިޔާ އަށް މުހިއްމު ނުވިޔަސް ަދރިފުޅާއިގެން އެކަނި އުޅެންވީމަ އެއީ ކިާހ ވަރެއްގެ ބޮޑު ބުރައެއްކަން އިހުސާސް ކުރެވުނީއެވެ.
ރިޔާ އިރުކޮޅެއް ފަހުން އައީ ދެއަހަރުގެ އަންހެންކުއްޖަކު ގޮވައިގެންނެވެ. ރިޔާ އަކާއި
މާބޮޑު ތަފާތެއް ނެތެެވެ. ސްޓްރައިޕް މިޑީއަކާއި، ހެދުމާއިގުޅޭ ސްޓޮކިންއެއް ލައްވާފައިވާއިރު ދެކޭ ކޮންމެ މީހެއްގެ ހިްތ ލޯބިން އުތުރި އަރައިަގންނާެނ އެވެ. ފުރަތަމަ ނަޒަރުން ވެސް އަލީނާގެ ހިތްއެކުއްޖާއަށް ދެވިއްޖެ އެވެ.
“ހީވަނީ ކާޓޫނު ތަކުގައި އުޅޭފަދަ ކުޑަޕަރީގަނޑެއް ހެން. މޮޑެލާިހތްވަނީ…..” އަލީނާގެ އެ ޖުމްލަތައް ވީ ހިތުގައެވެ. ނިކީ ހުރީ އެސްފިޔަ ވެސް ޖަހައިލުމެއްނެތި ނެތި އެ ބޮޑުބޮޑު ދެލޮލުން ލަދުގަންނަވާ ފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ. ނިކީ އަށް އާ މީހަކާއި ބައްދަލުވެއްޖެއްޔާ، އެގޮތަށް ރަކި ވަންދެން ވެސް ކަޅިަޖހާނުލައި، ބަަލަން އިނުމަކީ ތުއްތު އިރުއްސުރެ އާދައެއް ކަމަށް ރިޔާ ބުނެލީ ހުނުމަކާއި އެކުގައެވެ. ހަގީގަތުގައި ވެސް އަލީނާ ރަކިވެ، ކޮންމެެވެސް ވަރަކަށް ކޯތާފަތަށް ރަތްކުލަ ފާއްދާލައިފި އެވެ. ކުޑަކުއްޖަކު ބަލައިލައިގެން އަލީނާ އެވަރަށް ރަިކވީމަ ރިޔާއަށް މަޖާވެގެން ހޭން ފަށައިފި އެވެ. ރިޔާހުރީ އެވާހަކަ އޭނަގެ ލޯބިވާ ފިރިމީހާ ގާތުގައި ދައްކާހިތުން ކެތްނުުކުރެވިފަ އެވެ.
ނިކީ އިނގިރޭސި ބަހުން އެއްޗެކޭ ބުނެލުމުން ރިޔާ ޖަވާބު ދިނީ ދިވެހިބަހުންނެވެ.
“އަލީނާ. އަހަރެމެން އެމެރިކާގައި ތިބެފައި އައީ ދާދި ފަހުން އެހެންވީމަ އަދި ނިކީއަކަށް ދިވެއްސެއް ނޭނގޭނެ. އެކަމަކު އަލީނާ ވީހާވެސް ވަަރަކުން ދިވެހިބަހަށް ފަރިތަކުރުވަން ދިވެހިބަހުން ވާހަކަދައްކާތި ިއނގޭ. ކުޑަކުއްޖެއް ވީމަ ނިަކން ފަސޭހައިން ނަގައިގަނެވޭނެ….” ރިޔާ އެކި ވާހަކަތައް ދައްކަމުން އަލީނާ ގޮވައިގެން ގޭގެ ދެވަނަ ބަޔަށްވެސް ދިޔައެވެ. ފެންނަ ކޮންމެތަނަކަށް އަީލނާއަށް ބެެލެމުންދިޔައީ އަޖައިބުވެފައި ހުރެއެވެ. މިއީ ހުވަފެނެއް ނޫންބާވައެވެ. ފިލްމުތަކުން ރީތި މަންޒަރުތައް
ފެނި ފަރިތަވެފައިވި ނަމަވެސް ދެލޮލުން މިަފދަ ތަނެއް ފެނުުމުން ކުރެވެނީ އެހެންކަަހަލަ އިހުސާސްތަކެވެ. ފިލްމުތަކުގެ އަސަރެއް ނެތްކަން އެނގެީނ ހަގީގަތާއި ކުރިމަތިލެވުނީމައެވެ. ރިޔާ މަތީބައިގެ ކޮޓަިރއެއްގެ ދޮރު ހުޅުވާލާފައި ނިކީގެ ކޮޓަރިއޭ ބުނުުމުން އަީލނާގެ ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ބޭބީ ފިޔާތޮިށކުލައިގެ ފަރުނީޗަރުތަކާއި އެކު އެލުވާފައިވާ ޗާންދަލިއާ ތަކަށް ދާންދެން ވަީނ އެކުލައިގަ އެވެ. ބޮޑު މާސިންގާ ކަބަޑުގައި ވާނީ ހެދުންތައްކަން ނޭންގެއެވެ. ނިކީ އާއި އެއް އިސްކޮޅުގެ ޓެޑީތައް އެނދުމަތީ ގަޔާއި ދޫަލމަތީގައި ވިހުރުވިފައި ހުއްޓެވެ.
“ނިކީ ބެެލހެއްޓުމަކީ އެހާ ބޮޑު މަސައްކަތެއް ނޫން. ސްކޫލުން އައުމަށްފަހު ނިކީ މެންދުރު ގަޑީގައި ކޮންމެވެސް ވަރަކަށް ިނދާލާނެ. ނިކީ ގޭގައި ނޫޅޭ ގަޑީގައި ބަދިގެއަށް ވަދެ ކޮޓަރިތައް ސާފުކޮށް އެހެިނހެން ކުދި ކަންތަކުގަިއ އެހީވާންވާނެ އިނގޭ. އަސްލު ބޭރު މީހުންނަށްވުރެ މާ ހިްތހަމަޖެހޭ ދިވެހިކުދިން މަސައްކަތް ކުރަން ތިބީމަ……” ރިޔާގެ ވާހަކައިން އަލީނާގެ ހިތް ތެޅިލި އެވެ. ވީއިރު އޭނަ މިގެއަށް އައީ ދަރިއަކު ބަލަހައްޓާ ީމހަކަށްވުރެ ބޮޑަށް ގެންގުޅޭ މީހެއްގެ ގޮތުގައެވެ. “ހައުސްމެއިޑް” އެ ނަމާއި މެދު އަލީާނ ފިކުރުކޮށްލައިފި އެވެ. ގޭގައި ގެންގުޅޭ މީެހއްގެ ހައިސިއްޔަތުން ނަމަވެސް އޭނަ މިގެއަށް އައި ބޭނުން ހާސިލުކުރެވިއްޖެއްޔާ އޭނަގެ ފަރުވާލެއް ނެތެވެ. ކޮންމެގޮތެއް ިވޔަސް މި ބޮޑު ގޭގެ ހަތަރު ފާރުން އެތެރޭގައި އޭނައަށް ހީވަނީ ހުރިހާ ކަމެއް ރަނގަޅުވާނެ ހެންނެވެ. ތަގުދީރު އޭނައާއި އިތުރު ސަމާސާއެއް ނުކޮށްފިއްޔާ ކޮންފަދަ ހެއްޔެެވެ؟
އަލީނާ، ރިޔާ ކިޔާހަިއ އެއްޗަކަށް ލައްބަ ކިޔާލަ ކިާޔލާ އިނީ ކިޔަމަންތެރި ޚާދިމާއެއް ފަދައިންނެވެ. ނިކަމެތި ކުއްޖަކަށް ވިޔަސް އޭނަގެ މަންމަ ވަނީ އަދަބު ކިޔަވާދީފައެވެ.
އަޚުލާގު ރަނގަޅު ކުއްޖަކަށް އޭނަވުމުގެ ހުރިހާ ތަޢުރީފެއް ޙައްގުވަނީ އޭނަގެ މަންމައަށެވެ.
“އެކަމަކު އަދި އެންމެ މުހިންމު ވާހަކަ ނުބުނެވި މިވަނީ. ނިކީ ީޕނަޓަށް އެލާޖިކް. ވީމަ ނިކީއަށް އެއްވެސް އެއްޗެއް ކާންދޭން ވާނީ އަހަރެންގެ ގާތުގައި ބުނެލާފައި އިނގޭ. ޕީނަޓްހުރި އެއްޗެއް އެތެރެހަށްޓަށް ހިނގައްެޖއްޔާ ނިކީ މަރުވެސް ވެދާނެ. އެހެންވީމަ ވަރަށް ވިސްނަންވާނެ. އޯކޭތަ؟ ނިކީ އަކީ އަހަރެމެންގެ ފުރާނަ….” ރިޔާ ނިކީގެ ކޯތާފަތުގައި ބޮސްދިނުމަށް ފަހު ދާން ހިނަގއިގަތެވެ. އަލީނާ ވިސްނަން ފެށިއެވެ. މުއްސަނދި މީހުން އެމީހުންގެ ދަރިން ހިލޭމީހުން ލައްވާ ބަލުވަނީ ދަރިންދެކެ ލޯބި ނުވާތީ ބާވައެވެ. ވަގުތެއް ނުދެވެނީ ކީއްވެާބާވައެވެ. ހިލޭމީހުންގެ އަތްދަށަށް ލޯބިވާ ދަރިން ދޫކޮށްލާއިރު ޖެހިލުމެއް ނުވަނީ ހެއްެޔެވެ؟ އެ ލޯބި ާ މާނަކުރަންވީ ގޮތެއް އަލީނާއަކަށް ނޭނގުެނވެ. ފުރާނަ ރައްކާތެރިކަމާއި އެކު ގެންގުޅެން ދުވަހަކު ނުދަންނަ ބީރައްޓެއްސަކާއި ހަވާލުކޮށްލުމަކީ ލޯބިހެއްޔެވެ.؟ އޭނަގެ ދަރިއެއް ހުރެއްޖެއްޔާ ހިޔަނިފަދައިން ގާތުގައި ގެންގުޅޭނެ އެވެ. ގާތް މީހަކަށް ވެސް ިއތުބާރެއް ނުކުރާނެއެވެ. އަންހެންކުދިންނަކީ އެހާވެސް ބޮޑު އަމާނާތެކެވެ. ކުއްލިއަކަށް މާޒީގެ ހަނދާނެއް ފްލޭޝްއެއް ފަދައިން ފެނިފައި ގެއްލުނެވެ.
ނިކީ އާއި އެކުވެރިވާން މާގިނަ ވަގުތެއް އަީލނާ ނުނެގި އެވެ. ނިީކ ގެ ތުއްތު ބަހުރުވައިން ހުއްޓުމެއް ނެތި އަނގަ ތަޅުވާތަން ބަަލަހައްޓައިގެން ިކތަންމެ ިގނަ އިރެއް ވަންދެން ވެސް އަލީނާ އަށް އިނދެވިދާނެއެވެ. އެހާވެސް އެ ތުއްތު ނިކީ ލޯތްބެވެ. އަލީނާއަށް ނިކީއަކީ ދުނިޔޭގައިވާހާ ރީތި ސިފަތަކެއް އެއްކޮށްލައިގެން ހުރި ކުއްޖެއްކަން އެނގުނެވެ. ބެލިބެލިެހން ރީިތިވެ، އަލީނާގެ ހިތުގަިއ ނިކީގެ ލޯިބ
ފުންވަމުން ިދޔައެވެ. އަލީނާ ވެސް ކުޑަކުއްޖަކަށް ވެގެން ނިކީއާއި އެކު ކުޅެން ފޫހިކަމެއް ނެތި ިއނެެވެ. ނިކީ އާއި ބައިވެރިވެގެން އަލީނާއަށް ވެސް ހީގަނެވެއެވެ. އިރު އޮއްސުމުން އޭނަ ނަމާދުކޮށްލައި ހަދަިއގެން ނިކީ ގޮވައިގެން ކާކޮޓަރިއަށް ދިޔައެވެ. މިބޮޑު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީ އަލީނާ ކުޑަކޮށް ނުތަނަވަސްވާ ގޮތްވިއެވެ. މިގޭގައި އިތުރުބަޔަކު ނޫޅެނީކަންނޭންގެ އެވެ. ނޫނީ އެންމެން ސްވިޒަރލޭންޑު ފަދަ ތަނެއްގައި ޗުއްޓީ ހަދާލަނީކަންނޭނގެއެވެ. އެތައް މިލިއަން ރުފިޔާގެ ޗުއްޓީއެއް ހޭދަކޮށްލުމަކީ މިމީުހންނަށް މާބޮޑު ކަމަކަށް ވާނެއެކޭ އަލީނާގެ ހިތެއް ނުުބުނެއެވެ. ފައިސާ ޖަހާ މެޝިން ތަކެއް ގެންގުޅެނީ ނޫންކަމެއް ވެސް ނޭނގެއެވެ. ިރޔާ ނިކީއަށް ކާންދޭން ފަށަމުން އަީލނާ ގާތުަގައި އެދުނީ ބަދިގެއަށް ވަދެ ކައިގެން ކޮޓަރިއަށް ދިޔުމަށެވެ. އަލީާނގެ ކޮޓަރި ހުންަނަނީ ނިކީގެ ކޮޓަރިއާއި ޖެހިގެްންނެވެ. އެކޮޓަރި އަކީ ނިކީގެ ނެނީ އުޅެން ތައްޔާރުކޮށްފައިވާ ތަނެއްހެްން ހީވެއެވެ. އެކޮޓަރި ވެސް އެހާ ހިތްގައިމެވެ.
އަލީނާ ކޮޓަރިއަށް ވަދެ އެންމެ ފުރަތަަމ ވެސް ކޮޓަރީގެ ކުޑަދޮރުގެ ތަންޑުތައް ރަނގަޅަށް އަޅާފައިހުރިކަން ޔަީގންކުރި އެވެ. ހުރިހާ ދޮރުތަކުގައި ތަންޑުއަޅުވާފައި އެވަރުން ނުވެގެން އޭނަ އަލަމާރި ހުޅުވާފައި ވެސް ބެލިއެވެ. އެނދުގެ ތަންދޮށުގައި ވެސް މީހަކު ފިލައިއޮވެދާނެކަމުގެ ބިރުގައި ކުއިލްޓް އުފުލާލާފައި ބެލުނެވެ. ފާޚާނާތެރެ ވެސް ބަލާފައި އެވަރުން އަލީާނގެ ހިތްހަަމޖެހުނީކަން ނޭނގެއެވެ. އޭނަ ޝޯލްގައި ޖަހާފައިވާ ދަތިތައް ނައްޓަން ފެިށއެވެ.
“އިރާދަކުރެއްވިއްޔާ ރިޔާމެންނަކަށް އަހަރެންގެ މާޒީގެއެންމެ ސަފުހާއެއް ވެސް ނޭނގޭނެ. އެނގިއްޖެ އްޔާ ވަގުތުން މިގެއިން ނެރެލާނެ. އޭރުންވާނެ ގޮތެއްވެސް
ނޭނގޭ…..” އަލީނާ އިރުކޮޅެއް ވާންދެން އެނދަށް ވެއްޓިގެން ބާލީސް ތެރޭގައި މޫނު ފޮރުވައިގެން ހިމޭނުން އޮތެވެ. ދާއިމަށް ފެންނަ ހުވަފެންތައް ިމރޭ ނުފެނުނިއްޔާ ރަނގަޅު ވާނެއެވެ. ރަނގަޅަށް ނުނިދޭތާ ވީ ދުވަހެއް ވެސް ނޭނެގއެވެ. ނަމަވެސް އިރުކޮޅަކުން ވަޔާއިއެކު ކުޑަދޮރުފަތް ތެޅިލި އަޑަށް އަލީނާ ސިހިަފއި ދޮރާއި ދިމާއަށް ބަލައިލި އިރު އެ ޅަިހތް ރޫރޫ އަޅަމުން ދިަޔއެވެ. އަލީނާ ތެދުވެ އެނދުމަތީގައި އިށީންތަނާެހެން ދޮރުފަތުގެ ތަޅުގައި މީހަކު ހިފައިލިހެން ހީވިއެވެ. ހީވުމެއް ނޫނެވެ. މީހަކު ތަޅުގައި ހިފަިއ އަނބުރާލަންފަށައިފިކަން އަލީނާއަށް ޔަީގންވި އެވެ. އަލީނާ ފުންމައިގެން ގޮސް ހަރުގައި އަޅާފައި އޮތް ޝޯލް ނަގައި ބޮލާއިއެކީގައި އެޅިތަނުން ކޮންމެވެސް މީހަކުދޮރު ހުޅުވައިލާފައި ވަެނެވެ. އަލީނާގެ ކަރުތެރެއިން ނިކުތް ހަޅޭކުގެ އަޑުން ކޮޓަރީގައިވި ފުން ިހމޭންކަން މުގުރާލައިފި އެވެ. ކޮޓަރިއަށް ވަދެގެން އަީއ ރީތި އަންހެނެެކވެ. ފަނޑު އަީލގެ ތެެރއިްނެވސް އޭަނާގެ ދެލޮލުގެ ތޫނުކަން އަލީނާގެ ހިތް ތޮރުފާލަ ިއފިއެވެ. އަލީނާގެ މޭގަނޑު ނެގިނެގިފައި ޖެހެން ފެށިއެވެ. މިއީ ކާކުބާވައެވެ. ޒީބާ އަިމއްލައަށް އޭނަ އަކީ ނިކީގެ މާމަކަމުގައި ބުނެ ތައާރަަފުވުމަށްފަހު އެންގީ އެކޮޓަިރން ނިކުމެގެން ގޭގައި ގެންގުޅޭ މީުހން ިތބޭ ބަޔަށް އަލީނާ ބަދަލުުވުމަށެވެ. އަީލނާ ދަބަހަށް އޭނަގެ ސާާމާނުތައް ލުމަށްފަހު ޒީާބގެ ފަަހތުން ނިކުމެެގން އައިއިރު ހިތަށް ކިތަންމެ ވަރަކަށްވެސް ތަދުވެ އަސަރު ކޮށްފައި ވެއެވެ.
3 Comments
Comments are closed.
hope u ‘l like it….. [dear readers.. :]
dear riaa… hw do u knw im not aisha
Already read this story..vaahakaige nan badhalu koffa …..