“އެއްސަހަރެއްގަ އުޅުނިއްޔޯ ފަންމިނި އަންހެން ކުއްޖެއް..އެއީ ޔައްލު ކިޔާ ކުއްޖެކޯ..ކަނޑިއަކާ ލިބާހަކާ ލައިން އެކުއްޖާ މި އިނީ އަތިރިމަތީގަ..އިނދާ މި އަންނަނީ ލުވެއިޒް ކިޔާ ފިރިހެން ކުއްޖެއް..އެކުއްޖާ އައިސް ބުނަނީ ޔައްލު ކައިރީ ކޮލަށް ދޮނެއް ދެއްވާށޭ..” އަތުތެރޭގައި އޮތް ޔައިނާއަށް ވާހަކަ ކިޔައިދެމުން ދިޔަ ލުވެއިޒް ޔައިނާ ގެންގުޅުނީ ކުޑަކުއްޖެއް ފަދައިންނެވެ. އޭނާގެ މޮޅު ވާހަކަ ނިންމާލަމުން އޮށޯވެ އޮތް ޔައިނާގެ މޫނާ އޭނާގެ ކޯ ކައިރިކޮށްލިއެވެ. “ދެއްވާ އުންމައެއް..” ޅަ އަޑަކުން ލުވެއިޒް ބުނެލިއެވެ. ” އޯ ޕްލީސް..ދެން […]