އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 27
ސާރާ, ސޮސެޖްތަކުގައި މިރުސްލުމަށްޓަކައި ތައްޔާރުވެލިއެވެ. ނަޢުހާ އެއްވެސް އެއްޗެކޭ ނުބުނެ އިނެެވެ. ފަޒީލްވެސް ސާރާ ކުރަމުންދާ ކަންތަކަށް ފަރުވާތެރި ކަމާއެކު ބަލަން އިނެެވެ. ސާރާގެ ކޮންމެ ހަރަކާތެއް ފަޒީލްގެ ހިތުގައި ބިންވަޅު ނަގަމުންދެއެވެ. ސޮސެޖްގައި މިރުސް ލުމަށްފަހު އަތް ދޮވެލައިގެން އެބަ އަންނަން ކަމަށް ބުނެ ސާރާ ގޮނޑު ދޮށަށް ފޭބިއެވެ. އަދި އަތް ދޮވެލައިގެން އެއްގަމަށް އައި އިރު ފަޒީލް އާއި ނަޢުހާ ފެންނަން ނެތުމުން ކަންތަށް ބޮޑުވިއެެވެ.
މަޑުމަޑުން ހޭޅި ފަށުން ހިނގަމުންގޮސް ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން ކުޑަކޮއް ގަސްތަކުގެ ތެރެއަށް ބޯ ދިއްކޮއްލިއެވެ. އެއާކު ސާރާގެ ދެލޯ ބޮޑުވިއެވެ. ހީވީ ކަންކަށިމަތީ މީހަކު އެތި ފަހަރެއް ޖެހިހެންނެވެ.
ނަޢުހާ ފަޒީލްގެ ގައިގަ ވަށައިގެން ބައްދައިގެން އޮތްއިރު ފަޒީލް މަސައްކަތް ކުރަމުންދިޔައީ ނަޢުހާގެ އަތް ނައްޓުވާލެވޭތޯއެވެ. އެހެންނަމަވެސް ނަޢުހާ ހިފަހައްޓާފަ ހުރިލެއް ބާރުކަމުން އެކަން ވާ ގޮތެއް ނުވިއެވެ. ސާރާގެ ދެލޮލަށް އެ މަންޒަރު ފެނުމުން މީހާ ތުރުތުރު އަޅަމުންދިޔައެވެ. އެހެންނަމަވެސް ސާރާ ކެތްތެރިކަމާއެކު މަސައްކަތް ކުރީ މިވަނީ ކީއްކަން ހޯދާފަ ނޫނީ އެތަނުން ނުދިއުމަށެެެވެ. ޝާމިންއަކީ ސާރާގެ ބޭބެއެއް ކަހަލަ މީހަކަށްވާއިރު ޝާމިންއާއި ނަޢުހާ ރައްޓެހިވެގެން އުޅެ, އެހެން މީހަކާ އެކަހަލަ ކަމެއް ސާރާގެ ކުރިމަތީ ހިނގުމުން އޭގެ ހަގީގަތް ބެލުމަކީ ސާރާގެވެސް ޒިންމާއެއްކަން ސާރާ ހިތުން ގަބޫލުކުރެވެ.
ނަޢުހާ, ކިހިނެއް ވެގެންތަ ތިއުޅެނީ، ޕްލީޒް ތިޔަ ދުރުގަ ހުރެބަލަ, މީހަކަށް ފެނިދާނެ, ޝާމިންވެސް އައިސް ދާނެ, އެހެންނޫނަސް ސާރާ މިހާރު އިންނާނީ އެކަނި, ނަޢުހާ މަށަށް ގޮވީ ތިކަހަލަ ކަމަކަށް ކަން ކުރިން އެނގުން ނަމަ ނުވެސް އަންނާނަން” ފަޒީލް ގަދަކަމުން ނަޢުހާގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. ފަޒީލްގެ މޫނުމަތިން ފެނުނު ރުޅިވެެރިކަމަކީ މީގެ ކުރިން ދުވަހަކުވެސް ފެނުނު ރުޅިވެރިކަމެއް ނޫނެވެ.
” ސާރާ ސާރާ،, އެންމެންވެސް ސާރާ, ކިހާ ވަރުގަދަ ސާރާއެއް މީ، މާ ސާރާވެފަ އުޅޭއިރު ތިއީ އަހަރެންނާ ގުޅުން ނުހިންގާ މީހަކަށް ނުވާނެ, މާ މާތް މީހަކަށް ވާން އުޅޭނެ ކަމެއް, ކިތަށް ރޭ އަހަރެންނާ އެކީ ނިދާނީ، މި ހަށިގަނޑުން ކިތަށް ރޭ އުފާހޯދާނީ” ނަޢުހާގެ ކޮންމެ ޖުމްލައަކުން ސާރާއަށް ހީވީ ސާރާގެ ބޮލުގައި މީހަކު ގަދަފަދަ އެއްޗަކުން ޖަހާހެންނެވެ. ޝާމިން އާ ދޭތެރޭ ވިސްނާލެވުނީ ނަޢުހާގެ ދުލުން ނަޢުހާގެ އުޅުން ކިޔާލުމުންނެވެ. އަދި ނަޢުހާގެ އާއިލާގެ މީހަކޭ ކިޔައި ތައާރަފް ކުރުވީ ހާދަ މަކަރު ގަދަ ވީމައޭ ސާރާ ހިތާ ހިތުން ބުނެވުނެވެ.
އިސާހިތަކު ސާރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ޝާމިންއަށް އަންގާނެ ގޮތަކާ ދޭތެރޭ ވިސްނާލެވުނެވެ. ޝާމިންއަށް ހަގީގަތް އެނގިއްޖެނަމަ ޝާމިންގެ ހިތް ހަލާކުވާނެ ކަން ސާރާއަށް ރަނގަޅަށް އެނގެއެެވެ. އެނބުރި ދާން އުޅެފަވެސް ސާރާ މަޑުކޮއްލީ ފަޒީލް ވާހަކަދައްކާ އަޑު އިވުމުންނެވެ.
“ބުނަން ނަޢުހާ ވާހަކައެއް, ފާއިތުވި ކަންތަކުގެ ވާހަކަ ނުދައްކާ, އަހަރެންނަށް އަހަރެންނަށް ކުރެވުނު ކުއް އިހްސާސް ކުރެވި, ތަޢުބާ ވެއްޖައިން, މީހަކު ތަޢުބާ ވުމަށްފަހު އެމީހެއްގެ މާޒީގެ ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ނޫން” ފަޒީލް ނަޢުހާއާ ފުރަގަސްދެމުން ބުނެލިއެވެ. ފަޒީލްގެ ވާހަކައިން ނަޢުހާގެ ދެލޯ ބޮޑުވިއެވެ. ކުއްލި އަކަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެގެންބާއޭ ނަޢުހާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ފަޒީލް ބަދަލު ނުވާނޭ ނަޢުހާގެ ހިތް ގޮވަމުންދިޔައެވެ.
” ތިހެން ބުނީމާ އަހަރެންވީ ގަބޫލް ކުރަންތަ، އަހަރެން ކައިރިއަށް އަންނަ މީހަކަށް އެހާ ފަސޭހައިން ސަލާމަތް ވާނީ ކިހިނެއް, ބޭނުން އިރަކު މި ހަށިގަނޑުން އުފާލިބޭނެ، މިކަހަލަ ފުރުސަތު ހިލޭ ލިބިފަ އޮއްވާ މީހަކު އިސްލާހުވާނެތަ, ޔަގީން ކޮންމެސް ދިމާލަކަށް ނަނު އެއްލަން ވެގެން އިސްލާހުވީ ކަމަށް ހެދުނީދޯ, ބަލަ މަ މީ މޮޔައެއް ނޫނޭ, ޔަގީން ތިޔަ އުޅެނީ އެ ސާރާގެ އަވައިގައި ޖެހިގެން, އޭނަޔާ އެކީ ގަޑެއް ގަންނާނެ ގޮތް ނޭނގިގެން” ނަޢުހާ ފަޒީލްއަށް ނިސްބަތްކޮށް ކީ ކޮންމެ ލަފްޒަކަށް ފަޒީލް ދިޔައީ އޭނާގެ ރުޅި ކޮންޓްރޯލް ކުރަމުންނެވެ. އެހެންނަމަވެސް ސާރާއާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ބުނުމުން ފަޒީލްގެ ރުޅި ކޮންޓްރޯލް ނުކުރެވުނެވެ.
ނުވިސްނާ ހުރި ނަޢުހާ ސިއްސައިގެން ދިޔައީ ފަޒީލް އަތުގެ ހޫނު ހަމަލާއެއް ނަޢުހާގެ ކޯތާފަތަށް އެރުމުންނެވެ. ގަބޫލްނުކުރެވިފައި ފަޒީލްއާ ދިމާލަށް ނަޢުހާއަށް ބަލާލެވުނެވެ. ސާރާވެސް ސިއްސައިގެން ދިޔައީ ފަޒީލް އެފަދަ ކަމެއް ހީ ނުކޮއް ހުއްޓާ ކުރުމުންނެވެ. ނަޢުހާއަށް ހައްގު ކަމެކޭ ސާރާ ހިތާ ހިތުން ބުނެވުނީ ސާރާ ނަމަވެސް އެގަޑީގައި ކަންތަށް ކުރެވޭނީ އެހެންނޭ ހިތަށް އެރުމުންނެވެ. ސާރާވެސް ހުރީ ނަޢުހާ ސާރާއޭ ކިޔައިގެން އެފަދަ ވާހަކައެއް ދައްކާނެ ކަމަކަށް ނޫނެވެ. ކުރިން ޝާމިންއަށްޓަކައި މާފުކުރަން ވިސްނި ނަމަވެސް އެފަދަ ގޮތަކަށް ވުމުން ސާރާގެ ކައިރިއަށްވެސް ރުޅިއައެވެ.
” ޙަބަރުދާރު, ކަލޭގެ ތިޔަ އަނގައިން ސާރާއޭ ކިޔާފަ އެންމެ ލަފްޒެއް ބުންޏަސް އަހަރެންނަށް ވެސް ކަންތަށް ކުރެވޭކަން ދައްކާލާނަން, އަދި ޝާމިންއަށް ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން، އަދި ބުނަން އަހަރެންގެ ކައިރީގައި ބުނި ކަންތަކެއްވެސް ނުކުރާނަން, އެއީ ކުށެއްނެތި ސާރާއަށް ދެރަގޮތެއް ހަދަން އަހަރެންގެ ހިތް އެއްބަސް ނުވާތީ, އަދި ބުނަން މިއަދު އަހަރެން ތިގެއިން ވެސް ނުކުންނާނަން, މީހުންނޭ ކިޔައިގެން ވާހަކަ ދައްކާއިރު ފުރަތަމަ ތިމާ ބަނޑުއަޅާ ވިހޭ މައިމީހާއަށާއި ބައްޕައަށް އިހްތިރާމްކޮއްބަލަ, ތިމާދެކެ ހަގީގީ ލޯބިވާ މީހާއަށް ވަފާތެރި ވެވޭތޯ ބަލައިބަލަ، އަހަރެން ގަބޫލް ކުރަން އަހަރެންނަށް އުޅެވުނީ ރަނގަޅަކަށް ނޫންކަން، ޝާމިންގެ ބައިވެރިއެއްކަން އެނގިހުރެ އަހަރެންނަށް އެ ފާފަ ވެސް ކުރެވުނު, އެކަމަށްޓަކައި މާފަށް އެދެން, އެކަމް މިއަދު ﷲގެ އިރާދަފުޅުން ހެވާއި ނުބައި, އަދި ރަނގަޅު މީހުންނާ މަކަރުވެރިން އެނގިއްޖެ, މިވަރުން ފުއްދާލާ”
މިހެން ބުނެ ފަޒީލް އެތަނުގެ ވަލުތެރެއަށް ދެވެން އޮންނަ މަގަކުން ދިޔައެވެ. ނަޢުހާ ކޯތާފަތުގައި އަތް އަޅައިގެން އެތަނުން ނުކުންނަން ދިޔައީ ފަޒީލްއަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެ ކަމާމެދު ވިސްނަމުންނެވެ. އަދި ސާރާގެ ހާލު އެއަަށް ވުރެ ބޮޑެެވެ. ފަޒީލްގެ ދުލުން އެކަމެއް ނުކުރާނަމޭ ބުނުމުން ސާރާގެ ހިތުގައި ފަޒީލް އެބުނި ޖުމްލައާ މެދު އެތަކެއް ސުވާލެއް އުފެދުނެވެ. އަދި ނަޢުހާ ކުރަން ބުނެގެން އެ އުޅުނީ ކޮން ކަމަކާބާއޭ ވިސްނަމުންދިޔައެވެ. ސާރާ ނަޢުހާވުރެ ކުރިން ދުވެފަ ގޮސް, ކުރިން އިން ތަނުގައި އިށީނދެގެން އިނެވެ. މޫނުމަތިން ކަމެއްވީކަން ނުދައްކާ ވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
އިރުކޮޅެއްނުވެ ދަރު ހޯދަން ދިޔަ މީހުން އެނބުރި އައެވެ. އެމީހުން އައުމާއެކު އަލިފާން ގަނޑެއް ޖަހައި ސޮސެޖް ފިހުމައިގެން އުޅުނެވެ. ސާރާ އިރުކޮޅަކާ ފަޒީލްގެ މޫނަށް ބަލާލެވެެ. އެ ސުވާލުތަކުގެ ޖަވާބު ދެވޭނީ ހަމައެކަނި ފަޒީލްއަށްކަން ސާރާގެ ހިތް ބުނަމުންދިޔައެވެ. އެހެންކަމުން ކޮންމ ގޮތެއް ހަދާފަ ނަމަވެސް ފަޒީލް އާ ވާހަކަ ދައްކަން ސާރާ އަޒުމް ކަނޑައެޅިއެވެ. ނަޢުހާ އެކަމެއް ހިނގީންސުރެ އިންނަނީ ވަރަށް ބަސްމަދުވެފައެވެ. ޝާމިން ސުުވާލުކުރީމަވެސް ކަމެއް ނުވާ ކަމަށް ބުނެ ވާހަކަ އޮޅުވާލައެވެ. މޫދަށް އެެންމެން އެރުން އިރުގައިވެސް ނަޢުހާ ގަސްދޮށުގައި އިނެވެ. ބެލެވޭ ގޮތުގައި އޭނަ ވިސްނަމުންދަނީ ވަރަށް ބޮޑު ކަމަކާއެވެ.
މޫދުގައި ތިބި އެެެންމެން އެއްގަމަށް އެރުމާއެކު ނަޢުހާ އެ އިންތަނުން ތެދުވެ އެއްގަމަށް އަރައިގެން އައި ޝާމިން ކައިރިއަށް ހުއްޓުނެވެ. އަދި ޝާމިންގެ އަތުގައި ހިފައިގެން ސައިކަލާ ދިމާލަށް މިސްރާބު ޖެހިއެވެ. އަރުޝްވެސް ސާރާގެ އަތުގައި ހިފާލައިގެން ސައިކަލާ ދިމާލަށް މިސްރާބު ޖެހިއެވެ. ހަމީދުވެސް ފަޒީލްއާ އެކު ގޮސް ސައިކަލަށް އެރިއެވެ. ސާރާއަށް އިރުކޮޅަކާ ފަޒީލްއަށް ބަލާލެވެނީ ފަޒީލްގެ މޫނުމަތިން ފާހަގަވާ ހިތާމަވެރި އަސަރެއް ހުރީމައެެވެ. އިރުކޮޅަކާ ނަޢުހާއަށް ބަލާލެވެނީ ޝާމިންގެ ކައިރީގައި ނަޢުހާ ޖައްސާ އެކްޓިންގް މޮޅުކަމުންނެވެ.
ހަގީގަތުގައި ސާރާ ނަޢުހާދެކެ އަންނަން ފެށީ އަމަށަކު ރުޅިއެއްނޫނެވެ. ހެކި ހޯދައިގެން ނޫނީ އެކަހަލަ ކަމެއް ޝާމިން ގަބޫލް ނުކުރާނެކަން އެނގޭއިރު, ނަޢުހާ އެކަން ދޮގުކުރަން ކޮންމެ ފަދަ ދަށު ދަރަޖައަކަށް ވެސް ވެއްޓޭނެކަން ސާރާ ގަބޫލްކުރެއެވެ. އަނެއްކޮޅުން ނަޢުހާ މަސައްކަތް ކުރަމުންދިޔައީ ފަޒީލްގެ ކިބައިން ބަދަލު ހިފާނެ ގޮތަކާމެދުއެވެ. ނަޢުހާގެ ކޮންމެ ހަރަކާތަކަށް އަޅަކު ފަދައިން ތަބާވި ފަޒީލް މިއަދު އެކުރި ކަމަކީ ކުރިއަށް އޮތްތަނުގައި ދިން ނުރައްކާތެރި އިންޒާރެއްކަން ނަޢުހާގެ ސިކުނޑި ބުނެދެމެންދިޔައެވެ. އެހެންކަމުން ޝާމިންއާ ހަމައަށް އެވާހަކަ ދިއުމުގެ ކުރިން ފަޒީލްއަށް ދޭނެ ކޮންމެސް ގެއްލުމެއް ހިތުގައި ރާވާލިއެވެ.
“ނޫނޭ, ކުޑަދުވަސް ކޮޅަކަށް, އޭގެ ފަހުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް މި ބަލަނީ” ފަޒީލް ފޯނަކަށް ވާހަކަ ދައްކަމުން ބުނެލިއެވެ. އަދި ފޯނު ބާއްވާލީ އިތުރު ފޯނެއް އަންނާތީއެވެ.
ފަޒީލް މޫދުން ގެޔަށް ދިޔަގޮތަށް ވަނީ އެއްޗެހި ހިފައިގެން އެގެއިން ނުކުމެފައެވެ. އެގެއިން ނުކުމެގެން ދަމުން އެއްވެސް މީހެއްކައިރީ ފަޒީލް ނުބުނެ ދިޔައީ އެވަގުތު ގޭގައި މީހަކު ނެތުމުންނެވެ.
ރޭގަނޑުގެ ނުވައެއް ޖަހާއިރެވެ. ފަޒީލް ފޯނުގައި ހުރެެގެން މެގްނަމެއް ގަނެގެން އެ ބޮމުން ނުކުތެވެ. ކުއްލިއަކަށް މީހެއްގެ ގައިގަ ޖެހިފައި, ފަޒީލް އަތުގައި އޮތް މެގްްނަމް ވެއްޓުނެވެ. ފަޒީލް ކިހިނެއްހޭ ތިހެދީ. ބުނެ އެ ވެއްޓުނު މެގްނަމް ނަގަން ގުދުވިއެވެ. އެހެންނަމަވެސް ކުއްލި އަކަށް ފަޒީލްގެ ހަރަކާތަށް ހުއްޓުމެއް އައީ ކައިރިން ސާރާގެ އަޑުއިވުމުންނެވެ. އެ މެގްނަމް ނަގަން ނޫޅެ ފަޒީލް ގެއާ ދިމާލަށް ހިނގައިގަތެވެ.
” ފަޒީލް މަޑުކޮއްބަލަ” ސާރާގެ އެ ޖުމްލައިން ފަޒީލްގެ ފައިގައި ތަޅު އެޅުވުނު ކަހަލައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާނެ ހިތްވަރު ފަޒީލް އަކަށް ނުލިބުނެވެ. އެހެންކަމުން އެ ހުރި ތަނުގައި އިސްޖަހައިގެން ހުރީއެވެ.
” ނަޢުހާ ކޮބާ؟” ސާރާގެ އެ ސުވާލުން ފަޒީލް ސާރާގެ މޫނަށް ބަލާލިއެވެ.
” ނޭނގެ” އެގެއަކު ނޫން މިއުޅެނީ, ކިހިނެއްވީ” ފަޒީލް ނާހަން ހުރެފަވެސް އެ ސުވާލު ކޮއްލީ ނަޢުހާ ކޮބާތޯ އަހާނީ ކޮންމެސް ކަމެއް ވީމަަކަން ވިސްނުނީމައެވެ.
” ކަމެއްނުވޭ, އެކަމަކު އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން، ވަގުތު ކޮޅެއް ލިބިދާނެތަ” ސާރާގެ އެ ސުވާލުން ފަޒީލްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.
” ހަމަ ބުނަންވީ” ފަޒީލް އެހެން ބުނުމާއެކު ސާރާ އެކޮޅަށް ދިއުމަށް އިޝާރާތް ކޮއްލިއެވެ. ފަޒީލްއަށް މި ވާން އުޅެނީ ކީއްކަން ނޭނގުނެވެ. އެހެންނަމަވެސް ސާރާ އަތް ދިއްކޮއްލި ދިމާލުގަ ގޮސް މަޑުކޮއްލިއެވެ. އެވަގުތު އެހިސާބުގައި މީހުންމަދެވެ.
” އަހަރެން ހިޔެއްނުކުރަން ފަޒީލް ތީ ތިކަހަލަ މީހެއްކަމަކަށް, އަންހެން ކުއްޖަކާ އެކީ އެކަހަލަ ގުޅުމެއް ހިންގަން އުޅޭއިރު އެއްވެސް ވަރަކަށް ނުވިސްނަންތަ އޭނަޔަށް ވާނެ ވަރެއް, ނަޢުހާ އަހަރެންނަށް ކިޔައިދީފިޔޭ ފަޒީލް އެގޭގަ ހުރެ އޭނަޔާ ބެހެން އުޅުނު ވާހަކަ” ސާރާ ހިތްވަރުކޮއްލާފައި އެވަރުގެ ބޮޑު ދޮގެއް ހެދީ ހަގީގަތް ހޯދަން އެ ނޫން ރަނގަޅު ގޮތް ނުފެނުނީމައެވެ. އެއްވެސް ޖެހިލުމެއް ނެތި ކިޔައިދޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ
ސާރާގެ ބަސްތަކުން ފަޒީލްގެ ހިތް ހީވީ ކުދި ކުދި ވިހެންނެވެ. އައި ރުޅިން ފުރަގަސް ދިނީ ސާރާއަށް އެ ރުޅި ނުދެއްކުމަށެވެ. އެހާ ބޮޑު ދޮގެއް ހެދީތީ ދެން ނަޢުހާ ދޫނުކުރާށޭ ފަޒީލްގެ ހިތް ފަޒީލްއަށް ވަސްވާސް ދޭން ފެށިއެވެ.
” އޭނަ އެހެން ބުނުމާއެކު ސާރާއަށް އެކަން ގަބޫލް ކުރެވުނީދޯ, ވަރަށް ރަނގަޅު, އޭނަގެ ބަސް އަހައިގެން ހުރޭ, މާ ގިނަ ދުވަހެއް ނުވެ ސާރާގެ ދުވަސް އޭނަ ދުއްވާލާނެ, އަދި ސާރާގެ ލޯބިވެރިޔާ އަރުޝްއަކީ އޭނަގެ ބައިވެރިއަކަށް ހަނދާނެ” ފަޒީލްގެ ރުޅިގަނޑުގައި ހުރެ ދުލުން ނިކުތް ކޮންމެ ޖުމްލައަކުން ސާރާއަށް ހީވީ ސާރާގެ ހިތުގައި ތޫނު އެއްޗަކުން ކަފާލިހެންނެވެ. ފަޒީލްއަށް އެހާ ބޮޑު ޕްރެޝަރެއް ކުރި އިރު އެވަރުގެ އެއްޗެއް އިވިދާނެ ކަމަކަށް ސާރާ ހިޔެއް ނުކުރެވެ. އަދި ކީކޭހޭ ތިބުނީ ކިޔާ ފުރަގަސް ދީގެންހުރި ފަޒީލްގެ އަތުގައި ހިފާ ސާރާއާ ދިމާލަށް އަނބުރާލިއެވެ. އޭރު ސާރާގެ ލޯ ވަނީ ފެންކަޅިވެފައެވެ.
” އާނ, ސާރާ އެކްސިޑެންޓް ކޮއްގެން މަރާލަން ހަވާލުކުރީ މަށާ, އަހަރެން ކިތަންމެ ނުލަފާކޮށް އުޅުނަސް މީހެއްގެ ފުރާނަޔާ ކުޅޭނީ ކިހިނެއް” ފަޒީލްގެ އަޑު ހިސާބަކަށް މޯޅިވިއެވެ.
“ކީއްވެ ނަޢުހާ އަހަރެންނަށް އެހެން ހަދަން އެ އުޅެނީ, އަހަރެން އޭނަޔަކަށް އެއްވެސް ކަމެއް ނުކުރަން” ސާރާގެ އަޑުގައި ހިސާބަކަށް ތުރުތުރު ލުމެއް ފާހަގަވާން ހުއްޓެވެ.
” އޭނަ ބޭނުންވަނީ އަރުޝް, އަރުޝް ހާސިލްކުރާނެ މަގެއް ފަހި ކުރަން ޝާނިމްއާ ރައްޓެހިވީ, އޭނަ ބޭނުންވަނީ ޝާނިމްގެ މުއްސަނދިކަން، ސާރާ ތިޔަބުނިހެން އަހަރެން އޭނަޔަކާ ނުބެހެން, އަހަރެން ކުރި ކަމެއް ކުރީ އޭނަގެ ރުހުމުގަ, އެކަމް މިއަދު އަހަރެން ލަދުވެތިވަން އަހަރެންނަށް ކުރެވުނު ހުރިހާ ފާފަތަކަށް, އަހަރެން އަހަރެންގެ މައިންބަފައިންގެ ހިތުގަވެސް ވަރަށް ޖެއްސިން, އެކަމާ އަހަރެން ދެރަވޭ, އަހަރެން މިހަދަނީ ތެދު, އަހަރެން މާލެ ނުދާންވެގެން މި މަޑުކުރަނީވެސް ނަޢުހާ ސާރާއަށް ކަމެއް ކޮއްފާނެތީ” ފަޒީލްގެ ވާހަކަ އިވި ސާރާއަށް އަމިއްލަ ބޮލުގައި ދެފަރާތުން އަތް އަޅާލެވުނީ ބޮލަށް ކުރި ބާރަކުންނެވެ. ހިތަށް ލިބުނު ޒަހަމަކުންނެވެ.
” ސޮރީ، އަސްލު ނަޢުހާ އަހަރެން ކައިރީ އެއްވެސް އެއްޗެކޭ ނުބުނެ, އަހަރެންނަށް މިއަދު ތިދެމީހުންގެ ދެމެދުގަ ހިނގި ކަންތަށް އެނގުން, އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލަށް އަވަސް ޖަވާބެއް ހޯދުމަށް އެވަރުގެ ދޮގެއް ހެދީ, ފަހަރެއްގަ ވެސް ހިޔެއް ނުކުރަން ނަޢުހާ އެހާ ދަށު ދަރަޖައަށް ވެއްޓިދާނެ ކަމަކަށް” ސާރާ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ބުނެލިއެވެ. އަދި ހިތްވަރު ކޮއްލާފައި އަނެއްކާވެސް ވާހަކަ ފެށިއެވެ.
“އަހަރެން ދެން ބުނެލަން އޮތީ ފަޒީލްއަށް ރަނގަޅު ގޮތާއި ނުބައި ގޮތް ވިސްނުނީތީ ވަރަށް އުފާކުރަމޭ, މީހަކަށް ކިތަންމެ ގިނަ ގޯސްތަކެއް ހެދިފައި ހުރި ކަމުގައި ވިޔަސް އެމީހަކު ރަނގަޅު ތައުބާ އަކުން ތައުބާ ވެއްޖެނަމަ, އެމީހެއްގެ ފާފަތަށް މާތްﷲ ފުއްސަވާދެއްވާނެ ދެން ނުބައި މަގުން ނުދާނެ ކަމަށް އުއްމީދު ކުރަން” މިހެންބުނެ ސާރާ އެތަނުން ގެއާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ. ފަޒީލް ފެން ކަޅިވެފައިވާ ދެ ލޮލުން ސާރާ ދިޔަ ދިމާލަށް ބަލަން ހުއްޓެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Hii. Hurihaa kudhin kihineh. Ragalhu vaane kamah uhmeedhu kuran, ehme furathama vess maafah edhen up vileh las vi kamah takaa, ihye hendhunu up kuran fonuvaigen adhi kiriyaa e v. Shana ah heevany ehfaharaa baivaru story up kuran fonuvaafa hureema kan neyge lass v. Uhmeedhu kuran mi part kamudhaane kamah. Kiyaalaafa comment eh kohlaathi ingey, Luv u all,miss u all?❤❤❤?❤
Yaaayyy.. me first… vrh reethi maashallah.. faxeel ah heyo vixnijje dw…. alhamdulillah????❤
Yess gud❤ur first. Thank you so much dear❤?❤❤❤
Wow ??? Alhey haadha reehchey mi story
Iyye aku miadhaku eh noonennu up kuraanamey kiyaafa dhogu hedhy ????????????????????????????????????????
Thank you so much annoyed reader, ??Atleast comment kohleema, and writerge haisihyathun bunelan beynun vaahaka liyumakee varah undhagoo kameh, hama hurelaafa ehchekey liyany eh nun, ?kuriah vaane goii plan kohfa kohme parteh vess liyan jeheny, ehn meehunge life aa shana ge life aa varah thafaathu vaane, dhimaavaa kanthah vess, Meege kurine up kohdheynamey kiyaafa nukohdhevuny varah Bodu sababakaa hure, ekamahtakaa maafah edhen, and uhmeedhu kuran dhen up kuraa partah ragalhu commenteh libeyne kamah,????
Mifaharu shana promise nukuraanan maadhamaa kuraanamey, mirey kuraanamey, ekm promise kuran kohme parteh up kohfa dhe dhuvas therey next part genesdheyne kamah. Baeh faharu up kuran fonuvaathaa ethah ireh vaa iruvess nuvey,kiyaalan faseyhayas kiyumakee ekamah gos husvegen kuran jehey kameh, kohme kuhjaku vess vaahaka eh liyefa up kuran fonu v ma engeynee vaa Gina iraaa, vaa madhu iru, hurihaa kudhinge samaalu kamah mi vaahaka vess mi bunelee, uhmeedhu kuran up kuraanamey kiyaafa nukohdhevey thy hiy hama nujehifa thibhi kudhin maaf kuraane kamah?❤❤❤
Thank you so much naju ?❤??❤?
vvvvv reethi vaahaka eh
Keep up the good work???