Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރި އެކުވެރިޔާ 3

Rozy Level 210 Stories
November 6, 2018 4 Mins Read
8 Comments

3 ވަނަ ބައި

“ ހުނ.ފިރިހެނުންނެއްނު؟ ތިހެންތިބޭ އަންހެންކުދިން ހައްލަން މަސައްކަތް ކުރާނެ. ލޯބީގެ ލަވަތަށް ކިޔާދިނުމާއި ފަރިހި ކިޔާދިނުން މިއީ ޒަމާންވީ ދިވެހިންގެ އާދައެއް. ތިޔަ ޝައިނާއަށް ދިމާވީވެސެް އެކަހަލަ މީހެއްތާ.. ނަސީބެއްނު  އެކަކު އަނެކަކު ނުފެނި ސަލާމަތްވިކަންދޯ.. ދެން އެންމެ ރަނގަޅުވާނީ އޭނާ އާއި މެދު އެއްގޮތަކަށްވެސް ނުވިސްނުން. ދެން ޝަފްރާޒް އާއި ދިމާވީ ކިހިނެއް؟”

ޝީތަލް ޝައިނާއަށް ނަސޭހަތްް ދެމުން އަހާލިއެވެ..

“މަންޒިލެއް ލިބޭތޯ އަހަރެން އަބަދުވެސް އަތް ފުނާ އަޅަން އެހެންދިޔުމުގެ ތެރޭ ޝަފްރާޒް އާއި ދިމާވީ ގޮތް ނޭނގޭ މީހެއް ނަމަވެސް ފުރަތަމ ބައްދަލުވުމުންވެސް އޭނާވަނީ އަހަރެންގެ ހިތް އަތުލާފަ އޭނާގެ މާތްކަމާއި މަޑޮމޮޅި ކަމުގެ ސަބަބުން އަހަރެންގެ މަންމަމެންވެސް އޭނާއަށް ފިދާވި.. އެއީ އަހަރެން ލޯބީގެ ގޮތުން ގުޅުނު ބައިވެރިޔާ.. އެމީހަކަށް މިހިތުގެ ރަސްކަންވެސް ދެވުނު ރަސްގެފާނު. ލޯބީގެ ދަރުބާރުގައި އޭނާ އަހަރެން ރާނީއަކަށް ހަދާ މިއަދު އަހަރެންނަކީ އޭނާގެ ހަލާލު އަނބި މީހާ. މިދަތުރު އަހަރެން ފަށައިގެން މިއުޅެނީ މަންޒިލް އަހަރެންނަށް ފެންނާތީ… ދުވަހަކުވެސް ވަކިނުވާން ދެމީހުން ވަނީ ވަޢުދު ވެފަ ވަފާތެރިވާން އަހްދުވެފަ. ރޭގަނޑު ނަމަ ހުޅުމާލޭ ބީޗްގައި ތަރިތަކާއި ހަނދު ހެކިކޮށް.. ދުވާލެއްނަމަ ގަދަ އިރާއި ނޫ ވިލާތަށް ހެކި ކޮށް..ދުލާއިި އަތުގެ އިނގިލިން ފޯނުގެ ފިއްތަކުން މެސެޖް ކުރަމުން ވީއިރު ދެން އެހެންމަންޒިލެއް ކައިވެނި ނޫން އޮންނާނެތަ؟ އަހަރެން މިވަނީ މިއަދު އޭނާގެ ގޭގައި ރަނިކަން ކުރަން”

ކައިވެނީގެ އަލްބަމް ގެނެސް ޝައިނާ ދައްކާލިއެވެ. 250 ގަނޑު ހުރި އަލްބަމް އެކެވެ.

އެދެމީހުން ވާހަކައިގެ ތިއްބާ އޮފިސް ނިންމާފަ ޝަފްރާޒްވެސް ގެޔަށް އައިވަގުތެވެ. ޝީތަލް ފެނުމުން އޭނާ ހައިރާނެއް ނުވެއެވެ. އަދި އާމީހަކު ފެނުމުން ހިނިތުންވުން ވެލަމުން ގޮސް ޝައިނާ ކާރީ އިށީނެވެ.އަލްބަމް ފެނުމުން އެމީހުން ކުރަނީ ކީއްކަން އެނގުނެވެ. އަދި ޝީތަލް އާއި ވާހަކަ ދައްކަން ފެށިއެވެ. އެއްއޮފީހެއްގެ ދެމީހުން ވީޔާއެވެ. ޝައިނާ ވަގުތުން ތެދުވެ އަދަބު އަދާކުރުމަށް ފަހު ޝަފްރާޒްއަށް ފެންތައްތެއް އަޅައިގެން އައިސް ދިނެވެ. އަދި އަލްބަމް ނަގާ ތަން ރީތި ކޮށްލިއެވެ. އެއީ ހީވާގި އަންހެން ކުއްޖެކެވެ. ހިނދުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު ހުއްދަ ހޯދައިގެން ޝީތަލް ދިޔައީއެވެ.

ހުޅުމާލޭގެ ޓާމިނަލް ތެރެއިން ހިގަމުންގޮސް ޝީތަލް ބަހަށް އެރިއެވެ. ބަހުގެ ކުޑަދޮރު ތަކުން ބޭރު ބަލަން އިން އިރު ލޮލުން ކަރުނަ ހިލިފައި ހުއްޓެވެ. ޝައިނާ ދެއްކިވާހަކަތަކާއި އެނާގެ ހަޔާތާ އަޅާކިރަމުންނެވެ. އޭނާގެ ފިރިމީހާވީ ބޭވަފާއެވެ. އަދި އޭނާވީގުރުބާނީ ތަކެވެ. ދަރިޔަކު ލިބުން އެދި އޭނާގެ ފިރިމީހާގާތު ވާހަކަ ދެކެވުނު ގޮތެވެ. ތެދެކެވެ. އެއީ މާކުރިޔެއެވެ. މާޒީ ހަނދާން ކުރުމުން އަހަރެންގެ ވަގުތުވާނީ ބޭކާރު ކަމަކަށެވެ.  ހިތާ ހިތާ އޭނާ ކިޔާލިއެވެ. ނާޒިމް އަކީ ހަދާން ކުރަން ކޮންމެހެން މުހިންމު މީހެއް ނޫނެވެ. އޭނާއަކީ އޭނާގެ ދީނަށްވެސް ވަފާތެރި މީހެއް ނޫނެވެ. ވިއިރު އަހަރެން ނަށް ވަފާތެރި ވާނެ ހެއްޔެވެ. ކަޅު ހެދުން ލާފަ ހުންނަ އަންހެންކުދިން އޭނާއަށް ރީއްޗެއް ނޫނެވެ. އޭނާ ބުނެފައިވާގޮތުން އެއީގޮތްދެއްކުމެވެ. މުޅި ގައިގާ ބޭކާރު ފޮތި އަޅައިގެން ތިބުމެވެ. އޭނާ ކަޅުހިޖާބު ހެދުމެއް ގަންދުވަހެއްގަ އޭނާގެ ފިރިމީހާ އޭނާއަށް މަލާމާތް ކޮށް ޖޯކް ޖަހާ ހެދިއެވެ. ރީތި މިޒަމާނުގެ ފެށަން ކުދިންނޭ އެއްވެސް އަސަރަކާއި ނުލާ އެނާ ބުންޏެވެ. އެހުރިހާ އިރަކުވެސް އޭނާ ދުޢާކުރަމުންދިޔައީ ﷲ އޭނާގެ ފިރިމީހާއަށް ތެދުމަގު ދައްކަވާތޯއެވެ.

އެކަމަކު މިހާރުވެސް އޭނާ ހެދުން އަޅަނީ ފެށަން ކޮންނެވެ. ލިފުސްޓިކް ޖައްސާ ތުންފަތުގެ ރަތްކުލަ ގަދަކޮށްލައެވެ. ކޯތާފަތުގައި ޖަންބު ކުލަ ހާކަލައެވެ. އޭގެ ސަބުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަން ގެނެސްދެއެވެ. ބުރުގާވެސް އޭނާ އަޅަނީ ޒަމާނީ ކުދިން އަޅާ ގޮތަށެވެ.

ދުވަަސްތަށް މަސްތަކަށް ބަދަލުވަމުންގޮސް މިއަދަކީ ޝީތަލްގެ ކޮލެޖުން ނަތިޖާ އިއުލާން ކުރާދުވަހެވެ. އެކޯހުގެ ހުރިހާކުދިންނަށް ހެން ދައުވަގު ދީގެން ދަރުބާރުގޭގެ ފާށަނާ މާލަމް ވަނީ ވަރަށް ފެންވަރު ރަނގަޅަށް ތައްޔާރު ކޮށްފައެވެ. ޝީތަލްގެ މިއުފާވެރި ހަފްލާގައި ބައިވެރިވުމަށް ޝަފްރާޒް އާއި ޝައިނާވެސް ދަރުބާރު ގެޔަށް އައެވެ. ޝީތަލްގެ ދައުވަތަށެވެ. އެންމެ ފުރަތަމަ ގޮނޑި ބަރީގައި އެމިހުން އިށީނދެ ހަމަޖެހުނެވެ. ޝައިނާ ކާރީގައި ޝީތަލް އެވެ ދެމީހުންގެ މެދުގައި ޝަފްރާޒް އެވެ. ޝީތަލް ކޮއްކޮ އާންތުވެސް އަނައެއް ފަރާތުގައިއެވެ. އާންތު ވެސް ޝަފްރާޒް އަށް ތަޢާރަފް ކޮށްދިނެވެ،ހުރިހާ އަންހެން ކުދިން ކާރީ އިނދެ ޝަފްރާޒް އުފަލާއެކު ދެއަންހެންކުދިންގެ މެދުގައި އިނެވެ. މިއީ އޭނާވެސް ބޭނުންވި ގޮތޭ ބުނާ އުސުލުންނެވެ.

އެކި ދަރިވަރުންގެ ނަންތައް ގޮވަމުންދިޔައެވެ. ޝީތަލްގެ ނަން އިއުލާން ކުރުމާއެކު ބޭއިޙްތިޔާރުގައި ޝީތަލްއަށް ހިފާލެވުނީ ޝަފްރާޒްގެ އަތުގައެވެ. މިމަންޒަރު ވަރަށް ގާތުން ޝައިނާއަށް ފެނުނެވެ. ޝައިނާއަށް ކުރީ ކޮން އަސަރެއް ކަމެއް ނޭނގުނެވެ.

ފަޙުރުވެރި އެއްވަނަ ލިބުނީ ޝީތަލްއަށެވެ. ސުޓޭޖް މަތީ ފޮޓޯނެގުމުގެ ބުރެކެވެ. އެކި އެކި ގޮތް ގޮތަށް އެމީހުން ފޮޓޯނެގިއެވެ. ޝައިނާ ޝީތަލް އަށް މުބާރަކް ބާދު ދެމުން އެކިފޮޓޯތަކުގައި ހުއްޓިލިއެވެ. ޝަފްރާޒްވެސް ހަމައެގޮތަށް ޝީތަލްއަށް މުބާރަކް ބާދު ދެމުން ފޮޓޯތަކުގައި ހުއްޓިލިއެވެ. އެއިން ކޮންމެ ފޮޓޯއަކީ ޝީތަލް އަށް އާވާހަކައެކެވެ، ޝައިނާ އަށް ބަނަ ވަމުންދިޔަ ވިލާގަނޑެކެވެ. މިއިން އެއްވެސް އިޙްސާސެއް އެނާ ކުރާކަށް ބޭނުމެއް ނުވިއެވެ. އެ ހަފްލާ ނިމުނީ އުފަލާއި ހިންހަމަ ޖެހުމުގައެވެ. ނޫނީ އަސަރާއި އެކުގައެވެ.

ޝީތަލް ގެޔަށް އައިސް ހުރިހާ ފޮޓޯތަށް ބަލަންފެށިއެވެ.  ކަމުދާ އެއްވެސް ފިރިހެނަކު މިދުނިޔޭގައި ނެތޭ ބުނަމުން ދިޔަ ޝީތަލްއަށް އެނާއާއި ގައިގޯޅިކޮށް ފޮޓޯ ނަގާފައިވާ ޝަފްރާޒް ކަމުގޮސްގެން އުޅެނީ ކީއްވެބާވައެވެ. އެކަމަކު އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ގެ އަމާނާތާކެވެ. މިފަދަ އިހްސާސެއް އޭނާއަށް އަައިސްގެން ނުވާނެއެވެ. އޭނާއަށް މިއީ ކޮންފަދަ އަސަރެއް ބާވައެވެ. އޭނާ ކަންފަތުގައި އަތް އެޅިއެވެ. ލޯމަރާލިއެވެ.

އަނެއްކާ ވެސް ވަކިވަކިން އޭނާ ޝަފްރާޒް ހުރި ފޮޓޯތަށް ބަލަމުން ލޯމަރާލިއެވެ. އަޅެ އޭނާ ހާދަ ސަޅިއެވެ. ފިރިހެން ވަންތަ ތުނބުޅިއެއް ހުއްޓެވެ. އިސްލާމް ދީނީ ރީތި ނޫރު މޫނު މަތިން ފެންނަން ހުއްޓެވެ. ނަމާދު ކުރާކަމުގެ ހެކި ނިންމަތިން ފާހަގަ ވެއެވެ.  ހީވާގޮތުން ޝީތަލް ވަނީ ޝަފްރާޒް ގެ ރީތިކަން ފެނިފަ މޮޔަވާވަރު ވެފައެވެ. ފުރަތަމަ ބައްދަލުވުމުންފެށިގެންވެސް މެއެވެ. ވިލިނގިލިން ނެވެ.. ދެން އެގެއިންނެވެ. އެކަމަކު އެދުވަހަކު އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާކަމެއް އޭނާއަށް ނޭގެއެވެ. ހިތުގަ އަޑިން މިޖަހާ ވިންދަކީ ގޯސްވިންދެއް ބާވައެވެ. ޝީތަލް މޫނުގައި ބާލީސް އަޅައިގެން ރޯންފެށިއެވެ.

އެވަގުތު އެކޮޓަރިއަށް އައީ އޭނާގެ ކޮއްކޮ އާންތު އެވެ. މިރޭ ނެގި ފޮޓޯތަށް ބަލާލާށެވެ.

“އޭނާއަކީ ވަރަށް ދީންވެރިމީހެއް..” އާންތު އެތަނުން ފޮޓޯއެއް ބަލާލުމަށްފަހު ބުނެލިއެވެ. އެ އެވަގުތު ޝީތަލް ހުރީ ފާހާނާ ގައެވެ. އެނދުމަތީގައި ހުރި ފޮޓޯތަށް ނަގަމުން އާންތު ޝީތަލް ފާހާނާއިން ނިކުތުމާއެކު އެހެން ބުނެލިއެވެ.

” އަހަރެން އެހެން މިބުނީ އޭނާ ބަރާބަރަށް ނަމާދުވެސް ކުރޭ ފިހާރަ ބަންދު ކުރުމުގެ އެންމެ ފޯރި ހިފާފަ ހުންނަނީވެސް އޭނާ” ހެމުން ހެމުން އާންތު ޝަފްރާޒްގެ ވާހަކަ ކިޔާދެމުން ދިޔައެވެ.

އެއީ މިއަދު ޝީތަލް އެންމެ އަޑު އަހަން ބޭނުން ވާހަކައެވެ. އެހެންވެ ހުއްޓުވާކަށް މަސައްކަތެއް ނުމެކުއެވެ، އެއީ ގޯހެއް ހެއްޔެވެ. ލޯބިވުމަކީ ކުށެއް ބާވައެވެ. ވެވުނީއެެވެ. ވީކީ ނޫނެވެ. ހިތުގެ މައްޗަށް އެއްވެސް މީހަކަށް ބާރު ފޯރުވޭނެ ބާވައެވެ. ހިތަކީ އޭގެ ޒާތުގަ އޭތީގެ ވެރިޔާއެވެ.

“ދީންވެރިން އަޅައިގަންނާނީ ދީންވެރި އަންހެން ކުދިން ފެނުނެއްނު އޭނާގެ އަންހެނުން ހުރިގޮތް .. ވަރަށް ގުޅޭ”

“އަހަރެން އޭނާއެކޭ އެއްގޮތަށް ބަދަލް ވެއްޖެޔާ އަހަރެންނަށް ވެސް އެކަހަލަ ޝަފްރާޒް އެއް ލިބިދާނެތަ” މާޔޫސް އަޑަކުން ޝީތަލް ބުނެލިއެވެ.

” އާން ތިހެން ވެދާނެ.. ނުވާނެއެވޭ ނުބުނާނަން..ކޮބާ މާލަސްވެއްޖެ ދަމާބަހީ”

ފިހާރައިގަ އިނދެފަ ޝީތަލް ޝަފްރާޒް އަށް މެސެޖް ކުރަމުން ދިޔައެވެ. ރޭގެ ޖަލްސާގެ ފޮޓޯ ފޮނުވާށޭ ޝައިނާ ބުނެފަ އޮތީމާ ބައެއް ފޮޓޯ އޭނާގެ ފޯނަށް ވައިބާ ކުރަމުންނެވެ.

“އަހަރެން ހެދުން އަޅާފަވާ ގޮތާމެދު ފޫހިވޭތަ؟”  ޝީތަލް މެސެޖައިން ޝަފްރާޒް ކާރިން އަހަލިއެވެ.  ފޯނަށް މެސެޖެއް އައި އަޑުއިވިގެން ޝަފްރާޒް ފޯނުނަގާފަ ޝިތަލްގެ އެމެސެޖް ފެނިފަ ހައިރާންވިއެވެ. އަދި ޝީތަލް އާއި ދިމާވި ދުވަހުންފެށިގެން ވެފައިވާ އެކި ހާދިސާތަށް ހަދާންވިއެވެ. އަދި ޖަލްސާގައި ޝީތަލް ޝަފްރާޒްގެ އަތުގައި ހިފި ގޮތެވެ. އެއީ ކޮންކަހަލަ ޖަަޒްބާތެއް ބާވައެވެ.

“ދެންމިތާ އުނިފޯމްތާ ތިހުންނަން ޖެހެނީ އާން އަހަރެން ވަރަށް ފޫހިވޭ މާ ނިވާކަން ކުޑަ ހެދުން ލާމީހުންނާ އެކު … އަހަރެން ހިތަށް އަރާ އަހަރެންގެ ޝައިނާ ހެން ހުރިހާ ކުދިން އެގޮތަށް އިސްލާމީހެދުން ލާނެނަމައޭ.. ބަރާބަރަށް ނަމާދު ކުރަންވާނެ.. ދީނާއި ގުޅުން ވާއްވަންވާނެ” ޝަފްރާޒް މެސެޖް ކުރިއެވެ.

“އަހަރެން އެކަހަލަހެދުން ލާން ބެނުމީ ތިކަހަލަ ބައިވެރިޔަކު ލިބުމުން” ސުމައިލީ ފޭސްއަކާއެކު ޝީތަލް ޝަފްރާޒް އަށް މެސެޖް ކުރިއެވެ. އެދުވަހުން ފެށިގެން މިދެމީހުންގެ މެސެޖްގެ ސިލްސިލާގެ ބޮޅުތަށް ގަތަމުން ދިޔައެވެ.

“ޝައިނާ އެކިޔާދިނީ ހަމަ ރަނގަޅަށެވެ. އޭނާގެ ފިރިމީހާއަކީ ޖަވާހިރެކެވެ.. މަދުން ނޫނީ ނުފެންނާނެއެވެ.

ޝަފްރާޒް އެއްގޮތަކަށްވެސް މިދެމެދުގައިވާ ގުޅުމުގެ ވާހަކަ ޝައިނާ ކާރިގަ ނުބުނެއެވެ. ސިއްރު ކުރާކަށް ނޫނެވެ. އެއީ އެކަހަލަ ގުޅުމެއް ހެން އޭނާ ގަބޫލް ނުކުރާތީއެވެ. އެހެނަސް ޝީތަލް އާއި ވާހަކަ ދައްކާހިތް އެނާވެސް ވެއެވެ.

ނުނިމޭ

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ހިތް އެދުނަސް… (17)

Next

ހެޔޮކަމުގެ ބަދަލު

Next
November 6, 2018

ހެޔޮކަމުގެ ބަދަލު

Previews
November 5, 2018

ހިތް އެދުނަސް… (17)

8 Comments!

  1. munni says:
    November 6, 2018 at 9:19 am

    mi vaahakaige 2vana bai kobaa?

  2. Pinky says:
    November 6, 2018 at 11:34 am

    Rozy aslu mee 2 vana part dhw
    nice when next part
    keep it up???

  3. Nice says:
    November 6, 2018 at 12:05 pm

    Mivaahakai ge dhevana bai thr miee… any way vrh reethi.. maashallah..??❤?

  4. ❤️? says:
    November 6, 2018 at 12:11 pm

    Dialogue liyefa hunna gothun fesheykanvex bayehfaharu neyge….bt stry is nic…kudikudi mistake vex ehba huri…so next part eh liyaa iru mikankamah importance dhinun vrh ragalhu …earun stry reethi vaany…nd this is second part right?

  5. ROZY SHAREEF says:
    November 6, 2018 at 12:57 pm

    1 and 2 ekuga huri

  6. unique says:
    November 6, 2018 at 6:52 pm

    this ones nice too
    kee going dear
    u can do this
    all the best

  7. Gud❤ says:
    November 6, 2018 at 7:36 pm

    Keep going.. miee second part dw…

  8. Abdulla says:
    November 8, 2018 at 7:55 am

    Dheenveri meeheggaiga hunna kahala sifathakeh noon shafraazge kivaiga thihuryky… hiley anheneh kairiyaku neennaane dheenveri firiheneh….

Comments are closed.



All Right Reserved!