ހުވަފެނުގެ ރާނީ 9
އަމްރު އަނެއްކާވެސް ނިކަތުއާއި ކައިރިވެލިއެވެ. މަޑުމަޑުން ނިކަތުގެ ކަންފަތުގައި ތުންފަތް ޖައްސާލަމުން ކަރުން ތިރިއަށް އަތް ހިންގާލިއެވެ. އަދި ނިކަތު ލައިގެން ހުރި ގަމީހުގެ ފުރަތަމަ ގޮށް ނައްޓާލަމުން ކަނާތް ފަރާތުން ގަމީސް ތިރިކޮށްލަމުން އެތަނުގައި އަމްރު ތުންފަތް ޖައްސާލިއެވެ. ދެމީހުންވެސް ހަމައިން ނެއްޓިފައިވާ ކަހަލައެވެ. ނިކަތުވެސް އަމްރުގެ އިސްތަށިގަނޑުފައި ހިފާލަމުން މަޑު އާހެއް އަނގައިން ބޭރުކޮއްލިއެެވެ. އަމްރު މަޑުމަޑުން އޭނާގެ އަތް ނިކަތު ލައިގެން އިން ޗގަމީސް އެތެރެއިން މައްޗަށް ހިންގާލިއެވެ. އެކަން އިހްސާސްވި ނިކަތުއަށް ކުރެވެން މިއުޅޭ ކަމެއް އިހްސާސްވި ކަހަލައެވެ. ވަގުތުން ދުރަށް ޖެހިލިއެވެ. ނަމަވެސް އަނެއްކާވެސް އަމްރުގެ ތުންފަތް ކަނދުރާގައި ޖެހުމުން ހުރިހާ ކަމަކުން ހަނދާން ނެތުނު ކަހަލައެވެ.
ނިކަތު ލައިގެން އިން ގަމީހުގެ ގޮށްތައް ނައްޓަމުން ދިޔަ އަމްރު މިހާރު، ކުރިން ހުރި ވިސްނުން ފިލައި ގޮސްފިއެވެ. ޝައިތޯނާ ސިކުނޑިއަށް ވެރިވީ ކޮންވަގުތެއްގައި ކަމެއް ނޭނގުނެވެ. ނިކަތުގެ ލައިގެން ހުރި ގަމީސް ގަޔާއި ވަކިކޮއްލަމުން އަމްރު އެހަށިގަނޑަށް ބަލާލިއެވެ. އެހައި ފުރިހަމަ ހަށިގަނޑެއް އޭނާ ދެކެފައެއް ނުވެއެވެ. އޭނާ ލައިގެން ހުރި ގަމީސް ބާލަމުން ނިކަތު ގޮވައިގެން އައިސް އައިސް އަމްރު މަޑުކޮއްލީ ދުރުގައި ހުރި ބޮޑު ސޯފާ ކައިރީގައެވެ. އަމްރުގެ ސިކުނޑީގައި މިވަގުތު ވަކި ހިއްޕާފައި ހުރީ އެންމެ ކަމެކެވެ. އޭނާއަށް މިއަދު އެކަން ވާނެކަންވެސް އެނގެއެވެ. ސޯފާއި އޮށޯވެގެން އޮތް ނިކަތުގެ އުނަގަނޑުގައި ހިފައި ކައިރި ކޮއްލަމުން އަމްރު ދުގުވެލިއެވެ. އަދި އެ ނިތުގައި ބޮސްދެމުން ތިރިވި އަމްރުގެ ހަށިގަނޑުގެ ބަރު ނިކަތުގެ ގަޔަށް ދޫކޮއްލަމުން އޭނާ ހިނިތުން ވެލިއެވެ. އަމްރުގެ ބުރަކަށީގައި ފިހަހައްޓައިލި ނިކަތު ލޯމަރާލީ އޭނާއަށް އިހުސާސް ކުރެވުނު ތަދުންނެވެ. އެކަން އިހްސާސްވި އަމްރުު މަޑު ޖެހިލަމުން ނިކަތުގެ މޫނަށް ބަލާލިއެވެ. ނިކަތު ބޯ ޖަހާލުމުން އަމްރުގެ ހަރަކާތްތައް އަވަސްވާން ފެށިއެވެ.
އޭސީ ޖައްސާފައި ހުރިއިރުވެސް އަމްރުގެ ބުރަކަށިން ދާތިކިތައް ވިދަވިދައި ހުއްޓެވެ. އަމްރު ކޮޅަށްހުރިއިރު ނިކަތު ތިރިއަށް ވެއްޓިފައި އޮތް ގަމީސްނަގައި ގަޔަށް މަހާލިއެވެ. ދުރުގައި ހުރެފައި އަމްރު މޭޒުމަތީގައި ހުރި ޓިޝޫ ފޮށި އަމްރު އެއްލީ ނިކަތުގެ އުނގަށެވެ. އަމްރުގެ އެއަމަލުން ނިކަތުގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ތެދުވަން މަސައްކަތްކުރި ނިކަތުގެ ދެފަޔާއިއެކު ތަދުވަމުން ދިޔަވަރުން އެކަމެއްވެސް ނުވިއެވެ. ފައިން ތިރިއަށް ލޭގެ އަސަރު ފެންނަން ފެށުމުން ނިކަތު ހާސްވާ ގޮތްވިއެވެ. ނިކަތުގެ ކޯތާފަތުގައި ހޭކެމުން ތިރިއަށް ފޭބި ކަރުނަ ތިކި ފެނުނު އަމްރު އެކަމާއި އެހައި އަޅަލެއް ނުލިއެވެ. އޭނާ ބޭނުންވި ކަންތައް ވެއްޖެއެވެ. ނިކަތު އަމިއްލަ މާމައާއި ކާފަގެ ކުރިމައްޗަށް އެރުމުން މަނާ ކޮއްފިއެވެ. ގަމީސް ލުމަށްފަހު އަމްރު އެންމެ މިނެޓެއްވެސް އެތަނުގައި މަޑެއް ނުކުރެއެވެ. ގިސްލެވެން ފެށުނު ނިކަތު ވަރަށް މަސައްކަތުން އެތަނުން ތެދުވެ އަމިއްލަ ގައި ސާފު ކޮއްލަމުން އެއްޗެހި ލައި ސޯފާއާއި އެހެން ތަނެއްގައިވެސް ލޭހުރިތޯ، ނޫނީ އެހެން އެއްޗެއް ހުރިތޯ ބަލާލިއެވެ. ހުރިހާ ތަނެއް ސާފުކޮއްފައި ޓިޝޫތަށް ނިކަތު އެޅީ އޭނާގެ ދަބަހަށެވެ. އަދި މަޑުމަޑުން އެތަނުން ނިކުމެގެން ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއި އެކު އޭނާއަށް ތިރީގައި އިށީނެވުނީއެވެ.
ގެއަށް އާދެވުނު އިރުގައި ނިކަތު ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. މަޑުމަޑުން ހިނގަމުން ގެއަށް ވަދެގެން އައި ނިކަތު ފެނުމުން ސާާރާ އައިސް ނިކަތުގެ އަތުގައި ހިފާލިއެެވެ. ރަތްވެފައިވާ ނިކަތުގެ ލޯ ފެނުމުން އޭނާއަށް ކަމެއް ވެއްޖެކަން ސާރާއަށް އެނގުނެވެ. ނިކަތު ކޮަޓަރިއަށް ވަދެ ބަނޑުގައި ރިއްސަނީ ކަމުގައި ބުނުމުން ސާރާ އިތުރު ސުވާލު ނުކޮށް ނިކުމެގެން ދިޔައީއެވެ. ދޮރު ޖެހުނު އަޑު އިވުމާއެކު އަނެއްކާވެސް ނިކަތުގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އަމްރުގެ އަމަލު ހުރި ގޮތުން ދެރަވާން ބޭނުން ނޫން ނަމަވެސް އޭނާއަކަށް ކެތެއް ނުވިއެވެ. ފެންވެސް ނުވަރައި އެހެން އޮވެ ނިދުނު އިރެއްވެސް ނިކަތު އަކަށް ނޭނގުނެވެ. ހޭލެވުނީ ހޫނު ވާތީއެވެ. ލޯ ހުޅުވާލަމުން ނިކަތު ވަށައިގެން ހޯދާލިއެވެ. އޭނާއަށް އެއްވެސް އަލިކަމެއް ނުފެނުނެވެ. ކުއްލިއަކަށް ގަޔަށް އެއްޗެއް އެރިހެންވެސް ހީވެގެން ބަލާލިއިރު އެވެސް ފެންނަ ވަރުގެ އަލިކަމެއް ނެތެވެ. ދުރުގައި ހުރި ދާރައެއް ފަދަ ތަނަކުން އަލި ވަންނަން ހުރުމުން ނިކަތު އެތަނާއި ދިމާލަށް ދާން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް ކޮޅަކަށް ނުތެދުވެވުނެވެ. އޭނާ އިނީ އިށީނދެގެންނެވެ. ނަމަވެސް އޭނާއަށް ތެދުވެވެން ޖެހޭނެ ނޫން ހެއްޔެވެ. ކުއްލިއަކަށް އެއްޗެއް އަތްމަތިން ދުވެފައި ދިޔަ ކަމުގެ އިހްސާސް ވުމުން ނިކަތު އަލި ވަންނަމުން ދިޔަ ތންކޮޅަށް ވާގޮތަށް އަތް ދިއްކޮށް ބަލާލިއެވެ. އަތުގައިވި ބޮޑު ކުރަފި ފެނުމުން ނިކަތު ހަޅޭއްލަވައި ގަނެއްޖެއެވެ. ނަމަވެސް އޭނާގެ އަޑެއްވެސް ނުނިިކުތެވެ. އިތުރަށް ގަޔަށް ދިރޭ އެއްޗެހި އެއްޗެހި އަރާކަމުގެ އިހްސާސް ވުމުން ކުރިއަށްވުރެ ބާރަށް ނިކަތު ހަޅޭލަވައިގަތެވެ. މިފަހަރުވެސް އޭނާގެ އަޑެއް ނުނިކުތެވެ. ކިތަންމެ ބާރަށް ހަޅޭލަވަން އުޅުނު ނަމަވެސް ނިކަތުގެ އަޑު ނިކުންނަ ގޮތެއް ނުވިއެވެ.
“ނިކޫ… ނިކޫ….” ނިކަތުއަށް ހޭލެވުނީ ސާރާ އޭނާގެ ކޮނޑުގައި ހިފައި ތަޅުވާތީއެވެ. ހޭލެވުނު އިރުގައި ނިކަތުއަށް ރޮވެނީއެވެ. ހަމައެކަނި ރޮވެނީއެއް ނޫނެވެ. ގިސްވެސް ލެވެނީއެވެ. ވަށައިގެން އެކިތަންތަން ބަލާލި ނިކަތު އަދިވެސް ހަމައަަކަށް ނޭޅޭކަން ސާރާއަށް އެނގުނެވެ.
“ދަރިފުޅު.. މަންމައަށް ބަލާބަ…” ސާރާގެ ލޯބިން ފުރިފައިވި އަޑުން ނިކަތު ވަގުތުން ހަމައަކަށް އެޅިއްޖެއެވެ. އަދި މަޑުމަޑުން ސާރާއަށް ބަލާލަމުން މޫނުން ކަރުނަތަށް ފުހެލިއެެވެ.
“ދަރިފުޅު ބާރަށް ގޮވާތީ މަންމަ މިއައީ.. މަންމާއޭ ކިޔާފަ.. ނިކޫއޭ ކިޔާފަ… ވަރަށް ބާރަށޭ… މިތަނަށް ވަނީމަ މި އެނެނގުނީ ހުވަފެނުގަކަން…” ސާރާއަށް އެއީ އާކަމެއް ނޫނެވެ. ކުޑަކަމަކާއި ދެރަވެގެންވެސް ނިކަތު ނިދައިފިނަމަ އަބަދުވެސް ހުވަފެނުގައި ގޮވާނީ އަމިއްލަ މީހާއަށެވެ. ނުނީ މަންމައަށެވެ. ނަމަވެސް އޭނާއަށް ނޭނގެނީ ނިކަތު އަމިއްލަ މީހާއަށް ގޮވާ ސަބަބެެވެ.
“ސޮރީ މަންމާ..” އަޑު ބެދިފައި ހުރުމުގެ ސަބަބުން ނިކަތުއަށް އެހެން ކިރިޔާ ބުނެވުނީއެވެ. ކަރުކެހިލަމުން ހުޅުވިފައިހުރި ދޮރަށް ނިކަތު ބަލާލިއެވެ.
“ނިކޫ އެއްވެސް ކަމަކާ ދެރަވެގެންތަ ތިއުޅެނީ؟..” ސާރާއަށް އެނގުނު ނަމަވެސް އޭނާ ބޭނުންވީ ވީކަމެއް ބަލާށެވެ. ނިކަތު ބަލާލީ އަނެއްކާވެސް ދުރަށެވެ.
“މަންމައަށް ގޯސް ކަމެއް ކުރެވުނިއްޔާ މަންމަ ކަންތައް ކުރާނީ ކިހިނެއް؟…” މަޑުމަޑުން ނިކަތު އެހެން ބުނަމުން އެނދުން ތެދުވެގެން ދުރަށް ދިޔައީ އޭނާގެ ލޮލަށް ޖަމާވި ކަރުނަތަށް ސާރާއަށް ފެނިދާނެތީއެވެ.
“މަންމަ މީހުން ކައިރީގައެއް ނުކިޔާންނަން… ތައުބާވާނީ…” ސާރާ އެހެން ބުނިއަޑު އިވުމުން ނިކަތު އިތުރަށް ދެރަވިއެވެ.
” ނިކޫއަށް ކަމެއް ކުރެވުނީތަ؟ ދަރިފުޅު ގޯސްކަމެއް ވިއްޔާ އެއްވެސް މީހަކު ކައިރީގައި ކިޔާނެ ކަމެއްނެތް.. ތައުބާވޭ އެނގޭ…” އެހެން ބުނެފައި އެތަނުން ނިކުމެގެން އައި ސާރާގެ ހިތުގައި ބާރަށް ވިންދު ޖަހަމުން ދިޔައެވެ. އަނެއްކާ ނިކަތު ކަމެއް ކުރީ ބާވައެވެ. ނުނީ ކަމެއް ވީ ބާވައެވެ.
ވައިރޯޅިއާއިއެކު ވިހުރެމުންދިޔަ ކުޑަދޮރުގެ ފޮތިތަކަށް ބަލަހައްޓައިގެން ހުރި ނިކަތު މަޑުމަޑުން އެދިމާލަށް ހިނގައި ގަނެއްޖެއެވެ. އަމްރު އާއްމުކޮށް ކޮންމެ ރެއަކުވެސް އެތަނުގައި ހުންނަކަން އޭނާއަސް ފާހަގަ ކުރެއެވެ. މަޑުމަޑުން އައިސް ކުޑަދޮރު ކައިރީގައި ހުއްޓެމުން ވަގުވަގަށް ބޭރަށް ނިކަތު ނަޒަރު ހިންގާލިއެވެ. ކުޑަކޮށް އިތުރަށް ބޭރަށް ބޯދިއްކޮށްލުމާއެކު އޭނާގެ ހަށިން ފުރާނަ ދިޔަ ކަހަލައެވެ. ގައިގެ ހުރިހާ ލެއެއް ހުސްވުމުން އަރާފަދަ ހުދު ކުލައެއް ނިކަތުގެ މޫނަށް ވެރިވެގެން ދިޔައެވެ. ކުރު ސޯޓުގައި އަމްރު ހުރިއިރު ކައިރީގައި ހުރި އަންހެން ކުއްޖާގެ އަތް ފުރަގަހުން އަމްރުގެ އުނަގަނޑުގައި އަޅުވާލެވިފައި އޮތެވެ. ކުޑަކޮށް ބޭރަށް ނިކުމެވުނު ނިކަތު އަދިވެސް ހުރީ އޭނާ އޮފީހުގައި ލައިގެން ހުރި އެއްޗެހި ލައިގެންނެވެ. ބެލްކަނީގައި އަތް އަޅުވާލަމުން އެދިމާލަށް ނިކަތު ބަލާލީ ހިތްދަތި ވެފައެވެ. މިފަދަ އިހުސާސެއް އޭނާއަށް ކުރެވުނުމީ ފުރަތަމަ ފަހަރެވެ. ރޭގަނޑު ބާރަ ޖަހާއިރު އެއްވެސް ފިރިހެނަލާއި އަންހެނަކު އެހެން އެއްވެސް ގުޅުމެއްނެތި ނުހުންނާނެއެވެ. ހިންދިރުވާލަން މަސައްކަތް ކޮއްލަމުން ނިކަތު މޭގައި އަތްފިރުމާލިއެވެ.
ކައިރީގައި ހުރި ލިވިއާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އަމްރު މައްޗަށް ބަލާލިއެވެ. ނިކަތުގެ ހުދުވެފައިވި މޫނު އެހައި ދުރުންވެސް އޭނާއަސް ފާހަގަ ކުރެވުނެވެ. ނިކަތު ބަލަހައްޓައިގެން ހުރީ ސީދާ އަމްރުގެ ލޮލަށެވެ. ލިވިއާ އެތެރެއަށް ދިޔުމުންވެސް އަމްރުއަކަށް ފަހަތުން ނުދެވުނެވެ. އެހެން ހުރެފައި ނިކަތުގެ ދުރަށް ބަލާލަމުން އެތެރެއަށްވަންތަން ފެނުމުން އަމްރު އަތުން ރެއިލިންގައި ޖަހާލިއެވެ. އަތި ދަތްކުނޑި ވިކާލައިގެން ހުރެ އެތެރެއަށް ވަދެ ސޯފާއަށް ވެއްޓި ގަނެއްޖެއެވެ. ދުރުގައި އިން ލިވިއާ ލައިގެން ހުރި މަތިކޮޅު މައްޗަށް ނެގުމުން އަމްރު ބަލާލީ ދުރަށެވެ. ނިކަތު ހުދުވެފައިވާ މޫނު އަދިވެސް ފެންނަ ކަހަލައެވެ. އަމްރު އެއަށްވުރެ ބޮޑަށް ފާހަގަ ކުރެވުނީ ނިކަތު މިހުރިހާ އިރުވީ ފަހުންވެސް އެއްޗެހި ބަދަލު ނުކޮށް އިނީމައެވެ. އަމްރު ގަބުވެފައި އިންނަން ފެށުމުން ލިވިއާ ގަސްތު ކުރީ އެތަނުން ދާށެވެ. އޭނާ މިރޭއައީ އަމްރު ގުޅާފައި ބުނުމުންނެވެ. އަމްރުގެ ރީތިކަމަކީ އަބަދުވެސް އޭނާ ބޭނުންވާ ކަމެކެވެ. އެނުލިބޭނަމަ ވަގުތު ބޭކާރު ކުރަން އެހެން އިނުމުގެ ބޭނުމެއް ނެތެން ނޫން ހެއްޔެވެ.
އެހެން ދުވަސްދުވަހާއި ހިލާފަށް މިއަދު ނިކަތު ދިޔައީ އަމްރު މެންގެ އޮފީހުން ގުޅާފައި އަވހަށް ބުނުމުންނެވެ. މިއަދުވީ ހަފުތާގެ ބައްދަލުވުން އޮންނަ ދުވަސް ކަމުގައި ނުވުމުން ނިކަތު އިނީ ކުޑަކޮށް ހާސްވެފައެވެ. ދެފަޔަށް ތަދުވެފައި ހުރިނަމަވެސް ނިކަތު ތަންކޮޅެއް ވާރަށް ހިނގާފައި އައިސް އޮފީހަށްވަދެ ދިޔައީ އަށްވަނަ ބުރިއަށެވެ، ސިޑިން އެރުމުގެ ސަބަބުން ވަރުބަލި ވެފައިހުރި ނިކަތު ހިނގާފައި ދިޔައިރު ބަލަމުން ދިޔައީ ތިތއަށެވެ. ދޮރު ހުޅުވާލާފައި އެތެރެއަށްވަން ނިކަތު މަޑު ޖެހިލީ ކުރިމަތިން އަމްރު ފެނުމުންނެވެ.
“ނިކަތު… އައި ހޭވް ހާރޑް އަލޮޓް ގްރޭޓް ތިންގްސް އެބައުޓް ޔޫ…” އަ،ްރުގެ ފަހަތުން ނިކުން ފިރިހެން މީހާގެ އަޑި ޖެހުމާއެކު ނިކަތުގެ ގައިވި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިއްޖެއެެވެ. އެއަޑު ބަރުވެގެން ކަމެއް ނުނީ ބިރުންކަމެއް ބުނާކަށް ނިކަތުއަކަށް ނޭނގުނެވެ.
“ނިކަތު.. މައި ޑޭޑް.. މުއާޒް…” ސަލާމަށް އަތްދިއްކޮއްލި މުއާޒްހުރީ ވަރަށް ފުޅާކޮށް ހިނިތުން ވެގެންނެވެ. ނަމަވެސް އެއަތުގައި ހިފާކަށް ނިކަތު ބޭނުމެއް ނުވިއެވެ. އަމްރުގެ މޫނަށް ބަލަހައްޓައިގެން ނިކަތު ހުރީއެވެ. މަޑުމަޑުން އޭނާގެ ހިތް ބުނަމުން ދިޔައީ އެތަނުން ނިކުންނާށެވެ.
“ނިކަތު..” އެހެން އިނދެފައި ނިކަތު އެންމެފަހުން ހީލަމުން މުއާޒްއާއި ސަލާމް ކޮއްލިއެވެ. ނަމަވެސް ނިކަތުއަށް އިހްސާސްވީ އާދައިގެ ސަލާމް ކުރާ ވަރަށްވުރެ ބާރަށް މުއާޒް ނިކަތު އަތުގައި ހިފައިލިކަމެވެ.
“އަންނަން ވީ ނޫންތޯ އެތެރެއަށް…” މުއާޒް އެެހެން ބުނުމުން ނިކަތު މަޑުމަޑުން މުއާޒްގެ ފަހަތުން ހިނގައި ގަނެއްޖެއެވެ. އަމްެރު ބަލަންހުރީ ނިކަތުގެ ހަރަކާތް ތަކަށެވެ. އެމޫނު މިލާފައިވާވަރު އަމްރުއަށް ދެނެގަނެވުނެވެ.
“ނިކަތު މިކޮޅު އޮފީހަށް އިނގޭތޯ އަޅުގަނޑުމެން މި ބަދަލު ކުރީ… ޕްރޮމޯޝަން އަކާއިއެކު.. އަމްރުއާއި ދެމީހުން އެއްތަނެއްގައި ވޯރކް ކުރާނީ…” މުއާޒް އެންމެ ރަނގަޅުތޯ ބުނުމުން ނިކަތު ބޯޖަހާލިއެެވެ. މުއާޒް ނިކުމެގެން ދިއުމުން ނިކަތުއިނީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. އެހައި އަވަހަށް އޭނާގެ ވަޒީފާއަށް ކުރިއެރުމެއް ލިބޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
ނިކަތު ހިނގައިގަތީ އަމްރުވެސް އެތަނުގައި ހުރެފައި ހިނގައި ގަތުމުންނެވެ. އަމްރުގެ ފަހަތުން އައިސް އެމީހުންގެ ކެބިންއަށް ވަންއިރު އެތަނުގައި ރޭގައި ފެނުނު އަންހެން ކުއްޖާހުރީ އިށީނދެލައިގެންނެެވެ. ނިކަތު އެއްޗެއް ނުބުނެ ދޮރު ކައިރީގައި މަޑުކޮއްލައިގެން އިނުމަށްފަހު އައިސް އިށީނީ އަމްރުގެ ކުރިމަތީގައެވެ. އެކަން އިހްސާސްވި އަމްރު އަތުގެ އިޝާރާތުން ލިވިއާ ކައިރީގައި އެތަނުން ނިކުތުމަށް ބުނެލިއެވެ.
“ކިހިނެއްވީ؟..” ބަލަން ހުރެފައި އަމްރު އެހެން ބުނެލީ ވަރަށް ފަރުވާކުޑަ ކޮށެވެ. އިއްޔެ ވި ކަންތަކަށްފަހު އޭނާ ހުރީ އަމިއްލަ ނަފްސު ދެކެ ރުޅިއައިސްފައެވެ.
“ކޮންތާކު އަޅުގަނޑުގެ ކެބިން ހުރީ؟” ނިކަތުވެސް އަމްރު ދައްކަން ބޭނުން ނޫން ވާހަކައެއްގައި ހިފައި ދަމާކަށް ބޭނުމެއް ނުވިއެވެ. ނިކަތު އެހެން ބުނިއަޑު އިވުމުން އަމްރު އިސްއުފުލާލަމުން ގަލަން ދިއްކޮށްލީ އޭނާގެ ކުރިމަތީގައި ހުރި ކެބިންއަށެވެ. އެއީ މީގެ ކުރިން މަޒީންގެ ކެބިންއެވެ.
“ކޮބާ މަޒީން؟..” ނިކަތު ލޯ ބޮޑު ކޮއްލަމުން އެހެން ބުނެލިއެވެ.
“އިޒް އިޓް ޔުއަރ ބިޒްނަސް…” އަމްރުގެ ވިހަގަދަ ބަސްތަކުން އިތުރަށް ނިކަތުގެ ހިތަށް ތަދުވުން ނޫންކަމެއް ނުވިއެވެ. ލޯމަރާ ބާރުކޮއްލަމުން ނިކަތު ނިކުމެގެން އައިސް އިށީނީ އޭނއަށް ހަމަޖެހިފައިވި ކެބިންގައެވެ.
މަހެއްވެގެން ދިޔައިރުވެސް އަމްރުއާއި ނިކަތުއާއި ދެމީހުންގެ މެދުގައި އެހައި ގުޅުމެއް ނެތެވެ. ކޮންމެރައަކު އޮފީސް ނިންމާފައި އަންނައިރު އަމްރުއާއި ލިވިއާ ހޭއަޑު އިވުމުން ނިކަތުގެ ހިތަށް އުނދަގޫ ކުރެއެވެ. ނަމަވެސް މިހާރު އޭނާ އެހެން ކަމެއްވެސް އެުނދަގޫ އެބަ ކުރެއެވެ. އުރަމަތީގައި ކުޑަ ރިހުމެއް އުފެދިފައި ހުރުމުގެ އިތުރުން އޭނާ ހެނދުނު ހުންނަނި މޭނުބައި ކޮއްފައެވެ. އަދި ކައްކާ އެއްޗެހިންވެސް އޭނައަށް ދުވަނީ ނުބައި ވަހެވެ. ދެހިތެއްގައި ހުރެފައި ނިކަތު ދިޔައީ ފާރމަސީއަކަށެވެ. އަދި އައިސް ފާހާނައަށް ވަދެފައި ނިކުމެ ފުރަތަމަވެސް ގުޅާލީ އަމްރުއަށެވެ. ބިރުން ހުރި ވަރުން ފޯނު ކަންފަތުގައި ޖައްސައިގެން ހުރިއިރުވެސް އަތް ތުރުތުރު އަޅައެވެ. ދެތިން ފަހަރަކު ގުޅާލުމުން އަމްރު ފޯނު ނަގައިފިއެވެ. ނިކަތުގެ އަޑު ތުރުތުރު ލާވަރުން ވާހަކަވެސް ނުދެއްކުނެވެ. މަޑު ކުރުމަށް ބުނެފައި އަމްރު ބޮލަށް ޓީޝާޓް މަހާލަމުން އެގެއަށްދާން ހިނގައި ގަނެފިއެވެ. ކޮންމެވެސް ކަމެއްވެއްޖެކަން އަމްރުއަށް ޔަޤީނެވެ. ނުނީ މިވީ އެއްމަސް ދުވަހުގައި ނުގުޅި މީހަކު މިއަދު ނުގުޅާނެއެވެ.
ރޭގަނޑު ވުމުން، ގޭޓު ކައިރީގައި ހުއްޓިފައި އަމްރު ނިކަތުއަށް ގުޅާލިއެވެ. ތިިރިއަށް އައިސް ގޭޓު ހުޅުވާލަމުން އޭނާ ގެއަށް ވަދެގެންއައިސް މަޑުކޮއްލީ ކޮޓަރިއަށް ވަދެވުނީމައެވެ. އެމީހުންގެ ފަހަތުން މަޑުމަޑުން ވަދެގެން އައި ނިޝާނަށް އެމަންޒަރު ފެނުނެވެ. ނަމަވެސް ބާރަށް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި ދެމީހުނަކަށް އެމަންޒަރު ނުފެއެވެ. ކޮތަރިއަށްވަދެ ދޮރު ލައްޕަމުން ނިކަތު ދައްކާލި އޭނާގެ އަތުގައި އޮތް ޕްރެގްނެންސީ ކިޓެވެ. ދެލައިނު އަރާފައި އެކިޓަށް ބަލާލަމުން އަމްރު ބުމަ އަރުވާލީއެވެ. އެއްވެސް އެއްޗެއް ހިތަށް އެރި ހެނެއް ހިއެއް ނުވެއެވެ.
“އަމް ޕްރެގްނެންޓް..” ނިކަތު އެހެން ބުނުމުންވެސް އަމްރުގެ މޫނުން އެއްވެސް ކަހަލަ އަސަރެއް ނުފެނެއެެވެ.
“ސޯ…” އަމްރު އެހެން ބުނެފައި ނިކަތުގެ ކޮޓަރިއަށް ނަޒަރެއް ދިނެވެ. އެކި ދިމަދިމާލުން ފެންނަނީ އަގުބޮޑެތި ފަރުނީޗަރެވެ. މިހައި އަގުބޮޑު އެއްޗެހި އޭނާގެ ކޮޓަރީގައިވެސް ނުހުންނާނެއެވެ.
“އިޓްސް ޔުއަރސް..” ނިކަތުގެ އެޖުމްލައާއިއެކު އަމްރު ކުއްލިއަކަށް ބަލާލިއެވެ. އަދި އެވަރުގަދަ ދެބުމަ ކައިރިވަން ފެނުމާއެކު ނިކަތު ފަަހަތަށް ޖެހިލިއެވެ. އަމްރު އެހައި ރުޅިއައިތަން ފެނުމުން ނިކަތު ކަރުތެރެއަށް އާދަޔާއި ހިލާފު ތަދެއް ވިއެވެ.
“ގެޓް ރިޑް އޮފް އިޓް… ނިކަތު އަހަންނަށް ގުޅައިގެން މިތަނަށް ތިގެނައީ ނިކަތުއާއި އިންނާށޭ ބުނަންތަ…” ރޮވެމުން ދިޔަ ނިކަތު ބޯޖަހާލިއެވެ. ނިކަތު އަތުގައި އޮތް ކިޓު ނަގައި ދުރަށް ހޫރާލި އަމްރު އެތަނުން ނިކުމެގެން ތަންކޮޅަކަށް ނުދެވެނިސް ފަހަތުން ނިޝާން ގޮވާލިއެވެ. އަމްރުއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެެވެ. ނަމަވެސް ނިޝާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން މުނިގެއިން ކަރަންޓް ހިނގައްޖެއެވެ. ފޯނުގެ ލައިޓް އަޅުވަމުން ތިރިއަށް ފައިބައި ދެމީހުން ނިކުތީ މުޅި މާލެއިން ކަރަންޓް ދިޔައީ ތޯ ބަލާލުމަށެވެ. ނަމަވެސް ކަރަންޓް ނެތީ އެގޭގައި އެކަންޏެވެ. ގޭ އެތެެރެއިން އިވިގެން ދިޔަ ތޫލި ހަޅޭކުގެ އަޑުން ފުރަތަމަ އެދިމާލަށް ދުއްވައިގަތީ ނިޝާންއެވެ. ނިކަތުގެ އަޑުކަން އިހްސާސްވި އަމްރުވެސް އެދިމާލަށް ދުއްވައި ގަނެއްޖެއެވެ.
ގޭތެރެއިން ދުވަމުން ނިކުމެގެން އައި ފިރިހެންމީހާ ދުވެފައި ދާތަން ފެނުމުން ނިޝާން ދުއްވައިގަތީ އެމީހާގެ ފަހަތުންނެވެ. އަމްރު ފޯނުގެ ލައިޓު ޖައްސައިގެން ނިކަތުގެ ކޮޓަރިއާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. އަދިވެސް އަތަނުން ނިކަތުގެ ރުއިމުގެ އަޑު އިވެއެވެ. ފޯނުގެ ލައިޓު އަޅުވައިގެން ހުރި އަމްރު ނިކަތުއަށް ބަލާލިއެވެ. ނިކަތު އިނީ ބިންމަތީގައި ކަކޫ ޖަހައިގެން އަންގަމަތީގައި ދެއަތުން ހިފަހައްޓައިގެންނެވެ. ނަމަވެސް ރޮވެމުން ދިޔަ ނިކަތު މަޑުމަޑުން އެއްޗެކޭ ކިޔާކަން އަމްރުއަށް އިހްސާސްވިއެވެ.
ނުނިމޭ
7 Comments
Comments are closed.
noooooo.. amru!! i want to kill you right now..
awesome story ninnu..
nice story
Amru why did you do this to Nikath.
Dude this is non arguably the best story rn
Amuru had a nubaee…
???????
niku vvvv sad van a ….ehen Nevada nikaa…
pls…she gave all the things to amru???
aslu nikath eii nikath eh noon dho. i think nikoo akee rukoo henn.. ehenve egovanee niku ey kiyafai. dhen others think nikoo amilla meeha ah govanee ey.. very intresting. i love this story
ohh dang dhn kihinehvany good job this story is amazing
wow, avahah up kolaadehumah edhen. varah nice mi story, describing varah furihama.