ވާ ލޯބި އިނގޭ ނަމަ 9
“އެހެންތަ؟ އެވެދާނެ މީހެއް ސަމާސައަކަށް ކުރިކަމެއް ކަމަށްވެސް. އެހެން މީހެއް ބުނާ އެއްޗަކަށް އެވަރަށް ވިސްނާނެކަމެއް ނެތް. އެންޑް އަހަރެން ހުރިހާ ހިނދަކު ލީން އަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން އިންޝާﷲ. ޓްރަސްޓް މީ ބޭބީ. އެންޑް ކުރިން ވެސް ބުނީމެއްނު ސަރ ނުކިޔާށޭ. އެޓްލީސްޓް ނައު ޔޫ ޝުލްޑް ސްޓޮޕް ކޯލްގް މީ ސަރ އާފްޓަރއޯލް އައި އޭމް ޔުއަ ޓުބީ ހަޒްބެންޑް އެއްނު.” ރާދިން ފުރަތަމަ ބުނެލި ވާހަކަ ބުނެލީ ކަންބޮޑުވުން އެކުލެވިގެންވީ އަޑަކުން ނަމަވެސް ފަހުން ބުނެލި ޖުމްލަ ބުނެލީ އަޑަށް ލާނެއްކަން ވެރިކުރުވަމުންނެވެ.
އެއާއިކު އަވްލީންގެ މަޑު ހުނުމުގެ އަޑުއިވުނެވެ. އެތައް އިރެއްވަންދެން ދެމީހުން އެކަކު އަނެކަކާއި ވާހަކަދައްކަން ތިއްބެވެ. ގިނައިން ވާހަކަދެއްކީ ރާދިން ކަމަށް ވީ ނަމަވެސް އަވްލީން އަޑުއަހަން އިނީ ފޫހިކަމެއްނެތިއެވެ. ރާދިން އާއި ވާހަކަދެއްކިވަރަކަށް އަވްލީން ރާދިން އާއި ދެތެރޭގައި ދެކެމުން އައި ގޮތް ބަދަލުކުރުމަށް އެހިތް ބުނަމުން ދިޔައެވެ. ނަމަވެސް އެހާ އަވަހަށް ރާދިންއަށް އިތުބާރުކުރާކަށް އަވްލީން ބޭނުމެއްނޫނެވެ.
“ލީން މާދަން ދާނަން އިނގޭ ހޮސްޕިޓަލަށް ދާއިރު ލީން ބަލައި. ދެމީހުން އެއްކޮށްދާނީ. އޯކޭތަ؟”
“ހޫމް އޯކޭ.” ރާދިންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އަވްލީން ހޫމް ލައްވާލިއެވެ.
ދެމީހުން ފޯނުކުރުކޮށްލީ މާދަމައަކީ ދެމީހުންނަށް ވެސް ހެނދުނު ޑިއުޓީ އޮންނަ ދުވަހެއްކަމުން އަވަހަށް ނިދާންށެވެ.
ރާދިން އާއި ވާހަކަދެއްކުމުން އަވްލީން އަށް ކުޑަވަރެއްގެ ހަމަޖެހުމެއްލިބުނެވެ. ރާދިން އަކީ އޭނާ ހީކުރާ ކަހަލަ ބޮޑާ އަދި ފޮނި މީހަކަށް ނުވެދާނެއޭ އަވްލީން ގެ ހިތަށް އަރަންފެށިއެވެ.
ޖެހިގެން އައި ދުވަހު އަވްލީން ތައްޔާރުވެގެން ނިކުން އިރު ރާދިން އޭނާގެ އިންތިޒާރުގައި އިނެވެ. ރާދިން ކާރުގެ ދޮރުފަތް ހުޅުވާދިނުމުން އަވްލީން ކާރަށް އެރިއެވެ. ރާދިން ވެސް ޑްރައިވަރ ސީޓަށް އަރައި ދުއްވާލީ ގަޑި ނުޖެހި ހޮސްޕިޓަލަށް ދިއުމަށެވެ.
“އަމް ރާދިން.. އަހަރެން ބުނީ ހޮސްޕިޓަލްގަ އުޅޭ މީހުންނަށް އަދި އަހަރެމެންގެ ރިލޭޝަންގެ ވާހަކަ ނާންގައްޗޭ. މިހެން މިބުނީ އަސްލު އަހަރެން ޖޮއިން ކުރިތާ އަދި މާ ގިނަ ދުވަހެއްވެސް ނުވެއެއްނެ އެންޑް އެކަހަލަ ވާހަަކަ އެއް ދެކެވުނީމަ ފަހަރެއްގަ ދެކޭ ގޮތް ވެސް ބަދަލުވެދާނެއެއްނު.”
“ޑޯންޓް ވޮރީ ލީން. ބައްޕަ ބުނުއްވި ހޮސްޕިޓަލްގެ އަހަރީ ދުވަހުގަ އޮންނަ ޖަލްސާގަ އޭ އަހަރެމެން ދެމީހުން މެރީކުރާ ވާހަކަ އިއުލާނު ކުރާނީ. އޭގެ ކުރިން އެ ވާހަކަ ހޮސްޕިޓަލް ތެރޭ ނުދައްކާނެ.” ރާދިން ބުނެލުމުން އަވްލީން ހިތްހަމަޖެހުނެވެ.
ކާރުތެރޭ އިންއިރު އަވްލީން އަށް ވައްކަޅިން ރާދިން އާއިި ދިމާލަށް ބެލެއެވެ. ރާދިން އަށް މިކަން ފާހަގަވި ނަމަވެސް އެއްޗެކޭ އެއް ނުބުނެއެވެ. މަޑުމަޑުން އަވްލީން ގެ ހިތް އޭނާއަށް ލެނބޭކަހަލަ އިހްސާސެއް ރާދިން އަށް ކުރެވުނެވެ.
އޭގެ ހަފްތާއެއް ފަހުން އެންމެން ވެސް ބުރަކޮށްއުޅުނީ ހޮސްޕިޓަލްގެ އަހަރީ ދުވަހަށް ތައްޔާރުވުމަށެވެ. މިފަހަރު އަހަރީ ދުވަސް ފާހަގަކުރުމަށް ރާވާ ކަންތައް ތަކުގެ ތެރޭގައި މުވައްޒަފުންގެ ދަތުރެއް އިނުމުން އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ.
އަވްލީން ތައްޔާރުވަމުން ދިޔައީ މިރޭގައި އޮންނަ ‘ޑްރީމް ކެއަރ ހޮސްޕިޓަލްގެ’ އަހަރީ ޖަލްސާއަށް ދިއުމަށެވެ. މިރެއަށް ހާއްސަކުރެވިފައިވާ ކުލައަކީ ރަތް ކުލަ ކަމަށް ވާތީ އަވްލީން ހުރީ ރަތް ކުލައިގެ ހެދުމެއް ލައިގެންނެވެ. ހެދުމުގެ މޭ މައްތީގައި ލޭސްފޮތިން ޑިޒައިން ކުރެވިފައިވާ އިރު ކުދި ކުދި އެސްތަކެއް ހަރުކުރެވިފައިވައެވެ. ލޭސް ފޮތީގެ ކުރު އަތްކޮޅެއް ލައިފައި ހުރި އިރު އަވްލީންގެ ދޮންއަތް އޮތީ ހާމައަށެވެ. ހެދުން އަވްލީންގެ ދޮންހަންގަނޑާއި ނުހަނު ގުޅެއެވެ. އެ ހެދުމަކީ މިރެއަށް ހާއްސަކޮށް ރާދިން އަވްލީންއަށް ދީފައިވާ ހެދުމެކެވެ. އެ ފަން ދިގު އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. އާންމުކޮށް މޭކަޕް ކުރުމާއި ދުރު ކުއްޖާ މިރޭ ހުރީ ރީތި މޭކަޕެއް ކޮށްލާގެންނެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ ހާކައިފައި ވުމުން އިހުނަށްވުރެ ކަޅުކަންގަދަ ވެފައި ދިގުކަމަށް ދައްކައެވެ. ދެ ލޯ ވެސް ވަނީ އައިލައިނާ އިން ފަވާލެވިފައެވެ. ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކެއް ކޮށްފައިވާ އިރު އަވްލީން އާއި ވަރަށް ގުޅެއެވެ.
“ދޮންތާ ހިނގާ ދާން. ދޮންތަބެ ދެންމެ ގުޅާފަ ބުން ކާރު ފޮނުވާފައޭ ވާނީ.” މާޒިން ގޮވާލުމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ނަފްސަށް ބަލައިލުމަށް ފަހު އަވްލީން ބޭރަށް ނިކުތެވެ.
“ޔޫ ލުކް ގޯރޖިއަސް ދޮންތާ. ޔަގީން މިރޭ ދޮންތަބެ ފެއިންޓް ވާނެ ކަން.” މާޒިން ހީލަމުން އަވްލީން އާއި ދިމާކޮށްލިއެވެ. އެއާއިކު އަވްލީންގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ކުޅެލިއެވެ. ކުރިން ރާދިން އާއި ދޭތެރޭ އަވްލީން ދެކެމުން އައި ގޮތާ މިހާރު ދެކެމުން އަންނަ ގޮތް ވަނީ ބަދަލުވެފައެވެ. ރާދިންގެ ނަން އިވުމުން އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއެވެ. އަބަދުވެސް ރާދިން އާއި އެކުގައި ވުމަށް އެހިތް އެދެމުން ދެއެވެ. މިއީ މީހުން އެކިޔާ ލޯބި ކަމަށް އަވްލީންއަށް ގަބޫލުކުރެވުނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަވްލީން ރާދިން ކައިރީ ގައެއް ނުބުނެއެވެ.
މިރޭގެ އެ ހަފްލާގައި އަވްލީންގެ އާއިލާ އެންމެން ބައިވެރިވީ ރިޔާދުގެ އެދުމުގެ މަތިންނެވެ. ކާރު ގޮސް ޑްރީމް ކެއަރ ހޮސްޕިޓަލް ކައިރިއަށް މަޑުކޮށްލުމުން އަވްލީން މެން ކާރުން ފައިބައިގެން އެތެރެއަށް ވަންނަން ދިޔައެވެ. ހަފްލާ ބޭއްވުނީ އެ ހޮސްޕިޓަލްގެ ގޯތިތެރޭގައި އިމާރާތުގެ އެއްފަރާތުގައި ހަދައިފައިވާ ހިތްގައިމު ބަގީޗާ ސަރަހައްދުގައެވެ. މުޅި ތަން ވަނީ މާމެލާމެލިން ވަރަށް ފުރިހަމައަށް ޒީނަތްތެރިކުރެވިފައެވެ. އެތަނަށް ދާން ރަތްކުލައިގެ ކާޕެޓެއް އަޅާފައިވާ އިރު ހިނގަން އިންތަނުގެ މަތީގައާއި ދެފަރާތުގައި ބޮކިފަތި ދިއްލާފައިވެއެވެ. މަޑު މިއުޒިކެއްގެ އަޑު އިވިއިވި ހުރުމުން ވަރަށް ވެސް ހިތްގައިމެވެ.
އަވްލީންގެ ދެ ލޯ ހޯދަމުން ދިޔައީ ރާދިން އަށެވެ. ރާދިން ދެކިލާ ހިތުން ކެއްމަދުވަެފައި ހުރެއެވެ.
“ލީން… މާޝާﷲ ޔޫ ލުކް ވެރީ ޕްރިޓީ.” ތޫބާއަށް އަވްލީން ފެނުމުން ތައުރީފް ނުކޮށްލައިނުހުރެވުނެވެ. އަވްލީން މިރޭ އެހާވެސް ރީއްޗެވެ.
“ތޫ ވެސް ނުލާހިކު ރީތި ހަމަ. މީ ހަބީ ދޯ؟” ތޫބާ ކައިރީގައި ހުރި މީހާއަށް އިށާރާތްކޮށްލަމުން އަވްލީން އަހައިލިއެވެ.
“ޔެސް. ފައިނަލީ މީޓް މައި ހަސްބެންޑް އަރީފް. އެންޑް އަރީފް މީ ލީން އައި މީން އަވްލީން.” ތޫބާ އެ ދެމީހުން ތައާރަފްކޮށްދިނެވެ.
“އިޓްސް ނައިސް ޓު މީޓް ޔޫ ފައިނަލީ އަވްލީން. ތޫ ވަރަށް ދައްކާނެ ލީން އެއްގެ ވާހަކަ. މިއަދު ދެން މި ދިމާވެސް ވީ.” ހިތްހެޔޮ ހިނިތުންވުމަކާއި އެކު އަރީފް ވާހަކަދެއްކިއެވެ.
“ސޭމް ހިޔަރ. ހިނގާ ދޯ އިށިންނަން ދާން ޖަލްސާ ފެށެން އެ އުޅެނީ މިހާރު ދެން.” އަވްލީން މިހެން ބުނަމުން އެތާ ކައިރީގައި އިން މޭޒެއް ކައިރީ އިށީނެވެ. އިރުކޮޅަކުން ހަފްލާ ފެށުނެވެ.
އެ ހަފްލާގެ ހާއްސަ މެހެމާުން ކަމުގައިވާ ރިޔާދު އާއި އޮސްޓްރޭލިޔާ އަދި ސްރީލަންކާގެ މަޝްހޫރު ހޮސްޕިޓަލްގެ އިސްވެރިން އަންނަ ވާހަކަ އިއުލާނު ކުރެވުމުން ހުރިހާ އެންމެން ކޮޅަށް ތެދުވިއެވެ.
ހަފްލާގައި އެންމެ ފުރަތަމަ އޮތް އައިޓަމް އަކީ ރިޔާދު ޑްރީމް ކެއަރ ހޮސްޕިޓަލް އާއި ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. ރިޔާދު ވާހަކަ ދައްކަމުން ދިޔައިރު އަވްލީން ކޮޅުކޮޅުބަލައި ހޯދަމުން ދިޔައީ ރާދިން ފެންނަން ނެތުމުންނެވެ. ރާދިންގެ ފޯނަށް އެތައް ފަހަރަކު ގުޅުމުންވެސް ފޯނެއް ނުނަގައެވެ.
ރިޔާދު އެ ހޮސްޕިޓަލް މިހާ ހިސާބަށް އައީ ނުހަނު ބުރަ މަސައްކަތުންކަމަށް ފާހަގަކޮށް އެ ކަމުގައި ހިއްސާވާ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރުމަށް ފަހު ވާހަކަ ނިންމާލުމުން މާހައުލުގައި އަތްތިލަ ބަޑީގެ އަޑު ގުގުމާލިއެވެ.
ދެން އެއަށް ފަހު ސްޓޭޖަށް އެރީ ރާހިލް އެވެ. ރާހިލް ވެސް ހޮސްޕިޓަލާއި ބެހޭ ގޮތުން ކުޑަކޮށް ވާހަކަދައްކާލުމަށް ފަހު، ކޮންމެ މުވައްޒަފަކަށް ވެސް ހޮސްޕިޓަލްގެ ފަރާތުން ދެވޭ ހަދިޔާއެއް ހަވާލުކުރިއެވެ.
“ދެން އޮތީ ވަރަށް ހާއްސަ އެނައުސްމަންޓްއެއް. ތި ހުރިހާ ބޭފުޅުންނަށް ވެސް އިނގޭނެ ފަދައިން އަޅުގަނޑުގެ ދަރިފުޅު ރާދިން އަކީ ކި ހޮސްޕިޓަލްގެ އެކްޓިން ސީ.އީ.އޯ.” ރިޔާދު ސްޓޭޖަށް އަރައި އެ ވާހަކަދައްކަން ފެށުމުން އަވްލީން ފިނިވާގޮތް ވިއެވެ. އެ އުޅެނީ އަވްލީން އާއި ރާދިންގެ ކައިވެނީގެ ވާހަކަ އެނައުންސް ކުރަންކަން އަވްލީންއަށް އިނގެއެވެ. މި ހަފްލާގެ ތެރޭގައި އެ ވާހަކަ އިއުލާނުކުރާނެ ވާހަކަ ރިޔާދު މާކުރިންވެސް އަވްލީން ގާތުގައި ބުނެފައިވެއެވެ.
“ދަރިފުޅާ ރާދިން. ބައްޕަ ކައިރިއަށް ސްޓޭޖަށް އާދެބަލަ.” ރިޔާދުގެ ޖުމްލަ އިޑު އިވުމާއި އެކު އަވްލީން އަށް ސްޓޭޖާއި ދިމާލަށް ބަލައިލެވުނެވެ. ސްޓޭޖަށް އެރި ރާދިން ފެނިފައި އަވްލީން އަށް ހިނިތުންވެވުނެވެ. އެހެން ރޭރެއަށް ވުރެ ރާދިން މިރޭ ރީއްޗެވެ. ލާފައިވަނީ ހުދު ކުލައިގެ ގަމީހެކެވެ. އެއާއި އެއްްކޮށް ރަތް ކުލައިގެ ޓައީ އެއް އަޅާފައިވެއެވެ. އަޑިން ލާފައިވާ ކޯޓްގެ އިތުރުން މަތިން ލާފައިވާ ކޯޓުގެ ގޮށް ހުރީ ނައްޓާލާފައެވެ. އެ ކޯޓުގެ އެއްފަރާތު މޭމަތީގައި އިން ޖީބުގައި ރަތްކުލައިގެ ރުމާލެއް އިނެވެ.
“މި އަންނަ މަހުގެ ފަހުކޮޅުގައި ރާދިންގެ ކައިވެނި ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައި. ހުރިހާ ސްޓާފުންގެ ހާޟިރުގައި މި ވާހަކަ އިއުލާންކޮށްލަން ނިންމި ސަބަބަކީ ރާދިން އިންނަން އުޅެނީ މި ހޮސްޕިޓަލްގެ ޑްކޮޓަރަކަށް ވާތީ.” ރިޔާދުގެ ޖުމްލަ އާއި އެކު އެންމެން އެކަކު އަނެކަކާ ވާހަކަދައްކަން ފެށިއެވެ.
“ޑރ. އަވްލީން. ޕްލީޒް ކަމް ޓު ދަ ސްޓޭޖް.” ރިޔާދުގެ ޖުމްލަ އާއި އެކު ތަނުގައި ތިބި އެންމެންގެ ނަޒަރު އަވްލީން އަށް ހުއްޓުނެވެ. އެންމެންެގެ ނަޒަރު އަވްލީންއަށް ހުއްޓިފައިވާ ތަންފެނި އަވްލީން ފިނިވާގޮތް ވިއެވެ. ދެއަތް ދެއަތާއި މޮޑެން އިނީ އިންތަނުން ތެދުވަން ވެސް ނުކެރިފައެވެ.
ސްޓޭޖް މަތީގައި ހުރި ރާދިން މަޑުމަޑުން އަވްލީން އާއި ދިމާލަށް އަންނަންފެށިއެވެ. އޭރުވެސް އެންމެންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައިވިއެވެ. ރާދިން އަވްލީން ކައިރިއަށް ގޮސް ހުއްޓިލަމުން އޭނާގެ އަތް އަވްލީން އާއި ދިމާލަށް ދިއްކޮށްލިއެވެ. އަވްލީން އިސްއުފުލާލައި ރާދިން އާއި ދިމާލަށް ބަލައިލުމުން ރާދިން ލޯމަރައިލުމަށް ފަހު އޭނާގެ އަތަށް އިށާރާތްކޮށްލިއެވެ. މަޑުމަޑުން ރާދިންގެ އަތުގައި ހިފި އަވްލީންގެ އަތުގައިވި ތުރުތުރުލުން ރާދިންއަށް ވެސް އިހުސާސްކުރެވުމުން އެ އަތަށް ކުޑަކޮށް ފިތާލީ ހަމަޖެހުމަށް ބުނުމަށެވެ.
ރާދިން އަވްލީންގެ އަތުގައި ހިފައިލައިގެން ހިނގަމުން ދިޔައިރު އެދެމީހުންނަށް ބަލަމުން ދިޔަ ބަޔެއް މީހުންގެ މޫނުގައި ހިނިތުންވުން ވީއިރު އަނެއްބައި މީހުންގެ މޫނު މަތީގައިވަނީ ހަސަދަވެރިކަމެވެ. އަވްލީންގެ ބަދަލުގައި ރާދިން އާއި އެކު ހުރެވޭނެ ނަމައޭ ހިތަށް އެރީ އެތަނުން ކިތެއް އަންހެން ކުދިންނެއްގެ ހިތަކަށް ކަމެއް ނޭނެގެއެވެ. ހަމައެފަދައިން އަވްލީން ފަދަ ރީތި އަންހެން ކުއްޖެއް ހަޔާތުގެ ބައިރެރިއަކަށް ހެދުމަށް ފެންބޮވައިގަނެފައި ތިބީ ކިތެއް ފިރިހެން ކުދިންނެއް ކަމެއް ނޭނގެއެވެ.
އަވްލީން އާއި ރާދިން ސްޓޭޖަށް އެރުމުން ދެމީހުންގެ ކައިވެނީގެ ވާހަކަ އެނައުންސް ކުރެވިގެން ދިޔައެވެ. ހުރިހާ އެންމެންވެސް ދެމީހުންނަށް މަރުހަބާ ކިޔުމަށް އަތްތިލައިގެ ހޫނު މަރުހަބާއެއް ދިނެވެ.
ދެމީހުންގެ ކައިވެނީގެ އެނައުންސްމެންޓްއަށް ފަހު ދެން އޮތީ މުނިފޫހިފިލުވުމުގެ އައިޓަމްއެކެވެ. ރީތި ލަވައެއްޖަހައިލުމުން އެކި މީހުން ކަޕުލް ހަދައިގެން ޑާންސްކުރަމުން ދިޔައެވެ. އަވްލީން ވެސް ރާދިން އާއި އެއްކޮށް ލަވައިގެ ރާގާއި އެއްވަރަށް މަޑުމަޑުން ހަރަކާތްކުރަމުން ދިޔައެވެ.
“ޔޫ ލުކް ބިއުޓިފުލް ބޭބީ…” ރާދިން އެންމެ ފަހުން އޭނާގެ ހިތުތެރޭގައި ފޮރުވާފައިވާ ބިސްތައް އަވްލީންއަށް އިއްވާލިއެވެ.
“އެންޑް ޔޫ ލުކް ހޭންޑްސަމް. ކީއްވެ ގުޅީމަ ފޯނު ނުނެގީ؟” އަވްލީން މޫނަށް ވައްތަރެއްޖައްސާލަމުން އަހައިލި ގޮތުން ރާދިން ގާތަށް ހިނިއަންނަގޮތްވިއެވެ.
“ސޮރީ ބޭބް. އަސްލު ވަރަށް ބިޒީކޮށް މިއަދު މިއުޅުނީ. ތަނުގެ ހުރިހާ އެރޭންޖްމަންޓެއް ބަލައިފަ ރެޑީވާން ދެވުނީ ވެސް ވަރަށް ފަހުން. އެންޑް ފޯން ސައިލެންޓްއަށްލާފަ އޮތީމަ ނޭނގުނީ ގުޅިކަމެއް.” ރާދިން ވީގޮތް އޮޅުންފިލުވައިދިނެވެ.
“ހިނގާބަ އެތާ އެކޮޅަށް.” ރާދިން އަވްލީންގެ އަތުގައި ހިފައިގެން މީހުން ތަންކޮޅެއް މަދު ހިސާބަކަށް ދިޔައެވެ.
“ރާދިން ކީއްކުރަން މިތަނަ….” އަވްލީންގެ ޖުމްލަ ފުރިހަމަކުރުމުގެ ކުރިން ރާދިން އެއް ކަކޫ މައްޗަށް އިށީންނަމުން ޖީބުން ނެގި އަންގޮއްޓިއެއް އަވްލީން އާއި ދިމާލަށް ދިއްކޮށްލިއެވެ. އަވްލީން ހުރީ ހައިރާންވީވަރުން ބުނާނެ އެއްޗެއް ނޭނގި އަނގަހުޅުވިފައެވެ.
“އާމިނަތު އަވްލީން މިރުހާން. ވިލް ޔޫ މެރީ މީ އެންޑް ޝެއަރ މައި ލައިފް ވިތްމީ؟” ރާދިންގެ ފިރިހެންވަންތަ އަޑުގައިވި އަސަރަކުން އަވްލީންގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ.
ރާދިން ދިއްކޮށްގެން އިން އަތުގެ ތެރެއަށް އަވްލީންގެ އަތްލަމުން “ޔެސް އައި ވިލް މެރީ ޔޫ” އޭ ބުނެލުމުން ރާދިންގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުޅެލިއެެވެ. އެ އަންގޮއްޓި އަވްލީންގެ ވައަތު ކަށި އިނގިލީގައި އަޅުވައިދިނުމަށް ފަހު ރާދިން ތެދުވެ އަވްލީންގެ މޫނުގައި އޭނާގެ ދެއަތް ޖައްސާލިއެވެ. ރާދިންގެ ނަޒަރު ހުއްޓިފައިވަނީ ފިނިފެންމަލެއްގެ ފިޔައެއްފަދަ އަވްލީންގެ ދެ ތުންފަތަށެވެ. މަޑުމަޑުން ރާދިންގެ މޫނު އަވްލީންގެ މޫނާއި ކައިރިވަމުން ދިޔަވަރަކަށް އަވްލީންގެ ނޭވާ އަސްވެ ހިތުގެތެޅުންވެސް އަސްވާންފެށިއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިސްސާސްވާހާ ކައިރިވުމުން އަވްލީން އޭނާގެ އެސްފިޔަތަށް ތިރިކޮށްލިއެވެ. މިކަން ވެގެން ދިޔައީ ރާދިންއަށް ލިބުނު ދައުވަތަކަށެވެ. މަޑު މަޑުން ލޯމަރައިލަމުން އަވްލީންގެ ތުނި ތުންފަތުގެ މީރުކަން ލިބުގަތީ އެކަމަށް ފެންބޮވައިގަނެފައިވާ މީހެއް ފަދައިންނެވެ. އަވްލީން އަށް ވެސް ރާދިންގެ މި އަމަލުގައި ފުރިހަމައަށް ބައިވެރިވެވުނެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ އެ ލޯބިވެގި ވަގުތުކޮޅު ނިމުމަކަށް އައީ ދެމީހުންގެ ވެސް ނޭވާ ކޮޅަށް ދިއުމުންނެވެ. ފުން ނޭވާތަކެއް ލަމުން ދިޔަ ރާދިން އޭނާގެ ނިއްކުރި އަވްލީންގެ ނިއްކުރީގައި ޖައްސާލިއިރު އެ މޫނުމަތީގައި ރީތި ހިނިތުންވުމެއްވިއެވެ.
“ދެންމެ ކައިވެނީގެ ވާހަކަ ހުރިހާ އެންމެންގެ ކުރިމަތީ އެނައުންސް ކުރީމަ ޕްރޮޕޯސްކުރަން އެނގުނީ؟” އަވްލީން ހީލަމުން ވާހަކަދެއްކިއެވެ.
“އެދެން އެހެންވިޔަސް. ޕްރޮޕޯސް ނުކޮށްފިއްޔާ އިންނަ ފަހުން ލީން ބުނެދާނެއެއްނު ރާދިން ވަރަށް ބޯރިންގް އޭ ތިމަންނައަށް ރޮމޭންޓިކްކޮށް ޕްރޮޕޯސްވެސް ނުކުރެއޭ. މިހާރުދެން އެހެން ބުނެވޭކަށް ނޯންނާނެއެއްނު.” ރާދިން އަވްލީންގެ އަތުގައި ބޮސްދެމުން ބުނެލިއެވެ.
“އައި ލަވް ޔޫ ސޯމަޗް ލީން. ލީންއަށް އިނގޭތަ އެންމެ ފުރަތަމަ ލީން ފެނިލުމުންވެސް ލީން އަހަރެންނަށް ހާއްސަވި. ބައްޕަ ބުނުއްވާގެން ލީން މެން ގެއަށް ދިޔައިރު ނޭނގެ ލީން އާކަމެއް މީޓްކުރަން މިދެވެނީ. ބަޓް އެ ކުއްޖަކީ ލީން ކަން އެނގުމުން ވަރަށް ވަރަށް ހެޕީވި. ނުވެސް ވިސްނާ ހުއްޓާ ލީން އަހަރެންގެ ހައްގަކަށް ހަދަން ލިބުނީމަ. ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދައްޗޭ. އައި ކާންޓް ލިވް ވިތްއައުޓް ޔޫ ކޯޒް އައި ލަވް ޔޫ މޯ ދެން އެނީތިން އިން ދިސް ވޯލްޑް.” ރާދިން އޭނާގެ ހިތުގެ ހާލު އަވްލީންއަށް ކިޔާދެމުން ދިޔައެވެ. ނަމަވެސް އަވްލީންގެ ފަރާތުން ޖަވާބެއް ނުލިބުމުން ކުޑަކޮށް މާޔޫސްވާގޮތްވިއެވެ.
“ރަ ރާދިން… އެންމެ ފުރަތަމަ ރާދިން ފެނިގެން އަހަރެން ހިޔެއްނުކުރަން ރާދިން ތީ އެހާ ލަވިން އެންޑް ކެއަރިން މީހަކަށް ވާނެކަމަށް. ޓު ބީ އޮނެސްޓް އައި ތޯޓް ރާދިން އަކީ ވަރަށް ބޮޑާ އަދި ފޮނި މީހެއްކަމަށް. މެރީ ކުރާ ވާހަކަދައްކަން ގެޔަށް އައީމަވެސް ހީކުރީ ރާދިން އަށް އެނގިގެން ރާދިން އަމިއްލައަށް ކުރާކަމެއްކަމަށް އެއީ. ބަޓް މިހާރު އެހެންނެއް ނޫން…”
“ދެން މިހާރު ކިހިނެއް؟” އަވްލީންގެ ވާހަކަ މެދުކަނޑައިލުމުން ލާނެއް ފާޑަަކަށް ހެވިފައިހުރެ ރާދިން އަހައިލިއެވެ.
“ދެން އިނގެއެއްނު ނުބުންޏަސް މިހާރު. ދެންމެވީ ހުރިހާކަމަށްފަހުގަ.” އަވްލީން ހުރީ ލަދުން މަރުވާވަރުވެފައެވެ.
“ދެންމެވީ ކަންތަކުންނޭ؟ ނޭނގުނު. ބުނެބަލަ.” އަވްލީން ބުނަން އުޅުނު އެއްޗެއް ރާދިންއަށް ފަހުމްވި ނަމަވެސް އޭނާ ބޭނުންވީ އަވްލީންގެ ދުލުން އެބަސްތައް އަޑުއަހާލުމަށެވެ.
“ދެން ހިނގާދާން މިހާރު މަންމަ މެން ނުފެނިގެން ހޯދާނެ.” އަވްލީން ބޭނުންވީ މައުލޫއޮޅުވާލާށެވެ. އެހެންކަމުން އެންމެން ހޯދާނެކަަމަށް ބުނަމުން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދިޔަ އަވްލީން ހުއްޓުނީ ރާދިން އޭނާގެ އަތުގައި ހިފޭއްޓުމުންނެވެ. ރާދިން ޖަހާލި ލުއްކަކާއި އެކު އަވްލީން އައިސް ތައްވީ އެ ތަނަވަސް މޭ މަތީގައެވެ.
“ދެން ބުނެބަލަ ލީން.” މަސްތީ އަޑަކުން ރާދިން ބުނެލިއެވެ.
“މި… މިހާރު ރާދިން އާއި ދޭތެރޭ އެހެންނެއް ނުދެކެމޭ.” އަވްލީންއަށް ބުނެވުނީ ހަމައެކަނި މިހެންނެވެ.
“ދެން ކިހިނެއް ދެކެނީ އޭރުންް މިހާރު؟” ރާދިން ސުވާލުކޮށްލިއެވެ.
“ރާދިންންންން…”
“ހޫމްމްމްމްމް މައި ލަވް އިޑުއަހަންށޭ މިހުރީ. އަޑުއަހާ ހިތުން ބޭގަރާރުވެފަ ހަމަ.” އަޑަށް ލާނެއްކަން ވެރިކުރަމުން ރާދިން ބުނެލިއެވެ.
“އަ.. އައި.. އައި ލަވް ޔޫ ރާދިން.” ވަރަށް ނުކެރިފައިހުރެވެސް އަވްލީން އޭނާގެ ހިތުގެ ހާލަތު ރާދިންއަށް އަންގާލިއެވެ.
އަވްލީންގެ ހިތުގައި ރާދިންއަށް ޓަކައި އިހްސާސްތަކެއްވާކަން ރާދިންއަށް ކުރިން އެނގުނު ނަމަވެސް އަވްލީންގެ ދުލުން އެ ބަސްތައް އިވުމުން ލިބުނީ ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެކެވެ. އުފާވިވަރުން ރާދިން އަވްލީންގެ ގައިގާ ބައްދާލީ ވައިރޯޅިއަކަށް ވެސް އެ ދޭތެރެއަށް ނުވަދެވޭހާ ބާރަށެވެ.
“ލަވް ޔޫ މޯ އެންޑް މޯ ލީން. ލީން އަކަށް ނޭނގޭނެ މިރޭ އަހަރެން އުފާވެފަހުރި ވަރެއްވެސް. ލީންގެ ދުލުން އެ ބަސްތައް އަޑުއަހަން ކެއްމަދުވެފައި ހުންނަތާ ކޮން ދުވަހެއް މިހާރު.” އަވްލީންގެ ގައިގާ ބައްދާލައިގެން ހުރެ ރާދިން ބުނެލިއެވެ.
ރާދިން އާއި އަވްލީންއަށް ނޭނގުނުކަމަކީ އެ ދެމީހުންގެ އެ ލޯބިވެތި ވަގުތުކޮޅު ބަލަން ފާރައަށް އެހެން މީހެއް ހުރިކަމެވެ. އެމީހާގެ މޫނުމަތީގައިވާ ރުޅިވެރިކަމުގެ އަލިފާނުން އަވްލީން ރޯކޮށްލާން އުޅޭފަދައަކުން އަވްލީން އާއި ދިމާލަށް ބަލަމުން ދިޔައެވެ.
“އައި ވިލް ޑިސްޓްރޯއީ ޔޫ އަވްލީން.” ރުޅިވެރި އަޑަކުން އެމީހާ ބުނެލިއެވެ.
= ނުނިމޭ =
10 Comments
Comments are closed.
Haadha kurey
Sorry dear busy kamun ehaa dhigukoh nuliyeveny but this part is longer than the previous ones ?
Adhives part thah dhigukoh geneveythw try kuraaanan ❤️?
Varah loabi! I love it so far!!
?❤️? Thanks Thu dear ❤️
awww I love it so romantic ?waiting for next part ….??
?❤️? Glad you like it dear.
Next part in sha allah vrh avahah up kohleveythw balaanan ?
Avleen destroy kohlan ulhey meehaayah ranglhu bondieh dheythi,vaahaka varah reethi keep it up
Yah Noor dear lets see dhw emyhakah vaa vareh.
Thanks for your support ?❤️?
OMG haadha loabi vaahaka ekey
vrh vrh reethi and thikuraa masahkathah saabas
love ya sis ????????????
??❤️? Thanks dear
Hope you will like the upcoming parts too ❤️❤️❤️