އަޝްޖައުގެ ނަޒަރުން:
ތޮށިގަނޑުމަތީ ރަހުވާ އިށީންދެގެން އިންއިރު ހީވަނީ މޮޑެލްއެއް ހެންނެވެ. އިރުގެ އަލި އެދޮން މޫނަށް އެޅިފައި ހުރުމުން އިތުރަށް ދޮންހެން ހީވެއެވެ. މޫދުގައި އޮތްއިރު އަހަންނަށް ސަމާލުކަން ދެވެމުން ދިޔައީ ރަހުވާއަށެވެ.
ރަހުވާއަށް ބަލަން ހަދައިގެން އަހަރެންގެ ފައި ގަބައިގަން އިރުވެސް ނޭންގުނެވެ. ކުއްލިއަކަށް ގަނބައިގަތުމުން ފަތައިގަންނަށްވެސް އަހަންނަށް ނޭންގުނެވެ. ސަލާމަތްވާވެގެން މޫދުގައި ބަކަ ތަޅައިގަން ވަގުތު އަނގަފުރާ ލޮނުބޮވުނެވެ. ނެވާ ކުރުވެ އަހަރެންގެ ދެލޯ މެރުނުއިރުވެސް ހުރެވުނީ ރަހުވާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު ޝައުންގެ ހަޅޭކުގެ އަޑާއެކު ރަހުވާގެ އަޑުވެސް އިވުނުހެން އަހަންނަށް ހީވިއެވެ. މަޑު މަޑުން ދެލޯ މެރެމުން ގޮސް އަހަރެންގެެ ދެލޯ މެރުނެވެ.
****
ރަހުވާގެ ނަޒަރުން:
ކުއްލިއަކަށް ޝައުން ހަޅޭއްލަވައި ގަތުމާއެކު ޖީނާއަށް ކަމެއްވީ ކަމަށް ހީކޮށް އަހަރެން ހަދާނެގޮތް ހުސްވިއެވެ. އެހެނަސް ޝައުންގާތު ދެލޯ ބޮޑުކޮށްގެން އެއްފަރާތަކަށް ބަލަން އިން ޖީނާ ފެނުމުން ހަމަޖެހުމުގެ ނެވާއެއް ލެވުނެވެ. ޝައުންއާ ޖީނާ ބަލަހައްޓައިގެން ތިބި ދިމާއަށް އަހަރެން ބަލާލުމާއެކު އަހަރެންގެ މޭގަނޑު އަނގައަށްނައި ކިރިޔާއެވެ. އަޝްޖައު ގެނބެނީއެވެ. އަހަންނަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. އަޝްޖައު ދެލޯ މެރެމުން ދިޔައިރު އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހިނިތުންވެލިއެވެ.
މަގުމަތިން ދިޔަ މީހަކަށް އަޝްޖައު ގެނބުނު މަންޒަރު ފެނިގެން މޫދަށް ފުންމާލާފައި އަޝްޖައު ދަމަމުން ކަހަލަ ގޮތަކަށް އެއްގަމަަށް އެރުވިއެވެ. އެމީހާ ފަހަތުން ޝައުންވެސް ޖީނާ ގޮވައިގެން އެއްގަމަށް އެރިއެވެ. ގިސްލެވޭހާލު ޖީނާ އަހަރެން ގައިގައި ބައްދާގަަތެވެ. “ބޭބީ. އިޓްސް އޯކޭ” ޖީނާގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމަުން އަހަރެން ބުނީމެވެ.
ވަގުތުން އެންބިއުލެންސަށް ގުޅައިގެން އަޝްޖައު ހޮސްޕިޓަލަށް ގެންދެވުނެވެ. އަހަރެން ގެއަަށް ދާން އުޅުމުން ޖީނާ ރޯވަރުން އަހަރެންވެސް ޖެހުނީ ހޮސްޕިޓަލަށް ދާށެވެ. ދިޔަ މަގުމަތީ އަޝްޖައުގެ މަންމައާ ބައްޕައަށް ޝައުން ގުޅިއެވެ.
ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އަޝްޖައު ވެއްދީ އެމަޖެންސީ ރޫމަށެވެ. އަހަންނާ ޝައުން ޖީނާ ގޮވައިގެން ބޭރުގައި މަޑުކޮށްގެން ތިބީމެވެ. ޖީނާއަށް އޭރުވެސް ދިޔައީ ގިސްލެވެމުންނެވެ. އަހަރުމެން އެތާ ތިބޭތާ ފަސް ވަރަކަށް މިނެޓުވީ ފަހަުން މެދު އުމުރުގެ އަންހެނަކާ ފިރިހެނަކު ދުވަމުން އެމަޖެންސީ ރޫމްތެރެއަށް ވަނެވެ. އެދެމީހުން އުޅުނު ގޮތުން އެއީ އަޝްޖައުގެ މަންމައާ ބައްޕަކަން އަހަންނަށް އެނގުނެވެ.
އެމަޖެންސީ ރޫމް ކުރިމަތީގަި ހުރި ގޮނޑިބަރީގައި އެހަރެން ބައިންދާފައި ޝައުން ދިޔައީ ޖީނާ ގޮވައިގެން ބޭރަށެވެ.
ފަސް ވަރަކަަށް މިނެޓު ފަހުން އަޝްޖައުގެ މަންމަ އެމަޖެންސީރޫމުން ނިކުމެގެން އައިސް އަހަރެން ގާތު ގޮނޑީގައި އިށީނެވެ. ރުއިމުގެ ސަބަބުން އަޝްޖައު މަންމަގެ މޫނުވަނީ ރަތްވެފައެވެ. އަޝްޖައުގެ ހާލާ ބެހޭ ގޮތުން ސުވާލު ކުރާކަށެއް އަހަންނަކަށް ނުކެރުނެވެ. އެންމެ ކުޑަމިނުން ހިތްވަރުގެ ބަހެއް ވެސް ނުބުނެވުނެވެ. އަހަރެން އެގޮތަށް އިންދައި އަޝްޖައުގެ މަންމަ އަހަންނާ ދިމާއަށް ބަލާލާފަ ހިނިތުންވެލިއެވެ. ” ޖަންނަތު ދޯ ތީ؟” އަޝްޖައުގެ މަންމަ ކުރި ސުވާލުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ދެ ފަރާތަށް ބޯ ހޫރުވާލެވުނެވެ. “ނޫން. ޖަންނަތެއް ނޫން. އަޅުގަނޑަށް ކިޔަނީ ރަހުވާ.” އަޅައަޅައި ގަންނަމުން އަހަންނަށް ބުނެވުނެވެ. “ރަހުވާ. އެކަމު ހާދަ ވައްތަރޭ އެ މަންޖެއާ. ދައްތަ ހަނދާންނެތުނީއޭ. އެ މަންޖެލޯ އިންނާނީ ފެހި ކުލައިގަ. ވައްތަރުކަމުން އަހާލެވުނީ. ދައްތަ މީ އަޝްޖައުގެ މަންމަ ޒިމްނާ. އަޝްޖައު ހޭއަރާފި މިހާރު.” ހިނިތުންވެލުން ފިޔަވާ އިތުރު އެއްވެސް ކަމެއް އަހަންނަކަަށް ނުކުރެވުނެވެ. އަހަރެން ބޭނުންވީވީހާވެސް އަވަހަށް އެތަނުން ދާށެވެ. އެހެނަސް ޝައުން ނާންނަނީސް އަހަނަކަށް ނުއެއް ދެވޭނެއެވެ. އަހަރެން ވާހަކަ ނުދެއްކުމުން އަޝްޖައުގެ މަންމަވެސް އިތުރަށް ވާހަކައެއް ނުދައްކައެެވެ. އަތުގެ އިނގިލިތަކާ އަހަރެން ކުޅެން އިންދަ ޖީނާ ގޮވައިގެން ޝައުން އެތެރެއަށް ވަނެވެ. އޭރު ޖީނާއަށް އޮތީ ނިދިފައެވެ. “ރަހުވާ. ޖީނާއަށް ނިދިއްޖެ. ގެއަށް ދާންވީ؟” އަހަރެން ބޯ ޖަހާލުމާއެކު ޝައުން އަހަރެން އަތަށް ޖީނާ ދިނެވެ.
ގެއަށްދިޔަ ގޮތަށް ޖީނާ ހޭލައްވައިގެން އަހަރެން ޖީނާ ފެންވެރުވީމެވެ. އަޝްޖައުއާ ބެހޭ ގޮތުން ޖީނާ ވަރަށް ސުވާލު ކުރިއެވެ. އަޝްޖައުއާ ބެހޭ ގޮތުން ޖީނާ އެވަރަށް ސުވާލުކުރާތީ އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. އެހެނެއްކަމަކު ޖީނާއަށް އެކަމެއް ނުދައްކަމެވެ. ޖީނާ ފެންވެރުވުމަށްފަހު އަހަރެންވެސް ފެންވެރީމެވެ. އެއަށްފަހު ވަރުބަލި ފިލުވާލުމަށްޓަކައި އެނދުގައި އޮށޯތްތަނުން ނިދުނު ގޮތްވެސް އަހަންނަކަށް ނޭންގެއެވެ.
*****
އަޝްޖައުގެ ނަޒަރުން:
އައިވީ ހުސްވުމާއެކު އަހަރެން ގެއަށް ދޫކޮށްލެވުނެވެ. އަހަރެން އުންމީދުކޮށްގެން އޮތީ ރަހުވާ އަންނާނެ ކަމަށެވެ. ދެތިން ހަތަރުބުރަށް ޝައުން އައެއް ކަމަކު ރަހުވާއެއް ނާދެއެވެ. އެކަމުން އަހަރެންގެ ހިތް ވަރަަށް މާޔޫސްވިއެވެ. ރަހުވާ ކޮބައިތޯ ޝައުން ގާތު އަހަން އުޅެފައިވެސް މަންމަމެން ތިބުމުން އަހާކަށެއް ނުކެރުނެވެ.
ގެއަށް ދޫކުރުމުންވެސް މަންމައާ ހެދި އަހަންނަަށް އެނދުން ތެދުވެވޭ ގޮތެއް ނުވިއެވެ. މަންމަ އޮތީ އަހަރެން ތެދުވުން މަނާ ކޮށްފައެވެ. އަދި މީގެ ފަހުން މޫދަށް އެެރުންވެސް އަހަންނަަށް މަނާ ކުރިއެވެ.
ގޭތެރޭ އެކަނި އޮންނަން ޖެހުމުން އަހަރެން ފޫހިވެގެން ހަލާކުވާވަރުވިއެވެ. އެހެން އޮއްވައި އަހަންނަަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭންގުނެވެ.
ކުޑަކުޑަ އަތަކުން އަހަރެންގެ ބޮލުގައި ފިރުމާހެން ހީވުމުން އަހަންނަަށް ލޯ ހުޅުވާލެވުނެވެ. އެނދުގެ އެއްފަރާތަަށް އަރައި އިން ޖީނާ ފެނުމުން އަހަރެން ބަލާލީ ރަހުވާ އިންތޯއެވެ. ރަހުވާ ނެތުމުން އަހަރެން މާޔޫސްވިއެވެ. “ޖެކް ބޭބެ” ޖިނާގެ ލޯބި އަޑުން އަހަންނަަށް ގޮވާލިއެވެ. އަހަރެންވެސް ހިނިތުންވަމުން ޖީނާއަށް ގޮވާލީމެވެ. ޖީނާ އިނީ ވަރަށް ދެރަވެފައި އިންކަން އެމޫނު މަތިން ވަރަަށް ރަނގަޅަށްވެސް އެނގެއެވެ.
“ޖީން އެކަނިތަ؟ ކޮބާ ޝައުންބެ؟” “ޝަައުންބެއާ މަންމި ވީ ސިޓިންރޫމްގަ. ކޮއްކޮ މިއައީ ޖެކްބޭބެ ކާރިއަށް. ޝައުންބެއާ މަންމިއަށް ގޮވަންވީ ދޯ!” ރަހުވާ ގޭގައި އިންކަން އެނގުމުން އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ.
*****
ރަހުވާގެ ނަޒަރުން:
އަހަންނާ ޝައުން ސިޓިންރޫމްގައި ތިއްބައި ޖީނާ ދުވަމުން އައިސް އަޝްޖައު ހޭލި ވާހަކަ ބުންޏެވެ. “ދެކުދިން ދޭބަ އަޝްޖައު ގާތަަށް. އެހެން އޮންނަން ޖެހޭތީ އަޝްޖައު އޮތީ ވަރަށް ފޫހިވެފަ” ހިތްހެޔޮކަމާއެކު އަޝްޖައު ބުންޏެވެ. އަޝްޖައުގެ މަންމަ ބުނުމުން ނުގޮސް މަޑު ކުރާކަށްް އަހަންނަކަށް ނުކެރުނެވެ. ވަރަށް ލަދުންހުރެ ޝައުންގެ ފަހަތުން ގޮސް އަޝްޖައުގެ ކޮޓަރިއަށް ވަނީމެވެ.
******
އަޝްޖައުގެ ނަޒަރުން:
ކޮޓަރިއަށް އައިސް ވަން ރަހުވާ ފެނުމުން ބުނެދޭންވެސް ނޭންގޭފަދަ ހަމަޖެހުމެއް އަހަންނަށް ލިބުނެވެ. އަހަރެންގެ ހިތް އެދި ގޮވަނީ އަބަދުވެސް އަހަރެން ގާތު ރަހުވާ ވުމަށެވެ.
“ޑޫޑް ކިހިނެއް މިހާރު؟” ޝައުން އައިސް ކޮޓަރީގައިން ސޯފާގައި އިށީންދެ ހަމަޖެހިލަމުން އެހިއެވެ. “މިހާރު ހަމަ ބަރާބަރު.” ރަހުވާއާ ދިމާއަށް ވަށްކަޅިން ބަލާލަމުން އަހަރެން ބުނީމެވެ. ރަހުވާ އަނގައިން ބުނޭތޯ އަހަންނަށް އޮވެވުނެވެ.
“އަޝްޖައު. ކިހިނެއް މިހާރު؟” ލަދުވެތިކަމާއެކު ރަހުވާ އަހާލިއެވެ. ރަހުވާއާ ދިމާއަަށް ބެލުން ފިޔަވާ އިތުރުކަމެއް އަހަންނަކަށް ނުކުރެވުނެވެ. ޖަވާބު ދޭން ބޭނުންވިއެއް ކަމަކު އަރުތެރެއިން އަޑެއް ނުނިކުތެވެ.
*****
ރަހުވާގެ ނަޒަރުން:
އަޝްޖައު ފާޑަކަށް އަހަންނާ ދިމާއަށް ބަލަހައްޓައިގެން އޮތްކަން އެނގޭތީވެ، އެދިމާއަށް ބަލާކަށެއް އަހަންނަކަށް ނުކެރުނެވެ. އަހަރެންގެ ސުވާލަށް ޖަވާބު ނުދިނުމުން އިތުރަށް ސުވާލެއް ކުރާކަށްވެސް ނުކެރުނެވެ.
******
ޝައުންގެ ނަޒަރުން:
ރަހުވާ އާއި އަޝްޖައު އުޅޭ ގޮތް ފެނުމުން އަހަރެން ހުރީ ބަނޑަށް ހީހީއެވެ. އަޝްޖައު ރަހުވާ ދެކެ ލޯބިވާކަން އަހަންނަށް މިހާރު ޔަގީން ވެއްޖެއެވެ. އެހެންނާ އަންހެން ކުއްޖެއް ފެނިގެން އަޝްޖައު އަކަށް މިހެންނެއް ނުވެއެވެ. އަޝްޖައު ރަހުވާ ދެކެ ލޯބިވެއްޖެޔާ ރަހުވާގެ މަގްސަދު ހާސިލުކުރަން ފަސޭހަ ވާނެއެވެ. ރަހުވާ އުޅޭ ގޮތުން ހީވަނީ ރަހުވާވެސް އަޝްޖައުދެކެ ލޯބިވާ ހެންނެވެ. އެހެންވެއްޖެޔާމުން ރަހުވާއަށް ރަހުވާގެ މަގްސަދު ހާސިލް ކުރެވިދާނެހެއްޔެވެ؟
*******
ރަހުވާގެ ނަޒަރުން:
އަހަރެމެން އެހެން ތިއްބާ އަޝްޖައުގެ ބައްޕަ އައިސް ވަނެވެ. އަޝްޖައުގެ ބައްޕަ އަޝްޖައުއާ މުއާމަލާތު ކުރާގޮތުން ހީވަނީ އަޝްޖައުއަކީ ކުޑަކުއްޖެއް ހެންނެވެ. ޖީނާވެސް އެނދުމަތީގައި އިނދެގެން އަޝްޖައުގެ ބައްޕައާ ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން އިނެވެ. އެވަގުތު ތަބަކަކަށް ސޫޕް ތަށްޓަކާ ޖޫސް އަދި ފެންތަށްޓެއް ލައިގެން އަޝްޖައުގެ މަންމައައެވެ. އަޝްޖައުގެ މޫނަށް އެރި ކުލަވަރުން އެކާން އަޝްޖައި ބޭނުންނުވާކަން އެނގެއެވެ. އަޝްޖައުގެ މަންމަ ގޮސް ސައިޑް ޓޭބަލް މަތީ ތަބަށް ބެހެއްޓުމުން، އަޝްޖައުގެ ބައްޕަ އަޝްޖައު ތެދުވަން އެހީތެރިވިއެވެ. އަޝްޖައުގެ މަންމައާ ބައްޕަ އަޝްޖައިދެކެ ވާ ލޯބި އަހަންނަށް އެނގިގެން ދިޔައެވެ.
“މަމް ޑޭޑް. ޔޫ ޑޯންޓް ހޭވް ޓު ޑޫ ދިސް. އައި އޭމް ފައިން” “އަޝްޖައު ހާދަ އަނގަގަދަ ވެއްޖެޔޭ. ބަސް އަހައިގެން މިކާންއުޅެ” ޒިމްނާ ދައްތަ އަޝްޖައުއާ ދިމާއަށް ލޯ އަޅާލަމުން ބުނި ގޮތުން އަހަންނާ ޝައުންއަށް ހެވުނެވެ.
“ހުރިހާ މަންމިމެންވެސް އުޅެނީ މިހެންދޯ. ކޮއްކި ހީކުރީ ކޮއްކި މަންމަ އެކަނި ކަމަށް ތިހެން އުޅެނީ. އެކަމު ޖެކް ބޭބެގެ މަންމި ވެސް އުޅެނީ ހަމަ ކޮއްކި މަންމި ގޮތަށް” މައުސޫމް ގޮތަކަށް ޖީނާ ބުންޏެވެ. އެވަގުތު ޒިމްނާ ދައްތައާ ރައްޔާންބޭބެ(އަޝްޖައުގެ ބައްޕަ) ހޭންފެށިއެވެ. ރައްޔާންބޭބެ ގޮސް ޖީނާ އުރާލިއެވެ. ” ކޮއްކޮ ބައްޕަވެސް މަންމަހެން ކޮއްކޮދެކެ ވަރަށް ލޯބިވޭތަ؟” ރައްޔާންބޭބެއަށް އެކައްޗެއްވެސް ނޭންގޭހާލު އަހާލިއެވެ. އަހަންނަަށް އެވަގުތު ޝައުންއާ ދިމާއަަށް ބަލާލެވުނީ ކީއްވެކަމެއް ނޭންގެއެވެ.
******
އަޝްޖައުގެ ނަޒަރުން:
ވިސްނާނުލާ ބައްޕަ ޖީނާގާތު ބުނި ވާހަކައިން ރަހުވާގެ ހިތަށް އަސަރުކުރާނެކަން އެނގުމާއެކު ނުރުހުމުގެ ރާގަކަށް އަހަންނަށް ބައްޕައަށް ގޮވާލެވުނެވެ.
*****
ރަހުވާގެ ނަޒަރުން:
“ކޮއްކިގެ ހުންނަނީ މަންމިއެއް އެކަނި” ރައްޔާންބޭބެގެ އަތުން ވީއްލިގެން ޖީނާއައިސް އަހަރެން އަތުތެރެއަށް ވަނެވެ.
ރައްޔާން ބޭބެއާ ޒިމްނާ ދައްތަ އެއްފަހަރު އަހަންނަށް އަނެއް ފަހަރު އަޝްޖައުއާ ދިމާއަށް ބަލާލިއެވެ. އަޝްޖައު ދެފަރާތަށް ބޯހޫރުވާލުމާއެކު އެދެމީހުންވެސް މަޑު މަޑުން ބޯ ޖަހާލިއެވެ. އެއިން ނަގަންވީ ކޮން މާނައެއް ކަމެއް އަހަންނަކަަށް ނޭންގުނެވެ.
“މްްމް. ރަހުވާ ލަހެއްނުވޭތަ. ހިނގާ ގެއަށްދާން. ޖެކް ޓޭކް ކެއާ އޮފް ޔުއާ ސެލްފް. ޖީން ލެޓްސް ގޯ” ޖީނާ އުރާލައިގެން ޝައުން ދިއުމާއެކު އަޝްޖައުމެންނަށް ހިނިތުންވުމެއް ރައްދުކުރުމަަށްފަހު އަހަރެންވެސް ޝައުން ފަހަތުން ނިކުތީމެވެ.
ގެއަށް ދިއުމުގެ ބަދަލުގައި އަހަރުމެން ގޮވައިގެން ޝައުން ދިޔައީ ހުޅުމާލެއަށެވެ. ހުޅުމާލޭގެ ރީތި ތަންތަން ފެނި އަހަރެން ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ޝައުން ގޮސް ކާރު މަޑުކޮށްލީ ހުޅުމާލޭ ބީޗް ކައިރީގައެވެ. ކާރުން ފޭބި ގޮތަށް ޖީނާ ދުވެފައި ދޮންވެމިގަނޑު މައްޗަށް ދިޔައެވެ. ޖީނާއަށް މޫދު ފެނުމުން ހިސާބަކަށް ހުއްޓުން އެރިއެވެ. ” ޖީން އިޓްސް ގޮއިން ޓު ބީ އޯކޭ.” ޖީނާ ހަމައަކަށް އެޅުވުމުގެ ބޭނުމުގަ ޝައުން ބުންޏެވެ. އަދި ޖީނާއާ އެކީ ވެލިގަނޑުގައި ދުވެ ސަކަރާތްޖަހަން ފެށިއެވެ.
ޝައުންއާ ޖީނާ ޖަހާ ސަކަރާތް ބަލަން ވެގެން ގަހެއްގެ ދަށުގައި އިށީންދެލައިގެން އަހަރެން އިނީމެވެ. ކަޅު ކުލައުގެ ސްކިނީއާ އަތްދިގު ކަޅު ގަމީސް ޝައުންއާ ނުހަނު ގުޅެއެވެ. އެއްވަރަކަށް ބަހައްޓާފައި ހުރި ތުނބުޅިން ޝައުންގެ ފިރިހެންވަންތަކަށް ހާމަވެގެން ދެއެވެ. ކޮންމެ އަންހެން ކުއްޖެއްވެސް ޝައުންފަދަ ބައިވެރިއަކު ބޭނުންވާނެކަން ޔަގީނެވެ.
ދުވެދުވެ ވަރުބަލިވެގެން ޝައުން އައިސް އަހަރެން ގާތު އިށީނެވެ. ބަނޑުގައި އަތް އަޅައުގެން ހުރެ ޝައުން މައި ނޭވާ ލަމުން ދިޔައެވެ. އޭރުވެސް ޖީނާ ވެލި ގަނޑު މަތީ ދުވަމުން ގެންދިޔައެވެ.
“ވެލް ރަހުވާ. އެނގޭތަ މީ ކޮންތަނެއްކަން” ހަމަޖެހިލަމުން ޝައުން ކުރި ސުވާލުން އަހަންނަށް ހެވުނެވެ. ރާއްޖެއަށް އަލަސް އަަހަންނަށް އިނދެވުނީ ހުޅުމާލެ ބީޗްގައި ކަން އަހަންނަށް އެނގެއެވެ. “ޝައުން ހީކުރީ ދެން ހަމަ ރަހުވާއަށް އެއްވަސް ތަނެއް ނޭންގޭކަމަށްތަ؟ ސާބަސް މީ ހުޅުމާލޭ ބީޗް..” އެހިސާބަށް ބުނެފައި އަހަންނަށް މަޑު ޖެހެވުނެވެ. “ހުޅުމާލެ ބީޗް” ވައި އަޑުން އަހަންނަށް ބުނެވުނެވެ.
ނުނިމޭ
4 Comments
Comments are closed.
Its jannath . Omg omg ?
Love this part
Story v nice n v interesting… curiously waiting for the nxt part ?
incredible story can’t wait for next one
i love it <3
Alheyyyy sis???masha allah??vrh furihama???bunaane ehcheh neygigen kos vefa??hehe??whn nxt prt?????