ދާއިން ގޮވާލުމުން ކައިޒީން ގޮސް އެނދުގައި އޮށޯވެލީ ދާއިން އާ ޖެހިފިތިގެންނެވެ. ” އެހެންވީމަ އަދި 4 މަންތްސް ވަންދެން މިކޮޅުގަ މަޑުކުރަން ޖެހޭނެންނު ދޯ. ސޯ ޖޮބަކައް ދާންކަމަށް މި ވިސްނަނީ. މިހާރު ދާން ގެ އެކައުންޓްވެސް ދެން ގާތްގަނޑަކައް ހުސްވަނީ. ޖޮބަކައްނުގޮސް ނުވާނެ ދޯ” އެއް އަތް ނިއްކުރި މަތީގައި ބާއްވާލައިގެން އަނެތް އަތުން ކައިޒީންގެ ވަށާލަމުން ދާއިން ބުނެލިއެވެ. ” ތިހެން ދޯ ދެން ހަދަން ޖެހޭނި. އެކަމް އާން […]
ކައިޒީން އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ނަމަވެސް އިލާހީ ގާނޫނު ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟ މީވެސް އިމްތިހާނެކެވެ………… ދާއިން ތިރިއަށް ގޮސް ކައިރީގައި ހުރި ޝޮޕިން މޯލަކުން ސިމަކާއި އަދިވެސް ދެތިން އެއްޗެއް ގަނެލުމައް ފަހު އެނބުރި ހޮޓަލައް ދިޔައެވެ. ކޮޓަރިއަށް ވަން އިރު ކައިޒީން އިނީ ފެންވަރާގެން ނުކުމެ ރީތި ވާށެވެ. ” ޒީ.. ބަނޑުހައިތަ؟ މިބުނީ…… ކާ އެއްޗެއް ގެނެސްދެންތަ؟” ކައިޒީން ގެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމުން ދާއިން ހީކުރީ […]
ޔަގީނެވެ. މިހާރު އޭނަ އާއި ދާއިންގެ ގުޅުން ވާނީ އެނަމެންނަށް އިނގޭ ބޮޑު ސިއްރަކަށެވެ. “ނުދޭނަން” ކައިޒީން ބުނެލީ އެއްވެސް ޖެހިލުމެއްނެތި އެވެ. “މިބުނީނު ދޭށޭ.” ޖާއިންގެ އަޑު ބާރުވަމުން ދިޔައެވެ. ނަމަވެސް ކައިޒީން އަށް ފާހަގަވީ ޖާއިން އޭނާގެ ގަޔަށް ނުބަލަން އުޅޭކަމެވެ. ގަސްތުގައި ހަމަ ޖާއިން ރުޅީއަރުވާލުމަށްޓަކައި ކައިޒީން ޖާއިންގެ ގައިގައި ބާރަށް ބައްދާލިއެވެ. ޖާއިންގެ ގައިގައި ކައިޒީންގެ ފޭރާމެއްނެތް ހަށިގަނޑު ބީހެންފެށުމުން އިޙްތިޔާރުން ބޭރުވާގޮތްވިއެވެ. ނަމަވެސް ޖާއިން ދާދި އަވަހަށް ކައިޒީންގެ އަތް […]
6 މަސް ފަސް……………… “މިބުނީނު އަހަންނެއް ކިޔާ ދޫކޮށެއްނުލާނަމޭ. ކައިޒީން ވަރައް ބަލިވެގެން މި ދަނީ. ޑޮކް އަށް ދައްކާ ނިމުނުހާ އަވަހަކައް މިކޮޅައް އަންނާނަމޭ. ބީ ބްރޭވް މައި ގާލް. ކުދިންނަށް ރަނގަޅަށް ބަލާތި..” ކިޔާރާގެ ބުރަކަށީގައި ފިރުމާލަމުން ހިތްވަރު ދޭ ކަހަލަ ގޮތަކައް ދާއިން ބުނެލިއެވެ. މީ އޭނަ ކައިޒީންއާ ކައިވެނިކުރިފަހުން މި ވީ މަސް ދުވަހުގެ ތެރޭގައިވެސް ކިޔާރާ އާ މިހާ ލޯބިން ވާހަކަދެއްކުނު ފުރަތަމަ ފަހަރެވެ. އެވެސް ދުރައްދާން ޖެހުނީމައެވެ. ބޭނުންނުވިޔަސް […]
ކައިޒީން ފޯން ހުޅުވާލިއިރު ދެތިން މެސެޖެއް އައިސްފައި އިނެވެ…. “ކީއްވެ އެއްޗެކޭ ނުބުނެ ދިޔައީ؟”..ކާކުކަން ނޭނގޭތީތަ ރިޕްލައި ނުކުރަނީ..؟؟ އިޓްސްމީ ދާއިން.” މެސެޖް ކިޔާލުމަށްފަހު ކައިޒީން ރިޕްލައި ކޮއްލިއެވެ… “އޯވް.. ޔާ.. ކާކުކަން ނޭނގޭތީވެ.. އެނީވޭ ތޭންކްސް..” ދެމީހުން މެސެޖްކުރުމުގައި ދުވަސްކޮޅެއް ހޭދވިއިރު ވަނީ ފުދޭވަރެއްގެ ގާތްގުޅުމެއް އުފެދިފައެވެ…. އެހެން ދުވަހެކެވެ… އާދައިގެމަތިން ސްކޫލް ނިންމާލުމަށްފަހު ކައިޒީން ނުކުތީ ގެއަށް ދިޔުމަށެވެ. “ޒީ..! ވެއިޓް..” ފަހަތުން ދާއިންގެ އަޑުއިވުމުން ކައިޒީން މަޑުކޮއްލިއެވެ… “ހާދަ އަވަހަކަށް ދަނީ؟…” ދާއިން […]
ކުޑަދޮރުން ފުރޭނިގެން އެޅިފައިވާ އިރުގެ ރަން އަލި ކައިޒީންގެ ދޮންމޫނަށް އުނދަގޫ ކުރަމުން ދިޔައެވެ.މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ފޯން ހުޅުވާލީ ގަޑި ބަލާލުމުގެ ނިޔަތުގައެވެ.ނަމަވެސް ލޮލުގައި އަޅައިގަތީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ގުޑްމޯރނިންގެ ފަށުވި އިބާރާތް ކޮޅެވެ.އަނެއްކާ ކާކުބާއެވެ؟ނުދަންނަ ނަމްބަރަކަށް ވުމުން ރިޕްލައި ކޮށްލުމުގެ ބަދަލުގައި ކައިޒީން ފޯން ބޭއްވުމަށްފަހު ފާހަނައަށް ވަދެ ފެންވަރާލިއެވެ.އަވަސް އަވަހަށް ޝޯލް އަޅާ ތައްޔާރުވަމުން ދިޔައީ ސުކޫލަށް ދިއުމަށެވެ. ކައިޒީން އެރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ. ފިރިމީހާ ޖާއިން އުޅެނީ ކައިރި […]