Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 30

Sh@_n@ Level 410 Stories100 Comments100 Login
November 13, 2018 7 Mins Read
17 Comments

” ފަޒީލް އަހަރެން މަންމަ ބުނީި މިގެއަށް އައިސް ދީ ބަލާށޯ, އަހަރެން ދެކެ ހިތް ހަމަ ނުޖެހުނަސް އަހަރެންގެ މަންމަގެ އެދުމާ ފުރަގަސް ނުދީ” ނަޢުހާ ފަޒީލް ފޯނު ނެގުމާއެކު ބުނެލިއެވެ. ފަޒީލް އެބަދަމޭ ބުނެ ފޯނު ކަނޑާލިއެވެ.

ފަޒީލް ފޯނު ބޭއްވުމާއެކު ނަޢުހާ ހީގަތެވެ. ފަޒީލްއަށް ނޭނގުނު ކަމަކީ އެކަމަކީ ނަޢުހާގެ މަކަރުވެރި ރޭވުންކަމެވެ. އެނގޭނެ ނަމަ އެ އަނދަވަޅަށް ވެއްޓެން ފަޒީލް ނުދާނެކަން އެއީ ޔަގީންކަމެެކެވެ.

ފަޒީލް ނަޢުހާމެން ގެޔަށް ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއްނުވެ ނަޢުހާ އެތެރެއިން ދޮރު ހުޅުވިއެވެ.އަދި ވަނުމަށް ތަންދެއްކުމުން ސަލާމް ގޮވާލުމަށްފަހު އެތެރެއަށް ވަނެވެ.
” ކޮބާ ދައްތަ, ގޮވާލަބަލަ, އަވަހަށް އެބަޖެހޭ ތަަނަކަށް ޖައްސާލަން”
ފަޒީލް ފަރާތް ފަރާތަށް ބަލަމުން ބުނެލީ ހަމަ ޖެހޭ ގޮތް ދައްކަމުންނެެވެ.
” އާނ, ވަރަށް ލަސްވެއްޖެ ދޯ، އެބައަންނަމޭ ކިޔާފަ ދިޔައީ, ދީބަލަ ފޯން ގުޅާލަން, މަ ފޯނު ޗާޖަށް ޖަހާފަ އޮތީމަ” ނަޢުހާ އެހެން ބުނުމާއެކު ފަޒީލް އެއްވެސް ވިސްނާލުމެއްނެތި ޖީބުން ފޯނު ނެގުމަށްފަހު ފޯނު ދިނެވެ. ފަޒީލްއަށް ނޭނގުނު ކަމަކީ ފަޒީލް އެ ދިން ފޯނަކީ ނަޢުހާ އޭނަގެ މަގްސަދު ހާސިލްކުރަން ދެވުން އިތުރު ހިތްވަރެއްކަމެވެ.

” ފަޒީލް ކީއްވެ ކުއްލިއަކަށް ބަދަލްވީ” ވިސްނުމަކަށް ގެއްލިފަ އިން ފަޒީލް ނަޢުހާއާ ދިމާލަށް ބަލާލީ ކުއްލިއަކަށް ނަޢުހާ އެ ކުރި ސުވާލުންނެވެ. އޭރު ނަޢުހާ ފަޒީލްގެ ފޯނު ދިއްކޮއްގެން ހުއްޓެވެ. ފަޒީލް އެއްވެސް އެއްޗެކޭ ނުބުނެ ފޯނުގަ ހިފަން އަތް ދިއްކޮއްލިއެވެ. އެހެންނަމަވެސް ނަޢުހާ އެއަށް ވުރެން ހުޝިޔާރެވެ. ފަޒީލްގެ އަތުގައި ފޯނު ޖެހުމުގެ ކުރިން ފޯނު ދަމައިގަތެވެ.

” ނަޢުހާ, ތީ ކޮން ސަމާސާއެއް, އަހަރެން މިތަނަށް އައީ ނަޢުހާގެ މަންމަ ބުނެގެން, އެހެންވީމަ މަންމައަށް ގުޅާފަ ބުނޭ އަވަހަށް އަންނާށޭ, ” ފަޒީލްގެ ހިތް ނުބައި އިންޒާރެއް ދިނުމުން ފަޒީލް ބޭނުންވީ އަވަހަށް ދާށެވެެ. އެހެންނަމަވެސް ފަޒީލް އެވަނީ ނަޢުހާގެ ދަންތުރައިގައި ރަނގަޅަށް ވެސް ޖެހިފައެވެ.

” އަހަރެން ނުގުޅައިފިއްޔާ ކިހިނެއް ހަދާނީ, އަދި ފަޒީލް މިގެނައީ އަހަރެންގެ އަމިއްލަ ބޭނުމަކުއޭ ބުނެފިއްޔާ” ނަޢުހާ ފަޒީލް އިން ސޯފާގެ އަތްގަނޑުގައި އިށީނދެ ފަޒީލް ލާފައި އިން ގަމީހުގެ ގިރުވާނުގައި ހިފާ ކައިރިއަށް ދަމާލަމުން ބުނެލިއެވެ. ފަޒީލްއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އޭރު ފަޒީލްގެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ.
” ނަޢުހާ މޮޔަވީތަ, ތިޔަކަން އެނގުން ނަމަ އަހަރެން ނުވެސް އަންނާނަން މިތާކަށް, ހަމަ މިހާރު ފޯނު ގެނޭ” މިހެން ބުނެ ނަޢުހާގެ އަތުގައި އޮތް ފޯނު ދަމައިގަނެ ދާން ހިނގައިގަތެވެ.

އެވަގުތު އެއްޗެއް ވެއްޓުން އަޑަށް ބަލާލިއިރު ސޯފާގެ ކުރިމަތީގައި ހުރި ކުޑަމޭޒުމަތީގައި އިން މާ ވަށިގަނޑު ވަނީ ބިންމައްޗަށް ވެއްޓި ތެޅިފައެވެ.

“އެހެންތަ, އަހަރެން ބުނާ ކަންތަށް ނުކޮށް ނިކަންދޭބަލަ, އަހަރެންނަށް ވެސް ކަންތަށް ކުރެވޭކަން ދައްކާލާނަން” ނަޢުހާ ގޮތް ދޫނުކުރާ މީހެއް ފަދައިން އެެހެން ބުނެ ޓީވީ ހަރު މަތީގައި ހުރި ފޮތްތަށްވެސް ސިޓިންގްރޫމް ތެރެއަށް އުކާލިއެވެ. އަދި ސޯފާ މަތީގައި ހުރި ކުދި ބާލިސްތަށް ވެސް އުކާލިއެވެ. އަދި ތުންފަތުގައި ފަވާލާފައިވާ ގަދަ ރަތްކުލައިގެ ލިޕްސްޓިކް ކުލަތަށް ލާފައިވާ ކަޅު ޓޮޕްގެ އަތުން މުޅި ތުންފަތްމަތީ ހާކާލިއެވެ.

ފަޒީލްއަށް ހުރެވުނީ މި ވަމުންދަނީ ކޮންކަމެއްކަން ބުނަން ނޭނގިފައެވެ. ނަޢުހާގެ މަގްސަދަކީ ކޮބައިކަން ދެނެގަންނަން ދަތިވިއެވެ. އިތުރަށް ކަމެއް ގޯސް ނުވަނީސް އެނބުރި އައިސް ނަޢުހާގެ ކުރިމައްޗަށް ހުއްޓުނެވެ. “ނަޢުހާ ތިދެން ކޮން އުޅުމެއް, ކުޑަކުދިން އުޅޭހެން ނޫޅެބަލަ” ފަޒީލް ވިސްނައިދޭ ފަދައަކުން ބުންޏެވެ.

” އަހަރެންތަ ގޮތަކަށް މިއުޅެނީ, ފާޑަކަށް އިސްލާހުވީ ކަމަށް ހެދިގެން މިއުޅެނީ އަހަރެންތަ, އެންމެ ކަމަކު ބުނީމަވެސް ނުކޮއްދެވުން, ފަޒީލްއަށް ތިހެން ހުންނަން ފަސޭހަތަ, ތީ ފިރިހެނެއް ނޫނެއްނު, އެހެންވީމަ އެއްނު އިހްސާސް ނުހުންނަނީ, އަހަރެން މިބުނަނީ ބޮޑު ކަމަކު ނޫނޭ, އެެެންމެ ފަހަރަކު އަހަރެންނާ އެކު…….. ނަޢުހާ އަށް އެހިސާބަށް ބުނެވުމާއެކު ފަޒީލް ނަޢުހާއޭ ކިޔައި އަތްމަޅާލިއެވެ. ނަޢުހާއަށް ދެލޯ މަރާލެވުނީ ފަޒީލް ޖަހާނެކަން އެނގޭތީއެވެ. އެހެންނަމަވެސް ފަޒީލް ވަގުތުން އަތް ދަމައިގަތީ މިކުރެވެނީ ރަނގަޅު ކަމަކަށް ނޫން ވީމައެވެ.

“އަހަރެން ގައިގަ ޖަހަންދޯ ތިއުޅުނީ” މިހެން ބުނެ ނަޢުހާ އަވަސް ފިޔަވަޅުގައި ކޮޓަރިއަށް ވަނެވެ. ފަޒީލްވެސް ނަޢުހާގެ ފަހަތުން ވަނެވެ. އެވަގުތު ފަޒީލް ގެއިން ނުކުމެގެން ދާން ބޭނުންވިޔަސް ނަޢުހާ މޮޔަކަމެއް ކޮއްފާނެތީ ދާން ނުކެރުނީއެވެ.

” ބުނީމެއްނު މޮޔަވީހޭ, މޮޔަމީހުން ކުރާ ކަންތަށް އެނގޭތަ, މީ މޮޔަ މީހުން ކުރާ ކަންތަށް, މީ މޮޔަ މީހުން ކުރާ ކަންތަށް….. އެހެންބުނެ ނަޢުހާގެ ބޯ މޮހާލިއެވެ. އަދި އިސްތަށިގަނޑު އެގޮތް މިގޮތަށް ދިމަ ދިމާލަށް ހާވާލިއެވެ. އަދި އެއަށްފަހު މިވެސް މޮޔަ މީހުންކުރާ ކަމެކޭ ކިޔައި ފާރުގެ ދާރުގައި ބޯ ޖައްސާ ބޯ ފަޅާލިއެވެ. ވަގުތުން އެތަނުން ލޭ އަންނަން ފެށިއެވެ.

ފަޒީލްއަށް ނުހުރެވިގެން އޮތް ރުޅިވެރިކަން އެއްފަރާތް ކޮއްލުމަށްފަހު ނަޢުހާގެ ދެ ކޮނޑުގައި ހިފާ ހުއްޓުވިއެވެ. ހަމަ އެވަގުތު ނަޢުހާ ފަޒީލްގެ އަތް ފޮޅުވާލިއެވެ. އަދި މީވެސް މޮޔައިން ކުރާ ކަމެކޭ ކިޔައި ލާފަ ހުރި ހަރުވާޅުގެ ތިރިން ވީިދާލިއެވެ. ނަޢުހާގެ ފައި ހާމަ ވުމާއެކު ފަޒީލް އަނެއްފަރާތަށް އެނބުރުނެވެ. ނަޢުހާ ހީވަނީ ކަމެއް ސާބިތު ކޮއްދޭން އުޅޭ މީހެއްހެންނެވެ.

” ނަޢުހާ, ހަމަ މިހާރު ގައިގަ އެ ބެޑްޝީޓް އޮޅާ, ލަދެއް ނުގަނޭތަ ތިހެން އުޅޭކަށް, ހުރިހާ ވާހަކައެއް ކިޔައިދޭނަން” މިހެން ބުނެ
ފަޒީލް އަނެއްފަރާތަށް އެނބުރުނެވެ. ހަމަ އެވަގުތު ނަޢުހާ ފަޒީލްގެ ކުރިމައްޗަށް އެރުމަށްފަހު ހެދުމުގެ ފުރަގަހުން މެދަކާ ހަމައަށް ވީދާލިއެވެ. ނަޢުހާގެ އެ އަމަލުން ފަޒީލް ނައުހާގެ ގައިގަ އަތްއަޅާ ކޮއްޕާލިއެވެ. އަދި ދާން ހިނގައިގަތެވެ. އެވަގުތު ނަޢުހާ އައިސް ފަޒީލްގެ ފުރަގަހުން ބައްދާގަތެވެ. އަދި އެ ހުރި ގޮތަށް ހުރެ ފަޒީލްގެ ގަމީހުގެ ކަރު ގޮށް ނާޅުވާ ހުރުމުން ފުރުސަތުގެ ބޭނުންކޮށް ހާމަޔަށް އޮތް ހިސާބުގައި ވަކި އަޅައިގަތެވެ.

ފަޒީލް އަށް ވީ ތަދުން އައްދޯތް ކިޔާ ނަޢުހާ އަތުގައި ހިފާ ހޫރާލެވުނެވެ. އެވަގުތު ފޯނު ވެސް ވެއްޓުނެވެ. ނަޢުހާ ހޫރާލިލެއް ބާރުކަމުން ނަޢުހާ ގޮސް ޖެހުނީ އެނދުމައްޗަށެވެ. ނަޢުހާއަށް ކަމެއްވީހެން ވެސް ހީނުވެއެވެ. ވެއްޓުމާއެކު ތެދުވެ އަނެއްކާވެސް ފަޒީލް ކަރުގައި އަތް އަޅައިގެން އޮއްވާ ބައްދައިގަތެވެ. ނަޢުހާ ފަޒީލްގެ ގަައިގަ އޮޅުލަމުން ދިޔައިރު ފަޒީލް މަސައްކަތް ކުުރަމުން ދިޔައީ ސަަލާމަތް ވެވޭތޯއެވެ.
” ކަލޭ ހީކުރީ ސަލާމަތްވާނެ ކަމަށްތަ, ނުވާނެ, ކަލޭ ދައްކާވާހަކަ ގަބޫލް ނުކުރާވަރު ކުރާނަން” ނަޢުހާ މިހެން ބުނެ ކުރިން ހިފެހެއްޓި ވަރަށް ވުރެންވެސް ބާރުކޮށް ހިފެހެއްޓިއެވެ.

އިރުކޮޅެއްނުވެ ނަޢުހާ ރޯންފަށާ ހަޅޭލަވަން ފެށިއެވެ. އަދި ސަލާމަތް ކުރާށޭ ކިޔައި ގޮވަންފެށިއެެވެ. އެއްކޮޅުން ފަޒީލް ނަޢުހާ މޮޔަވީހޭ ގޮވަމުން ދިޔައިރު ނަޢުހާ ގޮވަމުން ދިޔައީ އޭނާ ދޫކޮއްލުމަށެެވެ. ނަޢުހާ ދެން ގެނައި ހަރަކާތާއެކު ނަޢުހާ އެނދުމައްޗަށް ވެއްޓުނެެވެ. ވެއްޓުން އިރު ނަޢުހާގެ ގަައިމަތީ ފަޒީލް އޮތެވެ. ފަޒީލް ތެދުވަން އުޅުނު ވަރަކަށް ނަޢުހާ އޭނަގެ ގަމީހުގައި ހިފަހައްޓާ ސަލާމަތަށް މީހުން ރޮއެހެން ރޮމުން ދިޔައެވެ.

ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ޝާމިންއެވެ. ޝާމިންއަށް މަންޒަރު ފެނުމާއެކު އޭނާގެ ލޭ ކެކި ގަތެވެ. އަދި ނަޢުހާއޭ ކިޔައި ދުއްވައިގަތެވެ. އަދި ފަޒީލް ނަޢުހާގެ ގައިމަތިން ނަގާ ހޫރާލިއެވެ.އެއަށްފަހު އެތާގަ އޮތް ބެޑްޝީޓް ނަގާ ނަޢުހާގެ ގައިގައި އޮޅާލިއެވެ. އަދި ޝާމިންގެ މޭގެ ތެރޭގައި ލައްކޮއްލިއެެވެ. އޭރު ނަޢުހާއަށް ގިސްލެެވެ.

ފަޒީލް ނަޢުހާއޭ ބުނުމާއެކު ޝާމިންގެ އަތުގެ ހޫނު ހަމަލާއެއް ފަޒީލްގެ ކަންކަަށިމައްޗަށް އަމާޒުވިއެވެ.

” ކޮން ވާހަކައެއް ދައްކާކަށް, އަހަރެންގެ ލޮލަށް ފެނުނީމަވެސް ތިއުޅެނީ ބޯ ދަމައިގަންނަންތަ, ހުރި ނުލަފާ ކަން ބަލާބަލަ, ތިމާއަށް ބޯ ހިޔާވަހިކަން ދިން ފަރާތުގެ ހުރި ހަމައެކަނި ދަރީގެ އިތްފަތްތެރިކަމޭ ފޭރިގަންނަން ތިއުޅެނީ, ބަލާބަލަ މިކުއްޖާއަށް ހަދާފަ ހުރި ގޮތް, މީހެއްގެ އަންހެންދަރީގެ އަންނައުނު ވީދާ ކުދިކުދި ކުރި އިރު އެއްވެސް އެއްޗެއް ހިތަކަށް ނާރާތަ, ނަޢުހާ ކިތަންމެ ދުވަހެކޭ ކިޔަނީ ކަލޭގެ ވާހަކަ, އެކަމް އަހަރެން ގަބޫލް ނުކުރީ, ނަސީބެއް ނަޢުހާ ގުޅިކަން, އެހެންނޫންނަމަ….. ” ޝާމިންގެ ރުޅި ގަނޑު ފެނި ފަޒީލްއަށް އަމިއްލަ ދިފާއުގައި އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.

ފަޒީލް ނަޢުހާއަށް ބަލާލިއިރު ނަޢުހާ ޝާމިންގެ މޭގައި ބޯ އަޅައިގެން ހުރެ ހެނީއެވެ. ފަޒީލްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދަމައިގަތްހެންނެެވެ. މީހާގެ ލޭ ހޫނުވެ މަޑަކުން ނުހުރެވުނެވެ. ނަޢުހާއަކީ ގޮތެއްނެތް މީހެއްކަން ފަޒީލްއަށް މީގެ ކުރިންވެސް އެނގެއެވެ. އެހެންނަމަވެސް ގޮތެއްނެތިގެންވެސް މިހާ ނުލަފާ ވާނެކަމަކަށް ފަހަރެއްގަ ވެސް ހިޔެއް ނުކުރެެވެ.

” ޝާމިން ކިތަންމެ ރުޅި އަޔަސް, އަދި އަހަރެން ޕޮލިހަށް ގެންދިޔަޔަސް, ތަޅާ މެރިޔަސް, ނުކުރާ ކަމަކަށް އެއްބަސް ނުވާނަން, މި ހުރިހާ ކަމެއް ކުރީ މިހިރަ ނަޢުހާ, އެކަހަލަ ކެހިވެރިއެއްގެ އަވައިގައި ޖެހުނީމަ ތެދެއް ނުފެންނާނެ, ދުވާލު ގަޑީގަވެސް މީ ރޭގަނޑޭ ބުނެފިއްޔާ ގަބޫލް ކުރާނެ, އެހާވަރަށް ދަށު ވެފަ ތިހުރީ, ހެޔޮނުވާނެ ނަޢުހާ” އެންމެ ފަހުން ފަޒީލްއަށްވެސް ނުުހުރެވުނެެވެ.

ޝާމިިން މިފަހަރު އައިސް ފަޒީލްގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. އެވަގުތު ދަމާފައި ހުރި ވަކިތަށް ފެނުނެެވެ.
” ދެން ބުނޭ މިވެސް އޭނަ އަމިއްލައަށޭ, މުޅި ގޭތެރެ އެފުއް މިފުށަށް ޖަހާފަވެސް އެއީ އޭނައޭ, ލަދެއް ނުގަނޭތަ, އަހަރެން ހަމަ މިވަގުތު ފުލުހަށް ގުޅާނަން،” ޝާމިން އެހެން ބުނުމާއެކު ނަޢުހާގެ ހިތް ބިރުގަތެވެ. ފުލުހަށް ގުޅާފިނަމަ އޭނަގެ ދުވަސް ދިއައީއޭ ހިތް ބުނަމުންދިޔައެވެ.

” ކީއްކުރަން ފުލުހަށް ގުޅަނީ, އޭރުން ބޭޒާރުވާނީ އަހަރެން, އަގު ވެއްޓޭނީ އަހަރެންގެ, އަހަރެން މަންމައަށް ކޮން މޫނެއް ދައްކާނީ, އޭނަ ދޫކޮއްލާ, އެއީ އަހަރެންގެ އާއިލާގެ މީހެއް, އަހަރެން އޭނައަށް މާފްކޮއްފިން, ޕްލީޒް, އަހަރެންނަށްޓަކައި ޝާމިން, ނަޢުހާ އެހެންބުނެ ޝާމިންގެ ފައި ދޮށަށް ވެއްޓި އާދޭސްކުރަންފެށިއެވެ. ނަޢުހާގެ މަކަރުވެރި ކަރުނައިގެ ޖާދުލުގައި ޝާމިން ރަނގަޅަށް ޖެހުނެވެ.

” ފެނޭތަ, އެވަރުންވެސް އެބުނީ ދޫކޮއްލާށޭ, އަހަރެންމީ އެހެންމީހެއްނަމަ މިހާރު ފަޒީލް ކުޑަ ގޮޅިއަށް ލީމުސް” ޝާމިން ނަޢުހާގެ ދެކޮނޑުގައި ހިފާ ކޮޅަށް ނަގަމުން ބުންޏެވެ. އަދި އެނދުމަތީ ނަޢުހާ ބައިންދާލާ ނުރޯށޭ ބުނެލިއެވެ. އޭރުވެސް ނަޢުހާ ރޮމުންދިޔައެވެ. ނަޢުހާގެ މޫނުމަތިން ދެރަ ވުމުގެ އެއްވެސް ނިޝާނެއް ފާޅުނުވިޔަސް ބަރާބަރަށް އެކްޓް ކުރަމުން ދިޔައެވެ. އަދި އިންސާނިއްޔަތު ކަމުގެ އެއްވެސް މިންވަރެއް ނަޢުހާގެ ކިބައަކުން ނުފެނެއެެވެ.

” އަހަރެން މިއައީ ނަޢުހާ ގުޅާފަ އޭނަ މަންމަ ބުނެގެނޭ ބުނީމަ, އެކަމް އެއީ ވެސް މަކަރު, މި ހުރިހާ ޑްރާމާއެއް ކުޅެން އަހަރެން ގެނައީ, ގަބޫލް ނުކުރަންޏާ ދައްކަވެސް ފާނަން, ފަޒީލް މިހެން ބުނެ ފޯނު ހޯދައި ފޯނުގެ ކޯލް ލިސްޓް ހުޅުވާލިއެވެ. ފަޒީލްގެ ދެލޯ ބޮޑުވެގެން ދިޔައީ ނަޢުހާގެ ކޯލް ނެތުމުންނެވެ. ވަގުތުން ވީ ގޮތް ނަގައިގަނެވުނެވެ. މަންމައަށް ގުޅަންށޭ ކިޔައި ދެން އިން ހެކިވެސް ފުހެލީއެވެ. ފަޒީލް ފެންކަޅިވެފައިވާ ދެލޮލުން ނަޢުހާއަށް ބަލާލިއެވެ. ފަޒީލް ބަލާލުމާއެކު ނަޢުހާ އެއްލޯ މަރާލިއެވެ. ފަޒީލްއަށް ދެން ހަދަންވީ ގޮތްވެސް ނޭނގުނެެވެ.

” ކޮބާ ނެތެއްނު, ދެން ބުނޭ އަދިވެސް ނަޢުހާއޭ ދޮގު ހަދަނީ, އަހަރެންގެ އަތުން ފައިން ގޯހެއް ނުހަދަނީސް ރައްކާވޭ, އެއްގަނޑުން އިސްލާހުވެގެން އެބަ އުޅެއެއްނު, އަހަރެން ފެންނަ ހަމައަށްވެސް ނާންނާތި” ޝާމިން މިހެންބުނެ ފަޒީލްގެ ގައިގައި އަތް އަޅާ ކޮއްޕަމުން ގެއިން ނެރުނެެވެ. އޭރު ފަޒީލްގެ ލޮލުންވެސް ކަރުނަ ވިދަމުންދެއެެވެ.

ނަޢުހާ ލޮލުން ފޭބި ކަރުނަތަށް އިނގިލިން ފުހެލުމަށްފަހު ފޮޅުވާލިއެވެ. ނަޢުހާ އަމިއްލަ ކާމިޔާބީ ފާހަގަ ކޮއްލީ ފަހުރުވެރި ކަމާއެކުއެވެ. އެފަދަ ބޮޑު ތުހުމަތެއް މީހެއްގެ ބޮލުގައި އެޅުވި އިރު މިކުރެވެނީ ކިހާވަރެއްގެ ކަމެއް ކަމާމެދު ވިސްނަން ވެސް ބޭނުން ނުވާ ކަހަލައެވެ.

ސާރާ ކައިރީ އިން އަރުޝްގެ ފޯނަށް މާ ގިނައިން ޝާމިން ގުޅަން ފެށުމުން އަރުޝް ފޯނު ނެގިއެވެ. އެކޮޅުން ބުނި އެއްޗެއް ބުނުމާއެކު އަރުޝް ސާރާގެ އަތުގައި ހިފާ ކޮޅަށް ނަގައިގެން އެއްޗެކޭވެސް ނުބުނެ ގެއަށް ދިޔައެވެ.

ސާރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝާމިންގެ ކޮންމެ ލަފްޒަކުން ސާރާއަށް ލިބެމުން ދިޔައީ ހައިރާން ކަމެވެެ. ފަޒީލް އެފަދަ ކަމެއް ނުކުރާނޭ ސާރާގެ ހިތް ބުުނަމުން ދިޔައެެވެ. ހަމީދު އަދި އަރުޝް ޝާމިން އެވާހަކަ ދެއްކިއިރު އިނީ ދެން ހަދަންވީ ކިހިނެއްކަން ނޭނގިފައެވެ. އެމީހުންނަށް ޔަގީންވާ އެއްކަމެއް އޮވެއެވެ. ޝާމިން ހަދައިގެން އެކަހަލަ ވާހަކަ އެއް ނުދައްކާނެކަމެވެ. ފަހަރެއްގަވެސް ޝާމިން ލޮލުގައި އަޅުވާފައިވާ އަނދުނުގެ ބޯ ކަމެއް ރޭކާނުލައެވެ.

” ހާދަ، ގޯހޭ, ތިމާގެ ކުއްޖަކަށް އެވަރު ކުރަން ކެރުންކަން, މިހާރު ކޮބާ ނަޢުހާ” ހަމީދު ޝާމިންގެ އެ ހިތާމައިގައި ބައިވެރިވާ ހާލު އަހާލިއެވެ.

” އެބަ އޮތް ރޫމްގަ, އެއްވެސް މީހަަކާ ވާހަކަވެސް ނުދައްކާ, ނަޢު ބުނީމަ އަހަރެން އޭނަ ދޫކޮއްލީ, އެހެން ނޫންނަމަ”ފަޒީލް ނަޢުހާ ދިފާއުކޮށް ބުުުނަމުންދިޔައެވެ.
” އަަހަރެން ހީކުރީ ސާރާގެ ފުރާނަ ސަލާމަތް ކޮއްދިނީމަ ވަރަށް މާތް މީހެއް ކަމަށް އެއީ, އެކަމް އެހެން ނުވިތާ، އެވެސް އޭނަގެ ރޭވުން ކަންނޭނގެ” އަރުޝް ވިސްނޭ މީހާ އެފަދަ އެއްޗެއް ބުުނުމުން ސާރާ ހިތުގައި ރިއްސާލިއެވެ.

” ކިހިނެއް އެނގެނީ އެތަނުން ތެދު ހަދަނީ ކާކު ކަމެއް, ލޮލަށް ފެންނަ ކޮންމެ އެއްޗެއް ގަބޫލް ކުރާކަށްވެސް ނުވާނެ, މުޅި ސީންއެއް ޝާމިންއަކަށްވެސް ނުފެނެއެއްނު” ސާރާއަށް ނަޢުހާ އާ ދޭތެރޭ ޝަައްކުވެގެން އެންމެ ފަހުން ބުނެލިއެވެ.

” ސާރާތަ ތިހެން ތި ބުނަނީ, ތީ އަންހެނަކަށްވެ ހުރެ އިހްސާސްވެސް ނުވޭދޯ ނަޢުހާ އެ ކުރާ ހިތާމައެއް, އެހެންނޫނަސް އެވަރުގެ ދޮގެއް ނަޢުހާ ނުހަދާނެ ދޯ” ޝާމިން ސާރާ އެ ބުނި އެއްޗަކަށް ހިތް ހަމަ ނުޖެހުމުން ރައްދު ދިނެެވެ. ޝާމިން ހިތްހަމަ ނުޖެހިފަކަން އެނގުމާއެކު ސާރާ އެތަނުން ނުކުތީ ގެއަށް ދަނީ ކަމަށް ބުނެއެވެ. މިވަގުތު ޝާނިމް އެއްވެސް އެއްޗެއް ގަބޫލް ނުކުރާނެކަން އެނގުމާއެކު ސާރާ އެވަގުތަށް ހަމަ ހިމޭންކަން އިހްތިޔާރުކޮށް ގެޔަށް ދިއައެވެ. އަރުޝްވެސް އެއްޗެކޭ ނުބުނެ އިނެެވެ.

ސާރާ ގެއަށް ވަނުމާއެކު ފޯނު ރިންގްވާން ފެށިއެވެ. އެހެންކަމުން ބޭރު ޖޯލިފަތީގައި ހަމަޖެހިލާ ފޯނު ނެގިއެވެ.
އެކޮޅުން ފަޒީލްގެ ގިސްލުމުގެ އަޑު އިވުމާއެކު ސާރާގެ ހިތަށް ތަދުވިއެވެ. އަދި ކިހިނެއްވީތޯ އަހާލެވުނީ ފުދޭވަރަކަށް ބާރަށެވެ. އެހެން ކަމުން ދެފަރާތް ހޯދާލާ ކިހިނެއް ވެގެންތޯ މިއުޅެނީ ސުވާލުކުރިއެވެ.

” ސާރާ, އަހަރެން ބަރުބާދުވެއްޖެ, ނަޢުހާ އަހަރެންގެ ދިރިއުޅުން ހަލާކު ކޮއްލައިފި, ރޭޕްގެ ތުހުމަތު އެ އެޅުވީ އޭނަގެ ކަންތަށް ކިޔައިދީފާނެތީ, އަހަރެން ކިހިނެއް ހަދާނީ ސާރާ, އަހަރެންގެ މަަންމައަށް އަހަރެން ދައްކާނީ ކޮން މޫނެއް, އަހަރެންގެ މަަންމަގެ ހިތް ހަލާކުވެދާނެ ސާރާ” ފަޒީލް ކުޑަކުއްޖެއް ފަދައިން ޝަކުވާ ކުރަމުން ދިޔައިރު ސާރާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

” ފަޒީލް, އަހަރެންނަށް ވީ ހުރިހާ ކަމެއް ކިޔައިދީ ފާނަންތަ؟ ސާރާ ފަޒީލްގެ ހުއްދައަށް އެދުނީ އެކަހަލަ ވާހަކައެއް ގަޑީގެ ގޮތުން ފަޒީލްއަށް ނުދެއްކި ދާނެތީއެވެ. އެހެންނަމަވެސް ފަޒީލް އެއްވެސް އެއްޗެއް ފޮރުވުމެއްނެތި ސާރާއަށް ކިޔައިދިނެެވެ. ސާރާއަށް އެވާހަކަތަށް އަދު އަޑު އިވިފައި ސާރާއަށް ދެލޯ މަރާލެވުނީ ފަޒީލްއަށް ކުރެވޭނެ އިހްސާސް ހިތަށް އެރުމުންނެވެ.

” ދެން ކިހިނެއް ހަދާނީ, ނަޢުހާ އެވަނީ މިހާރު އޭނަގެ ކޮޅު ވަރުގަދަ ކޮއްފާ, އެއްވެސް މީހަކު އަހަރެމެން ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ, އެކަމް ބުނަން އެކަމާ ނުވިސްނާ އެކަހަލަ މީހުންގެ ހަގީގަތް ފަޅާއަރާކަށް މާ ގިނަ ދުވަހެއް ނުނަގާނެ, އަހަރެން ވަރަށް މަސައްކަތް ކުރާނަން, ފަޒީލް ދެރަނުވޭ, އަހަރެންގެ ފަރާތުން ހުރިހާ އެހީއެއް ދޭނަން” ސާރާ މިހެންބުނެ ފޯނު ކަނޑާލިއެވެ. އަދި ﷲގެ ހަޟްރަތުން ދުޢާ ދެންނެވުނީ ފަޒީލްއަށް ކެތްތެރިކަން ދެއްވުން އެދިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 11

Next

ކައިޒީން….. [ފުރަތަމަ ބައި]

Next
November 13, 2018

ކައިޒީން….. [ފުރަތަމަ ބައި]

Previews
November 13, 2018

ހޯދޭތޯ މަންޒިލެއް… 11

17 Comments!

  1. Sh@_n@ says:
    November 13, 2018 at 7:17 pm

    Hii readers, kihineh hurihaa kudhin, here 30th part. Uhmeedhu kuran kamudhaane kamah, ??❤❤?adhi readers beynun vaa gothah up kurevey kamah uhmeedhu kuran, kiyaalaafa comment kohlahchey?❤❤❤?

  2. Maayu says:
    November 13, 2018 at 9:09 pm

    V v v reethi mi story..??? Gavaaidhun story kiyan but cmmnt eh alah kanneyge mi kohly.. All the best…??❤ Keen to read the next part…???

  3. Sheez says:
    November 13, 2018 at 9:17 pm

    Masha Allah varah reethi mi part ??? i hate Nauhaa very bad girl ?
    And your my favourite writer in this site ??
    When is next part???
    Waiting……..

  4. Naju says:
    November 13, 2018 at 9:21 pm

    Nice ❤❤❤

  5. Sh@_n@ says:
    November 13, 2018 at 9:27 pm

    Thank you so much dear sheez,??????❤? thank you so much, nimunuhaa avahakah❤❤?❤

  6. Riyaa says:
    November 13, 2018 at 11:49 pm

    Salhi ?

  7. Sh@_n@ says:
    November 14, 2018 at 7:02 am

    Thank you so much maayu. V ufaavehje comment kohleema, Next part kiyaafa vess comment kohlahchey?❤❤?

  8. Sh@_n@ says:
    November 14, 2018 at 7:03 am

    Thanx naju?❤❤??

  9. Sh@_n@ says:
    November 14, 2018 at 7:05 am

    Thanx riyaaa?❤❤

  10. Leem says:
    November 14, 2018 at 11:50 am

    Can’t wait?
    Pls up next part soon
    Story varah habeys ?

  11. Sh@_n@ says:
    November 14, 2018 at 1:18 pm

    Heheheh.. Keii kohlaa dear. nimunuhaa avahah kohdheynam?❤?❤

  12. Anonymous says:
    November 14, 2018 at 3:21 pm

    My favourite story
    Varah interesting mi story. But Nauhaa gandu a big actor ?????

  13. Sh@_n@ says:
    November 14, 2018 at 4:03 pm

    Thank you so much dear Anonymous, ?❤?❤❤?ehn ulhey meehun nah fahun ragalhu nuvaane ehnu dhw

  14. SoMeOne ? says:
    November 14, 2018 at 9:33 pm

    Alheyy Nauhaa ulhey gotheh dho varah foohi veyy Nauhaa dheke . Story varah reethi masha Allah

  15. Sh@_n@ says:
    November 15, 2018 at 8:39 am

    SoMeOne thank you so much dear❤?❤❤

  16. Gud❤ says:
    November 15, 2018 at 7:02 pm

    E nauha maraalabala…. ?…. any way vvvvv reethi maashallah..❤

  17. Sh@_n@ says:
    November 15, 2018 at 9:58 pm

    Hheheh. Thank you dear gud, next part ah wait kurahchey, mirey up kuran fonuvaanan, and shana akah neygey, up vaanee kihaa irakun kameh, maybe v avasvess vedhaane, or lasves vedhaane, uhmeedhu kurany keiitheri kamaaeku thibeyne kamah??❤

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 31←


All Right Reserved!