Skip to content
އެސްފިޔަ

ލޯބިވާ އޭ (2)

އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ.

ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން ކުރި މަސައްކަތް ﷲ ދެނެވޮޑިގެންވާނެއެވެ.

އާއެކެވެ. އެޝައިތާނު މި ފަކީރުގެ އިއްފަތްތެރިކަން ފޭރިގަތީއެވެ. އަހަރެން ރޮއެރޮއެ އޮއްވައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ނުވިތާކަށް މި ވާހަކަ މީހަކަށް ކިޔައިދީފި ނަމަ މަރާލާނެ ކަމަށް އެ ނުބައި މީހާ އަހަންނަށް އިންޒާރު ދިނެއެވެ.

ކުރާނީ ކީއް ހެއްޔެވެ؟ އަދި އަދަށް ދަންދެން ވެސް މިވާހަކަ މީހަކު ގާތު ނުބުނަމެވެ. އަހަރެން ބިރުގަނެއެވެ. ބިރުގަނެއެވެ. ބިރުގަނެއެވެ. ބިރުގަނެއެވެ.

ހިތުތޭރޭގައި އެ މާޔޫސްކަން ފޮރޮވައިގެން ހުށްޓާ އަހަރުތައް ފާއިތުވެ، އުމުރުން ސާދަ އަހަރުވީއެވެ. އަހަރެން ކުއްޖަކާ ލޯބީގެ ގޮތުން ފުރަތަމަ ގުޅުނީ އެއަހަރުއެވެ. އެވެސް ކޮންމެހެން އަހަރެން ބޭނުންވެގެން ނޫނެވެ. އޭނަ ވާ ލޯތްބެއްގެ ބޮޑުކަން ދައްކާވަރުން ނެވެ. ނަމަވެސް، އެ ގުޅުމަށް މަހެއް ނުވަނީސް އޭނައާ ވަކިވާން ޖެހުނީ މަޖުބޫރު ވެގެނެވެ.
އާއެކެވެ. އިންސާނާގެ ތަޤްދީރަކީ ލިޔެވި ތައްޔާރުކުރެވިފައިވާ އެއްޗެކެވެ. ތިމާގެ އާއިލީ މީހުންނާއި، ހަޔާތުގެ ބައިވެރިންނާއި އެކުވެރިންނަކީ ވެސް ހަމަ ތަޤްދީރުގައި ލިޔެވި ހަމަޖެހިފައިވާ ކަންކަމެވެ. މި ދުނިޔޭގައި ވާހާއެއްޗަކީ ދޫކޮށް ދާނެ އެއްޗެއްސެވެ. ފުރާނައާއި ތިމާގެ ހިޔަނިވެސް ތިމާ ދޫކޮށްފައިދާނެއެވެ.

އަހަރެން ރައިހާންއާއި ގުޅުނީ ވަރަށް އިތުބާރުކޮށްފައި އެވެ. ނަމަވެސް، އޭނާވެސް ދިނީ ދޯކާއެވެ. އަހަރެންގެ މާޒީ އިނގުނު ހިސާބުން ފެށިގެން ރައިހާން ހުރީ އަހަރެންގެ ބޭނުން ހިފާލުމަށް ވިސްނައިގެން ތާއެވެ. ބާތުޑޭ ސަޕްރައިޒް ދޭންވެގެންނޭ ކިޔާފައި މީހުން ނޫޅޭ ވަޤުތު ބަލާފައި އަހަރެން އޭނާގެ ގެއަށް ގެންދިޔައީ އެ މަޤުސަދުގައި ތާއެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އޭނާ ކުރުން އުޅުނު ކަންތައް ނާކަމިޔާބު ވީއެވެ. ރައިހާންގެ ހަރަކާތްތަށް ހުރިގޮތުން ފާހާނައަށް ކަމަށް ބުނެ، ފާހާނާއަށް އަހަރެން ވަނީ އެކުވެރިޔަކަށް ގުޅާ ހަބަރު ދޭށެވެ.

ނަސީބު ރަނގަޅު ކަމުން ޒާން އައީ ސައިކަލުގައި އެވެ. ކުޑަވަޤުތު ކޮޅެއް ތެރޭގައި އެވެ. އަހަރެން ފާހާނާއިން ނުކުތީ ޒާން އައިސް ދޮރުގައި ޓަކި ދިން އަޑަށެވެ.

ރައިހާން ގޮސް ދޮރު ހުޅުވިއެވެ. އެވަގުތު ޒާން އަހަރެންގެ އަތުގައު ހިފައި ބޭރަށް ނުކުމެ، ގެއަށް ލައިދޭން ދިޔައެވެ.

އަހަރެން އެރޭން އެރެއަށް ރައިހާންއާ ރުޅިވެއްޖައީމުއެވެ. މިހާރު އަހަރެންނަކީ ފިރިހެނުންނަށް އިތުބާރުކުރާ މީހެއް ނޫނެވެ. ފިރިހެންކު ކައިރިން ދިޔަސް ސިހިފައި ބިރުގަނެއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ….

Comments (7)

  1. Zidhan /R. Vaadhoo

    Nunimey! ?

  2. Shaai

    Haadha kurey ?????
    Story kiyahithun indha…..n

    1. Zidhan /R. Vaadhoo
      Shaai

      Ehehe

  3. Leen

    Kon raihaan eh ??story vvv reethi?

    1. Zidhan /R. Vaadhoo
      Leen

      Ehehe

  4. Leen

    When next part?? Vv curious eyy?story ge name in gothun?

    1. Zidhan /R. Vaadhoo
      Leen

      Kekeke… oki ??

Comments are closed.