Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އުދާހުން ދުރުވާނެބާ

marshmellowww Level 1
November 16, 2018 2 Mins Read
6 Comments

އިރުއޮއްސުމުގެ ރީތި ކުލަވަރު އުޑުމަތިން ފެންނަން ފަށާފައިވާއިރު އެއީ ގުދުރަތް ތެރިކަމުގެ ދެވަނައެއް ނުވާ ފަދަ މިސާލެކެވެ. މާތް ﷲގެ ކުޅަދުންވަންތަކަން ބަލާލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައެވެ. އިރު އެރުމުގެ ވަގުތުން ފެށިގެން ހުއްޓާނުލާ ރަށުގެ އެކި ހިސާބުތަކުގައި ތުންބުން ފުމެމުން ދިޔަ ދޫނިތަށްވެސް ބޮޑެތި ޖަމާޢަތް ތަކުގައި ހާލިތަކަށް ވަންނަން ފެށިއެވެ. ރޭގަނޑުގެ އަނދިރިކަމާއި ފިނިން ރައްކާތެރިވުމަށްޓަކައެވެ. ނިދާފައި ތިބޭ އިންސާނުންނަށް އުނދަގުލަކަށް ނުވުމަށްޓަކައެވެ.

ގުދުރަތީކަމުގެ މަންޒަރަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހިނގަމުން ދިޔަ ޒަކްވާންގެ މިސްރާބެއް ނެތްފަދައެވެ. ހިމުން ދޮންވެލިގަނޑު މަތީގައި އެޅެމުން ދިޔަ އަމިއްލަ ފިޔަވަޅުތަކަށް ބަލަލަމުން އޭނާ ދިޔައިރު އެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު ދެނެވޮޑިގަންނަވަނީ ހަމަ އެންމެ ފަރާތެކެވެ.

މާޒީގެ ހަނދާންތަށް އޭނާގެ ސިކުނޑީގައި ވަކި ހިއްޕާލިއެވެ. މައިޝާއާއެކު ހޭދަކުރެވުނު ދުވަސްތަށް އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ. ކިތަންމެ ހަނދާންކުރަން ބޭނުންނުވިޔަސް އެނޫން ޙިޔާލެއް ނުކުރެވުނެވެ. ފިނި ފެންމަލެއްފަދައިން ފޮޅިފައިވާ މައިޝާގެ ސޫރަ ޒަކްވާންގެ ހިތް މިއަދު ޒަޙަމްކޮށްލައެވެ. އެ ހިނިތުންވުމުގެ އަސްލަކީ އޭނާ ކަމުގައިވާން ބޭނުންވެއެވެ. ފޮނިފޮނި ހަނދާންތަކުން މިއަދު ލަނީ ލޮނު ރަހައެވެ. ދުށުމަށް އަބަދު ދެލޯ އެދޭ އެ މިތުރާ ފެނުމުން މިއަދު ދެލޯ މަރާ ތަގުޅިކޮށްލެވެއެވެ. އޭނާގެ މި ހާލު އިތުރު މީހަކަށް އިނގޭނަމަ ކިހާ ރަނގަޅު ހެއްޔެވެ

ގަހެއްގެ ބުޑުގައި އިށީނދެލަމުން ކަރުނައިގެ ސިފައިގައި ޒަކްވާން އޭނާގެ ހިތުގެ އުދާސްތަށް ބޭރުކޮށްލިއެވެ. މުޅި ޢުމުރުގައިވެސް ވެވުނު ފުރަތަމަ ލޯތްބާ ދުރަށް ދާން ޖެހުމުން އަސަރު ނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ. ތިމާ އެންމެ ލޯބިވާ ފަރާތް އެންމެ ގާތުގައި ވާއިރުވެސް ބީރައްޓެއްސެއް ފަދައިން ކަންތަށް ކުރުމުން ހިތުގައި ނުރިއްސާނެ ހެއްޔެވެ. ނަޒަރު ބައްދަލުވިކަމުގައިވިޔަސް އިސްތިރިކޮށްލަން ޖެހުމުން މާޔޫސް ނޫވާނެ ހެއްޔެވެ. ދުވާލު ހަތަރުދަމު ދެލޯ ކުރިމަތީގައި އެ ސޫރަ ކަޝްފް ނުވެ އުޅެމުން ދާއިރު ހިތުގެ އުދާސްތަކުން ދުރުވާނެބާއެވެ. ފާއިތު ވެގެން ދާ ކޮންމެ ސިކުންތު ކޮޅެއްގެ ތެރޭގައިވެސް އޭނާއަށްޓަކައި ޒަކްވާްންގެ ހިތުގައިވާ ލޯބި ފަރުގަދަވުން އެއީ ޒަކްވާންގެ ކުށްހެއްޔެވެ.

އެދެނީ އެ ރާނީ އަދި އެއްފަހަރު އެ ހިތުގެ ދަރުބާރުގައި އޭނާއާއެކު ތަޙްތެއް ބިނާކޮށްދިނުމަށެވެ. އެ ތުނިތުނި އަތްތިލައިން އޯގާތެރިކަމާއެކު ޒަކްވާންގެ ހިތުގައި ފިރުމާލަ ދިނުމަށެވެ. ދޫނުކުރާނަމޭ ބުނެ އެއަތުތެރޭގައި ފޮރުވާލުމަށެވެ. ޒަކްވާންގެ ހިތް ގޮވަމުން ދިޔައީ ހަމަ އެންމެ ފަރާތަކަށެވެ. އޭނާގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކެއްވެސް އެއް ބައިތެއް ކިޔަމުން ދިޔަ ފަދައެވެ.

ފެނިދެނިވާ..އެދުވަސްތަށް އަނބުރާ ލިބިދާނެބާ

އެދުވަސް ހަނދާނުގަ ނުފިލާ ވުމަށް

ހެވިފަ ތިބާ..ހިތުގެ ތެރޭގައި ފެވި ރަހުމާ

ހިތުގެ އުދާހުން ދުރުވާނެބާ

*************************************************

(މިއީ އަޅގަނޑުގެ ފުރަތަމަ ވާހަކައިގެ ކުރު ޓްރެއިލަރއެކެވެ. އިންޝާ ﷲ 17 ނޮވެމްބަރުގައި މި ވާހަކައިގެ ފުރަތަމަ ބައި ގެނެސްދޭނަމެވެ. ހުރިޙާ ކިޔުންޔެރިންވެސް ވާހަކަޔަ މެދު ދެކޭ ގޮތް ކޮމެންޓް ކޮށްދެއްވުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.)

 

Share Article

Follow Me Written By

marshmellowww

Level 1

Other Articles

Previous

މާފްކުރާށޭ ކަލާ 7

Next

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 4

Next
November 16, 2018

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 4

Previews
November 16, 2018

މާފްކުރާށޭ ކަލާ 7

6 Comments!

  1. laisha204 says:
    November 16, 2018 at 12:04 pm

    Story reethih vaaneh hen heevea….?❤dannah kuhhjeh hen ves heevea….

  2. Ekujjaa says:
    November 16, 2018 at 1:21 pm

    Wow…vrh salhi ❤❤❤ can’t wait ? this is one of the best trailers I ever read and I’m so excited for the stry ??? your so talented and osam?? hama obiness to the max…alhe first part thankolheh avahah genesdhehcheyy pleaseeeee??? may Allah protect you from evil eyes and give you success in this ??? luv u ?????????

  3. Sheez says:
    November 16, 2018 at 3:41 pm

    ????Nice

  4. Minnu says:
    November 18, 2018 at 6:01 pm

    When next??? nov 17 already passed. plx plx upload it faster?????curiously waitingg????????????

  5. Minnu says:
    November 18, 2018 at 6:05 pm

    One more thing. till now the story is fabulous??????❤???

  6. Leash says:
    August 17, 2019 at 7:24 pm

    koba mivaahaka

Comments are closed.



All Right Reserved!