Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އިނގޭ ނަމަ 11

Aami Level 210 Stories100 Comments
November 16, 2018 5 Mins Read
13 Comments

އެއްޗެއްގައި އަޅައިގަނެފައި ވެއްޓެން ދިޔަ އަވްލީންގެ ހަޅޭކުގެ އަޑަށް ދޯނީގައި ތިބި އެންމެން އެދިމާލަށް ބަލައިލިއެވެ. އަވްލީންގެ އަތުގައި ހިފޭތޯ ދުއްވައިގަން ރާދިން އަށް އަވްލީން އާއި ހިސާބަށް ދެވުމުކުރިން ދޯނިން ބޭރަށް އަވްލީން ވެއްޓުނެވެ. ހަތަރު އުދަރެެސް ފެނުޖެހިފައިހުރި މީހެއް ފަދައިން ރާދިން އަށް ކުޑައިރުކޮޅަކު ގަބުވެފައިހުރެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ރޯޅުތަކުގެ ޝިކާރައަކަށް ވަމުން ދިޔަ އަވްލީން ސަލާމަތްކުރުމަށް ފުންމާލީ އޭނާގެ ފުރާނައަށް ބެލުމެއްނެތިއެވެ.

ބިޔަ ކަނޑުގެ ރާޅުތަކުގެ ތެރޭގައި ރާދިން އަވްލީން ސަލާމަތްކުރެވޭތޯ އެތަކެއް މަސައްކަތެއްކުރަމުން ދިޔައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އަވްލީންގެ އަތުގައި ހިފެން އުޅޭހެން ހީވާ އިރަށް ބިޔަ ރާޅުތައް ދެމީހުންގެ ދެމެދަށް ވަންނަމުން ދިޔައެވެ. ގެންބެމުން ދިޔަ އަވްލީން ފެނިފައި ރާދިން ކަށިން ހިތްވަރުނެރެގެން އަނެއްކާވެސް އާހިއްވަރަކާއި އެކު އަވްލީން ސަލާމަތްކުރުމަށް މަސައްކަތް ފެށިއެވެ.

ގަދަ ކަނޑުގެ ރާޅުތަކުގެ ތެރޭގައި އޮތް އަވްލީންގެ އަތުގައި ރާދިންއަށް ހިފައިލެވުނީ ހަމަކިރާއެވެ. އަވްލީންގެ އުނަގަނޑުގައި ބާރަކަށް ހިފައި ރާދިން އާއި ކައިރިކޮށްލަމުން އެ ހަށިގަނޑު ލޮނުގަނޑުން މައްޗަށް ނެގޭތޯ މަސައްކަތްކުރިއެވެ. އޭރު އަވްލީން އޮތީ ރާޅުތަކާއި ހަނގުރާމަކޮށް ވަރުބަލިވެފައެވެ. ލޮނު ބޮވުމުގެ ސަބަބުން ކެއްސަ ކެއްސާ މީހާ ހީވަނީ ހަލާކުވަދާނެ ހެންނެވެ.

ދޯނީގައި ތިބި އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައެގެންނެވެ. ރާހިލް މެންނާއި ދޯނީގައި ތިބި އެހެން މީހުންގެ އެހީގައި ވަރަށް މަސައްކަތަށް ފަހު އެ ދެމީހުން ދޯންޏަށް އެރުވުނެވެ. ލޮނުބޮވުމުގެ ސަބަބުން އަވްލީން އޮތީ ހޭނެތިފައެވެ. ރާދިން އަވްލީންގެ ބަނޑުމަތީގައި ކުޑަކޮށް ޕަންޕުކޮށްލުމުން ކެއްސާލައިފައި އަވްލީން އޭނާގެ ދެ ލޯ ހުޅުވާލުމުން ރާދިންއަށް ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.

“އޯމައިގޯޑް ލީން އައި ވޯޒް ސޯ ސްކެއާރޑް. ލީން އަށް ކަމެއްވީ ނަމަ އަހަރެން ކިހިނެއް ހަދާނީ؟ އައި ލަވް ޔޫ ސޯ މަޗް ބޭބީ.” ރާދިން އަވްލީން އެ މޭތެރޭގައި ބޮނޑިކޮށްލަމުން ބުނެލީ އެތާތިބި މީހުންނަށް ވިސްނުމެއްނެތިއެވެ. ރާދިން ހީވީ އަވްލީން ގެއްލިދާނެތީ ބިރުން އުޅުނު ހެންނެވެ.

“އެންމެން އެބަލާއެބަ ރާދް.” ބަލި އަޑަކުން އަވްލީން ވާހަކަދެއްކީ ދޯނީގައި ތިބި މީހުންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައި ހުރުމުން ކުޑަކޮށް ލަދުގަތުމުންނެވެ. އަވްލީން އެހެން ބުނެލުމުން ރާދިން ކުޑަކޮށް އަވްލީން އާއި ދުރަށްޖެހިލިއެވެ.

އަވްލީން ރަނގަޅުކަން އެނގުމުން ދޯނީގައި ތިބި އެންމެންވެސް ހަމަޖެހުނެވެ.

ގައިގާ ވަރު ނެތުމުގެ ސަބަބުން އަވްލީން އޮތީ ރާދިންގެ ކޮނޑުގައި ބޯ އަޅައިލައިގެން ލޯމަރާލާގެންނެވެ. ރާދިން އަވްލީންގެ އުނަގަނޑުގައި އަތް އަޅުވައިލައިގެން ގަޔާއި ކައިރިކޮށްލައިގެން އިނީ އަވްލީން ހީކުވާތީއެވެ. އަވްލީންއަށް ކަމެއްނުވެ ސަލާމަތްވީތީ ރާދިން ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ. އަވްލީން އަށް މިއަދު ކަމެއްވީ ނަމަ ރާދިން އަށް އޭނާގެ އަމިއްލަ ނަފްސަކަށް މާފެއްނުކުރެވޭނެއެވެ.

“ލީން އެނގޭތަ ލީން އެހެެން އޮއްވާ ފެނުނީމަ އަހަރެންނަށް ވީ ވަރު. ކިރިޔާ މޭގަނޑު އަތަށް ނައީވެސް. ލީން އަށް ކަމެއްވީ ނަމަ ކިހިނެއް އަހަރެން ހަދާނީ؟ ލީން އާއިި ނުލާ އެންމެ ވަގުތުކޮޅެއްވެސް ހޭދަކޮށްލަން އުނދަގޫވާއިރު މުޅި އުމުރު ލީން އާއިި ނުލާ އުޅޭނެ ގޮތެއްވެސް ނޭނގޭ.” ރާދިން އަވްލީންގެ ބޮލުގައި ލުއިކޮށް ބޮސްދެމުން ބުނެލިއެވެ.

“އަހަރެން ނޫޅެމޭ ރާދް ދޫކޮށްލާފަ ދާކަށް. އަބަދުވެސް ރާދް ކައިރީގަ ރާދްގެ މީހަކަށްވެގެން ހުންނާނީ.” އަވްލީން ރާދިންގެ މޫނަށް ބަލައިލަމުން ހިނިތުންވެލައިފައި ބުނެލިއެވެ.

“ލީން އަހަރެންގެ މިލްކަކަށް ވާން މާ ގިނަ ދުވަހެއްނެތް ދެން.” ރާދިން އެއްމިޔަނަކުން ހިނިތުންވެލަމުން އަވްލީން އާއި ދިމާލަށް އެއްލޯ މަރައިލިއެވެ.

ދޯނީގައި ތިބި އަންހެނުންގެ ތެރޭގައި އިން ކުއްޖާ އިނީ ރުޅިއައިސްގެން ފަލައިގެންދާވަރުވެފައެވެ. ދަތުރުގޮސް އުޅުނު އިރުވެސް ރާދިން މެން އެންމެން އަބަދު އަވްލީންގެ ފަހަތުގައި އަޅުވައިލައިގެން އުޅުމުގެ ސަބަބުން އޭނާގެ ރޭވުންތައް ކާމިޔާބުވާ ގޮތްނުވީއެވެ. އަދި އެހާ ވަރުން ލިބުނު ފުރުސަތުވެސް ފެނަށް ވެގެން ދިޔައީ އަވްލީން ސަލާމަތްކުރުމަށް ރާދިން ކަނޑަށް ފުންމާލުމުންނެވެ. އަވްލީން އަށްޓަކައި ރާދިން އޭނާގެ ފުރާނައަށްވެސް ބެލުމެއްނެތި ފުންމާލި މަންޒަރު އަދިވެސް ފިލްމެއްގެ މަންޒަރެއްހެން ލޯކުރިމަތިން ފެންނަކަހަލައެވެ.

“އަހަރެން ބަލާނަމޭ ތިހެން ކިހާ ދުވަހަކު އުޅެވޭތޯ. ރާދް ކަލޭއަތުން ޖަހައި ނުގަނެފިއްޔާ އަހަރެންގެ ނަން ބަދަލުކުރާތި.” ވިހަަ ހިނިތުންވުމެއް ތުންފަތަށްވެރިކޮށްލަމުން އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް އެ ކުއްޖާ ބުނެލިއެވެ.

ވިއްސާރަވެސް މިހާރު ވަނީ ހުއްޓިފައެވެ. ނަމަވެސް އަދިވެސް ކަނޑު އެހާ މަޑެއް ނޫނެވެ.

ބައިގަޑީއިރުގެ ދަތުރު ދިގު ދެމިގެން ގޮސް އެމީހުންނަށް މާލެއަށް އާދެވުނު އިރު ދެގަޑީއިރެއަހާއި އިރުވެއްޖެއެވެ. ހުރިހާ އެންމެންވެސް ވެފައިހުރި ވަރުބައްޔެއްގެ ސަބަބުނާއި ހީކަރުވައިފައި ތިބުމުގެ ސަބަބުން އަވަހަށް ގެޔާއި ދިމާލަށް މިސްރާބުޖެހިއެވެ.

ރާދިން ވެސް އަވްލީން ގެއަށް ގެންދިއުމަށް އަވަސްވެގަތީ ތެމިފައި އިނުމުގެ ސަބަބުން ރޯގާޖެހިދާނެތީއެވެ. އަދި ދޯނިތެރޭގައި ހިނގާދިޔަ ހާދިސާއަށް ފަހު އަވްލީން އަރާމުކޮށްލަން ބޭނުންވާނެކަން އިނގޭތީއެވެ.

ކާރުގައި އަވްލީން ގެއަށް ލާން ދިޔަ ރާދިންގެ މޫނުމަތި އަދިވެސް ވަނީ މިލާފައެވެ. އަވްލީންގެ އަތުގައި އެއްއަތުން ހިފާއްޓައިލައިގެން އިންއިރު ހިވަނީ އަވްލީން ގެއްލިދާނެތީ ބިރުން އިންހެނެވެ.

“ރާދް ވާހަކައެއް ބުނަންތަ؟” އަވްލީން ވަރަށް ވިސްނަން އިނުމަށް ފަހު އަހައިލިއެވެ.

“ހޫމް” ރާދިން އަދިވެސް އިނީ އަވްލީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

“އައި ޑޯންޓް ތިންކް އެފަހަރު އަމިއްލައަށް އެހެން ވެއްޓުނީ ހެނެއް. މިބުނީ ވެއްޓެން ދިޔައިރު ހީވީ މީހަކު ފައި އަޅުވައި ވައްޓާލީހެން.” އަވްލީން އެ ބިރުވެރި ވަގުތުކޮޅު ހަނދާންކޮށްލަމުން ބުނެލިއެވެ.

“ތި ވާނީ ބޭބް އަށް ހީވިއެއްޗެއްކަމަށް. އެތާ ތިބީ ހުސް ހޮސްޕިޓަލު މީހުންނެއްނު އެމީހުން ލީން އަށް އެކަހަލަ ކަމެއް ނުކުރާނެއެއްނު.” ރާދިން ކުޑަކޮށް ވިސްނާލަން އިނދެފައި އަވްލީންގެ އަތުގައި ބޮސް ދެމުން ބުނެލިއެވެ.

“ނޫން ރާދް. އަނގޭ އެތާ ތިބީ ހުސް ހޮސްޕިޓަލު ސްޓާފުންކަން އެކަމްވެސް ހީވަނީ މީހެއް ގަސްތުގަ އެހެން ހެދީހެން.” އަވްލީން ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

“އެކަމް ބޭބް. ކާކު އެކަހަލަ ކަމެއް ކުރާނީވެސް؟” ރާދިން އިނީ ގަބޫލުކުރަން ދަތިވެފައެވެ.

“އޯކޭ ޑޯންޓް ވޮރީ އެބައުޓް އިޓް. އަހަރެން ބަލާނަން ތިކަން. އެންޑް އައި ޕްރޮމިސް ލީން އަށް ކަމެއްވިޔަކަ ނުދޭނަން.” ރާދިން އެންމެ ފަހުން އެހެން ބުނެލީ އަވްލީންގެ ހިތްހަމަޖައްސައިދިނުމަށެވެ.

އަވްލީން ގެއަށް ލުމަށް ފަހު ރާދިންވެސް ގެއަށް ދާން މިސްރާބުޖެހިއެވެ.

ޖެހިގެން އައި ދުވަހަކީ އަވްލީންއަށް އޮފް ދުވަހެއްކަމުން ނިދާހޭލެވުނީ ތަންކޮޅެއްލަހުންނެވެ. އެންމެ ފުރަތަމަވެސް ފޯނު ނަގައި ބަލައިލީ ރާދިންގެ މެސެޖެއް އިންތޯއެވެ. ގުޑް މޯނިންގް ޖަހާފައި ފޮނުވާފައި އިން މެސެޖު ކިޔާލުމުން އެއަށް ރިޕްލައި ދުނުމަށް ފަހު ފެންވަރާ ތާޒާވެލައިގެން ބޭރަށް ނިކުތެވެ.

ހަވީރު އަވްލީން ތައްޔާރުވެލައިގެން ބޭރަށް ނިކުތީ މައިރާ އާއި އެކު ހިނގާލަންދިއުމަށެވެ. ދެމީހުން އެކީ ރަސްފަންނާއި ދިމާއަށް މިސްރާބުޖެހިއެވެ

“ފައިނަލީ ލީން މެރީ ކުރަނީ ދޯ. އައި އޭމް ސޯ ހެޕީ ފާ ޔޫ.” މައިރާ ހުރީ އޭނާގެ އެކުވެރިޔާއަށްޓަކައި އުފާވެފައެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް އަވްލީން ދަތުރު ދިޔަ ދުވަހު ދިމާވި ކަނތަކުގެ ވާހަކަ މައިރާއަށް ކިޔާދިނެވެ.

“މައި އަހަރެންނަށް ހާދަ ހީވިޔޭ މީހަކު ގަސްތުގަ ހަމަ އެހެން ހެދީހެން. އެކަމް ދެން ރާދް އެހާ ހާސްވެފަ އިނީމަ ފަހުން އެއްޗެއް ނުބުނީ.” އަވްލީން އޭނާއަށް ހީވާގޮތް ބުނެލިއެވެ.

“ދެން އެކަމް ލީން އެވަރު ކަމެއް ކާކު ކުރާނީވެސް؟ އެތާގަ އުޅޭތަ ލީން ދެކެ ރުޅި އަންނަ މީހެއް؟” މައިރާ ހައިރާންވެފައި އިނދެ ސުވާލުކޮށްލިއެވެ.

“ނޭނގެ އެހެންނެއް ދެން. އެކަމް ތަންކޮޅެއް ކުރިންވެސް ކޮންމެސް މީހެއް ގުޅާފަ ބުން ރާދް އާއި ދުރުގަ ހުންނާށޭ އެހެން ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ ޔޯ. އެކަމް ފަހުން އެކަހަލަ ކަމެއް ދިމާނުވާތީ އެކަމާ އަޅައެއްނުލަން.” އަވްލީން ކުރީގައި އޭނާއަށް އައި ފޯނު ކޯލުގެ ވާހަކަ މައިރާއަށް ކިޔާދިނެވެ.

ދެއެކުވެރިން ވާހަކައިގައި ތިއްބާ ސިއްސާގެންދިޔައީ ފަހަތުން ބަޔަކު އައިސް ކުޑަކޮށް ހަޅޭއްލަވައިގަތުމުންނެވެ.

“ޕޮއް..” ރާދިން ފަހަތުން އަވްލީންގެ ކަންފަތާއި ދިމާލަށް ގުދުވެލަމުން ބުނެލިއެވެ.

“ދެން ރާދް ސިއްސާގެންނޭ އެދިޔައީ.” ފަހަތުގައި ހެވިފައި ތިބި ރާދިން އާއި މާހިލް ފެނުމުން އަވްލީން ބުނެލިއެވެ.

“ދެމީހުން ކޮން ވާހަކައެއްގަ؟” އަވްލީން މެން ކައިރީގައި އިން ބެންޏެއްގައި އިށީންދެލަމުން ރާދިން ސުވާލުކޮށްލިއެވެ.

“އެއީ ގާލްސް ޓޯކެއް. ކޮބާ މިއަދު މީގެ ރާހިލް؟” އަވްލީން ރާހިލް ފެންނަން ނެތުމުން ސުވާލުކޮށްލިއެވެ.

“ރާހިލްއަށް މިއަދު އިނީ ހަވީރު ޑިއުޓީ އެހެންވެ އޭނައަށް ނާދެވުނީ. ބައި ދަ ވޭ މީނީ ކޮން ސަޅި ބިޓެއްތަ؟” މާހިލް އަވްލީންއަށް ޖަވާބުދެމުން މައިރާ އާއި ބެހޭގޮތުން ސުވާލުކޮށްލިއެވެ.

“ސާބަސް މާހް އަށް. އެއީ މައި. މައިރާ. އަހަރެންގެ ބެސްޓީ. ފެންނަ ކޮންމެ މީހަކާވެސް ދިމާކޮށްނުލާ ނީނދެވޭނެ.” އަވްލީން ހީގަންނަމުން މާހިލްގެ ސުވާލަށް ޖަވާބުދިނެވެ.

“މާ ރަނަގަޅަކަށްނު މިވީ އޭރުން. ބާބީގެ ބެސްޓީއަށް ވީމަ ސެޓްކުރަންވެސް ފަސޭހަ ވާނެ އެއްނު.”

“އޯ ހެލޯ މިސްޓަރ. މަ އެބައުޅެންތަ ތިވަރު މީހަކު ނެތިގެން؟” މައިރާ މާހިލްއަށް ރައްދުދެމުން ބުނެލިއެވެ.

“މިސްޓަރ އެއްނޫން. މާހިލް ކިޔަނީ އެކަމް މައި ވީމަ އޯކޭ މާހް ކިޔަސް ނޫނީ ލަވް ކިޔަސް ވެސް އައި ޑޯންޓް މައިންޑް ހަމަ.” މައިރާ އާއި ދިމާއަށް އެއްލޯ މަރައިލަމުން މާހިލް ބުނެލިއެވެ.

“އޯކޭ ކޮންމެ ނަމެއް ކިޔަސް ވެސް. މަށެއް ނޫޅެން ތިވަރު މީހެއް ނެތިގެންނެއް.” ތުންދަމައިލަމުން މައިރާ ބުނެލިގޮތުން އެންމެން ހޭންފެށިއެވެ.

“ސާބަސް މާހް އަށްވާ. ހަމަ އަންހެން ކުއްޖެއް ފެންނަ އިރަށް އެ ކުއްޖަކާ ފްލާޓްކޮށްނުލާ ނުހުރެވޭ ދޯ؟” ރާދިން މާހިލް އާއި ދިމާކޮށްލަމުން ބުނެލިއެވެ.

“މާހް އަކަސް މައި އާއި ނުބެހޭތި އިނގޭ.” އަވްލީން މައިރާގެ ދިފާއުގައި ބުނެލިއެވެ.

އެތައްއިރެއް ވަންދެން ހަތަރު މީހުން ވާހަކަދައްކަން އެތާގައި ތިއްބެވެ. އެހެން ތިބޭއިރު މައިރާ އާއި މާހިލް ދެބަސް ވެލާ ކޮންމެ ފަހަރަކު އަވްލީން އާއި ރާދިން ތިބެނީ ހީހީ ހަލާކުވާވަރުވެފައެވެ.

ރާދިންގެ އެދުމުގެ މަތިން ހަތަރު މީހުން ގެއަށް ދިޔައީ ރެސްޓޯރެންޓަކުން ކައިގެންނެވެ.

ޑްރީމް މެންޝަންގެ ގާޑަން ވަނީ މިރޭގައި އޮންނަ ކައިވެނި ޕާޓީއަށް ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ތީމް ކުލައަކަށްވީ މެރޫން އެންޑް ޑަސްޓީ ޕިންކް ކުލައެވެ. މުޅި ބަގީޗާތެރެ ވަނީ މާމެލާމެލިން ޒީނަތްތެރިކުރެވިފައެވެ.

އަވްލީން އިނީ ރާދިންމެންގޭގެ ގެސްޓް ރޫމް އެއްގައެވެ. ދެތިން ބިއުޓީޝަނުން އަވްލީން ތައްޔާރުކޮށްދިނުމުގައި އުޅުނެވެ. މައިރާ އާއި ތޫބާ ވެސް އަވްލީންގެ އެދުމުގެ މަތިން އައިސް ތިއްބެވެ. މޭކަޕް ކޮށްދޭ ކުދިން އަވްލީން ތައްޔާރުކޮށްދިނުމަށް ފަހު ދިޔުމުން ލޯގަނޑުން އަމިއްލަ ސޫރައަށް އަވްލީން ބަލައިލިއެވެ.

ހުދުކުލައިގެ ބޮޑުވެޑިން ޑްރެސްގައި އަވްލީން ފެންނަނީ ހޫރު ޕަރީއެއް ހެންނެވެ. ބޯވެސް ރީތިގޮތަކަށް ހުޅެއްޖަހަލައިފަވާ ވާއިރު ބޮލުގައި ބޮޑު ހުދު ދައްޗެއް އިނެވެ. ދެލޯ އައިލައިނާއިން ފަވާލެވަފައިވާ އިރު އެސްފިޔަތަކުގައި މަސްކަރާ ހާކައިފައިހުރުމުން އިހުނަށްވުރެ ދިގެހެން ހީވެއެވެ.

“ޔޫ ލުކް ސޯ ޕްރިޓީ ލީން. މިރޭ ރާދިން ފެއިންޓް ނުވިއްޔާ ރަނގަޅު ދޯ ތޫ؟” މައިރާ އަވްލީންގެ ރީތިކަމަށް ތައުރީފްކޮށްލިއެވެ.

“އަސްލުވެސް ވަރަށް ސަޅި މިރޭގަ ލީން. ރާދިންއަށް ޕާޓީ ނިމެންދެން ކެއްކޮށްލެވޭނެބާއޭ ހިތަށް އަރަނީ.” ތޫބާވ ވެސް މައިރާ އާއި އެއްބައިވެލަމުން އަވްލީން އާއި ދިމާކޮށްލިއެވެ. އަވްލީންގެ ސަބަބުން މައިރާ އާއި ތޫބާވެސް މިހާރު ވަނީ އެކުވެރިވެފައެވެ.

“ދޭން ތޫ ވެސް ދޯ. ދިމާނުކޮށްބަލަ މިހާރުވެސް ވަރަށް ނާރވަސް އޭ.” އަވްލީން އިނީ ތޫބާ ދެއްކާ ވާހަކައިން ލަދުގަންނަގޮތްވެފައެވެ.

މައިރާ އާއި ތޫބާއާ އެކު އަވްލީން ކައިވެނިކޮށްދޭ ތަނަށް ދިޔައެވެ. އޭރު އަދި ރާދިން އެއް ފެންނާކަށް ނެތެވެ.

“ލީންގެ ޕްރިންސް ރެޑީވާން އަންހެން ކުދިންނަށް ނަގާ ވަގުތަށް ވުރެވެސް މާ ގިނައިރު ނަގާ ދޯ؟” ރާދިން ފެންނަން ނެތުމުން ތޫބާ އަވްލީން އާއި ދިމާކޮށްލަމުން ބުނެލިއެވެ.

ކައިވެނިކުރާ މޭޒުކައިރީގައި އިން އަވްލީން އިނީ ދެއަތް ދެއަތާއި މޮޑެލަ މޮޑެލާއެވެ. މިހާރު އަވްލީން އެތާގައި ރާދިންގެ އިންތިޒާރުގައި އިންނަތާ ފަނަރަވަރަކަށް މިނެޓު ވެދާނެއެވެ. ނަމަވެސް ރާދިންގެ ހިލަމެއްނުވިއެވެ. ރާހިލް މެންވެސް ދެތިން ފަހަރަކު ރާދިން ހޯދަން ދިޔައިރު ކޮޓަރި ތަޅުލާފައި ހުރުމުން ކާމިޔާބުވާ ގޮތެއްނުވިއެވެ.

އަވްލީންގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ހިތްބިރުގަންނަމުން ދިޔައީ ކައިވެންޏާއި ހަމައަަށް އައިސްއި ރާދިން އަވްލީންގެ އަތުން ދޫކޮށްލީއޭ ހިތަށް އަރަން ފެށުމުންނެވެ. އިސާހިތަކު އެ ރީތި ދެލޯ ކަރުނުން ފުރުނެވެ.

ރާދިން ނައިސް މާ ގިނައިރު ވާން ފެށުމުން ދެފަރާތުގެ އާއިލާ އެންމެންހެން ރާދިންގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އަވްލީންވެސް އެންމެންގެ ފަހަތުން މަޑުމަޑުން ހިނގަމުންދިޔައީ ފެންނަން އުޅޭ މަންޒަރެއް ނޭނގޭ ހާލުއެވެ.

ރިޔާދު ދެތިންފަހަރަކު ރާދިންއަށް ގޮވާލުމުންވެސް އެތެރެއިން އެއްވެސް ޖަވާބެއްނައެވެ. އެންމެ ފަހުން ރުޅި އައިސްފައި ހުރެ އެތާ ތިބި ދެތިން ފިރިހެނުންގެ އެހީއާއި އެކު ދޮރުފަތް ހަލާކުކޮށްލިއެވެ. ކޮޓަރިތެރެއަށް ވަން ރިޔާދުއަށް އޭނާގެ ނަޒަރު ތިރިކޮށްލަން މަޖުބޫރުވީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ.

ރިޔާދުގެ ފަހަތުން ދެން ތިބި މީހުންވެސް ކޮޓަރިއަށް ވަން އިރު އަވްލީންއަށް ބޭރުގައި ހުރެވުނީއެވެ. އަވްލީން އެތެރެއަށް ވަންނަން އުޅުމުން ރައުދާ އައިސް އަވްލީން ކޮޓަރިއަށް ވަނަ ނުދީ ހިފެހެއްޓީ ފެންނަ މަންޒަރަކުން އަވްލީންގެ ހިތް ކުދިކުދިވެގެންދާނެކަން އިނގޭތީއެވެ.

= ނުނިމޭ =

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

ލޯބިވާ އޭ (2)

Next

މާފްކުރާށޭ ކަލާ 7

Next
November 16, 2018

މާފްކުރާށޭ ކަލާ 7

Previews
November 15, 2018

ލޯބިވާ އޭ (2)

13 Comments!

  1. seekko says:
    November 16, 2018 at 2:32 am

    omg avleen destroy kohlan ulhey kuhjaa a rangalhu dhera e dheythi?…..keep it up I love it ????

    1. Aami says:
      November 16, 2018 at 2:51 pm

      Lets see dhw what happens ? next

  2. aish says:
    November 16, 2018 at 6:40 am

    nice story

    1. Aami says:
      November 16, 2018 at 2:52 pm

      ❤️Thanks aish dear
      So happy that you liked the story ?

  3. Noor says:
    November 16, 2018 at 9:08 am

    Eiy alhe fahe anhenunnah huthuru aruvan ulhey anhenehtha

    1. Aami says:
      November 16, 2018 at 2:53 pm

      Ehehehe keeep waiting for the next part to know more about that girl ?❤️??

  4. Thu says:
    November 16, 2018 at 10:39 am

    Alhe dhen noon… ?

    1. Aami says:
      November 16, 2018 at 2:54 pm

      Ehaa dhera nuvey dear ❤️❣️?

  5. Aisha says:
    November 16, 2018 at 12:52 pm

    Alhey raadh e mysterious girl a ehkoh sleep kury kanneynge…nehi…..dhn vaanee kihineh ba…when is next part dear…. can’t wait to read next part……

    1. Aami says:
      November 16, 2018 at 2:55 pm

      Will upload the next part vry sooon in sha allah ?❤️??
      Keep waiting ❤️❤️❤️

  6. zoe says:
    November 16, 2018 at 1:57 pm

    subuhanallah Raadh ah v kihineiytha
    avahah up kohdhechey so curious plus vvv reethi vaahaka

    1. Aami says:
      November 16, 2018 at 2:56 pm

      Yes dear will try to upload the next part soon ???❤️

  7. reesh says:
    December 13, 2018 at 11:06 am

    the best story i have ever read

Comments are closed.

Next Episodeވާ ލޯބި އިނގޭ ނަމަ 12←


All Right Reserved!