ހާސިލް ވުމަށް އެދި ހިތް ރޮނީ 23
ވީ ހުރިހާ ކަމެއް ސާފުވުމުން އަލްޔާން އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ބުނަން އުޅުނު ވާހަކަތަށް ގިނަކަމުން އަލްޔާން އަށް އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ. ރޮވެމުންދިޔަ އީން ގެ މޫނުގައި ހުރި ކަރުނަތަށް ފޮހެމުން އަވަސް ހަރަކާތްތަކާއެކު އީން ގެ މޫނުގެ އެތަން މިތަނުގާ އަލްޔާން ބޮސްދޭންފެށީ ގިސްލެވޭ ހާލުގައެވެ. “އައިމް ސޮރީ އީން!!!”
ދެއަތަށްލެވުނުހާބާރެއްލާފައި އީން އެންމެ ފުރަތަމަވެސް އަލްޔާން ގެ މޭގާ އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. އެއާ އެކު ފަހަތަށް ވިއްސި އަލްޔާން ގޮސް ޖެހުނީ ދާދި ކައިރީގައި ހުރި ފާރުގައެވެ. ހަމައެބާރު މިނުގާ އީން ދެން ގޮސްހިފީ އަލްޔާން ލައިގެން ހުރި ޓީޝާރޓް ގެ ކަރުގައެވެ. “ވައި؟…ކީއްވެ އަލްޔާން؟ހައު ޑެއާ ޔޫ ޓު ކިސް ހާ އިންފްރޮންޓް އޮފް މީ!!..ތިހާ އަނިޔާ ދެނީ ކީއްވެ؟..ކިހާ ވަރަކަށް ކެތްކުރަންވީ؟.ކިހާ ވަރަކަށް؟؟ ހަނދާން ނެތެންވީ އަހަރެން މަތީން އެކަނި..އެ މައިރީން ގަނޑު މަތީންވެސް…އަހަ..އަހަރެން ގެ ނަން ވެސް….ނޭގުނު..އެންޑް ޔޫ ކިސްޑް ހާ!!” ރުޅިއައިސް ރަތްވެފާ ހުރެ ބާރުބާރަށް ރޮމުން އީން ކުރި ޝަކުވާއަށް އަލްޔާން އަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ހަމަ އެކަނި އީން ގެ މޫނަށް ބަަލަން ހުރެވުނީއެވެ. ހިތުގާ ޖެހި އަރާފައި ހުރި ރުޅިގަނޑު މައިތިރި ވެސް ނުވުމުން އީން ބަލާކަށް ނުހުރެ އަލްޔާން ގެ ކަރުގާ އަތް އަޅުވާ މޫނާ ކައިރިކުރަމުން އަތުގެ ނުފުށުން އަލްޔާން ތުންފަތް ފޮހެލިއެވެ.”ނޯ ..ޔުއާ މައިން އޮންލީ..މައިން އޮންލީ..އަޑުއިވިއްޖެ ހަމައެކަނި އަހަރެންގެ ހައްގެއް..” ގިސްލެވެމުން ދިޔަ އީން ތަކުރާރުކޮށް އަލްޔާން ގެ ތުންފަތުގާ ބާރުބާރަށް އަތް ހާކާ ފޮހެމުން ދިޔައެވެ.ތަދުވި ނަމަވެސް އީން ކުރާނެހާ ކަމެއް ކުރަން ދީގެން އަލްޔާން އަށް އީން އާ ދިމާލަށް ބަލަން ހުރެވުނީ އާދޭހުގެ ބެލުމަކުންނެވެ. ދެންވެސް އެއްޗެކޭ ނުބުނެ ހުރި އަލްޔާން މަޑުމަޑުން އީން ގެ އަތުގާ ހިފާ ހުއްޓުވިއެވެ. ހިތާމަޔާއި ކުށްވެރިކަމުގެ ނަޒަރަކުން ބަލަމުން އަލްޔާން އީން އާ ހަތަރު ކަޅި ހަމަކޮށްލިއެވެ. “ކިހިނެތް އަހަރެން.. އީން މަތީން ހަނ..ދާން ނެތުނީ…އަމް ސޯ ސޮރީ ލަވް..އީން ރޯނެ..ވަރު އިނގޭ..ދެރަވާނެ.. ވަރު އިނގޭ..އޯ މައި ގޯޑް…އަމް ރިއަލީ ސޮރީ..އައި ލަވް ޔޫ..ލޯބިވޭ ވަރަށް ބޮަޑަށް ލޯބިވޭ..އަލްޔާން އަކީ ހަމައެކަނި އީން ގެ ހައްގެއް…މިހިތުގަ ޖަހާ ކޮންމެ ވިންދަކީ އީން ގެ މިލްކެއް” މަޑުމަޑުން ބުނެލި ޖުމްލަތަކާއެކު އެމޫނު ގައި ހުރި ކަރުނަ ފޮހެމުން އަލްޔާން އަނެއްކާވެސް އީން ގެނެސް މޭގާ ޖައްސާ ބާރުކޮށްލިއެވެ.އޭނާ ގެ ސަބަބުން އީން ގެ ހިތަށް ކޮށްފައިވާ އަސަރު ފެނުމުން އަލްޔާން ގެ ހިތް ހަލާކުވިއެވެ. ދެންވެސް އީން ގެ ރުޅިގަނޑު މައިތިރިވާ ގޮތެއް ނުވިއެވެ. އަތުން އަލްޔާން ގެ މޭގާ ޖަހާލެވުނެވެ.ދެންމެ ފެނުނު މަންޒަރު ލޯ ކުރިމަތީން ސިފަވަމުން ދިޔައެވެ. ” ނޫން..ތިހިތުގަ ޖަހާ ވިންދެއް އެކަނި ނޫން ބޭނުމީ..ހިތާ ސިކުނޑިއާ، ހަށިގަނޑާ ވިސްނުމާ، ހިޔާލާ ފިކުރާ ހުރިހާ އެއްޗެއް ބޭނުމީ….އަހަރެން މަތީން ހަނދާން ނެތަސް ޔޫ ކުޑްހޭވް ސްޓޮޕްޑް ހާ..ބަޓް ޔޫ ޑިޑިންޓް..!!” އީން އަނެއްކާވެސް ގަދަކަމުން އަލްޔާން އާ ދުރުވާން މަސައްކަތް ކުރަމުން ޝަކުވާ ކުރަންފެށިއެވެ. “އައި ކާންޓް ޑައިޖެސްޓް އިޓް..އަހަރެންގެ ލޯ ކުރިމަތީން..އަހަރެން ވެސް ދަން ތަ އެހެން ..އަލްޔާން ހިތަށް ކުރާ އަސަރު ބަލަން…ޑޭމް އިޓް!!” ބުމަ ގޮތް ޖަހާލައިގެން އަލްޔާން އަށް ބަލަން ހުރެ އީން އަށް ފާރުގާ އަތުން ޖަހާލެވުނެވެ.އިންތިހާދަރަޖައިގެ ރުޅިވެރިކަމާއި ޝަކުވާ އިން ގެ ބޮލަށް ސަވާރުވެފާ ވާ ފަދައެވެ. “ނޫން ..ސޮޓްޕް އިޓް..ޑޯންޓް އިވެން ތިންކް އެބައުޓް އިޓް..” ބާރު ވައިރޯޅިއެއްހެން އައިސް އީން ގައިގައި ބައްދާލަމުން އަލްޔާން އީން ގެ ތުންފަތުގާ ބޮސްދޭންފެށިއެވެ. ކުއްލި ސިހުމާއެކު އީން ދުރުވާން އުޅުމުން އަލްޔާން އެނާގެ ދެއަތުގާ ހިފާ ފުރަގަހަށް ވާގޮތަށް ބާރުކޮށްލިއެވެ. ދެލޯމަރާ ބާރުކޮށްގެން ހުރި ނަމަވެސް އަލްޔާން ގެ އެ ހަރަކާތުން އީން ގެ ހިތަށް ހަމަޖެހުން ލިބި ހިތުގާ އުފެދުނު ތޫފާން މަޑުމަޑުން ހިނދެން ފެށިކަހަލައެވެ. ބާރުލަމުން ދިޔަ އީން ގެ އަތް މަޑުޖެހުމުން އަލްޔާން މަޑުމަޑުން އީން ގެ މޫނަށް ބަލާލިއެވެ. އޭރުވެސް އެ ނޭވާގެ ހޫނުކަން އިހްސާސްވެ އީން އަށް ހުރެވުނީ ލޯމަރާއިގެންނެވެ.” ދެވަނަ ފަހަރަށް ތިކަހަލަ ވާހަކަ އެއް ހިތަށް ވެސް ނާރުވާތި..ޕްލީޒް..ނޫނީ އަހަރެން..” އީން ލޯ ހުޅުވާލަމުން އަލްޔާން އާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭރުވެސް އެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ކަޅުކަންގަދަ އެދެލޯ ބޮޑުކޮށްލައިގެން ހުރެ އަލްޔާން ގެ މޫނަށް ބަލަމުން ދިޔައެވެ. “އީން ގެ ހަނދާން މިހިތުން ފިލީ ކަމަށް ތަ ހީކުރީ…މަރުވެގެން ނޫނީ މިހިތަކުން އީން ގެ އަސަރު ނުފިލާނެ…..އިނގޭތަ..ހޭ އެރިފަހުން ވެސް އަހަރެންގެ ސިކުނޑިން އީން ފިލައިގެން ނުދޭ..މޫނު ސާފު ނުވިޔަސް އީން ވެއްޓެން ދިޔަ މަންޒަރު އަބަދުވެސް ފެނޭ..އިނގޭ ލައިފް ގެ ވަރަށް އިންޕޯރޓެންޓް ބައެއް ހަނދާން ނެތްކަން..ހިތުން އިހްސާސްވޭ..އެކަމަކު ސިކުނޑިން ޕްރޮސެސް ނުވީ..ޗިޕެއް ލެސް ވީ ކަންނޭގެ އެކްސިޑެންޓް ގެ ސަބަބުން..ތޭންކްސް ފޯ ކަމިން..އެންޑް ފައިޓިން ޓު ވިން މީ ބެކް..މައި އާ އެކު ފެނުނީމަ ހާރޓް ވާނެވަރު އިހްސާސްވޭ.. އެކަމް ސްޓިލް އީން ވަރަށް ހިތްވަރު ގަދަ..އައި ލަވް ޔޫ ސޯމަޗް..އީން ގެ މަގާމުގަ އަހަރެން ހުރިނަމަ މޮޔަވީސް ކަންނޭގެ” އަސަރުން ފުރިގެން ވީ އަލްޔާން ގެ ވާހަކަ އަޑު އިވުމުން އީން ގެ ލޮލުން އަނެއްކާވެސް ހޫނު ކަރުނައިގެ ސާލެއް ފޭބިއެވެ. އަލްޔާން ގެ ލޯތްބަތް އީން އަށް އިތުބާރު އޮތް ނަމަވެސް ފެނުނު މަންޒަރުން ހިތަށް ކެތް ނުވީއެވެ. “އަމް ސޮރީ ފޯ ބިހޭވިން…” އީން ގެ ޖުމްލަ ނުނިމެނީސް އޭނާގެ ތުންފަތުގާ އިނގިލި ޖައްސަމުން އަލްޔާން ހުއްޓުވިއެވެ. “ޝްޝް..ނޯ ނީޑް ޓު ސޭ އެނީތިންްގް..”ކަރުނައިން ތެމި ފިނިވެފާވީ އީންގެ ތުންފަތުގާ އަނެއްކާވެސް އަލްޔާން ބޮސްދޭން ފެށީ ދެންމެ ފެނުނު މަންޒަރުން އީން ގެ ހިތަށް ލިބުނު އަނިޔާ ފޮހެލެވޭތޯއެވެ. އީން ގެ ހިތަށް އަދިވެސް އުނދަގޫ ވަމުން ދިޔަކަން އަލްޔާން އަށް އެނގުނީ އޭނާގެ ކަނދުރާގައި އަޅުވާލާގެން ހުރި އީން ގެ އަތަށް ބާރު ވަމުން ދިޔުމުންނެވެ.އިރުކޮޅަކަށް ފަހު މަސްތީ ނަޒަރަކުން އަލްޔާން ސީދާ އީން ގެ މޫނަށް ބަލާލިއެވެ. އަދި އެއްމިޔަކަނުން ހީލަމުން” އައިމް އޯލް ޔޯރސް ” އޭ ބުނެލިއެވެ.
އޭރު އުޅެވުނު ގޮތް ހިތަށް އަރައި އީން ކުޑަކޮށް ލަދުގަތެވެ. އެހެން ކަމުން އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. އަލްޔާން މަޑުމަޑުން އީން ގެ އަތުގާ ހިފައިގެން ގޮސް ސިޑިބަރި މަތީ އިށީންނަމުން އީން ގެނެސް އުނގުގާ ބެންދިއެވެ. “ރުޅި ނާންނަ މަތީން ވާހަކަ އެއް ބުނަންތަ؟” އަލްޔާން ގެ އެޖުމްލަ އާއެކު އީން ބުމަ އަރުވަމުން އަލްޔާން އަށް ބަލާލިއެވެ. “އަސްލު އެއްކޮޅުން ވަރަށް ހެޕީ ވެސް ވެއްޖެ މިހެން ވީމަ..އީން އަހަރެން ދެކެ ލޯބިވާވަރު ވަރަށް ބޮޑަށް އިހްސާސް ވެއްޖެ..އީން ގެ ތި ރުޅިގަދަ ސައިޑް ދުވަހަކުވެސް ނުދެކެން..އެކަމް ޖޭ ވެފަ ހުންނަ އިރު އަސްލު މާ ބޮޑަށް ވެސް ލޯބި” ކުޑަކޮށް ހެވިލާފައި ހުރެ ސަމާސާ ރާގަކަށް އަލްޔާން އެހެން ބުނުމުން އީން ތުން ފިތާލިއެވެ.
އެ ހުރިހާ މަންޒަރެއް ބަލަން ފާރާ ނިވާ ވާގޮތަށް ހުރި މައިރީން ހުރީ ހުއްޓުން އަރާފައެވެ. ބޯ މައްޗައް ބޮޑު ބަރު އެއްޗެއް ވެއްޓުނީހެން ހީވިއެވެ. ސިކުނޑި ފާޑަކަށް އައްސިވެފާ ހުރި ކަމުގެ އިހްސާސް ވަމުން ދިޔައެވެ. ރޯކަށް ވެސް ހަނދާނެތް ނެތް ކަހަލައެވެ.އެދެލޮލުން ފެނުނީ ހުސްކަމެކެވެ. އަލްޔާން އޭނަ އަށް ދިނީ ކިހާ ބޮޑު ކެއްސެއް ހެއްޔެވެ؟. މުޅިއުމުރުގައިވެސް އަލްޔާން ދެކެ ވީ ހަގީގީ ލޯބީގެ ބަދަލަކީ މިއީހެއްޔެވެ؟. އަހަރެން ދުނިޔޭގަ ދިރި އުޅުމުގެ މާނަ އެއް ކޮބާ ހެއްޔެވެ؟އަހަރެން މަރުވާން ވީއެވެ؟ އެ އަންހެން ކުއްޖާ ދެކެ އަލްޔާން އެހާ ލޯބި ވަނީ ކީއްވެބާއެވެ؟ ނޫނެކެވެ އަލްޔާން ވާން ޖެހޭނީ ހަމައެކަނި އަހަރެން ގެ މީހަކަށެވެ؟ އެ އަންހެނާ ޖެހޭނީ ދާށެވެ؟ އެކަމަކު އަލްޔާން ހީކުރީ އަހަންނަކީ މޮޔައެއް ކަމަށެވެ..ހަގީގަތުގާވެސް އަހަރެން މީ މޮޔައެކެވެ..ސިކުނޑިގެ ބަލި މީހެކެވެ..އަހަންނަކަށް އަލްޔާން ދުވަހަކުވެސް ނުލިބޭނެއެވެ. އަލްޔާން އެހެން މިހަކާ އެކު އެހާ ލޯބިން އުޅޭތަން ބަލަން ކެތެއް ނުވާނެއެވެ..ހަމަ މަރުވާން ވީއެވެ. އޭރުން އަލްޔާން ހުންނާނީ އަބަދުވެސް އަހަރެންގެ ހަނދާނުގައެވެ…މައިރީން ގެ ބަލި ސިކުނޑި އެކި ކޮޅުކޮޅަށް އެނބުރެމުން ދިޔައީ ހަލުވިކަމާއެކީގައެވެ. އީން ގެ އުނަގަނޑުގާ ބައްދާ ގަޔާ ކައިރި ކޮށްގެން ހުރެ އަލްޔާން ގޮސް އެ ފްލޯގެ ލިފްޓަށް އެރި މަންޒަރު ބަލަން ހުރެފާ މައިރީން ހިނގާގަތެވެ. އޭނާގެ ލޮލުގާ ކަރުނައެއް ނެތް އިރު މޫނު މަތީން އެއްވެސް އަސަރެއް ނުފެނެއެވެ. އެދިޔަ ބާރު މިނުގާ ހިނގާފައި ގޮސް އެރީ ފަނަރަ ބުރީގެ އެ ހޮސްޕިޓަލް ގެ ޓެރެސް އަށެވެ..
” އެހެންވީމަ ސިޓުއޭޝަން އަސްލު ވަރަށް ވޯރސް ދޯ؟ ލެޓްސް ހޯޕް އަލްޔާން އަވަހަށް ހަނދާންވާނެކަމަށް އީން މަތިން..ނޫނީ އެފަކީރު ހިތާމަ ކޮށްކޮށް މޮޔަވެދާނެ” ޓެރެސްގެ ގެ ރެއިލިންގްސް ގައި އަތް އަޅުވާގެން ހުރެ އަލްކާ ވާހަކަ ދައްކަމުން ދިޔައީ އީތަން އާއެވެ. “އާން..އަހަރެން މި އިންނަނީ ހަމަ ބޯ ހަލާކުވެފަ..” އަލްކާ ގެ މޫނަށް ބަލާލަމުން އީތަން ބުނެލިއެވެ.އެތަށް ދުވަހަކަށްފަހު އަލްކާގެ އާއި އެގޮތަށް އެކަހެރިކޮށް ބައްދަލްވުމުން އީތަން ހުރީ ހިތާހިތުން އުފާވެފައެވެ. އަމިއްލަ ނަފްސަށް ވެސް ނޭނގި އަލްކާ އަށްޓަކާ އޭނާގެ ހިތުގާ ކުރިލާ ފޯދެމުން ދިޔަަ ޖަޒުބާތުތަށް ހާމަކުރުމަށް އީތަންވެސް ހުރީ ބޭނުންވެފައެވެ. އެހެން ނަމަވެސް އެދެމީހުން ދިމާވާ ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަހަލަ މައްސަލަތަކެއްގެ ތެރެއިން ދިމާވެ ހާލަތު ތަން ނުދޭތީ އެވާހަކަ ނުދެއްކެެނީއެވެ. “ކިހިނެތްވީ މާފާޑަކަށް ތި ބަލަނީ؟” ތަފާތު ގޮތަކަށް އީތަން ބަލާލުމުން އެކަން ފާހަގަވެ އަލްކާ ލަދުގަތެވެ. އާއްމުގޮތެއްގާ އަލްކާ އަކީ ޖެހިލުން ކުޑަކޮށް އުޅޭ ކުއްޖަކަށް ވިޔަސް މިފަހަކަށް އައިސް އީތަން ފެނުމުން ހިތަށް ފާޑުފާޑުގެ ގޮތްގޮތްވެއެވެ. އެހެނަސް އެއީ ލޯބީގެ އިހްސާސް ކަމަށް އަލްކާ ގަބޫލް ކުރަން ބޭނުން ނުވަނީ ކީއްވެގެންކަމެއް ނޭގެއެވެ.ފަހަރުގާ އެއީ އޭނާ އަށް އެކަނި އެއް ފަރާތުން ކުރެވޭ އިހްސާސެއް ކަމަށް ވެދާނެތީ ބިރުގަންނަނީ ކަންނޭގެއެވެ. މީގެ ކުރީން އެދެމީހުންގެ ދޭތެރޭ ހިނގާފާ ހުރި އަރާރުން ތަކަށް ބަލާ އީތަން ހިތުގާ އޭނާޔާ މެދު ލޯބީގެ ޖަޒުބާތުތަކެއް އުފެދިދާނެކަމާ މެދު އަލްކާ ޝައްކު ކުރެއެވެ. އީތަން އޭނާގެ ތުންފަތް މައްޗައް ލާނެތް ހިނިތުންވުމެއް ވެރިކުރަމުން ކުޑަކޮށް ކަރުކެހިލިއެވެ. “ކަމެއް ނުވޭ …އެކަމް އެބަ އޮތޭ ޕާރސަނަލް ވާހަކައެއް ޝެއާރ ކުރަން ވެފަ” އާދައިގެ ގޮތަކަށް އީތަން ބުނެލި އެ ޖުމްލަ އާއިއެކު އަލްކާ ގެ ހިތް ތެޅިލިއެވެ. “ކޮ..ކޮން ވާހަކަ އެއް” ކުއްލިއަކަށް ހާސްވި ވަރުން އަލްކާ ގެ އަތްފައި ފިނިވާން ފެށިކަހަލަ އެވެ. “ހެހެ..ހާދަ ހާސްވީ..އަސްލު ވަރަށް ގިނަ ދުވަސް ވެއްޖެ ބުނަން…” އަލްކާ އަށް ވީ ގޮތްފެނި ހިނި އައިސް ވާހަކަ ދައްކަން ފެށި އީތަން ގެ ބަސް ހުއްޓި ދެލޯ ބޮޑުވީ ކުރިމަތީން ފެނުނު މަންޒަރުންނެވެ. ބާރު ވައިސޫރިއެއްހެން އައިސް އެމީހުން ތިބި ފަޅި ނޫން އަނެއް ފަޅީގެ ރެއިލިންގްސް މައްޗައް އަރަން އުޅުނު މައިރީން ފެނުމުންނެވެ. “ވަޓް ދަ ހެލް..މައި!!!!!” އަޑުގެ ކޮޅަށް ހަޅޭއްލަވަމުން އީތަން ދުއްވައިގަތީ މައިރީން އާ ދިމާލަށެވެ. އެއަޑަށް ފަސް އެނބުރި ބަލާލި މައިރީން އީތަން އަންނަތަން ފެނި އޭނާގެ މަސައްކަތް ހުއްޓާ ނުލާ އަވަސް އަވަަހަށް ހަނިކޮށް ހަދާފައިވީ އެ ރެއިލިންގްސް ގެ މައްޗައް އެރޭތޯ ބެލިއެވެ. ހަމަ އެ ސިކުންތު ކޮޅު ތެރޭ ގާތްގަނޑަކަށް އީތަން ގެ އިސްކޮޅާ އެއްވަރަށް ދިގުކޮށް ހަދާފައިވީ ރެއިލިންގްސް މައްޗައް ފުއްމައިގެން ގޮސް މައިރީން އެރިތަންފެނި އީތަން އެ ހުރި ފިޔަވަޅު މަތީ ހުއްޓުނެވެ. ސީދާ ވީގޮތް ނޭގުނު ނަމަވެސް މައިރީން އަށް އިނގެން ނުޖެހޭ ކޮންމެވެސް ކަމެއް އެނގިއްޖެ ކަން އީތަން އަށް އެވަގުތު އަންދާޒާ ކުރެވުނެވެ.މައިރީން އެތަނުން ފުއްމާލަން ޖެހިލުން ނުވާނެކަން ވިސްނި އީތަން ފުން ނޭވާއެއް ދޫކޮށް ތެޅި ތެޅި އޮތް އޭނާގެ ހިތް ހަމައަކަށް އެޅުވިއެވެ.”މައި ސްޓޮޕް އިޓް މޮޔަވީތަ..ކި ކީއްކުރަން ތި އުޅެނީ..ލިސެން ޓު މީ ތި ތަނުން ފައިބާ!..އަހަރެން ހުރިހާ ކަމެއް ރަނގަޅު ކުރާނަން..ކަމޯން ހޯލްޑް މައި ހޭންޑް” ކުރިއަށް މަޑު ފިޔަވަޅު ތައް އަޅަމުން އަތްދިއްކުރަމުން ވިސްނުންތެރިކަމާއެކު އީތަން މައިރީން އާ ގާތް ވެވޭތޯ މަސައްކަތް ކުރިއެވެ. އޭރު ފަހަތުގާ އެމަންޒަރު ބަލަން ހުރި އަލްކާ އަށް ވެސް ހުރެވުނީ ހަމަ ނޭވާ ހިފަހައްޓާލައިގެންނެވެ.” ޑޯންޓް ޔޫ ޑެއާ ޓު ކަމް ނިއަރ މީ..ޔޫ ބްލަޑީ ހިޕޯކްރިޓް!!! މަށަކީ މޮޔައެއްނު…ކަލޭމެން އެންމެން މަށަށް ދޮގުހެދީނު…ދެޓް ބި** އިޒް އަލްޔާންސް ގާލްފްރެންޑް..މަ..މަށަށް އޮޅުވާލީނު..ކަލޭ ބުނެބަލަ މަގޭ ކޮން ސިފައެއް ނެތިގެން ތަ އަލްޔާން މަ ދެކެ ލޯބި ނުވީ..މަށަށް ކެހިދިނީ..މަމި އުޅެނީ މަރުވާން..އޭރުން އަލްޔާން މަ ދެކެ ލޯބިވާނެ…އާން..އޭ..ރުން..އަލްޔާން މަދެކެ ލޯބިވާނެ..ހެހެހެ..ލޯބިވާނެ..ހެހެ..” ރެއިލިންގްސް މަތީގާ އެއް އަތުން ފާރުގާ ހިފަހައްޓާއިގެން ހުރެ އަޑުން އަޑުނަގާ ހެމުން ވާހަކަ ދެއްކި މައިރީން ގެ ގަޔަށް އިތުރު ބާރެއް ވެރިވެފާ ވާ ކަހަލައެވެ.ލިބުނު ކުއްލި ޝޮކް ގެ ސަބަބުން ހަގީގަތުގާ ވެސް އޭނާގެ ހަމަ ބުއްދި ވަނީ ފިލާފައެވެ. އަލްޔާން އޭނަދެކެ ލޯބިނުވާކަމާ އޮޅުވާލިކަން ހާމަވެ އެ ހަގީގަތުގެ ބުރަދަން އުފުލޭނެ ވަރު ބައިޕޯލާ ޑިސްއޯޑާ ގެ ޝިކާރައަކަށް ވެފައިވީ މައިރީން ގެ ސިކުނޑީގައި ނެތީއެވެ. ބޮލުގާ އަޅާފައި އޮތް ވިގް ނަގާ މައްޗައް ހިއްލައިގެން ހުރެ ހޭންފެށި މައިރީން ކުއްލިއަކަށް ބެލެންސް ނުވެ ފައިކައްސާލިއެވެ. ލިބުނު ކުއްލި ސިހުމާއެކު ފަހަތަށް ވެއްޓެންދިޔަ މައިރީން ދެލޯ ބޮޑުކޮށް ތަނެއްގާ އަތްޖެހޭތޯ ވައިގެ ތެރޭ ދެއަތް ހޫރަން ފެށިއެވެ. އެހެނަސް ހާމައަށް އޮތް ފަޒާގެ ތެރޭ މައިރީން ސަލާމަތް ކޮށްދޭނެ އެއްވެސް އެއްޗެއް ނެތެވެ. ﷲ ތައަލާ އިންސާނުން އެންމެ ފުރިހަމަ ގޮތުގާ ހައްދަވާ ދުނިޔެއަށް ފޮނުއްވި ނަމަވެސް ވައިގެތެރޭ ހަށިގަނޑު ހިފެހެއްޓޭނެ އެއްވެސް ބާރެއް ދެއްވާފައި ނުވެއެވެ.މަދު ސިކުންތުކޮޅެއްގެ ތެރޭގައި، އުދުހުނު ކުނިކޮޅެއްފަދައިން މައިރީން ގެ ހަށިގަނޑު ފަނަރަ ބުރީގެ އެ އުސް އިމާރާތުގެ މަތިން ވެއްޓި ގޮސް ޖެހުނީ މަގުމަތީން ދުއްވާފައިދިޔަ ކާރެއްގެ މަތީީގައެވެ. ބާރު ސްޕީޑްގައިި ދިޔަ ކާރު ދުއްވަން އިން މީހާއަށް ލިބުނު ސިހުމާއެކު ހަޅޭއްލަވައިގަންނަމުން ކުއްލިއަކަށް ބުރަކި ހިފާލުމުން މައިރީން ގެ ހަށިގަނޑު ވިއްސައިގެން ގޮސް މަގުމައްޗައްވެއްޓި ފުރޮޅެމުން ގޮސް ކުރިމަތީން އައި ބަހުގެ ފުރޮޅު ދަށަށްވަނެވެ.މައިރީން ގެ ހަށިގަނޑު ފުރަތަމަ ޖެހުނު ކާރު އެނބުރެމުން ގޮސް ހުއްޓުނީ އޭގެ ކުރިމަތީން އައި ކާރުގާ ޖެހިފައެވެ. އެވަގުތު އެތާ އެއް އަޑަކަށް އޮތީ ކާރުތަކުން ޖަހަމުން ދިޔަ ބަރުގޮނުގެ އަޑެވެ.ރޯވެ ދުން އަރަމުން ދިޔަ ދެކާރާ އޭގެ ފަހަތުގާ ޓްރެފިކްގާ ޖެހުނު ކާރުތަކުން މީހުންތަށް ނިކުމެ ވީ ކީއްތޯ ބަލަން ފެށިއެވެ.” އޯ މައި ގޯޑް…” ބަހުން ފޭބި އަންހެންމީހާ ޗަސްވެފާ ވީ މައިރީން ގެ ހަށިގަނޑު ފެނި ހަޅޭއްލަވަމުން އަނގަމަތީ ދެއަތް އަޅާގަތެވެ. ކަށިތަށް ބިންދާއިގެން ދިޔުމުގެ ސަބަބުން މަސްތަށް ގުޅަވެ އިންސާނެއްގެ ސިފަ ވަކި ނުވާނޭހާލަށް މައިރިން ގެ ހަށިގަނޑުވަނީ ޗަސްވެފައެވެ. ލޭގެ ކޯރުން މުޅި ހިސާބުގަނޑު ފޭދެމުން ދިޔައިރު ހަލަބޮލި އެމާހައުލު ގުގުމާލީ އެންބިއުލާންސް ގެ އަޑުންނެވެ………..
ލޮލުން ފެނުނު މަންޒަރު އޭނާގެ ސިކުނޑިއާއި ހަމައަށް ނަގައި ނުގަނެވި އީތަން އަށް ހުރެވުނީ ދެލޯ ބޮޑުކޮށްގެން އެ ހުރި ގޮތަށެވެ. އޭނާގެ ކުރިމަތީން އިންސާނެއްގެ ފުރާނަ ނިމިގެން ދިޔައީ ކަމަށް ގަބޫލް ވެސް ނުކުރެވުނެވެ. އޭނާގެ ހިތުގެ ތެޅުމާއެކު ލޭހިނގުން އަވަސް ވެފާ ވީއިރު މޫނުން އޮށްދާހިއްލާ ފޯވިއެވެ. ދެންވެސް އީތަން އަށް ގުޑާވެސް ނުލެވުނެވެ.ދެފަައި ހީވީ އައްސިވެފާ ހުރިހެންނެވެ.ތަކުރާރުކޮށް ހިތަށް އެރީ ދުވެފާ ގޮސް މައިރިން ގެ ގައިގައި ހިފުނު ނަމައެވެ. ތޫނު އަޑަކުން ބާރަށް ހަޅޭއްލަވައިގަންނަމުން ދުވެފައި ގޮސް އަލްކާ ހުއްޓުނީ ރެއިލީންގްސް ކައިރީގައެވެ. “އޭނަ މަރު..އޭނަ ..ވަޓް ދަ..އީތަން..އޭނަ..މަށަށް ހީވަނީ..މަރު..”.ދެލޯބޮޑުކޮށްގެން ހުރެ އެއްފަހަރު ތިރިއަށް މަގުމައްޗައް ބަލާފައި އަނެއްފަހަރު ދުވެފާ އައިސް އީތަން ކުރިމަތީ ހުއްޓި އޭނާގެ ގައިގައި ހިފާ ތަޅުވާގަތެވެ. އެހެނަސް އީތަން އަށް އަނގަޔަކުން ނުބުނެވުނެވެ. އަރުތެރެ ބެދި ބަރުވެފާ ވާކަމުގެ އިހްސާސްވިއެވެ. އީތަން ބަހެއް ނުބުނެ ހުރުމުން ހާސްވި އަލްކާ އަނެއްކާ ދުވެފާ ގޮސް މަގުމަތި ބެލިއެވެ.ދެކޮޅަށް ދުވެ ދުވެ ހުރި އަލްކާ އަށް ވެސް ކުރިމަތީން ފެނުނު މަންޒަރުން ކުއްލި ޝޮކެއް ލިބިފައިވާ ކަހަލައެވެ.
**********
އަނެއްކާ ވެސް ޒިން ތަކުރާރުކޮށް ރިންގްވަމުން ދިޔަ އޭނާގެ ފޯނަށް ބަލާލިއެވެެ. ރާއްޖެއިން ބޭރު ނަންބަރަކުން ގުޅުމުން އެވާނީ މައިރީން ގެ ކޯލް އަކަށް ކަން ޒިން އަށް އެނގެއެވެ.އެހެނަސް ހުރެވުނު ބައްދަލް ވުމުގެ މުހިއްމު ކަމުން ފޯނަށް ވަކި ސަމާލުކަމެއް ނުދީ ސައިލެއްޓް ކުރުމަށް ފަހު މޭޒުމަތީ ބޭއްވިއެވެ.”އައި ތިންކް ޔޫ ޝުޑް އެޓެންޑް ދި ކޯލް ސާރ” އަނެއްކާވެސް ރިންގްވާން ފެށުމުން ޒިން ވާހަކަ ދައްކަން ހުރި މީހާ ފޯނަށް އިޝާރާތް ކުރަމުން ބުނެލިއެވެ….
11 Comments
Comments are closed.
Yaayyy me first ?… as usual very nice !! Keep up the good work ??
…..alheyyy dhen anekka e zinn hadhaane ehchehvess neygeyy …varah reethi
Me second❤️❤️
Waiting for the next part?
story reethi. . aslu mi story reethikamum hama hiyvanii.ekam lahun up kuraathi masla akee. i love this story. angal keep it up ingey. varah molhu describing varah salhi. telent ebuhuri mikamuga. amilah liyaa sty eh tha mi? i love this story. avahah up kolaa dehvumah edhen. i can’t wait.
Haadha alhey apvaaleh thankolheh avas kohbala v nice
anjal haadha lahun sty up thi kuranii sty kiyaa hithun hureveny keenoon. plx darling up it soon. i really this beautiful story.
darling plx plx plx up it soon
Kivetha ehaa lahun up kuranii stry ehaa kiyaa hihvefa hunnani mi baii bes vrh vrh reethi so next time up it sooon darlin ?
vaahaka vrh reeethi… ikamu upload kuraaleh vrh las. Hope next part avahah upload kohdhyne kamah..
When is next part
Haadha lahey nikan avas kohbala