އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 31
” ދެން ކިހިނެއް ހަދާނީ, ނަޢުހާ އެވަނީ މިހާރު އޭނާގެ ކޮޅު ވަރުގަދަ ކޮއްފާ, އެއްވެސް މީހަކު އަހަރެމެން ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ, އެކަމް ބުނަން, އެކަމާ ނުވިސްނާ, އެކަހަލަ މީހުންގެ ހަގީގަތް ފަޅާއަރާކަށް މާގިނަ ދުވަހެއް ނުނަގާނެ, އަހަރެން ވަރަށް މަސައްކަތް ކުރާނަން, ފަޒީލް ދެރަނުވޭ, އަހަރެންގެ ފަރާތުން ހުރިހާ އެހީއެއް ދޭނަން” ސާރާ މިހެންބުނެ ފޯނު ކަނޑާލިއެވެ. އަދި ﷲ ގެ ހަޟްރަތުން ދުޢާ ދެންނެވުނީ ފަޒީލްއަށް ކެތްތެރިކަން ދެއްވުން އެދިއެވެ.
އެރޭ ސާރާ ނިދަން އުޅެ އުޅެ ނުނިދުނެވެ. ފަޒީލްގެ ބޮލުގަ އެފަދަ ތުހުމަތެއް އެޅުނީތީ އެކަމާ ވިސްނެނީއެވެ. ނަޢުހާގެ ހަގީގަތް ހާމަ ކުރާނެ ގޮތަކާ ދޭތެރޭ ވިސްނެނީއެވެ. އަރުޝްއަށް ވިސްނައިދޭން ހަނދާނެ ގޮތެއް ނޭނގެނީއެވެ. އެއްކޮޅުގައި އަރުޝް އާއިލާ ކަމަށް ދެކޭ ޝާނިމްއެެވެ. ޝާނިމް ނަޢުހާދެކެ ވާ ކަނު ލޯބީގެ ސަަބަބުން ނަޢުހާއަށް މާ ބޮޑަށް އިތުބާރުކުރެވެ.
އެހެންކަމުން ޝާނިމްހުރީ މީހަކު ދައްކާ ވާހަކަ ގަބޫލް ކުރާ ގޮތަކަށް ނޫނެވެ. އެކަންތަކާ ވިސްނާ ސާރާ ބޮލުގައި ރިހެންފެށިއެވެ.ސާރާގެ ހިތް އެކި ވަސްވާސްތަކުން ފުރޭވަރުވިއެވެ. ބޮލުގައި ހިފާ ދެފަރާތަށް ބޯ ހޫރުވާލީ ހިތަށް އަރަމުންދާ އެއްޗެހި ގިނަކަމުންނެވެ. ކުއްނުކުރާ މީހަކަށް ކުއްކުރި ކަމުގެ ލޭބަލް ދިނުމަކީ އިންސާފެއް ނޫންކަން ސާރާގެ ހިތް ސާރާއަށް ވިސްނައިދިނެވެ. ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ފަޒީލް އެ އަނދަވަޅުން ސަލާމަތްކުރަން ސާރާ އަޒުމްކަނޑައެޅިއެވެ.
މުޅި ކޮޓަރި ތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ހަމަ އެކަނި އިވެމުންދަނީ ފަޒީލް ލަމުންދާ މައި ނޭވާގެ އަޑޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާގިނައިން ރުއިމުގެ ސަބަބުން ނޭވާލުމަށް ފަޒީލްއަށް ދަނީ އުނދަގޫ ވަމުންނެވެ. އެހެންކަމުން ނޭވާ ހަމައަކަށް އެޅުމަށް ފަޒީލް ދިޔައީ މަސައްކަތް ކުުރަމުންނެވެ. އިރުކޮޅަކާ ފުންކޮށް ނޭވާ އެތެރެއަަށް ދަމާލައެވެ.
ނަޢުހާގެ ބަހަށް ދެވުނު މޮޔަ ފަޒީލް މިހާރު ހިތަށް އަރައެވެ. އެހެންނަމަވެސް މިހާރުވަނީ ވަގުތު ފާއިތުވެފައެވެ. ވިސްނާނުލާ ކުރެވުނު ކަމަކުން މިވަނީ ވަރުގަދަ ކުށެއްގަ ފަޒީލް ހައްޔަރުވެފައެވެ. ރަށު ތެރެއަށް އެހަބަރު ފެތުރިދާނެތީ ފަޒީލް ބިރުގަންނަން ފެށީ ވަކި ވަރަކަށް ނޫނެެވެ. އެހެންކަމަށް ވާނަމަ އޭނައަށް އެރަށުގައި ނުހުރެވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ހަގީގަތް ބަލާނުލާ ކޮންމެ މީހަކުވެސް ގަބޫލް ކުރާނެކަން ފަޒީލްއަށް އެނގެއެވެ.
ކޮޓަރީގެ ކަނަށް ވަދެ ފަޒީލް ކަކުލުގައި ބޯ އަޅައިގެން އިނީ އަދިވެސް އެކަމާ ވިސްނާށެވެ. މިހާރު އެގޮތަށް އިންނަތާ ދެތިން ގަޑިއިރު ވެދާނެއެެވެ. މިހިނގާ ދިޔަ ކަންތަކުގެ ސަބަބުން ކުރިޔަށް އެންމެ ފިޔަވަޅެއް އަޅާލާނެހާ ހިތްވަރުވެސް ފަޒީލްގެ ނެތެެވެ. މުޅި ދިރިއުޅުން ހަލާކުކޮށް ފަޞީހަތް ކުރި މީހަކަށް މާފް ނުދޭނަމޭ ފަޒީލްގެ ހިތުގަވެއެވެ. ފިރިހެނެއް ކަމަކު ފަޒީލްގެ ލޮލުން ފައިބަމުންދާ ކޮންމެ ކަރުނަތިއްކަކީ ފަޒީލްއަށް ކޮއްފައިވާ ފުން އަސަރުން ފައިބާ ކަރުނައެވެ.
ކުއްލިއަކަަށް މަަަންމަ މަތިން ހަނދާންވެ އެ މަންމަގެ އުނގުގައި ބޯ އަޅާލުމަށް ފަޒީލް ހިތް އެދެންފެށިއެވެ. މަންމަގެ ހިތްވަރުގަދަ ބަސްތަކަށް އެދެވެންފެށިއެވެ. އެ ފިރުމާލާ ލޯބި ފިރުމުންތަކަށް އަދި އެއްފަހަރު ވިޔަސް ބޭނުން ވަމުން ދިޔައެވެ. އެހެންކަމުން ވަރަށް ހިތްވަރު ކޮއްލާފައި ގަދަކަމުން ކަހަލަ ގޮތަކަށް ފިޔަވަޅު އަޅަމުން ގޮސް އެނދުމަތީ އޮތް ފޯނު ނެގިއެވެ.
ވަރަށް ހިތްވަރާއެކު ގުޅާލިއެވެ. އެހެންނަމަވެސް ފޯނު ނުނެގުމުން މާޔޫސްކަމާއެކު ފޯނު ބޭއްވިއެވެ. ގަޑިން ވީ ވަރު ފެނުމާއެކު ފަޒީލް ދެލޯ ބޮޑުވިއެވެ. މިހާރު ގަޑިން މެންދަމު 2 ޖަހަނީއެވެ. އެހާ އިރު ހަމަ އެގޮތަށް އިނދެވުނީބާއޭ ފަޒީލް ހިތަށް އެރިއެވެ. ވަގުތު ދިޔަގޮތް ވެސް ފަޒީލްއަށް އިހްސާސްވެސް ނުވިއެވެ. އެހެންކަމުން ދުޅަވެފައިވާ މޫނު ދޮވެލުމަށް ފާހާނާއަށް ވަދެ ލޯގަނޑު ކުރިމަތީ މަޑުކޮއްލިއެވެ.
ލޯގަނޑުން އަމިއްލަ މީހާގެ މޫނު ފެނުމާއެކު ފަޒީލްއަށް އެއް ފިޔަވަޅު ފަހަތަށް އެޅުނެވެ. ގަބޫލް ނުކުރެވިފައި އަނެއްކާވެސް ބަލައިލިއެވެ. މޫނު ރަތްވެ، މުޅި މޫނުވަނީ ދުޅަވެފައެވެ. އަމިއްލަ މީހާ ހުރި ހާލް ބަލަން ކެތް ނުވުމުން ލޯގަނޑަށް ފެންޖަހާ ފުސް ކޮއްލިއެވެ. އަދި މޫނު ދޮވެލަައިގެން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ.
އިސާހިތަކު އަނެއްކާވެސް ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެހެންކަމުން މޫނު ވަތަށް ޖަހައިގެން އޮތީއެވެ. އިރުކޮޅެނުވެ ފޯނު ރިންގްވާން ފެށުމާއެކު ކައިރީގައި އޮތް ފޯނަށް ފޫހިގޮތަކަށް ބަލާލިއެެވެ. ފޯނަށް އަރާފައިވާ ނަން ފެނުމާއެކު ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. މީހާ ހާސްވެ އަތް ތުރުތުރު އަޅަންފެށިއެވެ.
” ހަ… ހަ.. ހަ ލޯ” ތުރުތުރު އަޅަމުންދާ އަޑަކުން ފަޒީލްއަށް ބުނެވުނެެވެ.
” ދަރިފުޅާ, ހާދަ ދަންގަޑިއެއްގަ، އަނެއްކާ ހާލް ރަނގަޅުތަ؟ ފަޢުޒިއްޔާ ގެ ސުވާލުން ފަޒީލްގެ ދުލުގައި ތަޅުއެޅުވުނު ކަހަލައެވެ. ބުނާނެ އެއްޗެއް ސިކުނޑިއަކަށް ނުވެސް އައެވެ.
” މަންމާ, މަންމަގެ މި ދަރިފުޅު މިވަނީ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައި, ވަރަށް ބޮޑު ތުހުމަތެއް އަޅުވާފަަ, މަންމަ ބޭނުންވި ކަހަލަ ދަރިއަކަށް ނުވި, މަންމާ އަހަރެން ސަލާމަތް ކޮއްދީ” މި ހުރިހާ އާދޭހެއްވީ ފަޒީލްގެ ހިތުގައެެވެ. އަކުރުގައި ފިލި ޖަހާލާފަ އެއްބަހެއްވެސް ބުނުމުގެ ހިތްވަރު ނެތި ލޮލުން ކަރުނަ އަންނަން ފެށިއެވެ.
ފައުޒިއްޔާގެ ހިތް ނުބައި ގޮތަކަށް ތެޅިލީ ފަޒީލް ރަނގަޅެއް ނޫނޭ ހިތް ބުނުމުންނެެވެ. ރަނގަޅު ނަމަ މިގަޑީގައި ނުގުޅާނޭ ހިތް ބުނީމައެވެ. އެެހެންކަމުން ދެތިން ފަހަރަށް އަވަސް އަވަހަށް ފަޒީލްއަށް ގޮވާލިއެވެ.އެހެންނަމަވެސް ފަޒީލްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވިއެވެ. ފައުޒިއްޔާ މަޑުކޮއްލީ ފަޒީލް އިސްވެ އެއްޗެކޭ ބުނާތޯއެވެ. އިރުކޮޅެއްނުވެ އިވެންފެށީ ފަޒީލްގެ ގިސްލުމުގެ އަޑެވެ. އިސާހިތަކު ފައުޒިއްޔާގެ ލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ.
” ދަރިފުޅާ ފަޒީލް, ކިހިނެއްތަވީ, މަންމަ ކައިރިއަކު ނުބުނާނަންތަ, ދަރިފުޅަށް ބުނެދެވޭ ވަރުގެ ކަމެއްވިއްޔާ މަންމަ ކައިރިވެސް ބުނޭ, މަންމައަށް ޔަގީންވާ ކަމަކީ ދަރިފުޅު ގޯސް ކަމެއް ނުކުރާނެކަން, މަަންމަ ދަރިފުޅަށް އިތުބާރުކުރަން” ފައުޒިއްޔާ ލޮލުން ފޭބި ކަރުނަތަށް ފުހެލަމުން ބުންޏެވެ. ފަޒީލް ރޮއެ އަޑު އިވުމުން ފައުޒިއްޔާ އަށް ހީވީ ފައުޒިއްޔާގެ ހިތް ކަތިލިހެންނެެވެ.އެހެންނަމަވެސް ކެތްތެރިވެ, ސަބަބު ހޯދުމަށްވުރެ ފައުޒިއްޔާ ދެން އިސްކުރީ ފަޒީލްއަށް ވިސްނައިދެވޭތޯއެވެ. އަދި ހަމައަކަށް އެޅުމަށް ހިތްވަރު ދެވޭތޯއެވެ.
ފައުޒިއްޔާގެ ކޮންމެ ވާހަކައެއް ފަޒީލް އަޑުއަހަމުން ދިޔައީ ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެެވެ. އެހެންކަމުން ފައުޒިއްޔާ ވަރަށް ވިސްނުންތެރިކަމާއެކު ވާހަކަ ދެއްކިއެެވެ.
“ދަރިފުޅާ, ކޮންމެ ކަމެއް ދިމާވިޔަސް ހިތްވަރު ކުރަންވާނެ, ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަންވާނެ, މަަންމައަށް އެނގޭ ދަރިފުޅަށް ބުނަން ނުކެރިގެންކަން ތިއުޅެނީ, މަންމަ ނާހާނަން ކިހިނެއްތޯވީ, އެކަމް މަަންމަ ބުނަން ބޭނުންވަަނީ, މަންމަގެ ތި ފަޒީލްއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކޭ, ކޮންމެ ކަމަކާވެސް ކުރިމަތިލާނެ ހިތްވަރު ހުރި ކުއްޖެކޭ, މަަންމަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ, ދެން ބަސްއަހައިގެން ނިދާލާ އިނގޭ, މަންމަ މާދަން ގުޅާނަން” މިހެންބުނެ ފައުޒިއްޔާ ފޯނު ކަނޑާލީ އިތުރަށް ރޮވިދާނެތީއެެވެ.
ފައުޒިއްޔާ ފޯނު ކަނޑާލުމުންވެސް ފަޒީލް އެ އިން ގޮތަށް ފޯނު ކަންފަތުގައި ޖަހައިގެން އިނެެވެ.
“އަހަރެންވެސް މަންމަދެކެ ވަރަށް ލޯބިވޭ” ފަޒީލް މިހެންބުނެ އެނދުމައްޗަށް އަރައި ބާލީހުގައި ބޯ އަޅާލާ ދެެލޯ މަރާލީ ނިދާލުމަށެވެ.
އާ ދުވަހަކަށް އިރުއެރީ އެކި މީހުންގެ ހުވަފެނުގައި އެކި ކުލަ ޖައްސަމުންނެވެ. އެއްބަޔަކަށް އެއީ އުފާވެރި ކުލައަކަށް ވީއިރު އަނެއްބަޔަކަށް ހިތާމައާއި މާޔޫސްކަމަށް އެ ކުލަތަށް ވިއެެވެ. ލިބުނު ކާމިޔާބީ ފާހަގަކުރަމުންދާ އެކަކީ ނަޢުހާއެވެ. ކުރެވުނު ކަންތަކަށް ދެރަވުމުގެ ބަދަލުގައި ދިޔައީ އުފާކުރަމުންނެެވެ.
“އާހް, ހާދަ ތަދެކޭ މިވަނީ, މިހުރިހާ ކަމެއް ކޮއްގެންވެސް އެ ފަޒީލް ބެދިއްޖެތާ, އެވަރު ރަނގަޅު, ނަސީބެއް ކޯލްވެސް އަވަހަށް ފުހެލެވުނުކަން, ދެން އެ ފަޒީލްއަށް އެއްވެސް ހިތްވަރެއް ނުލިބޭނެ, އަހަރެންނޭ ކިޔައިގެން ކިޔާކަށް, އަދި ޝާމިން އުޅެފިޔެއްނު ފުލުހުން ގެންނަން, އަހަރެން އެހާ ޅައެއްޗެއް ނާޅާނެއެއްނު, ކޮބާބާ އެ ޝާމިން, އަންނަ ވާހަކަ ބުނި, އަވަހަށް ރެޑީވާންވީ, އަދި ކުރިޔަށް އޮތީ, ހެހެހެ, ” ނައުހާ ހަލާކުވެފަ އިންތަނުގައި ބޭސް އަޅަމުން ކިޔަމުންދިޔައެވެ.
ކުއްލިއަކަށް ނަޢުހާއަށް ގޮވަމުން ޝާމިން އަންނަ އަޑު އިވުނެވެ. އެހެންކަމުން އަވަހަށް ނަޢުހާގެ މޫނުގެ ކުލަވަރު ބަދަލުކޮއްލިއެެވެ. އަދި ވަގުތުން އަނގައިން މަޑު ގިސްލުމުގެ އަޑު އިއްވަމުން ދިޔައެވެ.
” ނަޢު” ޝާމިން އައިސް އެނދުމަތީގައި ބޭސްއަޅަން އިން ނަޢުހާއަށް ގޮވާލިއެވެ. ނަޢުހާ ލޮލުން ކަރުނަ ފުހެލާކަމަށް ހަދަމުން ކައިރީގަ އޮތް ތުވާލުން މޫނު ފުހެލިއެވެ.
” ނަޢު, ދެން ނުރޮއެ, ނަޢު ބުނެގެންދޯ އަހަރެން ފުލުހަށް ނުގުޅީ, އެކަހަލަ މީހުންނަށް އަދަބު ލިބެންޖެހޭނެ, އެކަމް ނަޢު އާދޭސްކުރީމަ އަހަރެން އޭނަ ދޫކޮއްލީ, މަންމަމެންނަށް އެނގޭތަ” ޝާމިން ނަޢުހާ ގެނެސް އޭނަގެ މޭގައި ލައްކޮއްލަމުން އަހާލިއެެވެ.
” ނޫން, ނުބުނަން, ކިހިނެއް ބުނާނީ, ބުނެފިއްޔާ މަންމަމެން ޑޮކްޓަރަށް ނުދެއްކެނިސް އަންނާނެ, ހާދަ ވަރަކަށް ކިޔައިގެން ނޭ ފޮނުވީ, އަނެއްކާ މަަންމައަށް އަހަރެން ދައްކާނީ ކޮން މޫނެއް, އަހަރެންގެ ކޮން ކުށެއް އޮވެގެން ފަޒީލް އެގޮތަށް ކަންތަށް ކުރީ, ރޭގަ ނުވެސް ނިދޭ, ދެލޯ މަރާލާއިރަށް އެ މަންޒަރު ސިފަވަނީ” ނަޢުހާ އިތުރަށް ބޮނޑިވެލަމުން ބުންޏެވެ. ނަޢުހާގެ ކޮންމެ ވާހަކައެއް ޝާމިން ދިޔައީ ގަބޫލްކުރަމުންމެވެ.
އެެންމެ ފަހަރަކު ވިސްނާލިނަމަވެސް ފަޒީލްއަކީ ކުއްވެރިއެއް ނޫންކަން އެނގޭނެއެެވެ. އެހެންނަމަވެސް ޝާމިންވަނީ އިތުރަށް ވިސްނާވަރަށއ ވުރެ ނަޢުހާގެ ކެހިވެރިކަމުގެ ދަލުގައި ރަނގަޅަށް ޖެހިފައެވެ.
ކައްކަން ހުރި ލަތީފާއަށް ފަހަތަށް ބަލައިލެވުނީ މީހަކު ގެއަށް ވަތް އަޑު އިވިގެންނެެވެ. ބަލާލިއިރު އަރީޝާ ވަދެގެން އަންނަނީއެެވެ. އަރީޝާގެ ފަހަތުން ކާރު ޑްރައިވަރުވެސް ވަދެގެން އައީ ދަބަސަތަށް ހިފައިގެންނެވެ. އަރީޝާ އައި ގޮތަށް އައިސް ސޯފާގަ އިށީނދެ ކުރިމަތީއިން ކުޑަ މޭޒު މައްޗަށް ދެ ފައި ލައިގެން ހަމަޖެހިލިއެވެ. ލަތީފާ އައިސް އަރީޝާއަތަށް ޖޫސްތައްޓެއް ދިއްކޮއްލުމުން ޖޫސްތަށިން އެތި ފޮދެއް ބޯލިއެވެ. އަދި ކަމަކަށް ގެއްލިފަހެން އިރުކޮޅަކު އިނެެވެ.
ލަތީފާގެ ފިޔަވަޅުތަކަށއ ހުއްޓުމެއް އައީ އަރީޝާ ކުރި ސުވާލުންނެވެ. ” އަދިވެސް އަރުޝް ނާދޭތަ, ކިހާ ދުވަހެއް ވާނެ, ލަތީފާ ކައިރީން ބުނިންދޯ އަރުޝް ގެންނާށޭ, ކީއްވެތަ ބުނާގޮތް ނުހަދަނީ” އަރީޝާގެ އަޑުގައި ހިސާބަކަށް ހިތްހަމަ ނުޖެހުން ހުއްޓެވެ.
” މި މި. އަރޫ ބުނީި މި ހަފްތާގައި އަންނަ ވާހަކަ” ލަތީފާގެ އަޑުގައި ތުރުތުރުލުމެއް ހުރީ އަރީޝަދެކެ ގަންނަ ބިރަކުންނެވެ. ލަތީފާގެ ޖުމްލައިން އަރީޝާގެ މޫނުމަތިން ހިނިތުންވުން ފެނުނެވެ.
“އަސްލުވެސް, ތީ ހާދަ އުފާވެރި ހަބަރެކޭ، އަވަހަށް ތައްޔާރު ކުރަންވީދޯ” އަރީޝާ މިހެންބުނެ ގޮސް ކޮޓަރިއަށް ވަނެވެ. ލަތީފާ ހުރީ އަރީޝާގެ މި އަމަލުން މިވަނީ ކީއްކަން ނޭނގިފައެެވެ. އެހާވަރުން އަރުޝް ގެންނަން އެ އުޅެނީ ކީއްކުރަންބާއޭ ލަތީފާ ހިތަށް އަރަމުންދިޔައެވެ. މީގެ ކުރިން އަރުޝް ދުނިޔޭގަ ހުރިތޯ ނުބަލާ މީހަކު ކުއްލިއަކަށް އަރުޝް ގެންނަން އެ އުޅޭ ސަބަބު ހޯދަން ބޭނުންވިއެެވެ
ރިންގްވަމުންދިޔަ ފޯނު ހަނީފާ ނެގުމާއެކު އަރީޝާދިން އުފާވެރި ހަބަރުން ހަނީފާ އުފަލުން ގޮތެއްނެތެވެ. އަދި އެކަމާ ވާހަކަ ދައްކަން އެބަ ގުޅަން ކަމަށް ފޯނު ކަނޑާލިއެވެ. ހަނީފާ އުފަލުން ކިޔާފަ ނުކިޔާނެ އެއްޗެއް ނޭނގުނެވެ. އަމިއްލަ ދަރި އުޅޭނެ އުފާވެރި ދިރިއުޅުން ސިފަވާން ފެށިއެވެ. ގޭގެ ރާނީ ފަދައިން ގޭގެ ވެރިއެއްގެ ގޮތުގައި އުޅޭ މަންޒަރު ސިފަވާން ފެށިއެވެ.
ނުނިމޭ
61 Comments
Comments are closed.
???? Nice
Wow… vvvvvvv nice… wn is next part…
Next part vx v varakn avahah up kohdehchey igey dear….
Hii all readers, here 31,uhmeedhu kuran kamudhaane kamah
Thanks dear riha?❤??
Yess gud. Insha Allah dhen laheh nukuraanan, gavaaidhun kohdheynam?❤?❤?
Gavaaidhu handhaan nethijje
Bunedhyfiyya varah ragalhu
V rythi mi partvx ❤❤❤
????Interesting
Kon dhuvas thakeh ga mi vaahaka up vanee?
Kon kamakah oii gavaaidhehge vaahaka afy thibunelee, bunedhineema engeynee javaabu dheyn
Alhe thy gamaarettha????
Gavaaidhun up kuraanamey bunyma up kurumuge gavaaidhuge vaahaka dhw ahaany. Magumathyge traffic gavaaidheh naahaane dho
Shana aa dhimaa ah gamaareyy nugovahcheyy thee gamaarakee not Shana. ?Gavaaidheyy bunayas ehen nengeyne dho
Mi vaahakai ge konme part eh vx kiyanee varah kiyaa hithun varah reethi mi part vx masha Allah
And liyuntheriyaa Gamaareh noon ?
Kithamme baarulaafa bunyas shaana gavaaidhuge vaahaka dhehkyma ehen myhaku eyaa viddhaafa eyah reply ga gavaaidhey bunyma shaana ah evaru neygun ei kithahme haaves ladhu kameh. Anehhen gamaarekey bunyas dhogehvaa noon. Furathama kamakah mivaahaka kithahme reecchas kiyuntheringe coment thakah ves javaabu Shaana dheny ehaa galhikoh. Gaimu reethi dho komme comment egge reply ga eyge reply dhinyma. Ehen fresh koh fataas barieh hen liyumah vure. Ma konme dhuvahaku ehenves hithah araa. Meehaku gamaarah govyma mivaahaka thah bunelaa hiyvy. Hageegathuga rythi vaahaka eh liyaa kuhjaku mihaa galhivegen ves nuvaane. Vaki varakah nooniyya galhi gamaaru kan mi fennany. Hehhe
Bodah mi balany 2 dhuvas dhookohfa dhen up kurevey thw,up kohfa anehkaaves dhedhuvas dhookohfa up kuraa gothah othy, eyah vure laheh nuvaane, faharehga avas vess vedhaane, ekm laheh nuvaane
Kohme ehcheh bunyas okey. Ekm meehun naa dhimaalah kiyan vaane ehchihsaa nukiyanvaane ehchehi hun naane, ??meehaku suvaaleh kohgen thigothah javaabu dhenyaa thigothah comment nukurun edhen. Ehbayaku aneh bayaku respect kuran jeheyne. Shana in naane kurine vess bunefa up kuraa goii, comment nukiyaathy thi suvaalu kuran thi jehuny,
And shana ge story kamunudhanyaa ehvess varakah bey adhabee Bas beynun nukurun edhen, reethi gothuga kamunudhaa vaahaka bunelaafa ninmaalun edhen, aslu shana v dheravehje, shana kuri suvaalah efadha gothakah javaabu aima ehvess reader ehge faraathun balaiganeveyne kameh nun dear.
Gamaariyya gamaarey bunumakun koba massala aky. Vaahaka up kurumuge gavaaidhu olhifa onnathaa ethah dhuvahakun vaahakaige gavaaidhey liyuntheriyaa bunyma liyuntheriyaa ebuni bahah ishaaraai koh kiyuntheriyaku kuri suvaalah liyuntheriyaa dhin javaabun komme myhegge sikudi ah ves gamaaru noon baheh annaane hen hynuvey. Ehen noonas ei beyadhaby baheh noon
Thank you so much vaahaka kamudhiaima dear yaal. Keep waiting ❤❤❤❤??
Alhaanulaa dear fan. Asluvess shana ah neyguny
kon gavaaidhehge vaahaka kameh e buny. Buy fan keep waiting ingey next partah ❤❤❤❤??
???Kobaatha Arush mihaaru??? I miss him so much.
Heheh, arush dhw. Keep waiting dear❤?❤
Mashah ves varah galhi shaana comment thakah reply kuraa vattharu. Aslu comments ah reply kureven onna iru fresh comment eh hen shaana reply dheythy aslu varah hini aadhey
Evedhaane mivaahaka ah libey comments gina kamah dhakkuvan kuraa kamakavves. Hihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihihi
Thi kudhin bunedheebala dhen comment kuran v gotheh, thikudhin buni eh kameh ragalhu kohfin, avahah up kurun, me alah kuraa kamakah vaathy hadhan v goii reethikoh bunedhy, eyrun ekanvess insha Allah ragalhu kuraanan, v bodah maafah edhen mi vee kanthakah,
Komme comment egge thiryga left side in fennaane reply ey liyefa inna than
Shana.this story is bootiful❤❤..when next part
Husen sry for that. Hama reethikoh liyefa fonuvany, but msg gohsa inna iru in nany imojis thah change vefa. Ehnve egothah in nany. V ulhefin amihla ah faahaga veema ekan ragalhu kuran, but hama egothah in nany, adhivess try kuraanan ingey, v ufaavehje faahaga kohleema
Thanks rai, insha Allah tonight up kuraanan, mihaaru liyamun midhany. Keep waiting ingey dear
Meehunaa dhimaa ah gamaarah govumakee varah D grade kameh. Mee mi story ah kuraa first comment. Gamaarah govaafa othee ma hama bunelee
And Shana akee varah molhu vaahaka liyuntherieh konme meehaku konme ehchekeyy kiyas don’t stop story writing.
Thank you so much dear beauty queen. Shana ah thihaa bodu ithubaarakaa eku buneleema
Vaahaka kiyaafa faadu kiyaairu ufehdhuntheri faadukiyun eyee emme rangalhu goiy. Hurihaa liyuntherinnaky emme molhah liyeveyne baeh ves noon. Liyamun liyamun gos kuri erun libeynyves. Ehenveema ehaa rude koh comment kurumuge kurin visnaalan vaane dhw e liyuntheriyaa ves eynaage agu huri vaguthu beynun kohgenkan vaahaka liye up kuraany.
Varah bodu thedheh thibuny, bunaa dhuvahah up kurevey thw shana dutyga indhegen vess story liyan, geyga shana ah v time nulibey, engey shana ge story ehme perfect nuvaanekan, ekm vess varah try kuran readers beynun vaa fenvaruge story eh genesdhevey thw, baeh faharu story huhtaalan vess hitha araa, shana bunin story ah comment kohlaashey, ehn kanthah vess faahaga kohlaairu reethi koh ahaalaafa hurihyaa varah ufaavaane, shana ah fenna ehme avahakah reply dhen kohme comment akah vess, ehvess myhaku ehme perfect meeheh nun, kohme meehakah vess engey meehaa bunedhineema ragalhu kurevey thw masahkai kuraane
Alheyyy guys?..shana will be so sad ehnu ekahala bas beynun kuryma..?dhn komme gothakah comment kurias aee massala eh nooney ?…”friend” buneli fadhain ufeddhuntheri faadukiyun rangalhu?..ekm eyge maana eh noon aee writer aa dhimaalah ehchehi kiyumaky…ehennu??
****
Shana dear thi bunynu reply ah lyma faadehge emoji thakeh araa vhk?..misaalakah comment kohlyma fennane gray kulaiga “reply ” jahaafa in than ?..alhe ehfaharu try kohlaba..ISA adhi vaane?..MSA??vrh vrh rythi mi prt vx???
Next part ah keep waiting ingey dear. ❤❤???
Thank you so much dear beryl stone. V ufaavehje and I will try ingey❤❤❤❤
Finally galhi gamaarah dhasvejje
Thank you so much beast. And Meege kurine vess shana story eh liyunin, ekm comment kurevey gothakun ehvess readers eh ehchekey nubuney, ehnve neyguny, ekamahtakaa maafah edhen, but plx thikahala Bas beynun nukoh hiy hama nujehey kameh hurihyaa bunelaa
Konme kameh kuriyas faadu kiyaane meehun thibeyne adhi enmen ruhey gothakah ves vaahaka nuliyeveyne, hih hama nujehey meehun ves thibeyne adhi ufalaa eku vaahaka balaa ganna meehun ves thibeyne. And Shana ah bunelan othee negative cmnts ves annaane pstve cmnts ves annaane. Hurihaa vahtharehgge cmnts ves balaagannn dhaskuran vaane. Mi cmnt mi kuree hama Shana ah takai.
Thanx dear saaraa, anehkaa arushge saaraatha?hhehehehe. Anyways ufalaa eku thi comment balaigan nan ❤❤❤??
Hi Shana. I did read the story everyday even i didn’t comment this story. This story hama obinexx to the max…… when is next part.
Keep it up.
Samahaa thank you so much dear comment kohleema, insha Allah mirey up kuran fonuvaanan
Alhe kobaatha mithaaga massala aky. Hama gaimuves aharen v wait kuraa ahannah v rythi vaahaka eh miiiii. Adhi hiyheyo kamaa eku shana comments thakah dhey reply thakahves I simply love hama. Maa vefa faadu faaduge ecchehi kiyaa myhun dheke v fuuuhi vey. Don’t be sad love. Komme kamegga ves negative baives annaane. Abadhuves ebayaky thimaa ah kuriyah dheven anekkaaaves hulhigen dhaa aa harufatheh nuvatha dhoreh kamah balaigane hiyvaraa eku kuriyah dhaathi. Hagygathuga kaamiyaabaky e harufaiy thah giraakoh kuriyah dhaa myhaage haggeh. In sha allah you will get it ♥️♥️♥️
Thanx sheyou❤❤???varah bodu thedheh thy
????Miadhu adhi mi story kiyaalee ves mi story mi part aa hisaabah kiyaalaafa hithaheri mi vaahakaiga Shana adhabee bas beynun kurinama haadha furihama vees eyy.
Meehun kiyaa ehchihsah alhaanulaa. Pls upload next part soon
Mivaahaka noooniyya noannaane up kuran fonuvaathaa ethah irakun up vaa vaahaka eh
Hehehh. Shana bunin, ehbai faharu varah avahey, aneh bai faharu varah lahey, up v ma shaana balan, balaairu hurey baivaru story ehfaharaa up vefa, ehnve egothah bunelee, baeh faharu lasvegen hun naane admin aa vess suvaalu kohfa
Dear all readers. Furathama vess maafah edhen, shana bunin reyga upp kohdheynamey, but dhimaavi kamakaa hure up kurun lasvi kamah takaa maafah edhen, mirey kohme gotheh hadhaafa vess up kohdhey nan, inthizaaru kuraane kamah uhmeedhu kuran
Kn irakn next part kiyalan libeyny iru iru kolha mihaaru ves up vey thw ebr beley
???Alheyy can’t wait
Wow ❤❤❤❤❤ I love this story Shana sis ??? First story reply for you sis love you from the deepest heart ???
Thank you so much biggest fan. And thank you dear comment kohleema, also ❤u tooo, uhmeedhu kuran comment libeyne kamah
Thank you so much biggest fan. And thank you dear comment kohleema, also ❤u tooo, uhmeedhu kuran comment libeyne kamah
Alhe please thi comment thah kuraa goii now egunyma ves atleast thankolheh faruvaatheri kamaa eku kuran vaa gothah kobbba. Aslu ves maves varah bolah udhagoo vey reply kurun hunna gothun ???
Kudhin ney story up kuran fonuvaifin, mi part dhigu vaane kamah beleveny, keep waiting
Gavaaidhun anekkaa ves olhijje
Esfiya teamunves vejje ennu publish kuran
Hama shana ge vaahaka vyma
Vaki kuhjakah nun hurihaa kudhin nah bunelan, story kamu nudhanyaa plx nukiyaa, ehn nuny reethigothuga comment kurey,
Up kuraa dhuvaheh noalhey, upp kuran oii dhuvahu kameh dhimaavegen lasvaaney bunin, ehvess kuhjaku gadi bass beynun nukurey