ސްކޫލް ރަނގަބީލު ޖެހުމާއިއެކުހެން ސްކޫލް ގޯތިތެރޭ މަޑުކޮށްގެން ތިބި ހުރިހާ ކުދިންތައް ސްކޫލްގެ މައި ގޭޓުން އެތެރެއަށް ވަންނަން ފެށިއެވެ. މިއަދަކީ ދިރާސީ އައު އަހަރު ފެށޭ ދުވަސްކަމުން ކޮންމެ ކުއްޖެއްގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ބޮޑު ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު އަލުން އަނބުރާ ސްކޫލަށް އާދެވުމުން އެ ކުރެވެނީ ވަރަށްވެސް ތަފާތު އިޙުސާސްތަކެކެވެ. ހިތަށް ހަމަޖެހުން ގެނުވައިދޭނޭ އިޙުސާސްތަކެކެވެ. ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ އެކުވެރިންތަކާއިއެކީ ކްލާސްތަކަށް ވަންނަމުން ދިޔައެވެ. ޒާޔާވެސް އޭނާގެ އެންމެ ގާތް […]
ހައްޔާމްގެ މިޒާޖު އެންމެ ރަގަޅަށް އެނގޭ އެއްބަޔަކަށް ހަމަގައިމުވެސް އޭނަގެ އެކުވެރިންވާނެއެވެ. ހައްޔާމްގެ އުޅުން ހުންނަ ގޮތުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންވެ އެ އެކުވެރިންވެސް ހައްޔާމްއާ މެދު ކަންބޮޑުވެއެވެ. ” ހާތިބު އެރަށްތަށް އޮންނަނީ ކިހިނެއްތަ؟.. އަހަރެންވެސް އެރަށްތަށް އޮންނަގޮތް ބަލަން ވަރަށް ދާހިތްވޭ..” ރާބިލް ހަތީބު ކުރެން އަހާލިއެވެ. ” ގިނިހިޔާރަށް އަސްލު އެހެންފެންނަ އިރު ހީވަނީ ހުސްފަރުބަދަ ތަކެއް ހުންނަހެން ދޯ.. އެކަމަކު އޭ ވަށައިގެން ހުންނަ ފަރުބަދަ ތަކެއް ދެން […]
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ އަޑު ތިޔައިގެ ތެރެއިން ކޮންމެ ކިޔުންތެރިއަކުވެސް އަޑުއަހަމު ނޫންހެއްޔެވެ؟ އެއްބަޔަކަށް އެ އަޑިގަނޑުން ފަސޭހަކަމާއިއެކު އެރޭއިރު އަނެއްބަޔަކަށް އެ އަޑިގަނޑުން އަރައިގަނެވެނީ އެތައް މަސައްކަތްތަކެއް ކޮށްގެންނެވެ. ވޭނާއި ކެކުޅުން ތަޙައްމަލް ކޮށްފައެވެ. ހިތްފަޅައިގެން ދާވަރުގެ ހިތްދަތި ތަޖުރިބާތަކެއް ކުރުމަށްފަހުގައެވެ. މަކަރުވެރިންގެ ނުބައި ރޭވުންތަކުގައި މިދުނިޔެމަތިން އެތައް މައުސޫމު ބަޔަކު ބެދެމުން ދެއެއްނޫންހެއްޔެވެ؟ މިކަމުގެ ސަބަބުން އެމީހާގެ އަބުރު ކަތިލެވި އެމީހާގެ މައްޗަށް އެހެން މީހުން ކުރާ އިތުބާރު ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި […]
ދެބަފައިން ގިނިހިޔާ ރަށަށް ދާން އުދުއްސައިގަތުމުން ދެމައިން ތިބިތަނުން ތެދުވުނެވެ. އެމަންޒަރު ބަލަން އާޝޯޚުވެފައި އިން ސުމައްޔާ އޭނާގެ މަންމައާ ސުވާލުކުރަން ފެށިއެވެ. ” މަންމާ އަހަރެންގެވެސް އެހަކަލަ ރީތި ވަރައެއް ހުރޭތަ..” “އާނ! ދަރިފުޅާ އަހަރެމެން ނަސްލުގައި އެންމެންގެވެސް ވަރައެއް ހުންނާނެ.. އެކަމަކު އެކި މީހުނަށް ލިބިފައި ހުންނާނީ އެކިކަހަލަ ވަރަ.. ބައްޕަގެ އެހުރި ވަރައަކީ ދަރިފުޅުގެ ކާފަގެ ނަސްލުން ލިބިފައި ހުރި ވަރައެއް.. ދަރިފުޅަށް އަދި ފަހުން ހުރިހާ އެއްޗެއް އެނގޭނެ..” އާސިޔާ އޭނާގެ […]
“ކުޑާ…” ފިނި ފިނި އަޑެކެވެ. އޭނާއަށް އަލަށް ފެނުނު މި އަންހެން ކުއްޖާގެ އަޑު ނިޝާގެ އަޑާ އެހާ ވައްތަރުވީ ކީއްވެ ބާއެވެ. ސުވާލުތައް ފުނި ޖަހައިގެން ނަޔާނީ އަށް ބަލަން އޮތް ނިކްހާގެ ނަޒަރުން ނަޔާނީ އަށް ހާސްކަމެއް ލިބުނެވެ. __________________ ލޮލުން ބަދަލު ކުރެވެމުން ދިޔަ ފިނި ނަޒަރުން ދެކުދިންނަށް ވެސް އުނދަގޫވީ އެއް ވަރަކަށެވެ. ހިތުގެ ކަނަކުން ކޮށްޓަމުން ދިޔަ ސުވާލު ދުލު ކުރިއާ ހަމައަށް ގެންނާނެ ހިތްވަރެއް ނިކްހާއަކަށް ނުލިބުނެވެ. “މީ […]
ސުމައްޔާވެސް އޭނާގެ ދެތިން އެކުވެރިންނާއެކު ބޭރު ތެރޭގައި އުޅެމުންދިޔައެވެ. މައިންބަފައިން ގެއާ ދުރަށް ނުދަން ބުނެފައި އޮންނާތީ އޭނާގެ އެކުވެރިންނާ އެއްކޮށް ގެއާ އެންމެ ކައިރިން ފޭބެން އޮންނަ އަތިރިމަތީގެ ގަހެއްހެ ގޮފިގަނޑެއްގައި ވާހަކަ ދައްކާލަން ތިއްބެވެ. ” ސުމީ.. ބައްޕަމެން ނޫޅޭތަ ސުމީ މީހަކާ ކާވެނި ކުރުވަން.. އަހަރެން މިހެން މިބުނީ އަހަރެމެން ތެރެއިން ގިނަ ކުދިންނަށް ވިހި އަހަރު ވާތަނުން މައިން ބަފައިން ކޮންމެވެސް މީހެއް ހޯދާފައި ކައިވެނި ކުރުވާނެ.. އަހަރެމެންނާ އެކު އުޅުނު […]
ހެނދުނުގެ ދަންފަޅި ނިމި، މެންދުރުގެ ގަދަ ހޫނަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އޭރުވެސް މިލްޖާއު އޮތީ ގަދަ ނިދީގައެވެ. އޭނާގެ ސިކުނޑި އަދިވެސް އެދެނީ އަރާމް ކޮށްލާށެވެ. ބުރަކޮށް ވޭތުވެ ދިޔަ ދުވަސްތަކުގައި އުޅެވުމުން ނިދީގެ އިޙްސާސް އޭނާގެ ލޮލަށް އިންތިހާއަށް ދިޔައީ ލިބެމުންނެވެ. “މިލްޖާއު. ދަރިފުޅާ މިލްޖާއު.” މިލްޖާއުއަށް އޭނާގެ ދެލޯ ހުޅުވާލެވުނީ، އޭނާގެ މަންމަ މަދީހާގެ އަޑަށެވެ. “ދަރިފުޅާ. އަވަހަށް ތެދުވޭ! އާދޭ ކާން ތައްޔާރު ވެގެން.” މަދީހާ އެހެން ބުނުމުން މަޑުމަޑުން މިލްޖާއު […]
“ބޮނޑި!” ތާސް ނަގާ މޭޒުމައްޗަށް ޖެހުމަށްފަހު އަފްރާ ޖޯޝާއެކު ހަޅޭއްލަވައިގަތެވެ. އަރީންގެ އަތްބައި ބެލުމަށްފަހު އޭނާ އަތްބައި ހަމަކުރަން ހޯދި ދެތިން ތާސް ހިފަހައްޓައިގެން އިނުމުން އަރާޔާ ތުން ދަމާލިތަން ފެނިފައި ވަފާ ހީގަތެވެ. “ދޮންބެ ކޮބާ؟ އެ ނިކުތް ގޮތަށް އަދިވެސް ނާދޭ” ވަފާ އަރީންގެ ފަހަތުގައި އިން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. އެހެން ބުނިތާ ލަހެއްނުވެ ދޮރު ހުޅުވާލާފައި އަދުހަމް ވަނެވެ. އެއްފަރާތަށް ޖެހިލުމަށްފަހު އޭނާ ކޮށްލި އިޝާރާތަށް ތަބާވެ އެތެރެއަށް […]
“ތިކަހަލަ މީހަކު ދުނިޔޭގަވެސް ބަހައްޓާނެ ކަމެއް ނެތް..” ކުއްލިއަކަށް ޒޯރާ ހިފީ އެ އަންހެން މީހާގެ ކަރުގައެވެ. ______________________ ކޮޓަރި ދޮރު ހުޅުވާލާފައި ރޫބީއަށް ވެސް ވަދެވުނީ އެ ވަގުތުއެވެ. “ޒޯރާ…” ރޫބީގެ އަޑަށް ޒޯރާއަށް ސިހުމެއް ލިބުނު އިރު އެ އަންހެން މީހާގެ ކަރުން ދޫކޮށްލެވިއްޖެއެވެ. ބަލި ގޮތަކަށް ކެއްސަން ފެށި އެމީހާއާ ރޫބީ ކައިރި ވުމުން ޒޯރާ ނުކުތީ ބޭރަށެވެ. އޭނާ އަށް ލިބިފައި ހުރި ބައްޕަގެ ކޮންޓްރޯލް ނުކުރެވޭ ރުޅިގަނޑު ދެކެވާ ފޫހި […]