Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ނިދީތެރޭން

mohamed neer Level 210 Stories100 Stories
June 27, 2013 4 Mins Read
2 Comments

ސޯޅަވަނަބައި

ވިސާމަކީ ވެސް މުދިންބެ ކޮންމެވެސް ވަރަކަށް ދަންނަ މީހެކެވެ. ހަމައެހެންމެ ވިސާމް އުޅެނީ ރަށުންބޭރު ކުއްޖަކާއި
އިނދެގެން ކަމާއި އެއަންހެންކުއްޖާ ދިރިއުޅެމުންދަނީ މިރަށުގައިކަން މުދިންބެއަށް އެނގެއެވެ. އަދި އެއަންހެންކުއްޖާއަކީ މިރަށަށް އެންމެފަހުން ދިރިއުޅުން ބަދަލުކުރި އަންހެންކުއްޖާކަން ވެސް މުދިންބެއަށް އެނގެއެވެ.
އަސްރުނަމާދު ކޮށްގެން ޤުރުއާން ކިޔަވާން ބައިގަޑިއެއްހާއިރު މިސްކިތުގައި މަޑުކުރުމަށްފަހު މުދިންބެ މިސްކިތުން ފޭބިއިރު
މިސްކިތުގައި އެހެން މީހަކު ނެތެވެ.
މިސްކިތުން ފައިބާގެން ގޮސް ގަބުރުސްތާނުގައި ފަނަރަވަރަކަށް މިނިޓް ހޭދަކުރުމަށްފަހު މުދިންބެ އެތަނުން ނުކުތެވެ. އަދި
އަވަސް ހަރަކާތްތަކަކާއެކު ނެޓްބޯޅަ ކޯޓާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ވަގުތަކީ ހަވީރު ވަގުތު ކަމަށްވާތީ އެންމެ ބާރުބޮޑުވެފައިވަނީ ކުޅިވަރު މައިދާންތަކަށެވެ. ސިއްރުތަކުން ފުރިގެންވާ އޭނާގެ
ކިޔެވެއްޔާއެކު މުދިންބެ ދިޔަގޮތަށް ގޮސް މަޑުކުރީ ކުޅިވަރު އެކުވެނީގެ ބޭރުން ނެޓްބޯޅަކޯޓާ ދިމާގައެވެ. އޭރު އެތަނުގައި ހަރަކާތްތެރި ވަމުންދާ އަންހެންކުދިންގެ ތެރޭގައި ނީނާ ވެސް ހިމެނެއެވެ. ނެޓްބޯޅަ ކުޅުމާއިގެން މަޝްޣޫލްވެ ހުރި ނީނާ ބޭރަށް ބަލާލި ވަގުތު އޭނާއާ މުދިންބެގެ ހަތަރުކަޅި ހަމަވެ ނީނާއަށް އައި ބަދަލު މުދިންބެއަށް ފާހަގަ ކުރެވުނެވެ.
އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި މުދިންބެގެ މޫނު ފެނުމާއެކުހެން ނީނާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނީ
ލަދުން ކަމަށް ވެސް ވެދާނެއެވެ.
ނީނާގެ ޢަމަލުތަކަށް ބަލަހައްޓައިގެން މުދިންބެ ހުރި ނަމަވެސް އެހެންމީހަކަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ. ވަގުތަކަށް
ބަލަހައްޓައިގެން ހުރި ނީނާ ކުއްލިއަކަށް ކަހަލަގޮތަކަށް ދޭތެރެއަކުން ދެމިގަނެގެން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
މުދިންބެ ހުރީ އެވަރު ވިސްނައިގެން ކަމަށްވާތީ އެހެން މީހަކަށް ސައްކު ވެސް ނުވާނޭހެން ނީނާގެ ފަހަތުން އަޅުވާލިއެވެ.
ނީނާގެ ފަހަތުން މުދިންބެ ހިނގަމުންދިޔަ ނަމަވެސް ނީނާ ހިނގަމުންދިޔައީ ވަރަށް ހަލުވިކޮށް ކަމަށްވާތީ މުދިންބެއަށް އޭނާއާ ހަމަކުރެވޭގޮތެއް ނުވެއެވެ.
ނީނާގެ ފަހަތުން ހިނގަމުންދިޔަ މުދިންބެއަށް ނީނާއާ ހަމައަށް ނުދެވެނީ ނީނާ ގޮސް މުދިންބެގެ ލޯ ކުރިމަތިން ގެއްލިއްޖެ
އެވެ. އެހެނަސް ނީނާގެ ފަރާތުން މުދިންބެ ހޯދާން ބޭނުންވި ގިނަ ކަންތައްތަކެއް ސާފު ވުމުން އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ.
ވިސްނާލުމަށްޓަކައި އިރުކޮޅަކު މަޑުކުރުމަށްފަހު މުދިންބެ ދިޔައީ ގެއަށެވެ.
އިރުއޮއްސޭ ވަގުތު ގާތްވަމުންދާ ވަރަކަށް ރަށުތެރެއަށް ވެރިވަމުން ދިޔަ ހަމަހިމޭންކަން އިތުރުވަމުން ދިޔައެވެ. ހަމައެހެންމެ
ދުވާލުގެ އަލިކަން ފިލާ ރޭގަނޑުގެ އަނދިރިކަން ވެރިވާން ފެށިއެވެ.
އިއްޔެ ދިމާވި ކަންތަކުގެ ސަބަބުން މުޅިރަށް ނިދާ މަރުވެފައި ކަހަލަގޮތަކަށް ރޭ އޮތް ނަމަވެސް މިރޭ ތަފާތެވެ. ޒުވާން
ފުރައިގެ ކުދިންތައް އެމީހުންގެ އާދައިގެމަތިން ހޮޓާތަކުގައި ވަގުތުތައް ހޭދަކުރަމުން ދިޔައެވެ. ވަގުތުތައް ފާއިތުވަމުން ދިޔަގޮތެއް ވަގުތުގެ މުހިންމުކަމެއް އޭގެތެރޭން މަދު ޒުވާނަކަށް ނޫނީ ނޭނގެއެވެ. ކޮންމެ ރެއަކު އެގާރަ ބާރަ ޖަހާންދެން އެތަނުގައި ވަގުތު ހޭދަކުރާ ޒުވާނުން ވެސް އުޅެއެވެ. މިއީ މިއަދު ރާއްޖޭގެ ހާލޭ ބުނުމަކީ މުޅިން ދޮގަކަށް ވާނެހެނެއް ހިޔެއް ނުވެއެވެ.
މުދިންބެ ނިދާން އޮށޯތްއިރު އޭނާގެ އަންހެނުން ދިޔާނާ ކޮޓަރިތެރޭގައި އުޅެއެވެ. ދިޔާނާ އާއި މުދިންބެ އަކީ ވަރަށް
ބޮޑަށް ޚަރަދަށް ބަލައިގެން އުޅޭ ބަޔަކަށް ވާތީ އެހެން ރޭތައް ފަދައިން ފުޅިބައްތި ދިއްލައި ހޮޅިބުރި ނިވާލުމަށްފަހު ދިޔާނާ ވެސް ނިދާން އޮށޯތެވެ.
މުދިންބެގެ ދެމަފިރިން އެކޮޓަރީގައި ނިދާފައި ތިބިއިރު މުދިންބެގެ ތިންދަރިންގެ ތެރެއިން ދޮށީދަރިފުޅު އަހްމަދު އެގޭގެ
އެހެން ކޮޓަރިއެއްގައި ނިދާފައި އޮތެވެ. ހަމައެހެންމެ ދެން ތިބި ދެދަރިން ކަމުގައިވާ އިނާ އާއި ޒޭބީ އެހެން ކޮޓަރިއެއްގައި ނިދާފަ ތިއްބެވެ.
ރަށުތެރެއަށް ވެރިވެފައިވާ އަނދިރިކަމާ ހަމަހިމޭން ކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުން އަލިވެ އެކެއް
ޖެހިއިރު މުޅިރަށް އޮތީ ނިދާ ހަމަހިމޭން ވެފައެވެ.
ކޮޓަރީ މޭޒުމަތީ ހުރި ފުޅިބައްތީގެ ހުޅުކޮޅަށް ހަރަކާތް އައީ ކުއްލިއަކަށެވެ. އެހުޅުކޮޅު މަޑުމަޑުން މައްޗަށް އަރާން ފެށި
ނަމަވެސް އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. ހުޅުކޮޅުން ވަކިވެގެން ވަޔާދިޔަ ދުންކޮޅެއް ދިޔާނާގެ ނޭފަތަށް ވަނުމާ އެކު ހުޅުކޮޅު އަނެއްކާ ވެސް ހަމައަކަށް އެޅި ކުރިން ހުރިގޮތަށް ބަދަލު ވެއްޖެއެވެ.
މުދިންބެމެން ނިދާފައިތިބި ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވުނު ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މޭޒުމަތީ
ހުރި ފުޅިބައްތީގެ ހުޅުކޮޅުތެރޭން ފާޅުވި ދެލޮލަށްއައި ހަރަކާތާއެކުހެން ކޮޓަރީގެ ދޮރުލެއްޕި ތަޅު ލެވިއްޖެއެވެ. އެހެނަސް މުދިންބެގެ ދެމަފިރިން ފިޔަވާ އެހެން މީހަކު އެކޮޓަރިތެރޭ ނެތެވެ.
ސިއްސައިގެން ގޮސް މުދިންބެއަށް ހޭލެވުނީ ނޭވާ ހާސްވެގެން ނެވެ. އެއާއެކުހެން މުދިންބެއަށް ވަށައިގެން ހޯދާލެވުނީ
އޭނާއަށް އެހެން އެހަދަނީ ކާކުތޯ ބަލާލާން ވެގެންނެވެ. ކޮންމެވެސް މީހަކު އޭނާގެ ކަރުގައި ހިފާ ނޭވާ ހާސްކުރަމުންދާ ކަހަލަ އިހުސާސެއް ވަމުން ދިޔަނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން މުދިންބެގެ ހާސްވުމާއި ކަންބޮޑުވުން އިތުރު ވެގެން ދިޔައެވެ. އެހީއަކަށް އެދި ހަޅޭލަވައިގަންނާން މަސައްކަތް ކުރި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ހީވަނީ އަޑު ބެދިފައިވާ ހެންނެވެ. ސަލާމަތަށް އެދި މުދިންބެ ތެޅިފޮޅެމުން އެތައް މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް ދިޔާނާއަކަށް ތަނެއް ދޮރެއް ނޭނގެއެވެ. އޭރު ވެސް އޭނާ އޮތީ ގަދަ ނިދީގައެވެ.
ސަލާމަތަށް އެދި މަސައްކަތް ކުރަމުންދިޔަ މުދިންބެގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބި ބަލިކަން ފެންނާން
ފެށިއެވެ. އަނގައާއި ނޭފަތުން ލޭ އައިސް ހަރަކާތް ހުއްޓިއްޖެއެވެ. އެއާއެކުހެން ދެލޮލުން ފެން ވެސް އައިސް ފިއެވެ.
ބައްތީގެ ހުޅުކޮޅު މައްޗަށް ދެމިލުމާއެކު ދުންތައް ބުރައިގެން ދިޔައެވެ. އޭގެތެރޭން ބައެއް ދުމުގެ އަސަރު ދިޔާނާގެ ނޭފަތަށް
ވެސް ކުރިއެވެ.
ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާ ފަޅުކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ.
ހަތަރުގަޑި ސާޅީސްކަން ހާއިރެވެ. އެހެން ރޭތައް ފަދައިން މިރޭ ވެސް ހާސިދު މިސްކިތަށް ދިޔައީ ފަތިސްނަމާދު ވަގުތު
ވުމުގެ ފަސްވަރަކަށް މިނިޓް ކުރިންނެވެ. އެހެނަސް އެހެން ރޭތަކާއި ހިލާފަށް މިރޭ އޭނާ މިސްކިތަށް ދިޔައިރު މުދިންބެ ނެތުމުން އެކަން ފާހަގަކުރެވުނެވެ. އަބަދުވެސް ބަރާބަރު ގަޑިއަށް މިސްކިތަށް އަންނަ މުދިންބެ މިރޭ މިސްކިތުގައި ނެތުމުން ހާސިދު ކޮންމެ ވެސް ވަރަކަށް ހައިރާންވިއެވެ.
ފަތިސްނަމާދު ވަގުތު ޖެހުނު އިރުވެސް މުދިންބެ މިސްކިތަށް ނައުމުން ހާސިދު އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން ބަންގި
ގޮވިއެވެ. އެއާއެކުހެން މިސްކިތަށް ޖަމާވާ މީހުން ފަހަރަކަށް ވުރެ ފަހަރެއް ގިނަވަމުން ދިޔައެވެ. މިސްކިތަށް ދިޔަ މީހުންގެ ތެރޭން ގިނަބަޔެއްގެ ހިތުގައި ސުވާލު އުފެދެމުން ދިޔައީ މުދިންބެ މިސްކިތަށް ނައުމުންނެވެ.
އިރުއެރުމާއެކުހެން ފެންނާންފެށީ ރާއްޖެތެރޭގެ އަންހެންވެރިންގެ މުރާލިކަމާއި ހީވާގިކަމެވެ. އެންމެފުރަތަމަ ކަމެއްގެ ގޮތުން
ގޯތިތެރެއާއި މަގުތައް ކުނިކަހާ ސާފުކޮށްލިއެވެ. އަދި މަދަރުސާއަށްދާން ކުދިންނަށް ގޮވައި ހޭލެއްވުމަށްފަހު އެކުދިން ތައްޔާރުވާން ވާއިރަށް ސައި ތައްޔާރު ކުރުމާއިގެން އުޅެމުންދިޔައެވެ.
ދިޔާނާއަށް ހޭލެވުނުއިރު މުދިންބެ އޮތީ ނިދާފައެވެ. މުދިންބެއަކީ ބައެއް ރޭރޭ ފަތިސްނަމާދުން އައިސް ނިދާ މީހަކަށް ވާތީ
ދިޔާނާ އެކަމަކަށް އަޅައެއް ނުލައެވެ. ފެންވަރާ ތާޒާވެލައިގެން ބަދިގެއަށް ދިއުމުގެ ކުރިން މަދަރުސާއަށްދާ ދެކުދިންނަށް ގޮވައި ހޭލެއްވި އެވެ.
ހަގަޑި ފަންސާސް ވީއިރު މަދަރުސާކައިރިވަނީ މަދަރުސާ ކުދިންނާއި ބެލެނިވެރިންނުން ފުރި ބާރު ވެފައެވެ. ދަރިވަރުންތައް
މަދަރުސާއަށް ވަނުމުން ބެލެނިވެރިންތައް އެބައިމީހުންގެ ގެތަކާ ދިމާއަށް މިސްރާބު ޖެހިއެވެ.
ބަދިގޭގެ މަސައްކަތްތައް ނިންމާލާ ސައި ތައްޔާރުކޮށްފައި ދިޔާނާ ގޮސް ކޮޓަރިއަށް ވަތްއިރު ވެސް މުދިންބެ އޮތީ ނިދާފަ
އެވެ. އެހެންކަމުން ދެތިން ފަހަރަކު މުދިންބެއަށް ގޮވާލިއެވެ. މުދިންބެއަކީ އެހާ ނިދިގަދަ މީހަކަށް ނުވާއިރު ދިޔާނާ އެވަރަށް ގޮވުމުން ވެސް މުދިންބެގެ ޚަބަރެއްނުވުމުން ދިޔާނާ ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. އެހެންކަމުން އަވަސް އަވަހަށް މުދިންބެ ގާތަށް ދިޔައީ އޭނާގެ ގައިގަ އަތްޖައްސާލާ ކުޑަކޮށް ހަލުވާލާށެވެ.
މުދިންބެއަށް ގޮވުމަށްޓަކައި އޭނާގެގައިގަ އަތްޖައްސާލި ދިޔާނާ ދިޔައީ ސިއްސައިގެންނެވެ. މުދިންބެގެ ހަށިގަނޑެކޭ ހަރު
ހިލައެކޭ އެއްގޮތެވެ. އެކަމުގެ ސަބަބުން ދިޔާނާގެ ހައިރާންކަން އިތުރުވެ ހާސްކަން ވަށާލިއެވެ. ދެލޮލުން ފާއްދާލި ކަރުނައާ އެކުހެން އަވަސް އަވަހަށް ބަލާލެވުނީ ނޭވާލާ ތޯއެވެ. އަނގައާ ނޭފަތުން ލޭއައިސް މުދިންބެ އޮތީ މަރުވެފައިކަން އެނގުމާއެކުހެން ދިޔާނާގެ އަޑު ފަޅައިގެން ހިނގައްޖެއެވެ. އެހީއަކަށް އެދި ހަޅޭލަވައި ގަންނަމުން މުދިންބެގެގައި މައްޗަށް ވެއްޓި ގިސްލަ ގިސްލާފަ ރޯން ފެށުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. އެހެނަސް އެހީވާނެ އެކަކު ވެސް އެއަޑު އިވޭ ހިސާބުގައި ނެތެވެ.
ނުވަގަޑި ވިހިވެ އިންޓޯލްގަޑި ޖެހުމާއެކުހެން ކުދިންތައް މަދަރުސާއިން ނުކުމެ ގެތެކާ ދިމާއަށް މިސްރާބު ޖެހިއެވެ. އެއް
ވަގުތެއްގައި އެހުރިހާކުދިން މަދަރުސާއިން ނުކުތުމުން މުޅިހިސާބުން ފެންނަމުންދަނީ ހުދުކަމެވެ. ހީވަނީ އިރުވާހުދު ބައިގަނޑެއް ނުވަތަ ކިރުދޫނި ބައިގަނޑެއް ހެންނެވެ. އެހެނަސް ކިރުދޫނި ބައިގަނޑު ތަކުތެރޭން މާރަނގަ ފެންނަހެން ދަރިވަރުން ބަލާ އައިސް ތިބި ބައެއް ބެލެނިވެރިން ތަފާތުކުލައެއްގައި ފާހަގަވަމުން ދިޔައެވެ.
އަހުމަދާއި އިނާ އަދި ޒޭބީ މަދަރުސާއިން ނުކުތްއިރު، އެހެން ދުވަސް ދުވަހު އެކުދިންގެ އިންތިޒާރުގައި މަދަރުސާ
ކައިރީ ހުންނަ ދިޔާނާ ނެތުމުން ތިންކުދިން ވެސް ވަރަށް ހައިރާންވިއެވެ. އެހެނަސް އެކަމަކީ މާބޮޑުކަމެއް ކަމުގައި ނުދެކެ އަވަހަށް ގެއާދިމާއަށް މިސްރާބު ޖެހިއެވެ.
ތިންކުދިން އެކުގައި ކަހަލަގޮތަކަށް ގޮސް ގެއަށް ވަތްވަގުތު އިވިގެންދިޔަ ދިޔާނާގެ ރުއިމުގެ އަޑުގެ ސަބަބުން ތިން
ކުދިންނަށް ވެސް ލިބިގެންދިޔައީ ހައިރާންކަމެވެ. އެއާއެކު އެއްވެސް އިޚުތިޔާރަކާނުލާ ތިންކުދިންނަށް އެކޮޓަރިއާ ދިމާއަށް ދުއްވައި ގަނެވުނެވެ.
މުދިންބެގެ ގައިމަތީގަ ބޯއަޅައިގެން ރޯންއޮތް ދިޔާނާ ފެނުމާއެކުހެން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެކުދިންނަށް
ޔަގީންވިއެވެ. އަވަސް އަވަހަށް މުދިންބެއާ ގާތަށް ޖެހެލިވަގުތު މުދިންބެ އޮތްގޮތްފެނި މުދިންބެ އެއޮތީ މަރުވެފައިކަން އެކުދިންނަށް އެނގުނެވެ. އެއާއެކުހެން އިނާ އާއި ޒޭބީ ރޯން ފެށި ނަމަވެސް އަހްމަދު ކެތްތެރިވިއެވެ. އަދި މިހާރު އޭނާގެ މަޝްޣޫލިއްޔަތު އަދާ ކުރުމަށް އަވަސްވެ ގަތެވެ. ދެކޮއްކޮއިންނާއި މަންމައަށް ހިތްވަރާއި ނަސޭހަތްދީ އެމީހުން ހަމައަކަށް އަޅުވާން މަސައްކަތް ކުރަމުން ދެފަރާތުގެ ޢާއިލާ މީހުންނަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައިދިނެވެ.
އަހްމަދު ފޯނުކޮށް އެވާހަކަ ބުނުމާއެކުހެން ދެފަރާތު ޢާއިލާގެ އިސްމީހުންތައް ގެއަށް ޖަމާވާން ފެށިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ލީސާ

Next

އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟

Next
June 27, 2013

އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟

Previews
June 27, 2013

ލީސާ

2 Comments!

  1. Nau Nausha says:
    June 29, 2013 at 11:49 am

    ވާހަކަ ތައް ތަންކޮޅެ އަވަހައް އަޕް ކޮއްދޭން ވީނު

  2. mariyam says:
    July 3, 2013 at 8:47 am

    varah reethi

Comments are closed.

Next Episodeނިދީތެރޭން←


All Right Reserved!