Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ނިދީތެރޭން

mohamed neer Level 210 Stories100 Stories
June 25, 2013 3 Mins Read
2 Comments

ސާދަވަނަބައި

ހޭއެރުމާއެކުހެން އަންޖާމު ފެށީ ރޯށެވެ. އެހެނަސް މަރީނާ އާއި އަބްދުލް ހާދީމެންގެ ހެޔޮނަސޭހަތާއި ވިސްނައިދެމުންދިޔަ
ވިސްނައި ދިނުން ތަކުގެ ސަބަބުން އަންޖާމު ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.
ޒުބޭދާގެ މަރުގެ ޚަބަރު ލިބުމާއެކުހެން ޒުބޭދާގެ ޢާއިލާމެންބަރުންނާއި އަންޖާމުގެ ޢާއިލާމެންބަރުން ލޯންޗެއްގައި އެރަށަށް
އައިސް ފިއެވެ. އޭރު އެއެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހިތާމައާ ހިތްދަތިކަމުގެ އަސަރުތަކެވެ. ކަރުނައިގެ ސަބަބުން ލޯތައް ވަނީ ފެންކަޅި ވެފައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނެތި ނެގިމަޑުވެފައި ތިބި މީހުން ގިނައެވެ.
އެންމެންގެ ހިތުގައި ވެސް ވަނީ ސުވާލެވެ. ޖަވާބު ދޭނެ އެކަކު ވެސް ނެތެވެ. އެކަމާބެހެގޮތުން ވާހަކަ ދައްކާ އެސުވާލު
ތަކަށް ޖަވާބު ދޭން ހުރި މީހާ ހުރީ އެސުވާލުތަކަށް ޖަވާބު ދެވޭފަދަ ހާލަތެއްގައި ނޫންކަން އެންމެން ވެސް ގަބޫލު ކުރެއެވެ.
ޒުބޭދާ ވަޅުލުމުގެ މަސައްކަތް ނިމުނީ މެންދުރެއްކަން ހާއިރުއެވެ.
ޒުބޭދާގެ މަރުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އިތުރަށް ފުރިހަމަކުރާންޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި
ޕޮލިހުންގެ ބެލުމުގެ ދަށުން އަންޖާމު މާލެ ގެންދިޔައެވެ.
ވިސާމް އައިސް ކޮޓަރިއަށް ވަތްއިރު ނީނާ އެކަނި މާއެކަނި އެނދުގައި އޮށޯވެލައިގެން އޮތެވެ.
” ކީއްވެފަ މާފާޑަކަށް ތިއޮތީ؟ އެތަނަކަށް ނުދަންދޯ؟ ” ނީނާގެ މަގަތުން އިށީންނަމުން ވިސާމް ވާހަކަ ދެއްކިއެވެ. އޭރު
ވިސާމްގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތާމައިގެ އަސަރުތަކެވެ.
” އެކަހަލަ ތަންތަނަށް ދާން އަހަރެން ވަރަށް ބިރުގަނޭ. އެހެންވެ ނުދިޔައީ. އަންޖާމުތަ ޒުބޭދާ މަރާލީ؟ ” ވިސާމަށް ބަލާން
އޮވެ ނީނާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ފަރާތުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
” ނޭނގެ. އެކަމު އެމީހުން އެބުނާ ގޮތުން ވިއްޔާ އެގަޑީގައި އަންޖާމު އިންނާނީ އަހަރެންނާއެކު ފިހާރާގަ. ” މަޑުމަޑުން
ވިސާމް ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުގެ ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ޒުބޭދާގެ މަރާއި އެމަރުގެ ސަބަބުން އަންޖާމަށް ޖެހުނު ހާލުގެ ސަބަބުން ވިސާމް ހުރީ ވަރަށް ދެރަވެފައެވެ.
ޒުބޭދާގެ އާދަޔާ ހިލާފް މަރުގެ ޚަބަރު ވެގެން ދިޔައީ ގުރައިދޫގެ ރައްޔިތުންނަށް ލިބުނު ބޮޑު ހައިރާން ކަމަކާއި ހިތާމަ
އަކަށެވެ. ޒުބޭދާގެ ޢާއިލާ އާއި އަންޖާމުގެ ޢާއިލާގެ މެންބަރުންގެ ފަރާތުން ފެންނަމުންދިޔަ ހިތާމައިގެ އަސަރުތައް މާބޮޑެވެ.
ޒުބޭދާގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރަމުން ދިޔައިރު ޒުބޭދާ އާ އަންޖާމުގެ ޢާއިލާ މެންބަރުންގެ މެދުގައި ވަނީ ޚިޔާލު
ތަފާތުވުންތަކެއް އުފެދިފައެވެ. ޒުބޭދާގެ ޢާއިލާގެ ބައެއް މެންބަރުން ބުނަމުންދަނީ އަންޖާމު ޒުބޭދާ މަރާލީ ކަމަށާއި ޒުބޭދާއަކީ އަމިއްލައަށް އެކަހަލަކަމެއް ކުރާ ވަރަށްވުރެ ހެޔޮވިސްނުން ލިބިފައިވާ ތަންދޮރު އޮޅުން ފިލާފައިހުރި މީހެއް ކަމަށެވެ. އެހެންކަމުން ޒުބޭދާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނާ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމައެހެންމެ މިކަން ކޮށްފައިވަނީ އަބްދުލް ހާދީގެ ޢާއިލާ ވެސް ބައިވެރިވެގެން ކަމަށާއި އަންޖާމުގެ ތަނަވަސްކަމުން އެޢާއިލާ ގަނެލާފައިވާ ކަމަށެވެ.
ޒުބޭދާގެ ޢާއިލާ ބައެއްމީހުން އަންޖާމާއި ބެހޭގޮތުން ދައްކަމުންދިޔަ ވާހަކަތައް އަންޖާމުގެ ޢާއިލާއިން ދޮގުކުރަމުން
ދިޔައެވެ. ހަމައެހެންމެ ޒުބޭދާ އާއި އަންޖާމަކީ އެކަކު އަނެކަކު ދެކެ ލޯބިވެގެން އެދެމީހުން ބޭނުން ވެގެން ކައިވެނިކޮށްގެން އުޅޭ ދެމީހުނަށް ވާއިރު އަންޖާމު އެފަދަ ކަންތައްކުރުމުގެ ބޭނުމަކީ ކޮބައިތޯ އެމީހުން ސުވާލުކުރަމުން ދިޔައެވެ. އަދި އަންޖާމު ބޭނުން ނަމަ ޒުބޭދާ ވަރިކުރެވިދާނެކަމަށާއި އެހެން މީހަކާ ވެސް އިނދެވިދާނެކަމަށް އެމީހުން ބުނަމުން ދިޔައެވެ.
ޒުބޭދާގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރަމުން ދިޔައިރު އެކަމުގައި ހޯދާންޖެހޭ މަޢުލޫމާތުތައް ހޯދުމަށްޓަކައި އަބްދުލް ހާދީގެ
ދެމަފިރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް މަޢުލޫމާތު ހޯދާފައިވެއެވެ.
ހިނގާދިޔަ މަރުގެ ސަބަބުން ރަށުތެރެއަށް ހިތާމައާއި ހިތްދަތިކަން އަދި ބިރުވެރިކަން ވެރިވި ނަމަވެސް މަޑުމަޑުން އެކަން
ރަނގަޅުވަމުން އައެވެ. ހަމައެހެންމެ މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތްތަކާއިގެން އުޅެމުންދިޔައެވެ.
މެންދުރުފަހު ދޭއްޖަހާކަން ހާއިރެވެ. ދުވަހަކީ ގެސްޓުން ނާއްނަ ދުވަހަކަށްވާތީ ނީނާ އާއި ވިސާމް އުޅުނީ ޝޮޕްތެރޭގެ
ބައެއް ތަންތަން ސާފު ކުރުމާއިގެން ނެވެ. ވިސާމް ކުރަމުންދާ މިފަދަ މަސައްކަތްތަކުގައި ބައިވެރިވެ ނީނާ ދެމުންދާ އެހީތެރިކަމާ އެއްބާރުލުމުގެ ސަބަބުން ވިސާމްގެ އިތުރުން އެޢާއިލާ މެންބަރުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ހަމައެހެންމެ ނީނާ ފަދަ ހީވާގި މަސައްކަތްތެރި އަންބަކު އޭނާއަށް ލިބުނީތީ އެގޮތުގައި ކުރިޔަށްދިއުމަށް އޭނާއަށް ހިތްވަރާއި ނަސޭހަތް ދެމުންދާ މީހުން ވެސް ނުހަނު ގިނައެވެ.
ނުވައެއް ޖަހާކަން ހާއިރެވެ. ރޭގަނޑަށް ކައިގެން ވިސާމް އައިސް އޮށޯވެލީ ނިދާން ނޫން ނަމަވެސް، އޮށޯވެލިތާ މާގިނަ
އިރެއް ނުވަނީސް ވިސާމަށް ނިދިއްޖެއެވެ. އޭރު ވެސް ނީނާ ވީ ބަދިގެފަރާތުގައި ބަދިގޭ މަސައްކަތުގައެވެ. އެކަނި މާއެކަނި ބަދިގެ ތެރޭގައި އުޅެމުންދިޔަ ނީނާގެ މޫނުމަތިން ފާޅުވަމުން ދަނީ އުފާވެރިކަމުގެ އަސަރުތަކެވެ.
ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ބަދިގެއާއި ކާގެ ތަޅުލާފައި ނީނާ ގޮސް ނުކުތީ ބަދިގެއާ ވީ ފަރާތުން ގޯތިތެރެ
އަށެވެ. އެތަނަކީ ކުކުޅު ކޮށްޓަކާއި ދޫނި ކޮށްޓެއްގެ އިތުރުން ގިނަ އަދަދަކަށް ގަސް ހައްދާފައިވާ ތަނަކަށް ވެފައި އެއްވެސް އަލިކަމެއް ހުރި ތަނަކަށް ނުވާތީ އެތަން ފެންނަނީ ވަރަށް އަނދިރިކޮށެވެ. އެހެނަސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ނީނާ ގޮސް އެތަނަށް އެ ނުކުތީ ބިރު ވެސް ނުގައްނާތީ ތާއެވެ.
ބުރަމަސައްކަތުން އަދި އެހާމެ ބޮޑު ޚަރަދުކޮށްގެން އާދަންފުޅު ގެންގުޅެމުންދާ ދޫނިތައް ލާފައިވާ ކޮށްޓާއި ދިމާއަށް ދިޔަ
އިރު ނީނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުން އިތުރުވަމުން ދިޔައެވެ.
ނީނާ ގޮސް ދޫނިކޮށި ކައިރިއަށް ހުއްޓުމާއެކުހެން ހޭލާ ތިބި ދޫނިތައް އަޑުއަޑު ލައްވަމުން ކޮޅުކޮޅަށް ދުވާން ފެށިއެވެ.
އެ ދޫނިތަކުގެ އަޑު ގަދަވެގެން ދެންތިބި ދޫނިތަކަށް ހޭލެވުމާއެކުހެން އެދޫނިތައް ވެސް އަޑުއަޑު ލައްވަމުން ސަލާމަތަށް އެދޭ ފަދަ އަކުން ކޮށިތެރޭގައި އެނބުރޭން ފެށިއެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ.
ނުނިމޭ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ގެއްލުނު އަންހެންކުއްޖާ

Next

ސަލްމީނާ

Next
June 25, 2013

ސަލްމީނާ

Previews
June 25, 2013

ގެއްލުނު އަންހެންކުއްޖާ

2 Comments!

  1. ސަންޕާދިޔެ says:
    June 25, 2013 at 8:38 am

    މިބައި ވެސް ރީތި

  2. ބޯޅަބޭ says:
    June 25, 2013 at 1:30 pm

    ވާހަކަ ލިޔުމުގެ ހުނަރު އެބަހުރި. ބައެއް ކަންކަން ރަނގަޅުކޮށްލާން ފެނޭ.

Comments are closed.


All Right Reserved!