Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެބަދުނާމް

mohamed neer Level 210 Stories100 Stories
August 2, 2013 3 Mins Read
1 Comment

( ދެވަނަބައި )
” ސެނާ! އަހަރެންނަށް ފުރުސަތެއްދީ… އަހަރެން ސެނާ ދެކެ ވަރަށް ލޯބިވޭ…. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ތިއީ. އަހަރެންނަށް ތިހާ ނަފްރަތު ނުކޮށްބަލަ. ” ސެނާއާ ދިމާއަށް ބަލާންހުރެ އާދޭސްކުރާ ފަދައަކުން މާހު ވާހަކަ ދެއްކި އެވެ.
” އަތުންދޫކޮށްލާ .. މިހާރު ކިތައް ފަހަރު ބެނެފިން މާހު ތިއީ އަހަރުމެން ފެންވަރެއްނޫނޭ … އަހަރެން މި އިންތިޒާރުކުރަނީ އަހަރެންފަދަ މީހަކަށް … ތިކަހަލަފަގީރަކު އައިސް އަހަރެމެންގެ މުއްސަނދިކަމުގެ ތެރެއަށް ފުންމާލައިގެން އެކަމުގެ ފައިދާނަގަން ރުހެވޭނީ ކިހިނެތް. ލަދެއްވެސް ނުގަނޭތަ ؟. ފެންވަރު ހަނދާން ކޮށްލާފައި ނަމަވެސް ތިޔަ ހިޔާލު ދޫކޮށްލާ. ” މާހުގެއަތުން އަތްދަމައިގަންނަމުން ރުޅިވެރިކަމާއެކު ސެނާ އެއްޗެތިކިޔައި ގަތެވެ. އޭރު އޭނާގެ އަޑުންނާއި ހަރަކާތުން ވެސް ފާޅުވަމުން ދިޔައީ ރުޅިއާއި ނަފްރަތުގެ އަސަރުތަކެވެ.
މާހާއި ދިމާއަށް އެއްޗެތި ކިޔާލުމަށްފަހު އޭނާ އަށް ބަލާލުމެއް ވެސް ނެތި ސެނާ ހިނގައްޖެއެވެ.
ކޮންމެ ސައުވީސްގަޑިއަކުން ދުވަހެއް ފާއިތުވަމުން އައިސް ހުކުރު ވިލޭރޭގެ ނުވައެއް ޖަހާކަން ހާއިރެވެ. މާހު އޭނާގެ އާދައިގެންމަތިން ސެނާއާ ބައްދަލުވޭތޯ އެގެކައިރިއަށް ދިޔައެވެ. މާހުގޮސް ދުރުދުރުން ބަލާލިއިރު އެގޭ ދޮރޯށިކައިރީގައި ކޮންމެ ވެސް ދެޒުވާނަކު ތިއްބާފެނުމުން ކުޑަކޮށްހައިރާންވެ ސުވާލުއުފެދޭގޮތްވިއެވެ. އެހެންވެ މާހު ބޭނުންވީ އެއީކޮންބައެއްކަން ޔަގީންކުރާށެވެ. ވަރަށް ފަރުވާތެރިކަމާ ސަޢުގުވެރިކަމާއިއެކު މާހު ބެލިބެލުމުން އެނގި ޔަގީންވީ އެއީ ސާމާއި ސެނާ ކަމެވެ.
ސާމަކީ ރަށުބޮޑުކަތީބުގެ ދަރިފުޅެވެ. ސާމުގެ ކިބާގައި އިއްޒަތާ ގަދަރާ ތަނަވަސްކަން ހުރި ނަމަވެސް ސާމަކީ އަހުލާގީގޮތުން ބަލާއިރު އެހާ ރަނގަޅު ޒުވާނެއްނޫނެވެ. މާލެއިން ތަޢުލީމު ހާޞިލްކޮށްގެން ރަށަށް އައިސް ހުންނަނީ އަތުންފައިން އެއްވެސްކަމެއް ނުކޮށެވެ. ސާމު ގަބޫލު ކުރާގޮތުގައި އޭނާ މަސައްކަތް ކުރުމަކީ އެހާ މުހިންމުކަމެއް ނޫނެވެ. އޭނާ މަސައްކަތެއް ނުކުރިޔަސް އޭނާގެ އާއިލާގެ ތަނަވަސްކަމުގައި އޭނާ ބޭނުންގޮތަކަށް އުޅެވޭނެއެވެ. ކަންތައްވަނީ ވެސް އެހެންނެވެ. އަތުންފައިން އެއްވެސް މަސައްކަތެއް ނުކުރިޔަސް އޭނާ ބޭނުންއިރަކު ބޭނުން ހޮޓަލަކުން ކޮފީބުއިމާއި އަބަދުހެން ސިނގިރެޓްބުއިމަށް ބޭނުން ވަރަކަށް އޭނާގެ މަންމަ ފައިސާ ދެމުންދިޔައެވެ. ރަށުގައިތިބި ފުރާވަރުގެ ގިނަ އަންހެން ކުދިންނަށް އުނދަގޫކޮށް ޖެއްސުންކުރުމަކީ ވެސް އޭނާގެ އާދައެކެވެ.
ސެނާއާއި ސާމުގެހަރަކާތްތަކަށް ބަލަހައްޓައިގެން މާހު ހުރިއިރު އެދެޒުވާނުންގެ އަމަލުތައް ހުރިގޮތުން އެއީ ދެލޯބިވެރިކަން ޔަގީން ވެއެވެ. ހަމައެހެންމެ އެދެމީހުންގެ އަމަލުތަކަށް ބަލަހައްޓައިގެން މާހު ހުރިކަމެއް އެދެމީހުންކުރެ އެކަކަށް ވެސް ނޭނގެއެވެ.
” އަހަރެންމި އިންތިޒާރުކުރަނީ އަހަރެން ފެންވަރުގެ މީހަކަށް. ” ކުއްލިއަކަށް މާހުގެ ހަނދާނަށް އައީ އޭނާއާ ދިމާއަށް ތަކުރާރުކޮށް ސެނާ ބުނެފައިވާ އެ ޖުމްލައެވެ. ހަމައެހެންމެ އެޖުމްލައިގެ ތެދުކަމެވެ. މާހު ގާތު ސެނާ ބުނިފަދައިން ސެނާގެ ހަޔާތުގެ ބައިވެރިއަކަށް އިޙްތިޔާރުކޮށްފައި އެވަނީ އޭނާގެއާއިލާފަދަ ތަނަވަސް ޢާއިލާއެއްގެ މެންބަރެކެވެ.
ސެނާއާ ސާމުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދިހަވަރަކަށް މިނިޓްހުރުމަށްފަހު، ލިބުނުމާޔޫސްކަމާއި ހިތްދަތި ކަމުގަ ކަރުނައޮހޮރަމުން މާހު ހިނގައިގަތީ ގެއާދިމާ އަށެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދާވަރަކަށް ސެނާއާ ސާމުގެ ލޯބީގެ ގުޅުންވަރުގަދަވަމުން އެވާހަކަތައް ރަށުތެރެއަށް އާންމުވަމުން ދިޔައެވެ. އެހެނަސް އެކަމުގެ ސަބަބުން މާހުގެއުންމީދުތަކަކަށް ހީނަރުކަމެއްނާދެއެވެ. އޭނާއަށްލިބޭ ކޮންމެފުރުސަތެއް ގައި ސެނާއަށް ލޯބި ހުށަހަޅަމުން އެކަމަށްޓަކައި އާދޭސްކޮށް ސަލާންޖަހަމުން ގެންދިޔައެވެ.
ހޮނިހިރު ދުވަހެއްގެ ހެނދުނު ވަގުތެވެ. މަދަރުސާ ބަންދުދުވަސް ދުވަހު ރަށުގޮނޑުދޮށަށް ގޮސް މަސް ބޭނުމަކީ މާހު އާންމުކޮށް ކުރާ ކަމެކެވެ. އެގޮތުން މިއަދު ވެސް މާހު ހުރީ ރަށުގޮނޑުދޮށުގައި މަސްބާނާށެވެ. މަސްބޭނުމާއިގެން މަޝްޣޫލްވެ ހުރި މާހު ސިއްސައިގެންދިޔައީ ކޮންމެވެސް މީހަކު އެދިމާ މޫދަށް ގައުތަކެއް އުކައި މަސްތައް ފައްސާލުމުންނެވެ. ލިބުނު ހައިރާން ކަމާއެކުގައި މާހު އަވަސްއަވަހަށް ފަހަތަށް ބަލާލިއިރު އެދިމާ އެއްގަމުގައި ސާމާއި އާއިނު ތިއްބެވެ. އާއިނަކީ ސާމުގެ އެންމެގާތް ރަހުމަތްތެރިޔާއެވެ.
ސާމާއި އާއިނަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު މާހު އަނެއްކާ ވެސް އޭނާގެ މަސައްކަތް ފެށިއެވެ. އެހެނަސް ސާމާއި އާއިނު އަނެއްކާ ވެސް ގައު އުކާން ފެށުމުން މާހު މަސް ބޭނުމުގެ މަސައްކަތް ހުއްޓާލިއެވެ.
” މިތަނަށް އެއްޗިސް ނޫކަބަލަ .. އުނދަގޫވެޔޭ. ތިހެން ހެދީމަ މަސްތައްވެސް އެދަނީ ” ސާމާއި އާއިނުއަށް ބަލާލަމުން މާހު ވާހަކަދެއްކިއެވެ.
” އަހަރެމެންނަށްހެޔޮ ކަލެޔަށް މަސްނުބޭނުނަސް… އަހަރެމެން ގޭގައި މަސްއެބަހުރި. އެނިމުނީނު. ” މާހާއި ދިމާއަށް ބަލާލަމުން ފޮނިގޮތަކަށް އާއިނު ބުނެލިއެވެ. ރަށުއެންމެން ދަންނަފަދައިން އާއިނުގެ ބައްޕައަކީ ރަށުކަތީބުގެ މަސް ދޯނީގެ ކެޔޮޅެވެ. ރަށުމީހުންކިޔާ ކެޔޮޅުހުސޭނެވެ.
” ކަލެޔާ ހެދި އަހަރެންނަށް ވެސް އުނދަގޫވޭ. އަހަރެމެން ކަލޭ ދޫކޮށްލާނީ ސަރުތެއްގެ މަތިން …. އެކަމާ އެއްބަސްވަމުން ސިނގިރޭޓެއް ބޯލަންވީނު އޭރުން ކޫލް ވެދާނެ … ” މާހާއި ދިމާއަށް ބަލާލުމަށްފަހު ޖީބުން ސިނގިރޭޓެއްނަގާ ރޯކޮށްލަމުން ސާމު ވާހަކަދެއްކިއެވެ.
” އަހަރެން ނޫޅެން ކޮންމެހެން ސިނގިރޭޓް ބޯކަށް … ތިބުނާ ސަރުތެއްގެ ވާހަކަ ބުނަންވީނު. ” ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލަމުން މާހު ވާހަކަދެއްކިއެވެ.
” މީގެފަހުން ދުވަހަކުވެސް ސެނާއަށް އުނދަގޫކޮށްގެން ނުވާނެ. އުނދަގޫކޮށްފިނަމަ އެކަމުގެބަދަލު ވަރަށް ހިތިވާނެކަން ހަނދާންކުރާތި. ” ރުޅިވެރިކަމާއެކު މާހާއި ދިމާއަށް ބަލާންހުރެ ސާމު ދެއްކިވާހަކަތަކަށް އެއްބަސްވެ އާނއެކޭބުނާ ފަދައަކުން މާހު ބޯޖަހާލިއެވެ.
މީގެފަހުން ދުވަހަކުވެސް ސެނާ އަށް އުނދަގޫ ނުކުރުމަށް މާހު އެއްބަސްވުމުން ސާމާއި އާއިނު ހިނގައްޖެއެވެ.
ސާމުގެ ހުށަހެޅުމަށް މާހު އެއްބަސްވެ އާނއެކޭބުނީ މީގެކުރިން ވެސް އޭނާ ސެނާއަށް އުނދަގޫކޮށްފައި ނުވާތީ އެވެ. ހަމައެހެންމެ ކުރިޔަށް އޮތްތަނުގައި ވެސް ސެނާއަށް އުނދަގޫކުރުމަކީ އޭނާގެމަޤުސަދަށް ނުވާތީއާއި އަބަދުވެސް އޭނާ މަސައްކަތް ކުރަމުންދިޔައީ ސެނާގެ ލޯބި ހޯދުންކަމަށްވާތީއެވެ.
ބޮޑުއީދުޗުއްޓީއަށް ސަރުކާރު އޮފީސްތަކާއި މަދަރުސާތައް ބަންދު ވުމުން، ރަށުން ބޭރުގައި އުޅޭ މީހުންނާއި ކުދިންތައް ރަށަށް އަންނާން ފެށިއެވެ. އޭގެ އިތުރުން އެފަދަބައެއް މީހުންނާއި ކުދިންގެ ރައްޓެހިންވެސް އަންނަމުން ދިޔައެވެ.
ރަށުމަދަރުސާގައި ފާހަގަކުރަމުންދިޔަ ސުޓޭޖްޝޯގައި ބައިވެރިވުމަށް ސެނާއާއި މާހުވެސް މަދަރުސާއަށް ދިޔައެވެ. އެތަނުގައި ހަރަކާތްތެރިވަމުން ދިޔައިރުވެސް މާހު ބަލަމުންދިޔައީ ސެނާ އެކަނިވާނެ ވަގުތަކަށެވެ. އެހެނަސް އެއިން އެއްވެސް ކަމެއް ސެނާއަކަށް ނޭނގެއެވެ.
ސެނާ އެކަނި ސުޓޭޖްފުރަގަހަށް ދިޔަވަގުތު ކުއްލިއަކަށް ކަހަލަ ގޮތަކަށް މާހު އައިސް ސެނާގެއަތުގައި ހިފޭއްޓި އެވެ.
” މިހެރެ ގޮތްކުޑަ ފަގީރުކުއްޖާ …. އަހަރެން އަތުން ދޫކޮށްލާ. މިހާރު ކަލޭކައިރީ ކިތައްފަހަރުބުނެފިން އަހަރެން މިއިންތިޒާރުކުރަނީ އަހަރެން އާއިލާފަދަ ތަނަވަސް އާއިލާއެއްގެ މެންބަރަކަށޭ. ” ރުޅިވެރިކަމާއެކު ސެނާ ވާހަކަދެއްކިއެވެ. ” އަހަރެންގެ ލޯބި ގަބޫލުކުރީމަ ނޫނީ ދުލެއް ނުކުރާނަން. ” ސެނާއާ ދިމާއަށް ބަލާންހުރެ މާހު ބުންޏެވެ.
” އެހެންތަ.؟ އޭރުން ވާގޮތް ބަލާންހުރޭ. ރަނގަޅަށް ބަދުނާމު ކޮށްލާނަން. ” މާހާއި ދިމާއަށް ބަލާލަމުން އެހެން ބުނުމާއެކުހެން އަޑުގެކޮޅަށް ސެނާ ރޯންފެށިއެވެ. އަދި މާހުގެކިބައިން އޭނާ ސަލާމަތްކުރުމަށް ގޮވާންފެށިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ްްާދެބަދުނާމް

Next

އަނދިރިވުމުން 9 ވަނަބައި

Next
August 3, 2013

އަނދިރިވުމުން 9 ވަނަބައި

Previews
August 2, 2013

ްްާދެބަދުނާމް

One Comment

  1. ސާމިހާ says:
    August 2, 2013 at 3:35 pm

    ނީރުގެ އެހެން ވާހަކަތައް ފަދަ ރީތި ފުރިހަމަ ވާހަކައަކަށް ވާނެކަމަށް އުންމީދު ކުރަން.

Comments are closed.

Next Episodeދެބަދުނާމް←


All Right Reserved!