އަނދިރިވުމުން
ހަތްވަނަބައި
” ލައިލާގެ ފިރިމީހާއާ ދަރިންތައް ކޮބާ ؟ “ކާމޭޒު ކައިރީގައި އިށީންނަމުން ނިހާޔަތު އަހާލިއެވެ.
” ދަރިފުޅުމެން ނިދާފަ. ފިރިމީހާވީ ގެއިންބޭރުގަ. ” ނިހާޔަތުގެ ސުވާލަށް ޖަވާބުދިން ނަމަވެސް ލައިލާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.
” ކާން ފަށާންވީ.” ކެއުން ތައްޔާރުކޮށް މޭޒުކައިރީގަ އިށީނދެ ނިހާޔަތުމެނަށް ބަލާލަމުން ލައިލާ ބުންޏެވެ.
ކެއުމުގެކަންތައްނިމުމުން އަސްރާގޮވައިގެން ސާމިރާދިޔައީ ކޮޓަރި އަށެވެ. ލައިލާ އާއި ނިހާޔަތު ތިބީ ފެންޑާތެރޭގައި އިށީނދެލައިގެން ވާހަކަ ދައްކާށެވެ.
ކަންތައްވަމުންދިޔަ ގޮތާމެދު ނިހާޔަތު ވިސްނަމުންދިޔައެވެ.
ކުއްލިއަކަށް މުޅިޢާއިލާ ގޮވައިގެން މިހާނުވަގުތެއްގައި އެގެއަށްއައީ ކިހިނެތްވެގެންތޯ ލައިލާ ސުވާލުކުރިއެވެ. އެހެނަސް އެސުވާލަށް ޖަވާބުދޭން ނިހާޔަތު ބޭނުންނުވަނީ ކަންނޭނގެއެވެ. އޭނާ ބުނަމުންދިޔައީ ކަމެއް ނުވާކަމަށެވެ.
” ނިހާޔަތު ތިހެންބުންޏަސް އަހަރެންނަށް އެނގޭ ކަމެއް ނުވެއެއް މި ގަޑީގަ މިގެއަށް ނިހާޔަތު ނާއްނާނެކަން. އަދި ނިހާޔަތުގެ މޫނުމަތިން ފާޅުވަމުންދާ ހާސް ކަމާއި ނުތަނަވަސްކަން ވެސް ތިހެނެއް ނުހުންނާނެ. ” ކަމުގެ ޙަޤީޤަތް ހޯދާން ބޭނުން ވެފައިވާ ލައިލާ ބުނަމުންދިޔައެވެ.
މެދުކެނޑުމެއްނެތި ލައިލާ ކުރަމުންދިޔަ ސުވާލުތަކުގެ ސަބަބުންނިހާޔަތަށް ގޮތްހުސްވަމުންދިޔައެވެ. އެހެންވެ ކުޑަކޮށްވިސްނާލުމަށްފަހު އެކަމާ ގުޅުންހުރި ބައެއްވާހަކަތައް ކިޔައިދިނެވެ. ނިހާޔަތުގެ ވާހަކަތައް އަޑުއެހުމަށްފަހު ލައިލާ ބުނީ އެފަދަ އެކަހެރި ހިސާބެއްގައި އެގޮތަށް އެކަނިމާއެކަނި އުޅެން ޖެހުމުން އެކަހަލަ ގޮތްގޮތަށް ކަންކަން ހީވަނީކަމަށެވެ. ހަމައެހެންމެ އެފަދަ ކަންތައްތަކާމެދު ރަނގަޅަށް ވިސްނައިގެން އުޅުމަށާއި ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް ލަފާދިނެވެ.
އެކަމާމެދުވާހަކަދައްކާ މަޝްވަރާކުރުމުގައި ނިހާޔަތާއިލައިލާ އެތަނުގައި ގަޑިއެއްގެހާއިރު ތިއްބެވެ. ހަމައެހެންމެ މާދަމާގެ ވަގުތެއްގައި ލައިލާއާއެކު ހޮސްޕިޓަލަށް ގޮސް ނަފްސާނީ ޑޮކްޓަރަކަށް ނިހާޔަތު ދެއްކުމަށް ވެސް ނިންމިއެވެ.
ވާހަކަދައްކާ މަޝްވަރާކުރާން އެތަނުގައި ތިބުމަށްފަހު ނިހާޔަތު އޭނާގެ ކޮޓަރިއަށް ދިއުމުން ލައިލާ ވެސް ގޮސް ކޮޓަރިއަށް ވަނެވެ.
ރޭގަނޑުގެ ކަނުއަނދިރިކަމުގެ މައްޗަށް އިރުގެއަލި ވެރިވަމުން އިރު އަރަމުންދާކަމުގެ އަލާމާތްތައް ދައްކަމުންދިޔައެވެ. ރާއްޖެތެރޭގެ އާދައިގެމަތިން ފަތިސް ނަމާދަށްފަހު މަސްވެރިންތައް މަހަށްފުރުމާއިގެން ހަރަކާތްތެރިވަމުން ދިޔައެވެ. ހާލާއި ކާޅާ ކޮވެލިފަދަ ތަކެތީގެއަޑުތައް މެދުނުކެނޑި ކަހަލަގޮތަކަށް އިވެމުންދިޔައެވެ. ހީވާގި އަންހެންވެރިން މަގުތަކާއި ގޯޅިތަކުގެ އިތުރުން ގޯތިތައް ކުނިކަހައި ސާފުކުރުމާއިގެން އުޅެމުން ދިޔައެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރުމާއިގެން އުޅެމުންދިޔަ މީހުން ވެސް މަދެއް ނޫނެވެ.
ހެނދުނު އަށެއްޖަހާކަންހާއިރެވެ. ނިހާޔަތާއިއަސްރާއަދި ސާމިރާ ކާގެއާދިމާއަށް ދިޔައިރު ލައިލާއާއި އޭނާގެފިރިމީހާ އަޖުމަލް އެތަނުގައި ތިއްބެވެ. އަޖުމަލް ހިތްހަމަނުޖެހުމާއެކު ބުނަމުންދިޔައީ ނިހާޔަތުމެން އެގޭގައިތިބެން އޭނާ ބޭނުންނުވާކަމަށެވެ. ހަމައެހެންމެ ވީއެންމެއަވަހަކަށް އެމީހުން ފޮނުވާލުމަށް ވެސް ބުނަމުން ދިޔައެވެ.
ނިހާޔަތުމެންގެހާލަތުއަޖުމަލަށް ވިސްނައިދީ އޭނާ ހަމައަކަށްއެޅުވޭތޯ ލައިލާ މަސައްކަތް ކުރަމުންދިޔައެވެ.
އަޖުމަލްގެ ވާހަކަތަކުގެ ސަބަބުން ނިހާޔަތަށް ވަރަށް އަސަރުކުރި އެވެ. އެހެންވެ ލައިލާމެނަށްނުފެނި އަސްރާ އުރާލައިގެން ސާމިރާ ވެސް ގޮވައިގެން އެގެއިން ނުކުތެވެ. މިއަދު އޭނާއަށް ޓަކައި އެނޫން އެހެންގޮތެއް ނެތެވެ.
އެތައްއިރަކު އެތައްގޮތަކަށް ވިސްނުމަށްފަހު ނިހާޔަތުމެން އަނެއްކާ ވެސް ދިޔައީ އެމީހުން ކުރިންވެސް އުޅުނު ގެއަށެވެ. މިހާރު އެގޭގައި އުޅުމަކީ އަސްރާ ވެސް އެހާ ހިތްހަމަޖެހޭކަމެއް ހެނެއް ހިޔެއްނުވެއެވެ. އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
ސާމިރާ އާއި އަސްރާ ހަވާލުކުރުމަށްފަހު ނިހާޔަތު ދިޔައީ އޭނާ އުޅޭ ކޮޓަރިއަށެވެ. އެތާއެތެރެހީވަނީ އެފުއްމިފުށަށްޖަހާލާފައިވާހެންނެވެ. ރީތިވުމަށް ބޭނުންކުރާ ތަކެއްޗާއި އެހެންވެސް ބައެއްތަކެތި ހަލާކުކޮށް ތަޅުންމައްޗަށް އުކާލާފައި ހުއްޓެވެ. ރަޖާ ތަކާއި ބާލީސްތައް ވެސް ހުރީ ތަޅުންމަތީގައެވެ.
ކޮޓަރިއަށްވަދެ އަވަސްއަވަހަށް ދޮރުތައްބަލާލިއިރުއެއްވެސް ދޮރުފަތެއް ހުޅުވާފައެއް ނެތެވެ. ހަމައެހެންމެ ގެކައިރި ބެލިއިރު ގެކައިރިން ވެސް އެއްވެސް މީހެއްގެ ފިޔަވަޅެއް ފެންނާކަށް ވެސް ނެތެވެ.
ގޭތެރޭގެކަންތައްތައް ހުރިގޮތުންނާއި ސިއްހީހާލަތުހުރިގޮތުން ޑިއުޓީއަށް ދެވޭންނެތްވާހަކަފިހާރައަށް ފޯނުކޮށްފައި ނިހާޔަތު ބުންޏެވެ. އެހެންވެ ނިހާޔަތުގެ ޑިއުޓީ މެންދުރުފަހަށް ބަދަލުކުރިއެވެ.އެކަމުގެ ސަބަބުން ނިހާޔަތު ވަރަށް ހިތްހަމަޖެހި އުފާވި އެވެ. ހަމައެހެންމެ އެފަރާތަށް ޝުކުރުއަދާކުރިއެވެ.
ރޭގަނޑު އަށްގަޑިތިރީސްކަން ހާއިރެވެ. އަސްރާ ނިންދެވޭތޯ ސާމިރާ އެމީހުންގެ ކޮޓަރީގައި ހުރެގެން މަސައްކަތް ކުރަމުންދިޔައެވެ.
ކުރިންއެނގުނުނަމަ ވާހަކަފޮތްކިޔާންފެންޑާގޮނޑިސެޓްގައި އޮށޯވެލައިގެން ނިހާޔަތު އޮތެވެ. ކުޑަވަރެއްގެއަތްދަބަހެއްހިފައިގެން އައިސް ގެއަށްވަތް ލައިލާ ފެނުމުން ނިހާޔަތު ކޮންމެވެސްވަރަކަށް ހައިރާންވިއެވެ. ހަމައެހެންމެ ކޮންމެވެސްވަރަކަށް ސުވާލު އުފެދުނެވެ.
މިގަޑީގައި ލައިލާ އެކަނިމާއެކަނި އެހިސާބަށް އައުމުން ނިހާޔަތު ވަރަށް ހައިރާންވިކަން އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ހައިރާންކަން އަންގައިދެއެވެ.
ލައިލާ އައިސް ނިހާޔަތުގާތަށް ހުއްޓެމުން އެގެއިން އައީ ކީއްވެތޯ ސުވާލުކުރިއެވެ. ހަމައެހެންމެ އޭނާއަށްނޭނގި އެގޮތަށް އައުމުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެކަން އޭނާގެ އަޑާއި ހަރަކާތުން ވެސް އެނގުނެވެ.
ތަކުރާރުކޮށް ލައިލާ ސުވާލުކުރާންފެށުމުން ނިހާޔަތަށް މަޖުބޫރުވީ ޙަޤީޤަތްހާމަކުރާށެވެ. ބުނާން ބޭނުންނުވިނަމަވެސް ލައިލާ ތަކުރާރުކޮށް ސުވާލުކުރަމުން ދާންފެށުމުން ނިހާޔަތު ބުނީ ލައިލާއާއި ލައިލާގެ ފިރިމީހާ ދެއްކި ވާހަކަތައް އެމީހުނަށް އަޑުއިވުނުކަމަށެވެ. ހަމައެހެންމެއެމީހުންގެސަބަބުން ލައިލާގެ ދިރިއުޅުމުގައިމައްސަލަތައް އުފެދޭން ބޭނުންނުވާތީ އައީކަމަށެވެ. އެހެނަސް ލައިލާވެދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކުރާކަމަށް ވެސް ބުންޏެވެ.
ނިހާޔަތުގެ ވާހަކަތައް އަޑުއެހުމަށްފަހު ލައިލާބުނީ އަޖުމަލްގެ ވާހަކަ ހުރިގޮތުން އޭނާ ވެސް ދެރަވި ކަމަށާއި އެކަމަށްޓަކައި ނިހާޔަތުގެ ކިބައިން މަޢާފަށްއެދޭ ކަމަށެވެ. އަދި މިފަދަވަގުތެއްގައި އަންނާންމިޖެހުނީ ވަގުތުވީމިހާރުކަމަށްވާތީއާއި ނިހާޔަތު ހާލުބަލާން ކޮންމެހެން ވެސް ބޭނުންވާތީ ކަމަށެވެ.
ނިހާޔަތާއި ވާހަކަދައްކާން ގަޑިއެއްގެހާއިރު މަޑުކުރުމަށްފަހު މާދަމާގެ ވަގުތެއްގައި ހޮސްޕިޓަލަށްދާން އަންނާނެކަމަށް ބުނެފައި ލައިލާ ދިޔައީ އޭނާގެ ގެއަށެވެ. ލައިލާއާ ވާހަކަދައްކާ ޚިޔާލުބަދަލުކޮށްލުމުން ނިހާޔަތަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.
ނިދާން އޮށޯތުމުގެކުރިން ނިހާޔަތު ގޮސް ސާމިރާ އާއި އަސްރާ ތިބީ ނިދާފައިތޯ ބަލާލިއެވެ. އޭރު އެމީހުން ނިދާފައި ތިބުމުން ނިހާޔަތަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ.
ކޮޓަރިއަށްވަދެ ދޮރުލައްޕާތަޅުލުމަށްފަހު ނިހާޔަތު އައިސް އެނދަށްއަރާ އޮށޯތީ ނިދާށެވެ. އެހެނަސް އޭނާއަކަށް ނިދޭގޮތެއްނުވިއެވެ. އަބަދުހެން އޭނާގެ ލޯކުރިމަތީ ސިފަވަމުންދަނީ ރޭގެހާދިސާއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



salhi vaahaka eh
މިވާހަކަ ވަރަސް ސަޅި
ރީތި
This is a copy