Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ނިދީތެރޭން

mohamed neer
June 30, 2013
4 Mins Read
13 Comments

ނިމުން

އަހްމަދު ފޯނުކޮށް އެވާހަކަ ބުނުމާއެކުހެން ދެފަރާތު ޢާއިލާގެ އިސްމީހުންތައް ގެއަށް ޖަމާވާން ފެށިއެވެ.
މަރުވެފައިވާ މުދިންބެގެ ހަށިގަނޑު ފެނުނު އެންމެން ވެސް ބުނަމުންދަނީ މުދިންބެގެ މަރަކީ ގުދުރަތީ މަރެއްކަމަށް ގަބޫލު
ކުރާން އުނދަގޫ ކަމަށެވެ. އެހެނަސް އެންމެން ވާހަކަ ދައްކާ މަޝްވަރާ ކުރުމަށްފަހު މުދިންބެ ހިނަވާ ކަފުންކޮށް ވަޅުލުމުގެ މަސައްކަތް ފެށިއެވެ. އަންހެންވެރިންނާއި ޒުވާން އަންހެން ކުދިންތައް މަސައްކަތް ކުރަމުން ދިޔައީ އިނާ އާއި ޒޭބީ އަދި ދިޔާނާ ހަމައަކަށް އަޅުވާށެވެ.
މުދިންބެގެ މަރުގެ ޚަބަރު ރަށުތެރެއަށް ފެތުރުމާއެކުހެން މީހުންތައް އެގެކައިރިއަށް ޖަމާވާން ފެށިއެވެ. މުދިންބެ އޮތްގޮތް
ދެކިލުމަށް ބައެއް މީހުން ޖަމާވަމުންދިޔަ ނަމަވެސް އެތަނަށް އައި ގިނަ މީހުންނަކީ ރާއްޖެތޭރެގައި އޮންނަ ރިވެތި އާދައިގެމަތިން އެމީހެއްގެ ފެންވަރުން އެކަމުގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އައި މީހުންނެވެ. އެކަމުގެ ސަބަބުން މުދިންބެގެ ޢާއިލާމީހުނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ.
އެތައް ބައެއްގެ އެހީތެރިކަމާ އެއްބާރުލުމާއެކު މެންދުރުނަމާދަށްފަހު މުދިންބެ ވަޅުލިއެވެ.
މުދިންބެގެ މަރުގެ ސަބަބުން އެޢާއިލާގެ މެންބަރުންނާއި ރަށުތެރެއަށް ވެރިވެގެން ދިޔަ ހިތާމައާ ހިތްދަތިކަމާއެކު ވަގުތުތައް
ފާއިތުވަމުން އައިސް ހަވީރު ވަނީއެވެ. އަދިވެސް ދިޔާނާ އާއި ޒޭބީ އަދި އިނާ ރޮމުންދާތީ އެމީހުން ހަމައަކަށް އެޅުވޭތޯ ދެޢާއިލާގެ މެންބަރުންނާއި އަހްމަދު މަސައްކަތް ކުރަމުން ދިޔައެވެ. މިވަގުތު އަހްމަދުގެ ހައިސިއްޔަތަކީ ކޮބައިކަން ހަނދާންކޮށް އޭނާ ހުރީ ހިތްވަރާއި ސާބިތުކަމާއެކު މަންމަ އާއި ދެކޮއްކޮއަށް ނަމޫނާ ދައްކާށެވެ.
މުދިންބެގެ މަރުގެ ސަބަބުން އެޢާއިލާއަށް ލިބުނު ހިތާމައާއި ހިތްދަތިކަމުގައި ބައިވެރިވެ މިއަދަކު ކުޅިވަރުގެ އެއްވެސް
ކަމެއް ނެތެވެ. ހަމައެހެންމެ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ހިތާމައިގެ ކުލަވަރެވެ.
އިރުއޮއްސުމާއެކުހެން ޒުވާންފުރައިގެ ގިނަ އަންހެންކުދިންތައް އަވަސްވެގަތީ ޓީވީ ބަލާށެވެ. ބޭރުގެ ޗެނަލްތަކުން ދައްކާ
ޑްރާމާސީރީޒްތައް ބެލުމަކީ ޒުވާންފުރައިގެ ވަރަށްގިނަ އަންހެން ކުދިންގެ އާދައަކަށް ވާތީ ބައެއް ގޭގެއިން އެފަދަ ގުރޫޕްތައް ވެސް ފެނެއެވެ. ބައެއް ބެލެނިވެރިން އެބައިމީހުންގެ ދަރިންނަށް ފިލާވަޅުތައް ދަސްކޮށް ދިނުމާއި ފިލާވަޅުތައް ހެދުމުގައި އެހީތެރިވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ރަށުތެރެއަށް ވެރިވެފައިވާ ހިތާމައިގެ އަސަރުތައް އިރާކޮޅު ވެސް އޮތީ އެގޮތަށެވެ.
އެގާރަ ޖެހުމުން ފިހާރަ ބަންދުކޮށްފައި ނީނާއާ ވިސާމް ދިޔައީ ކެފޭއަށެވެ. ރަށުތެރެއަށް ވެރިވެފައިވާ ހިތާމައިގެ އަސަރު
އެތަނުން ވެސް ފެންނަމުން ދިޔައެވެ. އެތަނުގައި މީހުން މަދުވުމުން ނީނާ ވަރަށް ހިތްހަމަ ޖެހުނެވެ.
ކޮފީބޮއިގެން ގެއާ ދިމާއަށް ހިނގަމުން ދިޔައިރު ނީނާ އާއި ވިސާމް ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.
ނީނާ އާއި ވިސާމް ގެއަށް ދިޔައިރު ވިސާމްގެ މައިން ބަފައިން ނިދައިފިއެވެ.
ނީނާ އާއި ވިސާމް ނިދާން އޮށޯތީ އެކުގައި ނަމަވެސް ވިސާމަށް ނިދުނު އިރު ނީނާ އަކަށް ނުނިދެއެވެ. ފަންގިފިލާގައި
ހަރުކޮށްފައިވާ ފަންކާއަށް ބަލަހައްޓައިގެން އޮތްއިރު ނީނާގެ މޫނުމަތިން ފާޅުވަމުންދަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމުގެ އަސަރު ތަކާ ފޫހިކަމުގެ އަސަރުތަކެވެ.
ޚިޔާލެއްގެ ތެރެއަށް ގެއްލިފައިއޮތް ނީނާ ސިއްސައިގެން ކަހަލަގޮތަކަށް ކޮޅަށް ތެދުވިއެވެ. އަދި އަވަސް އަވަހަށް ވިސާމަށް
ބަލާލަމުން އޭނާ އޮތީ ނިދާފައިކަން ޔަގީން ކޮށްލިއެވެ.
މަޑުމައިތިރި ހިނގުމެއްގައި ނީނާ ގޮސް ކޮޓަރިން ނުކުމެ ދޮރުލައްޕާލަމުން ބަދިގެފަރާތަށް ހިނގައިގަތެވެ.
ގޯތިތެރޭން ނުކުމެވުމާ އެކުހެން ނީނާ މިސްރާބު ޖެހީ ގަބުރުސްތާނާއި ދިމާއަށެވެ. ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭން
ކަމާއި ފަޅުކަމެވެ. ވަގުތަކީ މެންދަމުގެ ވަގުތު ކަމަށްވާތީ މަގެއްމަތިން އެއްވެސް މީހަކު ނުފެނެއެވެ. ރަށުތެރެއަށް ފެތުރުފައިވަނީ ފަނޑުހަނދުވަރެއްގެ އަލިކަމެވެ.
އާދައިގެ ހިނގުމެއްގައި ހިނގަމުންދިޔަ ނީނާ ދިޔަގޮތަށް ގޮސް ހުއްޓުނީ ގަބުރުސްތާނުގެ ދޮރޯށިކައިރި އަށެވެ. މުދިންބެގެ
މަހާނަ ކައިރީގަ ހޮޅިބުރިދިއްލައިގެން ޤުރުއާން ކިޔަވާން ތިބިމީހުން އެމީހުންގެ މަޝްޣޫލިއްޔަތާއިގެން ކުރިޔަށް ދިޔައެވެ. އެމީހުން ފެނުމާއެކުހެން ނީނާގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.
އެމީހުންގެ ޢަމަލުތަކަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ނީނާ ހިނގައިގަތްއިރު އޭނާގެ ރުޅިވެރިކަން އިތުރުވަމުން
ދިޔައެވެ. އަދި އެދިޔަގޮތަށް ގޯތިތެރެއަށް ވަދެގެން ގޮސް ދޫނިކޮށި ކައިރިއަށް ހުއްޓުނެވެ.
ނީނާ ގޮސް ދޫނިކޮށި ކައިރިއަށް ހުއްޓުމާއެކުހެން، ހޭލާ ތިބި ދޫނިތައް އަވަސް ހަރަކާތްތަކަކާއެކު އުދުހޭން ފެށިއެވެ.
އެއާއެކުހެން ދެންތިބި ދޫނިތަކަށް ހޭލެވި އެދޫނިތައް ވެސް އުދުހޭން ފެށިއެވެ. ހީވަނީ ބޮޑު ބިރެއް ކުރިމަތިވި ހެންނެވެ.
ކޮށި ހުޅުވާލަމުން ނީނާ އެތެރެއަށް ވަނެވެ. އެއާއެކުހެން ދޫނިތަކުގެ ހަރަކާތް އަވަސްވެ އަޑު ބާރުވިއެވެ. ހަމައެހެންމެ
ނީނާ ވެސް އޭނާގެ މަސައްކަތް އިތުރުކޮށް ހަރަކާތް އަވަސް ކޮށްލިއެވެ. އެހެނަސް އެތަނުން ދޫންޏެއް ހިފުމަށް ނީނާ ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބެއް ނުލިބި ވަގުތުތައް ފާއިތުވަމުން ދިޔައެވެ.
ވިއްސަކަށް މިނިޓް ކުރިމަސައްކަތުން އެއްވެސް ކާމިޔާބެއް ނުލިބުމުން ރުޅިއައިސް ރަތްވެފައި ހުރެގެން ނީނާ ދޫނިކޮށިން
ނުކުތެވެ. އަދި ބާރުބާރަށް ދޮރުލެއްޕުމަށްފަހު ގެއާދިމާއަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެވުމާއެކުހެން ދޮރުލައްޕާ ތަޅުލާފައި ނީނާ ގޮސް ވަނީ ފާޚާނާ އަށެވެ. ފެންވަރާ ތާޒާވެލައިގެން ނީނާ އައިސް
އެނދަށް އަރާ އޮށޯތެވެ.
ވިސާމަށް ހޭލެވުނީ ކަރަށް ތަދުވެގެންނެވެ. އަވަސް އަވަހަށް ތެޅިގަންނަމުން ވިސާމް ބަލާލިއިރު ނީނާ އޮތީ ވިސާމްގެ
ކަރުގައި އަނގަ ޖަހައިގެންނެވެ. ތަދުވާތަނުގައި އަތް ޖައްސާލިއިރު އެތަނުން ލޭ އައިސްފައި ހުއްޓެވެ. ހަމައެހެންމެ ނީނާގެ އަނގަ ކައިރިން ވެސް ލޭގެ އަސަރު ފެންނާން ހުއްޓެވެ. ވީ ހައިރާނާ އެކުހެން އެއްފަހަރާ އެތައް ސުވާލެއް އުފެދި އެއްވެސް އިޚުތިޔާރަކާ ނުލާ ދުރަށް ވެސް ޖެހިލެވުނެވެ.
” ތިހެދީ ކިހިނެތް؟ ” ކަންބޮޑުވުމާއެކު އަވަސް އަވަހަށް ނީނާ އަހާލިއެވެ.
” އަހަރެންނަށް ވެސް ނޭނގި އެހެން އެވީ. އެދެން އެވަރުގެ ކަމެއް ނޫނެއްނު. ” އަނގަމަތި ސާފުކޮށްލަމުން ނީނާ
ވާހަކަދެއްކި އެވެ. އަދި ވިސާމާއި ގާތަށް ޖެހެލިއެވެ.
” އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން. ސޮރީ އިނގޭ. ” ވިސާމްގެ ކަރުގައި ފިރުމާލަމުން ނީނާ ވާހަކަ ދެއްކި
އިރު އެއީ މާބޮޑުކަމެއް ކަމުގައި އޭނާ ނުދެކެއެވެ.
ނީނާ އާއި ވިސާމް އަނެއްކާ ވެސް އޮށޯތެވެ. ނީނާގެ ލޯބިވެތި އޯގާތެރި ފިރުމުންތަކުގެ ސަބަބުން އޮށޯވެ މާގިނައިރެއް
ނުވަނީސް ވިސާމަށް ނިދުނު ނަމަވެސް ނީނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އިރުއިރު ކޮޅުން ވިސާމްގެ ކަރަށް ބަލާލަމުން ފެން ފޮދަކަށް ބޭނުންވެފައިވާ މީހަކު ފެންފޮދަކަށް އެދޭފަދައަކުން ހިންދިރުވާލައެވެ. ހަމައެހެންމެ މަޑުމަޑުން ވިސާމާއި ގާތްވަމުން ދިޔަ އެވެ. އެހެނަސް ދެންމެ ކަންތައް ވީ ގޮތުން ފަސްޖެހެވެނީއެވެ.
ސިއްސައިގެން ގޮސް ވިސާމަށް ހޭލެވުނީ އެނދަށްއެރި ބާރު ލޮޅުމުގެ ސަބަބުންނެވެ. އެއާއެކު އަވަސް އަވަހަށް ވަށައި
ގެން ހޯދާލިއިރު ނީނާ ގޮސް ކޮޓަރިން ނުކުންނަނީ އެވެ. އެކަމުގެ ސަބަބުން ހައިރާންވެ ސުވާލު އުފެދުނު ނަމަވެސް ވިސާމް އޮތީ ނިދާކަމު ހަދައިގެންނެވެ. ނީނާ ކޮޓަރިން ނުކުންނަމުން ވިސާމް ނިދާފައިއޮތްކަން ޔަގީންކޮށްލާން ބަލާލިއެވެ.
ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ނީނާ ހިނގައިގަތީ ބަދިގެއާ ވީ ފަރާތަށެވެ. އަދި އެދިޔަގޮތަށް ގޮސް ގެއިން ނުކުމެ ދޫނި
ކޮށްޓާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ނީނާ ގޮސް ދޫނިކޮށި ކައިރިއަށް ހުއްޓުނުއިރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުންދަނީ ރުޅިވެރިކަމުގެ އަސަރު
ތަކާއި ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ ހަރަކާތްތަކެވެ.
މިހާ ދަންގަޑިއެއްގައި ނީނާ ބޭރަށް ނުކުތުމުން ވިސާމް ކޮންމެވެސް ވަރަކަށް ހައިރާންވެ އެތައް ސުވާލެއް އުފެދުނެވެ.
ހަމައެހެންމެ ނީނާއާމެދު ކޮންމެވެސް ވަރަކަށް ސައްކު އުފެދުނެވެ. އެހެންކަމުން ނީނާއާމެދު އުފެދުނު ސައްކުތައް ޔަގީންކުރާން ވިސާމް ބޭނުންވިއެވެ.
ވިސާމް ގޮސް ކޮޓަރިން ނުކުތްއިރު ގޭގެ ބަދިގެއާ ވީ ފަރާތު ދޮރުހުޅުވާފައި ހުރުމުން ވިސާމްގެ ސައްކު އިތުރުވިއެވެ.
ވަރަށް މަޑުމަޑުން ވިސާމް ގޮސް ބޭރަށް ބޯދިއްކޮށްލަމުން ބަދިގެއާ ވީ ފަރާތަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ފެނުނު
މަންޒަރާއެކު ވިސާމްގެ ހިއްސުތަކަށް ހުއްޓުންއައި ކަހަލައެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުނުހެން ވެސް ހީވި އެވެ. އުފެދުނު ސުވާލުތައް ގިނަވެ ސިކުނޑިއަށް ބާރު ބޮޑުވިއެވެ.
ގަބޫލުކުރާން ދަތިވި ނަމަވެސް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރާން ވިސާމަށް މަޖުބޫރު ވިއެވެ. ދޫންޏެއްގެ ކަރުގަ އަނގަ
ޖަހައިގެން ހުރި ނީނާގެ ދެލޯ ގަދަރަތް ކުލައިން ދިލިފައިވާއިރު އޭނާގެ ފައި ބިމަކު ނުޖެހެއެވެ.
އޭރު އެހެން ދޫނިތައް ނީނާގެ ކިބައިން ސަލާމަތްވުމަށް ކޮށިތެރޭގައި އުދެހެމުން ބާރު ބާރަށް އަޑު ލައްވަމުން ދިޔައެވެ.
އަނގަ ޖަހައިގެން ހުރި ދޫނި އެއްލާލަމުން ރުޅިވެރިކަމާއެކު ނީނާ ބަލާލީ ވިސާމާއި ދިމާއަށެވެ.
” ކަލޭ ތިހުރީ ފަންޑިތަ ހަދައިގެން އަހަރެންނާއި ކައިވެނިކޮށްގެން. ޒުބޭދާ އާއި މުދިންބެ އުޅުނީ އަހަރެން ދިރިއުޅުނާއި
ނުދޭން. މިހާރު ކަލޭ ވެސް އަހަރެންނާމެދު ސައްކުކުރޭ …. އެދެމީހުން މަރާލި ގޮތަށް ކަލޭ ވެސް މަރާލާނަން. ” ކޮށީގެ ދާގަނޑު ތެރޭން ފުރޭނިގެން ބޭރަށް ނުކުންނަމުން ނީނާ ވާހަކަ ދެއްކިއެވެ.
ފެނުނު މަންޒަރުން ގަތްބިރާއެކު ސަލާމަތަށް އެދި ހަޅޭލަވައި ގަންނަމުން ވިސާމް ދުއްވައިގަތީ ގޭތެރެއަށް ވަންނާށެވެ.
ކޮންމެ ގޮތަކުން ނަމަވެސް ނީނާގެ ކިބައިން ސަލާމަތްވާން ވިސާމް ބޭނުންވި އިރު މުޅިމީހާ ބިރުން ތުރުތުރު އަޅައެވެ.
ވަރަށް ބާރަށް ދުވެފައިދިޔަ ވިސާމްގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކޮންމެވެސް ތަނެއްގައި ޖެހުމުންނެވެ. އެއާއެކުހެން
އޭނާ އަރި އަޅާލައިގެން ވެއްޓިއްޖެއެވެ.
އިވުނު ބާރު އަޑާއެކު ހޭލެވި ފުންމައިގެން ކަހަލަގޮތަކަށް އަލީ އަހްމަދު ކޮޅަށް ތެދުވިއެވެ. އަވަސް އަވަހަށް ވަށައިގެން
ހޯދާލިއިރު ވިސާމް އޮތީ ތަޅުންމަތީގައެވެ. ކޮންމެވެސް އެއްޗެކޭ ކިޔަމުން ސަލާމަތަށް އެދޭ ފަދައަކުން ތެޅިފޮޅެމުން ދިޔައިރު ކިޔާ ނުކިޔާ އެއްޗެއް ސާފެއް ނުވެއެވެ.
ފެނުނު މަންޒަރުގެ ސަބަބުން އަލީ އަހްމަދު ހައިރާންވެ އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. އަދި އަވަސް އަވަހަށް
ވިސާމްގެ އަތުގައި ހިފަހައްޓާ އޭނާ ހަމައަކަށް އަޅުވާން މަސައްކަތް ކުރަމުން ވާހަކަ ދައްކާން ފެށިއެވެ. ފަސްވަރަކަށް މިނިޓް އަލީ އަހްމަދު ކުރި މަސައްކަތުން ވިސާމް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.
” ފަންޑިތަ ހަދާކަށް އަހަރެން ބޭނުމެއް ނޫން. އެއީ ނީނާއެއް ނޫން. އެއީ ނީނާއެއް ނޫން. ” ލޯމަރައިގެން އޮތްގޮތަށް އޮވެ
ވިސާމް ވާހަކަ ދެއްކިއެވެ. ކަންތައް ވަމުންދިޔަ ގޮތުގެ ސަބަބުން އަލީ އަހްމަދަށް ކޮންމެވެސް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ. އަވަސް އަވަހަށް ދެތިން ފަހަރަކު ވިސާމަށް ގޮވާލިއެވެ.
ވިސާމް ލޯ ހުޅުވާލީ ސިއްސައިގެން ގޮސްފައި ކަހަލަ ގޮތަކަށެވެ. އަދި ވަރަށް ހައިރާންކަމާއެކު އަލީ އަހްމަދަށް ބަލާލިއެވެ.
” ކިހިނެތް ވީ؟ ” ވިސާމް ސުވާލު ކުރިއިރު އަޑާއި ހަރަކާތުން ފާޅުވީ ހައިރާންކަމުގެ އަސަރުތަކެވެ.
” ވިސާމް ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އަޑު އިވިގެން ގޮވާލީ …. އެއީ ނީނާއެއް ނޫނޭ ވެސް ބުނި. ” މަޑުމައިތިރި
ކަމާއެކު އަލީ އަހްމަދު ވާހަކަ ދެއްކިއެވެ.
” އެހެންތަ؟ އެވާނީ ނިދީތެރޭގައި ދިމާވި ކަމަކަށް. އަހަރެން ބޭނުމެއްނޫން ފަންޑިތަ ހަދާކަށް. ” މަޑުމަޑުން ވިސާމް
ބުނެލިއެވެ.
ނިމުނީ

13
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

mohamed neer

Other Articles

Previous

ފިލުވާލަން ދަތިވި ލައްގަނޑު

Next

ހިތް ނުރޮއްވާ… (5)

Next
June 30, 2013

ހިތް ނުރޮއްވާ… (5)

Previews
June 29, 2013

ފިލުވާލަން ދަތިވި ލައްގަނޑު

13 Comments

  1. ރަނގަޅު says:
    June 30, 2013 at 8:26 am

    ވާހަކަ ވަރަށް ރަނގަޅު. ރީތި. ކޮންއިރަކުން އާ ވާހަކައެއް ގެނެސްދޭނީ.

  2. އާމިނާބި says:
    June 30, 2013 at 10:13 am

    ވާހަކަ ހަމަ ހަބޭސް.

  3. އަނެއްމީހާ says:
    June 30, 2013 at 11:57 am

    nimun mulhin rangalheh noon

  4. އަނެއްމީހާ says:
    July 3, 2013 at 8:32 am

    އެބުނާހެން އާ ދިގުވާހަކައެއް އަވަހަށް ފަށާ

  5. mariyan fulhu says:
    July 5, 2013 at 12:12 pm

    neeeeeeeeeeeeeeeer ge vaaaaaaaaahaka thah v salhi. mi vaaaaahaka fotheh gothah neren varah feneyyyyyyyyyyyyy

  6. mohamed neer says:
    July 8, 2013 at 10:07 am

    އިރާދަ ކުރެއްވިއްޔާ ނީރުގެ އާވާހަކައެއް ރަމަޟާން މަހުގެ 1 ވަނަ ދުވަހު ސާއިޢުކުރާން ފަށާނަން. ދެއްވަމުން ތިޔަ ގެންދަވާ ތަރުހީބަށް ޝުކުރުދަންނަވަން.

  7. mariyam says:
    July 8, 2013 at 10:18 am

    ވަރަށް އުފާވެރި ޚަބަރެއް. ވަރަށް ތޭންކްސް

    1. Andie says:
      February 5, 2014 at 6:54 pm

      When you think about it, that’s got to be the right anresw.

    2. purchase spray says:
      September 24, 2014 at 12:48 am

      I don’t know who you wrote this for but you helped a brother out.

  8. ޝާހިލް says:
    July 21, 2013 at 1:55 pm

    ވާހަކަ ރަނގަޅު! 3> އެކަމަކު ނިންމުން ރަނގަޅު ކުރަން ޖެހޭ!

  9. princess says:
    April 26, 2014 at 10:17 pm

    !!dheyn hadha dhigu huwafenenh -.-
    salhi waane dream akah nuwi nama 🙂

  10. Ali Ahmedl says:
    July 7, 2014 at 3:46 am

    “Moonu mathin feigen dhiyaee ufaaveri kameve”
    Mi jumla kiunu vareh ves neygey mi vaahaka nimun iru

    Vaahaka dhigu kuran varah gina thanthankolhu repeat vefa huri kan faahaga kollevey

    Namaves Ibaaraaythah varah fashuvi
    Mi buni repeat vumuge bai ok kolleema salhi vaane adhi

  11. visham says:
    November 26, 2014 at 8:54 pm

    ninmun kamaku nudhey… 🙂

Comments are closed.

All Right Reserved!