Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަނދިރިވުމުން

mohamed neer Level 210 Stories100 Stories
July 31, 2013 3 Mins Read
3 Comments

އަށްވަނަބައި

ތަފާތުޚިޔާލުތަކާއި ފިކުރުތަކުން ސިކުނޑިއަށްބާރުބޮޑުވެނިދިން މަހުރޫމު ވެފައި ނިހާޔަތު އޮއްވައި ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރުއަރައިފިއެވެ. އޭރު އޭނާގެމޫނުމަތިން ފާޅުވަމުންދަނީ ވަރުބަލިކަމާއިބަލިކަމުގެއަސަރުތަކެވެ. ނުތަނަވަސް ކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ.
ހެނދުނު ނުވައެއްޖަހާކަން ހާއިރެވެ. ލައިލާ އައުމުން އޭނާއާ އެކުގައި ނިހާޔަތު ހޮސްޕިޓަލަށް ދިޔައެވެ. އަދި ނިހާޔަތު ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރާންޖެހޭ ހުރިހާކަމެއް ލައިލާ ކުރިއެވެ.
ވަރަށްރަނގަޅަށް ނިހާޔަތުގެ ހަށިގަނޑުބަލައި ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރުބުނީ އެއްވެސްމައްސަލައެއް ނެތްކަމަށެވެ. ހަމައެހެންމެ ވެގެންއުޅޭގޮތް ރަނގަޅަށް ކިޔައިދިނުމަށް އެދުނެވެ.
އިހަށްރޭ އިރާކޮޅު ދިމާވިކަންތައް ނިހާޔަތު ކިޔައިދިނެވެ. ހަމައެހެންމެ އެހެންވެސް ބައެއްރޭރޭ ވައިގަދަވެ ތަފާތުފާޑުފާޑުގެ އަޑުއަޑުތައް އިވޭކަމަށާއި ފުރާޅުމައްޗަށް މީހަކުއަރާ އުޅޭކަހަލަ އަޑުތައް އިވޭކަމަށް ވެސް ބުންޏެވެ. އަދި އެފަދަރެއަކު އޭނާގެއިން ނުކުތުމުން ދިމާވިކަންތައް ވެސް ކިޔައިދިނެވެ.
” އަހަރެންނަކީ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ނަފްސާނީބަލިތަކުގެ ވެސް ޚާއްޞަ ޑޮކްޓަރެއް. ތިފަދަ ކަންތައްތައް ދިމާވުމުގައި ވަރަށްބައިވަރު ސަބަބުތައް މެދުވެރިވޭ. ” ނިހާޔަތާއިދިމާއަށް ބަލާންއިނދެ ޑޮކްޓަރ ވާހަކަދެއްކިއެވެ.
“އަހަރެންނަށް މިހެންމިވީ ކީއްވެގެންތަ ؟ “މަޑުމަޑުން ނިހާޔަތަށް އަހާލެވުނެވެ.
ނިހާޔަތުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޑޮކްޓަރ ވާހަކަ ދައްކަމުންދިޔައެވެ.
” އަހަރެންމިބުނާ ސަބަބުތަކުގެތެރޭގައި މީހުންނޫޅޭ ފަޅުހިސާބުތަކާއި ގަސްގަހާގެހިން ފުރިފައިވާ ވައުފަދަ ތަންތަނުގަ ލޯބީގެ ދުވަސްވަރު ހައްދުފަހަނަ އަޅާ ދިޔުންފަދަ ކަންކަން ވެސް ހިމެނޭ. ޚާއްޞަކޮށް ރޭގަނޑުގަޑީގައި އެފަދަ ތަނެއްގައި އައުރު ކަސްފު ކުރުން ކަހަލަ …. ” ޑޮކްޓަރު ދައްކަމުންދިޔަ ވާހަކަތައް ނުނިމެނީސް ފުންމައިގެން ނިހާޔަތު ކޮޅަށް ތެދުވިއެވެ.
” ކޮންކަހަލަ ވާހަކަތަކެއް ތިދައްކަނީ. ” ނިހާޔަތުގެ ހަރަކާތާއި އަޑުން ފާޅުވީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
” ނިހާޔަތު! އިހަށް ހަމަޖެހިބަލަ … އަހަރެން މިދައްކަނީ … ” ޑޮކްޓަރު ނިހާޔަތާއި ވާހަކަދައްކަމުންދަނިކޮށް އެކަމަށް އެއްވެސްސަމާލުކަމެއްނުދީ ނިހާޔަތު ދިޔަގޮތަށް ގޮސް އެތަނުން ނުކުމެއްޖެއެވެ.
ވަގުތުތައްފާއިތުވަމުންއައިސް އިރުއޮއްސި ހަގަޑިތިރީސްކަން ހާއިރެވެ.
ކާގޭތެރޭގައި އަސްރާއަށް ކާންދިނުމާއިގެން ސާމިރާ އުޅެމުންދިޔައެވެ.
ކޮޓަރިތަޅުލުމަށްފަހު ހެދުންބަދަލުކޮށް ބޮޑުތުވާއްޔެއް ގައިގަ އޮޅާލައިގެން ނިހާޔަތު ގޮސް ފާޚާނާބަޔަށް ވަނެވެ. އަދި ފާހާނާބައިގަ ހުރި ބުޅިގަނޑެއްގައި އެތުވާލި އޮޅާލުމަށްފަހު މަޑުމަޑުން ގޮސް ފެންމާގަނޑު ދަށަށް ވަންނަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އޭރު އޭނާގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ފެންވެރުމާއިގެން މަޝްޣޫލުވެހުރި ނިހާޔަތުސިއްސައިގެންދިޔައީ ކުއްލިއަކަށް ފާޚާނާބައިގެ ދޮރު ލެއްޕުނު އަޑަށެވެ. އަވަސް އަވަހަށް ފެންމާގަނޑު ބަންދުކޮށް ލުމަށްފަހު ގޮސް ދޮރު ހުޅުވޭތޯ ބަލާލިއެވެ. ނިހާޔަތު ހާސްވާންފެށީ އެހިސާބުންނެވެ. އެކޮޓަރިއާއި ފާޚާނާބައިގަ އޭނާ ފިޔަވާ އެހެން މީހަކު ނެތިސް ފާޚާނާބައިގެ ދޮރު ލެއްޕި ތަޅު ނުހުޅުވޭގޮތް ވުމަކީ އަޖައިބެއް ކަހަލަ ކަމެކެވެ.
ހާސްވުމާއި ބިރުގަތުމުގެ ސަބަބުން ސިހިސިހި ކަހަލަގޮތަކަށް ހުރި ނިހާޔަތަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވީ ފާޚާނާބައި ތެރޭގަ މީހަކު ހިނގާއަޑު ކަހަލަ އަޑެއް އިވޭން ފެށުމުންނެވެ. މީހަކު ފެންނާން ނެތް ނަމަވެސް އިވެމުންދިޔަ ފިޔަވަޅުތަކުގެ އަޑާއި ނޭވާލާއަޑަށް ވިސްނާލުމުން އެނގި ޔަގީންވަނީ އެމީހަކު އަންނަނީ ނިހާޔަތާއި ދިމާއަށް ކަމެވެ.
މަޑުމަޑުން ފަހަތަށް ޖެހެމުންދިޔަ ނިހާޔަތު ގޮސް ފާރުގަ ޖެހުމާއެކު ހުއްޓެން އޭނާއަށް މަޖުބޫރުވިއެވެ. ކޮންމެވެސް މީހަކު ވަރަށް ބާރަށް އޭނާގެ ދެއަތުގައި ހިފެހެއްޓިކަން އިހުސާސް ވުމާއެކު ނިހާޔަތަށް ރޮވިއްޖެއެވެ. އެމީހަކު މަސައްކަތް ކުރަމުން ދިޔައީ ގަދަކަމުން ނަމަވެސް ނިހާޔަތުގެ ފަރާތުން ޖިންސީ އުފަލެއް ހޯދާށެވެ. އެމީހެއްގެ ކިބައިން ސަލާމަތްވުމަށް ނިހާޔަތު ކުރަމުން ދިޔަ މަސައްކަތް އިތުރުވަމުން ދާވަރަކަށް އެމީހަކު ބާރުގެ ބޭނުން ކުރާވަރު ވެސް އިތުރުވަމުން ދިޔައެވެ. ހަމައެހެންމެ އޭނާގެ ފަރާތުން އަނިޔާވެރިކަން ފެންނާން ފެށިއެވެ.
އެމީހާގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ ނިހާޔަތު ތަޅުންމައްޗަށް ވެއްޓުން ވެގެން ދިޔައީ އެމީހާ ވެސް ބޭނުންވި ގޮތަށް ކަންނޭނގެއެވެ. އަވަސް އަވަހަށް ނިހާޔަތާއި ދިމާއަށް ގުދުވަމުން އޭނާގެ ހަރަކާތް އަވަސް ކޮށްލިއެވެ. ހަމަ އެހެންމެ ނިހާޔަތަށް އެއްވެސް ފުރުސަތެއް ނުދީ ނިހާޔަތުގެ ފަރާތުން އޭނާ ބޭނުންވި ހުރިހާ އުފަލެއް ހާސިލު ކުރިއެވެ.
ނިހާޔަތަށް ހޭވެރިކަންވީރު އޭނާއަށް އޮވެވުނީ ސަވަރުދަށު ތަޅުންމަތީގައެވެ. އޭރު ގައިގެ އެތަން މިތަނުން ލޭ އަންނަމުން ދިޔައިރު ބައެއް ގުނަވަންތަކުގައި ރިއްސާ ދިލަ ނަގަމުން ދިޔައެވެ.
އަވަސް އަވަހަށް ތެދުވެ ފެންވަރަށް ފެށުމާއެކު ރިއްސުމާއި ދިލަނެގުން އިތުރުވެގެން ދިޔަކަން އެނގުނެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ކެތްކުރާން ދަތި ފަހަރުތައް ވެސް އަންނާން ފެށިއެވެ.
ފެންވަރައިގެން ނުކުމެ ފެންހިއްކަމުން ހަށިގަނޑަށް ނަޒަރު ހިންގާލިއިރު ގައިގެ އެތަން މިތަނުން އަނިޔާގެ އަސަރުތައް ފާޅުވާން ހުއްޓެވެ. އެތަން މިތަނުން ހަންމަށައިގެން ގޮސްފައި ވާއިރު ނޫފައިގެންފައިވާ ތަންތަން ވެސް މަދެއް ނޫނެވެ.
ކުރިމަތިވަމުންދިޔަ ކަންތައްތަކުގެ ސަބަބުން ނިހާޔަތު ހުރީ ވަގުތު ހިންގުން ލަސްވެފަ ކަންނޭނގެއެވެ. އަވަހަށް އިރު އަރާތޯ ހިތާހިތުން ދުޢާކުރަމުން ދިޔައިރު ނަގާ ދިލަ އާއި ރިއްސަމުންދާ ރިއްސުމުގެ ސަބަބުން ނުވެސް ނިދެއެވެ.
ހެނދުނުގެ ސަޔަށްފަހު ނިހާޔަތު އަވަސްވެގަތީ ހޮސްޕިޓަލަށް ދާށެވެ.
ނުވައެއް ޖަހާކަން ހާއިރެވެ. އިއްޔެ ވެސް ބައްދަލުކުރި ޑޮކްޓަރާއި ބައްދަލުކޮށް ރޭގަ ކަންތައް ވީ ގޮތް ނިހާޔަތު ކިޔައި ދިނެވެ. ހަމައެހެންމެ ލިބުނު އަނިޔާތަކާއި އަޅަމުންދާ ވޭނުގެ ވާހަކަ ވެސް ބުންޏެވެ.
ލިބިފައިވާ ކަމަށް ނިހާޔަތު ބުނާ އަނިޔާތައް ދެއްކުމަށް ޑޮކްޓަރ އެދުމުން ބައެއް ތަންތަން ނިހާޔަތު ދެއްކިއެވެ. އަދި ދެން ހުރި ތަންތަނަކީ ދެއްކޭވަރުގެ ތަންތަނަށް ނުވާތީ ނުދެއްކޭނެ ކަމަށް ވެސް ބުންޏެވެ.
ނިހާޔަތަށް ލިބިފައިވާ އަނިޔާތަކާއި ނިހާޔަތަށް ދިމާވަމުންދާ ކަންތަކާމެދު ޑޮކްޓަރ ވަރަށް ވިސްނިއެވެ. ހަމައެހެންމެ އެ ނުރައްކަލުން ނިހާޔަތު ސަލާމަތް ކުރުމަށްޓަކައި އޭނާއަށް ކުރެވޭންހުރި ހުރިހާކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ދިނެވެ.
ޑޮކްޓަރުގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އެހީތެރިކަމުގެ ސަބަބުން ނިހާޔަތަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
ނިހާޔަތާއި ޑޮކްޓަރ ވާހަކަ ދައްކަމުން ދިޔަ ދިއުމުގައި ނިހާޔަތުމެން ދިރިއުޅެމުންދާ ގެ ބަލާލާން ބޭނުން ކަމަށް ޑޮކްޓަރ ބުނުމުން ނިހާޔަތު އެކަމަށް މަރުޙަބާ ކިޔެވެ. އަދި ދާނެގަޑިއާއި ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާ ކުރިއެވެ.
މެންދުރުފަހު ތިނެއް ޖަހާކަން ހާއިރެވެ. ޑޮކްޓަރާއި ނިހާޔަތު ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން ނިހާޔަތުމެން ގެ އަށް ޑޮކްޓަރ ދިޔައެވެ. އަދި ވަރަށްރަނގަޅަށް އެގެއާއި ގޯތިތެރެ ބަލާ ނިހާޔަތުގެ ހަޔާތާ ބެހޭގޮތުން މަޢުލޫމާތު ހޯދިއެވެ. ޑޮކްޓަރ އެދެމުންދިޔަ އެދުމާ އެއްގޮތަށް ނިހާޔަތު ޖަވާބު ދެމުން ދިޔައީ އެއްވެސް ކަމެއް ސިއްރު ކުރުމެއް އޮޅުވާލުމެއް ނެތިއެވެ. ކޮންމެ ގޮތަކުން ނަމަވެސް މިކަމުގެ އަޑީގައިވާ ސިއްރު ހޯދާ ވީއެންމެ އަވަހަކަށް މިކަމުން ސަލާމަތްވާން ނިހާޔަތު ނުހަނު ބޭނުންވެއެވެ.
އެގޭގައި ގަޑިއެއްގެ ހާއިރު މަޑުކުރުމަށްފަހު، ކަމަކު ބޭނުންވެއްޖެނަމަ އޭނާއަށް ފޯނުކުރާން ބުނެ ނަންބަރު ދީފައި ޑޮކްޓަރ ހިނގައްޖެއެވެ.

ނުނިމޭ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

އެހީގެއަގު

Next

ވަގުތުޖެހުމުން

Next
August 1, 2013

ވަގުތުޖެހުމުން

Previews
July 30, 2013

އެހީގެއަގު

3 Comments!

  1. ސަމީހާ says:
    July 31, 2013 at 9:30 am

    ވަރަށް ސަޅި ވާހަކައެއް

  2. ravoopinky says:
    November 26, 2015 at 2:30 pm

    reethi

  3. raf says:
    November 28, 2016 at 10:26 pm

    kobaa 9 vana baiiiiiiiiii writer reply e ves nukurey tha….???????????

Comments are closed.


All Right Reserved!