Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެބަދުނާމް

mohamed neer Level 210 Stories100 Stories
August 4, 2013 3 Mins Read
0 Comments

( ހަތްވަނަބައި )
ސެނާއާއި މާހު ބައްދަލުވުން ނިންމާލުމަށްފަހު ސެނާ އޭނާގެ އާދައިގެމަތިން އެހެންމީހުންގެ ލޯތަކަށް ސިއްރުން ގެއަށްހިނގައްޖެއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ހާސްވުމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.
ސެނާ ގެއަށް ވަދެގެން އައިއިރު ފެންޑާތެރޭގައި ހުރި ޖުމާނާއަށް ސެނާ ފެނުނެވެ. ހަމައެހެންމެ އޭނާއަށް ވެފައިހުރި ގޮތް ފާހަގަކުރެވި އެކަމާމެދު ވިސްނާ ލެވުނެވެ. ޖުމާނާއަކީ ފޫޅުމައިކޯސް ހަދައިގެންހުރި ފޫޅުމަޔަކަށްވާތީ ވަރަށް ފަސޭހަކަމާއެކު ސެނާގެ ހާލަތު ދެނެގަތެވެ.
ވަގުތުތައް ފާއިތުވަމުންއައިސް ނުވައެއް ޖަހާކަންހާއިރެވެ. ރިސާމު ރަށުގައިނޫޅޭތީވެ ގޭގައިތިބީ ސެނާއާ ޖުމާނާއެކަންޏެވެ. ގޭދޮރުލައްޕާ ތަޅުލުމަށްފަހު ޖުމާނާ އައިސް ސެނާގެ ކޮޓަރިއަށް ވަނުމުން،ޖުމާނާއާ ދިމާއަށް ސެނާ ބަލާލިއިރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ މާޔޫސްކަމާއިހިތްދަތިކަމުގެ އަސަރުތަކެވެ. ހީވަނީ އެތައްދުވަހެއް ވާންދެން ބޮޑުބައްޔެއްގައި އުޅެފައިވާ މީހެއްހެންނެވެ.
ޖުމާނާ ކޮޓަރިއަށް ވަދެގެން އައިގޮތަށްއައިސް ސެނާގެ މަގަތުން އިށީނެވެ. އެއާއިއެކުހެން ސެނާގެ ހާސްކަން އިތުރުވެގެންދިޔައެވެ. ދެންވާނީ ކިހިނެތްބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ.
” ދަރިފުޅާ! … މަންމައަށް އެނގޭ ދަރިފުޅުގެ ހާލަތު. މަންމަ އެދެނީ ތިކަންވެފައިވާގޮތް މަންމައަށް ސާފުކޮށް ދިނުމަށް.” ސެނާގެމޫނަށް ބަލާލަމުން މަޑުމައިތިރި ކަމާއެކު ޖުމާނާ އެދުނެވެ. ޖުމާނާ ވާހަކަދެއްކިގޮތުގެ ސަބަބުންނާއި އެރާގުގެ ސަބަބުން ސެނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެންވެ ސެނާ ނިންމީ ތެދުބަހުން އެވާހަކަތައްކިޔައިދޭށެވެ. އަދި މަޑުމަޑުންތެދުވެ ބާލީހުގައި ލެގިލަމުން ޖުމާނާއަށް ބަލާލިއެވެ.
މާހާއި ސެނާ ރައްޓެހިވެގެން އުޅޭ ވާހަކައާއި މިކަން ދިމާވީ މާހު ގެ ސަބަބުން ކަމަށް ސެނާ ބުނުމުން ޖުމާނާ ވަރަށް ހައިރާންވިއެވެ. މިކަންމިހެން ދިމާ ވުމުން މާހު ގާތުގައި އެވާހަކަދެއްކި ކަމަށްވެސް ސެނާ ބުންޏެވެ. އެކަމާ ގުޅުންހުރި ހުރިހާވާހަކައެއް ޖުމާނާއަށް ކިޔައިދީ ނިމުނުއިރު ސެނާއަށްއިނީ ރޮވިފައެވެ.
މާހުގެ ވާހަކަ ބުނުމުން ޖުމާނާ އެންމެބޮޑަށް ހަނދާންވީ އޭނާއާއި ސެނާއާ ދެމެދުގައި ހިނގާފައިވާ ހާމަކަންބޮޑު ހާދިސާއެވެ. އެފަހަރު ސެނާގެ ސަބަބުން މާހު ބަދުނާމު ވިއެވެ. މިފަހަރު މާހުގެ ސަބަބުން ސެނާ ބަދުނާމު ވާނެއެވެ. ސެނާގެ ސަބަބުން މާހު ޖެހުނީ ތަޢުލީމީ ހަޔާތާއި ދުރަށް ދާށެވެ. މިފަހަރު މާހުގެ ސަބަބުން ސެނާއަށް ކުރިމަތިވާ ބަދުނާމުގައި ސެނާ ވެސް ތަޢުލީމީހަޔާތާއި ދުރަށްދާންޖެހޭނެއެވެ. ހަމައެހެންމެ މުޅިރަށަށްފަޟީހަތްވެ އެންމެންގެ ކުރިމަތީގައި ސެނާއާއި މުޅިޢާއިލާގެ އިއްޒަތާ ގަދަރު ވެއްޔާ މޮޑެވޭނެއެވެ.
ކުއްލިއަކަށް ޖުމާނާއަށް ވިސްނުނީ،މިކަމަކީ ސެނާގެ ކިބައިން ބަދަލުހިފުމަށް މާހުކޮށްފައިވާ ކަމެއްގެގޮތުގައެވެ.
” މީގެފަހުން މާހުއާ ބައްދަލުނުކުރާތި……. އޭނާ އެއުޅެނީ ދަރިފުޅުގެ ސަބަބުން އޭނާއަށްލިބުނު މަލާމާތާއި ގެއްލުމުގެ ބަދަލުހިފަން. އޭނާ އެއުޅެނީ ދަރިފުޅަށް ލަނޑުދީފާއި ފިލާން … އޭނާއެއް ދަރިފުޅަކާ ކައިވެންޏެއް ނުކުރާނެ …. އެއީ ދަރިފުޅާ އެކަށީގެންވާ މީހެއްވެސްނޫން. ” ސެނާއަށް ކަމެއް ހަނދާންކޮށްދީ ވިސްނައިދޭފަދައަކުން ޖުމާނާ ވާހަކަދެއްކިއެވެ.
ޖުމާނާގެ ވާހަކަތަކާއިމެދު ސެނާއަށްވެސް ފުންކޮށްވިސްނާލެވުނެވެ. ހަމައެއާއެކުހެން އެވާހަކަތައް ގަބޫލުކުރެވުނު ވެސްމެއެވެ. އެހެންވެ ސެނާ ނިންމީ ޖުމާނާ ބުނިފަދައިން މާހުއާ ބައްދަލުކުރުން ހުއްޓާލުމަށެވެ.
ދަރިންނަށް ރަނގަޅު މަގުދައްކައި އެދަރިންނަކީ އިސްލާމުދީނުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ބަލައިގެންއުޅޭ ދަރިންގެގޮތުގައި ބޮޑުކުރަނީ މައިންބަފައިންނެވެ.ދަރިންނަށް ރަނގަޅުމަގު ދެއްކުމަކީ މައިންބަފައިންގެ ވާޖިބެކެވެ. މައިންބަފައިން ދޭނީ ހެޔޮ ނަސޭހަތްކަމާއި އެބައިމީހުން ދައްކާ މަގުން ހިނގާ ދަރިއަކަށް ދުވަހަކުވެސް ގޯސްމަގަކުން ނުހިނގާނެކަމަށް ގިނަބަޔަކު ބުނަމުންދެއެވެ.
އެހެނަސް މިފަހަރުކަންތައްވި އެހެނެއްނޫނެވެ. ސެނާއަށް ރަނގަޅު މަގު ދެއްކުމުގެނަމުގައި ޖުމާނާ ކޮޅަށް ތެދުވިއެވެ. ސެނާގެހަށިގަނޑު ބެލުމަށްފަހު ޖުމާނާ ގޮސް ބެންޑޭޖެއް ހިފައިގެން އައިސްސެނާގެ ބަނޑުގައި އޮޅާލިއެވެ. އަދި އޭނާ ގެނައި ބޭސްގުޅަ ސެނާއަށް ކާންދިނެވެ.
އެބޭސްގުޅަކެއިތާ މާގިނައިރެއްނުވަނީސް ސެނާއަށް ނިދިއްޖެއެވެ.
ވަގުތުތައް ފާއިތުވަމުންއައިސް ހޮނިހިރުދުވަހަށް އިރުއަރައިފިއެވެ. ހޮނިހިރު ދުވަހަކީ މަދަރުސާތަކުގެ ކިޔެވުން އޮންނަ ދުވަހަކަށް ނުވާތީ އިރުއެރުމާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވެގެން ދިޔައެވެ. ކިޔަވާކުދިންތައް ރަށުގެ އަތިރިމައްޗާއި ގޮނޑުދޮށަށް ޖަމާވަމުން ދިޔައެވެ. ކައިރި ފަޅުރަށް ތަކާއި ކައިރި ފަޅުތަކަށް ފުރައިގެންދާ ބޮއްކުރާތައް ވެސް މަދެއްނޫނެވެ.
ސެނާ އަދިވެސް ނުތެދުވެއެވެ. މިއަދަކީ މަދަރުސާއަށް ދާންޖެހޭ ދުވަހަކަށް ނުވާތީ ޖުމާނާ ވެސް އެކަމަކާ އަޅައެއްނުލައެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދިޔައެވެ. ޖުމާނާ ދެއްކި ވާހަކަތައްގަބޫލުކުރެވޭތީވެ މާހާއި ބައްދަލުނުކޮށް ސެނާ ހުރިނަމަވެސްއެކަމަކީ އޭނާއަށްކެތްވާވަރުގެ ކަމަކަށް ނުވެއެވެ.
ހަނދުމަހެއްގެ ފުރަތަމަދުވަހު ހެނދުނު ނުވައެއް ޖަހާކަންހާއިރެވެ. ޖުމާނާ ކުރިމަސައްކަތުން ވަރަށްފަސޭހަކަމާއެކު ސެނާގެބަނޑުގައިވާ ދަރިފުޅު ވައްޓާލިއެވެ. ޖުމާނާއަކީ ތަޖުރިބާކާރު ފޫޅުމަޔަކަށްވާތީ އެކަމުގެހުރިހާހުނަރެއް ވަރަށްރަނގަޅަށް އޭނާއަށް އެނގެއެވެ. އެކުއްޖާ ދެލޯހުޅުވާލަމުން ޖުމާނާއާ ދިމާއަށްބަލާލުމުން ލިބުނުހައިރާންކަމާއެކު ހާސްވެސްވިއެވެ. އެހެނަސް އެކުއްޖާގެ ހަރަކާތްތަކަށް ބަލާކަށް ޖުމާނާ ބޭނުމެއްނުވިއެވެ. އެކުއްޖާއާމެދުގައި ޖުމާނާ ބޭނުންވާފަދައިން އަމަލުކުރަމުން ގެންދިޔައިރު ސެނާއޮތީ ޚަބަރު ހުސްވެފައެވެ. އެހެންވެ އޭނާއަކަށް ވާނުވާއެއް ނޭނގެއެވެ.
އެ ތުއްތުކުއްޖާ ބެޑްޝީޓަކަށްލައި އޮޅާލައިގެން ޖުމާނާ ދިޔައީ ގިފިއްޔަށެވެ. އަދި ގިފިލިތެރޭއޮތް އުދަލީގެ އެހީގައި ގިފިލީގެ އެއްކަނެއްގައި ވަޅުގަނޑެއް ކޮނެ އެވަޅުގަނޑުގެތެރެއަށް އެކުއްޖާ ވައްޓާލިއެވެ. ހަމައެހެންމެ ކޮންމެވެސްވަރަކަށް ފަސް އަޅާލުމަށްފަހު ބެޑްސީޓް ހިފައިގެން ގޮސް ދޮވެލިއެވެ.
ބެޑްސީޓް ހިއްކަން އަޅާފައި ޖުމާނާ ގިފިލިން ނުކުމެގެން ދިޔަތާ މާގިނައިރެއްނުވަނީސް ރުއްކާއްޓެއް ހިފައިގެންއައިސް ގިފިއްޔަށްވަނެވެ. ވަރަށްޝައުގުވެރި ކަމާއެކު ވަށައިގެން ހޯދާލުމަށްފަހު ޖުމާނާގޮސް އެވަޅުގަނޑުތެރޭގައި އެކާށިއިންދިއެވެ.
މިހާރު އެތަން ބަލާ މީހަކަށް ފެންނާނީ ރުއްކާއްޓެއް އިންދާފައިވާ ތަނެއްގެ ގޮތުގައެވެ. އެތަނުގެއަޑީގައި ފޮރުވިފައިވާ ސިއްރެއްވާކަމެއް ޖުމާނާ ފިޔަވާ އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ.
ސެނާއަށް ހޭވެރިކަންވީ މެންދުރެއް ހާއިރެވެ. ހޭލެވުނުއިރު އޮވެވުނުގޮތުގެސަބަބުން ކޮންމެވެސްކަމެއް ވެއްޖެކަން ސެނާއަށްޔަގީންވިއެވެ. އެއާއެކުހެން އިތުރުކަމަކާމެދު ޝައްކު އުފެދޭން ފެށިއެވެ. ވަރަށް ޝައުގުވެރިކަމާއެކު މުޅިހަށިގަނޑަށް ނަޒަރުހިންގާލި ވަގުތު ސެނާގެ ނަޒަރުހުއްޓުނީ އޭނާގެ ބަނޑަށެވެ. ބަނޑަށް ވަރަށްބޮޑު ބަދަލެއް އައިސްފައިވާކަން ސެނާއަށް ޔަގީންވިއެވެ.
” އަހަރެންގެ ދަރިފުޅު ކޮބާ ؟ “ހިތާހިތުން ސެނާއަށް އަހާ ލެވުނެވެ. އެހެނަސް އެސުވާލަށް ޖަވާބުދޭނީ ކާކުބާއެވެ. އެސުވާލަށް ޖަވާބުދެވޭނީ ވެސް އެސުވާލު މީހަކަށް އަޑުއިވުނުނަމަ ނޫން ހެއްޔެވެ.
ތަފާތު ޚިޔާލުތަކާ ފިކުރުތަކުން ސިކުނޑި ހާސްވެފައިވާ ހާލުގައި ސެނާއޮއްވައި އެތަނަށް އައިސްވަނީ ޖުމާނާއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ދެބަދުނާމް

Next

އަނދިރިވުމުން 10 ވަނަބައި

Next
August 5, 2013

އަނދިރިވުމުން 10 ވަނަބައި

Previews
August 4, 2013

ދެބަދުނާމް



All Right Reserved!