Skip to content
އެސްފިޔަ

ހަހުރަޔާ – ޓްރެއިލާ

ނޯޓް:- މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް މީގެ ފަސްވަރަކަށް އަހަރު ކުރިން އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ މުޅިންވެސް ޚިޔާލީ ނަންތަކެވެ. މި ވާހަކަ ހާއްސަކުރެވިފައިވަނީ އުމުރުން 18+ (އަށާރަ) އަހަރުން މަތީގެ ބޭފުޅުންނަށެވެ.)

***

ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. ތޭރަ ވިލޭރޭގެ ހަނދު އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައެވެ. ބަބުޅަމުންދާ ތަރިތަށް އުޑުގައި ފިޔަޖަހަމުންދިޔައީ އެއްވެސް ކަހަލަ ޚިޔާލެއް ފިކުރެއްނެތިއެވެ. ކައިނާތުގެ ކުޅަދުންވަންތަކަމުގެ މަންޒަރުތަކަކީ އަހަރެމެން އިންސާނުންނަށް ހިތްހަމަ ޖެހުމާއި އުފާ ލިބިގެންދާ މަންޒަރުތަކެވެ.

ރެއަކީވެސް އުޑުމަތި ސާފު ވިލާތަށް މަދު ތެތްފިނި ރެއެކެވެ. ތެޅިގަލުން ރާނާފައިހުރި ގަބުރުސްތާނުގެ ފާރުހުރީ ހަތަރުފޫޓު ނޫނީ އެއަށްވުރެއްވެސް އުސްކޮންނެވެ. އެ ސަރަހައްދުން ފަނިފަކުސާތަކާއި ރަފީގު ގޮވާ އަޑުފައްގަނޑު ގަދަވެލާފައި ހުއްޓެވެ… މީހުން ވަޅުލުމަށް ހަދާފައި އޮންނަ އެ ހިސާބަކީ ކޮންމެވެސް ވަރަކަށް މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށް ވެފައި އެގެތަކުގެ ބޭރަށް އަލިކުރަން ދިއްލާފައިވާ ހޮޅިބުރިތަކުގެ ފަނޑުއަލިކަމެއް މާދުރުނޫން ހުރި ދެގެއަކުން ފެންނަން ހުއްޓެވެ.. އެތަނުގެ ވަށައިގެން ކޮންމެވެސް ވަރަކަށް ހައްދާފައިވާ ބިޔަ ގަސްތަކެއް ހުރުމުން ހިތަށް ބިރުވެރިކަމެއް އިހްސާސްކުރެވޭނެއެވެ.

ދިރިހުރި އެއްވެސް ފުރާނައެއްގެ ހިލަމެއް ނެތް ފުރަ ދަންވަރުގައި ރަށުގެ ގަބުރުސްތާނު ކައިރިން ހިނގާލާފައި އެދަނީ މުސްކުޅި ވަރެއްގެ ފިރިހެނެވެ. އެ މީހާ ބައެއް ފަހަރު އެއްފަޔަށް ބަރުކޮށްލައެވެ. ހިނގަން އުނދަގޫވެގެން އުޅޭކަހަލަ ކަމެއް އޭނަގެ ހިނގުމުގައި ފާހަގަކުރެވޭނެއެވެ. މުސްކުޅި މީހާ ހިނގަމުން ދިޔައީ ގަބުރުސްތާނުގެ ބިށްދަށު މަގުންނެވެ. ނަމަވެސް އެމީހަކު އެ ފުރަ ދަންވަރުގައި އެ ހިސާބުގައި އެނބުރެމުން އެދަނީ ކޮންމެވެސް ނުބައި ނިޔަތެއް ހިތުގައި އޮވެގެންނެވެ. ވަކި ހިސާބަކަށް ހިނގާލާފައި ގޮސް ޤަބުރުސްތާނަށް ވަންނަން ހުންނަ ދޮރުކުރިމަތީގައި މަޑުޖެހިލަމުން ދެފަރާތަށް މޫނު ހަރަކާތްކޮށްލިއެވެ. ދިރިހުރި އިންސާނެއްގެ ހިލަމެއް ވޭތޯ ބަލާފަދަ ގޮތަކަށެވެ. މަގުގެ ދެކޮޅަށް ނަޒަރު ހިންގާލަމުން ޤަބުރުސްތާނުގެ އެތެރެށް ދެމިގަތެވެ. ހިތުގައި ބިރުވެރިކަމުގެ ކަންފުޅެއްވެސް ނެތެވެ. ވިނަ ގަސްތަކުތެރެއިން ފައިތިލަ ނަގަމުން ގޮސް މަޑުޖެހުނީ ވަރަށް ފަހުން ވަޅުލާފައިވާ މީހެއްގެ މަހާނައެއްކައިރީގައެވެ. އެ މާހާނައަށް ނަޒަރު ހިންގާލައިފިނަމަ އެއީ ވަރަށް ކައިރި ހިސާބެއްގައި ވަޅުލާފައިވާ މީހެއްގެ މަހާނައެއްކަން ހަނދުވަރުގެ އަލުކަމުގެ ތެރެއިންވެސް ފާޅުވާން ހުއްޓެވެ. އުޑުމައްޗާއި ދިމާއަށް މޫނު އުފުލާލަމުން ދެކަކޫ މައްޗަށް ތިރިވިއެވެ.

 

އިންތިޒާރުކޮށްލައްވާ…

Comments (6)

  1. Anonymous

    Vaahaka page ga in vahaka tha me

  2. Shina

    Well this story is uploaded on BTS suga’s Birthday ???????

  3. Laiii

    Saabas kaafarunnaa hedhi ulhey kah nuvaane …
    Kn birthday eh … birthday faahaga hvc kuraakah nuvaane … mee advice eh inge

    1. Shina
      Laiii

      Its non of your business ???but Thanks for the advice

  4. Shiya

    ❤️❤️❤️Well Shina is my real sister. Last Knight she posted the comment because I told that give a good reply ❤️❤️❤️

    1. Shina
      Shiya

      Its not a Good reply its a Bad one

Comments are closed.